Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކައެހެނިހެންލޯބި

މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 25, 2026 One Min Read
2 Comments

އަހަރެންގެ ހިތަށް ހަމަޖެހެމެއް ނުލިބެއެވެ.

ދެލޯ އަބަދު ނުހުއްޓި ރޮނީއެވެ.

މާ ކުރީގެ ކަންކަމާއި ހަނދާންތަކުގައި ފީނަނީއެވެ.

ބައެއް ފަހަރަށް އަހަރެން ޅަފަތުގެ ދުވަސްވަރެވެ.

އަނެއްބައި ފަހަރު ސުކޫލް ދައުރުގެ ހިތި ދުވަސްވަރެވެ.

 

ހަމަޖެހުމެއް  ލިބޭތޯ އުޅި އުޅި އަހަރެން ވަރުބަލިވެއްޖެ؟ މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

 

ހަޔާތުގެ އެ ފޮނި ދުވަސްތަކާއި ކަޅު ދުވަސްތަށް މާބޮޑަށް ހަނދާން ވަނީއެވެ.

އެ ހަނދާންތަކުން އެކަނިވެރިކުރުވަނީއެވެ.

ދުނިޔެއާއި ދުނިޔޭގައި ވާހާ ކަމަކުން މީހާ ބޭރުކޮށްލަނީ އެވެ.

އިއާދަވުމެއް ނެތް ހިޔާލީ މަނާޒިރަކަށް ގެންދަނީއެވެ.

 

ހަމަޖެހުމެއް ލިބޭތޯ އުޅި އުޅި އަހަރެން ވަރުބަލި ވެއްޖެއެވެ؟ މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

 

މަޑުމައިތިރި އަޑުމަޑު މަންޒިލަކަށް ދެވޭނެނަމައެވެ.

މި އެކަނިވެރިކަން ހާމަކޮށްލާއި އަޑުން އަޑުނަގައި ރޯލަން ބޭނުމެވެ.

އަދި އެހެން އަބަދު ރޮވުނަސް, އިހްސާސްތަށް ބޭރެއް ނުވެއެވެ.

ކަރުނައިގެ  އެ މުއިތަކުން ލިބޭ ފިނިކަމެއް އަރާމެއްނެތެވެ.

ހަމަޖެހުމެއް ލިބޭތޯ އުޅި އުޅި އަހަރެން ވަރުބަލި ވެއްޖެއެވެ؟ މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

 

މިހެން ހިތާމަކޮށްކޮށް މިހާ ވަރުދެރަވެއްޖެއެވެ.

ހަށިގަނޑު ހަކަތަ ހުސްވީއެއް ނޫނެވެ.

ވިސްނާ ވިސްނާ ސިކުނޑި ގޮވީއެވެ.

ރެނދުލާލާއި ހިތް ކުދިކުދިވީއެވެ.

މި ވަރުދެރަވުމަކަަށް ދެން ދާއިމީ ފަރުވާއެއް އޮތްކަމަށް ނުދެކެމެވެ.

ހަމަޖެހުމެއް ލިބޭތޯ އުޅި އުޅި އަހަރެން ވަރުބަލި ވެއްޖެއެވެ؟ މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

yaanaa 02
Previous

ޔާނާ 2

Next

އިންސާފު – ފަހު ބައި

Next
March 26, 2026

އިންސާފު – ފަހު ބައި

Previews
March 25, 2026

ޔާނާ 2

yaanaa 02

2 Comments!

  1. Sheex says:
    March 26, 2026 at 12:39 pm

    V reethi MA
    Sheex fenkalhi vejje
    Mee lhemeh tha? V reethi!
    Tc

    1. Isnaa says:
      March 26, 2026 at 3:01 pm

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      !ރޮވޭ ކަހަލަ ޅެމެއް ވީމާ މާފަށް އެދެން

      ލައްބަ މީ ޅެންވެރިކަމުގެ ތެރޭގެ ލިޔުމެއް ހަމަ ޅެމެއް
      !ހެޔޮ ދުއ ސަލާމް ބަލައިގެން އުޅޭތި
      🥰🥀🫶❤️☺️

Comments are closed.



All Right Reserved!