ރަނގަޅަށް ކައި ނިމުނު އިރު ދިހައެއް ޖަހަނީއެވެ. ލެކުޗަރާ ލަސްނުވެ ގެއަށް ދިއުމަށް ބުނެފިއެވެ. ހޯލުން ބޭރަށް ނިކުމެ ގުޅަން ފެށީމެވެ. އެހާ ލަސްވުމުން ގެއަށް ގުޅޭ ގޮތެއް ވެސް ނުވިއެވެ. އެހެން ހުއްޓައި ޒާނާ ގޮވާލިއެވެ. ” ގެއަށް ނުދެވިފަތަ ހިނގާ އަހަންނާއެކު ދާން ކާރުގައި ދެވޭނެ ” ނިދަން ބޭނުންވެފައި ހުރިވަރުން އަވަހަށް އާއެކޭ ބުނީމެވެ. ގޭޓު ކުރިމަތީ އައިސް ހުއްޓާލި ކާރުފެނި ސުވާލު އުފެދުނެވެ. އެއީ އާރިގެ ކާރެވެ. ކާރުގެ ބިއްލޫރި […]
ފަސްވަނަ ފަންގިފިލާގެ ބެލްކަންޔަށް އައިޝާ ނިކުތީ ހޫނު ކޮފީ ތައްޓެއް ހިފައިގެންނެވެ. އޭރު އައިޝާގެ އިންތިޒާރުގައި ނަވާލް އިނެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. ” ކޮން ޚިޔާލެއްގައި” ކޮފީ ތަށި ދިއްކޮށްލަމުން އައިޝާއެހިއެވެ. ޖަވާބު ކުރުވެފައި ސާދާއެވެ. ނަވާލް ބުނިގޮތުންވިއްޔާ އޭނާގެ ވިސްނުމާއި ގުޅިފައިވަނީ ތުއްތު ކުދިންނެވެ. ބެލްކަނީގައި ހުންނައިރު ކުޑަކުދިން ކުޅޭ މަންޒަރު ވަރަށް ޗާލުކޮން ފެންނާނެއެވެ. ކައިވެންޏަށް 4 އަހަރުވެގެން ދިޔައިރުވެސް ނަވާލް އެފަދަ ވާހަކައެއް ނުދައްކައެވެ. މިއަދުގެ ވާހަކަތަކުން ބައްޕައަކަށް […]
ލޮބުވެތި އަޅުގަނޑެކޭ ވެސް އެއްފަދަ ޒުވާނުނެވެ. މިއަދުގެ މި މަޖިލީހުގައި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރު ކޮން ފޮނިކޮން ވާހާކަތައް ކުރިއަށް ގެންދެވޭތޯ ބަލާނަމެވެ. އާދެ! ދިވެހި ޒުވާނުންގެ ޤާބިލުކަން ޤާބިލިއްޔަތުކަން އެބަހުއްޓެވެ. ހިތްވަރު ވެސް އެބަހުއްޓެވެ. މައްސަލައަކީ ވަގުތީ އުފަލަކަށް ޓަކައި ވަކި ބަޔަކު ޒުވާނުންނަށް ދަތިކުރާތީއެވެ. ކުރިމަގަށް ހުރަސްއަޅާތީއެވެ. އަޅުވައި ވައްޓާލާތީއެވެ. ސިޔާސީ ކަންކަމުގައި އުޅެއޭ ކިޔާފަވެސް ޒުވާނުން ބޭކާރުކޮށްލާތީއެވެ. އަގެއް ނެތްކަންް ދައްކާތީއެވެ. ޒުވާނާއެވެ! އެންމެންނަކަށް ތިބާގެ […]
ބައްޕަ ޚަބަރު ބަލަން އިނދެފައި އަހަރެން ގޮވައިގެން ކޮލެޖަށް ދާން ނިކުތެވެ. އަށެއް ޖެހިއިރު ހުންނާނީ ބޮޑު ހޯލުގައެވެ. އެންމެ ފުރަތަމަ އައި އެކަކަށް ހަމަ ގައިމުވެސް ނޫރިޔާވާނެއެވެ. އަށްގަޑި ފަނަރަ ވިއިރު ކުދިން ހަމަވުމުން ލެކުޗަރާއި އިއުލާން ކޮށްލިއެވެ. “އައްސަލާމް އަލައިކުމް ވަރަޚު މަތުއް ﷲ ވަބަރަކާތު. ހުރިހާ ކުދިން ކޮޅަށް ތެދުވެލައި ދެން އެވަންނަނީ ފުލުސް” ކޮޅަށް ތެދުވެ މައި ދޮރާ ދިމާލަށް ލަސް ލަހުން ބަލައިލީމެވެ. ހިތުގެ ހިނގުން ދިޔައީ ބާރުވަމުންނެވެ. ވާން […]
ލޯބި އެހާ އަނިޔާވެރިކަން ކުރިން އެނގުނު ނަމަ ހަމަގައިމުވެސް އަހަރެން އެޔާއި ކައިރި ނުވީމުހެވެ. ************************* އަހަރެން ކަލާ ދެކެ އިންތިހާ ލޯބިވީމެވެ. ކަލާ ވެސް އަހަރެންދެކެ ލޯބިވިފަދައެވެ. އެކަމަކު، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ. އަހަރުމެން ބައްދަލުވުމީ އިއްތިފާޤެކެވެ. އެއް ހިޔާލުތަކެއް ހިއްސާކުރާ ދެ ފުރާނައެވެ. އެތައް ސިއްރުތަކެއް ހިއްސާކުރެވުނު ދެ ހިތެވެ. ސަބަބަކީ، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެއެވެ. މިއަދު ކަލާގެ އުޅުމާއި އުސޫލުކު ތިވަނީ އަހަންނާއި މާ ދުރުގައެވެ. ވަކި […]
އަހަރެންގެ ހިތަށް ހަމަޖެހެމެއް ނުލިބެއެވެ. ދެލޯ އަބަދު ނުހުއްޓި ރޮނީއެވެ. މާ ކުރީގެ ކަންކަމާއި ހަނދާންތަކުގައި ފީނަނީއެވެ. ބައެއް ފަހަރަށް އަހަރެން ޅަފަތުގެ ދުވަސްވަރެވެ. އަނެއްބައި ފަހަރު ސުކޫލް ދައުރުގެ ހިތި ދުވަސްވަރެވެ. ހަމަޖެހުމެއް ލިބޭތޯ އުޅި އުޅި އަހަރެން ވަރުބަލިވެއްޖެ؟ މުޅި ކާއިނާތު އަހަންނާއި ރުޅިހަދަނީ ކީއްވެހެއްޔެވެ؟ ހަޔާތުގެ އެ ފޮނި ދުވަސްތަކާއި ކަޅު ދުވަސްތަށް މާބޮޑަށް ހަނދާން ވަނީއެވެ. އެ ހަނދާންތަކުން އެކަނިވެރިކުރުވަނީއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ ކަމަކުން މީހާ ބޭރުކޮށްލަނީ […]
ބިސްމިނުގެ ބަރަކާތުން ލިޔަންފެށީއެވެ. “ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ ހިތުގެ ގުލްޝަން މާލެ، ދިވެހިރާއްޖެ ލޮބުވެތި އާރިޒައަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މި ސިޓީއަކީ އަހަރެންގެ ހިތުގައި އަނދައަނދާ ހުރި ލޯބީގެ އަލިފާނުގެ ހޫނުކަން ކަލާގެ ހިތަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެވޭ ސިޓީއެކެވެ. ކަލާގެ ލޮލުގެ ނަޒަރު އަހަރެންގެ ހިތުގައި ޖެހުނު ފުރަތަމަ ސިކުންތުން ފެށިގެން، އަހަރެންގެ ހިތުގެ ވެރިކަން ކަލާއަށް ދެވިއްޖެއެވެ.” ލިޔެވުނު އެ ލަފްޒުތަކަށް ބަލާލެވުމުން ރަކި ވެއްޖެއެވެ. […]
ޒިހާންގެ ނަން އިވުމާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ދެ މީހުން އުޅެ ބޮޑުވީ އެކީގައެވެ. ދިޔައީ އެއް ސުކޫލަކަށެވެ. ކިޔެވީ އެއްކުލާހެއްގައެވެ. އެއް މާއްދާ ތަކެކެވެ. ދެ މީހުން ދެތަން ވާން ޖެހުނީ ޒާން ޕައިލެޓުކަން ކިޔަވަން ރާއްޖޭން ބޭރަށް ފުރުމުންނެވެ. ހަމަ އެ އަހަރު ނަރުސް ކޯސް ލިބިގެން އަހަރެން ޗައިނާއަށް ބަދަލުވީމެވެ. ” ދަރިފުޅާ ޒިހާން އަންނައިރު އަންނަނީ އިންނާނެ ކުއްޖަކުވެސް ގޮވައިގެން ނޯ” މަންމަގެ އެ ޖުމްލަ އިވި ހިޔާލުގެ […]
ގަސްތަކުގެ ތެރެއިން ފުރޭނެމުން އައި ދޯދިތަކުން ހެނދުނުގެ ހިތްގައިމުކަން ހިތަށް ވެރިކުރުވިޔަސް، އެ މާހައުލުގައި އެއްވެސް ދިރުމެއް ނެތެވެ. އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. ލޮލުގައި އެވަގުތު އަޅައިގަތީ ޒުވާން ފުރާގެ އަންހެން ކުއްޖެކެވެ. އެއްވެސް ދިރުމެއްނެތް ރީތީގެ ރާނީއެކެވެ. “އެހެރަ ފަރި ހީލުމެއްވެސް ދޯ؟ ” ހިތާ ހިތާ އަހަރެން ކިޔާލުމަށްފަހު ދާން ހިގައިގަތީމެވެ. އެ ހަަމަހިމޭން މާހައުލުން އަހަންނަށް ނުދެވެނީސް ފަހަތުން މީހަކު އައިސް ފުރަގަހުން ބައްދާލިއެވެ. އަދި ނުހަނު ލޯބިން އަހަރެންގެ […]