ފަސްވަނަ ފަންގިފިލާގެ ބެލްކަންޔަށް އައިޝާ ނިކުތީ ހޫނު ކޮފީ ތައްޓެއް ހިފައިގެންނެވެ. އޭރު އައިޝާގެ އިންތިޒާރުގައި ނަވާލް އިނެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ.
” ކޮން ޚިޔާލެއްގައި” ކޮފީ ތަށި ދިއްކޮށްލަމުން އައިޝާއެހިއެވެ. ޖަވާބު ކުރުވެފައި ސާދާއެވެ. ނަވާލް ބުނިގޮތުންވިއްޔާ އޭނާގެ ވިސްނުމާއި ގުޅިފައިވަނީ ތުއްތު ކުދިންނެވެ. ބެލްކަނީގައި ހުންނައިރު ކުޑަކުދިން ކުޅޭ މަންޒަރު ވަރަށް ޗާލުކޮން ފެންނާނެއެވެ.
ކައިވެންޏަށް 4 އަހަރުވެގެން ދިޔައިރުވެސް ނަވާލް އެފަދަ ވާހަކައެއް ނުދައްކައެވެ. މިއަދުގެ ވާހަކަތަކުން ބައްޕައަކަށް ވާން ނަވާލް އެދޭވަރު ހާމަވިއެވެ. ގަހެއް ހެދި ބޮޑުވެ އެގަހުގައި މާ އަޅައި ފަރިވެ މޭވާއަށް ވެއެވެ. އެހެނަސް އަހަރެންގެ ގަހުގައި އަދި ޅަމަލެއްވެސް ނާޅައެވެ. ދިރިއުޅުމަށް ވަގުތުވެސް ނުދެވޭތީއެވެ. ވަޒީފާގައި ދެ މީހުން އަބަދުވެސް ބުރަކުން އުޅޭތީއެވެ.
އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ތަންކޮޅެއް އަވަހަށް ތެދުވީމެވެ. އިރު އަރާ ރީތި މަންޒަރު ދެކިލުމަށްދާށެވެ.
ރަށުގެ ހުޅަނގު ފަރާތުގައި އޮންނަން ތުޑިއަކީ މަޝްހޫރުތަނެކެވެ. ލޯބިވެރިންގެ މެދުގައެވެ. އާއިލާތަކުގެ ގުޅުން ބަދަޚި ކުރުމުގައެވެ. ފަތިހުގެ އެވަގުތުވެސް ދެތިން ޖޯޑު މާފޮޅުވުމުގައި އުޅުނެވެ.
އިރު އަރަމުން އަންނަށް ވަގުތަކީ، ހިތަށް ފިނިކަން ގެނެސްދޭ ވަގުތުކޮޅެކެވެ. އެހެން ހުރިހާ ކަމަކުން މިހާ ހަނދާންނެތޭ އުފާވެެރި ވަގުތެކެވެ. އެތަނުގައި އިނދެ އެތައް ކަމެއް ރޭވީމެވެ. ރަށު ސުކޫލުން ޗުއްޓީ ނަގައި ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށްދާށެވެ.
ހުރިހާ ކަމެއް ރާވާ ނިންމުމަށްފަހު ނަވާލަށް ހިއްސާކުރީމެވެ. އަހަރެން އުންމީދުކުރި ގޮތާ ޚިލާފަށް ނަވާލް މާ ހުށިއާރެވެ. މިރޭގެ ބޯޓުން ތުރުކީއަށް ދާން ޓިކެޓުވެސް އޮތީ ނަގާފައެވެ. ދެ މީހުންގެ ޗުއްޓީވެސް ހުރީ ހަމަ ޖައްސާފައެވެ.
ދުވަސްތައް ހަފްތާތަކަށްވެ ހަފްތާތައް މަސްތަކަށްވެއެވެ. ދުނިޔެ ދާމަގުން ހިގަމުން ބާރު އަޅަމުންދިޔައެވެ. އެންމެ ފަހުގެ ނަތީޖާ ދުވަހެވެ. އުފާވެރި ޚަބަރުގެ ނުވަތަ ހިތްދަތިކަމުގެ ދުނިޔެއަށް ދާންޖެހިދާނެ ދުވަހެވެ.
އެތައް ގޮތަކުން އަހަރެންގެ ލޭގެ ޓެސްޓުތައް ވަނީ ހަދާފައެވެ. އާންމުކޮން ވަރަށް ގަދަޔަށް ބައެއް މަސްމަހު ބަނޑުގައި ރިއްސާ ވާހަކަ ބުނެވުނެވެ. ޑޮކުޓަރުގެ އިޝާރާތެއް ލިބުނީ ނަތީޖާ ބަލައި ގޮސް އެތާ ތިބައިތައި 4 މިނެޓު ވީފަހުންނެވެ.
ހިތްވަރުގެ ބަސްތައް ޑޮކުޓަރު އަމުނަން ފެށުމުން އަހަރެން ހާސްވެ ކަންބޮޑުވިއެވެ. އެފަދަ ޚާލަތެއްގައި އިންދާ ހީވީ ކަންފަތުގައި ބާރު އެތި ފަހަރަކުން ޖެހިހެންނެވެ.
” ޕޭސަންޓަށް ވަނީ ރަޚިމުގެ ކެންސަރު ޖެހިފައި” ޑޮކުޓަރުގެ އެ ފަސް ލަފްޒާއެކު އަހަރެންގެ ދިރިއުޅުން ހުއްޓުނު ކަހަލައެވެ. މާހައުލަށް ބެލުމެއް ނެތި އަޑުން އަޑުނަގައި ރުއީމެވެ.
އެހިތްދަތި ޚަބަރާއެކު އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް އައެވެ. ކުރީގައި އަބަދު ހިނިތުންވެފައި ހުންނަން އަހަރެންގެ ތުންފަތުން މިހާރު މާޔޫސީ ކުލަވަރު ނޫނީ ނުފެނެއެވެ. އެ ވޭނީ ފަރުވާ ނުވާ ބައްޔާއެކު ނަވާލް އަހަރެން ވަރިކޮށްލީއެވެ. މުޅި ދުނިޔެއަށް އަހަރެން ބިކަވެ އެކަނިވެރިވިއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި ތުރުކީއަށް ގިނަވީއެވެ.
” ކިހިނެއް އުޅޭނީ ދަރިން ނުލިބޭ އަންހެނަކާއެކު”
އެއީ އެންމެ ފަހުން ނަވާލް އިއްވާލި ރަޚުމެއް ނެތް ޢިބާރާތެވެ.
އަހަރެންގެ އަތުގައި ހުސެން ހިފީ ކޮންމެ ގޮތެއް ވަރިހަމަ ކޮށެވެ. ދަރިއަކު ނުލިބޭކަން އެނގިހުރެއެވެ. އެއީ ތުރުކީގެ ރައްޔިތެކެވެ.
ނަވާލްދެކެ އަހަރެންވީ ލޯބި ފަސްއަޅައި ފޮރުވާ މިލަނީ ނިކަމެތި ދުވަހު މީގެ އަހަރެއް ކުރިން އެހީވެދިން ޒުވާނާއަށެވެ. މިއަދުގެ އަހަރެންގެ ފިރިމީހާށެވެ. އަހަރެން އާދެ! އައިޝާ ދިރިމިހުރީ އޭނާގެ ސަބަބުންކަމަށްވާތީއެވެ.
ނިމުނީ
(ކިޔުންތެރިންގެ ސަމާލުކަމަށް)
އެވާރެއާއި ވާހަކަ ގެނެސްދޭ ދުވަސް އަވަސްކޮށް ކުދިން އެދެމުންދާތީ ވޯޓަކަށް ހުޅުވާލަމެވެ. އެބޭފުޅަކަށް ފެންނަގޮތަކަށް ވޯޓު ދެއްވާށެވެ.
އެވާރެއާއި އަންގާރަ ނޫނީ ބުދައި ގައި ގެންނަށް ފެނޭ ހެއްޔެވެ؟ ނޫނި ހަމަ ކުރީގެ ތަރުތީބު ގައި ހޮނިހިރު ދުވަހު ގެނެސްދޭންވީން ހެއްޔެވެ؟ ގޮތްނިންމާނީ ކިޔުންތެރިންނެވެ. ވާހަކައިގެ އެންމެ ފަހު ބާބު ލިޔުމުގެ މަސައްކަތް މިހާރު އަޅުގަނޑު މިދަނީ ކުރަމުންނެވެ. ކުރިއަށް އޮތީ އަދު ފަހު ބައެއް ނޫނެވެ.
☺️🫶❤️🥀🥰
2 Comments!
Comments are closed.






Tuesday nooney Wednesday!
Thank you IA I will try ☺️🥀❤️🥰🫶