ކައި ހަދައިގެން އަތްދޮންނަން ސިންކުދަށުގައި ހުރިއިރުވެސް ވިސްނެނީއެވެ. އާނޫ ކާން ނެތުމުގެ ފަޅުކަން ބަރުދާސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކެވުނީ ކޮން ބާވަތެއްގެ މަހެއްކަންވެސް މިރޭ އެނގުނީއެއް ނޫނެވެ. ތުންފުހެ ހަދާލައިގެ ރުހައިސް އާނޫ ދެކިލަން ދިޔައެވެ. އެކޮޓަރިއާއި އަރާ ހަމަވެފައި ތިންފަހަރު ޓަކި ޖަހާލިއެވެ. އެކޮޅުން އަޑެއް ބަޑެއް ނީވެއެވެ. ލިބުނު ސިހުމާއެކު ރުހައިސް ދޮރުން ވަދެގަތެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން ރަތް ކުލަ ދަޅައަޅަމުން ދިޔަހެން އޭނާއަށް ހީވިއެވެ. […]
ފޫދެމުންދާ މުއިތް ހެކިކޮށް ލޯބިވާކަން އަންގަމޭ ހައިބަހުރި ގަސްހަކާއި ބޮޑު ގެއަކަށް މަ ހެކިކޮށް ލިޔެލާނަމޭ ކަނޑުގެ ބިޔަރާޅާއި ވައިގައި ހިތުގެ ފަރުވާ އަންގަމުން މަޑުމަޑުން ހުރިހާ ސަމާސާ ވިހަވިކަން އާކޮށްދެމުން ކުރެހެމުންދާ ކަރުނަތަކުގައި ތިޔަ ނިޝާން ފާހަގަވަމުން ކުރެހި މިދަނީ ސަބުނަގުމުގެ ހިތިހިކަން އަންގައިދެމޭ ލައިލު ނާހާރު ނިމިއެދާއިރު ލޯ ހުރީ ހަމަ ގިސްޖަހަން ތެޅިލި މި ހިތުން މަޢުޝޫޤު ފެނުމަށް، އިންތިޒާރުގައި ހުންނަމޭ ކޯޅި ކޯޅިން މާ މަބިންނަށް އެކުގައި ދާހިތްވިއެ ނިކަން […]
މިސްކާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި ހާސްކަމެވެ. އަތިރިމަތީގެ ގޮނޑުދޮށުގެ ރާޅުޖަހާ ފަށުގައި ކުޑަ ގަލެއްގައި އިށީނދެލައިގެން އޭނާ އިނެވެ. ނުހަނު މާޔޫސްވެ ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. މައިންބަފައިން މިސްކާގެ އުމުރުން ފަސްއަހަރުވިއިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފިއެވެ. އެވަކިވުމަށްފަހު މިއަދާއި ހަމަޔަށް އޭނާ ބެލީ ބައްޕަ ފަރާތު ބޮޑުދައިތައެވެ. އެކަމަކު ދުވަހު އުފަލެއް އެފަކީރަށް ނުލީބޭ ފަދައެވެ. ބޮޑުދައިތަ އޭނާ ބަލަނީ އެއްވެސް ރަހުމަތް، ކުލުނެއްނެތި އެވެ. މިއަދު މިސްކާގެ ލޮލުން ފައިބަމުން އެދާ ކަރުނަޔަކީ އޭގެ […]
މިލީހަމްގެ ތުންފަތް ތުރުތުރުލާން ފެށިއެވެ. އޭނާގެ ހިތުގައިވާ ބިރުވެރިކަމުގެ ފާރު ފުނޑުފުނޑުވިއެވެ. ތެދު ބުނުމުގެ ހިތްވަރު ލިބުނު ކަހަލައެވެ. އެކަމަކު މިލީހަމް އޭނާ އެންމެ ލޯބިވާ ބާސީލް ބޭޒާރުކުރާކަށް ބޭނުމެއްނުވިއެވެ. އެނަން ހާމާކުރާކަށް އެހިތް ނޭދުނެވެ. އެހެންކަމުން ބުނީ އޭނާއަށް ރަނގަޅު ގޮތް ބުނެދީ ހެޔޮ ނަސާހަތްދިން ފަރާތުގެ ނަމެވެ. އެ ހުތުރު އިލްޒާމު އެޅުވީ އެ ހިތްހެޔޮ އެކުވެރިޔާގެ ބޮލުގައެވެ. “ޚު… ޚުބާބް…” މިލީހަމްގެ ދުލުން އެ ނަން ބޭރުވީ ވަރަށް އުނދަގުލުންނެވެ. މިހެދެނީ […]
ހިތްގައިމު ދުވަހެއްގެ ހެނދުނަކަށް އަލި އުޑުމަތިން ފާޅުވެލިއެވެ. ސަނާ ތައްޔާރުވަމުންދިޔައީ ސުކޫލަށް ދިއުމަށެވެ. އޭނާ ސުކޫލަށް ދާކަށް މަންމައަކަށް ގޮވާކަން ނުޖެހޭނެއެވެ. ގަޑިއަށް އެހާ ފަރުވާތެރިވާނެއެވެ. ސުކޫލަށް ދާނީ ދާހިތުންނެވެ. އުފަލުން ހުރެއެވެ. މިއަދަކީ ސަނާގެ ހަޔާތުގައި ވަރަށް ޚާއްޞަ ދުވަހެކެވެ. މިއީ އޭނާގެ އުފަންދުވަހެވެ. ގަޑިން ނުވައެއް ޖެހީ ސަނާ މަގުމަތީ ހިގަން ހުއްޓައެވެ. ބާރު ދުވެލީގައި ބޮޑު ދޮރުން އޭނާ އެތެރެވި އެވެ. ލަސް ފިޔަވަޅުގައި ގޮސް ކިލާހަށް ވަނެވެ. ލިބުނީ ސިހުމެކެވެ. އޭނާގެ […]
ވިއްސަކަށް މިނެޓް ތެރޭ ތާހިރުވެގެން ހުވަދު ލައިގެން ރުހައިސް ނިކުތެވެ. އާނޫގެ އެދުމަކަށް ރީމާލްއަށް އެއްޗެއް ގަންނަށް ބުނީމައެވެ. ރަށުމެދުގައި ހުރި ދެބުރި ފިހާރައަކަށް ސައިކަލު ދިޔައެވެ. ދާދި އިހަކަށް ދުވަހު ހުޅުވުނުތަނެއް ކަމަށް ވެއެވެ. މާމެލާމެލީގެ ބާވަތްތަށްވެސް އޮތީ އޮށްސާފައެވެ. ނަން ހުސްކޮންނެވެ. ލޯބިވެރިޔާއަށް މަލެއް ދޭންވިޔަސް އަނބިމީހާއަށް ދޭންވިޔަސް މިތަނުން ލިބޭނެއެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް މަލެއް މިހިރީ އެވެ. ފިނިފެންމާ، ލޯތްބާއި ރީތިކަމުގެ ރަމްޒެކެވެ. ލިލީ، ސާފުތާހިރުކަމާއި މާތްކަން ރަމްޒުކޮށްދޭ މަލެވެ. […]
މުޅި މާހައުލުގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. ބޭރުން އިވޭ އާ އަހަރުގެ އުފާވެރި އަޑުތައް ހިދިއްޖެއެވެ. ބެލްކަނީގައި ހުރި ސޯފާގައި އޮވެލާފައި އަހަރެން ކޮޓރިއަށް ވަނީމެވެ. ގަޑިން އޭރު ދޭއްޖަހައި ބޮޑުވެއްޖެއެވެ. އެކަމަކު ނިދޭނެ ހެއްޔެވެ؟ ދަންވި ދަންވިހެން ނިދި ފިލަނީއެވެ. ނުނިދެނީއެވެ. ރޮވެނީއެވެ. ވިސްނެނީއެވެ. ނައްސި ހިޔާލުތައް އާވަނީއެވެ. ދެލޯމެރުނަސް ސިފަވަނީ އެ މޫނެވެ. އެ ޖާދުވީ ދެލޮލެވެ. އަދިވެސް ކަލާދެކެ ލޯބިވެއެވެ. އުމުރަށްވެސް ލޯބިވާނަމައެވެ. ދެން، އެނބުރި އަހަރެންގެ ހަޔާތަށް […]
“بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم السلام عليكم ورحمة الله وبركاته ދުވަސްތަކަށްފަހު އަޅުގަނޑުގެ ވާހަކަތަކަށް އެންމެހައި ކިޔުންތެރިންނަށް މަރުޚަބާ!” އެފަދަ ވިޔާނުދައި ކަމެއް މިލީީކޮށްފާނޭ އޭނާ ހިތަށްވެސް ނާރާ އެވެ. ކައިވެނިން ބޭރުން މިލީހަމް އޭނީ ބަލިވެއެވެ. ކާކު ދަރިއެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ. އެހުރި ބަނަ ހާލަތުގައި ބޭސް ނަގައިގެން ދިޔައީ މޫދު ކައިރިއަށެވެ. ހިލަތަކާއި ވީފަޅިއަށެވެ. އެހިސާބަށް ގޮސް ހުއްބާ ހިނގުން ހުއްޓާލިއެވެ. މިލީއާއި ހަތަރު ކަޅި ހަމަ […]
“بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم السلام عليكم ورحمة الله وبركاته ދުވަސްތަކަށްފަހު އަޅުގަނޑުގެ ވާހަކަތަކަށް އެންމެހައި ކިޔުންތެރިންނަށް މަރުޚަބާ!” އެފަދަ ވިޔާނުދައި ކަމެއް މިލީީކޮށްފާނޭ އޭނާ ހިތަށްވެސް ނާރާ އެވެ. ކައިވެނިން ބޭރުން މިލީހަމް އޭނީ ބަލިވެއެވެ. ކާކު ދަރިއެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ. އެހުރި ބަނަ ހާލަތުގައި ބޭސް ނަގައިގެން ދިޔައީ މޫދު ކައިރިއަށެވެ. ހިލަތަކާއި ވީފަޅިއަށެވެ. އެހިސާބަށް ގޮސް ހުއްބާ ހިނގުން ހުއްޓާލިއެވެ. މިލީއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން އަހާލިއެވެ. “ހުއްބާ: ތީ […]