ލޯބިން ބުނާތީ 34
ރޭގަނޑުގެ ވަގުތެވެ. އުޑުމަތީގައި އެތައް ހާސް ތަރިތައް ވިދާ ބަބުޅަމުންދިޔައެވެ. އަޅިކުލައިގެ ވިލާކޮޅުތައް ކޮޅުކޮޅަށް އުދުހެމުންދިޔައެވެ. ޖެހެމުންދިޔައީ ނުހަނު ހިތްފަސޭހަ ވައިރޯޅިތަކެކެވެ. ލިއާ ހުރީ މުށިކުލައިގެ ސްވެޓްޝާޓަކާއެކު ޖީންސެއްގައެވެ. ގޭ ދޮރު ކުރިމަތީ އިންތިޒާރުގައި ހުއްޓާ ކައިލްގެ ކަޅުކުލައިގެ ކާރު ގާތްކޮށްލައިފިއެވެ. ކާރުން ފޭބުމެއް ނެތި ކައިލް ލިއާ އަރަން ކުރީ ސީޓުގެ ދޮރު ހުޅުވައިދިނެވެ.
ކާރަށް އެރުމާއެކު ދުވަން ފެށި ފިރިހެންވަންތަ މީރުވަހުން ހިތްފުރޭހާ ވިއެވެ. ކައިލް އިނީ ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއެކު ބެއިޖްކުލައިގެ ސޯޓެއްގައެވެ. ޓީޝާޓްގެ ކުރު އަތް އެ ބާރުގަދަ މުލައްދަނޑިއަށް ހިފާލާފައިވާއިރު ނޭވާ ހިފާއްޓާލެވޭހާ ފުރިހަމައެވެ. ކަރުގައި ރިހި ފަށެއް އޮތް އިރު އެ ސިފައިގައި ލިއާއަށް ކައިލް ފެނުނު ގޮތް ނުހަނު ހިތްގައިމުވިއެވެ. ރީތިކަމާއި ފިރިހެންވަންތަކަމުގެ މިސާލެކެވެ. ލިއާ ފެނުމާއެކު އެ ފިރިހެންވަންތަ ތުންފަތަށް ވެރިވި ހިނިތުންވުން ދެކިފައި ލިއާގެ ދެފައި އޮޅޭގޮތްވިއެވެ.
“ޔޫ ލުކް ބިއުޓިފުލް…” ލިއާ ސީޓުގައި ހަމަޖެހިލުމާއެކު ކައިލްގެ ފިރިހެންވަންތަ އަޑު ޖެހި ހީބިހި ނަގައިގަތެވެ. އެ ތުންފަތްމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެ، ކޯތާފަތް ރަތްވެގެންދިޔައީ ކައިލްގެ ނަޒަރު ލިއާއަށް ހުރިކަން އެނގޭތީއެވެ. އިރުކޮޅެއްފަހުން އެ ނަޒަރު ވަކިކޮށްލާފައި، ކައިލް ކާރު ދުއްވާލިއިރު ފަނޑު ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.
ކާރުތެރެއިން ހިމޭން މިއުޒިކެއްގެ އަޑު އިވެމުންދިޔައެވެ. ލިއާ އާއި ކައިލްގެ ނަޒަރުވެސް ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރުތަކަށެވެ. ދިހަވަރަކަށް މިނެޓް ދުއްވިއިރު އެ ދެމެދުގައި ދެކެވުނީ އާދައިގެ ވާހަކަތަކެވެ.
“އައެމް ގޮނަ މިސް ޔޫ…!” ކާރުގެ ހުންގާނުގައި އެއް އަތް އަޅުވާލައިގެން އިނދެ އަނެއް އަތުން ކައިލް ލިއާގެ ފަލަމަސްގަނޑުމަތީ ބާއްވާލެވިފައިވާ އަތުގައި ހިފިއެވެ. ނުވިސްނާ އިންދާ ކައިލްގެ އެ ލުއި ބީހުމުގެ އިހުސާސްކުރެވި ލިއާއަށް ސިހުމެއް ލިބުނެވެ. ސީރިއަސްކަން އެކުލެވިގެންވި އެ އަޑުޖެހިފައި ހިތަށް އެނގުންވެލައިގެން ދިޔައެވެ. ބަހެއް ނުބުނެ ލިއާ މަޑުމަޑުން ކައިލްގެ މޫނަށް ނަޒަރު ހިންގާލިއެވެ. އޭރު ކައިލް ހިނިތުންވުމެއް ދީފައި ކުރިއަށް ނަޒަރު ހުއްޓާލިއެވެ. ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ހިތް ބުނަމުން ދިޔައީ ކައިލްވެސް އެ އިނީ ލިއާގެ ފަރާތުން އެފަދަ ޖަވާބަކަށް އިންތިޒާރުގައި ކަމެވެ.
ލިއާގެ ފޯނު ރިންގްވާން ފެށިއެވެ. ސްކްރީނަށް ބަލާލުމާއެކު އޭނާ ކުޑަކޮށް ހާސްވާގޮތްވިއެވެ. ގުޅަމުންދިޔައީ ރިހާނެވެ. ހަދާނެ ގޮތެއް ނޭނގިފައި އިނދެ ލިއާ ފޯނުގެ ރިންގް ކަނޑާލިއެވެ. ފޯނު ކެނޑުމާއެކު ވަގުތުން ސައިލެންޓަށް ލިއެވެ. މި ހުރިހާކަމެއް ކައިލްއަށް ފާހަގަވިއެވެ.
“ވިލް ޔޫ މިސް މީ…؟” އަތިރިމައްޗާ ކައިރިކޮށްލަމުން ކާރު ހުއްޓާފައި ކައިލް ލިއާއާއި ސުވާލުކުރިއެވެ. ފޯނު ވައިބްރޭޓްވާތީ އެ ހާސްކަމުގައި އިނދެފައި ކައިލް ވާހަކަދެއްކުމުން ލިއާ ސިހުނެވެ. ކައިލްއަށް ބަލާލިއިރު އޭނާ އިނީ ލިއާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ފޯނު ދެއަތުގެ ތެރޭގައި ފޮރުވާލަމުން ލިއާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.
“ހޫ އިޒް ކޯލިންގް…؟” އެންމެފަހުން ކައިލް އެހިއެވެ. އޭރުވެސް ލިއާގެ އަތުތެރޭ އޮތް ފޯނު ވައިބްރޭޓްވަމުން ދިޔައެވެ. ލިއާ ކަންބޮޑުވެފައި އިނދެ ކައިލްއަށް ބަލާލިއެވެ. އެ ބެލުމުން ކައިލްއަށް ޖަވާބުލިބުނެވެ.
“ރިހާން…؟” ކައިލް ހިމޭންކަމާއެކު އެހިއެވެ. ލިއާ އިނދެފައި ބޯ ޖަހާލިއެވެ. “މިރަށުގައި ހުރީ…” ލިއާ ބުނެލިއެވެ. ކައިލްއަށް ބޭރަށް ނަޒަރު ހުއްޓާލެވުނުއިރު ހިތަށް އުނދަގޫވެއްޖެއެވެ. މޫނުމަތީ މީގެ ކުޑައިރުކޮޅެއް ކުރިން ހުރި އުފާވެރިކަން ގެއްލިއްޖެއެވެ.
“ގިވް އިޓް ޓު މި…!” އިރުކޮޅަކު އިނދެފައި ކައިލް ލިއާއަށް އަތްދިއްކޮށްލިއެވެ. އޭރުވެސް ހުއްޓުމެއް ނެތި ފޯނު ރިންގްވަމުންދިޔައެވެ.
“އިޓްސް އޯކޭ…!” ލިއާ ކަންބޮޑުވެފައި އިނުމުން ކައިލް ބުނެލިއެވެ. އެންމެފަހުން ދެހިޔާލެއްގައި އިނދެފައި ކައިލްއަށް ފޯނު ދިއްކޮށްލިއެވެ. ކައިލް ރިސީވް ބަޓަނަށް ކްލިކް ކޮށްލުމާއެކު ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ…؟!!” ރިހާންގެ ބާރު އަޑު އިވުނެވެ. ކައިލްއަށް އެއްޗެއް ނުބުނެ ދަތްކުނޑިވިކާލެވުނެވެ.
“ލިއާ…، އާރ ޔޫ ފައިނަލީ ގޮނަ ލިސެން ޓު މީ…؟” ރިހާން އެ ރުޅިވެރި ރާގުގައި ވާހަކަދެއްކިއެވެ. އޭރު މީހާ ހުރީ މާނޭވާލެވިފައެވެ.
“ނޯ…!” ކައިލް ޖަވާބު ދިނެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ލިއާވެސް ކަންބޮޑުވެފައި އިނދެ ކައިލްއަށް ބަލަން އިނެވެ.
“ކައިލް…!!” ރިހާންގެ އަޑު ނިކުތީ މަޑުންނެވެ. ކައިލް އާނއެކޭ ބުނެލިއިރު އެ ބަރު އަޑުގައިވަނީ ހިތްތަކަށް ޖެހިލުންވުން ވެރިކުރުވާފަދަ އަސަރެކެވެ.
“ލިއާ ކޮބާ…؟” ނޭވާ ހާސްވެފައި ހުރިފަދައަކުން ރިހާން އެހިއެވެ.
“ޝީ އިޒް ވިތް މީ…!” ކައިލް ރައްދު ދިނެވެ.
“ލިއާގެ ފޯނުން ކީއްކުރަނީ…؟” ރިހާންގެ އަޑު ރުޅިން ފޯވިއެވެ. ލިއާ އާއި ކައިލް އެކުގައި ހުރިކަމުގެ ހިޔާލުން އޭނާއަށް ހަޖަމްކުރަން ދަތިވިއެވެ.
“ޝީ ގޭވް އިޓް ޓު މީ…” ކައިލް ވާހަކަ ދެއްކީ އެ ހިމޭން ނުރައްކާތެރި ރާގުގައެވެ. ދެބުމަ ގޮށްޖެހިފައިވާއިރު އެ ހަތަރެސްކަން މޫނު ފެންނަލެއް ފުރިހަމަކަމުން ލިއާއަށް ބަލަން އިނދެވުނެވެ.
“އަހަރެން މި ގުޅީ ލިއާ އާއި ވާހަކަ ދައްކަން…!” ރިހާންގެ އަޑު އައެވެ. ގޮތްދޫނުކުރުމުގެ އަސަރު އެ އަޑުގައި ވެއެވެ.
ކައިލް ޖަވާބެއް ދިނުމުގެ ކުރިން ލިއާއަށް ނަޒަރު ހިންގާލިއެވެ. ލިއާއަށްވެސް އިނދެވުނީ ބަލާށެވެ. ކައިލް ވާހަކަދައްކަންފެށީ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލަމުންނެވެ. “ބަޓް ޔޫ އަރ ކޯލިންގް ވައިލް ޝީ އިޒް ވިތް މީ…ޔޫ ގޮޓް މީ އިންސްޓެޑް…!” ކައިލް ބުނެލިއެވެ. އެ އަޑުގައި އިންޒާރުގެ ކުލަވަރު އެކުލެވިފައިވެއެވެ.
ރިހާން ނުލަފާ ގޮތަކަށް ހުނުމެއް ބޭރުކޮށްލި އަޑު އިވުނެވެ. ނަމަވެސް އެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. “ލިއާ ގާތު ބުނޭ އަހަންނާ ބައްދަލު ކުރަން އަންނާށޭ…!” ރިހާން އަމުރުކޮށްލިއެވެ.
ކައިލްގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. އެހެނަސް އެ ހިނިތުންވުމުގައި އެއްވެސް އަސަރެއް ނުވެއެވެ. “ލިއާ އެހުރީ އޭނާ ހުންނަން ބޭނުންވާ ތަނުގައި…!!” ކައިލް ރިހާނަށް ކަމެއް ހަނދާންކޮށްލަދިންފަދައެވެ.
“ޔޫ ޑޯންޓް ނޯ ދެޓް…!” ރިހާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަޑުގައިވި ކުލަވަރުން އެކަން ހާމަވެއެވެ.
“އައި ޑޯންޓް…؟” ކައިލް އެ ހަމަޖެހޭ ރާގުގައި ބުނެލީ ރިހާން އާއި ޖަދަލު ކުރާ ގޮތަކަށެވެ.
“ސްޓޭ އައުޓް އޮފް ދިސް…!” ރިހާންގެ ކެތްތެރިކަން ކޮޅުންލައިގެން ދާގޮތްވެ ކައިލްއަށް އިންޒާރުދިނެވެ.
އެންމެފަހުން ކައިލްގެ ހިނިތުންވުން ގެއްލުނެވެ. އެ މޫނުގައިވަނީ ބަލާ މީހަކު ބިރުން ހިތްވިރިގެންދާފަދަ ނުރައްކާތެރި ކުލަވަރެކެވެ. “ނޯ…!” ކައިލް ބުނެލީ ސާބިތުކަމާއެކުއެވެ. ލިއާއަށް ކައިލްގެ މޫނަށް ބަލަން އިނދެވުނީ ހިތްބިރުގަނެފައެވެ. ރުޅިއައިސްފައި އިންނައިރުވެސް އިންތިހާ ފިރިހެންވަންތައެވެ. އެހެނަސް އެ ދެމެދުގައި ކުރެވެމުންދިޔަ ޒުވާބު ހޫނުވަމުން އަންނަކަމުގެ ހިލަން ލިއާއަށް ވިއެވެ.
ދެމެދަށް ވެރިވި ހިމޭންކަން އިރުކޮޅަކަށް ދެމިގެންދިޔައެވެ. ރިހާންގެ ރުޅިވެރިކަން އެކުލެވިގެންވާ ފުން ނޭވާތަކުގެ އަޑުއިވެއެވެ. “ޔޫ ތިންކް ޔޫ ހެވް ވޮން…؟” ރިހާން ވާހަކަ ދެއްކީ ދަތްކުނޑިވިކާލައިގެން ހުރެކަން އަޑު އައި ގޮތުން އެނގެއެވެ.
“މީ ކޮމްޕެޓިޝަނެއް ނޫން…!” ކައިލް ބުނެލިއެވެ.
“އެހެންވީއިރު ލިއާއަށް ފޯނު ދީ…!” ރިހާން އެންގިއެވެ.
ނުތަނަވަސްކަމާއެކު ކައިލްއަށް ބަލަމުން ދިޔަ ލިއާއަށް ކައިލްގެ ނަޒަރު ހުއްޓުނެވެ. އެ ލޮލާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ ކައިލް ފޯނުން ވާހަކަދެއްކިއެވެ. ހަމަޖެހުމާއެކުއެވެ.
“ލިއާ ކަލެއާ ވާހަކަ ދައްކަން ބޭނުންވާނަމަ ޝީ ވިލް ކޯލް ޔޫ ހާރސެލްފް…!” ކައިލް ބުނެލިއެވެ. އާދައިގެ ރާގެއްގައި ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ކައިލްގެ ހިތުގައިވި ރުޅިވެރިކަން ހުޅުފަޅައިގެން ދާންއުޅޭކަހަލައެވެ. އޭނާ އާއިއެކު ލިއާ ވީ ވަގުތު ރިހާން އެ ހާއްސަ ވަގުތު ހަރާބުކޮށްލަން މަސައްކަތްކުރަމުން ދިއުމުން ކައިލްގެ ހިތްވަނީ ރުޅިން ފޯވެފައެވެ.
“އެންޑް އިފް ޝީ ޑަޒަންޓް…؟” ރިހާންވެސް ވާހަކަދެއްކީ ޖަދަލުކުރާ ރާގަކަށެވެ.
“ދެން ރެސްޕެކްޓް ހާރ ޑިޒިޝަން…!” ކައިލް އެންގިއެވެ.
ރިހާން ހޭންފެށިއެވެ. “ލިއާ ތިހެން ބުނީތަ ނޫނީ ކަލޭ އަމިއްލައަށް ލިއާއަށް ގޮތް ނިންމައިދިނީތަ…؟” ރިހާންގެ އަޑުގައި ގޮތްދޫނުކުރުން އެކުލެވިގެންވެއެވެ.
ކައިލްގެ ދެބުމަ ގޮށްޖެހިގެން އައެވެ. “އައި ޑޯންޓް މޭކް ދަ ޑިޒިޝަން ފޯރ ހާރ…!” ކައިލް ހިމޭންކަމުގައި ބުނެލިއެވެ.
“ނޯ…؟ އެހެންވިއްޔާ ލިއާއަށް ފޯނު ދީ…!” ރިހާން އަނެއްކާވެސް އެންގިއެވެ.
“ލިއާ ކަލެއާ ވާހަކަ ދައްކަން ބޭނުންނަމަ ޝީ ވުޑް ހެވް އާންސާރޑް ވަން އޮފް ޔުއަރ ލާސްޓް ޓްވެންޓީ ކޯލްސް…!” ކައިލް ބުނެލީ ރިހާންގެ އަނގަ ބަންދުވާނެފަދަ ވާހަކައެކެވެ. ކަންތައްވީވެސް އެހެންނެވެ.
ރިހާންއަށް ދަތްތައް ފިއްތާ ބާރުކޮށްލެވުނެވެ. “ސޯ ދިސް އިޒް ހައު އިޓް އިޒް…؟” ރިހާންގެ އަޑު އިވުނީ މަޑުންނެވެ.
“ދިސް އިޒް އެގްޒެކްޓްލީ ހައު އިޓް އިޒް…!” ކައިލް ރައްދު ދިނެވެ. އެ ފިރިހެންވަންތަ އަޑުއިވޭ މީހެއްގެ ގައިން ހީބިހި ހަލުވާލާނެއެވެ.
“ޔޫ ތިންކް، ތިހެން އެންމެ ރެއަކު ލިއާ ކަލެއާއެކު ބޭރަށް ދިޔައިމަ ލިއާގެ ދިރިއުޅުމުން ޖާގައެއް ލިބުނީ ކަމަށްތަ…؟” ހާމަވެފައިވާ ހަގީގަތް ގަބޫލުކުރަން ރިހާންގެ ޒަމީރު ދެކޮޅުހަދާކަހަލައެވެ.
“އައި ޑޯންޓް ތިންކް…ޝީ ޗޫޒް ޓު ބީ ހިއަރ…!” ކައިލް ސާބިތުކަމާއެކު ރައްދުދިނެވެ. “ދިސް އިޒިންޓް އެ ގޭމް…!”
“އިޓް ބިކޭމް ވަން ދަ މޫމެންޓް ޔޫ ސްޓެޕްޑް ބިޓްވީން އަސް…!” ރިހާން ބުނެލިއެވެ.
“އައި ސްޓެޕްޑް ނޯވެއަރ…!” ކައިލް ބުނެލިއެވެ. ހިތުގައި ކޮންމެފަދަ ހައިޖާންގަނޑެއް އޮތަސް އެ އަޑުގައިވަނީ ހަމަޖެހުމެވެ. “ޝީ މޭޑް ހާރ ޗޮއިސް…މޭބީ އެކަން ކަލެއަށް ހަޖަމްނުވެގެން ތިއުޅެނީ…!”
“ބީ ކެއަރފުލް ކައިލް…!” ރިހާންގެ އަޑު އިވުނެވެ.
“ތި ދިނީ އިންޒާރެއްތަ…؟” ކައިލް ހަމަޖެހިލާފައި އެހިއެވެ.
“ބޭނުން ގޮތަކަށް ގަބޫލުކޮށްލާ…!” ރިހާން ބުނެލިއެވެ.
ޖަވާބު ދިނުމުގެ ކުރިން ރާޅުޖަހަމުންދިޔަ އަތިރިއަށް ކައިލްގެ ނަޒަރު ހިންގާލިއެވެ. “އައި ޑޯންޓް ސްކެއަރ އީޒިލީ…!”
“ނެއިދަރ ޑޫ އައި…!” ރިހާންގެ އަޑު އިވުނެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަން އިންޒާރުގެ ރަނގަބީލެއް ފަދައެވެ. ކަންފަތުގައި ފޯނު ޖަހައިގެން ކައިލް އިނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ރާޅުތަކަށް ބަލާށެވެ. ރިހާން ވާހަކަދައްކަންފެށީ އެހެން އިންދައެވެ.
“ލިއާ ކައިރި ބުނޭ މިހެން…!” ރިހާން ބުނެލިއެވެ. ކައިލް އަޑުއަހަން އިނެވެ. “އައެމް ނޮޓް ގިވިން އަޕް…!”
ޖަވާބު ދިނުމުގެ ކުރިން ކައިލް އަމިއްލަ ނަފްސަށް ބޯޖަހާލިއެވެ. “ގުޑް…!”
“ގުޑް…؟” ރިހާން އަހާލީ ގަބޫލު ނުކުރެވިފައެވެ.
“ބިކޯޒް ނެއިދަރ އެމް އައި…!” ކައިލްގެ އަޑުގައިވި ބަރުކަން ރިހާންގެ އަޒުމް ގުޑުވާލިކަހަލައެވެ. އަނެއްކާވެސް ހިމޭންކަންވެރިވެގެން އައެވެ. މިފަހަރު ރިހާންގެ ރައްދަކަށް މަޑުކުރުމެއްނެތި ކައިލް ފޯނު ކަނޑާލިއެވެ. އަދި އެހުރިހާއިރު އޭނާއަށް ބަލަން އިން ލިއާއަށް ފޯނު ދިއްކޮށްލިއެވެ.
“ކީކޭ ރިހާން ބުނީ…؟” ފިނިވެފައި އިނދެ ލިއާ ސުވާލުކޮށްލިއެވެ.
“ހީ މޭޑް ހިޒް ޕޮޒިޝަން ކްލިއަރ…!” ކައިލް އެ އިންގޮތަށް އިނދެ ބުންޏެވެ.
“އެންޑް…؟” ލިއާ އެހިއެވެ.
“އައި މޭޑް މައިން…!” ކައިލް ބުނެލީ ސީދާ ލިއާގެ ލޮލަށް ބަލާލާފައެވެ. ލިއާގެ ބޮލުން ފެށިގެން ފައިގެ އިނގިލިތަކުގެ ކޮޅާއި ހަމަޔަށް ފިނިވެގެން އައީ އެ ފިރިހެންވަންތަ ލޮލުގެ ތޫނުކަމުންނެވެ.
އިރުކޮޅެއްފަހުން ލިއާއާއި ކައިލް ހުރީ ދޮންވެލިގަނޑަށް ރާޅު ބީއްސާ ހިސާބުގައެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިން ކައިލްގެ އިސްތަށިގަނޑު ކޮޅުކޮޅަށް ހެލެމުންދިޔައެވެ. ހަނދުވަރުގެ ރިހި އަލި ލޮނުގަނޑަށް އެޅިފައިވީއިރު ވިދަމުންދިޔައީ ޖަވާހިރުތަކެއްފަދައިންނެވެ. އެ މަންޒަރަށް ނަޒަރު ހުއްޓިފައިވީނަމަވެސް ދެ ޒުވާނުންގެ ހިތާއި ސިކުނޑިވަނީ ބޮޑު ހައިޖާންގަނޑެއްގައެވެ.
ވެދިޔަ ކަންތަކުގެ ވާހަކަ އިތުރަށް ކައިލް ދައްކާކަށް ބޭނުމެއްނުވިއެވެ. ލިއާ އާއި އެކު ހޭދަކުރަން ލިބުނު ވަގުތުކޮޅު ރިހާންގެ ސަބަބުން ހަރާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ލިއާއާއި އެކި ވާހަކަދެއްކިއެވެ. މައިގަނޑުގޮތެއްގައި ދެކެވުނީ އޭނާ ދިއުމުން ލިއާ މަތިން ހަނދާންވާނެ ވާހަކައެވެ. ސީދާ ސީދަލަށް ނުބުންޏަސް ކައިލް ނެތުމުން ލިއާގެ ހިތް ބަދަލުވެދާނެތީ ކައިލް ނުތަނަވަސްވާކަން ލިއާއަށް ހާމަވިއެވެ. ނަމަވެސް އޭނާ އެކަމަށް އެއްޗެކޭ ނުބުނެއެވެ. އެ ހިތުގައި ފޮރުވިފައިވާ ކަންތައް ހާމަވާކަށް ލިއާ ނޭދެއެވެ.
ރާޅު ބީއްސަމުންދިޔަ ހިސާބުގައި ހިނގަމުންގޮސް ކައިލް ލިއާގެ މޫނަށް އުނދަގޫކުރަމުންދިޔަ އިސްތަށިކޮޅުތައް ކަންފަތް ކައިރި އަޅުވާލަދިންވަގުތު އެ އިނގިލިތައް ލިއާގެ ކޯތާފަތުގައި ބީހުނެވެ. ލިއާ ފިނިވެގެން އައިވަރުން ދެފައި އޮޅޭގޮތްވިއެވެ. ގަނބަމުން ދިޔަ ވެލިގަނޑުގައި ހިނގަމުންގޮސް އޭނާ ވެއްޓޭގޮތްވުމުން ކައިލް އަވަހަށް ލިއާގެ ގައިގަ ހިފެހެއްޓިއެވެ. ލިއާގެ ކޯތާފަތް ރަތްވެގެން އައި މަންޒަރު ކައިލްއަށް ފެނި އެ ފިރިހެންވަންތަ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ލިއާގެ ހަށިގަނޑު ސީދާކޮށްލިއިރުވެސް ކައިލްއަށް ހުރެވުނީ ލިއާގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ކައިލްގެ ނޫކުލައިގެ ލޮލުގެ ތެރެއަށް ލިއާ ގެއްލުނެވެ. ހަނދުވަރުގެ އަލި އެޅި އެ ނޫކުލައިގެ ކަޅި ވިދަމުންދިޔައީ ޖަވާހިރުކޮޅެއްފަދައިންނެވެ. ނޫކުލަތަކުގެ ތެރެއިންވެސް އެންމެ ރީތި ނޫކުލައެވެ.
ދެޒުވާނުން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިވަނިކޮށް ސިހުމެއް ލިބުނީ ލިއާގެ ފޯނު ވައިބްރޭޓްވި އަޑަށެވެ. ތެޅިގަނެފައި ލިއާ ކައިލްއާއި ދުރަށް ޖެހުނެވެ. “ފަ*…” އެހިތްގައިމު ވަގުތުކޮޅު ހަރާބުވުމުން ކައިލްއަށް ރުޅިއާދެވުނެވެ. ބުނި އެއްޗެއް ބުނީ ލިއާއަށް އަޑު ނީވޭވަރަށެވެ. އޭނާ ހީކުރީ އަނެއްކާވެސް ރިހާން ގުޅީކަމަށެވެ.
ލިއާ ފޯނު ނަގާ ބެލިއިރު ގުޅަމުންދިޔައީ ޝަމްނާއެވެ. ކައިލްއަށް ނަޒަރެއް ދީފައި ލިއާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ހެލޯ…ލިއާ އެބަހުރިންތަ…؟ ދެންމެ ރިހާން ކިޔާ މީހަކު އައި ހޯދަން…ޔުއަރ އެކްސް ދޯ އެއީ…؟” ޝަމްނާ ވާހަކަ ދެއްކީ އަވަސްއަރުވާލާފައެވެ. ލިއާއަށް ދެލޯ ބޮޑުކޮށްލެވުނީ ޝަމްނާބުނި އެއްޗެއް އަހާފައެވެ.
“ވަޓް…؟ ކޮންއިއަކު އޭނާ އައީ…؟” ލިއާއަށް އެހުނީ އަވަސްއަރުވާލާފައެވެ. އޭނާ ކައިލްއަށް ނަޒަރެއްދިންއިރު ކައިލް ހުރީ ޖީބަށް އަތްޖަހާލައިގެން ލިއާއަށް ބަލާށެވެ.
“މިހާރު އިރުކޮޅެއް ވެއްޖެ…! ވަރަށް ރުޅިއައިސްހުރީ…ނަސީބެއް މަންމަ ނެތްކަން…!” ޝަމްނާ ބުނެލިއެވެ. އޭނާ ވާހަކަދައްކަމުން ދަނިކޮށް ލިއާ ފޯނު ކަނޑާލިއެވެ. އެހެންވީމަ ރިހާން އެވަރަކަށް އޭނާއަށް އެ ގުޅީ އޭނާ ހޯދަން ގެޔަށްގޮސް ދިމާނުވީމަތާއެވެ. ލިއާއަށް ހާސްކަމާއެކު ބޮލުގައި އަތްހިންގާލެވުނެވެ.
“ވަޓް ހެޕެން…؟” ކައިލް އެހިއެވެ. ލިއާ ޖަވާބުދޭން އުޅެނިކޮށް އޭނާގެ ނަޒަރުގައި އަޅައިގަތީ ކައިލްގެ ކާރު ކައިރިއަށް ހުއްޓުނު ސައިކަލެވެ. ލިއާއަށް ލޯ ހަނިކޮށްލެވުނެވެ. އޭނާ ބަލަން ހުއްޓާ ފެނުނީ ސައިކަލުން ފައިބެގެން އައި ރިހާނެވެ. ދެލޯ ބޮޑުވެގެން އައިއިރު ލިއާގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. އޭނާއަށް ބަލާލެވުނީ ކައިލްއަށެވެ. ލިއާގެ މޫނުމަތީގެ ކުލަވަރުތައް ދޭހަވެ ކައިލްއަށް ލިއާ ބަލަން ހުރި ދިމާލަށް ބަލާލެވުނެވެ. ކައިރިވަމުން އަންނަ ރިހާންފެނި ކައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ލޮލުން ނުރައްކާތެރި ކުލަވަރެއް ފާޅުވިއެވެ.
“ރިހާން…!” އާހެއް ފަދައިން ލިއާއަށް ބުނެވުނެވެ. ޖީބުގައިވި ކައިލްގެ އަތް މުއްކެވިގެން އައެވެ. ރިހާން ފެނުމާއެކު ކައިލްގެ އެތެރެހަށީގައި އުފެދިފައިވާ އަލިފާންގަނޑުގެ ހުޅުފަޅައިގެން ދާން އުޅޭކަހަލައެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ގާތުގައި ހުރި ލިއާއަށްޓަކައެވެ.
ރިހާން އައިސް އަރާހަމަވުމާއެކު ލިއާއަށް ބޭއިހްތިޔާރުގައި ކައިލްގެ ފަހަތަށް ޖެހެވުނެވެ. ކައިލްއަށް އެކަން ފާހަގަވިއެވެ. ދެޖީބަށް އަތްޖަހައިގެންހުރެ އެއްފަހަރު ފަހަތުގައި ހުރި ލިއާއަށް، އަނެއްފަހަރު ރިހާންއަށް ބަލާލާފައި ކައިލް އެއްކައިރިއަށް ޖެހިލީ ލިއާއަށް ހިމާޔަތްދޭން އުޅޭ ފަދައަކުންނެވެ. ކައިލްގެ އެ ހަރަކާތުން ރިހާންގެ މޫނުމަތީގައިވި ރުޅިވެރިކަމުގެ ކުލަވަރު ދެގުނަވިއެވެ. އޭނާއަށް ބަލާލެވުނީ ކައިލްގެ ފުރަގަހުގައިހުރި ލިއާއަށެވެ. ކައިލްގެ ހިމާޔަތުގައި ލިއާ ހުރި ހުރުން ރިހާންއަށް ހަޖަމެއްނުވިއެވެ.
ރިހާން އާއި ކައިލްގެ ހަތަރުކަޅި ހަމަވެގެން އައެވެ. ފުރަތަމަފަހަރަށެވެ. ރިހާންއަށް ބަލަން ހުރެވުނީއެވެ. އޭނާއަށްވުރެ އުމުރުން ހަގެއް ކަމަކު ކައިލް ރިހާނަށްވުރެ އިސްކޮޅުން ދިގުވެފައި ހަށިގަނޑު ވަރުގަދައެވެ. މޫނުމަތީގައިވި ސީރިއަސްކުލަވަރާއެކުވެސް ބަލާ މީހެއްގެ ގައިން ހީބިހި ހަލުވާލާނެއެވެ. ރިހާންގެ ހިތް ކިތައްމެ އެއްބަސްވާން ބޭނުންނުވިޔަސް ކައިލްގެ ކިބައިގައި ވަނީ އެހެން މީހަކަށް ނުގުޑުވާލެވޭނެފަދަ އަޒުމެއްކަން ހިތާއި ސިކުނޑިންވެސް ގަބޫލުކުރެވުނެވެ. ސިކުންތުކޮޅަކަށް އޭނާ އެތަނަށް އައި މަގުސަދައިގެން ކުރިޔަށް ދިޔުމަށް ފަސްޖެހޭގޮތްވިއެވެ.
އަނެއްކޮޅުން ހިމޭނުން ހުއްޓެއްކަމަކު ކައިލްގެ ހިތުތެރޭވި ރުޅިވެރިކަން ދެންމެ ދެންމެ ހުޅުފަޅައިގެން ދާންއުޅޭކަހަލައެވެ. އޭނާއަށް އިހުސާސްވަމުންދިޔައީ ރުޅިގަދަ ސިންގާއެއް އެތެރެހަށީގައި ބަންދުވެ ނުނިކުމެވިގެން އުޅޭފަދަ ގޮތެކެވެ. ކައިލް ބޭނުންވަނީ މިހާރުވެސް ރިހާންގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާށެވެ. ލިއާ އާއި އޭނާގެ ހާއްސަ ވަގުތުކޮޅު ހަރާބުކޮށްލީތީއެވެ. ލިއާ އާއި ރިހާންއާއި ދެމެދު އެތައް ދުރުމިނެއް ހުރިނަމަވެސް ރިހާން ލިއާ ފެންނަ ހިސާބުގައި ހުރީތީވެސް ކައިލްއަށް އެކަން ބަލައިގަންނަން ދަތިވިއެވެ.
ކައިލްގެ ލޮލުގައިވި ނުރައްކާތެރި ކުލަވަރުން ރިހާންއަށް ބަލާކަށް ނުހުރެވުނެވެ. އޭނާގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ ކައިލްގެ ފުރަގަހުގައިހުރި ލިއާއަށެވެ.
“ލިއާ…!” އަޑަށް މަޑުމައިތިރިކަން ގެންނަން ރިހާން މަސައްކަތްކުރީ ލިއާ ރުއްސަންކަހަލައެވެ. “ކަމް ވިތް މީ…!” ކެތްތެރިވެގެން ހުރެ ރިހާން ވާހަކަދެއްކިނަމަވެސް އެ ލޮލުގައިވި ރުޅިވެރިކަން ލިއާއަށް ފާހަގަވިއެވެ. ހުދު ޓީޝާޓަކާއި ކަޅު ޖިންސެއްގައި ރިހާންހުރިއިރު ބޭނުން ނުވިޔަސް ލިއާގެ ހިތަށް އެނގުންވެލައިގެންދިޔައެވެ. ނަމަވެސް ރިހާން ގާތަށް ދިއުމުގެ ވިސްނުމެއް ލިއާގެ ނެތެވެ.
ލިއާ މަޑުމަޑުން ކައިލްގެ އެއްކައިރިއަށް ޖެހިލީ ރިހާންއަށް އޭނާ ފެންނާނެ ވަރަށެވެ. ކައިލް ހުރީ ހިމޭނުންނެވެ. އެ ހިތުގައި އުފެދިފައިވާ ހައިޖާންގަނޑުގެ ހިލަމެއް ނުވާ ހާލު ލިއާ ރިހާންއާއި ވާހަކަދެއްކިއެވެ.
“ރިހާން…” ލިއާގެ ދުލުން ރިހާންގެ ނަން ނުކުތުމާއެކު ކައިލްގެ ހިތަށް ތޫނު ރިހުމެއް އިހުސާސްވިއެވެ. އެއީ ލިއާގެ ދުލުން އިވެން ކައިލް އެންމެ ނޭދޭ ނަމެވެ.
“އައެމް ސްޕެންޑިން ޓައިމް ވިތް އަ ފްރެންޑް…!” ލިއާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރެވެސް މަޑުމައިތިރިކަމާއެކުއެވެ. “މިކަން ރިހާނަށް މައްސަލައަކަށް ވާކަށް ނުޖެހޭ…!”
ރިހާންގެ އަތް މުއްކެވިގެން އައި އިރު ކައިލް ހުރީ ހިމޭނުންނެވެ. ‘ފްރެންޑް’ މި ލަފްޒު ލިއާގެ ދުލުން ބޭރުވުމާއެކު މޭގައި ބަޔާންކުރަން ނޭނގޭ ރިހުމެއް އުފެދިއްޖެއެވެ. އެއި ލިއާގެ ދުލުން ކައިލް އާއި މެދު އިވެން ކައިލް ނޭދޭ ލަފުޒެވެ. އަމުދުން ރިހާން ކުރިމަތީގައެވެ. އެހެނަސް ކައިލް ކެތްތެރިވިއެވެ. މިރޭ މި ހިނގަމުންދާ ކަންތައް ގުޅިފައިވަނީ އޭނާގެ އިހުސާސްތަކާ ނޫނެނެވެ. ވުމާއެކު ކައިލް މަޑުންހުރިއެވެ.
ރިހާން ނުލަފާ ގޮތަކަށް ހީލިއެވެ. “އަ ފްރެންޑް…؟” ރިހާން މަލާމާތުގެ ރާގަކަށް އެހިއެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ކައިލްއަށެވެ. ރިހާންއަކީ ފިރިހެންވަންތަ ޒުވާނަކަސް އޭނާއަށް ވާދަކުރެވޭވަރަށްވުރެ ކައިލް ފުރިހަމަވެފައި މާބޮޑަށްވެސް ފިރިހެންވަންތަކަން ހުދު ރިހާނަށްވެސް ގަބޫލުކުރެވެއެވެ. މިފަދަ ނުރައްކާތެރި ދަރަޖައަކަށް ރީތި ޒުވާނެއްގެ ސަމާލުކަން ލިބުމުން ވަކި ލިއާގެ ހިތް ބަދަލުނުވެ ހުންނާނެހެއްޔެވެ؟ ރިހާންގެ ހިތުގައިވި ހަސަދައިގެ އަލިފާންގަނޑު ހުޅުފަޅާ އަނދަން ފެށިއެވެ.
“ޔޫ އިގްނޯރޑް މައި ކޯލްސް ފޯރ……ދިސް…؟؟!!” ކައިލްއަށް އިޝާރަތްކޮށް ރިހާން ރުޅިވެރި ރާގަކަށް އެހިއެވެ. ލިއާއަށް ހިންދިރުވާލެވުނެވެ. ރިހާން މިހާ ރުޅިއައިސްހުއްޓާ އޭނާއަށް މި ފެނުނީ އަލަށެވެ.
“އައި އިގްނޯރޑް ދެމް ބިކޯޒް ރިހާން ގާތު އަހަރެން ބުނެފަ އޮންނާނީ މިރެއަށް ޕްލޭންސް އެބައޮތޭ…!” ލިއާ ވާހަކަދެއްކިއެވެ.
“ބޭކާރު ވާހަކަ ނުދައްކާ…އަހަރެން މިބުނީ ދޯ އަހަންނާއެކު އަންނާށޭ…!” ރިހާންގެ ކެތްތެރިކަން ކޮޅުންލާގޮތް ވާންފެށިއެވެ. އޭނާގެ ކުރިމަތީގައި އޭނާ ދެކެ އިންތިހާއަށް ލޯބިވެ، ދީވާނާވެގެން އުޅުނު ލިއާ އެހެން ފިރިހެނަކު އިހުތިޔާރު ކުރުމުން އޭނާގެ ފިރިހެންވަންތަކަމަށް އެރި ލޮޅުމެއް ފަދައެވެ. ނަފްސުގެ ފަޙުރަށް އުނިކަމެއް އައިފަދައެވެ.
“އައި ސެޑް ނޯ…” ރިހާންއަށް އަންނަމުންދިޔަ ބަދަލުތަކުން ޖެހިލުންވެފައިހުރެ ލިއާއަށް ބުނެވުނީ ކައިލްގެ އަތުގެ މުލައްދަނޑީގައި އަތް އަޅުވާލަމުންނެވެ. އެކަންވެސް ވީ ރިހާންއަށް ބަލަން އުނދަގޫވި މަންޒަރަކަށެވެ.
“ޔޫ ހެވް ނެވަރ ޗޫޒެން ސަމްވަން އެލްސް އޯވަރ މީ…!” ރިހާން ބުނެލީ ގަބޫލުކުރަން ދަތިވެފައިހުރެއެވެ.
ކައިލްގެ ކެތްތެރިކަން ކޮޅުންލައިގެން ނުގޮސް ހުރީ ކިރިޔާއެވެ. އޭނާ އެއްޗެކޭ ނުބުނެ ހުރީ ލިއާއަށް ފުރުސަތު ދޭން ބޭނުންވާތީއެވެ. ލިއާގެ ނިންމުންތަކަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ. ކިރިޔާވެސް ކެތްތެރިވެލައިގެން ކައިލްއަށް ހުރެވެނީ ލިއާ ރިހާންގެ ނިންމުންތަކަށް ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުންނެވެ.
ލިއާއަށް ހިމޭން ނަޒަރެއް ރިހާނާ ދެމެދު ބަދަލުކޮށްލެވުނެވެ. “އަހަރެން ވަކި މީހަކު ޗޫޒް ކުރަނީއެއް ނޫން…އަހަރެން ޗޫޒް މިކުރީ، ފޯރ މައިސެލްފް…!” ލިއާ ބުނެލިއެވެ. އެ ޖުމްލަތަކުން ރިހާންގެ ރުޅިގަނޑު ފަޅައިގެންދިޔަކަހަލައެވެ. ބޭނުން ނުވިޔަސް އެ ލަފްޒުތަކުން ހިތަށް އުނދަގޫވެއްޖެއެވެ.
“ޔޫ ޑޯންޓް އީވެން ނޯ ވަޓް ހީ އިޒް ތިންކިން…!” ރިހާން ބުނެލީ ލިއާއަށް ބަލަން ހުރެއެވެ. ލިއާ އެއްޗެކޭ ބުނަން އުޅެނިކޮށް ކައިލް މިފަހަރު ވާހަކަދެއްކިއެވެ.
“ޔޫ ޑޯންޓް ނޯ ވަޓް ޝީ އިޒް ތިންކިން އެއިދަރ…!” ކައިލްގެ ބަރު އަޑު ޖެހުމުން ރިހާން ޖެހިލުންވާގޮތްވިއެވެ. ނަމަވެސް އެކަމެއް އޭނާ ނުދެއްކިއެވެ. އޭނާ ކައިލްގެ މޫނަށް ބަލާލިއެވެ.
“މީ އަހަންނާ ލިއާ އާއި ދެމެދު އޮތްކަމެއް…!” ރިހާން އަންގާލިއެވެ. ކައިލް ހަމަޖެހިލާފައި މަޑުމަޑުން ބޯ ޖަހާލިއެވެ. “ދެން އޭނާގެ ޖަވާބުވެސް މިހާރު އިވިފައި އޮންނާނީ…!” ކައިލް ރިހާނަށް ހަނދާންކޮށްލަދިނެވެ.
“އަހަރެން މި ވާހަކަ ދައްކަނީ ކަލެއަކާ ނޫން…!”
“އެންޑް ޔެޓް ޔޫ ކެޕްޓް އިގްނޯރިން ވަޓް ޝީއިޒް ސޭއިން…” މިފަހަރު ކައިލްގެ އަޑުން ރުޅިވެރިކަން ފާޅުވިއެވެ. ކަންތައްތައް ގޯސްވެދާނެކަމުގެ މަލަމަތި ލިއާއަށް ފެނުނެވެ. ކައިލް އާއި ރިހާން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ގޮތުން ހީވަނީ ދެންމެ ދެންމެ އެ ދެމެދުގައިވި ރުޅިވެރިކަމުގެ ހުޅު ފަޅައިގެން ގޮސްދާނެހެންނެވެ.
“ކައިލް…!” ލިއާއަށް ކައިލްގެ އަތަށް ދަމާލެވުނެވެ. ކައިލްގެ ސަމާލުކަން ވަގުތުން ލިއާއަށް ހުއްޓުނެވެ.
“ލެޓްސް ގޯ…!” ލިއާ ކައިލްއަށް ބުނެލިއެވެ. ކައިލް ވަގުތުން އެއްބަސްވުމާއެކު ލިއާ ގޮވައިގެން ހިނގައިގަތެވެ. ނަމަވެސް ލިއާއަށް ދެތިންފިޔަވަޅު އެޅުންއިރަށް ހުއްޓެން މަޖުބޫރުވީ ރިހާން އެ އަތުގައި ހިފުމުންނެވެ. ލިއާގެ މުޅި ހަށިގަނޑު ފިނިވެގެން އައުމާއެކު އޭނާއަށް ބަލާލެވުނީ ކައިލްއަށެވެ. ކައިލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން އައި ގޮތުން ލިއާ ބިރުން ފިތްކަނޑައިގެންދާވަރު ވިއެވެ.
“ލިއާ އާދޭ އަހަންނާއެކު…!” ރިހާންގެ އަޑުގައިވެސް ވަނީ ރުޅިވެރިކަމެވެ.
“ދޫކޮށްބަލަ…ތަދުވޭ…!” ލިއާއަށް ބުނެވުނެވެ. ކައިލްއަށް ކެތްކުރެވުނީ އެހިސާބަށެވެ.
“ލިއާ އެ ބުނީ ދޯ ދޫކޮށްލާށޭ…؟!!!” ކައިލްގެ ރުޅިން ފޯވެފައިވާ ލޮލާއި ހަތަރުކަޅި ހަމަވުމާއެކު ރިހާން ޖެހިލުންވިއެވެ. ލިއާގެ އަތަށް ދުލެއް ދެވުނު ނަމަވެސް އޭނާ މުޅިއަކުން އެ އަތުން ދޫނުކޮށްލިއެވެ. ގޮތްދޫކުރަން ބޭނުންނުވާ ކަހަލައެވެ.
“ލިއާ އަށް އަޑުއިވޭތަ…؟ މިބުނީނު އަހަންނާއެކު އަންނާށޭ…!” ރިހާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެވަގުތު އޭނާ ސިހުނީ ކައިލް ގާތްވުމާއެކު އޭނާގެ އަތުތެރެއިން ލިއާގެ އަތް މިނިވަންކޮށްލުމާއެކުއެވެ. ކައިލްގެ ބާރު އިހުސާސްވެ ރިހާން ފާޅު ނުކުރިޔަސް ހިތަށް ބިރުވެރިކަން ވަނެވެ.
“އަހަރެން މިތަނަށް އައީ ކައިލްއާއި އެކީ…އެހެންވީމަ އަހަރެން ދާނީވެސް ކައިލްއާއި އެކީ…” ރިހާންއާއި ދިމާލަށް ކައިލް ދާން އުޅުނު ވަގުތު ލިއާއަށް ކައިލްގެ މެދުހަށީގައި ބައްދާލެވުނީ ގަތްބިރުންނެވެ. ކައިލް އައިސްފައި ހުރި ރުޅި ފެނި ލިއާ ހުރީ ބިރުން ހަލާކުވާވަރުވެފައެވެ. އަނެއްކޮޅުން ރިހާންއަށް ގެއްލުމެއް ލިބޭކަށް ލިއާ ނޭދެއެވެ. އެހެންކަމުން އަނެއްކާވެސް ކައިލްގާތު އޭނާ ގެންދިއުމަށް އެދުނެވެ. ރިހާންއަށް އިންޒާރުގެ ނަޒަރަކުން ބަލާލުމާއެކު ކައިލް ގޮތްދޫކުރީ ލިއާއަށްޓަކައެވެ. މުއްކަވާލެވުނު އަތް ޖީބަށް ޖަހާލުމާއެކު އަނެއް އަތުން ލިއާގެ ކޮނޑު ވަށާލުމާއެކު ކައިލް ހިނގައިގަތެވެ. އޭރު ރުޅިން ފޯވެފައި ރިހާން އެމަންޒަރު ބަލަން ހުއްޓެވެ. ރުޅި އައިސްގެން ހަލާކުވިޔަސް ކައިލް ހުއްޓާ ދެން ލިއާއަށް ބާރު ފޯރުވާކަށް ރިހާނަށް ނުކެރުނެވެ.
ކާރަށް ލިއާ އެރުވުމާއެކު ކައިލް ގޮސް ޑްރައިވަރ ސީޓަށް އެރިއެވެ. ކާރު ދުއްވާލުމުގެ ކުރިން ތިރިކޮށްލެވިފައިވާ ބިއްލޫރިގަނޑުން ކައިލްއަށް ރިހާނަށް ބަލާލެވުނެވެ. ދެއަތް މުއްކަވާލައިގެން ހުރި ރިހާންގެ ނަޒަރުވެސް ވަނީ އެދިމާލަށެވެ. ރުޅިން ފޯވެފައިވާ ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވެގެން އައި ހިނދު އެ ދެޒުވާނުންނަށްވެސް ކަމެއް ދޭހަވިއެވެ.
މީ އަދި ފެށުމެކެވެ.
ބާރު ދުވެލީގައި ކާރުގައި ގޮސް ކައިލް މަޑުކޮށްލީ އާއްމުކޮށް ލިއާ ގޮވައިގެން ކައިލް ދާ އެކަހެރި މަގަށެވެ. ލިއާ އިނީ ސިހި ބިރުގަނެފައެވެ. ކައިލް ރުޅިއައިސްފައިހުރިކަން އިހުސާސްވާތީ ލިއާ އިނީ ބަހެއް ބުނަން ނުކެރިފައެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ކައިލް ބޮލުގެ އިސްތަށިގަނޑުގައި އަތްހިންގާލިއެވެ. އެއަށްފަހު ހުންގާނުގައި ހިފާއްޓާލެވިފައިވާ އަތަށް ބާރުކޮށްލިއެވެ. ކައިލްގެ މި ހަރަކާތްތައް ލިއާއަށް ފާހަގަވިއެވެ. ފުން ނޭވާތަކެއް ދޫކުރަމުން ކައިލް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ލޯ މަރާ ފިއްތާލިއިރު އޭނާއަށް ސިފަވެގެން އައީ ރިހާން ލިއާގެ އަތުގައި ހިފި މަންޒަރެވެ. ކައިލްއަށް އަނެއްކާވެސް ދަތްކުނޑިވިކާލެވުނެވެ. އެ މަންޒަރު ސިފަވާ ކޮންމެ ފަހަރަކު އޭނާގެ އެތެރެހަށީގައި ބުނެދެން ނޭނގޭ ރުޅިވެރިކަމެއްގެ ހުޅު ހިފައިގަންނަކަހަލައެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ފަހަތަށް އަތް ހިންގާލިއިރު އެ ނަފްސުގައި އުފެދިފައިވާ ރުޅިވެރިކަން ފިލުވާލަން މަސައްކަތްކުރާ ކަހަލައެވެ.
“އައެމް ސޮރީ…!” އެންމެފަހުން ކައިލް ވާހަކަ ދެއްކިއެވެ. ލިއާ ބަލާލީ ހައިރާންވެފައެވެ. ކައިލް މަޑުމަޑުން ހީލީ އަސަރެއް ނެތް ގޮތަކަށެވެ.
“އައި ވޮޒްންޓް އެންގްރީ އެޓް ޔޫ…” ކައިލްގެ އަތްތިލަ މުއްކެވުނެވެ. “އައި ވޯޒް އެންގްރީ އެޓް މައިސެލްފް…ބިކޯޒް އައި ކުޑުންޓް ސްޓޮޕް ވަޓް އައި ވޯޒް ފީލިންގް…”
ލިއާ އިނީ ހިމޭނުންނެވެ. ކައިލް ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ.
“ވެން ހީ ވޯކްޑް ޓުވާޑް ޔޫ……،” ކައިލް މަޑުމަޑުން ވާހަކަ ދެއްކިއެވެ. ހިތުގެ ތެރޭގައިވާ ހައިޖާންތައް ބޭރުކުރަން އުޅޭކަހަލައެވެ. “އައި ވޯޒް އޯލްރެޑީ ޓްރައިން ޓު ސްޓޭ ކާލމް…!”
ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ލޯ މަރާ ފިއްތާލިއިރު ދެބުމަގޮށްޖެހިގެން އައެވެ. އެ ހިތަށް އުނދަގޫކުރުވި ވަގުތުކޮޅުގެ މަންޒަރުތައް ސިފަވަމުން ދިޔައެވެ.
“ބަޓް ދެން ހީ ރީޗްޑް ފޯރ ޔޫ…! އެންޑް ހީ ގްރެބް ޔުއަރ ވްރިސްޓް…އެންޑް ސަމްތިންގް އިންސައިޑް މީ ސްނެޕްޑް…!” ކައިލް ވާހަކަ ދެއްކިއިރު އަޑުގައި އެކުލެވިގެންވީ ބަޔާންކުރަންދަތި ކުލަވަރެކެވެ. ލިއާ އިނީ އަޑު އަހާށެވެ.
“އައި ނޯ ޔޫ ކުޑް ސްޕީކް ފޯރ ޔުއަރސެލްފް…އައި ނޯ ޔޫ ޑޯންޓް ނީޑް މީ ޓު ފައިޓް ޔުއަރ ބެޓަލްސް…” ކައިލްގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. “ބަޓް ނަން އޮފް ދެޓް މެޓާރޑް އިން ދެޓް މޫމެންޓް…!” ކައިލް ލިއާއަށް ބަލާލިއިރު އެ މޫނުގައި ކުށްވެރިކަމުގެ އަސަރުވިއެވެ.
“އޯލް އައި ކުޑް ތިންކް ވޯޒް އެގަޑީ ލިއާ އަހަރެންގެ ގާތުގައި ހުރީ ހިމާޔަތް ބޭނުންވާތީކަން…އެކަމަކު ދެން ހުރި މީހަކު އެކަން އިގްނޯރ ކޮށްފައި ލިއާގެ ގަޔަށް އަތް ފޯރުވީމަ އެކަން އަހަންނަކަށް ބަލައިނުގަނެވޭނެ…!”
ކައިލްއަށް ދަތްކުނޑި ވިކާލެވުނެވެ. “އައި ހޭޓެޑް އިޓް…!”
ދެމެދަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ކާރުގެ ފިނީގެ ތެރޭގައިވެސް ލިއާގެ ނިތްކުރީގައި ދާތިކިތައް ވިދަމުންދިޔައީ ނުތަނަވަސްވެފައިހުރި ވަރުންނެވެ. ކައިލް ހަމަޖެހެން މަސައްކަތްކުރަމުން ލިއާއަށް ބަލާލިއެވެ. ލިއާގެ ހާސްކަން އޭނާއަށް ނަގައިގަނެވުނެވެ. ކައިލް އަނެއްކާވެސް މާފަށް އެދުނެވެ. ލިއާ ބުނެލީ ކައިލް މާފަށް އެދެންޖެހޭވަރު ކަމެއް ނުވާކަމުގައެވެ.
“ލެޓް މީ ގްރެބް ޔޫ އެ ޓިޝޫ…” ކައިލް ކާރުގެ ޑްރޯވަރ ހުޅުވާލީ ޓިޝޫ ޕެކެޓެއް އޮވެދާނެ ކަމަށެވެ. ނަމަވެސް އޭގެން ވެއްޓުނީ އެހެން އެއްޗެކެވެ. ކައިލް ލޯ ހަނިކޮށްލުމާއެކު އެ ކުޑަ ފޮށި ނެގުމާއެކު ހުއްޓުން އަރާގޮތްވިއެވެ. ލިއާއަށްވެސް ދެލޯ ބޮޑުކޮށްލެވުމާއެކު އަނގަމަތީ އަތްއެޅުނެވެ.
ލިއާގެ ދެލޯ ބޮޑުވެފައިހުރިވަރުން ދެންމެ ދެންމެ ލޯ ނިކުމެދާނެކަހަލައެވެ. ކައިލްއަށް ދެތިންފަހަރަކު އެސްފިޔަ ޖަހާލުމާއެކު އަތުގައި އޮތް ފޮށިގަނޑަށް ބަލާލެވުނެވެ. އެއީ ‘މޫޑްސް’ ފޮށްޓެކެވެ. ކުއްލިއަކަށް ތެޅިގަނެވުނު މީހެއް ފަދައިން ކައިލް ވާހަކަ ދައްކަން ފެށީ ލިއާއަށް ބަލަމުންނެވެ. “ ނޯ ނޯ…ދިސް…ދިސް އިޒިންޓް މައިން…!”
ލިއާއަށް ދެލޯ ބޮޑުކޮށްލައިގެން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކައިލްގެ ސިކުނޑި ސުމަކަށް ގޮސްފައި ވާކަހަލައެވެ. މި ނާޒުކު ވަގުތުކޮޅު ސިކުނޑިވެސް އޭނާއަށް އެއްބާރުލުން ނުދިނެވެ. ރަތްވަމުން އައި ލިއާގެ މޫނުފެނިފައި ކައިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އައި…އައި މީން…ލިއާ އައި ސްވެއަރ…ދިސް އިޒް ނޮޓް މައިން…! ދިސް އިޒް ނޮޓް އީވެން މައި ސައިޒް ދިސް އިޒް ޓޫ ސްމޯލް…! މައިން އިޒް……،” ކައިލް ވާހަކަ ދައްކަ ދައްކާ ހުރެފައި ކުއްލިއަކަށް މި ކިޔޭ އެއްޗެއް އެނގިގެން ހުއްޓުން އެރިއެވެ. އޭނާ ލިއާގެ މޫނަށް ބަލާލިއިރު ލިއާ އިނީ ރަތްވެފައިވާ މޫނަކައިގެން ހުއްޓުން އަރާފައެވެ. ކައިލް ފަހުން ބުނި ވާހަކަ އަހާފައި ލިއާ ލަދުން ބިންފަޅާ އަޑިޔަށް ދާން ބޭނުންވިއެވެ.
އެންމެ ސިކުންތުކޮޅެއްވެސް މަޑުނުކޮށް ކާރުގެ ދޮރު ހުޅުވާލާފައި ކައިލް ފޭބިއިރު މޫނުމަތީގައިވަނީ ހާސްކަމުގެ ކުލަވަރެވެ. މޫނުގައި އަތް ހިންގާލަމުން، ރަކިވެފައި ހުރިއިރު އޭނާ ހުރީ ލިއާއާއި ކުރިމަތިލާނެ ގޮތެއް ނޭނގިފައެވެ. އެހެން ހުރެފައި އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ފޯނު ނަގާފައި އާލިކްގެ ނަންބަރަށް ޑައެލްކޮށްލިއެވެ.
“ދިސް އިޒް އެ ޑިޒާސްޓަރ…!” އެއްފަހަރު ކާރަށް އަނެއްފަހަރު އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލާފައި ކައިލްއަށް ބުނެވުނެވެ. އެވަގުތުވީ އާލިކްވެސް ފޯނަށް ޖަވާބު ދިން ވަގުތަށެވެ.
“ވާޓް…؟!” އާލިކް ފޯނު ނެގުމާއެކު ބުނެލިއެވެ.
“ވައި އިޒް ދެއަރ އެ ކޮންޑޮމް އިން މައި ކާރ…؟؟؟!!!!” ކާރާއި ދުރަށް ޖެހިލަމުން އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް ކައިލް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ. ދެބުމަ ގޮށްޖެހިފައިވީއިރު އިސްތަށިކޮޅުން ބައެއް ނިތުމައްޗަށް ވެއްޓިފައިވިއެވެ.
އާލިކްގެ ޖަވާބެއްގެ އިންތިޒާރުގައި ކައިލް ދެކޮޅަށް ހިނގާލާ ހުރީ ކެތްތެރިކަމެއް ނެތިއެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އިވުނީ އާލިކްގެ ހިނިގަނޑު ފަޅައިގެންދިޔަ އަޑެވެ. ހީހީ ގޮސް އޭނާ އަވަދިވާވަރުވިއެވެ. “އޯހ…!” އާލިކްއަށް ބުނެވުނެވެ.
“އޯހ…؟؟!!” ކައިލްއަށް ރުޅިވެރި ރާގަކަށް ތަކުރާރުކޮށްލެވުނެވެ.
“އައި ބޮރޯޑް ޔުއަރ ކާރ ކެލް ދަތުރު ދިޔަ ދުވަހު…ބުނީމޭނު…؟ މައި ކާރ ގަރާޖަށް ލާންވެގެން…!” އާލިކް ވާހަކަ ދައްކަދައްކާ ހުއްޓާ ކައިލް ވާހަކަ ދައްކަންފެށިއެވެ. “އައި ނޯ ޔޫ ބޮރޯޑް މައި ކާރ…! ކެއަރ ޓު އެކްސްޕްލެއިން ވައި ދެއަރ އިޒް އެ ކޮންޑޮމް އިން މައި ކާރ…؟” ކައިލް އަނެއްކާވެސް އެ ސުވާލު ތަކުރާރުކުރިއެވެ.
“ބްރަދަރ ހަމަޖެހިބަލަ…އެނގޭނު ރަޔާން…؟ ވީގޮތަކީ އޭނަ ޕިކްކުރަން ގޮސް އަންނަމުން އޭނާ ވަނީ ފާމަސީއަކަށް…އޭނާ ގަތް އެއްޗެއް ތީ…! ދެން ވަކި ހިސާބަކުން އެހެން ބަޔަކުވެސް ޕިކްކުރަންވެގެން އޭނާ ބުނީ އިހަށް ތި ޕެކް ޑްރޯވަރ އަށް ލައިދޭން…ދެން އެރޭ ފުރަތަމަ ދިޔައީ ކޮފީ ކްލަބަށް…ވަކި ހިސާބަކުން އެމަޖެންސީއެއް ޖެހިގެން އޭނާ ދިޔައީ އެހެން ކުއްޖަކާއެކު ސައިކަލުގަ…އޭރު އަހަރެންވެސް ހަނދާނެއް ނެތް ތީގެ މަތިން…އޭނާވެސް ފަހުން ނުގުޅާ ވިއްޔާ…!” އާލިކް ހެމުން ހެމުން ވާހަކަ ދެއްކިއެވެ. ކައިލްއަށް ބޮލުގައި އަތް ހިންގާލެވުނުއިރު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އައެމް ގޮނަ ކިލް ޔޫ…!” ކައިލް ބުނެލީ ދަތްކުނޑިވިކާލައިގެން ހުރެއެވެ.
“ޔޫ ވޯން’ޓް…!” އާލިކް ބުނެލިއެވެ.
“އައި އެބްސޮލިއުޓްލީ ވިލް…!” ކައިލް ރައްދު ދިނެވެ. އަދި ފޯނު ކަނޑާލިއެވެ.
ކާރުތެރޭގައި ލިއާ އިންއިރު ހިނިގަނޑު ހިފަހައްޓައިގެން އިނދެ އިނދެ ބަނޑުގައި ރިއްސަމުންދިޔައެވެ. ލޮލުން ވަނީ ފެން އައިސްފައެވެ. ކައިލްއަށް ވެގެން އައި ގޮތް ސިފަވުމުން ލިއާއަށް ހަމަ ހެވެނީއެވެ. މޫނު ރަތްވެފައި އިނދެ ހެމުން ދިޔައިރު މީގެ އިރުކޮޅެއް ކުރިން ރިހާން އާއި އެކު ހިނގައިދިޔަ ކަންތައް ހަނދާނުގައި ނެތްކަހަލައެވެ.
ކައިލް އައިސް ކާރަށް އެރިއިރު ހުރެވުނީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ހެވެމުންދިޔަ ލިއާއަށް ބަލާލާފައި ކައިލްއަށް ރަކިވެފައި ބޮލުގައި އަތް ހިންގާލެވުނެވެ. “މައި އޯން ބްރާދާ ހޭޒް ރުއިންޑް މައި ލާސްޓް ނައިޓް ވިތް ޔޫ…” ކައިލް ބުނެލިއެވެ.
މިފަހަރު ލިއާއަށް އަޑު ވީއްލާ ހެވުނެވެ. ކައިލްއަށް ބަލަން އިނދެވުނީ ލުއި ހިނިތުންވުމެއްގައެވެ. މިރޭ ހިނގައިދިޔަ ކަންތައްގަނޑަށްފަހު އޭނާއަށް ލިއާގެ ހިޔާލުތައް އެހެން ދިމާލަކަށް ގެންދެވިއްޖެއެވެ. ކައިލްގެ ހިތަށް އެކަމުން ހަމަޖެހުން ލިބުނެވެ. ކޮންމެ ގޮތަކަށް ވީ ކަމެއް ނަމަވެސް އޭނާއަށް ހިތާހިތާ އާލިކްއަށް ޝުކުރު އަދާކޮށްލެވުނެވެ. އެހެނަސް ދުރަށް ނަޒަރު ހުއްޓާލެވުނު އިރު ކައިލްގެ ހިނިތުންވުން ފޭދިއްޖެއެވެ. ލިއާ ގާތު ބުނި ބަސްތައް ސިކުނޑީގައި ތަކުރާރުވެލިއެވެ. މިރެއަކީ ލިއާއާއި އެކު އޭނާއަށް ހޭދަކުރެވޭ ފަހު ރެއެވެ. މާދަމާއަށްފަހު އޭނާއަށް ލިއާ ފެންނާނީ ކިހާ ދުވަހަކަށްފަހު ކަމެއް ނޭނގެއެވެ.
ލިއާ ހަމަޖެހިލުމާއެކު ކައިލް ފެންފުޅިއެއް ދިއްކޮށްލިއެވެ. ކާރު ދުއްވާލިއިރު ކައިލް އެއްޗެއް ނުބުނެއެވެ. ފެންފޮދެއް ބޮއިގެން ލިއާވެސް ދެން އިނީ ހިމޭނުންނެވެ.
ދުއްވާތާ އިރުކޮޅެއް ފަހުން ލިއާގެ ފޯނު ވައިބްރޭޓްވިއެވެ. ގުޅަމުންދިޔައީ ޝަރީފާއެވެ. ލިއާ ގާތު އަދިވެސް ގެއަށް އަންނާކަށް ނުވޭހޭ އެހިއެވެ. ވަރަށް އަވަހަށް ދާނެކަމަށް ބުނެފައި ލިއާ ފޯނު ކަނޑާލިއެވެ. އޭރު ކައިލްގެ ނަޒަރު ލިއާއަށް ހުއްޓިއްޖެއެވެ.
“މިރޭ ލިއާ ފޮނުވާކަށް ބޭނުމެއް ނުވޭ…!” ކައިލްގެ އަޑުގައި އެތައް ޖަޒުބާތެއް އެކުލެވުގެންވިއެވެ. ލިއާ އިސްޖަހާލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ކައިލްގެ ހިތުގެ ހާލު ފޮރުވުމެއް ނެތި ލިއާއަށް ފެންނަމުންދިޔައެވެ. މަޖުބޫރުވެފައި ހުރި މީހަކު ފަދައިން ކައިލް މަޑު ދުވެއްޔެއްގައި އައިސް ލިއާގެ ގޭ ކައިރިއަށް މަޑުކޮށްލިއެވެ.
“ލިއާ…!” މަޑުމަޑުން ކާރުން ފައިބަން އުޅުނު ލިއާއަށް ކައިލް ގޮވާލިއެވެ. ލިއާ ކައިލްއަށް ބަލާލަމުން ދެ ހިޔާލެއްގައި އިނދެފައި އަލުން ކާރުގައި އިށީނދެ ދޮރު ލައްޕާލިއެވެ. ކައިލް ބަލަން އިންގޮތުން ލިއާގެ ގައިން ހީބިހި ހަލުވާލިއެވެ.
“ކެން އައި ހަގް ޔޫ…؟ ޕްލީޒް…” ކައިލް އެހީ ސީދާ ލިއާގެ ލޮލަށް ބަލަން އިނދެއެވެ.
ލިއާއަށް ލަދުން އިސްޖަހާލެވުނުއިރު ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް އިންކާރުކުރަން ނުކެރިފައި އިންދާ ކައިލް މަޑުމަޑުން ގާތްވެލާ ލިއާގެ ދެއަތުގައި ހިފާލިއެވެ. ލިއާގެ އަތް ފިނިވެފައިވާވަރު ކައިލްއަށް އިހުސާސްވިއެވެ. ލިއާ އިސްއުފުލާ ނުލުމުން އެއީ ލިބުނު ހުއްދައެއް ކަމަށް ބަލާފައި ކައިލް ލިއާގެ އަތުގައި ހިފާ މަޑުމަޑުން ގާތަށް ދަމާލުމާއެކު ލިއާގެ ތުނި ހަށިގަނޑު އެ ބާރުގަދަ ދެއަތުގެތެރޭ ހައްޔަރުކޮށްލައިފިއެވެ.
ކައިލްގެ މޭގައި މޫނު ޖެހިފައިވީއިރު ލަދުން ލިއާގެ މޫނު ރަތްވެފައިވެއެވެ. އެހެނަސް ދުވަމުން ދިޔަ ފިރިހެންވަންތަ މީރުވަހުގެތެރޭ އޭނާ ޢަރަގުވާން އުޅޭކަހަލައެވެ. އެ މީރުވެހުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވިވަރުން ލޯ މަރާލިއިރު ލިއާއަށް ކައިލްގެ ހިތުގެ ތެޅުން އިހުސާސްވިއެވެ. ލިއާގެ ދެއަތުންވެސް މަޑުމަޑުން ކައިލްގެ ގައިގަ ވަށާލިއެވެ. އެކަމުން ކައިލްއަށް ހިތްހަމަޖެހުން ލިބުނެވެ.
“ގޯޑް…، އައެމް ގޮނަ މިސް ޔޫ ސޯ މަޗް…” ކައިލް ލިއާގެ ގައިން ދޫކޮށްލަން ބޭނުންނުވެ އިނދެ ބުނެލިއެވެ. އޭނާއަށް ލިއާގެ ގައިން ދޫކޮށްލަން މަޖުބޫރުވީ އަނެއްކާވެސް ލިއާގެ ފޯނަށް ޝަރީފާ ގުޅަން ފެށުމުންނެވެ.
“ޓޭކް ކެއަރ ލިއާ…އައިލް ޓެކްސްޓް ޔޫ އެވްރީ ޑޭ…އައި ލަވް ޔޫ…!” ފަހު ކަމަކަށް ކައިލް ލިއާގެ ނިތްކުރިއަށް ބޮސްދިނެވެ. ކައިލްގެ ފަހު ޖުމްލަ އަޑު އިވި ލިއާގެ ބަނޑުގައި ކޮކާތަކެއް އުދުހިގަތްކަހަލަ އިހުސާސެއް ކުރެވުނެވެ. ރަކިވެފައި ހުރެ ލިއާ ބޯ ޖަހާލުމާއެކު ގޮސް ގެއަށް ވަނެވެ. ލިއާ ދޮރު ލައްޕާލިތަން ބަލަން އިން ކައިލްއަށް އިހުސާސްވީ ހަށިގަނޑުގެ އެއްބައި ވަކިވެގެންދިޔަހެންނެވެ. އިރުކޮޅަކު އިނދެފައި ކާރު ދުއްވާލިއިރު އެ ފިރިހެންވަންތަ މޫނުމަތި މިލައިފިއެވެ. ހިތަށް ލިބިފައިވި ދަތިކަން ހާމަކަން ބޮޑު ގޮތަކަށް އެ މޫނުމަތިން ފެންނަން ހުއްޓެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Kail dheki vaahakain I was also blushed 😭😭😭🙈🙈
Alhey I feel e gadee kail ah vaane goiy…. adhi vx hevenee 🤣🤣🤣🤣😂😂😂😂
Kail and Liaa dhuru nukurahcheyy…
Rihaan e ulhenee moya vegene tha 😔😔😔
Beynun v ma use kohfa beynun nu v ma dhoo kohlan liaa akee doll eh thr…
Anyways story hama awesome…
Curiously waiting for the next part….
Keep it up….
Yeah Kyle really exposed himself without even realizing what he was about to say 🤣 And about Kyle and Leah…you’ll just have to wait and see what happens next 👀 As for Rihan, he seriously needs to understand that Leah isn’t a doll he can control whenever he wants yeah 😭 Thank you so much for loving the story and waiting for the next part 💗
Allah akbar
Kails answer for “MOOD” got me rolling on the floor 🤣
Liaa’s reaction got me so bad
Omg triangle love 😍
Mi part ves reethi MA
CW4THENEXTP
Tc
Ahaha 😭 Kyle’s answer and Leah’s reaction were too funny 😭 Thank you so much! I’m glad you loved this part 💗 The love triangle is only getting more interesting 👀 TC 💗
This rihan gandu is getting on my nerves huvaa 😒😒 omg kyle what was that 😭😂 heehee halaaku vejje 🤭🤣lia and kyle haadha cute eyh alhe 🥹btw mi part vx hama v reethi too gud Masha Allah 🫶 waiting for the next part tc ♥️
Ahaha Rihan is seriously testing everyone’s patience at this point 😭 And Kyle…he really said too much without realizing it 🤭 I’m so happy you find Leah and Kyle cute 🥹 Thank you so much for loving this part 💗 The next part is coming soon 👀 TC 💗
He said the “moods” packet is too smal for his size omg 🫢🫣🤣 that means…….💀💀
I can feel Leah when he said that brooo I’m crying rn 💀😭😭🤣
🤐🤐🤐😭 Kyle really exposed himself and then immediately realized what he was about to say 😭🤣💀 Leah’s reaction made it even more hilarious 😭😂
omg i still cant control my laugh after reding kails reply
vrh nice mi part ves
whn nxt
😊👍🤍
Ahaha😭🤣 Kyle’s reply was really something else 😭😂 I’m so glad you loved this part too 💗 Thank you so much! The next part will be coming soon 💗
omg i still cant control my laugh after reading kails reply
vrh nice mi part ves
whn nxt
patiently waitng to know what happen next
keep it up
😊👍🤍
Kyle’s reply really got everyone laughing 😂 I’m so happy you loved this part too 💗 Thank you so much for patiently waiting to see what happens next 🫶 The next part is soon In Shaa Allaah 💗
Omg haadha gina dhuvaheh fahunney mi vhk mikiyaalevunee
V reethi MA
Alhey e rihaakuru gadakah neyngunudhw liaa ar dhulun ulheykah
Omg did he just said this is not my size this is too small…
Did he beynun kuritha
Allah akbar
I’m blushing so hard
V kemadhivejje next part ah
Take care gurrl
Welcome back…I’m so happy you came back to the story and still loved it 💗 yeah Rihan seriously needs to learn when to step back 😭 And about what Kyle said… he exposed himself and ran before Leah could even process it 🤣😭 As for whether he ever used it…I don’t think so 💀 Thank you so much for reading and patiently waiting for the next part 💗
Bayaku kithamme jate kuriyas Kyle really gives dark romance vibes istg I’m totally in love with this story 😭😭😭🔥🔥🔥🔥🔥🔥💕💕💞💞💞 OMG I’m blushing so hard 😭😭 now after reading his dialogues I guess more girls gonna fall for him because he just said the moods packet are too small for him 🤣🤣