Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 31

Itxlevender
Itxlevender Level 310 Stories100 Comments100 Login
July 10, 2026 17 Mins Read
21 Comments

“ލިއާއަށް ރަނގަޅަށް ބަލާނަން…!” ކައިލްގެ އަޑުއިވިފައި އެންމެންގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ. ލިއާގެ ހިތަށް ފިނިވީ އެ ޖުމްލަތަކުގައި ފުން މާނައެއް އެކުލެވިގެންވޭ ހިތް ބުނުމުންނެވެ. ލިބުނު ކާމިޔާބާއެކު ކައިރާ ލިއާގެ އަތުގައި ޖަހާލާފައި ދިޔައީ ގްރޫޕްގައި ކުރާ މެސެޖުތަކަށް ރިޕްލައި ކުރާށޭ ބުނެފައެވެ. ކައިލް އާއި އިޝާންއާއެކު ކައިރާ ހިނގައިގަންނަތަން ބަލަން ލިއާ ދޮރުމަތީ ހުއްޓެވެ. އޭރު ޝަރީފާ ކޮޓަރިއަށް ވަދެއްޖެއެވެ. ލިއާ ބަލަން ހުއްޓާ ކައިލް ހިނގައިގަންނަމުން ފަހަތަށް ބަލާލިއެވެ. ލިއާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މި އަނދިރީގައި އެ ނޫކުލައިގެ ތޫނު ލޯ އަމާޒުވުމާއެކު ގައިން ހީބިހި ނަގައިގަތްކަހަލައެވެ. އެ ބެލުމުގައިވި ބޭގަރާރުކަން ލިއާއަށް ފާހަގަވެ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

ކޮޓަރިއަށް ވަދެފައި ދެން ކަމަކަށް އޮތީ ގްރޫޕް ޗެޓް ތެރޭ ކައިރާ އާއި ލިއާ ކޯޅުމެވެ. ލިއާއަށް އެވަރުންވެސް ހިތުގައިވި ހަގީގީ އިހުސާސްތައް ހާމަކުރާކަށް ނުކެރުނެވެ. ހަގީގަތުގައި އެފަދަ ކަންކަމުގައި އޭނާގެ އަމިއްލަ އިހުތިޔާރު ނޯންނާތީ ހިތްހަމަނުޖެހެވެއެވެ. އޭނާގެ ނިންމުމަށް، އެމީހުން އިހުތިރާމް ނުކުރާކަން އިހުސާސްވަނީއެވެ. އެމީހުންގެ ނިޔަތް ކިތައްމެ ރަނގަޅަސް، ލިއާއަށް އުނދަގޫވަނީއެވެ. ނަމަވެސް އެމީހުންނާ ދެކޮޅުވެރިކަމެއް އުފެދޭކަށްވެސް ލިއާ ބޭނުން ނުވެއެވެ.

ޝަރީފާ ނުގޮވަނީސް ލިއާ ފަތިހު ތެދުވެ ނަމާދުކޮށްލިއެވެ. ޝަރީފާ ދޮރުގައި ޓަކި ދިން އަޑު އިވުނީ އޭނާ ނަމާދުކޮށްގެން ތެދުވިއިރަށެވެ. ޝަރީފާއަށް ރައްދު ދީފައި، ހެދުން ބަދަލުކޮށްގެން ގޮސް އޭނާ ތައްޔާރުކޮށްފައިވާ ދަބަސް ޗެކްކޮށްލިއެވެ. އެއީ ރޭގެ ވަގުތެއްގައި ޝަމްނާ އެކުވެރިއެއް އަތުން ހޯދައިގެން ގެނެސްދިން ދަބަހެކެވެ. ފޯނު ބަލާލިއިރު ކައިރާ މެސެޖުކޮށްފައި މި ގާތްކުރަނީއޭ ބުނެފައިވެއެވެ. ފުން ނޭވާއެއް ލާފައި މަޖުބޫރުވެފައިހުރި މީހެއް ފަދައިން ލިއާ ގެއިން ނިކުންނަން ހިނގައިގަތެވެ.

ދޮރު ލައްޕާފައި މަގުމައްޗަށް ނިކުތުމާއެކު ފަތިހުގެ ތެތްފިނި ވައިރޯޅި ލިއާގެ ހަމުގައި ބީހިލިއެވެ. ފިނިކަމުން ދުންފިނި ފައިބާކަހަލައެވެ. ލިއާއަށް ދެއަތް އުރާލެވުނީ ހީކަރުވައިގަތުމުންނެވެ. ފަރުވާކުޑަގޮތަކަށް ހުޅި ޖަހާލާފައިވާއިރު ހުޅިން ދޫވެފައިވާ އިސްތަށިކޮޅުތައް އެ އޮމާން މޫނުގައި ބީހެމުންދިޔައެވެ. ދުނިޔެމަތީގައިވަނީ އަނދިރިކަމެވެ. މަގުމަތީގައިވާ މަގުބައްތިތައް އަދި ހުރީ ނުނިއްވައެވެ. އަތް ދިގު ޓީޝާޓަކާއި ފުޅާ ހަރުވާޅެއްގައި ހުރިއިރު ލިއާ ފެންނަމުންދަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ލޯ މަރާލައިގެން އޭނާ އިރުކޮޅަކު ހުރީ ޖެހެމުންދާ ހިތްފަސޭހަ ވައިރޯޅިތަކުގެ ހިތްހަމަޖެހުން އިހުސާސްކުރާށެވެ. އިރުކޮޅަކު އެހެން ހުރެފައި ލޯ ހުޅުވާލީ އައްޔެއް އެޅުނުހެން ހީވުމުންނެވެ.

ކައިރިކޮށްލި ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ކައިރާ ގޮވާލިއެވެ. ލިއާ ގޮސް ކައިރާ އިން ފަޅި ނޫން އަނއް ފަޅީގެ ދޮރު ހުޅުވާލަމުން ކާރަށް އެރިއެވެ. ކައިރާގެ މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. ލިއާ އައީތީ އުފާވެފައި ހުރިކަން ހަރަކާތްތަކުންވެސް އެނގެއެވެ. ހިތުގައިވި ހިތްހަމަނުޖެހުން ލިއާ ފަރުދާކޮށްލީ ކައިރާގެ އުފާވެރިކަން ފަނޑުވާން ބޭނުންނުވާތީއެވެ.

ބަނދަރަށް ކާރު މަޑުކޮށްލުމާއެކު ލިއާ އާއި ކައިރާ ކާރުގެ ދެފަރާތުން ފޭބީ އެކުއެކީގައެވެ. އޭރު ރަށުގެ މޮނިއުމެންޓް ކައިރި ސައިކަލުގައި އިޝާން އިނީ ފޯނާ ކުޅޭށެވެ. ކައިރާ އައުމުން އޭނާ ފޯނު ޖީބަށް ލަމުން ތެދުވިއެވެ. ކައިރާއާއި ލިއާ ގާތަށް އައުމުން ކައިރާ ހުރެފައި ކައިލް ކޮބައިތޯ އެހިއެވެ.

“އަންނާނެ އޭނާވެސް…” ފޯނުން ގަޑި ބަލާލަމުން އިޝާން ބުންޏެވެ. އަދި ކައިރާ އާއި ދިމާކޮށްލީ އަނދިރިކޮށް އޮތް އިރުވެސް ބޮލުގައި ބޮޑު ތޮތްޕެއް އަޅައިގެން ހުރުމުންނެވެ. ކައިރާ އާއި އިޝާން ދެބަސްވާ އަޑުއަހަން ލިއާ ހުރީ މަޑުންނެވެ. އޭރު ބައެއް ކުދިން ބަނދަރަށް އަންނަމުން ދިޔައެވެ. ލިއާ އެއްދިމާލަކަށް ބަލާލީ މީހަކު މާވަރަކަށް ބަލާހެން ހީވެގެންނެވެ. އޭރު ބަނދަރުމަތީ ހުންނަ ފިހާރެއެއްގެ ދޮރުމަތީ އަލީޝާ ހުރީ އިފާ އާއި މީޝާއާ އެއްކޮށެވެ. އޭނާގެ ފޫހި ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ. ލިއާ ބަލާލި ވަގުތު އަނގަޔަށް ނުލަފާ ވައްތަރެއް ޖައްސާލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލިއާ ދުރުބަލާލީ ވަރުބަލިވެފައިހުރި މީހަކު ފަދައިންނެވެ.

ފަހަރަކު މީހަކު އަންނަމުން ގޮސް ކައިލް ފިޔަވާ އެހެން އެންމެން ހަމަވެއްޖެއެވެ. އޭރު ދުނިޔެމައްޗަށް ކޮންމެސްވަރަކަށް އަލިވާން ފަށައިފިއެވެ. މާހައުލު ފެންނަނީ ނޫކުލައިގައެވެ. އިޝާން ފޯނުން ކައިލްއަށް ގުޅަމުންދިޔައެވެ. ގިނަ ކުދިން ލޯންޗަށްވެސް އަރައިފިއެވެ. ވާޓަރު މަތީ ލިއާ ހުރީ ކައިރާއާއި އިޝާން ނާރަނީސް ލޯންޗަށް ނާރަންވެގެންނެވެ. އިޝާން ގުޅަމުން ދަނިކޮށް ކައިލްގެ ސައިކަލު އެދިމާލަށް ގާތްކޮށްލައިފިއެވެ.

ކައިރިވަމުން އަންނަ ކައިލްއަށް ބަލަން ލިއާއަށް ހުރެވުނީ ކަޅިޖަހާނުލައެވެ. ލޯންޗުތެރޭ ތިބި އަންހެންކުދިންތައްވެސް ބިއްލޫރިގަނޑުގައި މޫނު ޖަހައިގެން ބަލަންތިބީ އާގަމަވެފައެވެ. ހުދުކުލައިގެ ގަމީހަކާއި ހުދު ސޯޓެއްގައި ހުރިއިރު ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލާފައިވެއެވެ. ތަރުތީބެއް ނެތް ފަން ބޯ އިސްތަށިގަނޑު ނިތުމައްޗަށް ވެއްޓިފައިވީއިރު ބޮލުގައި ބައިންދާލެވިފައިވާ އަގުބޮޑު އަވިއައިނުގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކުރުވައެވެ. ހޮލީވުޑްގެ ތަރިއެއް ފަދައެވެ. ނޫނެކެވެ. އެއަށްވުރެވެސް ފުރިހަމައެވެ. ސަމާލުވެގެން ހުރި ކައިރާ އަވަހަށް ލިއާގެ ފޮޓޯއެއް ނަގައިފިއެވެ.

“އޭމް އައި ދެޓް ގުޑް ލުކިން…؟” ލިއާ ގާތަށް ހުއްޓިފައި އެއްމިޔަކަނުން ހިނިތުންވެލަމުން ކައިލް އެހިއެވެ. ހޭވެރިކަންވި ލިއާ ލަދުން ހަލާކުވާވަރުވެފައި ހުރެ ދެފަރާތަށް ބޯހޫރާލިއެވެ. ކައިލް އާއި ނަޒަރު ވަކިކޮށްލިއިރުވެސް ކައިލްގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ. ވަށައިގެންވި އެހެންކަމަކަށް ކައިލްއަށް ސަމާލުކަންދެވޭގޮތެއް ނުވިއެވެ. ކިތައްމެ އާދައިގެ ގޮތަކަށް ލިއާ ފެނުނަސް ކައިލްގެ ހިތުގައިވާ ލޯބި އުތުރި އަރާކަހަލައެވެ. ޖެހިލި ވައިރޯޅިއާއެކު ލިއާގެ މޫނުމަތީ އިސްތަށިކޮޅުތައް ބީހިލި މަންޒަރު ފެނި ކައިލްގެ ހިތް އަވަސްކުރުވިއެވެ.

ލިއާގެ އެ ބެލުމުން ކައިލްގެ ހިތަށް ހަމަޖެހުން އިހުސާސްވިއެވެ. އޭނާއަށް އަމާޒުވާން ހިތް އެދޭ ހަމައެކަނި ނަޒަރަކީ އެއީއެވެ. ލިއާއަށް އޭނާ ކަމުދިޔުމުން ކައިލްއަށް ފުދޭނެއެވެ. ކައިލްއަށް އޭނާގެ ރީތިކަން އިހުސާސްވާލެއް ކުޑައެއް ނޫނެވެ. ދާ ކޮންމެތަނަކުން އެންމެންގެ ސަމާލުކަން އޭނާއަށް ލިބެއެވެ. އެހެނަސް ލިއާގެ ފަރާތުން ލިބޭ ސަމާލުކަން، އެ ހުރިހާ ބެލުންތަކާ ނުބައްދަލެވެ.

އިޝާން އާއި އެކު ކައިރާ ލޯންޗަށް އެރުމުން ލިއާ ބަލަން ހުރީ ދެން ހަދަންވީގޮތް ނޭނގިފައިކަހަލަ ގޮތަކަށެވެ. ކައިލް އަރާފައި ލިއާއަށް ބަލާލަމުން އޭނާގެ އަތްދިއްކޮށްލިއެވެ. ލިއާ ދެހިޔާލެއްގައި ހުރެފައި ކައިލްގެ އަތުގައި ހިފިއެވެ. އެ އަތުގައި ހިފި ވަގުތު ލިއާގެ ސިކުނޑި ރޯލްވީ ކައިލް ފޮނުވި މެސެޖުތަކުންނެވެ. މޫނަށް ރަތްކަން ފެތުރެން ގިނައިރުތަކެއް ނުނެގިއެވެ. އަނެއްކޮޅުން ލިއާގެ އަތުގައި ހިފުނު ވަގުތު ކައިލްގެ ހިތުގައި ފިނި އަތަކުން ބީހިލިފަދައެވެ. އެ އަތުން ދޫކޮށްލަން އޭނާ ބޭނުމެއް ނުވިއެވެ. އޭނާއަށްވެސް ލިއާގެ ލަދުގަނެފައިވާ މޫނު ފާހަގަވިއެވެ.

އެތެރޭގައި އިން އަލީޝާ އިނީ މޫނު ހަދައިގެންނެވެ. ހިތުގައިވާ ހަސަދަވެރިކަމުގެ ހުޅު ފަޅައިގެން ނުދިޔުމަށް އޭނާ ގަދައަޅާ މަސައްކަތްކުރަމުން ދިޔައެވެ. “ހަމަ ގަސްތުގައި އެ *** މަޑުކުރީ ކައިލްގެ އަތުގައި ހިފައިގެން ނޫނީ ނާރަންވެގެން…ހަމަ މިހުރިހާއިރުވެސް ލޯންޗަށް އެރެން އޮތްވިއްޔާ…ކައިލް އައިމަ ނޫނީ ނާރަން އެހުރީ…ހިތަށް އަރާ ކޯއްޗެއްބާއޭ އެ އަންހެނާ ކިބައިން ކައިލްއަށް ފެންނަނީ…އެހެންނު ވާނީ މުޅި ރަށުތެރޭވެސް ކިޔަނި ފިރިހެނުން ފަހަތުން އުޅޭ ރަން** އެކޭ…!” އަލީޝާ އެ އިންގޮތަށް އިނދެ ލިއާއަށް ބޭއަދަބީ ބަސްތަކުން މުހާތަބުކުރަމުން ވާހަކަދެއްކިއެވެ. އޭނާގެ އެ ވާހަކަތަކަށް މީޝާއާއި އިފާ އެއްބާރުލުން ދިނެވެ.

އަލީޝާ ލައިގެން ހުރި ނިވާކަން ކުޑަ ހެދުމަށް ގިނަބައެއްގެ ނަޒަރު ހުއްޓެމުންދިޔައެވެ. ކޮނޑުކެނޑިއެއް ފާޑު ޓޮޕެއް ލައިގެން އިންއިރު، ބޭރުން ލައިގެން އިން ތުނި ޖެކެޓު ހަރަކާތްކޮށްލާ ވަގުތު އެ ހަށިގަނޑުން ބޮޑުބައި ހާމަވެއެވެ. އެކަމަކާ އޭނާ ފަރުވާލެއް ނެތްކަހަލައެވެ.

އިޝާން އާއި ކައިރާގެ އިތުރުން ކައިލްއާއި ލިއާ ގޮސް އިށީނީ ހަތަރުމީހުންގެ ޖާގަވާ ސީޓުގައެވެ. ބިއްލޫރި ކުޑަދޮރު ކައިރިއަށްވާގޮތަށް ކައިލް އިންއިރު ލިއާ އިނީ ކައިލްއާއި ޖެހިގެންނެވެ. ލިއާ އާއި ޖެހިގެން ކައިރާ އިންއިރު ދެން އިނީ އިޝާންއެވެ. އެމީހުންގެ ކުރިމައްޗަށް ވާ ސީޓުގައި ތިބީ އަނަފް އާއި އިތުރު ދެ ފިރިހެންކުއްޖެކެވެ. ކައިލް އިނދެފައި ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ފަހަތުން ފެންނަމުންދިޔަ އަނަފްގެ ބޮލުގައި ޖަހާލިއެވެ.

“އާލިކްއަށް ގުޅައިގެން ގޮސް ކޯއްޗެއް ހިފައިގެން އައީ…؟” ކައިލް ސުވާލު ކުރުމުން އަނަފް ލާނެއް ގޮތަކަށް ހެވިފައި ބަލާލީ އިޝާންއަށެވެ. އެ ދެމެދުގައި ސިއްރު މުއާމަލާތެއް ބަދަލުކުރެވުނެވެ. ކައިލް ދެލޯ ހަނިކޮށްލިއެވެ.

“ދެވުނީމަ އެނގޭނެ ކޯއްޗެއްކަން…!” އަނަފް ބުނާ ހިޔާލެއް ނުކުރިއެވެ. ކައިލް އަނެއްކާވެސް އަނަފްގެ ބޮލުގައި ޖަހާލުމާއެކު އިށީނދެ ހަމަޖެހިލީ މިވަގުތަށް ކުރެވޭނެކަމެއް ނެތުމުންނެވެ.

ލޯންޗް ނައްޓާލިއިރު އިރުވެސް ފެނުން ތޮޅިލަނީއެވެ. ކަނޑުގެ ލޮނުގަނޑަށް ރަން ސާލެއް ފެތުރުނުކަހަލައެވެ. ލޯންޗް އަނބުރާލި ވަގުތު އެ ރަންއަލި ލިއާގެ މޫނަށް އެޅުނު ވަގުތު އެ މުށިކުލައިގެ ކަޅި ހުޅުދާންވިކަހަލައެވެ. އެ މަންޒަރައް ގެއްލިފައި އިން ކައިލް އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނެވެ. ލިއާގެ ލޮލުގެ ޖާދޫގައި ޖެހުނުއިރު، އޭނާއަށް ބަލަން އިނދެވުނީ އެހެން ދިމާލަކަށް ނަޒަރު ހިންގާލަން ނޭނގިފައެވެ. ވަށައިގެން ތިބި އެހެން މީހުންނަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ލިއާ ލަދުން އެއް އަތުން މޫނު ނިވާކޮށްލީ ކައިލްގެ ބެލުމުން ލަދުގަތްވަރުންނެވެ. ކައިލް ލުއި ހިނިތުންވުމާއެކު ބޭރަށް ނަޒަރު ހުއްޓާލިއެވެ. އޭރު ލޯންޗްތެރޭ ތިބި ގިނަކުދިން އިރުއަރާ މަންޒަރު ފޮޓޯނަގަމުން ދިޔައެވެ.

ހުދު ކަފަ ވިލާކޮޅުތައް އެކި ދިމާލަށް ދަތުރުކުރަމުންދިޔައެވެ. ރީތި އަވިދޭ ދުވަހެކެވެ. ކަނޑުވެސް ފުދޭވަރަކަށް މަޑެވެ. ލުއި ވައިރޯޅި ޖެހެމުންދިޔައިރު ކަނޑުގައި އުފެދޭ ކުދި ބާނިތައް ކަފަމުން ލޯންޗް ކުރިޔަށް ދިޔައެވެ. އެ ވައިރޯޅިތަކުގެ އަސަރު، ލޯންޗްގެ އޭސީތެރޭ ތިބި ޒުވާނުންނަށް ނުކުރިއެވެ. ތިރީހަކަށް މިނެޓުން އެމީހުން ދާން ބޭނުންވި މަންޒިލަށް ދެވުނެވެ.

ލޯންޗްގެ ހުންގާނާދިމާލުން ދަގަނޑުގައި އަޅުވާލި ސިޑިން ފަހަރަކު މީހެއް ފައިބަމުންދިޔައެވެ. އޭރު ރާޅާ ލޯންޗް ތަޅުވާވަރުން އެއްބަޔަކަށް ފައިބަން ދަތިވެގެން އުޅުނެވެ. ކައިރާ ނުފައިބަން ހުރީ ވެއްޓިދާނެކަމުގެ ބިރަށެވެ. އިޝާން އޭރު ތިރީގައި ހުރެގެން ގޮވަމުން ދިޔައެވެ. އެންމެފަހުން ލިއާގެ އަތުގައި ހިފައިގެން ހުރެ ކައިރާ ސިޑިއަށް އެރިއެވެ. ބާރަށް ހިފަހައްޓައިގެން ހުރެ ވަކި ހިސާބަކަށް ފޭބުނު ފަހުން އިޝާން އޭނާ އުރާލައިފިއެވެ. އެ މަންޒަރުފެނި އެވަގުތު ލޯންޗުން ފައިބެގެން އަތިރިމަތީ ތިބި ޒުވާނުންކޮޅު އަތްތިލަބަޑި ޖަހާލައިފިއެވެ. ކައިރާ ވެލިގަނޑުމަތީ ބަހައްޓަމުން އިޝާން އަނެއްކާވެސް ލޯންޗް ކައިރިއަށް ދިޔައެވެ.

“ލިއާ އާދޭ…!” އިޝާން ސިޑި ކައިރި ތިރީގައި ހުރެގެން ގޮވިއެވެ. ލިއާހުރީ ޖެހިލުންވެފައެވެ. އެވަގުތު ލޯންޗް ކްރޫ މެންބަރެއް ލިއާ ގާތަށް އައެވެ. އޭނާ ލިއާ ފައިބަން އެހީތެރިވާން އުޅުނެވެ.

“މޫވް…!!” އިޝާން ސިއްސައިގެން ދިޔައީ އައިނައި ގޮތެއް ނޭނގި ގާތުން އިވުނު ކައިލްގެ ހަރުކަށި އަޑުންނެވެ. އޭނާ ބަލާލިއިރު ކައިލް ހުރީ ނޭވާ ހާސްވެފައިހުރި މީހެއް ފަދައިން ލިއާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ކްރޫއަށް ބަލާށެވެ. “އޯކޭ ޖެންޓްލްމެން…!” އިޝާން ހިނިއައިސްފައި ދުރަށް ޖެހުނެވެ.

ސިޑިކައިރިއަށް ހުއްޓުނު ކައިލް ފެނި ލިއާގެ ހިތަށް ފިނިވިއެވެ. ނަމަވެސް އޭނާ ހުރީ އަވަހަށް ފައިބަން ބޭނުންވެފައެވެ. މިހާރުވެސް ލޯންޗް ތަޅުވާވަރުން ބޮލަށް އެނބުރުން އަރާފައި ވެއެވެ. ލޯންޗްތެރޭ ހުރި ކްރޫ މެންބަރު އަތުގައި ހިފައިގެން ވަކި ހިސާބަކަށް ފޭބުނު އިރަށް ކައިލް ކުރިކަމަކީ ލިއާގެ ހިމަ އުނަގަނޑުގައި ހިފާ ދަމައިގަތީއެވެ. ލިއާއަށް ސިހިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. ކައިލް އެކަމަށް ފަރުވާލެއް ނުދީ ލިއާގެ އުނަގަނޑާ ދިމާލުން ބައްދާލައިގެން، ލިއާ ބިމުން ހިއްލާލައިގެން ހުރީ ލުއި ފަތްކޮޅެއް ފަދައިންނެވެ. ކައިލްގެ ހަސަދަވެރި ނަޒަރު ކްރޫއަށް ހުއްޓިފައިވާއިރު އެ ނަޒަރުން ހީވަނީ ލިއާއަކީ އޭނާގެ ހައްގެއްކަން އަންގާލަދިންހެންނެވެ. އެމީހާ އަވަހަށް ގޮސް ލޯންޗްތެރެއަށް ވަދެއްޖެއެވެ. ކައިލްގެ ހަސަދަވެރި ނަޒަރު އެތަނުގައިވި ހުރިހާ ޒުވާނުންނަށް ފާހަގަވިއެވެ. އެއްބަޔަކު ތިބީ ކައިލްއަށް ވީގޮތުން މަޖާވެފައެވެ. ކައިރާ ހިނިގަނޑު ހިފަހައްޓައިގެން ހުރެ ވީޑިއޯ ކުރަމުން ދިޔައެވެ.

“ކައިލް އަހަރެން ބަހައްޓަބަލަ…!” އަމާޒުވަމުން ދިޔަ ނަޒަރުތަކާ ހުރެ އުނދަގޫވެގެން ލިއާ އެންމެފަހުން ބުނެލިއެވެ. ކައިލްގެ ހަށިގަނޑާ ޖެހި ފިތިފައިވާއިރު ލިއާގެ ހިތް ތެޅެމުންދިޔައީ ރޭހެއްގައި ދުވާ އަހެއް ފަދައިންނެވެ. އެ މޫނަށް ރަތްކުލަ ފާއްދާލާފައިވެއެވެ. ލިއާގެ އަޑުން ހޭވެރިކަންވެ ކައިލް އަވަހަށް ލިއާ ވެލިގަނޑުމަތީ ބެހެއްޓިއެވެ. އަވަސްވެފައިވާ ހިތް ހަމަޔަކަށް އަޅުވާލަމުން ކައިލް ނޫންކަމަށް ހަދާފައި ބޮލުގައި އިން އައިނު ނަގާ ލޯ ނިވާކޮށްލިއެވެ.

ހެމުން ދިޔަ ކައިރާއަށް ބަލާލާފައި ލިއާ ލޯއަޅާލިއެވެ. އިޝާން ލިއާއާއި ކައިލްއާ ދިމާކޮށްލުމުގެ ގޮތުން އެއްޗެކޭ ބުނެލިއެވެ. ކައިލް އަޅާނުލާހުރެ ކުރިޔަށް ހިނގައިގަތެވެ. ކައިރާ އާއި ލިއާ ފަހަތުގައި ހުރެ އެއްވަރަކަށް ހިނގަމުންދިޔައެވެ.

ލިއާއަށް ރަށުތެރެއަށް ނަޒަރު ހިންގާލެވުނެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ ހުދު ހުދު ދޮންވެލިގަނޑު ފެންނަން އޮތެވެ. ފެހިކަން ގަދަ ރަށެކެވެ. ސާފު ބިއްލޫރިކޮޅެއްފަދަ މޫދު، އިރުގެ އަލި އެޅި ވިދަމުންދިޔައީ ދަޅައަޅަމުންދާ ޖަވާހިރުތަކެއް ފަދައިންނެވެ. ހިތަށް ހަމަޖެހުން ގެނުވާފަދަ ހިތްފަސޭހަ މާހައުލެކެވެ.

ރަށުތެރެއަށް ވަދެގެން ދިޔަފަހުން އެމީހުންނާއި ބައްދަލުކުރީ މެދުއުމުރުގެ ދެމަފިރިންނާއި ތިން ބިދޭސީންނެވެ. އެ ދެމަފިރިން ކައިލްއާއި ކައިރާއާ ސަލާމްކުރިއެވެ. “އަކީލް ގުޅާފަ ބުނީއްސުރެ ގެތައް ސާފުކޮށް ތައްޔާރުކުރުމުގައި މި ދެދުވަހު މި އުޅުނީ…!” މެދު އުމުރަކަށް ދާ ފިރިހެންމީހާ ހިނިތުންވެލައިގެންހުރެ ކައިލްއާއި ވާހަކަދެއްކިއެވެ.

“ބައްޕަ ބުނި ރަށަށް އަރާފައި ސައްތާރުބެއަށް ގުޅާލަން…މި އެއްޗެހި ގެންގޮސް ހަމަޔަކަށް އަޅުވާފައި ގުޅާލަންވެގެން މިހުންނަނީ…” ކައިލް އަދަބުވެރިކަމާއެކު ސައްތާރާ ވާހަކަދައްކަމުން އެމީހުން ދަތުރަށް ގެނައި ސާމާނުތަކަށް އިޝާރަތްކޮށް ބުނެލިއެވެ. އެވަގުތު ސައްތާރު، ފަހަތުގައި ތިބި ބިދޭސީ ފިރިހެން ދެމީހުންނަށް އިޝާރަތްކޮށްލުމާއެކު އެމީހުން ގޮސް ދަތުރު ސާމާނުތައް ގެންދިއުމުގައި އެހީތެރިވާން ފެށިއެވެ.

“ބައްޕަމެން ރަނގަޅުތަ…؟ އެންމެފަހުން އާމިރު ފެނުނީވެސް މި ނިމުނު އަހަރު މިރަށަށް ދަތުރު އައިއިރު ވިއްޔާ…!” ސައްތާރުގެ އަންހެނުން ޝަހީމާ ވާހަކަދެއްކީ ކައިރާއާއެވެ. ކައިރާ ހިތްހެޔޮކަމާއެކު ޝަހީމާއަށް ޖަވާބުދިނެވެ.

ރަށަކީ ކައިލްއާއި ކައިރާގެ އާއިލާގެ ހިއްސާ އޮންނަ ރަށެކެވެ. ސައްތާރަކީ ރަށް ބަލަހައްޓަން އަކީލްމެން ހަމަޖެއްސި ފަރާތެވެ. މިހާރު އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ އެ ދެމަފިރިންގެ ތިން ދަރިން ތިބެއެވެ. ހުރިހާ ކުދިންވެސް މީހުންނާ އިނދެގެން އުޅެނީ ރަނގަޅު ދިރިއުޅުމެއްގައެވެ. އެ ރަށުގައި ދެމެފަރިން އުޅެމުންގެންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ރަނގަޅު މުސާރައަކާއެކު ހިތްފަސޭހަ މާހައުލެއްގައި އުޅެލަން ލިބުމުން އެ ދެމަފިރިން މި ވަޒީފާގައި އުޅެމުންދަނީ ހިތްހަމަޖެހުމާއެކުއެވެ. އެ ތިން ބިދޭސީންނަކީ ރަށުތެރެ ސާފުކޮށް ކަންތައް ކުރުމުގައި އަކީލް އާއި އާމިރު ވަޒީފާ ދީގެން ފޮނުވާފައި ތިބި މީހުންނެވެ. އެއް އަންހެނަކާއި ދެ ފިރިހެނުންނެވެ.

ވަކި ހިސާބަކަށް ދެވުނު ފަހުން ފަނުން ހަދާފައިވާ ބޮޑެތި ގެތައް ފެންނަމުންދިޔައެވެ. ބައެއް ކުދިންނަށް ވާއު އޭ ބުނެވުނެވެ. ޖުމްލަ ދިހަވަރަކަށް ގޭ ހުރިއިރު، ކޮންމެގެއެއްގެ ވަށައިގެން ހިމުން ދޮންވެލިލާ އޮމާންކޮށްފައިވެއެވެ. ކޮންމެ ގެއެއްގެ ދުރުމިނުގައި ބާރަވަރަކަށް ފޫޓު ހުއްޓެވެ. އަދި ގެތަށް ވަކިކޮށްފައިވާ ދިމާލުން މެދުގައި އެކިވައްތަރުގެ މާގަސް ހައްދާލާފައިވެއެވެ. އެއީ ސައްތާރާއި ޝަހީމާގެ މަސައްކަތެވެ. ހީވަނީ ރިސޯޓެއްގެ މަންޒަރެއްހެންނެވެ. ގެތަކާއި ކުރިމަތިވާގޮތަށް ތިންވަރަކަށް ފާހާނާ ހުއްޓެވެ. ލިއާހުރީ އަންތަރީސްވެފައެވެ. އެއީ ކައިލްއާއި ކައިރާގެ އާއިލީ ރަށެއްކަން އޭނާއަށް އެނގުނީ އަދި ކިރިޔާއެވެ.

ކައިރާއާއި ލިއާ ދިޔައީ ކައިރާ ހިޔާރުކުރި ގެޔަށެވެ. އެތެރެއަށް ވަތްއިރު ދެ ފެންފައިވާން ދޮރުކައިރީ ބަހައްޓާލާފައިވެއެވެ. ފޮތި ދަމާލާ ނިވާކޮށްފައިވާ ބައެއްހުރިއިރު، ސްލީޕިން ބޭގްގެ ދޭތި ގޭތެރޭގައިވާ އަށިމަތީ ބަހައްޓާލާފައިވެއެވެ. ކައިރާ އޭނާ ގެންގުޅުނު ދަބަސް ގެންގޮސް ނިވާކޮށްލާފައިވާ ބަޔަށް ލިއެވެ. އެތަނުގައި ދަނޑިން ހަދާފައިވާ ކޮނޑުތަކެއް، މަތީގައި ހަރުކޮށްފައިވާ ދިގު ދަނޑީގައި އަޅުވާލާފައިވެއެވެ. ލިއާގެ ދަބަސްވެސް އަތުލާ، ކައިރާ އޭނާގެ ދަބަސްތައް ކައިރި ބެހެއްޓިއެވެ.

“މިތަނުން ދާހިތްވެސް ކެނޑިއްޖެ…!” ދަތުރަށް ފެށީއްސުރެ މޫޑު ގޯސްވެފައިހުރި ލިއާގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދިޔައެވެ. ކައިރާއަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. ލިއާގެ ކޮނޑަށް އަތް ވައްޓާލަމުން، ގޭގެ އެއްބިތުގައި ފަނުން ރީތި ޑިޒައިނެއް، ވަށައިގެން ހަދާފައިވާ ކުޑަ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިލަމުން މިރަރ ސެލްފީއެއް ނެގިއެވެ.

ސައްތާރުމެން ދިޔައީ ކަމެއް ބޭނުންވެއްޖެނަމަ ގުޅާށޭ ކިޔާފައެވެ. އެމީހުން ދިއުމާއެކު ޒުވާންކުދިންގެ އަޑު ގަދަވިއެވެ. އެއްޗެހި ބަހައްޓާފައި ނިކުމެ އުޅުނު ބައެއް ޒުވާނުން ސެލްފީ ނަގަމުންދިޔައެވެ. ކައިރާ އާއި ލިއާހުރި ގެޔަށް ބޯ ކޮއްޕާލާފައި އިޝާން ގޮވާލިއެވެ. އެވަގުތު ކައިރާ ސެލްފީ ނަގަމުން ދިޔަ މަންޒަރު ފެނި އޭނާވެސް ސެލްފީ ނަގަންވެއްޖެއެވެ. ލިއާ ހީލަމުން ދުރަށް ޖެހުނެވެ. ކައިރާ ތުއިވެފައި އިޝާންއާއެކު ސެލްފީ ނަގަމުންދިޔަ މަންޒަރު ބަލަންހުރެ ލިއާ ބޭރަށް ނިކުތެވެ. އެވަގުތުވީ ކައިލްވެސް އެ ގެޔަށް ވަންނަންއައި ވަގުތަށެވެ.

ކައިލްފެނިފައި ލިއާ ރަކިވިއެވެ. އަވި އައިނުން ލޯ ނިވާކޮށްލައިގެން ހުރިއިރު ކައިލް ފެންނަމުންދިޔައީ ނުހަނު ފިރިހެންވަންތަކޮށެވެ. ތަނުގައިވި ގިނަ އަންހެންކުދިންގެ ނަޒަރު މިހާރުވެސް ހުއްޓިފައިވަނީ ކައިލްއަށެވެ. ކައިލް ލިއާއަށް އެއްބުމަ އަރުވާލުމާއެކު، ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލަމުން ކައިރާއާއި އިޝާންއަށް ގޮވިއެވެ.

“ޑިސްގަސްޓިން…!” ކައިރާގެ ކޯތާފަތަށް އިޝާން ބޮސްދެނިކޮށް ފޮޓޯނަގަންހުރި މަންޒަރު ފެނި ކައިލް އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ކައިރާ ލޯ އަޅާލަމުން ކައިލްއާއި ދިމާލަށް އައެވެ. ކައިލް ކުޑަކޮށް ދުރުވެލީ ކައިރާ ނިކުންނަން ތަންދޭންވެގެންނެވެ. ފަހަތުން ބޯ ކަހަމުން އިޝާންވެސް ނިކުތެވެ.

“ޑިސްގަސްޓިން ކަމެއް އެނގޭނެ ތި ބޭނުންވާ މީހާއާ ކިސްކުރަން ލިބޭ ދުވަހަކު…!” ކައިރާ ވާހަކަދެއްކީ އެއްމިޔަކަނުން ލިއާއަށް ބަލާލަމުންނެވެ. ލިއާ ދެލޯ ބޮޑުކޮށްލިއެވެ.

“އިފް އޮންލީ ޝީ ވުޑް އެލޯވ މީ…!” ކައިލް ޖެހިލުމެއް ނެތި ބުނެލިއެވެ. ކައިރާ ހީގަނެފައި ކައިލްގެ މުލައްދަނޑީގައި ޖަހާލިއެވެ. ލިއާ އަތުގައިވި ކައިރާގެ ތޮފިން މޫނު ނިވާކޮށްލީ ގަތް ލަދުންނެވެ.

އެންމެންވެސް އެއްބަސްވީ ހެނދުނުގެ ނާސްތާކޮށްފައި ރަށުތެރެ ބަލަން ދިއުމަށެވެ. ގިނަ ފިރިހެންކުދިންތައް އުޅުނީ ސޭންޑްވިޗް ހެދުމުގައެވެ. އެތަނުގައި ލިއާ ފިޔަވާ ކާއެއްޗެހި ހަދަން އެނގޭ އަންހެނަކު ނެތެވެ. އެމީހުން އެ ހަދަން އުޅުނުގޮތް ފެނި ލިއާގެ ބޮލުގައި ރިއްސައިގަތެވެ.

“ދީބަލަ…!” މަސްގަނޑު ހަދަން ހުރި އަނަފް ގާތަށް ގޮސް ލިއާބުންޏެވެ. އަނަފް އަވަސްއަވަހަށް ލިއާއާއި އެ މަސައްކަތް ހަވާލުކުރިއެވެ. ލިއާ ފަރިތަކަމާއެކު ހަތަރުވަރަކަށް ފިޔާ ކޮށާލީ މިނެޓެއްތެރޭގައެވެ. އެ މަންޒަރު ފެނި ބައެއް އަންހެންކުދިންތަކުގެ އަނގަހުޅުވިފައި ވެއެވެ. އަތަށް އަންގިއެއް ލައްވާލުމާއެކު، ލިއާ މަސްގަނޑު ތައްޔާރުކުރަން ފެށިއެވެ. ހަވަރަކަށް ފިރިހެނުންނަށް ނުވެގެން އުޅުނު މަސައްކަތް ލިއާ ކޮށް ނިންމާލީ ފަސް މިނެޓް ތެރޭގައެވެ.

“ވާއު…!” ކައިރާ އާއި އިޝާން އަތްޖަހާލިއެވެ. އެއާ ވިއްދާ ގިނަ ފިރިހެންކުދިންތައްވެސް އަތްޖަހާލިއެވެ. ކައިލް ހުރީ ހިނިތުންވެލައިގެން ލިއާއަށް ބަލާށެވެ. އެ ހިތުގައި ވީ ތައުރީފެވެ.

ސޭންޑްވިޗް ރަހަބަލާފައި، އަނަފް ބޮޑުވައި އިނގިލި ހިއްލާލަމުން ބަރާބަރޭ ބުންޏެވެ. އަދި ލިއާއަށް ތައުރީފުކޮށްލިއެވެ. އެވަގުތު އެތަނުގައި ތިބި ޒުވާން ފިރިހެންކުދިންތައް އަރައިގަތެވެ. އެންމެންވެސް ރަހަބަލާފައި ލިއާއަށް ތައުރީފުކުރިއެވެ.

“މަސައްކަތު މީހަކަށް ގެންނަން ރަނގަޅު…” އަލީޝާ ނުލަފާވައްތަރަކަށް ހީލައިގެން ލިއާއަށް ބަލަންހުރެ ބުނެލިއެވެ. އޭނާ ގާތުގައި އިފާއާއި މީޝާވެސް ތިބީ ދެއަތް އުރާލައިގެންނެވެ. އެންމެން ދަހިކޮށް ކަމުންދިޔައިރު އަލީޝާވެސް އެ ރަހަބަލާހިތްވިއެވެ. ނަމަވެސް އަމިއްލަ ފަޚުރަށް އުނިކަމެއް އައިސްފާނެތީ ލިއާ ހެދި އެއްޗެއް ކާން ބޭނުންނުވީއެވެ. އޭނާ ގޮސް ނެގީ ޕާނެވެ. ޖޭމާއި ނަޓެއްލާވެސް ހުރުމުން އޭނާ ކާންފެށީ އެޔެވެ.

“އަސްލު ވަރަށް މީރު…!” އަލީޝާ ބަލާލީ އިފާ ވާހަކަދެއްކި އަޑަށެވެ. އޭނާ ސޭންޑްވިޗް ހިފައިގެން ހުރިތަން ފެނުމުން އަލީޝާ ލޯ އަޅާލިއެވެ. އެވަގުތު އިފާ ސޭންޑްވިޗުން އެތިކޮޅެއް ނައްޓާލުމާއެކު ރަހަބަލާހިތުން ހުރި މީޝާއަށް ދިނެވެ. މީޝާ އޭގައި ހިފީ ބިރުންހުރެއެވެ. ނަމަވެސް އަލީޝާ އެއްޗެކޭ ނުބުނުމުން އޭނާވެސް އޭތިކޮޅު ރަހަބަލާލިއެވެ. އެ މީރުވީވަރުން އޭނާ ވަކިން ސޭންޑްވިޗެއް ކާން ބޭނުންވިއެވެ. ލޮނު ރަހައާއި ކުޅި ރަހަވެސް ހުރީ އެންމެ ހެޔޮވަރު ވަރަށެވެ. އަލީޝާ ދެލޯ އަޅައިގެން ބަލަން ހުރެފައި އިފާގެ އަތުން ސޭންޑްވިޗްކޮޅެއް ނައްޓާލަމުން ރަހަ ބަލާލީ މީހަކު ނުބަލާތޯ ޔަގީންކޮށްފައެވެ. އޭނާ ދުލުން އެއްބަސް ނުވިޔަސް އޭނާއަށްވެސް އެ ވަރަށް މީރުވިއެވެ. ނަޓެއްލާ ޖަހައިގެން ކާން އިން ޕާން މަތިންވެސް ފޫހިވިއެވެ. އިފާ ގާތު ސިއްރުން ވާހަކައެއް ދައްކާލުމާއެކު އިފާ ގޮސް އައީ އިތުރު ހަތަރު ސޭންޑްވިޗް ހިފައިގެންނެވެ. އެ ތިންމީހުން އެކުގައި ދުރަށް ހިނގައިގަތީ މީހަކު ބަލަންނެތްކަން ޔަގީންކޮށްފައެވެ. ނަމަވެސް މިހުރިހާ މަންޒަރެއް ކައިރާއަށް ފެނުނެވެ. އޭނާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަދި އެވާހަކަ ގާތުގައި ތިބި މީހުން ގާތު ބުންޏެވެ.

ހެނދުނުގެ ސައި ނިންމާފައި އެންމެން ހިނގައިގަތީ ރަށުތެރެ ބަލާށެވެ. އެކި ވާހަކައިގަ ތިބެގެން ގްރޫޕް ގްރޫޕް ކުރިޔަށްދިޔައެވެ. ކައިރާ އިޝާން އަދި ލިއާއާއި ކައިލް ދިޔައީ އެއްވަރަކަށް ހިނގާލާފައެވެ. ދެޖީބަށް އަތް ޖަހާލައިގެން ހިނގަމުންދިޔައިރު، ކައިލްއެކޭ ރާއްޖެއަށް އައިސްގެން އުޅޭ ހޮލީވުޑް ފަތުރުވެރިއެކޭ ތަފާތެއް ނެތެވެ. ގުދުރަތީ މަންޒަރުތަކުގެ ވީޑިއޯ ނަގާ ކަމަށް ހަދާފައި، ބައެއް އަންހެންކުދިން ކައިލްގެ މަންޒަރުތައް ފޯނުގައި ރައްކާކުރަމުންދިޔައެވެ. ލިއާ ހުރީ އާޝޯހުވެފައެވެ. އެ ރަށުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން މިހާއަވަހަށް ލިއާގެ ހިތުގައި އެރަށަށް ލޯބި ޖެހިއްޖެއެވެ. އޭނާއަށް ހުރެވުނީ އެކިދިމަ ދިމާލަށް ބަލާލައެވެ. ކައިލްގެ ތޫނު ނަޒަރުން ލިއާގެ ހަރަކާތްތައް ކައްސާލައިގެން ނުދެއެވެ. ލިއާ އެހާ އުފާވެފައި ހުރުމުން ހިތަށް އިހުސާސްވަމުންދިޔަ ހަމަޖެހުމުގައި ކައިލްގެ މޫނުމަތިން ލުއި ހިނިތުންވުމެއް ފާޅުވެފައިވެއެވެ.

ރަށުތެރެ ބަލާފައި އައިސް ގިނަ ޒުވާނުންތައް އުޅުނީ ކުޅިވަރު ކުޅުމުގައެވެ. ލިއާއަށް އުޅެން ޖެހުނީ ކައިރާގެ ފޮޓޯ ނަގައިދިނުމުގައެވެ. ފުޓްބޯޅަ ކުޅެންހުރި ކައިލްގެ ނަޒަރު އިރުއިރުކޮޅާ އެދިމާލަށް ހުއްޓެއެވެ.

މެންދުރުގެ ކެއުން ތައްޔާރުކުރީ ފިރިހެންވެރިންނެވެ. ސޭންޑްވިޗް ނުހެދުނަސް، ސްޕެގެޓީ އާއި ނޫޑުލްސް ކެއްކުމުގައި އެމީހުންގެ ކުޅަދާނަކަން ދައްކާލަދިނެވެ. ކާތަކެތީގެ ރަހަ ނުހަނު މީރެވެ. އެއްބަޔަކު އަވަސް އަރުވާލާފައި ކައިނިމިގެން ދިޔަ ގޮތަށް މޫދަށް ޖެހިގަތެވެ. މުޅި މާހައުލު ގުގުމާލާފައިވަނީ ހުނުމާއި ސަކަރާތުގެ އަޑުންނެވެ.

ކުޅެންވެގެން ލައިގެން ހުރި ކަޅު ޖާރޒީއާއެކު ކައިލް ގޮސް މޫދަށް އެރުނެވެ. އަޑިޔަށް ޑައިވެއް ޖަހާފައި މައްޗަށް އަރަމުން ތެތް އިސްތަށިގަނޑުގައި ފަހަތަށްވާގޮތަށް އަތުން ފުނާއަޅާލި މަންޒަރު ބަލަން އަންހެންކުދިން ތިބީ އަނގައިން ސޮނިވެރޭވަރުވެފައެވެ. އޭރު މޫދުގައި ތިބި ޒުވާނުންތައް ކުދިކިޔަމުންދިޔައީ ކައިލް ޖާރޒީ ނުބާލާ މޫދަށް އެރުމުންނެވެ. ކައިލް އެކަމާއި ސަމާލުކަމެއް ނުދިނެވެ. ކައިލް ފިޔަވާ ދެން ތިބި ފިރިހެންކުދިން ތިބީ ޓީޝާރޓް ބާލައިގެންނެވެ.

ލިއާއަށްވެސް ކާން އިނދެގެން ސިއްރުން ކައިލްއަށް ބެލުނެވެ. ތެމިގެން ހުރިއިރު ކައިލް ފެންނަލެއް ފުރިހަމަކަމުން ހިތަށް އެނގުންވެލިއެވެ. ނަމަވެސް އޭނާ އިސްޖަހާލަމުން ކާންއިން ތައްޓަށް ސަމާލުކަން ހުއްޓާލެވޭތޯ ބެލިއެވެ.

ހަވީރު ވަގުތަށް އެޅިއިރު، އެއްބަޔަކު ފީނަންގޮސްފައި އައީ ބޯވާއާއި އިހި ފަދަ ތަކެތި ހިފައިގެންނެވެ. ފީނަން ނުގޮސް ތިބި ފިރިހެންވެރިންނަށް އެތަކެތި ކޮށާ، ސާފުކުރަން ހަވާލުކޮށްފައި އެއްބަޔަކު ދިޔައީ ފެންވަރާށެވެ. އެއީ މިރޭ އޮތް ބާބަކިޔުއަށް އިތުރުކޮށްލަން ގެނައި ތަކެއްޗެވެ.

“ސަންސެޓް ބަލަން ދާނަން…؟” ލިއާ އާއި ކައިރާ ގާތަށް އައިސް ހުއްޓެމުން ކައިލް އެހިއެވެ. ކައިލް އައުމުން މާހައުލު އެއްވަސްވެލީ ފިރިހެންވަންތަ ސެންޓެއްގެ ވަހުންނެވެ. ލިއާ އަވަހަށް އިސްއޮބާލައިފިއެވެ. ކައިލްއާއި އެކު އެކަނިވާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިލް ފެންނަ ކޮންމެފަހަރަކު އެ މެސެޖުތައް އޭނާގެ ސިކުނޑީގައި ރޯލްވެލައެވެ. ކައިރާ އަވަހަށް އެއްބަސްވެއްޖެއެވެ. ނަމަވެސް އޭނާ އެދުނީ އިޝާން ފެންވަރައިގެން އަންނަންދެން މަޑުކުރުމަށެވެ. އޭރު ކައިލްހުރީ ފެންވަރައިގެން އައިސް ކަޅުކުލައިގެ ހޫޑީއަކާއި ކަޅު ސޯޓެއްގައެވެ.

އިޝާން އައުމުން ހަތަރުމީހުން އެކުއެކީ ތުނޑިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ހުދު ހުދު ދޮންވެލިގަނޑެއްވާ އެ ދިގު ތުނޑި، ވަރަށް ދުރަށް ފެތުރިފައިވެއެވެ. އިރުއޮއްސެމުންދިޔައިރު އިރުގެ ރަން ދަޅަތައް ހަތަރު ޒުވާނުންގެ މޫނަށް އެޅިފައިވެއެވެ. ކައިރާ އާއި އިޝާން ކުރީގައި ހުރެގެން ދިޔައިރު ލިއާ އާއި ކައިލް ހުރީ ފަހަތުގައެވެ.

“ޔޫ ހޭވް ބީން އެވޮއިޑިން މީ…” ކައިލް ހިނގަމުން ކުއްލިއަކަށް ބުނެލިއެވެ. އެ އަޑުން ލިއާ ސިހިގެން އައި ވަގުތު އަވަސްއަވަހަށް އިސްޖަހާލެވުނެވެ. ބަހެއް ނުބުނެ ހިނގަމުންދިޔައިރު ކައިލްގެ ތޫނު ނަޒަރު އަމާޒުވެފައިހުރިކަން އިހުސާސްވެ އަތްފައި ފިނިވަމުން އައެވެ.

“ޔޫ ނޯ ދަ ރީޒަން…!” ލަދުންހުރެ ކިރިޔާ އަޑުއިވޭވަރަށް ލިއާ ބުންޏެވެ. ކައިލްގެ ތުންފަތް އެއްމިޔަކަނުން ދެމިލިއެވެ.

“އައި ވޯޒް ޖަސްޓް ބީއިން އޮނެސްޓް…އޮންލީ އިފް ޔޫ އަރ ވިލިންގް ޓު ކޮމްޕްލީޓް މައި ޑާރކް ފެންޓަސީސް……” ކައިލް ވާހަކަ ދައްކަ ދައްކާ ހުއްޓާ ކަންފަތުގައި އަތް އަޅަމުން ލިއާ ދުއްވައިގަތެވެ. ކައިލް ހިނިއައިސްހުރެ ހިނގުން ބާރުކޮށްލިއެވެ. ލިއާ ދުވާތަން ފެނި މަޖާވެގެން ކައިރާވެސް ލިއާފަހަތުން ދުއްވައިގަތެވެ.

ވަކި ހިސާބަކަށް ދެވުނު ފަހުން މާނޭވާލެވޭވަރުވެފައި ހުރެ ލިއާ ހުއްޓުނެވެ. ފަހަތުން އައި ކައިރާވެސް ހުރީ އެހާލުގައެވެ. އޭރު ކައިލްއާއި އިޝާން ތިބީ މާ ދުރުގައެވެ. “ކައިލް ކީކޭ ބުނީތަ ތި ދުއްވައިގަތީ…؟” ވަރުބަލިވެގެން ފުން ނޭވާތަކެއް ދޫކުރަމުން ކައިރާ އެހިއެވެ. އެވަގުތު ލިއާ ދެލޯ އަޅާލިއެވެ. “ޑޯންޓް އާސްކް…!” ލިއާއަށް ނުހުރެވިގެން ވެލިގަނޑުމަތީ އިށީނެވެ. ގާތުގައި ކައިރާވެސް އިށީނދެ، ފޮޓޯ ނަގަން ފެށިއެވެ. އިޝާން އާއި ކައިލްއަށް އާދެވުނީ ފަސްވަރަކަށް މިނެޓު ފަހުންނެވެ. ލިއާ އޮއްސެމުންދިޔަ އިރަށް ބަލަން އިނީ ކައިލްއަށް ނުބަލަން ހުވާކޮށްގެންނެވެ.

“އޭ އިނގޭތަ…؟ ދެންމެ އަންނަނިކޮށް އެދިމާލު ގަސްތަކުތެރެއިން ފާޑެއްގެ އަޑެއް އިވުނު…!” އިޝާން ބިރުގަންނަ ވައްތަރު ޖައްސަމުން ބުނެލިއެވެ. ކައިރާ ބަލާލީ ދެލޯއަޅާލަމުންނެވެ. އެހެނަސް އިޝާން އެއްލޯ މަރާލުމާއެކު އޭނާއަށް މި ވާނުވާ ނަގައިގަނެވުނެވެ. އޭނާގެ ތުންފަތުގައި ސިއްރު ހިނިތުންވުމެއް ދުވެލިއެވެ. އޭރު ލިއާ ލޯ ބޮޑުކޮށްލައިގެން އިޝާންއަށް ބަލަން އިނެވެ. ކައިލްހުރީ ގަދަކަމުން ހިނިގަނޑު ހިންދާލައިގެންނެވެ.

ލިއާ ހުރީ އަވަހަށް އެތަނުން ދާން ބޭނުންވެފައެވެ. ނަމަވެސް އެކަނި ދާކަށް ނުކެރުނެވެ. ދެން ތިބި ތިން ޒުވާނުން ދާކަހަލަ ހިޔާލެއް ނުކުރިއެވެ. މުޅިން އިރުއޮއްސި އަނދިރިވާންފެށުމުން ދާކަހަލަ ވިސްނުންގެންގުޅުނެވެ.

ހަތަރުމީހުން އެއްވަރަކަށް ހިނގާލާފައި ދިޔައިރު ލިއާ ހުރީ ނޫންކަމަށް ހަދާފައި ކައިލްއާއި ގާތުގައެވެ. ކިރިޔާ އަޑެއް އިވުނަސް އޭނާ ސިހެއެވެ. ކައިރާ އާއި އިޝާން ހުރީ ހިނިގަނޑު ހިފާއްޓާލައިގެންނެވެ. ވަކި ހިސާބަކަށް ދެވުނުފަހުން ކުއްލިއަކަށް ލިއާގެ ކުރިމައްޗަށް ވެއްޓުނީ ގޮފިގަނޑެކެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމާއެކު އޭނާއަށް ކައިލްގެ ގައިގަ އޮޅުލައިގަނެވުނުއިރު މުޅި ކުއްޖާ ރޫރޫއަޅައެވެ. ލިއާއަށް ވީގޮތުން ހިނިއައިނަމަވެސް ލިއާ ބިރުގަތްވަރު ފެނުމުން ކައިލް ހަމްދަރުދީވިއެވެ. ނަމަވެސް ލިބުނު ފުރުސަތުގައި ލިއާގެ ތުނި ހަށިގަނޑު އެ ބާރުގަދަ ދެއަތުތެރޭ ހައްޔަރުކޮށްލައިފިއެވެ. ލިއާއަށް މިކަން ފާހަގަވިކަމެއް ނޭނގެއެވެ. އޭނާ ހުރީ ދެލޯމަރާ ބާރުކޮށްގެން ކައިލްގެ މޭގައި މޫނު ޖައްސާ ފިއްތާލައިގެންނެވެ. އިޝާންއާއި ކައިރާ ހީހީ އަވަދިވާވަރުވިއެވެ. ހެމުން ހެމުން އެ ދެޒުވާނުން ދުއްވައިގަނެގެން ދިޔައީ ކައިލްއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

“ހޭ…އިޓްސް އޯކޭ…!” ކައިލް މަޑުމަޑުން ލިއާގެ ބުރަކަށީގައި ފިރުމާލިއެވެ. ލިއާ މަޑުމަޑުން ދުރުވެލިއިރު މާނޭވާލެވެއެވެ. އެ ދެލޯ ފެންކަޅިވެފައިވާއިރު މޫނު ރަތްވެފައިވެއެވެ. ލިއާގެ ދެލޮލަށް ފުން ނަޒަރަކުން ބަލަންހުރެ ކައިލް މަޑުމަޑުން އެ މޫނަށް އުނދަގޫ ކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލީ އެމޫނުގައި ބީހިލަން ހިތް އެދުނުވެރުންނެވެ. ލިއާއަށް އިސްއޮބާލެވުނެވެ. ލަދުން މަރުވާވަރުވެފައިހުރި ނަމަވެސް އޭނާއަށް ކައިލްއާ ދުރަށް ޖެހޭކަށް ނުކެރުނެވެ. ލިއާއާއި އެކު އެކަނިވުމާއެކު އެތައް އިހުސާސްތަކުން ކައިލްގެ ހިތް ގެބެމުންދިޔައެވެ. ދެންމެ ލިއާގެ ތުނި ހަށިގަނޑު އެ އަތުތެރޭގައި ވީވަގުތު ހިތަށް އިހުސާސްވެގެން ދިޔައީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ގިލަންވެފައިވާ ހިތަށް ލިބުނު ފިނިކަމެއްފަދައެވެ. ކައިލް އެތައް ވާހަކައެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް ލިއާ ބިރުންހުރިވަރު ފެނުމުން އެހިޔާލު ދޫކޮށްލިއެވެ. އޭނާ ލިއާގެ އަތުގައި ހިފައިގެން ހުރެ ހިނގައިގަތެވެ.

ކައިރާ އާއި އިޝާން އެކަނި އައުމުން އަލީޝާގެ ނޭވާ ހާސްވާގޮތްވީ ކައިލްއާއި ލިއާ ފެންނަން ނެތުމުންނެވެ. އޭރު މާހައުލަށް އަނދިރިކަން ވެރިވެއްޖެއެވެ. ބަޔާންކުރަން ނޭނގޭ އުނދަގުލެއް އަލީޝާގެ ނަފްސަށް ކުރަމުންދިޔައެވެ. ހިތުގައިވި ރުޅިވެރިކަމުގެ އަލިފާން ހުޅުފަޅަމުންދިޔައެވެ. އޭނާގެ ނޭވާ ހިފަހައްޓާލެވުނީ އަތުގުޅައިގެން އެދިމާލަށް އައި ލިއާއާއި ކައިލްފެނިއެވެ. އެ ހިތުގައި ހިފާ މީހަކު ފިއްތާލިކަހަލައެވެ. އެންމެންގެ ތެރެއަށް ނިކުމެވުނު ވަގުތު ލިއާ އަވަސްއަވަހަށް ކައިލްގެ އަތުތެރެއިން އަތްދަމައިގަތް މަންޒަރު އަލީޝާއަށް ފެނުނެވެ. މާނޭވާ ލެވިފައި ހުރި ލިއާ ފެނި އަލީޝާގެ ހިތަށްވެރިވީ ނުބައިގޮތެކެވެ. އޭނާއަށް ނެގުނީ އެހެން މާނައެކެވެ. ކައިރިން އަޅާފައި އަވަސްއަވަހަށް ލިއާ ދިޔަ ވަގުތު އަލީޝާއަށް ދުވީ ކައިލްގެ ހާއްސަ ސެންޓުވަހެވެ. އޭނާއަށް ދެއަތް މުއްކަވާލެވުނުއިރު އަވަސް ނޭވާތަކެއް ދޫކުރަން ފެށުނެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަން އޭނާ ބޭނުންވިއެވެ. އެ ރުޅިވެރިކަން ނުހިފޭއްޓި އަތުންފައިން ގޯހެއް ހެދޭނޭ ހީވުމުން އޭނާ އަވަސްއަވަހަށް އެތަނުން ދުރަށް ދާން ހިނގައިގަތެވެ. އޭނާ ހުންނަ ގެޔަށް ގޮސް އަށީގާއި އިށީނުމާއެކު ރޮވިއްޖެއެވެ. ކައިލްއަށް އެހިތުން އެދެވެމުންދަނީ އިންތިހާ ދަރަޖައަށެވެ.

ބާބަކިއު ހެދުމުގެ ވަގުތުގައި އިވެމުންދިޔައީ ސަކަރާތުގެ އަޑެވެ. ސްޕީކަރުން ޖަހާފައިވާ މިއުޒިކްގެ އަޑަށް ބައެއް ޒުވާނުން ހަރަކާތް ދައްކަމުންދިޔައެވެ. ލިއާ ހުރީ ހިމޭންވެފައެވެ. ކައިލްގެ ކުރިމައްޗަށް ނާރަންވެގެން ދަތުރު ނާންނަން އުޅުމުން އަދި މި ދިމާވީ އެއްވަރުގެ ކަންތަކާއެވެ. ކައިރާ އެތައް ވާހަކައެއް ދެއްކިއިރުވެސް ޖަވާބު ދެމުން ދިޔައީ އާނ ހޫން ގެ ޒަރީއާއިންނެވެ. އައިސް ބޮކްސްއަށް ލައިގެން ގެނައި ކުކުޅުތަކާއި ސޮސެޖުތައް ފިހެ، މިއަދު ފީނަންގޮސް ގެނައި ތަކެތިވެސް ފިހުނެވެ. އޭގެ އިތުރުން ޒުވާރި އާއި އަލުވިވެސް ހުއްޓެވެ. މުޅި މާހައުލު އެއްވަސްވެފައިވަނީ ކުޅުދިޔާވާފަދަ މީރު ވަހަކުންނެވެ.

ހުރހާ އެއްޗެއް ފިހެވުމުން ތަށިތައްޓަށް އަޅައިގެން އެންމެންވެސް ކާން ޖައްސާލީ ދޮންވެލިގަނޑުމަތީގައެވެ. އެކި ވާހަކައިގަ ތިބެގެން އެންމެން ކަމުން ދިޔައިރު އެންމެންގެ ފަރާތުންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އަތިރިމަތީ އަލިފާންގަނޑެއް ޖަހާފައިވާއިރު ޖެހެމުންދިޔަ ވައިރޯޅިން ދޭތެރެއަކުން އޭގެން އަރާ ކަނިތައް އުދުހެމުންދިޔައެވެ. އެންމެން ކައި އަވަދިވީއިރު ބާރަ ޖަހަނީއެވެ.

“ލެޓްސް ޕްލޭ ޓްރުތް އޯރ ޑެއަރ…” އެންމެން ހަމަވުމުން އިޝާން އަތްޖަހާލަމުން ބުނެލިއެވެ. އެވަގުތު ބޭއިހްތިޔާރުގައި ލިއާއަށް ކައިލްއަށް ބަލާލެވުނެވެ. އޭރު ކައިލްވެސް ހުރީ ލިއާއަށް ބަލަހައްޓައިގެންނެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވި ވަގުތު ކުރީގެ ހަދާންތަކެއް ސިކުނޑީގައި ފިޔަޖަހާލިއެވެ. ލިއާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އިޝާންގެ އަޑުއިވިގެން ގިނަ ޒުވާނުން އޭނާއާއި އެއްބައިވިއެވެ. އެންމެން އައިސް އަލިފާންގަނޑުގެ މެދަށް ވާހެން އިށީނެވެ. ގޭމްގެ ގަވައިދުތައް އިއްވާލުމާއެކު ކުޅިވަރު ފަށަން ތައްޔާރުވިއެވެ.

އަލީޝާއާއި އިފާ އަދި މީޝާގެ މެދުގައި ސިއްރު ވާހަކަތަކެއް ބަދަލުކުރެވުނެވެ. އަލީޝާ ވާހަކަދެއްކިއިރު އެ ނަޒަރު ހުއްޓެމުންދިޔައީ ކައިލްއަށެވެ. އޭނާގެ ސިއްރު އެޖެންޑާއެއް ރާވާލި ކަހަލައެވެ. އޭރު މެދުގައި އަނބުރާލި ފުޅި ގޮސް ހުއްޓުނީ އިޝާންއަށެވެ. ހުނުމުގެ އަޑުން މާހައުލު ގުގުމާލިއެވެ. އިޝާން ނެގީ ޑެއަރއެވެ. އޭނާއަށް ޖެހުނީ ކައިރާ އާއި އެކު ކަޕްލް ޑާންސެއް ކުރާށެވެ. އެތަނުން ޒުވާނަކު ސްޕީކަރުން މިއުޒިކެއް ޖައްސާލިއެވެ. ކައިރާއާއި އިޝާން ރީތި ކަޕްލް ޑާންސެއް ދައްކާފައި އައިސް އިށީނުމާއެކު އެންމެންގެ އަތްތިލަބަޑީގެ އަޑުއިވެއެވެ.

އިޝާން ފުޅި އަނބުރައިލުމާއިއެކު ދެބުރު އަޅާފައި ފުޅި ހުއްޓުނީ ކައިލް އިން ދިމާލަށެވެ. ލިއާ ފިޔަވާ އިށީނދެ ތިބި އަންހެން ކުދިންތައް ތެޅިފޮޅިގަތެވެ. “ޑެއަރ..” ކައިލް ބުނެލި އިރު ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ. އަލީޝާ އަވަސްއަވަހަށް ވާހަކަ ދައްކަން އުޅެނިކޮށް އޭގެ ކުރިން އަނަފްގެ އަޑު އިވުނެވެ.

“ޑެއަރ ޑެއަރ…މްމް…ކައިލްގެ ޓާސްކަކީ…ކުރީ ރޭ އަހަރެމެން ބާބަކިއު ޖެއްސި އިރު ކީ ލަވަ ކިޔައިދޭންވީ…ގިޓާ ކުޅެމުން…” އަނަފް ބުނެލިއެވެ. ކައިލް ގާތުން ފުރުސަތެއް ނުލިބިފައި މޫނު ހަދައިގެން އިން އަލީޝާގެ މޫނުގެ ކުލަވަރު ބަދަލުވީ އަނަފްގެ ވާހަކަ އަޑުއިވިފައެވެ. ކައިލް އާއި އެންމެ ގާތްކޮށް އުޅޭ ކުދިންކޮޅު ފިޔަވާ އެންމެންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ކައިލް ލަވަ ކިޔާ އުޅޭ ކަމެއް އެތަނުން އެކަކަށްވެސް އެނގިފައެއް ނެތެވެ. ނަމަވެސް ލިއާ ފިޔަވާ އެންމެންގެ މޫނުމަތިން ފެންނަނީ ޝައުގުވެރިކަމެވެ. އެންމެންނަށް ވުރެ މާ ބޮޑަށް އަލީޝާ އިނީ ޝައުގުވެރިވެފައެވެ.

ކައިލް އެއްވެސް އެއްޗެއް ނުބުނެ އިންދާ އިޝާން ގޮސް އައީ ކައިލްގެ ގިޓާ ހިފައިގެންނެވެ. ކައިލް އަނަފްއަށް ބަލާލީ ލޯ އަޅަމުންނެވެ. އަނަފް ހޭންފެށީ އާލިކްއާއި ގުޅިގެން އޭނާ ކުރިކަންތައް ކައިލްއަށް އެނގުމުންނެވެ. ގިޓާގައި ކައިލް ހިފިވަގުތު ފޯރި އެރި ވަރުން އެންމެން ހޯބޯ ލައްވަން ފެށިއެވެ. އަންހެން ކުދިން ތުއި ވެވިވެވިފައި ކައިލް ގާތު އަވަސްކުރަން އެދެމުން ދިޔައެވެ. މިއިން އެއްވެސް ކަމަކާ ފަރުވާލެއް ނެތި ކައިލްގެ ހާއްސަ ނަޒަރު ހުއްޓިފައިވަނީ އެންމެ މީހަކަށެވެ.

ކައިލް ބޭނުންވާ ގޮތަށް ގިޓާގެ ނަރުތައް ޓިއުން ކޮށްލުމާއިއެކު ތެދުވިއެވެ. އެވަގުތު އެންމެން ހަމަހިމޭންވި ގޮތުން ޝައުގުވެރިވެފައިވާ ވަރު ހާމަވެއެވެ. ރޯކޮށްފައިވާ އަލިފާންގަނޑުވެސް އެއް ހަމަޔަކަށް ނަށަމުން ދާ ކަހަލައެވެ. ކައިލް ގޮސް ރުކުގައި އެއްފައި އަޅުވާލައި ފައި މަތީ ގިޓާ ބައިންދާލި މަންޒަރު ރީތިވެގެން ބައެއް އަންހެން ކުދިން އާގަމަ ވެފައި ބަލަމުން ދިޔައެވެ. ގިޓާ އަތަށް ހެޔޮވަރުކޮށްލައި ރާގު ކުޅެން ފެށުމުގެ ކުރިން އަދިވެސް އެއްފަހަރު ކައިލްގެ ނަޒަރު ލިއާއަށް ހުއްޓުނެވެ.

މުޅި މާހައުލަށް ފެތުރިގެން ދިޔަ ހިތްފަސޭހަ މިއުޒިކެއްގެ އަޑުން އެންމެންގެ ސިކުނޑިތައް ރިލޭކްސްވި ކަހަލައެވެ. އެ ރާގާއި އެކު ޖެހިލި ލުއި ވައިރޯޅިވެސް ދިޔައީ އެންމެންގެ ހިތާއި ހަށިގަނޑަށް އަރާމު ފިނިކަމެއް އިހުސާސްކޮށްދީފައެވެ. އެ މިއުޒިކަށް ގެއްލިފައި ތިއްބާ އެންމެންގެ ގައިންވެސް ހީބިހި ހަލުވައިލީ ކައިލްގެ ފިރިހެންވަންތަ އަސަރުގަދަ އަޑު ޖެހުމުންނެވެ. އަންހެންކުދިންތަކަށް ހީވީ މޭ ފަޅާ ހިތް ނިކުމެ ކައިލްގެ ފައި ބުޑަށް ވެއްޓުނުހެންނެވެ. ލިއާއަށް އިނދެވުނީ ދެއަތް ދެއަތާއި މޮޑެލައެވެ. ކައިލް ކިޔަމުން ދިޔަ ލަވައިގެ ކަޑިތައް އަމާޒުވަނީ ކާކަށްކަން ގާތްގަނޑަކަށް އެތަނުގައިވާ އެންމެންނަށް ކަހަލަ ގޮތަކަށް އެނގެއެވެ. ސަމާލުކަން ނުދީ ވޭތޯ ބެލިޔަސް ލިއާގެ ކަންފަތްވެސް ވަނީ އެ ހިތްގައިމު އަޑަށް، އޭނާގެ ކިޔަމަންތެރިކަމުން ބޭރުވެފައެވެ.

“ފުރަތަމަ ނަޒަރުން……”

“ހަމަ އެ ހިނދުން……”

“ތިޔަ ސޫރަ ހިތުގާ، ބިންވަޅު ނެގުނޭ…”

“ފުރަތަމަ ނަޒަރުން……”

“ހަމަ އެ ހިނދުން……”

“ތިޔަ ސޫރަ ހިތުގާ، ބިންވަޅު ނެގުނޭ……”

“ފޮނިފޮނި އިޝްޤުން……”

“ހިތް މަސްތުން…”

“ފުރުވާލި ހިނދުގާ…”

“ހިތް އެކު ދެވުނޭ…”

“ފޮނިފޮނި އިޝްޤުން……”

“ހިތް މަސްތުން…”

“ފުރުވާލި ހިނދުގާ…، ހިތް އެކު ދެވުނޭ……”

“ތި ލޯތްބަށް މިހިތް، އާދަވޭ، އާދަވޭ…”

“ކަލާ ދެކެ ވަރަށް ލޯބިވޭ…ލޯބިވޭ……”

”ހަނދާންތައް ހިތާ، ބީނުވޭ، ދުރުނުވޭ…”

“ކަލާ ދެކެ ވަރަށް ލޯބިވޭ…ލޯބިވޭ…”

ކައިލް ލަވަކިޔާލިލެއް އަސަރުގަދަކަމާއި ފުރިހަމަކަމުން އެންމެން ތިބީ އަނގައިން ސޮނި ވެރޭ ވަރުވެފައެވެ. އެ އަޑުގެ ޖާދޫގައި ޖެހުނީ ހަމައެކަނި އަންހެން ކުދިންނެއް ނޫނެވެ. ފިރިހެން ކުދިންވެސް ތިބީ އާޝޯހުވެފައެވެ. ކައިލް މިހާ މޮޅަށް މިހާ ކުޅަދާނަކޮށް ލަވަކިޔާކަމެއް އެތަނުން އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ. ކައިލްއަކީ ހުނަރުން ފުރިފައިވާ ޒުވާނެއްކަން އެންމެންވެސް ގަބޫލުކުރިއެވެ. ކައިލް ލަވަކިޔާ ނިމުނުއިރުވެސް އެ ނަޒަރު ހުރީ ލިއާއަށެވެ. އެހެން މީހުންނާއި ހިލާފަށް ލިއާ އިސްޖެހިގޮތަށް އިސްއުފުލާވެސް ނުލިއެވެ. ދެއަތް ގުޅުވާލައިގެން ފިއްތާލައިގެން އިން އިރު އެ ދެއަތްތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ. ކައިރީގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ހޫނުކަމުގެ އެއްވެސް އަސަރެއް ލިއާއަށް ނުކުރާ ކަހަލައެވެ. ބޭނުން ނުވިޔަސް ކައިލް ކީ ލަވައިގެ ކޮންމެ ލަފްޒެއް ވަނީ ހިތުގައި ހަރުލާފައެވެ.

ގިޓާގެ އަޑު ހުއްޓުމާއިއެކު އެންމެން ހޭވެރިކަންވެ އަޑުގަދަކޮށްލިއެވެ. އަދި އެއްފަހަރު ލަވަ ކިޔައިދިނުމަށް ކައިލް ގާތުން އެންމެން އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ދެން ނުވާނޭ ކިޔާފައި ކައިލް އެކަމާއި އިންކާރުކޮށްފައި އައިސް އިށީންއިރު އޭނާ ގާތުގައި ތިބި މީހުން ކައިލްގެ ގަޔަށް ބޮލަށް އަރައިނުގަތީ ކިރިޔާއެވެ. ފަނޑު ހިނިތުންވުމާއި އެކު ކައިލް ލިއާއަށް ބަލަހައްޓައިގެން އިނެވެ. ނުސީދާ ގޮތަކަށް ވިޔަސް އަނެއްކާވެސް ލިއާއަށް އޭނާގެ ހިތުގެ ހާލު އަންގައިދެވިއްޖެއެވެ.

އެތަނުގައި ތިބި އެންމެންނަށް ކައިލްގެ ލަވަ ހާއްސަވެފައިވީ ކޮން ފަރާތަކަށްކަން އެނގެއެވެ. ކައިލްއާއި މެދު ހިތްތަށް ތައުރީފުން ފުރުފައި ވިޔަސް ހަމަ އެއާއެކު ބައެއް ހިތްތަކުގައި ހަސަދަވެރިކަންވެސް އަނދަމުން ދިޔައެވެ. ކައިލްފަދަ ނުރައްކާތެރި ދަރަޖައަކަށް ރީތި ޒުވާނެއްގެ ސަމާލުކަން ލިއާފަދަ އާދައިގެ ކުއްޖަކަށް ލިބޭކަށް އެތަނުގައިވި ގިނަ އަންހެން ކުދިން ނޭދެއެވެ.

ދަންވި ދަންވިހެން ކުޅިވަރުގެ ފޯރި އައީ ގަދަވަމުންނެވެ. އެކަކުވެސް އެ ކުޅިވަރު ނިންމާލަން ބޭނުން ނުވާ ކަހަލައެވެ. ހުނުމާއި ސަކަރާތުގެ އަޑުން މުޅި މާހައުލު ވަނީ ގުގުމާލާފައެވެ. ގަސްގަހުގައި ނިދާފައި ތިބޭ ދޫނިތަކަށް މިރެއަކީ މުސީބާތަކަށް ވާނެކަން ގައިމެވެ. ގިނަ ބަޔަކު ގަސްތުގައި ކައިލް އާއި ދިމާލަށް ވާ ގޮތަށް ފުޅި ހުއްޓުވޭތޯ ބަލަމުން ދިޔައެވެ. ނަމަވެސް ގިނައީ ނާކަމިޔާބު ވާ ފަހަރެވެ. އޭގެ ތެރެއިން ފަހަރެކެވެ. ކައިރާ އަނބުރާލި ފުޅި ގޮސް މިފަހަރު ހުއްޓުނީ ކައިލް އާއި ދިމާލަށެވެ. އެންމެންތައް ތެޅިފޮޅިގަތް ގޮތުން ހިތް އަވަސްވެގެން އައިވަރު ހާމަވެއެވެ. އެންމެންނަށް ވުރެ ކުރިން މިފަހަރު އަވަސްއަވަހަށް މީޝާ ވާހަކަދެއްކިއެވެ.

“މިތަނުގައި އިން އެންމެ ރީތި ކުއްޖާއާއި ކިސްކުރަންވީ…” މީޝާ ލަދެއް ނެތި ބުންޏެވެ. އަލީޝާގެ ތުންފަތަށް ނުލަފާ ސިއްރު ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެތަނުގައި އެވަގުތު ތިމާއަށްވުރެ ރީތި މީހަކު ނެތެވެ. މިފަހަރު ކައިލްއަށް އިތުރު ގޮތެއް ނޯންނާނެކަން ޔަގީންވިއެވެ. އަވަސްއަވަހަށް ނޫންކަމަށް ހަދާފައި އިސްތަށިގަނޑާއި މޫނު ރީތިކޮށްލިއެވެ.

“އޭ ތިކަހަލަ ކަންތައް ޖައްސާނެކަމެއް ނެތް…ތި ކަޑަ…ލިމިޓެއް އޮންނަންވާނެ ދޯ…” ކައިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެވަގުތު ފިރިހެން ގުރޫޕު ހޯބޯ ލައްވައިލިއެވެ. ގިނަ ބަޔަކު އެއްބަސްވީ ކައިލް އެކަން ކުރުމަށެވެ.

“ވެލް އައި ކާންޓް ކިސް މައިސެލްފް…، ކޭން އައި…؟” ކައިލް އިނދެފައި ނުހަނު ކޫލްކޮށް ބުނެލި ވާހަކަ އަހާފައި މީޝާ އަނގަ ސަކަރާތްވިއެވެ. އަލީޝާގެ ހިނިތުންވުން ފޭދުނެވެ. ހަޅޭކާއި ހުނުމުގެ އަޑާއިއެކު ފިރިހެން ގުރޫޕާއިއެކު ބައެއް އަންހެން ކުދިން އަތްތިލަބަޑި ޖަހައިލިއެވެ. “އެބުނާހެން…މިތާ އިން އެންމެ ރީތި ކުއްޖާއަކީ ކައިލް ވިއްޔާ… ކައިލް ކިހިނެއް ދޯ ހިމްސެލްފް އާއި ކިސްކުރާނީ…؟” އަނަފް ހެމުންހެމުން ބުނެލިއެވެ. ކައިލް ދިން ރައްދު ގިނަ ބަޔަކަށް ނުހަނު ކަމުގޮސްފިއެވެ.

ކައިލް ފުޅި އަނބުރައިލުމާއި އެކު  ފުޅި ގޮސް ހުއްޓުނީ ލިއާއަށެވެ. އެކަކަށްވެސް ނޭނގުނީ ކައިލް ގަސްތުގައި ކުރި ކަމެއް ކަމެވެ. ހާސްކަން ލިބިގެން އައި ލިއާއަށް ކައިރާއަށް ބަލާލެވުނެވެ. ކައިރާ އިނީ ފާޑަކަށް ހިނި އައިސްފައެވެ. ލިއާއަށް ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދަތް އެޅުނެވެ. ޑެއަރ ނަގައިފިނަމަ ޖެހޭނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީ ލިއާ ނެގީ ޓުރުތެވެ. ނަމަވެސް އެއީ ލިއާއަށް ކުރެވުނު މޮޔަކަމެކެވެ.

“މިތަނުގައި މިވަގުތު އިން ލިއާއަށް އެންމެ ރީތި ފިރިހެން ކުއްޖާގެ ނަން ބުނޭ…” ޝާދިން ވާހަކަ ދެއްކި އިރު ‘ފިރިހެން’ މި ބަސް ބުނީ ބާރުލާފައެވެ. މީޝާ އާއި އަލީޝާއަށް ލިބުނުކަހަލަ ލަނޑެއް ލިބިދާނެތީއެވެ. ކައިލްގެ ތުންފަތް ދެމިލިއެވެ. ހީވީ ޝާދިންއަށް ކައިލްގެ ހިތުގެ އަޑު އިވިގެން އެހީވެދިންހެންނެވެ. އިސްޖަހައިލެވުނު ލިއާއަށް މަޑުމަޑުން ޕިސްޖަހައިލެވުނެވެ. “ބޮޑުކަމެއް ހުވާ…” ހަމައެކަނި ކައިރާއަށް އިވޭވަރަށް ލިއާ ބުނެލިއެވެ. ކައިރާ ހިފަހައްޓައިގެން އިން ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ކޮބާ އަވަސްކުރޭ…!” ފިރިހެން ގުރޫޕުގެ އަޑުގަދަވާން ފެށިއެވެ. ލިއާ އިސްއުފުލައިލިއިރު ފުރަތަމަވެސް ފެނުނީ ހިނިތުންވެފައިވާ ކައިލްގެ މޫނެވެ. ލިއާއަށް ހަދާނެ ގޮތް ހުސްވިއެވެ. އެހެން ފިރިހެން ކުއްޖެއްގެ ނަން ބުނާކަށްވެސް ނުކެރޭނެއެވެ. ތިރިއަށް ބަލަން އިނދެ ލިއާ ކޮންމެސް އެއްޗެއް ބުނެލިއެވެ.

“އަޑެއް ނީވޭ…” ޝާދިން ބުނެލިއެވެ. ލިއާ ދެވަނަ ފަހަރަށްވެސް ބުނެލި އެއްޗެއް ތަކުރާރުކޮށްލިއެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. ފިރިހެން ކުދިން ހެމުން ހަޅޭއްލަވައިގަތުމާއިއެކު ކައިލްގެ ގައިގާ ހިފައިގަތެވެ. އެހެނީ ލިއާ ބުނީ ކައިލްގެ ނަމެވެ. ހޭން ނުހޭން ކަހަލަ ގޮތަކަށް ތުންފަތް ފިއްތައިގެން އިން ކައިލްގެ ނަޒަރު ލިއާއާއި އަމާޒުވެލިއެވެ. އޭރު ލިއާ އޮތީ ކައިރާގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ކައިރާވެސް ހެނީއެވެ. އެއާއި ހިލާފަށް ލިއާއަށް ހުއްޓިފައިވި އަލީޝާގެ ނަޒަރުގައިވީ ރުޅިވެރިކަމެވެ.

އެކި މީހުންނަށް އެކި ކަންތައް ކުރަން ޖެހެމުން އައިސް އަނެއްކާވެސް އެންމެން އިންތިޒާރުކުރި ވަގުތުކޮޅު އައިސް ޖެހުނެވެ. ކައިލް އާއި ދިމާލަށް ފުޅި ހުއްޓުނު ވަގުތު ލިއާ ފިޔަވާ އެންމެންގެ އަޑު ގަދަވިއެވެ. “ކިހާ ދެރަކަމެއް ދެން…” ކަންތައް ބޮޑުވެފައި އިން ކައިލް ކުދި ކިޔައިލުމާއިއެކު އޭނާ ގާތު ތިބި އެކުވެރިންތައް ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“މިތަނުގައި އިން އެންމެ ރީތި އަންހެން ކުއްޖާއާއި ކިސްކުރޭ…!” މީޝާގެ އަޑު އިވުނެވެ. މިފަހަރު އެމީހުންގެ ޕްލޭން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތެވެ. އަލީޝާގެ ނުލަފާ ހިނިތުންވުން ފާޅުވިއެވެ.

“އެކަމަކުވާ ދޯ…” ކައިރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. އޭނާ އާއި ބައެއް އަންހެން ކުދިން ވެސް އެއްބައިވިއެވެ. “މިތަނުގައި ހިއްސާކުރާ ސިއްރު ތަކާއި ކުރެވޭ ކަންތައް އޮންނާނީ ހަމައެކަނި އަހަރެމެންގެ މެދުގައި…މިތަނުން އެކަކު އަތުގައި މިވަގުތު ފޯނު އޮތީވެސް ނޫން…އޮތަސް ފޮޓޯ ނަގާ ވީޑިއޯ ކޮށްގެން ނުވާނެ…އެހެންވީމަ އެވަރުކަމެއް އެއީ މައްސަލައެއް ނޫން…ކޮންބައެއް މިކަމާ އެއްބަހީ…؟” އަނަފް ވާހަކަ ދެއްކިއެވެ. ގިނަކުދިންގެ ތާއީދު ލިބުނީ އެކަން ކުރުމަށެވެ.

“ކަމޯން ކައިލް…” ގިނަ ކުދިން އެއް އަޑަކުން ކިޔަން ފެށިއެވެ. އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ކައިލް އެއްޗެއް ނުބުނެ އިނދެ ތެދުވުމާއިއެކު އަލީޝާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އެންމެންނަށް ވުރެ އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ކައިލްގެ ގާތްކަން އިހުސާސްކޮށްލަން ހިތްވަނީ ކެތްތެރިކަން ކުޑަވެފައެވެ. ނަމަވެސް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކައިލްގެ މިސްރާބު ހުރި ދިމާ އެނގުމުންނެވެ.

ކައިރިވަމުން އަންނަ ކައިލް ފެނި ލިއާގެ ދެލޯ ބޮޑުވިއެވެ. އަވަސްއަވަހަށް ދެފަރާތުގައި ތިބި ދެ އަންހެން ކުދިން ކަމަށްވާ ރަނާ އާއި ހަމްނާއަށް ބަލައިލެވުނެވެ. ލިއާ ގަބޫލުކުރާ ގޮތުގައި އެ ދެކުދިންވެސް އޭނާއަށް ވުރެ ސިފައިގެ ގޮތުން ރީއްޗެވެ. ކައިލް އަންނަނީ ލިއާގެ ގާތަށް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ނަމަވެސް ލިއާގެ އެ ވިސްނުން ކުށްހީއަކަށް ވެގެން ދިޔައީ ކައިލް އައިސް ލިއާގެ ކުރިމަތީ އެއްފައި މައްޗަށް ތިރިވެލުމުންނެވެ. ދެލޯ ބޮޑުވެގެން އައުމާއި އެކު ލިއާއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް އޭނާއަށް ދޯކާ ދީފައި ކައިރާ ލިއާގެ އަތުގައި ހިފަހައްޓައިފިއެވެ. ލިއާ ބަލައިލިއިރު ކައިރާ އިނީ ފާޑަކަށް ހެވިފައެވެ. “ޕްލީޒް ޑޯންޓް……” ކައިރާއަށް ބަލަން އިނދެ ލިއާއަށް އެހިސާބަށް ބުނެވެން ވީއިރަށް ހަށިގަނޑަށް ހުއްޓުމެއް އައީ ކައިލް ދެއަތުން ލިއާގެ މޫނުގެ ދެފަރާތުގައި ހިފެހެއްޓުމުންނެވެ. އެވަގުތު ހޯބޯ ލައްވަމުން އައި އެންމެންގެ އަޑު ކެނޑި ހިމޭންވިއެވެ. ސަލާމަތުން އޮތް އަތުން ކައިލްގެ އެއް އަތުގައި ހިފާ ނައްޓުވަން ވީ އިރަށް ކައިލް މޫނު ގާތްކޮށްލުމުން ލިއާ ސިހިފައި އަވަސްއަވަށް ކައިލްގެ އަތުން ދޫކޮށްލާފައި ކައިލްގެ އަނގަމަތީ އަތް އެޅިއެވެ.

“އޭ ކަމޯން ދެން…!” ކެތްތެރިކަން ކުޑަވެފައި ތިބި ފިރިހެން ގުރޫޕު ތެރެއިން އެކަކު ހަޅޭއްލަވައިގަތެވެ. ގިނަ އަންހެން ކުދިންތައް ތިބީ ހަސަދައިން އަނދައަނދައެވެ. އޭގެ ތެރެއިންވެސް އަލީޝާ ހީވަނީ ދެންމެ ދެންމެ ގޮވަން ތައްޔާރުވެފައި އިން އަލިފާން ފަރުބަދައެއްހެންނެވެ.

ލިއާގެ އަތްފައި ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. މަޑު ތުރުތުރެއް މުޅި ހަށިގަނޑުގައި އުފެދިފައި ވެއެވެ. ކައިލްގެ އަނގަމަތީގައިވީ ލިއާގެ އަތް ކައިލް ނެގި ގޮތުން ބަލަން ތިބި ގިނަ އަންހެންކުދިން އާގަމަވިއެވެ. ޑެއަރ އަކަށް ވިޔަސް ކައިލް އެކަމަށް ބޭނުންވެފައި ހުރިކަން އެންމެންނަށް ހާމަވިއެވެ. ކައިލް މިފަހަރު މޫނު ކައިރިކޮށްލަން ވީއިރަށް ލިއާ އަމިއްލަ އަނގަމަތީ އަތް އެޅިއެވެ. ކައިލް ބަލި ގަބޫލުކުރީހެން ހީވިއެވެ. ކައިރިވެލާފައި އޭނާ ބޮސްދިނީ ލިއާގެ ކޯތާފަތަށެވެ. ލިއާ އިނީ ލަދުން މަރުވާވަރު ވެފައެވެ.

“ވޯހހހ…!!” ދަމާލާފައި އެއްބަޔަކު ހަޅޭއަވައިގަތެވެ. ކައިލް ދުރަށް ޖެހިލުމާއި އެކު ލިއާ އަވަސްއަވަހަށް ކަކުލުގައި މޫނު ޖައްސައިލަމުން މޫނު ފޮރުވައިލިއެވެ. އޭނާ ހުރީ ބިންފަޅާ އަޑިޔަށް ދާނެނަމައޭ ހިތަށް އަރާފައެވެ.

“އޭނާއެއް ނޫނޭނު މިތަނުގައި އިން އެންމެ ރީތި އަންހެންކުއްޖަކީ…!” ނުހުރެވިގެން އަލީޝާއަށް ބުނެވުނީ ބާރަކަށެވެ. ލިއާ ފިޔަވާ އެންމެންގެ ނަޒަރު ހުއްޓުނީ އޭނާއަށެވެ. މޫނުމަތީގައިވާ ހަސަދަވެރިކަމުގެ ކުލަވަރު ފޮރުވާކަށް އަލީޝާ މިފަހަރު ނޫޅެއެވެ. އަލީޝާއަށް ބަލާފައި ބައެއް ކުދިންގެ ޗުކުޗުކު ލެއްވުމުގެ އަޑު އިވިގެންދިޔައެވެ.

“ވެލް…އިޓްސް ޑެފިނެޓްލީ ނޮޓް ޔޫ…” ކައިލް ހަމަޖެހިލާފައި ބުނި ވާހަކަ އަހާފައި އަލީޝާގެ މޫނު ހުދުވިއެވެ. އޭނާއަށް ހީވީ ކައިލް އެ މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. މިގޮތަށް އެންމެންގެ ތެރޭ ކައިލް އެފަދަ އެއްޗެއް އޭނާއާއި ދިމާލަށް ބުނެފާނެކަމެއް ހީކުރެވިފައެއް ނެތެވެ. ކައިރާ އާއި އިޝާންއަށް ޔަގީނާ ގާތަށް ކައިލް އަލީޝާގެ ކިބައިން އެ ހިފީ ބަދަލެއްކަން އެނގުނެވެ. ލިއާއަށް ދެރަދިނުމުގެ ބަދަލެވެ. އަލީޝާގެ މޫނަށް ވެގެން އައި ގޮތުން އެވަގުތު ނުހޭން ތިބި ކުދިންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ.

“ސަމްވަންސް ޕްލޭން ޑިޑިންޓް ވޯރކް…”

 “ސަމްވަން ގޮޓް ޖެލަސް…”

“ހަރޓް ބްރޯކެން…؟”

 ލާނެއްކަން ހުރި ޒުވާނުން އެކި އެއްޗެހި ކިޔެވެ. އަލީޝާއަށް އަޑު އިވުނުނަމަވެސް ހުރެވުނީ ފެންކަޅިވެފައި ކައިލްއަށް ބަލާށެވެ.

“އައި ވޯޒް ޑެއަރޑް ޓު ކިސް ދަ ދަ މޯސްޓް ބިއުޓިފުލް ގާލް އައި ސީ ހިއަރ އެންޑް އައި ޑިޑް…” ކައިލް އިތުރުކޮށްލި އިރު ދެވަނަ ‘އައި’ މި ލަފްޒު ބުނީ ބާރުލާފައެވެ. އެ ޖުމްލައިން ވިސްނަން ހުރި މީހަކަށް ކިތައްމެ އެއްޗެއް ވިސްނޭނެކަން ޔަގީނެވެ. އޭނާ އެނބުރި އައުމާއިއެކު ފިރިހެން ކުދިންތައް އޭނާގެ ގަޔަށް ބޮލަށް އަރައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ަައަހަރެންގެ މާނީ

Next

ހިތް އެދޭ މަންޒިލަކީ… 39

Next
July 10, 2026

ހިތް އެދޭ މަންޒިލަކީ… 39

Previews
July 10, 2026

ަައަހަރެންގެ މާނީ

21 Comments!

  1. Gurrly currly says:
    July 10, 2026 at 12:20 am

    Maashaa Allah mi part vx varah varah reethi…
    When next??
    Kail hama e hehdee rangalhah…

    1. Itxlevender Itxlevender says:
      July 10, 2026 at 5:26 pm

      Yeah I agree 😭💗 Thank you so much 🥹💗

  2. Aisha says:
    July 10, 2026 at 7:16 am

    Wowwww, varah reethi Masha Allah. When’s next??????

    1. Itxlevender Itxlevender says:
      July 10, 2026 at 5:27 pm

      Thank you so much 🥹💗 soon In Shaa Allaah 💗

  3. ^_^ @!I says:
    July 10, 2026 at 9:58 am

    Maasha allah
    Mi prt vs vrh reethi
    When nxt?

    1. Itxlevender Itxlevender says:
      July 10, 2026 at 5:28 pm

      Thank you so much 🥹💗 soon In Shaa Allaah 💗

  4. Anonymous says:
    July 10, 2026 at 12:55 pm

    whn next

    1. Itxlevender Itxlevender says:
      July 10, 2026 at 5:28 pm

      Soon In Sha Allaah 💗

  5. Anonymous says:
    July 10, 2026 at 2:23 pm

    mi heevani english dark romance liyan mmasakai kuraa hn
    dhivehi dark romance is so cringe 😰
    dark fantasies oa lololol

    1. Loolu 🌸 big fan of the author says:
      July 10, 2026 at 3:15 pm

      I don’t see what’s cringe about it. Every author has their own writing style and stories don’t all have to sound the same…If the story isn’t your taste that’s completely fine but calling it cringe just because it has a different vibe isn’t really fair…Plenty of readers enjoy this style…and that’s why they’re following it…Just read what you like and let others enjoy what they like bro… I don’t get the criticism…The male lead is half American so it’s not surprising that the author gave him a personality and vibe that fits a dark romance character…It actually matches the story and the character well not every story has to follow the same style just because it’s written in our language…If it’s not your taste that’s okay but mocking it is unnecessary…And if you keep reading it just to complain, it honestly comes across like you’re more invested than you admit 🤣🤣

    2. Eeiishhhh says:
      July 10, 2026 at 3:42 pm

      Mikahala vibe ga vaahaka nukiyaa meehaku dhahkabala?? Even professional Maldivian authors write dark romantic scenes with English dialogues..
      In my opinion mi story hama vrhhh salhi get goosebumps and butterflies while reading
      This dark romance vibe hama kail aa vrhhh match veyy
      You probably jealous so why don’t you try writing your own story Anonymous??? Lolololoolo

    3. Itxlevender Itxlevender says:
      July 10, 2026 at 5:33 pm

      To the person who said my story is “trying to be an English dark romance in our language”thank you for your opinion. This story was never written to fit everyone’s preferences. I write the story I want to tell, and as my fans said, the male lead is half American, so his personality and the dark romance atmosphere are intentional. Different doesn’t automatically mean “cringe”
      What’s funny is that you cared enough to read it and leave a comment. If it truly wasn’t your taste, you could have simply closed the story and moved on. Not every book is written for every reader, and that’s perfectly okay.
      To everyone who took the time to defend me or support my writing, thank you from the bottom of my heart. Your kind words mean far more than a handful of negative comments, and they’re the reason I keep writing. I appreciate every one of you 💗🥹🫶

  6. Goooooo guuuuurrrrrllll says:
    July 10, 2026 at 4:18 pm

    STOPPP I’M CRYINGGGG 😭😭🖤what you mean!!!Kyle is literally the definition of a dark romance male lead…The moment he walked into the story I was like… “Yep, that’s HIM” 😩❤️‍🔥 His whole aura is dangerous cold possessive and so attractive…I got a huge crush on him after seeing the characters 😍😍😍😍🔥🔥🔥🔥Even the way he talks and looks at Leah screams dark romance brooo It doesn’t feel forced at all it feels like that’s exactly who he is…And he’s half American too so his personality fits even more…People who say it’s cringe clearly aren’t the target audience because I’M EATING THIS UP 😭 PLEASE DON’T CHANGE KYLE LET HIM STAY THE RED/GREEN FLAG WE ALL CAN’T STOP READING ABOUT 🖤 Btw ima professional reader so this isn’t cringe at all…keep going girl we are with you 😘💋
    Lots of LOOOOOOVE ❤️

    1. Itxlevender Itxlevender says:
      July 10, 2026 at 5:36 pm

      You’re going to make me emotional too 😭💗 Thank you so much for this…It honestly means a lot that you understood Kyle exactly the way I imagined him…I’ll try my best not change him…he’ll stay true to his character until the very end…Thank you for believing in my story and for all the love and support 💗 Readers like you make me want to keep writing. I appreciate you so much 🥹💗🫶

  7. Shyyyms Shyyyms says:
    July 10, 2026 at 4:54 pm

    Woww.. I was literally blushing while reading 😭

    1. Itxlevender Itxlevender says:
      July 10, 2026 at 5:36 pm

      Ahah Ilysm girlllll 🥹💗🫂

  8. Mya says:
    July 12, 2026 at 2:56 am

    Well I hope y’all haters are happy now I think the author decided to quit writing this story
    I just hope your hate was worth it by destroying someone’s dream

  9. Girlllllly says:
    July 12, 2026 at 5:29 pm

    When’s nexttttt????? Curiously waiting. Can u upload tomorrow please 🥺

    1. Lalla says:
      July 12, 2026 at 8:03 pm

      I think the author quit I saw her insta story

  10. Girlllllly says:
    July 13, 2026 at 9:12 am

    No r u kidding 😭 noooo. I rlly want to read this story. It’s amazing 🤩 please don’t quite

  11. Anonymous says:
    July 14, 2026 at 9:23 am

    You guys did the same thing with maash ge story. she deleted her whole insta account anehka aneh author ah hama ehen hadhany.. wtf is wrong with people today

Comments are closed.

Next Episodeލޯބިން ބުނާތީ 32←


All Right Reserved!