“ސިހުމާ: ނޫނޭ! ދަރިފުޅާ މަޑުކުރޭ! ތިފުޅި ހުސްވަންދެން!” ސިހުމާ ލޯބިން ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ނަރުހެކެވެ. އޭނާގެ އަތުގައި އޮތީ ހުދު ކަރުދާސް ގަނޑެކެވެ. އޭނާގެ މޫނުމަތީގައި އެކުލެވިގެން ވަނީ ސީރިއަސްކަމެވެ. “ނަރުސް ކުއްޖާ: ޚުބާބު… ކިހިނެއް. މި އެކެއް ޖަހާކަށް ހާއިރު ގެއަށް ދޫކޮށްލާނެ! ދެރަނުވޭ ހުރިހާ ކަމެއްވެސް ރަނގަޅު. މާ ބޮޑު ކަމެއް ދިމާވެފައި ހުރިކަމަކަށް ނުބެލެވޭ.” ނަރުސް ކުއްޖާގެ އޯގާތެރި އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެހާ […]
މަގެ ލޯބި ނޫނުހޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ މިހިތޭ ކަލާ ދިނީ އާއާ މިފުރާނާ މީ ކަލާ ހައްގޭ މަގެ ލޯބި ނޫނުހޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ މިހިތޭ ކަލާ ދިނީ އާއާ މިފުރާނާ މީ ކަލާ ހައްގޭ ************************************ މި ހިތާއި ޖާނު އެދިގެން އިރު ހަނދު އެކީގައި ލޯބިން ތިޔަ ލޯބި ހަނދުމަ ކުރަމުން ހުވަފެން ހިޔާލު ދެކެމޭ […]
ފުށާއި، ހަކުރާ، ބިހުން ވިރުވާ އަޅައިދޭ ކޭކަކީ ފޮނި ކާއެއްޗެކެވެ. ކޮންމެ އުފާވެރި މުނާސަބާއެއް ފަޅުފިލުވައި ދޭ ބައިވެރާއެވެ. ހަޔާތުން ފުރޭ ކޮންމެ އަހަރަކާއި ކައިވެނީގެ ހަފްލާތަކުން ފެށިގެން ދަސްވެނިވުމުގެ އެއީ ދިރުމެވެ. ހުރިހާ މެހެފިލެއްގެ ރާނީއަކީ ކޭކެވެ. މޯޅިވެފައިވާ ހިތްތަކަށް އުފާ ގެނެސްދިނުމުގައި އެއީ ކާމިޔާބު ހަތިޔާރެކެވެ. ކޭކެއް ނެތް ނަމަ ހަފުލާތަކަށް ފަޅުކަން އިހްސާސު ކޮށްދޭނެވެ. ކޮންމެވެސް ސިފައެއްގައި ކޭކު ހުންނަން ޖެހޭނެއެވެ. އިންސާނާގެ ބަދަލުވާ މޫޑް ރަނގަޅުކޮށްދީ ހަކަތަ އިތުރު ކޮށްދޭނެއެވެ. ކެލްސިއަމް، […]
ލޯބީގެ ރީތި ކަމާއި ފޮނިކަމުގެ އާހުގައި ޚުބާބު ގެ ހިތް ވަނީ ހުއްޓިފައެވެ. ގޮތް ނޭނގޭ ކަންތައް ގަނޑެއްގެ ތެރޭ ގައިދުވެފައެވެ. ” ހާދަހާ ވޭ ކުރާހިތް ސަމާސާ ރީތި ހީލުންތަކުން ވޭ ދިލާސާ ހާދަހާ ވޭ ކުރާހިތް ސަމާސާ ރީތި ހީލުންތަކުން ވޭ ދިލާސާ ތި އަރާމާ އެދޭ މީރު ފޮނިކަން ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން ނާޒުކީ ރީތިކަން، ތިޔަ ނަލަ […]
ޒާއިނާގެ ބައްޕަ އާއި އަލިފުޅުބޭގެ ބައްޕައަކީ ކުޑައިރުއްސުރެ ގާތް ދެ ރައްޓެހިންނެވެ. އެވަރު ބޮޑު ކަމަކު ޖެހިގެން ޒާއިނާ އައި އެއީ ފުރަތަމަވެސް ފަހަރެވެ. އެކަން ނުކޮށްދީ ފަސްޖެހޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ނެތް ދުވަހު ބައްޕަގެ އޯގާތެރިކަމާއި ފިރުމުންތައް ދިނީ ނަޒީރުބެއެވެ. ޒާއިނާގެ ބައްޕައެވެ. އެއްބަނޑުގައި ކުއްޖަކު ނެތް ކަމުގެ ފަޅުކަން ފިލުވައިދިނީ ޒާއީއެވެ. އޭނާ ކިޔާއި އުޅުނީވެސް ޒާއިނާއަށް ޒާއީކޮއްކޮވިއްޔާއެވެ. އެހާ ދިގު މުއްދަތަކަށް މިކަމާއި ދުރުގައި ހުރެފައި ކުރާއިރު ކަންތައްތައް ރަނގަޅު […]
މުޅި ހޯލުގައި ގުގުމަމުން ދިޔައީ ތަށި ސަމުސާ އޫ ފަދަ ތަކެތީގެ ޖާދުވީ އަޑުތަކެވެ. ޕާޓީއަށް ޒިޔާރަތް ކުރަމުން ދިޔަ ގޭކުދިންއާއި އެކުވެރިންގެ ހުނުމުގެ އަޑުތަކުން އުފާލިބެމުންދިޔައެވެ. ދެފަރާތުގެ އާއިލާ މީހުން ކައިވެނީގެ ޖޯޑަގެ ޝަރަފުގައި މުބާރިކުބާދީ އިއްވަމުންދިޔައެވެ. ނަސާހަތްދީ ހިތްވަރު ލައިދެމުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ޒާއިނާއަށް ސިފަވނީ ފަންޑިތަވެރިޔާގެ ގެކޮޅެވެ. ދުވަމުން ދިޔައީ އެގެއިން ދުވި ފުޅަވަސްގަނޑެވެ. ނުތަނަވަސްކަމާއިއެކު އުޑަށް މައްޗަށް ބަލަހައްޓައިގެން ޒާއިނާ އިނެވެ. ކައިރީ އައިސް ފިރިމީހާ ހުއްޓާލި […]
މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން **************************** ހަޔާތުގެ ބަހާރާ، މަގޭ ދުނިޔެ ދަރިފުޅު ހަޔާތަށް ގެނެސްދިން، އަރާމާއި ލައްޒަތު ހަޔާތެއްގެ އަލިކަން، ދިރިހުރި ނިޝާނު ހަޔާތުން ހަރީފީ، ފިލުވާލި އުންމީދު **************************** މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން **************************** ތި ދަރިފުޅުގެ […]
ޒާއިނާއަށް ހީވީ އޭނާ ހުރީ ދިރޭ ދުނިޔެއަކު ނޫން ކަމަށެވެ. ޖިންނި ފުރޭތޭންގެ ބިންގަރާހެއްގައި ކަހަލައެވެ. ބިރުން ނުގަންނަން އުޅުނަސް އޭނާގެ ދެފައިވެސް ދިޔައީ ތުރުތުރު ލަމުންނެވެ. މިއީ ހަމަ ކޮންމެވެސް ނުބައި ބާރެއްގެ ފައްޅިފަދައެވެ. މައްޗަށް އެރުނުތަނާ އޭނާގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެއްވެސް އަޑެއް އިވޭތޯ އޭނާ މަޑުކޮށްލިއެވެ. ތަނުން އިވެމުންދިޔައީ އޭނާގެ ހިތުގެ ތެޅުމުގެ އަޑު އެކަނި ނޫންކަން އޭނާއަށް ޔަގީންވިއެވެ. މުޅި ތާއި ހަރުލާފައި ހުރީ ނާމާން ކަމުން ފުރިފައިވި ރާގެކެވެ. […]
ޅެން: ޒުވާންވީ ލޯބި ރާގު: ކުޗް ކުޗް ހޯތާ ހޭ ޒުވާންވީ އެ ލޯބިން ކިޔާދިން ދެހިތް ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް *************************** ޒުވާންވީ ހިތެއްގައި ޖަހާލީ އެވިންދުން ޒުވާން ރޫޚޫގައި އަލިވި ލޯބީގެ ޒިންދުން ޒުވާން ލޯބި އަޑުތައް އިއްވާލި އެހިނދުން ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް **************************** ދުވާލާއި ރޭގަނޑު ވެދާއިރު ގުޅުން ސުވާލާއި ޖަވާބުން […]