މިފަހަރު ލިއާ ގަސްތުކުރީ ހަނު ހުންނާށެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހެމުން ދިޔައެވެ. ބޯޅައިން ޖެހުނީ މަޑަކުން ނޫނިއްޔާއެވެ. އެމީހުން ގެނެސްފައިވާ ތަކެތި ބަހައްޓާފައިވާ ދިމާލަށް އާދެވުނުއިރު މަޑުމަޑުން ލިއާވެސް ހަމަޔަކަށް އެޅެމުން އައެވެ. ނަމަވެސް އަދިވެސް އެނބުރުން އަރާތީ ވެލިގަނޑުމަތީ އިށީނދެލިއެވެ. “ލިއާ އޯކޭތަ…؟ ހޮސްޕިޓަލަށް ދާންވީނު…؟” ލިއާއަށް ބަލަން ހުރެފައި އަލްޔާ ކަންބޮޑުވުމާއެކު ބުނެލިއެވެ. “ހޮސްޕިޓަލަށް ދާ ވަރެއް ނުވޭ…އިރުކޮޅަކުން އޯކޭ ވާނެ…” ލިއާ އެކުދިންގެ ހިތްހަމަޖައްސައިދެން ވާހަކަ ދެއްކިއެވެ. އެވަގުތު އެބަ އަންނަމޭ […]
ހެނދުނު ހޭލިއިރު ލިއާގެ މޫނުގައި ކަރުނައިގެ ރޮނގުތައް ހިކި ފާހަގަވާން ހުއްޓެވެ. އޭނާއަށް ރޭގައި ނިދުނީ ރިހާންގެ ހިޔާލުތަކުގައި އޮވެއެވެ. މާޒީގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެ ހިތަށް އެހާ އަސަރުކުރެއެވެ. ނަމަވެސް އަދިވެސް ރިހާންއާއި އެއްކޮށް ގުޅުން ކަނޑާލަން އޭނާއަށް ދަތިވެފައިވެއެވެ. ރިހާނަށް ނުގުޅާ ދުވަސްކޮޅެއް ވުމަށްފަހު ރޭގައި ގުޅީ ސުމާއާއި އަލްޔާ ދެއްކި ވާހަކައެއްގެ ސަބަބުން ރިހާން މަތިން މާ ބޮޑަށް ހަނދާންވެގެންނެވެ. ފާހާނާއަށް ވަދެ ދަތް އުނގުޅާ، ފެންވަރާލައިގެން ލިއާ ނިކުތް […]
ލަވަ ނިމުމާއެކު ރިހާންގެ އުނަގަނޑުގައި އަޅުވާލާފައިވާ ބެރު ނައްޓަމުން ފަހަތުގައި ތިބި ކުއްޖެއް ތެރެއިން ކުއްޖަކަށް ގޮވާލިއެވެ. އެކުއްޖާ އައުމާއެކު އޭނާއާއި ބެރު ހަވާލުކޮށްފައި ފޯނު ހިފައިގެން އޭނާ ދުއްވައިގަތީ ބެކްސްޓޭޖުން ފައިބާށެވެ. އެމީހުން ވާނުވާގައި ތިއްބާ ރިހާންގެ ފޯނު ގެންގުޅުނު ކުއްޖާ ރިހާން ދިޔައީ ގެއިން އާޖެންޓް ކަމެއް ޖެހިގެންނޭ ބުނެ ހަމަޖައްސާލިއެވެ. ލަވަ ނިމުނު އަޑު އިވިގެން ފަހަތް ބަލާލުމާއެކު ލިއާއަށް ލިބުނީ ސިހުމެކެވެ. ރިހާން ސްޓޭޖަކު ނެތެވެ. އޭނާ ހާސްވެފައި ވަށައިގެން ބަލާލިއިރު […]
ކުލަ ޖަހައި، ފޮޓޯ ނަގާ މޫދަށް އެރުމަށްފަހު، އެކުދިން ގެޔާދިމާލަށް މިސްރާބު ޖެހިއެވެ. އޭރު މެންދުރު ނަމާދު ބަންގި ގޮވައިފިއެވެ. ރަށުގެ އެތަން މިތަނުން ފެންނަނީ ކުލަތަކާއި ފަޅައިގެން ގޮސްފައިވާ ފެން ޕެކެޓްތަކެވެ. މަގުމަތީ ހޭލަމޭލަވަމުން ދިޔަ މީހުންގެ މޫނުތަކުގައި ވަނީ އުފާވެރިކަމެވެ. ލިއާމެންނާއި އެކު ތިބި ކުދިން އެކި ވާހަކައިގަ ތިބެ ކުރިޔަށް ދިޔައިރު ލިއާ ހުރީ ހިމޭންވެފައެވެ. ގެޔާއަރާ ހަމަވުމާއިއެކު ލިއާ ފިޔަވާ އެންމެންވެސް ދުއްވައިގަތީ ގޭގެ ބިއްދޮށުފަރާތުގައި ވާ އިސްކޫރާއި ދިމާލަށެވެ. ލިއާ […]
ހިޔާލުތަކުން ބޭރަށް އާދެވުން އިރު ލިއާވަނީ ފެންކަޅިވެފައެވެ. އޭނާ އަދިވެސް ރިހާންދެކެ އިންތިހާއަށް ލޯބިވެއެވެ. މަޑު ހިނގުމެއްގައި ގޮސް އެނދުގައި އޮތް ފޯނު ނެގިއެވެ. އޭގައި އާރު އަކުރަކާއި ރަތް ކުލައިގެ ހިތެއް ޖަހާ ސޭވް ކޮށްފައިވި ނަންބަރަށް ބަލަން ހުއްޓެވެ. އިރުކޮޅެއް ކުރިން އަލްޔާ އާއި ސުމާ ގާތު ދެއްކި ވާހަކަތައް ހަނދާނަށް އައެވެ. ނަމަވެސް އެ ދެކުދިން ކައިރި ދެއްކި ވާހަކަތަކާ މިގަގުތު ލިއާގެ އަމަލުތަކާ ނުބައްދަލެވެ. ފޯނުން ފެންނަމުން ދިޔަ ނަންބަރަށް ޑައެލްކޮށްލުމާއެކު […]
އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ތިން މީހުންވެސް އެމީހެއްގެ ކޮޓަރިއަށް ދިއުމުން، ލިއާ ގޮސް ކޮޓަރި ތަޅުލިއެވެ. އޭރު ވެފައި ހުރި ވަރުބަލިން ހަށިގަނޑަށް ވަނީ ލޮޑުކަމެއް އިހުސާސްވެފައެވެ. ކޮޓަރީގެ ފަންކާ ފުލްކޮށްލުމަށްފަހު ގައިގާ ހުރި އަންނައުނުތައް ވަކިކުރަމުން ގޮސް ފާހަނައަށް ވަނެވެ. ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ވެރިވިއެވެ. ފާހާނާ ދޮރު ހުޅުވާލާފައި ލިއާ ނިކުތުމާއެކު ކޮޓަރިތެރޭގައި މީރު ވަހެއް ފެތުރިގެން ދިޔައެވެ. ތުވާލިން އުނަގަނޑާ ހަމަޔަށްވި އިސްތަށިގަނޑު ހިއްކަމުން އައިސް ލިއާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. […]
ލިއާއަށް ގެއަށް ގޮސް ވަދެވުނު އިރު އަނދިރި ވެއްޖެއެވެ. އަރައިގެން ހުރި ބޫޓު ބަލާފައި ގޭގެ ވަންނަ ދޮރު ކައިރި ހުރި ފައިވާން ހަރުގައި ބަހައްޓާލަމުން ލިއާ ގޭތެރެއަށް ވަނެވެ. ބަލާ ބެލުމަށް އެއީ އާދައިގެ ގެއެކެވެ. ސިމެންތި ޖަހާ އޮމާންކޮށްފައިވާ ފާރުގެ އެކު ދިމަ ދިމާލުން ވަނީ ކުލަ ވެއްޓިފައެވެ. ގޭތެރެއަށް ވަދެގެން ދާއިރު ދެފަރާތުގައި ތިން ކޮޓަރި ހުއްޓެވެ. ގޭގެ އެތެރެއަށް ވަދެގެން ދާ ވަރަކަށް ދެން ޖެހޭނީ ބަދިގެ އާއި އެވެ. އަދި […]
އޮއްސެމުން ދިޔަ އިރުގެ އަލިން އުދަރެހުގައި އެތައް ކުލަތަކެއް ފަވަމުން ދިޔައެވެ. މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުން މަދުވަމުން ދިޔައިރު ހިޔަނިތައްވެސް ފިލަމުން އަނދިރިކަމަށް މަރުހަބާ ކިޔަނީއެވެ. ލުއި ވައިރޯޅިތަކުގެ ސަމާސާއިން ގަސްތައް ހެލިލާއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. އިރު އޮއްސެމުން އައި މިވަގުތު ހުދުކުލައިގެ ޔުނީފޯމްގައި އެއްވަރަކަށް ހިނގާ ލާފައި ދިޔަ ތިން އަންހެން ކުދިންގެ މިސްރާބު ހުރީ އަތިރިމަތީގައި ހުރި ފިނި މައިޒާނަށެވެ. “ބައްޕައަށް އެނގޭ މާ ކުރިންވެސް އަހަންނަށް ވަނަ ލިބޭނެކަން..ރޭގަ […]