ކައިރާ އިށީނދެފައި ލިއާގެ އަތުގައި ހިފަހައްޓާލީ ނޯޓްސް ލިޔަން އިންގޮތަށް ލިއާ މަޑުޖެހިފައި އިނުމުންނެވެ. އެ އަތް ފިނިވެފައިވާވަރުން ކައިރާ ހައިރާންވިއެވެ. މި ހުރިހާއިރު އަމާޒުވެފައިހުރި ނަޒަރުތަކާހުރެ ލިއާ އިނީ ރަނގަޅަށް ނޭވާވެސް ނުލެވިފައެވެ. ހަމަ އެއާއެކު ކައިލް އޭނާ ދިފާއުކުރުމުން އެކަމާވެސް އޭނާއަށް ފިކުރު ހިންގެމުން ދިޔައެވެ. ނަމަވެސް ކައިރާގެ ކަންބޮޑުވެފައި ހުރި މޫނު ފެނި ލިއާ ހަމަޖެހިލަމުން ނޯޓް ލިޔުމައިގެން ކުރިޔަށް ދިޔައެވެ. ލިއާ އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާތީ ކައިރާވެސް އިތުރު އެއްޗެކޭ […]
ކައިލް ބަލަހައްޓައިގެން ހުރި ވަގުތު ލިއާއަށްވެސް ބަލާލެވުނެވެ. އެ ތުންފަތަށް ވެރިވި ސިއްރު ލުއި ހިނިތުންވުން ފެނި ލިއާއަށްވެސް އަޅާނުލާ ހުންނާކަށް ނުކެރުނެވެ. އޭނާވެސް ރައްދުގައި ފަނޑުކޮށް ހިނިތުންވެލިއެވެ. މިހުރިހާ މަންޒަރެއް ކައިރާގެ ތޫނުފިލި ސިކުނޑީގައި ނޯޓު ކުރަމުން ދިޔައެވެ. “ސޯ، ރޭގަ ދެން ކިހިނެއްތަ ވީ…؟” ކްލާހަށް ހިނގައިގަންނަމުން ކައިރާ ލިއާ ގާތު އެހިއެވެ. އެ އަޑުގައި ވަނީ ޝައުގުވެރިކަމެވެ. “އެއްވެސް ކަމެއް ނުވޭ…” ލިއާ ހަމަޖެހިފައި ހުރިކަން ދައްކަމުން ބުނެލިއެވެ. ކައިރާ ކުރެއް ނުކުރިއެވެ. […]
ލިއާ އިސްޖަހައިގެން ނޯޓްފޮތުން އެއްޗެއް ލިޔަން އިން އިރު ހުދު އޭނާއަށްވެސް އޭނާއަށް ލިޔެވޭ އެއްޗެއް ނޭނގެއެވެ. އޭނާގެ ސަމާލުކަން ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ސިކުނޑީގައި ގުގުމާލާފައިވަނީ ކައިލްގެ ޖުމްލަތަކެވެ. ‘ބިކޯޒް ޔުއަރ ކާލމް’ ލިއާ ގަބޫލު ކުރަން ބޭނުން ނުވިޔަސް ކައިލް އެ ޖުމްލަ ބުނެލިއިރު އެ އަޑުގައި އެހެން އަސަރެއް އެކުލެވިގެންވާ ކަމަށް ހިތް ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ސިކުނޑިން އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ބޭރުފުށުން ހަމަހިމޭންކަމުގެ ފަށަލައެއް […]
ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ވާރޭ ވެހުން މެދުކެނިޑިފައިވިޔަސް މާހައުލުގައި ވަނީ ތެތްފިނިކަމެވެ. ކަޅުކުލައިގެ އަތްދިގު ކުރުތާއަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައި ލިއާ އައިސް ކައިރާ ބުނި ގޭކައިރި މަޑުކޮށްލިއެވެ. އޭރު އޭނާގެ މުޅި ސަމާލުކަންވަނީ ކުރިމަތިން ފެންނަމުން ދިޔަ ގެޔަށް ހުއްޓިފައެވެ. ސްވިޒަރލޭންޑް ފަދަ ހިސާބުތަކުން ފެންނަފަދަ ހިތްގައިމު ރީތި ލަކުޑިކުލައިގެ ގެޔެއް ކަމަކު ގެޔަށް ބަލާލާފައި ގޭގެ ވެރިންގެ ހައިބަތާއި މުއްސަނދިކަން ހާމަވެއެވެ. ގޭގެ ވެރިންނަކީ ފެހިކަމަކަށް ލޯބި ކުރާ ބައެއްކަން ހާމަވަނީ ތިރި […]
ހަފްތާއެއް ފާއިތުވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ. ބަދަލު އައީ ގޭތެރޭގެ ތާވަލަށް އެކަންޏެވެ. ޝަރީފާ ވަޒީފާއަށް ދާން ފެށުމާއެކު ގޭތެރޭގެ މަސައްކަތުގައި ހޭދަކުރެވޭ ވަގުތު މަދުވިއެވެ. އެންމެ އެހީތެރިކަން ލިބުނީ ލިއާގެ ފަރާތުންނެވެ. ޝަމްނާއާއި ޝައުރާގެ ފަރާތުން އެހީތެރިކަން ލިބެނީ ރޭގަނޑުގެ ކެއުން ތައްޔާރުކުރާ ފަހަރުތަކުގައެވެ. އެވަރުވެސް ވާކަމަށްޓަކާ ޝަރީފާ ހިތްހަމަޖެހުނެވެ. މެންދުރު ހާލަކުން ފަހަރަކު އެއިން ކުއްޖެއް ބަދިގެޔަށް ވަދެލައެވެ. ނަމަވެސް ހެނދުނު އެ ދެމީހުން ބަދިގެއިން ފެނުމަކީ މުސްތަހީލުކަމެކެވެ. ގޭތެރޭގެ ގިނަ މަސައްކަތް ކުރަމުން […]
ކެމިސްޓްރީ ގަޑި ނިމި ދެން އޮތީ ބްރޭކް ގަޑިއެވެ. ގިނަ ކުދިންތައް ކްލާހުން ނުކުމެގެން ދިޔައީ ބެލްގެ ރިންގް އަޑު ނުކެނޑެނީހެންނެވެ. ކުދި ކިޔަމުން ކެމިސްޓްރީ ޓީޗަރު އޭނާގެ ސާމާނުތައް ހަމަކުރުމުގައި އުޅުނެވެ. ކައިރާ ފޮތްތައް ހަމަކުރުމުގައި އުޅެނިކޮށް ލިއާ މަޑުމަޑުން ކައިރާގެ ފައިގަ ޖަހާލުމުން އިސްއުފުލާލިއިރު ލިބުނީ ހައިރާންކަމެކެވެ. ކައިރާގެ ޑެސްކުގައި އަތް އަޅުވާލައިގެން އެހުރީ އަލީޝާއެވެ. އެހެންޏާ ފެންނަ ބޮޑާ ހިނިތުންވުމުގެ ބަދަލުގައި މިއަދު ހުރީ އެކުވެރި ހިނިތުންވުމެއްގައެވެ. ކައިރާ އެއްބުމަ އަރުވާލިއެވެ. “ވާވް…އައެމް […]
ޒޭޑެން ނިކުމެގެން ދިޔަފަހުން ދެން އައީ ބްލޯންޑް އިސްތަށިގަނޑެއް ހުރި އަންހެން ޓީޗަރެކެވެ. އޭނާ އައިސް ފުރަތަމަވެސް ތައާރަފު ވެލިއެވެ. “މައި ނޭމް އިޒް ވިކްޓޯރިއާ ހޭލް…އައެމް ޔުއަރ އިންގްލިޝް ޓީޗަރ…” ތައާރަފު ދީފައި އޭނާ އެދުނީ ހުރިހާ ކުދިން މީޓިން ހޯލަށް ދިއުމަށް ތައްޔާރުވުމަށެވެ. ބައެއް ކުދިން ފޫހިވެފައި ތިބެ ކުދިކިޔަމުން ތެދުވިއެވެ. ދަބަސްތަކާއި އެއްޗެހި ކިލާހުގައި ހުރި އެކުއްޖަކަަށް ހާއްސަވެފައިވާ ކަބަޑަށް ލަމުން ހުރިހާ ކުދިންވެސް ވިކްޓޯރިއާ ފަހަތުން އައެވެ. ފުރަތަމަ ދުވަސްކަމުން ހާއްސަ […]
އެ ކިލާހަށް ވަނީއްސުރެ ލިއާގެ ހިތަށް ހަމަޖެހުމެއް ލިބުނު ވަގުތަކީ އެއެވެ. ހީވަނީ ބޮލުން ބޮޑު ބަރެއް ނެގުނުހެންނެވެ. ނޭވާލާންވެސް ފަސޭހަވެގެން ދިޔައެވެ. ޒޭޑެން ގޮސް އޭނާގެ މޭޒު ކުރިމަތީ ހުއްޓުނެވެ. “ސިންސް ދިސް އިޒް ދަ ފަސްޓް ޑޭ، އައެމް ނޮޓް ޓީޗިން މަޗް…އައެމް އޮބްޒަރވިން ޔޫ…” ޒޭޑެން ބުނެލިއެވެ. އެވަގުތު ކިލާސްތެރެ ހަމަހިމޭންވެގެން އައެވެ. ޒޭޑެން ދެއަތް ގުޅުވާލަމުން ހިނގާލާފައި އައިސް ހުރިހާ ކުދިންނާ ކުރިމަތިވާހެން ހުއްޓިލިއެވެ. އޭރު ބައެއް އަންހެން ކުދިންގެ ނަޒަރު […]
ހަފްތާއެއް ފާއިތުވެގެން ދިޔައީ ހަލުވިމިނުގައެވެ. ލިއާ ބިރުން ހުރި ދުވަސް އައިސް ޖެހިއްޖެއެވެ. ލޯގަނޑުކުރިމަތީ ތައްޔާރުވާން ހުރިއިރު ލާފައިވާ ޔުނީފޯމުން ހީވަނީ މުއްސަނދި އާއިލާއެއްގެ ކުއްޖެއްހެންނެވެ. އަމިއްލައަށްވެސް އެފަދަ ޔުނީފޯމަކާ އެކަށީގެން ނުވާކަން ގަބޫލުކުރެވުނެވެ. ލަސްވެގެން ޝަރީފާ ގޮވުމުން ލިއާ އެންމެފަހުން ނިކުތެވެ. ހަމައެއާއެކު ޝަރީފާގެ އިތުރުން ޝަމްނާއާއި ޝައުރާވެސް ތައުރީފުގެ ބަސްތައް އޮއްސާލިއެވެ. ލިއާ ހުރީ އުނދަގޫވެފައެވެ. އިރުއިރުކޮޅާ ލައިގެން ހުރި ސްކާރޓަށް ދަމާލެވެއެވެ. “މިއާއި އެއްކޮށް ލާނެ ހަރުވާޅެއް ދިންނަމައޭނު…” ޝަކުވާގެ ރާގަކަށް ލިއާއަށް […]