ލޯބިން ބުނާތީ 28
އެކި ވާހަކައިގަ ތިބެ ކެއުން ނިންމާލާފައި ހަތަރު މީހުންވެސް ވަކިވީ އެންމެން އެކުގައި ފަހުން ދިމާވާން ބުނެފައެވެ. ލިއާ ކައިލްއާއި އެކު ސައިކަލަށް އެރުމާއެކު އާދައިގެ މަތިން ކައިލް ސައިކަލު ދުއްވާލީ ބާރަށެވެ. ބޭނުމަކީ އޭނާއާއި ވީހާވެސް ގާތުގައި ލިއާ ބޭންދުމެވެ. އޭނާ ބާރަށް ދުއްވައިފިނަމަ ލިއާ އަބަދުވެސް އިންނަނީ އޭނާގެ ބަނޑުގައި އަތް އަޅުވާލައިގެންނެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން ބަޔާންކުރަން ދައްޗެވެ.
ލިއާގެ ގެޔާއި ހަމަޔަށް އައިސްފައި ތިން މީހުން ސައިކަލުތަކުގައި ނައްޓާލީ ގެއަށް ދިއުމަށެވެ. ލިއާ ކޮޓަރިއަށް ވަދެފައި އެއްޗެހި ބަދަލުކޮށްގެން ގޮސް ބަދިގެޔަށް ވަތްއިރު ޝަރީފާ އުޅެނީ ރެޔަށް ކެއްކުމުގައެވެ.
“ކޮބާ ޓެސްޓު ކިހިނެއްވަނީ…؟” ލިއާ ގޮސް އިށީނުމާއެކު ހަނޑޫ ދޮންނަންހުރެފައި ޝަރީފާ އެހިއެވެ. ލިއާ ގޮނޑީގައި ހަމަޖެހިލަމުން ފެންޖަގު ކައިރިކޮށްލާފައި ފެންތައްޓެއް އެޅިއެވެ. “ފަސޭހަ…ހީވޭ ރަނގަޅު ނަތީޖާއެއް ލިބޭނެހެން…” ފެން ކޯވަރެއް ބޯލަމުން ލިއާ ބުނެލިއެވެ. އޭނާ ދެން އަވަސްވެގަތީ ޝަރީފާ ނުނިމިހުރި މަސައްކަތުގައި އެހީތެރިވާށެވެ.
ހަވީރުގެ ވަގުތެއްގައި ލިއާގެ ބައްޕަ އެރަށަށް އައެވެ. ވިޔަފާރި ކުރަން ބަޔަކު އައުމުން އެމީހުންނާއެކު ހިލޭ އާދެވެން އޮތުމުން އައީއޭ ޝަރީފް ބުނެޏެވެ. ލިއާ ހުރީ ދުވަސްގަނޑަކަށްފަހު ބައްޕަ ފެނުމުން އުފަލުން ފޮޅިފައެވެ. ލިއާ އޭނާގެ ބައްޕައަށް ކާން ހަދައިދިނެވެ. ޝަރީފް ހުރީ ލިއާގެ އުޅުމާމެދު ހިތްހަމަޖެހިފައެވެ. ޝަރީފާގެ ވާހަކަތަކުން ލިއާއާއި މެދު ހިތްހަމަޖެހޭކަން ހާމަވެއެވެ. އުޅުން ހުރި ގެވެހި ކުއްޖެއްގެ ސިފަ ލިއާގެ ފަރާތުން ފެންނަމުން ދާތީ ޝަރީފް އުފާވިއެވެ.
ލިއާ ގޮވައިގެން ފިހާރައަށް ގޮސް ޝަރީފް ލިއާއަށް ބޭނުންވާ ބައެއް ސާމާނު ގަނެދިނެވެ. އަދި ޝަމްނާއާއި ޝައުރާގެ އިތުރުން ޝަރީފާއަށް ހަދިޔާ ގަތެވެ. ދަރިފުޅާއެކު ވަގުތު ހޭދަކޮށްފައި، ޝަރީފް ފުރައިގެން ދިޔައީ ޗުއްޓީ ދުވަހަކު ވަރަށް އަވަހަށް އެރަށަށް ލިއާގެ ދޮންމަންމަވެސް ގޮވައިގެން އަންނާނެކަމަށް ބުނެފައެވެ.
ކޮޓަރިއަށް ވަދެފައި އަތުގައި ހުރި ރީތިވާ ސާމާނު، ލިއާ ތަރުތީބުން މޭޒުގައި އަތުރާލިއެވެ. އެ މަސައްކަތް ނިންމާލިއިރު ފޯނު ރިންގުވަނީއެވެ. ލިއާ ބެލިއިރު ގުޅަމުންދިޔައީ ރިހާންއެވެ.
“ހެލޯ…!” ފޯނު ނަގާފައި މަޑުމަޑުން ލިއާ ބުނެލިއެވެ.
“ކީއްކުރަނީ…؟” ރިހާން އެކޮޅުން އެހިއެވެ.
“ބައްޕަ އާއެކު ޝޮޕިންއަކަށް ގޮސް މިއައީ…! ކަމަކުތަ ތި ގުޅީ…؟” ލިއާ ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ދެކެވޭތޯ ބެލިއެވެ.
“ކަމަކު ނޫނިއްޔާ އަހަރެން ގުޅައިގެން ނުވޭތަ…؟!” ރިހާން ހިތްހަމަނުޖެހުމާއެކު އެހިއެވެ.
“ތިހެން އަހާއިރުވެސް އެނގޭ ދޯ ކީއްވެކަން މިކަހަލަ އެއްޗެހި މި ކިޔަނީ…؟ ތީ އެހެންޏާވެސް އަހަންނަށް ކަމަކާ ނުލާ ގުޅާ މީހެއްތަ…؟ އެ ފޮޓޯގަނޑު ފެނުންފަހުން ވެގެން އުޅޭ ގޮތެއްނު ތީ…؟ އަހަންނަށް ކިހިނެއް އެނގޭނީ މިހާރުވެސް ތިތަނުގަ އަހަރެން ދައްކާ ވާހަކަ އަޑުއަހަން ރިހާންގެ ރައްޓެހިން ނެތްކަމެއް…؟” ލިއާ ޖެއްސުން ކުރާ ވައްތަރަކަށް ވާހަކަދެއްކިއެވެ. ރިހާން ރުޅިއަޔަސް އޭނާގެ ފަރުވާލެއް ނެތްކަހަލައެވެ.
“ލިއާ ޕްލީޒް…އެއީ މާޒީއޭ…އަހަރެން ރިގްރެޓްވޭ އެގޮތަށް ކަންތައް ކުރެވުނީތީ…ކޮންމެ މީހަކުވެސް ޗޭންޖްވެދާނެ ދޯ…އަހަރެން މިގުޅަނީ ލިއާ އާ ވާހަކަ ދައްކަން ބޭނުންނުވާތީ…ލިއާ ބޭނުން ނުވަނީތަ…؟ މިހާރު ލޯބި ނުވަނީތަ…؟” ރިހާންގެ އަޑުން ދެރަވިކަމުގެ އަސަރު ފާޅުވިއެވެ. އެވަގުތު ލިއާގެ ހިތް މަޑު ކަފަކޮޅެއްހާ މަޑުވެއްޖެއެވެ.
“ނޫނޭ…އަހަރެން ފަހުން ގުޅާލާނަން…” ރިހާން ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ލިއާ ފޯނު ކަނޑާލިއެވެ. އޭރު ހިތުގައި މަޑު ރިހުމެއް އުފެދިފައިވެއެވެ. އޭނާ ރިހާންދެކެ އަދިވެސް ލޯބިވެއެވެ. ވަރަށް ލޯބިވެއެވެ. ލޯތްބަކީ ކޮންއެއްޗެއްކަން އެނގުނުއިރު، އޭނާއަށް ލޯބިވެވުން ހަމައެކަނި ފަރާތަކީ ރިހާންއެވެ. އެ ލޯބި ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިހާރު ރިހާން ގާތު އެކަމަށް އިގުރާރު ވާކަށް ލިއާ ބޭނުމެއް ނޫނެވެ. އެ ފަޙުރު ރިހާންއަށް އިހުސާސްކޮށްދިން ދުވަސް މާޒީވެއްޖެއެވެ.
މޫޑުގޯސްވެފައި ލިއާ އިންދާ ކައިރާ ގުޅަންފެށިއެވެ. ލިއާ ފޯނު ނެގިއިރު ކައިރާ ބުނީ މިތިބީ ލިއާމެންގޭ ދޮރުމަތީގަ ކަމަށެވެ.
“އަދި ނޫނެކޭ ބުނެފާނެތީތަ މިގޭ ކައިރިއަށް އައިސް އެ ގުޅީ…؟” އަތުގައި އޮތް ފޯނު އެނދަށް ޖަހަމުން ލިއާ ކުދިކިޔަމުން ތެދުވިއެވެ. ފާހަނައަށް ވަދެ މޫނުދޮވެލައިގެން ނިކުމެ، ލޯގަނޑު ކުރިމައްޗަށް ގޮސް ކުޑަކޮށް ތައްޔާރުވެލިއެވެ. އޭނާ ކޮޓަރިން ނިކުތްއިރު ޝަމްނާ އާއި ޝައުރާ ބަދިގެއިން ނިކުމެގެން އަންނަނީއެވެ. އެދެކުދިން ލިއާ ދާތަނަކާއި ސުވާލުކޮށްލުމުން ލިއާބުނީ ރައްޓެހިންނާއެކު ބޭރަށްދަނީކަމުގައެވެ. އެވަގުތު ދެމީހުން ހޭކަނޑާލާފައި ދުވެފައި ދޮރާއި ހަމަޔަށް ދިޔައީ ކައިލް އައިސް ހުންނާނެކަން ޔަގީންވުމުންނެވެ. ލިއާ ތަނަކަށް ދަންޏާ މިހާރު ދަނީ ކައިލްމެން މީހަކާއެކުކަން އެ ދެމީހުންނަށް އެނގެއެވެ.
ދޮރު ހުޅުވާލާފައި ނިކުތްއިރު އާދައިގެ މަތިން ސައިކަލުމަތީގައި ކައިލް އިނީ ފިރިހެންވަންތަ ޕޯސްއެއްގައެވެ. ޝަމްނާއާއި ޝައުރާގެ ނޭވާ ހުއްޓުނުކަހަލައެވެ. ކައިލްގެ ރަސްމީ ކުލަކަމަށްވާ ކަޅުކުލައިގެ ގަމީހާއި ކަޅު ޖިންސްގައި އިންއިރު ފެންނަމުންދިޔައީ ހޮލީވިޑް ސީރީޒްތަކުން ފެންނަފަދަ ވެމްޕަޔަރެއް ފަދައިންނެވެ. އެއަށްވުރެވެސް ރީތިވެފައި ފިރިހެންވަންތައެވެ. އެ ހާއްސަ ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ. ކައިލްއާއި ޖެހިގެން، ކައިރާ އާއި އިޝާން ތިބީ އިޝާންގެ ސައިކަލުގައެވެ.
“ހަމަ ހުވާ މިބުނި އަހަންނަށް ކައިލްއާއެކު ރައިޑަކަށް ދާން ލިބުނިއްޔާ އެ ސައިކަލުން ނުވެސް ފައިބާނަން…!” ލިއާ ފައިވާނަށް އަރަނިކޮށް ލިއާއަށް އަޑުއިވޭވަރަށް ޝަމްނާ ބުނެލިއެވެ. ލިއާ ޕިސް ޖަހާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އެމީހުން ގާތު ދޮރު ލައްޕާށޭ ބުނެފައި ލިއާ ހިނގައިގަތެވެ.
“ކީއްކުރަން ގެންގުޅޭ ފޯނުގަނޑެއްތަ ތީ…؟ ހަވީރުއްސުރެން ގްރޫޕްގަ މި މެސެޖު ކުރަނީ…މެސެޖުތައް ބަލަނީކީ ނޫނޭ…!” ލިއާ އައިސް އަރާ ހަމަވުމާއެކު ކައިރާ ޝަކުވާކުރަންފެށިއެވެ. އިޝާން ދެފަރާތަށް ބޯހޫރާލިއިރު ކައިލް ބަލަހައްޓައިގެން އިނީ ލިއާގެ ޖަވާބަކަށެވެ.
“ސޮރީ…ހަވީރު ބައްޕަ އައިސްގެން ބައްޕައާއެކު އުޅުނީ…ހަމަ ދެންމެ ބައްޕަ އެ ފުރީ…!” ލިއާ ޖަވާބުދިނެވެ. އެވަގުތު އަނގަ ހުތްވެގެން އައި ފަދައަކުން ކައިރާ މައިތިރިވެއްޖެއެވެ. އިޝާންއަށް ހެވުނީ ކައިރާއަށް ވީގޮތް ފެނިފައެވެ.
“ބައްޕަ ހުރި ގަޑީގައި އަހަންނަށް އާދެވުނުނަމަ ދޯ…!” އެންމެން ހީނުކޮށް ހުއްޓާ ކައިލް ބުނި ވާހަކައަކުން އެންމެންގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ. ލިއާ ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. ކައިލްގެ ވާހަކައިގަ ފުން މާނައެއް އެކުލެވިގެންވެޔޭ ހިތްބުނެލިއެވެ. ވީވެސް އެހެންނެވެ.
“އެހެމް…އޭރުން ދޯ ވަލީ ލިބޭތޯ ބެލޭނީ…!؟” އިޝާން އިނދެފައި ކަރުކެހިލަމުން އެހިއެވެ. އެ މޫނުގައިވަނީ ލާނެއްކަމެވެ. ކައިލް ވަގުތުން އާނއެކޭ ބުނެލިއިރު ލިއާ ދިޔައީ ސިހިގެންނެވެ. މިފަހަރު ކައިރާ ހޭންފެށިއެވެ. ނަމަވެސް ލިއާ އަށް ހުއްޓިފައިވި ކައިލްގެ މޫނުމަތީގައިވަނީ އެބުނި ބަސްތަކުގެ ޔަގީންކަމެވެ. ލުއި ހިނިތުންވުމެއްގައި އިންކަމަކު ކައިލްގެ ދެލޮލުން ލިއާއަށް އެހިތުގައިވި އިހުސާސްތައް ފޮރުވުމެއްނެތި ފެންނަމުން ދިޔައެވެ.
ލިއާ އެރުމާއެކު ކައިލް ސައިކަލު ދުއްވާލިއެވެ. ޖެހެމުންދިޔަ ވައިރޯޅިން ކައިލްގެ ރީތި އިސްތަށިގަނޑު ހަރަކާތްތެރިވަމުން ދިޔައެވެ. ކައިލް އާއި އެއްވަރެއްގައި ހުރެގެން އިޝާން އާއި ކައިރާވެސް އައެވެ. އެކި ވާހަކައިގަ ތިބެގެން ރަށް ވަށާ ދެތިން ބުރު ޖެހުމަށްފަހު، އެމީހުން ދިޔައީ މިއަދު މެންދުރުވެސް ދިޔަ ޓޭކްއަވޭ ތަނަށެވެ. އެންމެ އެކަހެރިކޮށް އަނދިރީގައި ހުރި މޭޒު ދޮށުގައި ކައިރާއާއި ލިއާ އިށީނުމުން ކައިލް އާއި އިޝާން ދިޔައީ އޯޑަރ ދިނުމަށެވެ.
“ލިއާ…” ކައިރާ ގޮވާލި ގޮތުންވެސް އެއުޅެނީ ބޮޑު ވާހަކައެއް ދައްކަންކަން ލިއާއަށް އެނގުނެވެ. އޭނާ ނަފްސު ތައްޔާރުކޮށްލީ މާކުރިންވެސް ކައިރާ ދައްކާނީ ކޮން ވާހަކައެއްކަން އެނގޭފަދައަކުންނެވެ.
“ކީއްވެ ކައިލްއަށް ޖަވާބެއް ނުދޭން ތިއުޅެނީ…؟” ކައިރާ ސީރިއަސްކަމާއެކު ސުވާލުކުރިއެވެ. އޭނާގެ އަޑު ބެހެއްޓީ ހަމައެކަނި ލިއާއަށް އިވޭވަރަށެވެ. ސުވާލު ކުރިއިރު ލިއާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރަށް ކައިރާ ބެލިއެވެ.
ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެ ސުވާލަށް އޭނާއަށް ޖަވާބުދެވިދާނެއެވެ. ނަމަވެސް އޭނާ ދޭ ޖަވާބަށް ކައިރާގެ ރައްދު އަންނާނެ ގޮތް މިހާރުވެސް އެނގެއެވެ. އޭނާ ބަޔާންކުރާ ސަބަބުތައް ކައިރާއަކަށް ނަގައިނުގަނެވެއެވެ. “އިޓްސް ކޮމްޕްލިކޭޓެޑް…ޔޫ ވޯން’ޓް އަންޑަރސްޓޭންޑް…” ލިއާ މަޑުމަޑުން ހުރެފައި ބުންޏެވެ.
“ޑޯންޓް ޔޫ ލައިކް ހިމް…؟” ކައިރާ ސުވާލުކުރިއެވެ.
“އައި…އައި ޑޫ…ބަޓް……” ލިއާއަކަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ކައިރާ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އިހުނަށްވުރެ ލިއާއާއި ގާތަށް ޖެހިލަމުންނެވެ.
“ދެން ކީއްވެ ކައިލް އާ ނުގުޅެން ތިއުޅެނީ…؟ އައި ނޯ އަދި ލޯބި ނުވެވިދާނެކަން…އެކަމް ރިހާންއަށް ވުރެ ކައިލް ހާސްބައި ރަނގަޅުވާނެ…އަހަންނަށް އެނގޭތީ މިބުނަނީ…ސިފަ އެކަންޏެއް ނޫން…އެތައް ގޮތަކުން ރިހާންއަށް ވުރެ ކައިލް ފުރިހަމަ…ކައިލްއަކީ ބޭކާރު ގޮތުގައި އަންހެންކުދިންގެ ޓައިމް ވޭސްޓްކުރާނެ ޓައިޕެއް ނޫން…މިހާރު ޓެސްޓްތައްވެސް ނިމުނީނު…؟ އަދިވެސް ނުވޭތަ ޖަވާބަކާ ދޭތެރޭ ވިސްނާކަށް…؟ ލިއާ ޕްލީޒް އެކްސެޕްޓް ހިޒް ޕްރޮޕޯސަލް…!” ކައިރާ އާދޭހުގެ ގޮތަކަށް ބުންޏެވެ.
“އިޓްސް މޯރ ދޭން ދެޓް ކައި…ކިހިނެއް އެނގޭނީ އެއީ ޖަސްޓް ކްރަޝް ނޫންކަމެއް…؟ ކައިލް އަހަންނަށްވުރެ ޔަންގް…އަހަންނަށް ވުރެ އެތައްގުނަ ރީތި ކުދިން ކައިލްއަށް ވާނެ…އެއްވެސް ގޮތަކުން އަހަންނާ ކައިލްއާއި މެޗެއް ނުވޭ…ކިހިނެއް އެނގޭނީ ކައިލް ހަގީގަތުގައިވެސް އަހަރެން ދެކެ ލޯބިވަނީ ކަމެއް…؟” ލިއާ އަޑަށް ބާރުލާފައި ވާހަކަ ދެއްކިއިރު އޭނާގެ ހިތާއި ސިކުނޑިންވެސް އެ ދުލުން ބޭރުވި ބަސްތަކައް އެއްބާރުލުން ނުދެއެވެ. ހިތުގެ ފުނުން، ކައިލް ލިއާ ދެކެވަނީ ތެދުވެރި ލޯބިކަން ލިއާ ގަބޫލުކުރެއެވެ. ނަމަވެސް ދައްކާނެ ބަހަނާއެއް ނޭނގޭތީ ލިއާ އެކަމާ އެއްބަސްވާން ބޭނުންނުވަނީއެވެ.
“މައި ގޯޑް ލިއާ…ވަޓް ދަ ހެލް…؟” ކައިރާ އިރުކޮޅެއް ވަންދެން ކަޅި ޖަހާނުލާ ލިއާއަށް ބަލަން އިނެވެ. ހީވަނީ ލިއާގެ ދުލުން ނިކުތް ބަސްތައް ހަޖަމުކުރަން ދަތިވެފައިވާހެންނެވެ. އިރުކޮޅެއް ވަންދެން ލިއާއަށް ބަލަން ހުރެފައި ކައިރާ ނަޒަރެއް ދިނީ ދުރުގައި ތިބި އިޝާންއާއި ކައިލްއަށެވެ. އެ ދެމީހުން ވާހަކައިގަ ތިބިތަން ފެނިފައި ކައިރާ އޭނާގެ ފޯނު ނެގިއެވެ. ލިއާ އިނީ ކައިރާ ކުރާކަމެއް ބަލާށެވެ.
ކައިރާ އޭނާގެ ފޯނުން އެއްޗެއް ހާވާލާފައި ލިއާއަށް ދެއްކިއެވެ. އޭގައި ވަނީ ގްރޫޕް ސްޓްޑީސް ހެދި ރޭ، ކޭކު ކާން އުޅުނު ވަގުތު ލިއާއަށް ކައިލް ބަލަހައްޓައިގެން ހުރި ވަގުތު ކައިރާ ނަގާފައިވާ ފޮޓޯއެވެ. ލިއާ ހިނިއައިސް ހުރި އިރު ކައިލްގެ ޝައުގުވެރި ނަޒަރު ވަނީ ލިއާއަށެވެ.
“ކައިލް ލިއާއަށް ބަލަން ހުއްޓަ އިޝާންއަށް ދައްކަން އުޅުނީ…ބަޓް ހީ ވޯޒް ބިޒީ އީޓިންގް…އެހެންވެ މި ފޮޓޯ ނެގީ އަސްލު އިޝާންއަށް ދައްކަންވެގެން…ސީ ލިއާ…ސީ ހައު ހީ ލުކްސް އެޓް ޔޫ…” ކައިރާ ލިއާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
ލިއާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެ ފޮޓޯގައި ކައިލް ބަލަހައްޓައިގެން ހުރިގޮތް ފެނުމުން ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އޭނާ އެއްޗެއް ނުބުނެ އިންދާ ކައިރާ ދެން ދެއްކީ އެންމެ ފުރަތަމަ ކައިލް ލިއާ ގެޔަށް ލާންދިޔަ ރޭ، ކައިރާގެ ގޭ ގޭޓުކައިރި ކައިލްއާއި ލިއާ ހުއްޓާ ނަގާފައިވާ ފޮޓޯއެވެ. އެގޮތަށް ގޮސް ރެސްޓޯރެންޓްގައި ލިއާ ބިރުން ކައިލްގައިގަ އޮޅުލައިގަތް ދުވަހުގެ ވީޑިއޯއިން ފެށިގެން އެރޭ ކައިލް ލިއާ ހޯދަން ނިކުމެ، ސައިކަލުގައި ދުއްވި މަންޒަރުތަކުގެ ވީޑިއޯވެސް ހުއްޓެވެ. އެއިން ކޮންމެ ފޮޓޯއަކުންނާއި ވީޑިއޯއަކުން ކައިލްގެ މޫނުމަތިން ފެންނަނީ ލިއާއަށްޓަކާ އެހިތުގައި އުފެދިފައިވާ ފުން އިހުސާސްތަކެވެ.
ލިއާ އިނީ ހިމޭންވެފައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކައިލް ލޯބިވާކަން ކޮންމެހެން މީހަކު އޭނާއަށް ސާބިތުކޮށްދޭކަށް ނުޖެހެއެވެ. އެކަނި ކައިލް ބަލާލާގޮތުންވެސް އެ ހިތުގައިވާ ލޯބި ލިއާއަށް އިހުސާސްވެއެވެ. ލިއާ އެއްޗެއް ނުބުނެ އިންދާ އިޝާން އާއި ކައިލް އެތަނަށް އައެވެ.
“އެވްރިތިންގް އޯކޭ…؟” އިޝާން އަހާލީ ކައިރާއާއި ލިއާ މާ މަޑުން ތިބުމުންނެވެ. ކައިލްއަށްވެސް އެކަން ފާހަގަވެ، ބަލަހައްޓައިގެން އިނެވެ. ކައިރާ މޫނުމަތި ރަނގަޅުކޮށްލާ ހިނިތުންވެލަމުން ރަނގަޅޭ ބުނެލިއެވެ. ލިއާ ވަކި އެއްޗެކޭ ނުބުންޏެވެ. އިޝާން އެކި ވާހަކަތައް ދައްކަމުންދިޔައިރު ކައިރާވެސް ބައިވެރިވިއެވެ. ކައިލް ދޭތެރެއަކުން އެއްޗެއް ބުނެލައެވެ.
އިރުގަނޑެއް ފާއިތުވުފަހުން އެމީހުން ތެދުވެގެން ދިޔައިރު ބާރަ ޖަހަން ގާތްވެއްޖެއެވެ. އިޝާން ދިޔައީ ކައިރާ ގެޔަށް ލާން ދަނީކަމަށް ބުނެފައެވެ. ކައިލް މިސްރާބު ޖެހީ ލިއާގެ ގެޔާއި ދިމާލަށެވެ.
“ކައިލް…އައި ނީޑް ޓު ޓޯކް…!” ވަކި ހިސާބަކަށް ދެވުނުފަހުން ލިއާ ބުނެލިއެވެ. ކައިލްއަށް ސައިކަލު މަޑުޖައްސާލެވުނީ ހިތަށް ވެގެން އައި ގޮތުންނެވެ. ނަމަވެސް ނަފްސު ހަމަޔަކަށް އަޅުވަމުން ސައިކަލުގެ ދުވެލި ބާރުކޮށްލިއިރު ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ލިއާވެސް އިނީ އެފަދަ ހާލެއްގައެވެ.
ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ސައިކަލު ދުއްވަމުންދިޔައިރު އިވެމުން ދިޔައީ ބާރުވެފައިވާ ވައިރޯޅިތަކުގެ އަޑެވެ. ކައިލް ސައިކަލު މަޑުކޮށްލީ އެހެންޏާވެސް ދެމީހުން ދާ އެކަހެރި މަގަށެވެ.
“ޔޫ ސެއިޑް ޔޫ ވޯންޓެޑް ޓު ޓޯކް…” އިރުކޮޅެއް ވަންދެން އިނުމުންވެސް ލިއާ ވާހަކަ ނުދެއްކުމުން ކައިލް ފަހަތަށް އެނބުރުނެވެ. އެހާ ގާތުން ކައިލްގެ ފިރިހެންވަންތަ މޫނު ފެނި ލިއާގެ ހިތްއަވަސްވިއެވެ. އޭނާ އަވަސްއަވަހަށް ސައިކަލުން ފޭބިއެވެ. ދައްކަން އުޅުނު ވާހަކައިގެ ގޮތުން އެ ނަފްސު ވަނީ ނުތަނަވަސްކަމެއްގައެވެ. ދެއަތް ދެއަތާ މޮޑެމުންދިޔަ ގޮތުން ހީވަނީ އަމިއްލަ ނަފްސަށް ހިތްވަރު ހޯދާހެންނެވެ. ކައިލްއަށް ލިއާގެ މި ހަރަކާތްތައް ފާހަގަވެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ.
“އިޓްސް އޯކޭ ލިއާ…ޓޭކް ޔުއަރ ޓައިމް…” ކައިލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
ލިއާ ފުން ނޭވާއެއް ދޫކޮށްލަމުން އިސްއުފުލާލިއެވެ. ކައިލްއަށް ބަލާލިއިރު އެ ފިރިހެންވަންތަ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަކަމެވެ.
“ކައިލް…” ލިއާގެ އަޑު ނިކުތެވެ. އޭނާ އިސްޖަހައިލި ގޮތުން ކައިލްގެ މެޔަށް ނުބައި ގޮތެއް ވިއެވެ.
“އެބައުޓް ޔުއަރ ކޮންފެޝަން……” ލިއާ ވާހަކަދެއްކިއެވެ. ކައިލްގެ ހިތުގެ ހިނގުން މަޑުޖެހިލިކަހަލައެވެ.
“އަހަންނަށް މިކަމާ ކޮންމެ ދުވަހަކު ވިސްނޭ…އެންޑް އައި ޑޯންޓް ވޯންޓް ޓު ލައި ޓު ޔޫ…!” ލިއާ ހިތްވަރު ކުރަމުން ވާހަކަ ދެއްކިއެވެ. ކައިލްގެ މޫނު މިލައިގެންއައިތަން ފެނުމުން ލިއާގެ ހިތަށް ތަދުވިއެވެ.
“އައި…އަހަރެން އަދި އިތުރު ރިލޭޝަންޝިޕަކަށް ތައްޔާރެއް ނޫން…!” ލިއާ ބުނެލީ މަޑުން އެހެނަސް ސާބިތުކަމާއެކުއެވެ. ކައިލް ބަލަހައްޓައިގެން އިނީއެވެ.
“ކައިލް…އިހަށް އަހަރެމެންނަށް ފްރެންޑްސް ގޮތުގައި ތިބެވޭނެތަ…؟” ލިއާ އެތައް ހިތްވަރަކުން ކައިލްއަށް ބަލާލިއެވެ. އެހިތް ތެޅެމުން ދިޔައީ ދެންމެދެންމެ މޭފަޅާ ނިކުންނަން އުޅޭހެންނެވެ.
ކައިލް ދުރުބަލާލިއެވެ. އެ ދެލޮލުގައިވި ރިހުން ލިއާއަށް ދައްކާކަށް ކައިލް ބޭނުމެއް ނުވިއެވެ. މިފަދަ ކަމަކަށް ނަފްސު ތައްޔާރުކޮށްގެން ހުއްޓަސް އެ ހާލަތާ ކުރިމަތި ލާންވުމުން ކައިލްގެ ހިތް ކުދިކުދިވިއެވެ. ލިއާ އަދި ނޫނެކޭ ބުނީކީވެސް ނޫނެވެ. އެހެނަސް ކައިލްއަށް އިހުސާސްވީ ލިއާ އޭނާގެ އަތުން ބީވީހެންނެވެ. ތުންފަތުގައި ދަތް އަޅާލިއިރު ކައިލް އެހިތުގައި އުފެދި ގަދަވަމުން އައި ރިހުން ސިއްރުކުރަން މަސައްކަތް ކުރިއެވެ.
“އިފް ދެޓްސް ވަޓް ޔޫ ވޯންޓް……” ކައިލްގެ ހިމޭންއަޑު އިވުނެވެ. ލިއާއަށް އެ އަޑު އިވި ނުރޮވުނީ ކިރިޔާއެވެ. ކައިލްގެ ފަރާތުން މިފަދަ ހިތާމަވެރި އަސަރެއް ފެނުން މީ ފުރަތަމަ ފަހަރެވެ. ކައިލް އެކަން ސިއްރުކުރަން މަސައްކަތްކުރި ނަމަވެސް ފޮރުވުމެއް ނެތި އެހިތުގެ ހާލު ލިއާއަށް ސާފުކޮށް ފެންނަމުން ދިޔައެވެ.
“ދެން ވީ ވިލް ސްޓޭ އޭޒް ފްރެންޑްސް…” ލިއާއަށް ބެލުމެއް ނެތި ކައިލް ޖުމްލަ ފުރިހަމަކޮށްލިއެވެ. ލިއާގެ ދެލޮލުން ކުށްވެރިކަން ފާޅުވިއެވެ. ނަމަވެސް ސިކުނޑިން ބުނަމުން ދިޔައީ ލިއާ މި ކަންތައް ކުރަނީ ކައިލްއަށް އެންމެ ރަނގަޅުގޮތަށް ކަމުގައެވެ.
“އައެމް ސޮރީ…” ރޮވޭގޮތްވެފައި ހުރެ ލިއާ ބުނެލިއެވެ. ކައިލް ލިއާއަށް ބަލާލިއެވެ. ލިއާގެ ހިތުގައި ކައިލްއާއި މެދު އިހުސާސެއް ނެތްނަމަ ލިއާ އެހާ ދެރަވާންވީ ކީއްވެހެއްޔެވެ؟
“ޑޯންޓް ބީ…” ކައިލް ސައިކަލުން ތެދުވެގެން ލިއާ ގާތަށް އައެވެ. އެ ނޫކުލައިގެ ލޮލުން ލިއާއަށް ބަލަން ހުރިއިރު އެ ލޮލުގައި ރިހުމާއި އެއްވަރަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް އެކުލެވިފައިވެއެވެ. އެ ދިމާލުގައިވާ ފަނޑު އަލިން ލިއާއަށް ކައިލްގެ ފެންކަޅިވެފައިވާ ދެލޯ ފެނުނެވެ. އޭނާގެ ހިތަށް ކައްޓެއް ހެރުންކަހަލައެވެ.
“ލިއާ…” ކައިލް އަމިއްލަ ނަފްސަށް ހިތްވަރު ހޯދަމުން ވާހަކަ ދެއްކިއެވެ. އެ ދެއަތް ޖީބަށް ޖަހާލީ ލިއާގެ ކަރުނަތަކުން އޭނާއަށް ނުހުރެވިގެން ލިއާގެ ގައިގަ އަތްލެވިދާނެތީއެވެ.
“އިޓްސް އޯކޭ…” ކައިލް ބުނަން އެތައް ވާހަކައެއް ހުރިކަމަކު ހިތާ ދެކޮޅަށް ވާހަކަދެއްކިއެވެ. ނަމަވެސް ހިތް ރޮމުން ދިޔައެވެ. ‘އިޓްސް އޯކޭ’ އޭ ބުނިކަމަކު އޭނާގެ ހިތާއި ސިކުނޑިން އެކަމާ އެއްބަހެއް ނޫނެވެ. ކައިލް ބޭނުންވަނީ އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް ލިއާ ހަމައެކަނި އޭނާގެ ހައްގަކަށް ވުމަށެވެ. ގާތުގައި ލިއާ ހުއްޓެއް ކަމަކު ކައިލްއަށް އިހުސާސްކުރެވެނީ އެދެމެދުގައި އެތައް މޭލެއްގެ ދުރުމިން ވާފަދައަކުންނެވެ. އެ އިހުސާސްތަކަކީ އޭނާއަށް ކެތްކުރަން ދަތި އިހުސާސްތަކެކެވެ.
“އައިލް ވެއިޓް…” ކައިލް ބުނެލީ ލިއާގެ ލޮލަށް ބަލަން ހުރެއެވެ. ލިއާއަށް އެސްފިޔަ ޖަހާލެވުނެވެ.
“އީވެން އިފް ޔޫ ޓެލް މީ ނޮޓް ޓު، އައިލް ވެއިޓް ލިއާ…މި ހިތުން ދެން އެހެން މީހަކަށް ޖާގައެއް ނުދެވޭނެ…އައި ލަވް ޔޫ ވިތް އޯލް މައި ހާރޓް…މި ދަރަޖައަކަށް ދުވަހަކުވެސް އެހެން އަންހެން ކުއްޖަކަށް ނޭދެވޭ…އަހަރެމެން ރައްޓެހިން ގޮތުގައި ތިއްބަސް، ޑޯންޓް އެކްސްޕެކްޓް މީ ޓު ހައިޑް މައި ފީލިންގްސް ފޯރ ޔޫ…ބިކޯޒް އައި ކާންޓް…އެންޑް އައި ވޯން’ޓް…އައި ރިއަލީ ލަވް ޔޫ ލިއާ…މޮޔަވާވަރަށް ލޯބިވޭ…ޕްރެޓެންޑިން އައި ޑޯންޓް ވުޑް ޖަސްޓް ބީ ލައިން ޓު ބޯތް އޮފް އަސް…އިންތިޒާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން…އެހެންވިޔަސް، އަހަރެން އިންތިޒާރު ކުރާނަން…ލިއާ ނޫން މީހަކު އަހަރެންގެ ހަޔާތަކަށް ނާންނާނެ…އެއީ ޔަގީންކަމެއް…ލިއާ އަށް ޕްރެޝަރ ކުރާކަށް ބޭނުމެއް ނޫން…ބަޓް އައެމް ނޮޓް ގޮއިން ޓު އެކްޓް ލައިކް ޔޫ އަރ ޖަސްޓް އަނަދަރ ފްރެންޑް…އައިލް ވެއިޓް ފޯރ ޔޫ…ވެދަރހ އިޓް ޓޭކްސް މަންތްސް…އޯރ ޔާރސް…އަންޓިލް ދެން…ޔޫ ވިލް ނޯ އެގްޒެކްޓްލީ ހައު އައި ފީލް…!” ކައިލްގެ ކޮންމެ ޖުމްލައެއް ނިކުތީ ހިތުގެ ފުނުންނެވެ. ލިއާގެ މުޅި ހަށިގަނޑު ވަނީ ފިނިވެފައެވެ. ކައިލްގެ ކޮންމެ ޖުމްލައަކުން ބަޔާންކުރަން ނޭނގޭ ފުން އަސަރެއް ހިތައް ކުރިއެވެ.
ލިއާ އިސްޖަހާލިއިރު ލޮލުން ކަރުނައެއް ފައިބެގެން ގޮސްފިއެވެ. ކައިލްއަށް ނުހުރެވިގެން މަޑުމަޑުން ލިއާގެ މޫނުގައި އެއް އަތުން ހިފާލެވުނެވެ. ލިއާ އިސްއުފުލާލި ވަގުތު ކައިލްގެ ބޮޑުވައި އިނގިލިން ލިއާގެ ލޮލުން ފޭދިފައިވާ ކަރުނަ ފޮހެލިއެވެ. ހަމަ އެ ސިކުންތުގައި އަނެއް އަތްވެސް ހިއްލާލާ ލިއާގެ މޫނުގެ އަނެއް ފަރާތުން ހަމަ އެގޮތަށް ކަރުނަ ފޮހެލައިދިނެވެ. ލިއާގެ ކުޑަ ކުޑަ މޫނު ކައިލްގެ ދެއަތުތެރޭގައި ވީއިރު ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވެއެވެ. ކައިލްގެ ނޫ ލޮލުގައިވި ހިތާމަވެރި ކުލަވަރުން ލިއާގެ ހިތުގައި ރިއްސާލިއެވެ. އެތައް ހާސް ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“ދިސް ފީލްސް ލައިކް އެ ޕަނިޝްމެންޓް…!” ހިތާމަވެރި ހިނިތުންވުމާއެކު ލިއާގެ މޫނުން ދޫކޮށްލަމުން ކައިލް ދުރުބަލާލިއެވެ. ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނީ ކައިލްގެ އަޑުގައިވި އަސަރަކުންނެވެ. ކައިލް އެ ދަރަޖައަށް އޭނާ ދެކެ ލޯބި ނުވިނަމައެވެ.
ގެޔަށް ދާން ސައިކަލުގައި އިންއިރު ދެމީހުންގެ ދެމެދަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ލިއާއަށް ނުރޮއި ކެތްކޮށްލައިގެން އިނދެވެނީ ކިރިޔާއެވެ. ލިއާގެ ގޭ ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު ކައިލްއަށް ބަލާލުމެއް ނެތި ލިއާ ދުވެފައި ގޮސް ގެޔަށް ވަނެވެ. ލިއާ ގެއަށް ވަނުމުން ފުން ނޭވާއެއް ދޫކޮށްލަމުން ކައިލް ސައިކަލު ދުއްވާލިއިރު ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




When next??
Mi part vx varah varah reethi..
Soon In Sha Allaah 💗 Thank you! 💗
Alheyyyy dhnnn hama rohvaalee eyy theeee 😭😭😭💔💔💔💔💔💔💔 my poor baby Kyle 💔💔💔 Ehn nahadhaaaaa Kyle ah 😭😭😭 Liaa please 🙏 accept his proposal pls pls pls pls pls 😭😭😭😭😭😭
Awww 😭😭 Thank you so much for loving Kyle this much 🥹💗 I know… my poor baby has been through a lot. But don’t worry, every chapter has a reason 🥹 As for Leah… let’s see if she finally listens to her heart 🥲 Thank you for crying with my characters. It means the world to me! 🥹💗
Dhennnn dhennnnn dhennnnn nooooooooo 😭💔 I’m sobbing 💔💔💔💔
Leah how dare you 😡😡
Poor Leah is getting attacked by everyone now 🤣 But can you really blame her? She’s scared and has a lot on her mind. Just don’t give up on her yet… and please don’t hate me either 🤭💗
When next?????? This story is getting really interesting ❤️🔥 mi part kiyaafa varah dhervejje 🥺🥺🥺🥺🥺
Thank you so much! 🥹💗 I’m really happy you’re enjoying the story, even if this chapter left you sad 😭 I’ll try my best to update as soon as I can. Thank you for staying with Leah and Kyle’s journey 🥹💗
Maasha allah
Mi prt vs vrh reethi
How many eps in this story??
When next??
Thank you 💗 I don’t know how many episodes it’s gonna be 😅 Soon In Sha Allaah 💗
Alheyh dhera vejje varah 😭😭 but i really understand how lia feels 😪 mi rihan gandu noolhey fahathun nehtteykah vx 🙄🙄 just leave her alone 😒 lia take ur time but pls rihan gandu kairiah nudhaathi.. kyle is the perfect one for you 🤭 btw mi part vx hama v reethi waiting for the next part 🫶 tc ♥️
Thank you so much 💗 It means a lot that you understand Leah’s decision. She’s carrying a lot right now, and Rihan definitely isn’t making things any easier 😭 Thank you for trusting the journey and for waiting patiently. I hope the next part will be worth the wait! 🫶💗
Comments kiyaafa just realized I’m not the only one cried 🥺💔😭 varah furihama kyle ge feelings describe kohdheefa hurileh 🥹💖 hama aslah Ves rovijje 😭 I wish the best for kyle 🥺🥺
Leah dheke Kudakoh Rulhi ais mihureee 😭😭 but I kinda understand why she did that.
Just please don’t go back to that Rihan 😡
Aww, thank you so much 🥹💗 Seeing so many of you cry with Kyle really shows me that his emotions reached your hearts, and that means everything to me as a writer. Leah’s decision wasn’t meant to be easy, and I’m glad you could understand why she made it even if it hurt. Thank you for reading, feeling every emotion with them, and trusting the story. I promise there’s still a long journey ahead 💗☺️
Maa Sha Allaah varah reethi mi vaahaka
Characters thah fenifa hama varah kiyaa hithun mi kee ekm Mihaaru kiyunu moya hithah araa because I’m really impatient person 😭😂
If I know the author personally I will be disturbing you next part avahah up kuran 😭❤️❤️
Keep up the great work ❤️
Btw Kyle is really hot 🥵
Awww thank you so much 🥹💗 That made me smile. I’m really happy you decided to give the story a chance, even if the cliffhangers are testing your patience. 😂 Please don’t worry I promise I’ll keep working hard on the next parts. And hahaha, I’ll let Kyle know he has another admirer 🤭🔥 Thank you so much for your support. It truly means a lot 🥹💗
Alheyy …kaill ah nuvaane ehn hadhaakah …btw mashallah vrh reethi…dhn inn Bai avahah upload kohllaane kamah ummeedhu kuran and kuda Koh dhigu kohlliyya vrh reethi vaane ….keep it up 💪🏻 best series I’ve ever readed ❤️🌸🌷
Awww thank you so much 🥹💗 I’m sorry for making you cry over Kyle 😭 Your support and kind words truly mean a lot to me. I’ll do my best to make the next episodes longer whenever I can. Thank you for reading, supporting the story, and calling it the best series you’ve read…that honestly means more than you know. 🥹💗 Stay with me, there’s still so much more to come 💗