ލޯބިން ބުނާތީ 29
ގެޔަށް ވަދެގެން ދިޔައިރު ކައިލްގެ ދެބުމަ ގޮށްޖެހިފައިވެއެވެ. އެ ހިތުގައި އުފެދިފައިވާ ހައިޖާންގަނޑު ކިޔަމަންކުރަން މަސައްކަތް ކުރަމުންދިޔައިރު އެ ނަފްސު ވަނީ ވަރުބަލިކަމެއްގައެވެ. ނަމަވެސް އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އެ ހިތް ރޮމުން ދިޔައީ ހިތް އެދެމުންދިޔަ ލޯބި ނުލިބުނީތީއެވެ.
ސިޑިން ފައިބެގެން އައި އާލިކްއަށް ކައިކް ފެނިފައި މަޑުޖެހުނެވެ. އިއަރޕޮޑްސްއިން ވާހަކަ ދައްކަމުން ގޮސް އޭނާ ފޯނުގައި ހުރި މީހެއް ގާތު ފަހުން ގުޅާނަމޭ ބުނެފައި ކަންފަތުން އިއަރޕޮޑްސް ނައްޓާލިއެވެ. އޭނާގެ ނަޒަރު ކައިލްގެ މިލާފައިވާ މޫނަށް ހުއްޓުނެވެ.
“ކެލް…؟ އިޒް އެވްރިތިންގް އޯކޭ…؟ ވަޓްސް ވިތް ދެޓް ފޭސް…؟” އާލިކް ކުޑަކޮށް ކަންބޮޑުވެ ހުރެ އެހިއެވެ. އޭނާއަށް ޔަގީނާ ގާތަށް ކައިލްއަށް ބޮޑު ކަމެއް ވެއްޖެކަން ނަގައިގަނެވުނެވެ.
“އައެމް ފައިން…!” އާލިކްއަށް ބަލާލުމެއް ނެތި ކައިލް ސިޑިން އަރައިގެން ދިޔައެވެ. ދެބުމަ ގޮށްޖެހިގެން އައި އިރު އާލިކްއަށް ކައިލް ހެދީ ދޮގެއްކަން ޔަގީންވިއެވެ. އޭނާވެސް ކައިލްގެ ފަހަތުން ސިޑިން ދިޔައެވެ. މިއީ މީގެ ކުރިން ކައިލްގެ ފަރާތުން އޭނާއަށް ފެނިފައިވާ ކުލަވަރެއް ނޫނެވެ.
ކައިލްގެ ކޮޓަރި ދޮރު ހުޅުވާލިއިރު ކައިލް އޮތީ ލޯމަރާލައިގެން ދެއިނގިލިން ނިތްކުރި މަސާޖުކުރާށެވެ. ހީވަނީ ކެތްކުރަން ދަތި ހިޔާލުތަކެއް ތެރޭ ޣަރަގުވެފައި ވާހެންނެވެ. އާލިކްގެ ހިތުގައިވި ސުވާލުތައް އިތުރުވިއެވެ. އެތެރެއަށް ވަދެފައި ދޮރު ލައްޕާލަމުން އޭނާ ގޮސް ކައިލްގެ އެނދު ކައިރިއަށް ހުއްޓި ދެއަތް އުރާލިއެވެ.
“އޯލްރައިޓް އިނަފް…ޓެލް މީ ވަޓް ހެޕެންޑް…!” އާލިކް ބުނެލިއެވެ. އެ އަޑުގައި އަމުރުވެރިކަން އެކުލެވިގެން ވިއެއް ކަމަކު ކަންބޮޑުވުންވެސް ވެއެވެ.
“ނަތިން…!” ކައިލް ބަލާލުމެއް ނެތި ބުންޏެވެ. އެ އަޑުގައިވަނީ ހިމޭންކަމެވެ.
“ޑޯންޓް ލައި ޓު މީ…!” އާލިކް ކައިލް ގާތު އިށީނެވެ. އޭނާ ކަމެއް ދެނެގަންނަފަދައަކުން ކައިލްއަށް ބަލަން އިނދެވުނެވެ. ކައިލް ހިމޭންވިއެވެ. އިރުކޮޅެއް ވަންދެން ނިތްކުރި މަސާޖު ކުރަން އޮވެފައި ފުން ނޭވާއެއް ލަމުން ލޯމަތީ އަތްބާއްވާލިއެވެ.
“އަ ގާލް ރިޖެކްޓެޑް މީ…!” ކައިލް ބުނެލިއެވެ.
އާލިކްއަށް ދެތިންފަހަރަކު އެސްފިޔަ ޖަހާލެވުނެވެ. “ވަޓް…؟” އޭނާއަށް ޔަގީންވީ އޭނާއަށް އިވުނީ ނުބައިކޮށް ކަމެވެ.
“އަ ގާލް ރިޖެކްޓެޑް މީ…” ކައިލް މަޑުމަޑުން އޭނާގެ ލޯމަތީގައިވި އަތް ނަގަމުން އާލިކްއަށް ބަލާލިއެވެ.
އިރުކޮޅެއް ވަންދެން އާލިކްއަށް ކައިލްއަށް ބަލަން އިނދެވުނެވެ. ދެން އިވުނީ ނުހިފޭއްޓިގެންކަހަލަ ގޮތަކަށް އާލިކްގެ ހިނިގަނޑު ފަޅައިގެން ދިޔަ އަޑެވެ. ހީވަނީ ކައިލްއަށް ބުނެވުނީ އެހާވެސް މަޖާ ވާހަކައެއްހެންނެވެ. “ނޯ ވޭ…!” ހެމުން ހެމުން އާލިކް ބުނެލިއެވެ. ނަމަވެސް ކައިލްގެ މޫނުމަތީގައިވި ސީރިއަސް ކުލަވަރަށް އެއްވެސް ބަދަލެއް ނައެވެ. އާލިކްގެ ހުނުން ހުއްޓުނީ އެކަން ފާހަގަވުމުންނެވެ.
“ވެއިޓް……ޔޫ އަރ އެކްޗުއަލީ ސީރިއަސް…؟’ އާލިކްއަށް ބުނެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. ކައިލް އެ އޮތްގޮތައް އޮވެ މަޑުމަޑުން ބޯ ޖަހާލުމާއެކު އާލިކްގެ އަނގަ ހުޅުވުނީ އަޖައިބުވީވަރުންނެވެ.
“އަ ގާލް ރިޖެކްޓެޑް ‘ކައިލް އިޒީކިއެލް’…؟ ނޯ ވޭ……!!!” އާލިކްއަށް ދަމާލާފައި ބުނެވުނެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. ކައިލް ހިތި ހިނިތުންވުމެއް ދިނެވެ. “އައި ނޯ…!” ކައިލްގެ އެ ހިނިތުންވުން ހިތުގައިވި ރިހުން ފާޅުކޮށްދެއެވެ.
“މި ހުރިހާއިރު މި ވިސްނަނީ ކެލްއަށް ތިހާބޮޑު ކަމެއް ވެގެން އުޅެންވީ ކީއްވެތޯ…އެކަމަކު ހިޔާލަކަށްވެސް ނުގެނެވޭ ގާލްއެއް ކެލް ރިޖެކްޓްކޮށްފާނެ ކަމަކަށް…! ދިސް އިޒް އަންބިލީވެބްލް…މޯރ ލައިކް ސެވެންތް ވޮންޑަރ…! އައި ޑޯންޓް ބިލީވް ދިސް…” އާލިކް ދެފަރާތަށް ބޯހޫރަމުން ވާހަކަދެއްކިއެވެ. އެ އަޑުން އެކަނިވެސް ހައިރާންވެފައި ހުރިވަރު ފާޅުވެއެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. އަންހެން ކުދިން ކައިލް ފެނި ވާވަރު އާލިކްއަށް ވަނީ ފެނިފައެވެ.
“ނެއިދަރ ޑިޑް އައި…!” އާލިކް ބުނި އެއްޗަކާ ވިއްދާ ކައިލް ބުނެލިއެވެ. އެ އަޑުގައި ވަނީ ހިމޭންކަމެވެ. އާލިކްއަށްވެސް އިތުރު އެއްޗެކޭ ނުބުނެ ކައިލްއަށް ބަލަން އިރުކޮޅަކު އިނދެވުނީއެވެ. އޭނާވެސް ކަމަކާ ވިސްނާ ކަހަލައެވެ. ކައިލްއަށް އަންހެން ކުއްޖަކު ދެކެ ލޯބިވެވުނުކަން ގަބޫލު ނުކުރެވިފައެވެ. މިހުރިހާ ދުވަހު އަންހެންކުދިންނާ އެހާ ދުރުން އުޅޭ މީހަކު މިއަދު މިފަދަ ހާލެއްގައި ވުމުން ދުށުމަށް ދަތިވިއެވެ.
“ސޯ…ހޫ އިޒް ޝީ…؟” އިރުކޮޅެއް ފަހުން އާލިކް ސުވާލުކުރިއެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ސީލިންގަށް ނަޒަރު ހުއްޓާލިއެވެ. ކަނދުރާގެ ބާރު ދޫކޮށްލައިގެން އޮތްއިރު، އޭނާގެ ހިޔާލީ މަންޒަރަށް ލިއާގެ ސޫރަ ސިފަކުރަން މަސައްކަތްކުރާކަހަލައެވެ.
“ޝީ އިޒް ޑިފެރެންޓް…!” ކައިލްގެ އަޑު ނިކުތީ އިރުކޮޅެއް ފަހުންނެވެ. އާލިކް ކެތްތެރިކަމާއެކު އަޑުއަހަން އިނެވެ. ކައިލް އެ އޮތްގޮތަށް އޮވެ ވާހަކަދެއްކިއެވެ.
“ޝީ އިޒް ނޮޓް ލައިކް އަދަރ ގާލްސް…އޭނާ އަހަރެންގެ މުއްސަނދިކަމަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތް…އެންޑް ޝީ ޑަޒަންޓް ކެއަރ ހޫ އައި އޭމް އޯރ މައި ލުކްސް…ޝީ ނެވަރ ޓްރައިސް ޓު އިމްޕްރެސް މީ…އެންޑް ޝީ އިޒް ވަން އޮފް ދަ ކައިންޑެސްޓް ޕީޕަލް އައި ހެވް އެވަރ މެޓް…!” ލިއާގެ ހިޔާލުތަކަށް ގެއްލިފައިވަނިކޮށް ތުންފަތަށް ވެރިވާން އުޅުނު ލުއި ހިނިތުންވުން ކައިލް ފަރުދާކޮށްލިއެވެ.
“ދަ މޯރ އައި ގެޓް ޓު ނޯ ހާރ، ދަ ހާރޑާރ އައި ފެލް ފޯރ ހާރ…އޯލް އައި ނޯ އިޒް، އެ ދެއްކުންތެރިކަމެއް ނެތް ސާދާކަން އަހަންނަށް މާ ބޮޑަށްވެސް ކަމުދާކަން…އޭނާ ފިރިހެނުންގެ ސަމާލުކަމެއް ބޭނުމެއް ނުވޭ…އޭނާއަށް ވެގެން ވަންޏާ އޭނާ އެއީ ދުނިޔޭގައި އުޅޭ މީހެއްކަންވެސް މީހަކަށް އެނގުނަކަ ނުދޭނެ…ޝީ ހޭޓްސް އެޓެންޝަން…ގޯޑް…! އައި ޖަސްޓް ލަވް ހާރ ސޯ މަޗް…!” ކައިލް ލޯމަތީގައި އަތްއެޅިއެވެ.
އާލިކްގެ ހިތަށް ދަތިކަން ލިބުނެވެ. ކައިލްގެ ފަރާތުން މިފަދަ ކަމެއް އޭނާއަށް އެ ފެނުނީ އަލަށެވެ. ކައިލްގެ އަޑުގައިވި ރިހުން އާލިކްގެ ހިތަށް އަސަރުކުރިއެވެ. އޭނާ ކައިލް އާއި އިތުރަށް ސުވާލު ކުރަން ބޭނުންވިއެވެ. އެބުނާ ކުއްޖަކު ކައިލްގެ ލޯބި ގަބޫލުނުކުރުމުގެ ސަބަބަކީ ކޮބައިތޯ ބަލަން ބޭނުންވިއެވެ. ކައިލްއަށް ހިތްވަރު ދީ، މާޔޫސްނުވުމަށް ބުނަން ބޭނުންވިއެވެ. އޭނާއަށް ޔަގީންވީ ކައިލް އެބުނާ ކުއްޖަކު ދެކެ އިންތިހާއަށް ލޯބިވާކަމެވެ. އޭނާއަށް އެއްޗެއް ބުނެވެން ވާއިރަށް ކައިލް އެނދުން ތެދުވެއްޖެއެވެ.
“އައި ޑޯންޓް ވޯންޓް ޓު ޓޯކް އެބައުޓް އިޓް އެނީމޯރ…!” އެއްފަރާތުގައި ހުރި ބޮޑު ދޮރުފަތް ކަހާލާ ވޯޑްރޯބް ތެރެއަށް ވަންނަމުން ކައިލް ބުނެލިއެވެ. ލައިގެން ހުރި ގަމީސް ބާލާ އޭނާ ނެގީ ޖިމަށް ދާން ލާ ޓީޝާޓެކެވެ. ލައިގެން ހުރި ޖީންސް ގަޔާ ވަކިކޮށްލުމާއެކު ޓީޝާޓާއި ސޯޓު ހިފައިގެން ނިކުތެވެ. ހަމައެކަނި ބޮކްސާގައި ހުރިއިރު ފެންނަމުން ދިޔައީ ނުހަނު ސިހުރުވެރިކޮށެވެ. މިވަގުތު އޭނާ ފެންނަ ކޮންމެ އަންހެންކުއްޖެއްގެ ލޭގެ ހިނގުން އަވަސްކޮށްލާނެއެވެ.
“ތިގޮތަށް ހުރިނަމަ ތި އަންހެންކުއްޖެއް ކުރިމަތީ…! އޭރުން ގައިމުވެސް ރިޖެކްޓެއް ނުކުރާނެ…!” ކައިލް އެއްޗެހި ލަމުން ދަނިކޮށް އާލިކް ލާނެއް ރާގަކަށް ބުނެލިއެވެ.
“ނޮޓް ފަނީ ބްރޯ…!” ކައިލް ގަޔަށް ޓީޝާޓް މަހާލުމާއެކު ޖިމް ބޭގް ނެގިއެވެ.
“ވެއިޓް…މި ދަންވަރު ޖިމަށްތަ ތިދަނީ…؟” އާލިކް ފުންމައިގެން ތެދުވަމުން ހައިރާންކަމާއެކު އެހިއެވެ. ކައިލް ބަލާލުމެއް ނެތި ހޫމް އަޅުވާލަމުން ނިކުންނަންދިޔައެވެ. ސިކުނޑީގައި ފުނިޖެހިފައިވާ ހިޔާލުތަކާ ދުރުވެލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.
“ވެއިޓް…އައިލް ގޯ…” އާލިކް ދުވެފައި ދިޔައީ ލައިގެން ހުރި އެއްޗެހި ބަދަލުކުރުމަށެވެ. ކައިލް ހުރި ހާލަތުން އޭނާ އެކަނި ދޫކޮށްލާކަށް އާލިކް ބޭނުމެއް ނުވިއެވެ. އޭނާ ތެޅެމުން ފޮޅެމުން ނިކުތްއިރު ކައިލް ހުރީ ސައިކަލު ކައިރީގައެވެ.
“އައިލް ޑްރައިވް…!” އާލިކް ދިޔައީ އޭނާގެ ސައިކަލު ކައިރިއަށެވެ. ގޭޓުން ސައިކަލު ނެރެންދެން ކައިލް މަޑުކޮށްގެން ހުއްޓެވެ. އޭރު ސެކިއުރިޓީއަކަށް ހުރި މީހާ ގޭޓު ހުޅުވަދެނީއެވެ.
“ވެއިޓް…!” ސައިކަލު ސްޓާރޓް ކުރަން ހުރެފައި ކުއްލިއަކަށް އާލިކް މަޑުޖެހުނެވެ. ކައިލް ސުވާލުގެ ނަޒަރަކުން އާލިކްއަށް ބަލާލިއެވެ. އާލިކް ލޯ ހަނިކޮށްލައިގެން ހުރިގޮތުން ހީވަނީ ކަމަކާ ވިސްނަނީހެންނެވެ. އޭނާ ކައިލްގެ މޫނަށް ބަލާލިއެވެ.
“ފައިނަލް މެޗް އޮތް ދުވަސް…! ދެޓް ގާލް…… ކައިލް ޖާރޒީ ދިން ގާލް ދޯ އެއީ…؟!” އާލިކްގެ ހަނދާނަށް އެދުވަސް އައެވެ. އޭނާއަށް ކައިލްގެ މޫނަށް ބަލަން ހުރެވުނެވެ. އެވަގުތު ކައިލްގެ ކޮލުކަށިގަނޑަށް އައި ހަރަކާތުން ދަތްކުނޑިވިކާލިކަން އެނގުނެވެ. އެ ލޮލުގައިވި ރިހުން އާލިކްއަކަށް ނުފޮރުވުނެވެ. ޖަވާބު ދިނުމެއް ނެތި ކައިލް އައިސް ސައިކަލަށް އެރި ގޮތުން އާލިކްއަށް ހުރިހާ ކަމެއް ޔަގީންވިއެވެ. އޭނާ ސައިކަލު ދުއްވާލިއިރު ސިކުނޑީގައިވަނީ އެދުވަހުގެ ހިޔާލުތަކެވެ. ކައިލް ޖާރޒީ ދިންއިރު އާލިކްވެސް އެމަންޒަރު ފެންނަ ހިސާބުގައި އިނެވެ. އެ އަންހެންކުއްޖާ ވެސް ފެނުނެވެ. ކައިލް ސިފަކޮށްދިން ހުރިހާ ކުލަވަރެއް އެ އަންހެންކުއްޖާގެ ކިބައިގައި ހުރިކަން އާލިކްއަށް ގަބޫލުކުރެވުނެވެ.
ހަފްތާއެއް ފާއިތުވެގެންދިޔައިރު ކައިލްގެ އަމަލުތައް ލިއާއާއިމެދު އާދައިގެ ގޮތަކަށް ބަހައްޓަން މަސައްކަތްކުރިއެވެ. ނަމަވެސް ކައިލް ބުނިފަދައިން އޭނާގެ އިހުސާސްތައް ފޮރުވާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ލިއާގެ ހިތުގައިވާ ކުށްވެރި އިހުސާސް ފިލައިގެން ނުދިޔައެވެ. މަދު ފަހަރަކު ކައިލް ފެންނައިރު އެ މޫނުމަތީގެ އަސަރުތައް ފެނި ލިއާގެ ހިތުގައި ރިހެއެވެ. އަނެއްކޮޅުން ރިހާންވެސް ކޮންމެދުވަހަކު ކަހަލަ ގޮތަކަށް ގުޅާއިރު އެކަމާވެސް ލިއާގެ ހިތުގައިވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ.
މެންދުރުގެ ވަގުތު ލިއާ އުޅުނީ ޝަރީފާ އާއި އެކު ބަދިގޭގައެވެ. ޝަމްނާއާއި ޝައުރާވެސް ހޭކިހޭކިފައި އުޅުނެވެ. ޝަރީފާ އުޅުނީ މަސްބަތް ހެދުމުގައެވެ. މަސައްކަތުގައި އުޅެނިކޮށް މީހަކު ސަލާމް ގޮވާލުމުން ޝަމްނާ ނިކުތެވެ. އޭރު ކަޅުކުލައިގެ ވިދާ ކަރުދާހަކުން ޕާރުސަލް ކޮށްފައިވާ ފޮށިގަނޑެއް ހިފައިގެން މީހަކު ދޮރުމަތީ ހުއްޓެވެ.
“ލިއާ އުޅުއްވާތޯ…؟” އަދަބުވެރިކަމާއެކު އެމީހާ ސުވާލުކުރިއެވެ. ޝަމްނާ އަވަހަށް ލިއާއަށް ގޮވިއެވެ. އެވަގުތު ލިއާ ފަހަތުން ޝައުރާވެސް ނިކުތެވެ. ކުޑަކޮށް ހައިރާންވެފައި ހުރެ ލިއާ އައެވެ.
“ފޯރ މީ…؟” ލިއާ އެހިއެވެ. އެމީހާ އަނެއްކާވެސް ލިއާގެ ނަން ތަކުރާރުކޮށްލިއެވެ. ލިއާ ބޯ ޖަހާލުމާއެކު އެއީ ލިއާއަށް ރައްދުކުރަން ހަވާލުކުރި އެއްޗެކޭ އެމީހާ ބުންޏެވެ. ހައިރާންކަން ނުފިލާ ހުރެ ލިއާ އޭގައި ހިފުމުން ބާއްޖަވެރި ދުވަހަކަށް އެދިފައި އެމީހާ ގޮސްފިއެވެ.
“ތީ ކޮންއެއްޗެއްތަ…؟” އަތްދޮވެގެން ބަދިގެން ނިކުތް ޝަރީފާވެސް އެހިއެވެ. ލިއާ ދެކޮނޑު އަރުވާލަމުންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފަހަތުން އެ ތިންމީހުންވެސް ވަނެވެ. އެންމެންވެސް ޝައުގުވެރިވެފައިވަނީ ލިއާ އަތުގައިވާ ޕާރސަލްގައި އޮތް އެއްޗަކާމެދުއެވެ.
ލިއާ އޭގައިވި ރިބަން ކަޑަން ފެށުމާއެކު ތިންމީހުން އޭނާ ގާތަށް ބޮނޑިވިއެވެ. ލިއާއަށްވުރެ އެމީހުންގެ ކެތްތެރިކަން ކުޑަވެފައިވާކަހަލައެވެ. ރިބަންތައް ނިއުޅާ، އެ ފޮށިގަނޑު ހުޅުވާލުމާއެކު އެ ހަތަރު މީހުންގެ ލޯތައް ތަރަތަރަޖަހައިގެން ދިޔައެވެ.
“މީ އަސްލެއްތަ…؟” އަނގަ ހުޅުވުނު ގޮތައް ލައްޕަން ނޭނގި ހުރެފައި ޝައުރާ އެހިއެވެ. ޝަރީފާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފޮށީގައިވާ ވިދުންގަދަ އަގުބޮޑު ހެދުން ފެނި ތަލިން ކުޅު ނުހިކޭވަރެއް ނޫނެވެ. ލިއާ މަޑުން އިނދެފައި ކުއްލިއަކަށް ހެދުން ނަގާ ނިއުޅާލިއެވެ. ޝަމްނާ އެތެރެއަށް ދަމާލި ނޭވާގެ އަޑު އިވުނެވެ. ޝަރީފާއާއި ޝައުރާ ތިބީ ދެލޯ ބޮޑުވެފައެވެ. އެ ހެދުމަށް ބަލާލާފައި އޭގެ އަގު ލައްކައަކަށް އަރާނެކަން ގައިމުވިއެވެ.
“ނޫން…މީ އޮޅުމެއް ކަމަށް ވާނީ…” ޝަމްނާ އަތަށް ހެދުން ދީފައި ލިއާ އަނެއްކާ ފޮށިގަނޑު ހާވަންފެށިއެވެ. އޭގައި ދެން އޮތީ ކަޅުކުލައިގެ ތިން އިންޗީގެ ދިގު ހީލްސް އަކާއި ކަޅުކުލައިގެ ޖުވެލަރީ ބޮކްސްއަކަށް ލާފައިވާ ފަށަކާއި ކަންފަތުލާ އެތިކޮޅެކެވެ. އެ ހުރިހާއެއްޗެއް ދަށުގައި ކަޅުކުލައިގެ ވިދާ ސިޓީއުރައެއް ކަހަލަ އެއްޗެއް އޮތުމުން ލިއާ އަވަހަށް އެ ނެގިއެވެ.
“ކަމް ޓުނައިޓް…އައިލް ބީ ވެއިޓިން -ކައިލް- “ ސިޓީއުރައިގަވި ނޯޓުކޮޅުގައިވާ ލިޔުންކިޔާފައި ލިއާ ހުއްޓުން އަރާގޮތްވިއެވެ. ޝައުރާ ހުރެފައި ލިއާ އަތުގައިވި ނޯޓޮކޮޅު ޖަހައިގަތެވެ. އަދި އޭގައިވި ލިޔުންކޮޅު ބާރަށް ކިޔާލިއެވެ.
“އޯ……!!!” ޝަމްނާއާއި ޝައުރާ އެއްފަހަރާ ދަމާލާފައި ހަޅޭއްލަވައިގަތެވެ. ލިއާ އެދެމީހުންނަށް ލޯ އަޅާލިއެވެ.
“މީ ކޮންކަމެއްތަ…؟” ޝަރީފާ އެންމެފަހުން ސުވާލުކުރިއެވެ. ލިއާ ހުރެފައި މިރޭ އޮތް ހަފްލާގެ ވާހަކަ ބުނެލިއެވެ. ޝަރީފާގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ.
“ދެން އެތަނަށް ނުދާންވެގެން ދޯ މި ހުރިހާއިރު ވީއިރުވެސް މަ ކައިރި ނުބުނެ ތިހުރީ…؟ މިހާރު ތިއޮތީ ހެދުމެއްވެސް ލިބިފަ…ދެން އެކުއްޖާ ތިވަރު ކޮށްދިނީމަ ކޮންމެހެންވެސް ދާންވާނެ ދޯ…ތިއޮތީ ވިއްޔާ ހަރަދުކޮށްލާފަ އޮތްވަރު…ހަމަ މިހާރު ކައިގެން ތައްޔާރުވާން އުޅޭ…!” ޝަރީފާ އަޑުލައިގަތުމުން ޝަމްނާއާއި ޝައުރާ އަވަސްއަވަހަށް ޝަރީފާއާއި އެއްބައިވެއްޖެއެވެ.
ލިއާގެ ސިކުނޑި ސުމަކަށް ގޮސްފައި ވާކަހަލައެވެ. ހޭވެރިކަންވީ ޝަރީފާ އަޑުލައިގަތުމުންނެވެ. އަވަސްއަވަހަށް ޖީބުގައި އޮތް ފޯނު ނަގާ ކައިލްއަށް ގުޅާލިއެވެ. އެއް ރިންގުން ކައިލް ޖަވާބު ދީފިއެވެ.
“ޔޫ ގޮޓް އިޓް…!” ލިއާ އެއްޗެއް ބުނުމުގެ ކުރިން ކައިލް ބުނެލިއެވެ. އެކަމުންވެސް ލިއާއަށް ޔަގީންކަން ލިބުނެވެ.
“ކައިލް…ވައި ވުޑް ޔޫ ބައި ދިސް…؟” ލިއާއަށް ޝަކުވާކޮށްލެވުނެވެ. އޭނާ ފޯނު ހިފައިގެން ބޭރަށް ނިކުތެވެ.
“އަހަރެން ބޭނުން ލިއާ އަންނަން…!” ކައިލް ހިތުގެ އެދުން ހާމަކޮށްލިއެވެ.
“އަހަންނަކަށް މިހާ އަގުބޮޑު އެއްޗެއް ގަބޫލެއް ނުކުރެވޭނެ…ކައިލް ޕްލީޒް އަންޑަރސްޓޭންޑް…!” ލިއާ ގޮތް ހުސްވެފައިވާގޮތަކަށް ވާހަކަ ދައްކަމުން ގޭތެރެއަށް ނަޒަރު ހިންގާލީ އަޑުއިވޭ ހިސާބުގައި ޝަރީފާމެން މީހަކު ހުރިތޯއެވެ.
“އިޓްސް ޖަސްޓް އަ ޑްރެސް…”
“އިޓްސް ނޮޓް ޖަސްޓް އަ ޑްރެސް…!” ކައިލް ބުނި ވާހަކައާ ވިއްދާފައި ލިއާ ކަންތައްބޮޑުވެފައި ހުރިފަދައަކުން ބުނެލިއެވެ.
“އައި ޓޯލްޑް ޔޫ…” ކައިލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “އައި ވޯންޓް ޔޫ ދެއަރ…!” ކައިލް ވާހަކަދެއްކިއެވެ. ލިއާ އެއްޗެއް ނުބުނެ ގިނައިރުވުމުން ކައިލް ގޮވާލިއެވެ. “ކުރިން ނާންނަން އުޅުނީ ހެދުމެއް ނެތީމަ…މިހާރު ހެދުމެއްވެސް ލިބުނީނު…؟ ޕްލީޒް ކަމް…” ކައިލް އެދުނެވެ.
“އައި ސްޓިލް ކާންޓް…” ލިއާ އިންކާރުކުރިއެވެ. ދެން ދެމެދަށްވެރިވެގެން ދިޔައީ ހިމޭންކަމެވެ. ލިއާގެ ހިތް ނުތަނަވަސްވިއެވެ.
“އޯކޭ…” ކައިލްގެ ފިނި އަޑު އިވުނެވެ. “ޑޫ ވަޓްއެވަރ ޔޫ ވޯންޓް…އިފް ޔޫ ވޯންޓް ޔޫ ކެން ތްރޯ އިޓް އަވޭ…!” ފަހު ޖުމްލަ ބުނެފައި ކައިލް ފޯނު ކަނޑާލިއެވެ. ލިއާގެ ހިތުގައި ޖެހުނެވެ. ކައިލްގެ އަޑުގައިވި ހިތްހަމަނުޖެހުން އޭނާގެ ހިތަށް ދަތިކަން ލިބުނެވެ. ލިއާ ހަދާނެގޮތް ހުސްވިއެވެ. ކައިލް ފޯނު އެ ކަނޑާލީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެންނެވެ.
އިރުކޮޅަކު ހުރެފައި ލިއާ ގުޅީ ކައިރާއަށެވެ. ގޮތް ހުސްވެފައިވާއިރު އޭނާ ބޭނުންވެފައިވީ ކައިރާގެ ހިޔާލަކަށެވެ.
“ޕްލީޒް ޓެލް މީ ޔޫއަރ ކަމިން…” ފޯނު ނެގިގޮތަށް ކައިރާ ބުންޏެވެ.
“ކައި އަށްވެސް މިކަން އެނގޭ ދޯ…ޕްލީޒް…އަހަރެން މިހުރީ ހަދާނެ ގޮތެއް ނޭނގިފަ…” ލިއާ މޫނުގައި އަތް ހިންގާލަމުން ވާހަކަ ދެއްކިއެވެ.
“ޕްލީޒް ކަމް…!” ކައިރާ އާދޭސްކޮށްލިއެވެ. ލިއާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
“އައި ޑޯންޓް ނޯ…!” ލިއާ ބުނެލިއެވެ.
“ލިއާ…!” ކައިރާގެ މަޑުމައިތިރި އަޑު ޖެހުމުން ލިއާގެ މޭ ތެޅިގަތެވެ. ކައިރާ ބުނަން އުޅެނީ ބޮޑު ވާހަކައެއްހެން ހީވިއެވެ.
“ކައިލް ސްޕެންޑް ޑޭސް ލުކިން ފޯރ ދެޓް ޑްރެސް…!”
ލިއާއަށް ހުއްޓުން އަރާފައި ހުރެވުނު އިރު ހަރަކާތްތައްވަނީ ގަނޑުވެފައެވެ. ހަމައެކަނި ހަރަކާތްކުރީ އެ ތުންފަތެވެ. “ވަޓް…؟!”
“ޔެސް…ޔޫ ހާރޑް އިޓް ރައިޓް…ސޯ ޕްލީޒް ކަމް…” ކައިރާ އެދުނެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ސިކުނޑީގައިވަނީ ކައިލްގެ ހިޔާލުތަކެވެ. ކައިރާ ބުނެލި ޖުމްލަ ސިކުނޑީގައި އެކޯވަމުން ދިޔައެވެ.
“އެކަމަކު…އަހަރެން ކިހިނެއް ރެޑީވާނީވެސް…؟” އެންމެފަހުން ލިއާ އެއްބަސްވުމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ކައިރާ ހިތްހަމަޖެހުނެވެ. “އެކަމާ ވޮރީ ނުވެބަ…އަހަރެން ފައިވް އެހާއިރު ކާރު ފޮނުވާނަން…އޭރުން ތި ޑްރެސްއާއި އެއްޗެހި ހިފައިގެން އާދޭ މިގެޔަށް…” ކައިރާ ވާހަކަ ދެއްކިއެވެ. ލިއާ އެއްބަސްވީ އިތުރުގޮތެއް ނެތިގެންކަހަލަ ގޮތަކަށެވެ.
ސޯފާއަށް ވެއްޓިގަނެގެން ލޯ މަރައިގެން އޮތް ކައިލްއަށް ލޯ ހުޅުވާލެވުނީ މޭމަތީ އޮތް ފޯނު ވައިބްރޭޓްވުމުންނެވެ. އޭނާ ފޯނު ނަގާ ބަލާލިއިރު މެސެޖުކޮށްފައިވަނީ ލިއާއެވެ. “އައިލް ކަމް…” މެސެޖު ކިޔާފައި ކައިލްގެ މޫނުމަތިން ފާޅުވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ލިއާ އެއްބަސްވާނެކަން މާކުރިންވެސް ކައިލްއަށް އެނގޭކަހަލައެވެ. ފޯނު ހިފައިގެން ތެދުވެ ގޮސް ކޮޓަރިއަށް ވަންނަމުން ކައިރާއަށް ގުޅާލިއެވެ.
ފަސްގަޑި ބައިވިއިރު ލިއާ ހުރީ ކައިރާމެން ގޭގައެވެ. ކައިރާގެ ގޭގެ ގެސްޓް ރޫމް ހީވަނީ ކުޑަވަރެއްގެ ބިއުޓީ ސެލޫނެއްހެންނެވެ. އެރަށުގެ މަޝްހޫރު ސެލޫނަކުން ފޮނުވާފައިވާ ތިންވަރަކަށް އަންހެންކުދިން ތިއްބެވެ. ކައިރާ އެއްތަނުން އަނެއްތަނަށް ދުވެލަ ދުވެލާ އުޅެއެވެ. ލިއާ އަންނަމުން އައީ ފެންވަރައިގެންކަމުން އޭނާއަށް ފެންވަރާކަށް ނުޖެހުނެވެ. އެހެނަސް ކައިރާގެ އެދުމުގެ މަތިން ލިއާ ކައިރާގެ ކޮޓަރިއަށް ދިޔައެވެ. އޭރު ކައިރާގެ މަންމަ ސެލޫނުން އައިސް ތިބި ކުދިންނަށް ސައި ދިނުމަށްޓަކައި ގެންދިޔައީއެވެ.
ހުދާއި ބެއިޖްކުލައިން ފަރުމާކުރެވިފައިވާ އެކޮޓަރި ހީވަނީ ރަސްދަރިކަނބަލެއްގެ ކޮޓަރިހެންނެވެ. ލިއާ ދިރިއުޅެމުންދާ ގޭގެ ބޮޑުމިން އެކަނި އެކޮޓަރީގައިވެސް ވެއެވެ. އަލަމާރީގެ ބަދަލުގައި ހުރީ ކަހާލެވޭ ދޮރުފަތެކެވެ. ފާރުގައި ހުރި ސްވިޗަކަށް އޮބާލުމާއެކު އެ ދޮރު ކެހިއްޖެއެވެ. ކައިރާ އެތެރެއަށް ވަންނަމުން ލިއާއަށް ގޮވިއެވެ. ލިއާ ގޮސް ކައިރާ ފަހަތުން އެތަނަށް ވަނީ އާޝޯހުވެފައި ހުރެއެވެ. ކުޑަވަރެއްގެ ހެދުން ފިހާރައަކަށް ވަދެވުން ކަހަލައެވެ.
“ސީ މައި ޑްރެސް…!” ކައިރާ އުފާވެފައި އޭނާ ހަފްލާއަށް ލާންއޮތް ހެދުން ދައްކާލިއެވެ. ލިއާ ހިނިތުންވެލަމުން ވަރަށް ރީއްޗޭ ބުނެލީ ހަގީގަތުގައިވެސް އެ ހެދުން ރީތިވީމައެވެ. މާމެއިޑް ބައްޓަމަށްވާ ސޭޖް ގްރީންކުލައިގެ އެ ހެދުމުގެ ފަސްބައި އިނީ ފުޅާކޮށެވެ. ހެދުމުގެ ކުރު އަތާއި އެކު ފެށިގެން ފަސްބަޔާ ހަމަޔަށް ވިދާ އެސްތަކުން ޖަރީކޮށްފައިވެއެވެ. އެ ހެދުމާއެކު ބޮލުގައި ޖަހަން އިން ބްރޫޗްވެސް ކައިރާ ދައްކާލިއެވެ.
“އިޝާންވެސް ލަނީ މިކުލައިގެ ސޫޓެއް…” ފޮނިވެލާފައި ކައިރާ ހެދުން ހަރުގައި އަޅުވާލަމުން ކްލޯސެޓް ތެރެއިން ނިކުތެވެ. އޭނާ ފަހަތުން ލިއާ ނިކުތުމުން، ކޮޓަރީގައި ހުރި ބެއިޖްކުލައިގެ ސޯފާގައި ލިއާ ބައިންދާފައި ކައިރާ ފާހަނައަށް ވަނީ ފެންވަރާށެވެ.
ހަތެއް ޖަހަންވީއިރު ސެލޫނުން އައިސް ތިބި ކުދިން އެކުދިންގެ މަސައްކަތް ފަށައިފިއެވެ. ކައިރާ ހެދުން ލައިގެން އައުމާއެކު އެތަނުން އެއްކުއްޖަކު ކައިރާގެ އިސްތަށިގަނޑު ހަދައިދެންފެށިއެވެ. ކައިރާ އެދުނީ އިސްތަށިގަނޑުގެ ގުދުރަތީކަން ނުގެއްލޭ ގޮތަށް އާދައިގެ ގޮތަކަށް ބެހެއްޓުމަށެވެ. އޭރު އެކަކު ލިއާގެ މޭކަޕް ކުރުމުގައި އުޅެއެވެ. މޫނުގައި ހާކަމުން ދިޔަ ފިހިތަކުންނާއި ކުލަތަކުން ލިއާ އިނީ އުނދަގޫވެފައެވެ. އޭނާއަކީ ދުވަހަކުވެސް މިކަހަކަ މޭކަޕެއް ކުރި މީހެއް ނޫނެވެ.
ކައިރާގެ އިސްތަށިގަނޑު ހަދާ ނިމުމުން އެކުއްޖާ ދެން އައީ ލިއާގެ ގާތަށެވެ. އޭރު ލިއާގެ މޭކަޕްކޮށް ނިމިއްޖެއެވެ. ފަނަރަ ވަރަކަށް މިނެޓްތެރޭ އެކުއްޖާ ރީތިގޮތަކަށް ލިއާގެ އިސްތަށިގަނޑު ހަދާލިއެވެ. އޭރު ކައިރާ ނިމިގެން ހުރީ ލިއާއަށް ބަލާށެވެ.
“ޑަން…! ޔޫ ލުކް ބިއުޓިފުލް…!” އެކުއްޖާ ދުރަށް ޖެހިލަމުން ލިއާއަށް ބަލާލީ ހިނިތުންވެލަމުންނެވެ. ލިއާ ކައިރާއަށް ބަލާލުމާއެކު ކައިރާ އިޝާރަތްކުރީ ތެދުވުމަށެވެ. ލިއާ މަޑުމަޑުން ތެދުވުމުން ކައިރާ ލިއާގެ އަތުގައި ހިފައިގެން ދިޔައީ ލޯގަނޑު ކައިރިއަށެވެ. ހިތް ފިނިވެފައި ހުރެ ލިއާ އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ލޯގަނޑުން ފެންނަމުން ދިޔައީ އޭނާކަން ގަބޫލެއް ނުކުރެވުނެވެ. މޫނުގެ އަސްލު ނުގެއްލޭނެހެން ކޮށްފައިވާ ނެޗުރަލް މޭކަޕްގަވެސް އޭނާ މުޅިން އެހެން ކުއްޖެއް ފަދައެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ރީތިކަން އިހުސާސްވިކަހަލައެވެ. ކައިރާ ހުރެފައި އޭނާ އާއި ލިއާ އަރާނެހެން މިރަރ ސެލްފީއެއް ނެގިއެވެ.
ގަޑިތަކުން އަށެއް ޖެހިއިރު ހަފްލާއަށް ދައުވަތު ދެވިފައިވާ މެހެމާނުންތައް އަންނަމުންދިޔައެވެ. ކޮންމެ މީހަކުވެސް ހީވަނީ އަނެކާއާއި ވާދައަށް ހެދުން ލައިގެން ހުރިހެންނެވެ. މީހަކަށް ދޫކުރާނެ މީހެއް ނެތެވެ. ހެދުންތަކުގެ އިޝްތިހާރެއް ފަދައެވެ. ކައިލް އޭނާގެ ބައްޕަ އާއި އާލިކް ކައިރި ހުރިއިރު ކައިރާގެ ބައްޕަ އާމިރުވެސް ހުރީ އެތަނުގައެވެ. ވާހަކައިގަ ތިބެފައި ކައިލް ހިނގައިގަތީ އިޝާން ގޮވާލުމުންނެވެ. އޭރު ކްލާސް ފިރިހެންކުދިން ގާތު އިޝާން އާއި އަނަފްވެސް ހުއްޓެވެ. ކައިލް އައިސް ހުއްޓުމާއެކު އެމީހުން ތައުރީފުގެ ބަސްތައް އޮއްސާލިއެވެ. ކައިލްގެ ފުރިހަމަ ކަމުންނެވެ. ބައެއް ކުދިން ތިބެފައި ބުނާ ލާނެއް އެއްޗެހިން ކައިލް ނުހޭން ހުއްޓަސް ހިނިއާދެއެވެ.
“މައި ގޯޑް އިޒް ދެޓް ލިއާ…؟”
“އިޒް ދެޓް ދަ ސްކޯލާރޝިޕް ސްޓޫޑެންޓް…؟ ނޯ ވޭ…”
“ޝީ ލުކްސް……ސޯ ބިއުޓިފުލް…!”
ކައިލްއަށް ކުއްލިއަކަށް ފަހަތަށް އެނބުރެވުނީ ގާތުގައި ތިބި ކްލާސް ފިރިހެންކުދިންގެ ކަޅި އެދިމާލަށް ހުއްޓިފައިވުމުންނެވެ. އެމީހުން ކިޔަމުންދިޔަ އެއްޗެހި އަހާފައި ކައިލްގެ ހަށިގަނޑުގެ ލޭހޫނުވި ކަހަލައެވެ. ނަމަވެސް ވަންނަން ހުރި ދޮރާއި ދިމާލަށް ދިން އެންމެ ނަޒަރަކުން އޭނާ ހުއްޓުން އެރިއެވެ. ހިތުގެ ހިނގުންވެސް މަޑުޖެހުނެވެ. ވަށައިގެންވި އެހެން ހުރިހާކަމެއް އެ ލޮލަށް ފަރުދާވިކަހަލައެވެ. އެސްފިޔަ ޖަހާލަންވެސް ކައިލް ހަނދާންނެތުނެވެ. ގާތުގައި ތިބި އެކުވެރިން ކިޔަމުން ދިޔަ އެއްޗެއްވެސް އޭނާއަށް އަޑުނީވޭ ކަހަލައެވެ. މިވަގުތު ކައިލްގެ ނަޒަރުގައި އެތަނުގައި ދިރިހުރި މީހަކަށް ހުރީ ލިއާ އެކަނިކަހަލައެވެ. އޭނާ ހޭވެރިކަން ވީ އިޝާން ހޭންފެށި އަޑަށެވެ.
“އައި ތިންކް ޔޫ ފޮގޮޓް ހައު ޓު ބްރީތް…!” އިޝާން ހެމުން ހެމުން ބުނެލިއެވެ. ހަމަބިމަށް އާދެވުނު ކައިލްގެ ނަޒަރު ލިއާއިން ވަކިނުވިއެވެ. “ޝީ ލުކްސް…ސޯ ބިއުޓިފުލް…!” ކައިލްގެ ދެތުންފަތުން ނިކުތެވެ. އިރުކޮޅަކު ބަލަން ހުރެފައި އޭނާއަށް ލިއާ ކައިރިއަށް ހިނގައިގަނެވުނެވެ.
ކްރިސްޓެލް ޗާންދަލިޔާތަކުން ދިއްލާއަޅާފައިވާ މުޅި އެ ބޯލްރޫމްގެ މާހައުލު ފެންނަނީ ރަން އަލިން ވިރުވާއަޅާފައިވާހެންނެވެ. ކޮންމެ ކަނަކުން ފެންނަމުން ދިޔައީ ހައިބަތުހުރި ޝާހީ ހެދުންތަކުގައި ހަރަކާތްތެރިވާ މީހުންނެވެ. ލިއާއަށް އެ މަންޒަރުތަކަށް ބެލުން ދަތިވެ އިސްޖަހާލެވުނީ މިއީ އޭނާއާއި އެކަށީގެންވާ މާހައުލެއް ނޫންކަން ސިކުނޑިން އިންޒާރުދެމުން ދާތީއެވެ. ލިއާއަށް ލައިގެންހުރި ހެދުމުގައި ހިފާލެވުނެވެ. މީހުން ބަލާވަރުންވެސް އޭނާ ހުރީ ހިތްބިރުގަނެފައެވެ. އެވަގުތު އެ މާހައުލުގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ލިއާއަށް ކަހަލައެވެ.
ލިއާ ހުރީ ހަނދުވަރުދޭ ރޭގަނޑެއްގެ ރީތިކަން ސިފަވާފަދަ، ބިމުގައި ކޭއްތޭވަރުގެ ކަޅުކުލައިގެ ބޯލްގައުންއެއްގައެވެ. ލިއާގެ ލޫޅާފަތި ހަށިގަނޑަށް ހެޔޮވަރު، އެ ހެދުމުގެ މަތީބައި ފަރުމާކޮށްފައިވަނީ ބަބުޅާ ކަޅުކުލައިގެ މުތީތަކާއި ފަންނުވެރި އެމްބްރޮއިޑަރީ މަސައްކަތުންނެވެ. އެ ފަރުމާ އަތުގެ ލޭސް ފޮތިގަނޑާއި ހަމަޔަށް ފެތުރިފައިވާއިރު އޭގައިވާ ވިދާ ބަބުޅާ ކުރެހުންތަކުން ނުހަނު ފުރިހަމަގޮތެއް ދައްކުވައިދެއެވެ ހެދުމުގެ ކަރުވަޅުން ތިރި، މަޑު ފޮތީގެ ފަށަލަތަކުން ފަރުމާކޮށްފައިވާއިރު އޭގައިވާ ރިހިކުލައިގެ ކުރެހުންތަކުން ސިފަކޮށްދޭ ދޫނިތައް ލިއާއަށް ގެނެވޭ ހަރަކާތްތަކާއެކު، ބޯލްރޫމްގައިވި ލައިޓްތަކުގެ އަލިން ވިދަމުންދިޔައެވެ. އެ ރާޅުބާނި އިސްތަށިގަނޑު ވަނީ ނުހަނު ރީތިގޮތަކަށް ހުޅިއަކަށް ވާހެން މައްޗަށް އައްސާލާފައެވެ. ކަންފަތުގައި ލާފައި އިން ދޫނި ފިޔައިގެ ބައްޓަމަށްވާ އެތިކޮޅާއެކު ކަރުގައިވި ވިދާ ފަށުން އެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
ކައިލް ލިއާއާއި ދިމާލަށް އަންނަން ފެށުމުން ލިއާ ނުތަނަވަސްވެފައި ހުރެ ދެވަނަ ސިކުންތުގައި މޫނުގައި ސުވާލުމާކެއް ޖެހުނީ ކައިލްގެ ސޫޓް ފެނިފައެވެ. އޭނާގެ ނަޒަރު ހުއްޓުނި ކައިލްގެ ސޫޓްގެ ޖީބުގައިވާ ރިހިކުލައިން ފަރުމާކުރެވިފައިވާ އެމްބްރޮއިޑަރީ ދޫނިފެނިފައެވެ. ނޭވާ ހިފެހެއްޓިގެން އައުމާއެކު ލިއާއަށް އަމިއްލަ ހެދުމަށް ބަލާލެވުނެވެ. އެ ހެދުމުގެ ފަސްބައިގަވާ ރިހިކުލައިގެ ދޫނިތަކާއި ކައިލްގެ ސޫޓްގައިވާ ދޫންޏާއި އެއްވެސް ތަފާތެއް ނެތެވެ. ލިއާ ނޭވާ ލާން ހަނދާން ނެތުނެވެ. “ދޭ މެޗް…!” ލިއާގެ ހިތުގެ އަޑު އިވުނެވެ. ގަބޫލުކުރަން ދަތިވެފައިހުރެ އޭނާއަށް އެއްފަހަރު ކައިލްއަށް އަނެއްފަހަރު ލައިގެން ހުރި ހެދުމަށް ބެލުނެވެ. ކައިލް މި ހެދުން ދިނުމުގެ މަގްސަދު އޭނާއަށް ނަގައިގަނެވުނީ އަދި ކިރިޔާއެވެ. ކައިލް އޭނާއަށް އެ ދިނީ ކައިލްގެ ސޫޓާއި ގުޅޭނެފަދަ ހެދުމެކެވެ. ބްލަޝް އިން ފަވާލާފައިވާ ލިއާގެ ކޯތާފަތް އިތުރަށް ކުލަގަދަވެގެން ދިޔައީ އެވަގުތު އެދެމީހުންނަށް ހުއްޓިފައިވާ ނަޒަރުތައް ފެނިއެވެ. އެތަނުގައި ވީހާ ބައެއްގެ ނަޒަރު ވަނީ އެ ދެމީހުންނަށެވެ.
ލިއާ ގާތަށް އައިސް ހުއްޓުނު ކައިލް ފެނި އެންމެންގެ ލޯތައް ބޮޑުވެގެން އައީ ލިއާއާއި ކައިލް އެ ހަފްލާއަށް ހެދުން އަޅާފައިވާގޮތް ގުޅިފައިވާ ވަރުންނެވެ. ކަޅުކުލައިގެ ހެދުމުގައި ދެމީހުން ތިބިއިރު ފެންނަމުން ދިޔައީ ސިއްރުވެރިކަމާއި، ޝާހީ ރީތިކަމުގެ ނަމޫނާއެއްގޮތުގައެވެ. ކަޅުކުލައިގެ ފުރިހަމަ ތްރީޕީސް ސޫޓެއްގައި ކައިލް ހުރިއިރު އޭގެ ފުރިހަމަކަމުން ކައިލްގެ ހައިބަތު އިތުރުކޮށްދެއެވެ. ސޫޓުގެ ކަޅުކުލައާއި، އެތެރެއިން ލައިގެން ހުރި ހުދު ގަމީސް ނުހަނު ގުޅެއެވެ. ކަރުގައި ބައްދާލާފައިވާ ކަޅު ޓައީއިން ކައިލްގެ ފިރިހެންވަންތަކަން އިތުރުކުރުވައެވެ. ލިއާގެ ހެދުމުގައި ވާ ފަދައިން ސޫޓްގެ ޖީބުގައިވާ ރިހި ދޫނީގެ ކުރެހުމުން އެ ސޫޓަށް އުނިކަމެއް ނާންނަފަދަ މުއްސަނދިކަމެއް ގެނެސްދޭކަހަލައެވެ. ކަޅުކުލައިގެ އޮފިޝިއަލް ބޫޓަކަށް އަރައިގެން ހުރިއިރު އެ ބޫޓުވެސް އޮމާންކަމުން ވިދައެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރިއިރު ކައިލްގެ ކިބައިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތްގައިމުކަމާއި ފިރިހެންވަންތަކަމެވެ.
ލިއާގެ ކުރިމަތީ ހުއްޓިލައިގެން ހުރިއިރު ކައިލްގެ ކިބައިން ފެންނަނީ ހަމަހިމޭންކަމެވެ. އެ ހާއްސަ ނަޒަރު ލިއާއަށް ހުއްޓިފައިވާއިރު ވަށައިގެންވާ އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތްކަހަލައެވެ. ނަމަވެސް ހިތުގައިވަނީ ބަޔާންކުރަންދަތި އެތައް އިހުސާސެކެވެ. ހުއްޓިފައިވާ ނަޒަރުތަކުން ފުރަތަމަ ފަހަރަށް ކައިލްއަށް އުފާވެރިކަން އިހުސާސްވިއެވެ. މިއީ ކައިލް ބޭނުންވާ ގޮތެވެ. ކައިލްގެ ހިތް އެދޭ ގޮތަކީ އެންމެންނަށް، އޭނާއާއި ލިއާއާއެކު ފެނުމެވެ. އެ ދެމެދުގައިވާ ގުޅުމާމެދު އެންމެންގެ ހިތްތަކުގައި ސުވާލު އުފެދުމެވެ. ފަހަރެއްގައިވެސް އޭނާ އެއްވެސް މީހެއްގެ ސަމާލުކަން ބޭނުންވާތީއެއް ނޫނެވެ. ނަމަވެސް ލިއާއާއި އެކު ފެންނަ ހަމައެކަނި ފިރިހެނަކީ އޭނާކަމުގައި ވާން ބޭނުންވަނީއެވެ. ދުނިޔެއަށް ލިއާއަކީ އޭނާއާއި ގުޅުމެއް އޮތް ފަރާތެއްކަން އަންގަން ބޭނުންވަނީއެވެ.
އެތަނުގައިވި ގިނަ މީހުންގެ ނަޒަރުގައި ކައިލްއާއި ލިއާ ފެންނަމުން ދިޔައީ ނުހަނު ގުޅޭ ޖޯޑެއް ގޮތުގައެވެ. ކައިލް ހިތާއިހިތުން އެދެވެމުން ދިޔައީ އެންމެންގެ އެ ހިޔާލު ހަގީގަތަކަށްވުމަށެވެ. ލިއާ އަކީ ހަމައެކަނި އޭނާގެ މީހަކަށް ވުމަށެވެ.
“އައި ޑޯންޓް ހޭވް ދަ ރައިޓް ވޯރޑްސް ޓު އެކްސްޕްލެއިން ހައު ބިއުޓިފުލް ޔޫ ލުކް…!” ލިއާއަށް އަޑުއިވޭވަރަށް ކައިލް ބުނެލިއެވެ. ލިއާއަށް އިސްޖަހާލެވުނު އިރު އޭނާ ލަދުން މަރުވަނީއެވެ. އޭނާ ބޭނުންވެފައި ހުރީ މި އެންމެންގެތެރެއިން ފިލުމަށެވެ.
“މޭ އައި…؟” ކައިލް އޭނާގެ އަތް ދިއްކޮށްލަމުން ބުނެލިއެވެ. ލިއާއަށް އެ އަތަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އޭނާ މިވަގުތު އެ އަތުގައި ހިފައިފިނަމަ މީހުންގެ ސަމާލުކަން އިތުރުވާނެއެވެ. އެކަމަކު ނުހިފައިފިނަމަ މި އެންމެންތެރޭ ކައިލް ލަދުގަންނުވާލެވުނީއެވެ. ހަދާނެ ގޮތެއް ނޭނގިފައި ލިއާ އެންމެފަހުން ކައިލްގެ އަތުގައި އަތް އަޅުވާލިއެވެ. ކައިލްގެ މޫނުމަތިން ފާޅުވި ފިރިހެންވަންތަ ހިނިތުންވުންފެނި ބަލަންތިބި އަންހެންކުދިންގެ ހިތްތައް ކަތިލެވުނުކަހަލައެވެ.
އެއްދިމާލެއްގައި މަޑުކޮށްލައިގެން ހުރި އަލީޝާގެ މޫނު ފުފިފައިވަނީ އައިސްފައިވާ ގަދަ ރުޅިންނެވެ. ލިއާއާއި ކައިލް ލާފައިވާ ގުޅޭ ހެދުންތަކާއި، ކައިލް ލިއާއަށް ދޭ ހާއްސަ ނަޒަރުން އެހިތުގައި ގަދަ ވޭނެއް އަޅަމުން ދިޔައެވެ. އަތްތިލަ މުއްކަވާލެވިފައިވާއިރު އޭނާ ދިޔައީ ފުން ނޭވާތަކެއް ދޫކުރަމުންނެވެ. ލިއާ އާއި ކައިލްގެ ގުޅިފައިވާ އަތަށް ނަޒަރު ހުއްޓި ހިތަށް އިހުސާސްވީ ތޫނު ތަދެކެވެ. މީގެ އިރުކޮޅެއް ކުރިން އޭނާ ވަދެގެން އައި އިރު އަމާޒުވި ނަޒަރުތަކުން އިހުސާސްވި ފަހުރުވެރިކަން ފަނޑުވެއްޖެއެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ އޭނާ ލިއާއަށްވުރެ ހާސްބައި ރީއްޗެވެ. ވައިން ރެޑްކުލައިގެ އަތް ނެތް ދިގު ހެދުމުގައި ހުރިއިރު ހެދުމުގެ މޭމަތިވަނީ ގަޔަށް ހިފިފައެވެ. ހެދުމުގެ އަރިމަތިން ފަލަމަސްގަނޑާއި ހަމަޔަށް ފަޅާލާފައިވީއިރު ފައިގެ ބޮޑުބައެއް ވަނީ ހާމަޔަށެވެ. އެ ބުޅި އިސްތަށިގަނޑު ހުޅިއެއް ޖަހާލާފައި ވާއިރު ހުޅިން ދޫވެފައިވާ ބުޅިއިސްތަށިކޮޅުތައް އެ ދޮން މޫނުގައި ބީހެމުންދިޔައެވެ. ބަލާލަން ކިތައްމެހާވެސް ރީއްޗެވެ. ގާތުގައި ތިބި މިޝާ އާއި އީފާވެސް ތިބީ ރަތްކުލައިގެ ދިގު ހެދުމުގައެވެ. ނަމަވެސް އަލީޝާގެ ރީތިކަން އެކުދިންނަށްވުރެ އެތައްގުނަ އިތުރެވެ. އެވަރުންވެސް އޭނާ ހިތް އެދޭ ފަރާތުގެ އެންމެ ނަޒަރެއްވެސް ނުލިބުނެވެ.
ލިއާ ގޮވައިގެން ގޮސް ކައިލް ހުއްޓުނީ ކައިރާއާއި އިޝާންތިބި މޭޒު ކައިރިއަށެވެ. ލިއާ އަތުގައިވި ޓިޝޫއިން އަނގަމަތީ ޖައްސާލައިގެން ހުރީ މީހުންގެ ބެލުންތައް އަމާޒުވާވަރުން އުނދަގޫވެގެންނެވެ. އޭރުވެސް ކައިލްގެ ނަޒަރު ވަކިނުވާތީ އެފަކީރު ލަދުން މަރުވަނީއެވެ. އިޝާން އާއި ކައިރާ ތިބީ ލާނެއް ގޮތަކަށް ހެވިފައެވެ.
“ކައިލް…!” އެންމެފަހުން ނުހުރެވިގެން ލިއާއަށް ގޮވާލެވުނެވެ. ކައިލް އެއްމިޔަކަނުން ހިނިތުންވެލަމުން ލިއާގެ ކައިރިއަށް ޖެހިލިއެވެ. “ކީއްކުރާނީ…؟ މި ދެލޯ ހަމަ ކިޔަމަން ނުވަނީ…!” ކައިލް ބުނެލީ ހަމައެކަނި ލިއާއަށް އަޑުއިވޭވަރަށެވެ. ވަށައިގެން ތިބި އެކަކަށްވެސް އޭނާ ސަމާލުކަމެއް ނެތްކަހަލައެވެ.
މޫނުމަތީގައި އަތް އެޅިއިރު ލިއާގެ ހިތްވަނީ އެތައް ޖަޒުބާތަކުން ފުރިފައެވެ. ދެމީހުންނާއި ގުޅޭނެ ގޮތަށް ކައިލް ހެދުންތައް ކަނޑައެޅުމުން ކައިލްގެ މަގުސަދު ލިއާއަށް ދޭހަވިއެވެ. އޭނާ ދުރުވާން މަސައްކަތްކުރާއިރު ކައިލް އެ ބަލަނީ އޭނާ ގާތްކުރެވޭތޯއެވެ. މިރޭވެސް އޭނާގެ އަތުގައި ހިފައިގެން އައި އިރު ވަށައިގެން ތިބި މީހުންނަށް ލިއާއަކީ ކައިލްގެ ހައްގެއްކަން އަންގާލަދިންކަހަލައެވެ. “ދިސް ނީޑްސް ޓު ސްޓޮޕް…!” ކަންބޮޑުވެފައިވާ ލިއާގެ ހިތުގެ އަޑު އިވުނެވެ.
ކައިރާ ހުރެފައި ދިޔައީ އޭނާ ސްޓޭޖަށް އަރާ ވަގުތު ޖެހުމުންނެވެ. ހަފްލާ ހޯސްޓް ކުރަނީ އޭނާގެ އިތުރުން ގްރޭޑް ބާރައިގެ ދަރިވަރެކެވެ. ލިއާގެ ސަމާލުކަން ކައިރާއަށް ހުއްޓާލިއެވެ. އޭނާގެ ނަޒަރުގައި ކައިލްގެ ބައްޕައާއި ބޭބެ އަޅައިގަތުމުން ފިނިވާގޮތްވިއެވެ.
އާމިރު ވާހަކަ ދައްކަން އެރުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ އޭނާއަށެވެ. އާމިރުގެ ވާހަކަތައް ބޮޑަށް ހުރީ ފާއިތުވާ ކޮންމެ އަހަރަކާއެކު ސުކޫލަށް ލިބެމުންދާ ކުރިއެރުންތަކަށް އަލިއަޅުވާލާފައެވެ. އަދި ހަމަ ސްކޫލްގެ މައި ބާނީ ކަމުގައިވާ އަމީރު އަޙުމަދުގެ ހަނދާންތައްވެސް އާކޮށްލެވުނެވެ. އާމިރަށްފަހު އަކީލްވެސް ވާހަކަ ދެއްކިއެވެ. ވާހަކަ ދައްކަމުން ދާއިރު އަކީލްގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަވެއެވެ. އެއަށްފަހު ސްކޫލާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލެވުނެވެ. ހަފްލާގެ ބިލެއް މީރުކޮށްލުމަށް އިންސާފުކުރެވެން ފެށުނީ ޝަރަފުވެރި މެހެމާނުގެ ވާހަކަކޮޅަށްފަހުއެވެ. އެވަގުތު މާހައުލު ގުގުމާލީ ހިމޭން މިއުޒިކެއްގެ އަޑުންނެވެ. ދިއްލިފައިވާ ލައިޓުތައްވެސް ފަނޑުވިއެވެ.
ލިއާގެ އަތުގައި ހިފައިގެން ކައިލް ހިނގައިގަތުމާއެކު ފަހަތުން އިޝާން އާއި ކައިރާވެސް ދިޔައެވެ. ކައިލް ދިޔައީ ބުއިންތައް އަތުރާފައި ހުރި މޭޒާއި ދިމާލަށެވެ. އެވަގުތު އައި ނައި ގޮތެއް ނޭނގި ހަފްލާގައި ހަރަކާތްތެރިވަމުން ދިޔަ ފޮޓޯގްރާފަރެއް ކުރިމައްޗަށް އެރިއެވެ.
“މޭ އައި…؟ ޕްލީޒް…!” އެމީހާ ކެމެރާ ދައްކާލަމުން ކައިލް ގާތު އެދުނެވެ. ކައިލް ބަލާލީ ލިއާއަށެވެ. ލިއާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެފަހުން ކައިލް ވާހަކަ ދެއްކުމާއެކު ކައިރާ ހުރެފައި ލިއާގެ ކޮނޑުގައި ޖަހާލިއެވެ. އިތުރުގޮތެއް ނެތިގެންކަހަލަ ގޮތަކަށް ލިއާ އެއްބަސްވިއެވެ. އެވަގުތު ކައިލް އޭނާގެ ފޯނު އިޝާންއަތަށް ދިނެވެ. އިޝާންއަށް ކައިލް ބޭނުންވާ ކަންތައް ދޭހަވެ ފޯނުން ކެމެރާ ޖައްސައިގެން ގޮސް ފޮޓޯގްރާފަރ ކައިރިއަށް ހުއްޓުނެވެ.
އެމީހާ ދިޔައީ ކައިރާއާއި އިޝާންގެވެސް ފޮޓޯ ނަގާފައެވެ. ލިއާ ހަމަޖެހެން މަސައްކަތްކުރިއެވެ. އެހެނަސް އޭނާ މިރޭ ކޮންމެކަމެއް ކުރިޔަސް މީހުންގެ ނަޒަރުތައް ނުހުއްޓޭ ގޮތެއް ނުވިއެވެ. ކައިލް އައިސް ޑްރިންކްތައްޓެއް ދިއްކޮށްލުމުން ލިއާ އޭގައި ހިފިއެވެ. އޭރު ކައިރާ އާއި އިޝާންވެސް ވާހަކައިގަ ތިބެގެން އައެވެ. ވަގުތު ހޭދަވެގެން ދިޔައިރު ގިނަ ވަގުތު ހޭދަވެގެން ދިޔައީ ކައިރާ ނަގަމުން ދިޔަ ސެލްފީތަކުގައި ބައިވެރިވުމުގައެވެ. ލިއާ ހުރީ ގިނަވަގުތު ހިމޭންވެފައެވެ. ހިނިތުންވެލަނީ ގަދަކަމުންނެވެ.
އާމިރު ގޮވާލުމުން ކައިރާ ދިޔައެވެ. ކައިލްއާއި އިޝާންވެސް އެމީހުންގެ ރަހުމަތްތެރިންތަކެއް ގޮވާލުމުން ދިޔައީއެވެ. ކައިލް ދަމުން ދިޔައީ ލިއާ ގާތު ހަމަޖެހިލައިގެން ހުރުމަށް ބުނެފައެވެ. ލިއާ ހުރީ އެކަނިވުމުން ފިނިވާގޮތްވެފައެވެ. އެކި ދިމަދިމާލުން ފެންނަމުން ދަނީ ވާހަކައިގަ ތިބޭ ގްރޫޕްތަކެވެ. މާހައުލުގައި ގުގުމާލާފައިވާ މަޑު މިއުޒިކްގެ އަޑުން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ފުރުސަތަކަށް ބަލަބަލާހުރި އަލީޝާ، ވަގުތުން ލިއާ ގާތަށް މިސްރާބުޖެހިއެވެ. މިފަދަ ފުރުސަތަކަށް އޭނާ އިންތިޒާރުކުރާތާ އެތައް އިރެއް ވެއްޖެއެވެ. މީޝާ އާއި އިފާ މިފަހަރު މަޑުކުރީ ކުޅި ބަލާށެވެ.
“އައި ހެވް ޓު އެޑްމިޓް……” ލިއާއަށް ސިހިފައި ބަލާލެވުނީ ގާތުން މީހަކު ވާހަކަ ދެއްކި އަޑަށެވެ. ގާތުގައި ހުރި އަލީޝާ ފެނިފައި ލިއާގެ ހިތް ނުބައިގޮތަކަށް ތެޅިގަތެވެ.
“…ޔޫ ރިއަލީ ނޯ ހައު ޓު މޭކް ޔުއަރސެލްފް ލުކް ލައިކް ޔޫ ބިލޯންގް…!” އަލީޝާ ބުނަން އުޅުނު ޖުމްލަ ފުރިހަމަކޮށްލަމުން ނުލަފާ ހިނިތުންވުމާއެކު އަތުގައިވި ޑްރިންކްތަށިން އެތިފޮދެއް ބޯލިއެވެ. ލިއާ ހުރީ މަޑުންނެވެ. އޭނާގެ ނަޒަރު ހުރީ ތިރިއަށް ހުއްޓިފައެވެ. އަލީޝާ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“ކިތައްމެ ރީއްޗަށް ހެދުން އެޅިޔަސް…، ތީ ކައިލްގެ ދުނިޔެއާއި އެކަށީގެންވާ މީހެއް ނޫން…” އަލީޝާ ބުނެލީ ލިއާގެ ގާތަށް ޖެހިލަމުންނެވެ. އެ އަޑުގައިވާ ނަފްރަތު ސާފުކޮށް ހާމަވެއެވެ. ލިއާ ހަނުހުރީއެވެ. ހިތަށް ދަތިކަން ލިބުނަސް އޭނާ އަލީޝާއާއި އެއްފެންވަރަކަށް ވެއްޓޭކަށް ބޭނުމެއް ނޫނެވެ.
“ހީކުރީތަ ތިހެން ހެދުން އަޅައިގެން ކައިލް ހައްލާލެވޭނެޔޭ…؟ ޔޫ ރިއަލީ ބިލީވް ސަމްވަން ލައިކް ޔޫ މެޗްސް ސަމްވަން ލައިކް ކައިލް…؟” އަލީޝާ ސިއްރުން ލިއާގެ ކަންފަތް ކައިރި ވާހަކަ ދެއްކީ ދުރުގައި ހުރި ކައިލްއަށް ނަޒަރެއް ދެމުންނެވެ.
ލިއާ އެންމެފަހުން އިސްއުފުލާލިއެވެ. އަލީޝާގެ މޫނުމަތީގައިވި ނުލަފާ ހިނިތުންވުމަށް ބަލަމުން ލިއާ ފިނި އަޑަކުން ވާހަކަ ދެއްކިއެވެ. “އައި ނެވަރ ސެޑް ދެޓް…!”
“އޯހ…؟” އަލީޝާ ބޮޑާކަމާއެކު ދެއަތް އުރާލިއެވެ. އެ ދޮންދޮން މޫނުމަތީ ހަރަކާތްތެރިވަމުންދާ ބުޅި އިސްތަށިކޮޅުގެ ސަބަބުން ނުރައްކާތެރި ކުއްޖަކާ ވައްތަރެވެ. “ދެން އެކްސްޕްލެއިން ދަ މެޗިން އައުޓްފިޓްސް…!” އަލީޝާ ލިއާ އާއި ނަޒަރު ވަކިކޮށްލުމެއްނެތި ވާހަކަދެއްކިއެވެ.
“ކައިލް އަހަންނަށް މި ހެދުން ގިފްޓް ކުރީ…!” ލިއާ ތެދުވެރިކަމާއެކު ބުނެލިއެވެ.
އަލީޝާ ގަނޑުވިކަހަލައެވެ. ދެއަތް ތިރިކޮށްލެވުނުއިރުވެސް އޭނާއަށް ރެއަކާނުލިއެވެ. އޭނާއަށް ހީވީ އެ ހިތުގައި މީހަކު ހިފާ ފިއްތާލީހެންނެވެ. ލިއާގެ ހަމަހިމޭންކަން ވެރިވެފައިވާ މޫނަށް ބަލަން އޭނާއަށް ހުރެވުނީ ކަޅިޖަހާލުމެއް ނެތިއެވެ. އިވުނު ބަސްތައް ހަޖަމްކުރަން ދަތިވެފައިވާކަހަލައެވެ. އެހެން އަޑުތައް ފަނޑުވެފައިވާއިރު ސިކުޑީގައި ގުގުމަމުން ދިޔައީ ލިއާ ފަހުން ބުނި ޖުމްލަ އެކަންޏެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ ހޭންފެށިއެވެ.
“ނައިސް ލައި…!” އަލީޝާ ހުނުން ނުހިފޭއްޓިގެން އުޅޭކަހަލަ ގޮތަކަށް ބުންޏެވެ. ލިއާ ނިތް އަރުވާލިއެވެ. އަލީޝާއަށް އެއީ ތެދެއްކަން ސާބިތުކޮށްދެން ހެކި ދައްކާ، ވަގުތު ބޭކާރުކުރާކަށް ލިއާ ބޭނުމެއް ނޫނެވެ. އެ މޫނުމަތީގައިވި އަސަރުތަކަށް ބަދަލެއް ނާދެއެވެ. އޭނާ ދުރުބަލާލިއެވެ.
އަލީޝާގެ ހުނުން ހުއްޓުނީ ހިތަށް އިހުސާސްވަމުން ދިޔަ ދަތިކަމުންނެވެ. އޭރު ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ކިތައްމެ ދެކޮޅު ހެދިޔަސް އޭނާގެ ހިތުން ލިއާ ބުނީ ތެދެއްކަމަށް ގަބޫލުކުރެވެއެވެ. ލިއާ ފަދަ ކުއްޖަކަށް އެފަދަ އަގުބޮޑު ހެދުމެއް ލިބޭނީ މީހަކު ދިނީމައެވެ. އަދި އޭގެ އިތުރުން އެ ހަފްލާ ފެށުނީއްސުރެ ކައިލް ލިއާއާއި މެދު އަމަލުތައް ބަހައްޓަމުން އައި ގޮތް އަލީޝާގެ ސިކުނޑީގައި ރޯލްވެލިއެވެ. އެވަގުތު ހަށިގަނޑުގައި ރުޅިވެރިކަމުގެ އަލިފާންހިފިކަހަލައެވެ.
“ތިބުނަނީ ކައިލް އަމިއްލައަށް ތި ދެމީހުންނަށް މެޗްވާ ހެދުން ގަނެދިނީއޭތަ…؟ ހީކުރަނީ ތިހެން ބުނެގެން އަހަރެން ގަބޫލުކުރާނެކަމަށްތަ…؟” ކަމުގެ ހަގީގަތް ފެންނަން އޮއްވާވެސް އަމިއްލަ ނަފްސަށްވެސް އޮޅުވާލަމުން އަލީޝާ ބުނެލިއެވެ. އެ އަޑުގައިވި ރުޅިވެރިކަން ސިއްރުކުރަން އޭނާ މަސައްކަތެއް ނުކުރެއެވެ.
ލިއާ ދެކޮނޑު އަރުވާލިއެވެ. “އައި ޑިޑިންޓް ނޯ އިޓް މެޗްޑް ހިޒް ސޫޓް އަންޓިލް އައި ވޯލކްޑް އިންޓު ދިސް އިވެންޓް…!” ލިއާ ބުނެލީ މަޑުމައިތިރިކަމާއެކުއެވެ. އަލީޝާއަށް ކަޅިޖަހާނުލާ ލިއާއަށް ބަލަން ހުރެވުނީއެވެ. ކައިލް އެފަދަކަމެއް ކޮށްފާނެ ކަމުގެ ހިޔާލުން އޭނާގެ ހިތް ދެފަޅިއަށް އިރައިގެން ދިޔަކަހަލަ އިހުސާސެއް ކުރެވުނެވެ. އޭގެން ބުނެދެނީ ކައިލްއަށް ލިއާ ހާއްސަވެފައިވި މިންވަރެވެ. އަލީޝާގެ ނަޒަރު މަޑުމަޑުން ރައްޓެހިންނާ ވާހަކަ ދައްކަމުންދިޔަ ކައިލްއަށް ހުއްޓުނެވެ. އެތަނުން މީހަކު ބުނެލި ވާހަކައަކަށް ކައިލް ހީލިއިރު އެ ފިރިހެންވަންތަ ހިނިތުންވުން ފެނި އަލީޝާގެ ހިތުގައި ރިއްސާލިއެވެ. މި ރީތިކަމާއި ފިރިހެންވަންތަކަން އޭނާއަށް މިލްކުވާނެނަމައެވެ. އެވަގުތު ގާތުގައި ހުރި ލިއާ އާއި ދޭތެރޭ އަލީޝާގެ ހިތް ހަސަދައިން އަނދައިގަތެވެ.
“ނޯ…!” ލިއާއަށް ބަލާލި އަލީޝާގެ ދެލޮލުގައި ހަސަދައިގެ އަލިފާން ހުޅުފަޅާ އަނދަމުން ދިޔައެވެ. “ކައިލް ވުޑް ނެވަރ ޑޫ ދެޓް…!”
“ހީ ޑިޑް…!” އެ ހިމޭންކަމުގައި ހުރެ ލިއާ ބުނެލިއެވެ. ކޮންމެ ފަހަރަކު އަލީޝާ އޭނާއަށް ނިސްބަތްކޮށް ހިތުހުރިހާ އެއްޗެއް ކިޔާއިރު ހިމޭނުން ހުރުމުގެ ބޭނުމެއް ނެތެވެ.
އަލީޝާގެ ލޮލުގައިވި ރުޅިވެރިކަމުގެ ހުޅު ފަޅައިގެން ދިޔައެވެ. އޭނާ ލިއާގެ އަތުހުޅުގައި ހިފިއެވެ. ލިއާއަށް އަޑެއް ލައްވާލެވުނީ އަލީޝާގެ ދިގު ނިޔަފަތިތައް އަތުގެ ހަން ފޫއަޅުވާލުމުން އިހުސާސްވި ތަދުންނެވެ. އޭނާ އަތް ތަޅުވާލި ވަގުތު އަލީޝާ ވާހަކަދައްކަން ފެށިއެވެ. “ލިސެން ކެއަރފުލީ ބިޗް…! ކައިލް ބިލޯންގްސް ވިތް ސަމްވަން ލައިކް މީ…! ކައިލް އާއި ގުޅެނީ އޭނާއާއި އެއްފެންވަރެއްގެ، އެ އާއިލާއާއި އެއްފެންވަރެއްގެ މީހަކާ…ތިކަހަލަ ތާކުން ތާކު ނުޖެހޭ ފަގީރަކާ ނޫން…! ބަލާލަން ރީތިނަމަވެސް ރަނގަޅޭ…އަގުބޮޑެތި ހެދުން ލުމަކުން ތިމާގެ ނެތް ރީތިކަމެއް ނުނިކުންނާނެ…! ހީ ޑަޒަންޓް ބިލޯންގް ވިތް ސަމް ސްކޯލަރޝިޕް ގާލް ހޫ ތިންކްސް އަ ޕްރެޓީ އެކްސްޕެންސިވް ޑްރެސް ޗޭންޖްސް ހޫ ޝީ އިޒް…!” ލިއާގެ އަތުން ލޭ ހިލުވާލާފައި އަލީޝާ އެ އަތުން ދޫކޮށްލިއެވެ. ލިއާއަށް ތަދުވެގެން އަނެއް އަތުން އެ އަތުގައި ހިފެހެއްޓުނެވެ.
“ވަޓްސް ރޯންގް ވިތް ޔޫ…؟ އަހަރެން ބުނެކިޔައިގެންނެއް ނޫނޭ ކައިލް މި ހެދުން ހަދިޔާކުރީކީ…!” ލިއާ އަތުގައި އަތް އަޅައިގެން ހުރެ ހިތްހަމަނުޖެހުމާއެކު ވާހަކަދެއްކިއެވެ.
“މޭބީ ނޮޓް…” ލިއާގެ ހިތްހަމަނުޖެހިފައިވާ މޫނަށް ބަލާލާފައި އަލީޝާ ނުލަފާ ހިނިތުންވުމެއް ދިނެވެ. “ބަޓް ޑޯންޓް ގެޓް ޓޫ ކޮމްފޮޓެބްލް…” އަލީޝާގެ މޫނުމަތިން އަނެއްކާވެސް ނުރައްކާތެރި ކުލަވަރެއް ފާޅުވިއެވެ. “ކިތައްމެ ރީތި އަގުބޮޑު ކިތައްމެ ހެދުމެއް ލިޔަސް، ޔޫ ވިލް ނެވަރ ބީ ދަ ގާލް ހޫ ބިލޯންގްސް ބިސައިޑް ކައިލް…!” އަލީޝާ އިންޒާރުގެ ރާގަކަށް ބުނެލިއެވެ. އަދި ލިއާގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ނަޒަރު ހިންގާލީ ފަކުރު އެއްޗަކަށް ބަލާފަދައަކުންނެވެ.
ލިއާ ހުރީ މަޑުންނެވެ. އަތުން ދިލަ ނަގަމުންދިޔައިރު ލިއާއަށް ހުރެވުނީ އަދިވެސް އަތުގައި ހިފަހައްޓައިގެންނެވެ. އިސްޖަހައިގެން ހުރިއިރު އޭނާގެ ސިކުނޑީގައި އަލީޝާ ބުނި ބަސްތައް ގުގުމަމުން ދިޔައެވެ. އަލީޝާ ކޮންމެހެން އެހެން ނުބުންޏަސް އޭނާ ހިތުގެ އަޑިންވެސް ގަބޫލުކުރަނީ އަލީޝާ ބުނި ފަދައިން ކައިލްއާއެކު ވުމުގެ ފެންވަރެއް ލިއާގެ ނެތްކަމުގައެވެ.
“އެވްރިތިންގް އޯކޭ ހިއަރ…؟” ފަހަތުން އިވުނު އަޑާއެކު ލިއާއާއި އަލީޝާއަށް ބަލާލެވުނީ އެކުއެކީގައެވެ. އަލީޝާ މޫނުމަތީގެ ކުލަވަރު ރީތިކޮށްލިއިރު ލިއާ އަވަސްއަވަހަށް ޒަހަމްވެފައި އޮތް އަތް ފަހަތަށް ލިއެވެ. ކައިލްގެ ތޫނުފިލި ލޮލުން އެ މަންޒަރު ކައްސާލައިގެން ނުދިޔައެވެ. ލިއާގެ މޫނުމަތީގައިވި އަސަރުތައް ފެނިފައި ކައިލްގެ މޫނުމަތީގައިވި ކުލަވަރު ބަދަލުވިއެވެ.
“އެވްރިތިންގް އިޒް އޯކޭ…ވީ ވަރ ޖަސްޓް ޓޯކިން…!” ލިއާއަށް ސިއްރު ހިނިތުންވުމެއް ދީފައި އަލީޝާ ހިނގައިގަތީ ކައިލްއަށް ބަލާލަމުން އަމިއްލަ ހެދުމަށް ދަމާލާ މޭމަތި އިތުރަށް ހާމަކޮށްލަމުންނެވެ. ކައިލްގެ ސަމާލުކަމެއް އެކަމަކަށް ނެތެވެ. އޭނާއަށް ޖެހެވުނީ ލިއާގެ ގާތަށެވެ.
“ވަޓް އަރ ޔޫ ހައިޑިންގް…؟” ލިއާގެ އަތް ފަހަތަށް ލާ ފޮރުވަން މަސައްކަތްކުރަނިކޮށް ކައިލް އަހާލީ ހަރުކަށި ގޮތަކަށެވެ. އެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. އެ ހިތް ބުނަމުން ދިޔައީ ލިއާއަށް ކަމެއް ވެއްޖެ ކަމަށެވެ. ލިއާ ކަމެއް ނުވެޔޭ ބުނެ ހަމަޖެހެން މަސައްކަތްކުރަމުންދަނިކޮށް ކައިރާ އައި ގޮތަށް އައިސް ލިއާ ފޮރުވަމުން ދިޔަ އަތުގައި ހިފާ ދަމައިގަނެ ކައިލްއަށް ދައްކާލިއެވެ.
“ވަޓް ދި ފަ*…” ކައިލްގެ އަނގައިން ނިކުތެވެ. އޭނާ ހުރީ ހުއްޓުން އަރާފައެވެ. ލިއާގެ އަތުގައި ހަތަރު ނިޔަފަތީގެ ނިޝާން ވާއިރު އެތަންތަނުން ލޭހިލިލިފައި ވެއެވެ. އެ ދޮންއަތަށް ވަނީ ގަދަ ދަނބުކުލައެއް އަރާފައެވެ.
“ޑޯންޓް އީވެން ތިންކް އެބައުޓް ލައިން…އައި ހާޑް ހާރ ކޮންވަޒޭޝަން…!” ލިއާ ހިތްހަމަނުޖެހިގެން ކައިރާއަށް އެއްޗެއް ބުނަން އުޅުމާއެކު ކައިރާ އެއަށްވުރެ ކުރިން ވާހަކަދެއްކިއެވެ. ކައިލް ލިއާއަށް ބަލަހައްޓައިގެން ހުރެފައި ލިއާގެ އަތުގައި ހިފިއެވެ. އޭރު ކައިރާ ހުރެފައި އަލީޝާ ދެއްކި ހުރިހާ ވާހަކައެއް ކައިލްއަށް ކިޔައިދެމުންދިޔައެވެ. ލިއާ އާއި އަލީޝާއަށްވެސް ކައިރާ ފަހަތުގައި ހުރިކަން ނޭނގުނީއެވެ.
ކައިލްއަށް ވީގޮތެއް ނޭނގުނެވެ. އޭނާއަށް ހީވީ ވަށައިގެންވި ހުރިހާކަމެއް ހުއްޓުނުހެންނެވެ. ދަތްކުނޑިވިކި، މޫނުމަތީގެ ކުލަވަރު ބަދަލުވެގެން އައިއިރު، އެ ލޮލުގައިވީ ފެންނަ މީހަކު ބިރުން ފިއްކަނޑައިގެން ދާފަދަ ނުރައްކާތެރި ކުލަވަރެކެވެ. ދުރުގައި ހުރި އަލީޝާއަށް ނަޒަރު ހުއްޓާލިއިރު އެ މޫނުމަތީގައިވަނީ ބަޔާންކުރަން ނޭނގޭހާ ރުޅިވެރިކަމެވެ. ލިއާގެ އަތުން ދޫކޮށްލާފައި އަލީޝާއާއި ދިމާލަށް ހިނގައިގަންނަން އުޅުނު ވަގުތު ލިއާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ކައިރާގެ މޫނުމަތިންވެސް ސިހުން ފެނުނެވެ. އެ ރުޅީގައި ކައިލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ކައިރާއަށް ޔަގީންވިއެވެ. އޭނާއަށް އެހީއަކަށް އެދި ބަލާލެވުނީ އިޝާންއަށެވެ.
“ކައިލް ޕްލީޒް ސްޓޮޕް…މިތާކު ނޫން…!” ލިއާއަށް ކައިލްގެ މުއްކަވާލެވިފައިވާ އަތުގައި ހިފުނެވެ. ރުޅިއައިސް ހަމައިން ނައްޓާވަރުވެފައި ހުރެވެސް ކައިލްއަށް ލިއާގެ އަތް ފޮޅުވާލާކަށް ނުކެރުނެވެ. އެވަގުތު އިޝާންވެސް އައިސްފިއެވެ. އެ މޫނުމަތީގައިވަނީ ކަންބޮޑުވުމެވެ. ކައިރާ ކުރުގޮތަކަށް ކަންތައްވީގޮތް ކިޔައިދިނުމާއެކު އިޝާންގެ މޫނުމަތިންވެސް ފެނުނީ ރުޅިވެރިކަމެވެ. ނަމަވެސް ކައިލް އައިސްފައިހުރި ރުޅިފެނި އޭނާވެސް ޖެހިލުންވާގޮތްވިއެވެ. ނުރުހުމާއެކު އޭނާއަށް ބަލާލެވުނީ އަލީޝާއަށެވެ. އޭރު ކައިލްގެ ރުޅިވެރި ނަޒަރު ފެނި އަލީޝާ ނޫންކަމަށް ހަދައިގެން ހުއްޓަސް ހިތް އޮތީ ބިރުން ވިރިވިރިއެވެ. ކައިލް އޭނާއާއި ދިމާލަށް އަންނަން އުޅުނު ވަގުތު އޭނާ ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ލިއާ ކައިލް ހިފެހެއްޓި މަންޒަރުވެސް އޭނާއަށް ފެނުނެވެ. އެވަގުތު ލިއާދެކެ ކިތައްމެ ނަފްރަތެއް ކުރިޔަސް އޭނާއަށް ހިތާހިތާ ލިއާއަށް ޝުކުރުވެސް އަދާކޮށްލެވުނެވެ. އަދި ހަމައެއާއެކު ރުޅިއައިސް ހުރިއިރު ކައިލް ފެންނަލެއް ނުރައްކާތެރި ދަރަޖައަކަށް ރީތިކަމުން އޭނާ އެނބުރުންވެސް ނޭރީ ކިރިޔާއެވެ.
އިތުރުގޮތެއް ނެތިގެން ކަހަލަ ގޮތަކަށް ލިއާއަށް ކައިލްގެ އަތު މުލައްދަނޑީގައި ބައްދާލެވުނެވެ. މީހުން ބެލިޔަސް ހެޔޮކަމަށެވެ. ކައިލްގެ ނަޒަރު ލިއާއަށް ހުއްޓުނުއިރު ލިއާއަށް އެ ނަޒަރުން ރުޅިވެރިކަމާއެއްވަރަށް ރިހުންވެސް ފެނުނެވެ. އިޝާން އައިސް ފަހަތުން ކައިލްގެ ކޮނޑުގައި އެއް އަތް ބާއްވާލިއެވެ.
“ކައިލް…ޔުއަރ ޑޭޑް އެންޑް ބްރާދަރ އިޒް ހިއަރ…ޕްލީޒް ކާމް ޑައުން…” ކައިލްގެ މުއްކަވާލެވިފައިވާ އަތުގައި ލިއާ މަޑުމަޑުން ފިރުމާލިއެވެ. ކައިލް ފުންނޭވާއެއް ދޫކޮށްލަމުން ދެލޯމަރާ ފިއްތާލިއެވެ. އެ ނަފްސުގައި އުފެދި ރޯވެފައިވާ ހުޅުގަނޑު ނިއްވަން މަސައްކަތްކުރިއެވެ. އޭނާގެ ނަޒަރު މަޑުމަޑުން ލިއާއަށް ހުއްޓުނެވެ. އެ ނަޒަރުގައިވަނީ ބަޔާންކުރަން ނޭނގޭ ރުޅިވެރިކަމެކެވެ. ނަމަވެސް އެ ރުޅިވެރިކަމުގެ ފަހަތުގައި އެއަށްވުރެ މާ ފުން އިހުސާސެއް ވިއެވެ. ލޭހިލިފައިވާ ލިއާގެ އަތަށް ނަޒަރު ހުއްޓުނުއިރު ކައިލްއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. އިރުކޮޅެއް ވަންދެން މަޑުން ހުރެފައި ކައިލް އެންމެފަހުން ފަހަތަށް ޖެހުނެވެ. އޭރު އިޝާންއާއި ކައިރާ ހިނގައިގަތީ އަލީޝާ ކައިރިއަށެވެ.
“ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ…؟!” އަލީޝާއާއި އަރާ ހަމަވުމާއެކު އިޝާން ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ. “ހެވް ޔޫ ކޮމްޕްލީޓްލީ ލޮސްޓް ޔުއަރ މައިންޑް…؟” އިޝާން ވާހަކަދެއްކިއިރު ކައިރާ ހުރީ ކެތްތެރިވެލައިގެންނެވެ. އޭނާ ބޭނުންވަނީ ދެންމެ ދެންމެ އަލީޝާގެ މޫނުމަތި ނޮޅާލާށެވެ.
އަލީޝާ ލޯތެރޭ ކަޅި އަނބުރާލި ގޮތުން ކައިރާގެ ރުޅިވެރިކަން ހަމައިން ނެއްޓޭގޮތްވިއެވެ. އޭނާ ކުރިޔަށް ޖެހިލިގޮތުން ސިހިފައި މީޝާއާއި އިފާ ފަހަތަށް ޖެހިލިނަމަވެސް އަލީޝާ އެހުރިގޮތަށް ހުރީއެވެ.
“ޝުކުރުކުރޭ އަހަރެމެންގެ ބަދަލުގަ ކައިލް މިތަނަށް ނައީތީ…އެހެން ނޫންނަމަ ދެން ނޭނގެ ކަންތައް ވާނެ ގޮތްވެސް…ހަމަގައިމުވެސް ދެވަނަ ފަހަރު ލިއާއާއި ކައިރިވާން ނުކެރޭވަރު ކުރާނެކަން ޔަގީން…އޯލް ތޭންކްސް ޓު ތިހާ ނަފްރަތު ކުރާ ލިއާއަށް…ލިއާ ނުހިފޭއްޓިނަމަ މިހާރު މިތާ ހުންނާނީ އަހަރެމެންގެ ބަދަލުގަ ކައިލް…އެންޑް އައި ޑޯންޓް އީވެން ވޯންޓް ޓު ތިންކް އެބައުޓް ވަޓް ހީ ވިލް ޑޫ…!” ކައިރާ ވާހަކަދެއްކިއެވެ. އަލީޝާގެ ހިތުގައި ބިރުވެރިކަން އުފެދުނުނަމަވެސް އެކަން އޭނާގެ މޫނުމަތިން ނުދެއްކިއެވެ. އޭނާ ހުރީ ހަމަ އެ ނުލަފާ ހިނިތުންވުމުގައެވެ. ކައިރާ ދުރަށް ހިނގައިގަތީ އޭނާގެ އަތުންފައިން ގޯހެއް ހެދިދާނެތީއެވެ. އޭނާގެ ފަހަތުން އިޝާން ދިޔައެވެ.
ކައިލް ހިމޭނުން ހުރިއިރު ލިއާގެ ޒަހަމްވެފައި އޮތް އަތުން އެ ނަޒަރު ވަކިވެގެން ނުދިޔައެވެ. އެ މޫނުގައިވަނީ ކުށްވެރިކަމެވެ. އެވަރުގެ ޒަހަމަކުންވެސް އޭނާގެ ހިތުގައި ޅިޔަ އަޅާލެވުނުކަހަލައެވެ. އެތައް އިރެއް ވަންދެން މަޑުން ހުރެފައި ކައިލް ވާހަކަދެއްކިއެވެ.
“އައި ކުޑުންޓް ޕްރޮޓެކްޓް ޔޫ…!” ކައިލް މަޑުމަޑުން ބުނެލިއެވެ. ލިއާގެ ނަޒަރު ކައިލްގެ މޫނަށް ހުއްޓުނެވެ. ކައިލްގެ މޫނުގެ ކުލަވަރު ހުރިގޮތް ފެނި އޭނާގެ ހިތަށް ތަދުވިއެވެ.
“ޔޫ ގޮޓް ހާރޓް……ވައިލް އައި ވޯޒް ފިއު ސްޓެޕްސް އަވޭ…!” ކައިލްގެ ރިހުމާއި ރުޅިވެރިކަން އެކުލެވިގެންވި އަޑު އިވުނެވެ. އެ ރުޅިވެރިކަން ހުދު ކައިލްގެ އަމިއްލަ ނަފްސަށްވެސް ރައްދުކުރަމުން ދިޔައެވެ. ހިނދުކޮޅަކަށްވެސް ލިއާއަށް ރައްކާތެރިކަން ނުދެވުނީތީއެވެ.
“ކައިލް މީ އެހާ ބޮޑުކަމެއް ނޫނޭ…!” ލިއާ ކައިލް ހިތްހަމަޖައްސަން ވާހަކަދެއްކިއެވެ. ނަމަވެސް ކައިލް ދެފަރާތަށް ބޯހޫރާލިއެވެ. “ނޯ…! ޓު މީ އިޓް އިޒް…!” ލިއާ ގާތު ބުނަން އެތައް ވާހަކައެއް ހުރިކަމަކު ކައިލް މަޑުމަޑުން ބުނެލިއެވެ. އެ ހިތުގައި ގަދަ ހައިޖާންގަނޑެއް އުފެދިފައިވެއެވެ. ލިއާގެ ހަށިގަނޑުގައި ކޫރުމެއް އެޅިލުމަކީވެސް އެ ހިތަށް ކެތްވާވަރު ކަމަކަށް ނުވިއެވެ. ކައިލް ފުން ނޭވާއެއްލަމުން ހަމަޖެހެން މަސައްކަތް ކުރީ ހަމައެކަނި ލިއާއަށް ޓަކައެވެ. އޭރު ކައިރާ އާއި އިޝާންވެސް އައިސްފިއެވެ.
ދުރުގައި މި ހުރިހާ މަންޒަރެއް ބަލަން ހުރި އަކީލްގެ މޫނުމަތީގައިވަނީ ބަޔާންކުރަން ނޭނގޭ ކުލަވަރެކެވެ. އޭނާއަށް އެތަނުގައި ހިނގައިދިޔަ ހުރިހާ މަންޒަރެއް ފެނުނެވެ. ކައިލް ރުޅިވެރިކަމާއެކު ހިނގައިގަންނަން އުޅުނު ވަގުތު، އެތާހުރި އަންހެންކުއްޖާ ކައިލް ހިފެހެއްޓި މަންޒަރެވެ. ކައިލް އެ އަންހެންކުއްޖާއަށް ބަލާ ނަޒަރުން އަކީލްއަށް މީހަކު އެއްޗެކޭ ބުނެދޭކަށް ނުޖެހެއެވެ. އެ އަންހެން ކުއްޖާ އެ ހަފްލާއަށް އައީއްސުރެ އޭނާގެ ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދަނީ އެ ދަރިފުޅުގެ ހުރިހާ ސަމާލުކަމެއް އެ އަންހެންކުއްޖާއަށް ދެވިފައިވަނިކޮށެވެ. މިއީ ކައިލްގެ ކިބައިން ދުވަހަކުވެސް އޭނާއަށް ފެނިފައިވާ ކަންކަމެއް ނޫނެވެ.
“އެއީ ކޮން އަންހެންކުއްޖެއްތަ…؟” އެދިމާލުން ނަޒަރު ވަކިކޮށްލުމެއް ނެތި އަކީލް އަހާލީ ގާތުގައި ހުރި އާމިރު ގާތުއެވެ. އާމިރުއަށް އަކީލްގެ ނަޒަރު ހުއްޓުފައިވާ ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
“ލިއާ ދޯ…އެއީ ކައިގެ ފްރެންޑެއް…ޝީ އިޒް ދަ ސްކޯލާރޝިޕް ގާލް…! ބްރައިޓް ގާލް…ވެރީ ރެސްޕެކްޓްފުލް…” އާމިރު ހިނިތުންވުމާއެކު ވާހަކަ ދެއްކިއެވެ. އެހެނަސް އަކީލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އާމިރުއަށް މި މަންޒަރު ނުފެނެއެވެ.
އަކީލްގެ ނަޒަރު އިރުކޮޅެއް ވަންދެން ލިއާއަށް ހުއްޓިފައި ދެން ބަލާލެވުނީ ކައިލްއަށެވެ. އޭނާގެ ދަރިފުޅަށެވެ. ކައިލްގެ ހަރަކާތްތަކުގައިވަނީ ލިއާ ރައްކާތެރިކުރަން އުޅޭފަދަ ގޮތެކެވެ. އެ ނަޒަރު ލިއާއިން ވަކިނުވެއެވެ. އެހެން މީހަކަށް ކާމިޔާބު ނުވިއިރު ލިއާގެ މަޑުމައިތިރި ބަސްތަކުން ކައިލް ހަމަޖެހުނުތަން އަކީލް ބެލީ ބުނެދޭން ނޭނގޭ ކުލަވަރާއެކުއެވެ. އަކީލްއަށް އަތް މުއްކަވާލެވުނެވެ.
“ސްކޯލާރޝިޕް ސްޓޫޑެންޓް…؟!” އަކީލް އާމިރަށް ބަލާލިއެވެ. އަކީލްގެ ބޮލުތެރޭ އެނބުރެމުންދާ ހައިޖާންގަނޑު ނޭނގޭ ހާލު އާމިރު ބޯ ޖަހާލިއެވެ.
އަކީލްގެ ނަޒަރު އަނެއްކާވެސް ލިއާއާއި ކައިލްއަށް ހުއްޓުނެވެ. އޭނާގެ ހިތުގައި ހިތް ނޭދޭ ކަމެއްގެ ބިރުވެރި ހިޔާލު އުފެދުނެވެ. އެކަން ހަގީގަތަކަށްވާން އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ހަގީގަތް ދަނީ ލޯ ކުރިމަތިން ފެންނަމުންނެވެ. ކައިލްއަށް ލިއާ ހާއްސަވެފައިވާވަރު މީހަކު އޭނާއަށް ބުނެދޭކަށް ނުޖެހެއެވެ. ބަލާލި ކޮންމެ މީހަކަށްވެސް ކައިލްގެ ލޮލުގައިވާ ލިއާއަށް ހާއްސަވެފައިވާ ނަޒަރު ފާހަގަވާނެއެވެ. އަކީލް އަތުގައި ހުރި ބިއްލޫރި ތައްޓަށް ބާރުކޮށްލެވުނެވެ. އޭނާއަށް އެ ހީކުރެވުނީ ރަނގަޅަށް ކަމަށް ވަންޏާ އޭނާއަށް ޔަގީންވަނީ އެންމެ ކަމެކެވެ.
އެ ގުޅުމަށް އޭނާ ގަބޫލެއް ނުވާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


