Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 33

Itxlevender
Itxlevender Level 310 Stories100 Comments100 Login
July 29, 2026 5 Mins Read
20 Comments

ފުން ނޭވާއެއް ދޫކޮށްލުމާއެކު ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑުގައި ކައިލްއަށް އަތް ހިންގާލެވުނެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ގޮތް ހުސްވެފައިވީއިރު އިތުރަށް ދައްކާނެ ބަހަނާއެއްވެސް ނުވިސްނުނެވެ. ލިއާގެ މަތިން ހަނދާންވެފައި މެޔަށް ބާރުވެގެން އައުމާއެކު އިސްޖަހާލެވިއްޖެއެވެ. އޭނާ ދިއުމުން ކަންތައް ވާނެ ގޮތެއް އެނގެނީކީ ނޫނެވެ.

ކޮޓަރިއަށް ވަދެފައި ބޮލުން ޓީޝާޓު ދަމައިގަންނަމުން ކައިލް އެނދަށް ޖެހިގަތެވެ. ނުތަނަވަސްކަމުން މީހާގެ ނަފްސު ހިސާރުކޮށްފައިވާއިރު ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ބޭނުންވީ ލިއާ އާއި ބައްދަލުކުރާށެވެ. އެ ހިޔާލާއެކު އޭނާއަށް އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށްލެވުނެވެ. ފޯނު ނަގާފައި ލިއާގެ ނަންބަރަށް ޑައިލްކޮށްލެވުނެވެ.

ފޯނު ރިންގްވެފައި ކެނޑުނުއިރުވެސް ލިއާ ފޯނު ނުނެގުމުން ކައިލްގެ ނުތަނަވަސްކަން ރުޅިވެރިކަމަށް ބަދަލުވާގޮތްވިއެވެ. އިހުސާސްތައް ކޮޅުންލާގޮތްވެ، އަނެއްކާވެސް ލިއާގެ ނަންބަރަށް ޑައެލްކޮށްލިއެވެ. މިފަހަރު ފޯނު ކެނޑެން ގާތްވެފައި ވަނިކޮށް ލިއާ ފޯނަށް ޖަވާބު ދިނެވެ.

“ހެ…ލޯ…!” ނިދިންބަރުވެފައިވާ ލިއާގެ އަޑު ޖެހުމާއެކު ކައިލްގެ ގާތްވެފައިވި ދެބުމަ މަޑުމަޑުން ދުރުވެލިއެވެ. އޭނާއަށް ބޮލުގައި ޖަހާލެވުނީ ނޭނގިވިޔަސް ރުޅިއާދެވުމުންނެވެ.

“ނިދަނީތަ…؟” ކައިލް ދައްކަން ބޭނުންވާ ވާހަކަ މަޑުޖައްސާލާފައި ލިއާ ގާތު އެހިއެވެ.

“ހމމ…ވަރަށް ބޮލުގައި ރިއްސާ…” ނިދެމުން ކަހަލަ ގޮތަކަށް ލިއާގެ އަޑުއައެވެ. ކައިލްއަށް ލިއާގެ ނިދިކޮޅު ނަގާލާކަށް ނުކެރުނެވެ. ވުމާއެކު އޭނާ އެދުނީ ލިއާ ހޭލާފައި އޭނާއަށް މެސެޖަކުން ވިޔަސް އަންގާލުމަށެވެ. ލިއާ ހމމ އަޅުވާލުމުން ކައިލް ފޯނު ކަނޑާލިއެވެ. ލިއާ އާއި ބައްދަލުކުރާހިތުން ކެތްމަދުވެފައި ހުރިކަމުގައިވިޔަސް ލިއާގެ ނިދި ހަރާބުކޮށްލާކަށް ކައިލް ބޭނުމެއް ނުވިއެވެ. އަދި ލިއާއަށް މެސެޖެއް ފޮނުވާލީ ހޭލާފައި އޭނާއަށް ގުޅަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް އެރޭ ނިދުން ކައިލްއަށް ވީ ވޭނަކަށެވެ.

ފަތިހު ހޭލައިގެން ނަމާދުކޮށް އަވަދިވެގެން ފޯނު ބަލާލިއިރު ލިއާއަށް ކައިލްގެ މެސެޖު ފެނުނެވެ. ކައިލް މެސެޖުކުރިކަން ނަސީބެކެވެ. ލިއާ އެހުރީ ރޭގައި ނިދީގައި ކައިލްއާއި ދެކެވުނު ވާހަކަތައް ހަނދާންނެތިފައެވެ. ވުމާއެކު އޭނާ ހޭލާ އުޅޭކަމަށް ބުނެ ކައިލްއަށް މެސެޖުކުރިއެވެ. ކައިލްގެ ހަބަރެއް ނުވިއެވެ. ލައިގެން ހުރި ހަރުވާޅުގެ ޖީބަށް ފޯނު ކޮއްޕާލާފައި، އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން، ކޮޓަރިން ނިކުމެ ލިއާ އޭނާގެ ދުވަހީ މަސައްކަތްތައް ފަށަން އުޅުނެވެ.

ބަދިގޭގައި ޝަރީފާ އިނީ ކޮފީއެއް ހިފައިގެންނެވެ. ލިއާ ވަނުމާއެކު އޭނާއާއި ބައިވެރިވާން ޝަރީފާ އެދުނެވެ. ބޯ ޖަހާލާފައި ލިއާ ކޮފީތައްޓެއް ގިރައިގެން އައިސް ޝަރީފާ އާއި ކުރިމަތިވާހެން އިށީނެވެ. މުޅި ބަދިގެ އެއްވަސްވެފައިވީ ކޮފީގެ ހިތްގައިމު ވަހުންނެވެ. އޭރު ހުޅުވާލެވިފައިވާ ކުޑަދޮރުން އެޅިފައިވާ ފަނޑު އަލިކަމުން އިރުއަރަން މާގިނައިރެއް ނެތްކަން އެނގެއެވެ. ލިއާ އެދުނީ މިއަދު މެންދުރަށް ފުނޑި ރިހަ ހަދަން ހަވާދުގަނޑެއް ހެދުމަށެވެ. އޭނާ ހެނދުނުގެ ސައި ހަދާނެކަމަށް ބުނުމުން ޝަރީފާ އެއްބަސްވިއެވެ.

ކޮފީ ބުއި ޖޯޑުތައް ދޮވެފައި ލިއާ އަވަސްވެގަތީ ރޮށިފިހާށެވެ. އަތުކުރި އޮޅާލަމުން މިނެޓެއްތެރޭ ފުއްގަނޑު މޮޑެލާފައި ރޮށި ދަމަން ފެށިއެވެ. އޭރު ޝަރީފާ އުޅުނީ ހަވާދު ހަދަން ބޭނުންވާ ސާމާނު ހަނާކުރުމުގައެވެ. މުޅި ބަދިގެ އެއްވަސްވެފައިވަނީ ކުޅުދިޔާކުރުވާ ފަދަ ދިވެހިވަންތަ މީރު ވަހަކުންނެވެ. ފަނަރަވަރަކަށް މިނެޓް ތެރޭ ސާޅީހަކަށް ރޮށިފިހެލާފައި ލިއާ އަވަސްވެގަތީ މަސްހުނި މޮޑޭށެވެ. މެންދުރަށް ރިހަ ހަދާތީ ހެނދުނަށް ލުއި އެއްޗެއް ތައްޔާރުކުރަން ލިއާ ސަމާލުކަންދިނެވެ. މަސްހުނި މޮޑެފައި ކަޅުސައި ޖަގެއް ތައްޔާރުކޮށްފައި ލިއާ ދިޔައީ ފެންވަރާށެވެ.

ފެންވަރައިގެން ނިކުތްއިރު ޝަރީފާހުރީ ހަވާދު ތައްޔާރުކޮށް ނިންމާފައި ބަދިގެ ކަހާށެވެ. އޭރު އިރުއަރާ، ގޭތެރެއަށް ރަނގަޅަށް އަލިވެއްޖެއެވެ. ޝަމްނާއާއި ޝައުރާ ތެދުވެގެން އައީ ހެނދުނުގެ ސައި ހަދާ ނިމުންފަހުންނެވެ. ޝަރީފާ އާދައިގެ މަތިން ބަނދިވަރު ގޮވާއިގަތެވެ. އެކަމަށް ސަމާލުކަން ނުދީ ޝަމްނާއާއި ޝައުރާ އައިސް ގޮނޑިތަކަށް ޖެހިގަތީ ހާންތިވެފައި ތިބި ބައެއްހެންނެވެ.

“ލިއާ މަށަށް ކޮފީއެއް ގިރާދީބަލަ…!” ކަންނެތްވެފައި އިނދެ ޝަމްނާ ބުނެލިއެވެ.

“ލަދުކުޑަކަން ދޯ…ލިއާ ފަކީރު އެކަނިމާއެކަނި ހެނދުނުގެ ސައި އެ ހެދީ…އަދި ގޭތެރޭ ކަމެއްގައި އަތްގާތްނުކޮށްދިން ތާގައި ކޮފީ ގިރައިދޭން ބުނެފިޔޭ…” އަތުޖެހޭ ހިސާބުގައި އޮތްދޭފަތް މަޅައިލަމުން ޝަރީފާ ހަޅޭއްލަވައިގަތެވެ. އެއީ ރުޅިއައިސްފިނަމަ އޭނާގެ އާއްމު ބަހުރުވައެވެ. ހިނިގަނޑު ހިފާއްޓާލައިގެން އިނދެ ލިއާ އިށީންނަމުން ޖޯޑަށް ކަޅުސައި އެޅިއެވެ. ޝަމްނާ އަވަސްއަވަހަށް ލިއާ ބެހެއްޓި ޖަގު ނަގާ ކަޅުސައި އެޅީ، ޝަރީފާ ދެކެ ގަންނާކުރެއްވި ބިރުންނެވެ. އަދި އަމިއްލައަށް ކޮފީ ގިރާވަރަށްވުރެ އޭނާ ކަންނެތްވެފައިވީތީ މިވަގުތަށް ކަޅުސައިވެސް ރަނގަޅުވީއެވެ. ކުދި ކިޔަމުން ޝަރީފާވެސް އިށީނދެ ސައިބޯން ފެށިއެވެ.

ސޯފާގައި ނިދިފައި އޮތް ކައިލް އަށް ހޭލެވުނީ ކަނދުރާއަށް ތަދެއް އަރައިގެންނެވެ. ރޭގައި މޫޑު ސަކަރާތްވެފައިހުރެ ކޮޓަރިން ނިކުމެގެން ކޮފީއެއް ހިފައިގެން އިންދާ ސޯފާގައި ނިދުނުގޮތްވެސް ނޭނގެއެވެ. އިސްތަށިގަނޑާއި ކަނދުރާއާ ގުޅިފައިވި ހިސާބުގައި ފިރުމަމުން ތެދުވެފައި ފޯނު ވީ ހިސާބެއް ހޯދާލިއެވެ. ލިއާގެ މެސެޖު ފެނިފައި ނިދިބަރުކަންވެސް ފިލިއެވެ. އަވަސްއަވަހަށް ލިއާގެ ނަންބަރަށް ޑައެލްކޮށްލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

މެންދުރަށް ކައްކަން ވަގުތު އޮތީތީ ލިއާ އިނީ ދޮވެފައި ހުރި އެއްޗެހި ފަތްޖަހާށެވެ. ފޯނު ވައިބްރޭޓް ވާތީ ބެލިއިރު ކައިލް ގުޅަނީއެވެ. އަތުގައި އޮތް ހެދުން ބާއްވާލަމުން ލިއާ ފޯނަށް ޖަވާބު ދިނެވެ.

“އާރ ޔޫ ފްރީ ޓުނައިޓް…؟” ނިދާ ހޭލުމުގެ ސަބަބުން ކައިލްގެ ފިރިހެންވަންތަ އަޑު އިތުރަށް ބަރުވެފައިވެއެވެ. އެ އަޑު ޖެހުނު ވަގުތު ލިއާގެ ގައިން ހީބިހި ނަގައިގަތެވެ.

“މޭބީ…ވަޓްސްއަޕް…؟” ލިއާ ކޮނޑާއި ކަންފަތާ ދެމެދު ފޯނު ހިފާއްޓަމުން އެއްޗެހި ފަތްޖަހަން ފެށިއެވެ.

“ލިއާ…އައެމް ލީވިން ޓުމޯރޯ ވިތް ޑޭޑް އެންޑް އާލިކް ފޯރ ހޮލިޑޭސް…ދުވަސްކޮޅެއް ވާނެ…” ވާހަކަ ދައްކަމުން ގޮސް ކައިލް މަޑުޖެހިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ކައިލްއަށް އިސްތަށިގަނޑުގައި ފިރުމާލެވުނެވެ. “އައި ވޯންޓް ޓު މީޓް ޔޫ ބިފޯރ އައި ލީވް…!”

ލިއާ އިނީ ހުއްޓުން އަރާފައެވެ. ހިތާއި ސިކުނޑިއަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ކައިލް ދަނީހެއްޔެވެ؟ ހިތުން އަޑު އައި ވަގުތު ސިކުނޑި އަރާރުންވާން ފެށިއެވެ. ދުވަސްކޮޅަކު ކައިލްއާއި ދުރުގައި ހުންނަން ޖެހުމުން ލިއާއަށް ރަނގަޅަށް ވިސްނަން ވަގުތު ލިބޭނެއެވެ. މީ ފަހަރެއްގައި ލިއާއަށް ލިބޭނެ ފުރުސަތެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކައިލް ދާން އުޅޭކަމުގެ ހިޔާލުން ހިތަށް ދަތިކަން ލިބުނީ ކީއްވެ ކަމެއް ނޭނގެއެވެ. ފަހަރެއްގައި އަބަދު ކައިލް ފެނި ފެނި އެކަމަށް އޭނާ އާދަވެފައި ހުރީއެވެ.

“ލިއާ…؟ ޔޫ ދެއަރ…؟” ކައިލްގެ އަޑު އައެވެ. ލިއާ ސިހުނެވެ. އަތުގައި އޮތް ހެދުން ބާއްވާފައި ލިއާ އެނދުގައި ހަމަޖެހިލިއެވެ.

“ޖަސްޓް އަސް…؟” ލިއާ މަޑުމަޑުން އަހާލިއެވެ.

“ޖަސްޓް އަސް…!!!” ކައިލްގެ ރައްދު އައީ ނުހަނު އަވަހަށެވެ.

“އޯކޭ…” އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ނުހަނު އަވަހަށް ލިއާ އެއްބަސްވެއްޖެއެވެ. ކައިލްއަށް އެކަމުން ހައިރާންކަން ލިބުނު ނަމަވެސް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. “ޕްރޮމިސް…؟” ކައިލް އެހިއެވެ. ލިއާގެ އާނބަސް ލިބުމުން މިރޭ ލިއާ ބަލާ އަންނާނެ ވަގުތު ބުނެފައި ކައިލް ކޯލް ކުރުކޮށްލިއެވެ.

އެއްޗެހިތައް ފަތްޖެހުމުގައި މަޝްއޫލުވީއިރު ލިއާގެ ސިކުނޑި ހިޞާރުކޮށްފައިވީ ކައިލްގެ ހިޔާލުތަކުންނެވެ. ފަހަރެއްގައި މި ދަތުރު ނިންމާފައި އަންނައިރު ކައިލްގެ ހިތް ބަދަލުވެދާނެއެވެ. އެހާ ދުވަހު ދުރުގައި ހުންނައިރު ކައިލްގެ ހިތް ބަދަލުނުވެ ހުންނާނެހެއްޔެވެ؟ އަމުދުން ލިއާ ދެކޭގޮތުގައި ލިއާއަކީ ކައިލްފަދަ ޒުވާނެއްގެ ލޯބި އެކަށީގެންވާވަރު ފަރާތެއްވެސް ނޫނިއްޔާއެވެ. ލިއާއަށް ނޭނގުނީ ހިތެއްގައި ތެދުވެރި ލޯތްބެއް އުފެދިއްޖެނަމަ މަރުވުމާ ހަމަޔަށްވެސް އޭގެ އަސަރު ބަދަލުވުމެއް ނެތި ހުންނާނެކަމެވެ.

ޝަރީފާ ބްރޭކަށް އައިސް ޑިއުޓީއަށް ދަމުން ލިއާގެ ކޮޓަރި ދޮރު ހުޅުވާލިއިރު ލިއާ ހުރީ ނަމާދަށެވެ. އެހެންކަމުން ދޮރު ލައްޕާލާފައި އޭނާ ދިޔައީއެވެ. ނަމާދުކޮށްނިމިގެން ލިއާ ލައިގެން ހުރި އަތް ދިގު ކުރުތާ ބަދަލުކޮށްލީ ގޭތެރޭ ލާއުޅޭ އަތްކުރު ޓީޝާޓަކަށެވެ. ފޯނު ހިފައިގެން އޭނާ މިސްރާބު ޖެހީ ބަދިގެއަށެވެ.

އެއްޗެހި ކޮށާ ނިންމާފައި ލިއާ ރިހަ ކެއްކުމުގައި އުޅުނެވެ. ބަދިގެ ތެރޭ އެނބުރި އެނބުރިފައި ޝައުރާވީ އެވަގުތު ކޮޓަރިއަށް ގޮހެވެ. ލިއާގެ އޮމާން މޫނުމަތީގައި ދާތިކިތައް ވިދަމުންދިޔައެވެ. ބޭރު އެހާ ހޫނު ގަދައިރު އަދި އުނދުން ކައިރި ހުރުމުން ހީވަނީ މީހާ ފިހިދާނެހެންނެވެ. ލިއާ ހުރީ ބޯ ދޮވެގެން ފެންވަރާލަން ކެތްމަދުވެފައެވެ. ރިހަތެލި ހާކާލުމާއެކު ލިއާ އެތިކޮޅެއް ރަހަބަލާލިއެވެ. މްމް ލައްވާލެވުނީ މީރުވީވަރުންނެވެ. މުޅި ބަދިގެ އެއްވަސްވެފައިވީ ކުޅުދިޔާވާފަދަ މީރު ވަހަކުންނެވެ.

އަތްދޮންނަން ހުއްޓާ ޝަމްނާއާއި ޝައުރާ ބަދިގެއަށް ވަދެގަނެއްޖެއެވެ. ރިހަތެލި ކެކިފައި ހުރިތަން ފެނުމުން އަވަހަށް ތަށިތައް ނަގާފައި އެއަށް ރޮށިކޮށަން ފެށިއެވެ. ތެލި ކައިރިއަށް ގޮސް ރިހަ އަޅައިގެން އައިސް އިށީނދެ ކާންފެށިގޮތުން ހީވަނީ ބަނޑަށް ޖެހިފައި ތިބި ބައެއްހެންނެވެ. ލިއާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އިސްކުރު ބަންދުކޮށްލާފައި އެނބުރުނު ވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވިއެވެ.

ފޯނު ނަގާ ބަލާލާފައި ޝަމްނާއާއި ޝައުރާއަށް ލިއާ ނަޒަރެއް ދިނެވެ. އެއަށްފަހު ބަދިގެން ނިކުމެ ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެ އަންނަމުންދިޔަ ކޯލަށް ބަލަން ހުރެވުނެވެ. ނަމަވެސް އެގޮތުގައި ހުރުމުގެ ބަދަލުގައި ފޯނު ކެނޑުމުގެ ކުރިން އޭނާ ޖަވާބުދިނެވެ.

“ލިއާ…މިރޭ ތިރަށަށް ދާނަން…މީޓް ވައްޗޭ…!” ރިހާންގެ އަޑު އިވުނެވެ. ލިއާއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ނަމަވެސް ހިތް ތެޅިގަތީ ރިހާން ދެކޭހިތުންނެވެ. އެހެންނަމަވެސް ހިތުގައިވި އިހުސާސްތަކުގެ މައްޗަށް ސިކުނޑި ކުރިހޯދިއެވެ.

“އައި ކާންޓް…!” ލިއާ އިންކާރުކުރިއެވެ.

“އެއީ ކީއްވެ…؟ ކޮބާ މައްސަލައަކީ…؟” ރިހާންގެ އަޑު ރުޅިވެރިކަމަށް ބަދަލުވާން އިރުކޮޅެއްވެސް ނުނެގިއެވެ.

“މިރޭ އިތުރު ކަމެއް އެބައޮތް…އެހެން މީހަކާ މީޓްވާން ޖެހޭ…!” ލިއާ މަޑުމަޑުން ވާހަކަދެއްކިއެވެ.

“ކާކާ…؟” ރިހާންގެ ރުޅިވެރި އަޑު އިވުނެވެ. ލިއާގެ ފަރާތުން ޖަވާބެއް ނައެވެ. އެކަމުން ރިހާންއަށް ކަމެއް އަންގައިދިން ކަހަލައެވެ. “ކައިލްއާ ދޯ…!” ރިހާން ޔަގީންކަމާއެކު ބުނެލިއިރު އަޑުގައިވީ ހަސަދަވެރިކަމެވެ.

“އާން…” ލިއާގެ ޖަވާބު ވެގެން ދިޔައީ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށެވެ.

“ދާނެ ކަމެއް ނެތް…! ވަރިހަމަ ކޮންމެ ޕްލޭނެއް އޮތަސް…ކެންސަލް ކުރޭ…!” ރިހާންކޮށްލި އަމުރަކަށްވުރެ ދިން އިންޒާރެއް ފަދައެވެ.

ގަބޫލުނުކުރެވިގެން ލިއާއަށް ދެތިންފަހަރަކު އެސްފިޔަ ޖަހާލެވުނެވެ. ރިހާން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ ރިހާން ބޭނުންވާ ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންތައް ކޮންޓްރޯލެއް ނުކުރެވޭނެއެވެ.

“ކެންސަލެއް ނުކުރެވޭނެ…އައި އޯލްރެޑީ ސެޑް ޔެސް…އެހެން ނޫނަސް ރިހާން ކޮން ހައިސިއްޔަތަކުން އަހަންނަށް ތި އަމުރުކުރަނީ…؟” ރުޅިވެރިކަމާއެކު ވާހަކަދައްކަން މަސައްކަތްކުރިނަމަވެސް ލިއާއަށް އެކަމެއް ނުވިއެވެ. އެއަށްވުރެ ރިހާންގެ މައްޗަށް އުފެދިފައިވާ އިހުސާސަތައް ވަރުގަދައެވެ.

“އައި ޑޯންޓް ކެއަރ…! ޔޫ އަރ ނޮޓް ގޮއިން އެނީވެއަރ ވިތް ހިމް…!” ރިހާން ގަދަކޮށްލާފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

“ކީއްވެހޭ…؟!” ލިއާގެ ކެތްތެރިކަން ކޮޅުންލައިގެންދާގޮތްވިއެވެ.

“އެއީ އަހަރެން ބުނީތީ…!” ރިހާންގެ އަޑުގައިވީ އަމިއްލަ ނަފްސާއިމެދު އޮތް ޔަގީންކަމެވެ.

ފުން ނޭވާއެއް ދޫކޮށްލާފަދައަކުން ލިއާއަށް ހެވުނެވެ. އެ އަޑުގައިވަނީ ގަބޫލުކުރަން ދަތިކަމުގެ އަސަރުތަކެވެ. “ސިންސް ވެން ޑޫ ޔޫ ގެޓް ޓު ޑިސައިޑް ދެޓް…؟ ވަޓްއެވަރ…ދެޓް ސްޓިލް ޑަޒަންޓް ގިވް ޔޫ ދަ ރައިޓް…!” ލިއާ ޖަވާބުދިނެވެ.

ރުޅިއާއިގެން ރިހާންގެ ނޭވާ އަވަސްވާގޮތްވިއެވެ. ފުން ނޭވާތަކެއް ދޫކުރަންފެށި އަޑުން އެކަން ހާމަވިއެވެ. “ލިއާ ޕްލީޒް…ޑޯންޓް ގޯ…!” މިފަހަރު ރިހާންގެ އަޑުގައިވީ އާދޭހެވެ. އެ އަޑުގައިވި އަސަރުން ލިއާގެ ހިޔާލު ބަދަލުކުރަން އުޅޭކަހަލައެވެ. ރިހާންގެ އަޑުޖެހިފައި ލިއާގެ ނިތްކުރިއަށް އަރުވައިގެންހުރި ރޫތައް ފިލިއެވެ. ހިތް ފިތިގެން އައިކަހަލައެވެ. އެފަދަ ގޮތަކަށް ރިހާން ވާހަކަދެއްކުމުން ހިތަށް އެނގުންވެލައިގެން އައެވެ.

“ރިހާން…” ލިއާއަށް ލޯމަރާ ފިއްތާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އިރުކޮޅަކު އެގޮތުގައި އިނދެފައި އޭނާ ވާހަކަދެއްކިއެވެ. “ޔޫ އަރ ނޮޓް މައި ބޯއިފްރެންޑް…!” ލިއާ ރިހާނަށް ކަމެއް އަންގައިދިންކަހަލައެވެ.

ރިހާންގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. އެކަމުން ލިއާއަށް ވާހަކަދައްކަން ހިތްވަރުލިބުނެވެ. “އެހެންވީމަ އަހަރެން މީޓްކުރަންވީ ކާކާ ކަމާއި ނުކުރަންވީ ކާކަށްކަން ރިހާނަކަށް ނުބުނެވޭނެ…އެކަމުގައި ރިހާނަކަށް ގޮތެއް ނުނިންމޭނެ…!” ލިއާ ހިތްވަރުކޮށްފައި ބުންޏެވެ.

“ސޯ ޔޫ އަރ ޗޫޒިން ހިމް…؟” ރިހާންގެ އަޑު ގެނބިގެންދިޔަކަހަލައެވެ. ލިއާގެ ނިންމުން ހަޖަމްކުރަން ދަތިވެފައިވާކަހަލައެވެ.

“އައެމް ޗޫޒިން ޓޫ ކީޕް މައި ޕްރޮމިސް…!” ލިއާ ބުނެލިއެވެ. އަނެއްކާވެސް ރިހާންއާއި އެކު އަރައިރުމަކަށް ދިއުމުގެ ކުރިން ލިއާ ފޯނު ކަނޑާލިއެވެ. އެނދުމައްޗަށް ފޯނު އެއްލާލާފައި ލިއާއަށް އިނދެވުނީ ފުން ވިސްނުމެއްގައެވެ. އެ މޫނުމަތީގައިވަނީ ހުސްކަމެވެ. ދާދި ދެންމެއަކު ކައްކަން ހުރިއިރު ނުހަނު ކާހިތުން ހުރެފައި މިހާރު އެ ޝައުގުވެސް ގެއްލިއެއްޖެއެވެ. އޭނާއަށް އެނދަށް ވެއްޓިގަނެގެން އޮވެވުނީއެވެ. ރިހާން ދެން ކަންތައް ކުރާނެ ގޮތެއް ނޭނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ދޫކޮށްފަ މި ހިތް ދިޔުމުން ރޮވޭނެ!

Next

ލޯބިން ބުނާތީ 34

Next
July 29, 2026

ލޯބިން ބުނާތީ 34

Previews
July 29, 2026

ދޫކޮށްފަ މި ހިތް ދިޔުމުން ރޮވޭނެ!

20 Comments!

  1. Aisha says:
    July 21, 2026 at 5:15 pm

    Mi part VX varah reethi, Masha Allah.
    When next??

    1. Itxlevender Itxlevender says:
      July 29, 2026 at 5:06 am

      Thank you so much 💗
      Soon In Shaa Allaah 💗

  2. Aasinaa says:
    July 21, 2026 at 5:36 pm

    Masha Allah mi part varah reethi
    😍❤️. Dhen in part avahah up kohdhehcheyyy.

    1. Itxlevender Itxlevender says:
      July 29, 2026 at 5:07 am

      Thank you so much 💗💗

  3. Kiwi says:
    July 21, 2026 at 9:15 pm

    Wow vrh salhi mi part. Cant wait for the next partttttttt.

    1. Itxlevender Itxlevender says:
      July 29, 2026 at 5:08 am

      Aw thank you!! 💗

  4. Anonymous says:
    July 22, 2026 at 1:51 am

    haadha kurey..aa ei ves kameh nuvei..
    this Lia gal ah ehcheh nues visne dho mmivarah kuriah dhaairu
    heyjehey anheneh nama kail aa nuvias rihan dhukollis kanne
    ehnve story eha eh nun.. heevani woman degrade koffa hunnahen
    mihaaruge young gen gals ah dhevey v goas msg e mii toxic firihenun dhukoh nulai ulhen
    kamaku nudhe.. v predictable gothakka stry kuriah dhani

    1. Itxlevender Itxlevender says:
      July 29, 2026 at 5:12 am

      I respect your opinion but stories aren’t supposed to go smoothly or have perfect characters…If every character always made the right decision, there wouldn’t be much of a story to tell…Leah is flawed, emotional, and makes mistakes that’s part of her journey, not the message of the story…The purpose is to show growth over time, not to encourage people to copy every decision a character makes… Everyone is free to like or dislike the story, and I appreciate you sharing your thoughts ☺️

  5. Faathun says:
    July 22, 2026 at 10:41 am

    Story hama varh fakkaa. And please keep ure negative comments on ure own. The perfect story ever ❤️😍

    1. Itxlevender Itxlevender says:
      July 29, 2026 at 5:13 am

      Thank you so much 🥹💗

  6. Anonymous says:
    July 22, 2026 at 11:28 am

    nice story
    grl keep it up dont mind negative comments from people
    whn nxtt
    can it be a little longer next time
    😊👍🤍

    1. Itxlevender Itxlevender says:
      July 29, 2026 at 5:14 am

      Thank you so much 🥹💗
      In Shaa Allaah I’ll try my best 💗

  7. Its just me says:
    July 22, 2026 at 1:38 pm

    Ehkkala rihaan gandu anehkkaa vx aee eyh dhw noolhcy fahathun nehtteykah kah vx 🙄🙄 lia pls kyle kairiah ingey dhaanee miburu choose him not that rihan gandu 🙄🙄 haadha foohi vaa meehaaa gandekey 😒 btw ignore the negative comments and keep the good work up 🥰 v reethi mi part vx too gud Masha Allah ♥️

    1. Itxlevender Itxlevender says:
      July 29, 2026 at 5:19 am

      Ahaha Rihan really has everyone frustrated 😅 And thank you so much for your kind words and for supporting me despite the negative comments 💗 It honestly means a lot and keeps me motivated to continue writing…I hope you’ll enjoy what’s coming next ☺️💗

  8. Thuga says:
    July 25, 2026 at 7:53 am

    When next?????? Can u up quick. Please. Mi story ham habeys I rlly like it

    1. Itxlevender Itxlevender says:
      July 29, 2026 at 5:20 am

      Thank you so much 💗
      Next part soon In Shaa Allaah 💗

  9. Dheena says:
    July 27, 2026 at 9:08 am

    When next. Can u up quick please. Curiously waiting ❤️

    1. Itxlevender Itxlevender says:
      July 29, 2026 at 5:21 am

      Thank you so much 💗
      Next part soon In Shaa Allaah 💗

  10. Lilly says:
    July 27, 2026 at 10:05 am

    Kon duvasthakugai vaahaka episodes genesdenee, varah kiyaahithun mihuree

    1. Itxlevender Itxlevender says:
      July 29, 2026 at 5:21 am

      Soon In Shaa Allaah 💗

Comments are closed.

Next Episodeލޯބިން ބުނާތީ 34←


All Right Reserved!