Skip to content
އެސްފިޔަ

ރޯދަ ހާއްސަ “ލޯބީގެ ނަމޫނާ”

ގަސްތަކުގެ ތެރެއިން ފުރޭނެމުން އައި ދޯދިތަކުން ހެނދުނުގެ ހިތްގައިމުކަން ހިތަށް ވެރިކުރުވިޔަސް، އެ މާހައުލުގައި އެއްވެސް ދިރުމެއް ނެތެވެ. އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. ލޮލުގައި އެވަގުތު އަޅައިގަތީ ޒުވާން ފުރާގެ އަންހެން ކުއްޖެކެވެ. އެއްވެސް ދިރުމެއްނެތް ރީތީގެ ރާނީއެކެވެ. “އެހެރަ ފަރި ހީލުމެއްވެސް ދޯ؟ ” ހިތާ ހިތާ އަހަރެން ކިޔާލުމަށްފަހު ދާން ހިގައިގަތީމެވެ.

 

އެ ހަަމަހިމޭން މާހައުލުން އަހަންނަށް ނުދެވެނީސް ފަހަތުން މީހަކު އައިސް ފުރަގަހުން ބައްދާލިއެވެ. އަދި ނުހަނު ލޯބިން އަހަރެންގެ ނަން ކިޔާލިއެވެ. “ނަބީލް” ކޮންފަދަ ޗާލު އަޑެއްބާއެވެ. ދަންނަށް އަޑެއް ހެން ވެސް ހީވެއެވެ. ކުރާނީ ކީއްހެއްޔެވެ؟ އެދުވަހެއް ނާންނާނެއެވެ. ދެން އިވުނީ ވޭނީ ޤިސްލުމުގެ އަޑެވެ.

 

އެއަޑުން އީނާލް ނަބީލަށް ވާހަކައެއް ކިޔައިދެއެވެ. އޭރުވެސް އެއަޑުގައި ވަނީ ވޭނާ ހިތްދަތިކަމުގެ ރާގެކެވެ. އެހެންނަމަވެސް އެ މޫނުމަތިން މިވަގުތު ފެންނަނީ އުޖާލާކަމެވެ. އުފާވެފައި ހުރި ވަރެވެ.

 

” ނަބީލް މީ އީނާލްއެވެ. ކީއްވެހެއްޔެވެ؟ ވަކިވެގެންދިޔައީ ކޮންކަމެއް އުނިވެގެން ހެއްޔެވެ؟ ބުނެބަލަ އޭރުވެސް މިހާރުވެސް އެކަމް އަހަރެން ލޯބިވަނީ ތިޔަ ބޭވަފާތެރިޔާދެކެއެވެ. ލޯބި ވުމަކީ ކުށަކަށް ވާނަމަ މާފަށް އެދެން. ވަރަށް ވަރަށް ލޯބިވޭ. ދެން ނާންނާނަށް ދުވަހަކުވެސް. މިއުޅެނީ ރާއްޖެ ދޫކޮށްދާން ދުވަހަކުވެސް އެނބުރި ނާންނަގޮތަށް. މާފުކޮށްދޭތި ”

 

ސަބުނަމުގެ ހޫނުކަރުނަތަކުން ނަބީލްގެ ލޯ ވިދަން ނެނގީ މަދު ސިކުންތުކޮޅެކެވެ. ލޯބީގައި ނާކާމިޔާބު ވެވިއްޖެއް ކަމުގެ އެކި ކަހަލަ އިޚްސާސްތަކުން ނަބީލްގެ ހިތް ފޮތި ފޮތިވަމުން ކުދި ކުދިވަމުން ދިޔައެވެ. އިންތިހާ ލޯބިވާ ކުއްޖަކު އެހެން ދެރަވެ ބޭވަފާތެރިއެއްގެ ގޮތުގައި ސިފަކޮށްލީތީއެވެ. ކިހާ ހުތުރު ލަޤަބެއް ހެއްޔެވެ؟ ނަމަވެސް އެ ލަޤަބުވެސް ލިބުނީއެވެ.

 

ދުވަހަކުވެސް ބޭނުން ނުވިޔަސް އެންމެ ލޯބިވާ އީނާލް އެދިޔައީ މުޅި އުމުރަށް ހިތުން ފިލާނުދާނެހެން ދެރަކޮށްލާފަވެ. އަސްލު ހަޤީޤަތުގަވެސް މިއީ އަހަންނަށް ހައްޤު އަދަބެވެ. އީނާލް އަހަންނަށްޓަކައި ނުކުރަނީ ކިއެއްހެއްޔެވެ؟ އުޅުނީ ކޮންގޮތަކަށް ހެއްޔެވެ؟ އެހެންނަމައީވެސް އަހަރެންގެ އަތުން އެހިތް ބުރިބުރި ކޮށްލެވިއްޖެއެވެ. އަހަރެންމީ ކިހާ ނުބައި އިންސާނެއް ހެއްޔެވެ؟

 

” ލޯބިވާ އީނާލްއެވެ. އަހަންނަށް މާފުނުކުރާނުހެވެ. ތިއީ މިހިތުގެ ފަރުވާއެވެ. ސިފާއެވެ. ލޮލުގެ ނޫރެވެ. މޭގެ މަލިކާއެވެ. ހުވަފެނުގެ ރާނީއެވެ. ފޯނުގައިވައި ހަމައެކަނި ތަސްވީރީ މޫނެވެ. ” މި ހުރިހާ އެއްޗެއްވީ ނަބީލްގެ ހިތުގައެވެ. އެންމެ ބަހެއްވެސް ދުލާ ހަމައަށް ނައެވެ.

 

” މި ހަޔާތަށް އުފަލެއް ނެތީ ހެއްޔެވެ؟ ނަބީލް މާފު ނުކުރާނު ހެއްޔެވެ؟ ” އީނާލްގެ އަސަރު ގަދަ އަޑު އަނެއްކާވެސް ނަބީލްގެ ކަންފަތުގައި ޖެހުނެވެ. ކުރެވެން ދެން އޮތީ ކޮންކަމެއް ހެއްޔެވެ؟ ނަބީލްގެ އަޑެއް ނުނިކުތެވެ. ދުލަކުން ބަހެއް ނުކިޔެއެވެ. ހިތްވަރާއެކުވެސް ނަބީލްގެ ދުލަށް އައީ އީނާލް އެންމެ އެދޭ ލަފްޒުތަކެވެ. ޖުމްލައެވެ.

 

” ވަރަށް ވަރަށް ލޯބިވޭ ލޯބީ ދެން ހިނގައި މިއުނގުގައި އުޅެން އަލުން އާ ފެށުމަކުން ފަށަން ކައިވެނީގެ މާތް ގުޅުމުން ގޮށް ޖަހާ ދެ އަތާއި ދެފައި މިއަތަށް ދޭން ”

ނަބީލްގެ ނިޔަނެތި އަޑުގައި ވަނީ ހިތާމައިގެ ސާލެއް އުފެދިފައެވެ. އެއަޑު އަހަން ހުރި އީނާލް ހުރީ ދެދަތްޕިލާ ފުޅާކޮށްގެން ހިނިތުންވެލައިގެންނެވެ. ވާނީވެސް އެހެންތާއެވެ. އެލަފުޒުތަކަށް އެދުވަހަށް އެހިތް އިންތިޒާރު ކުރީ ކިތައް ދުވަހުހެވެ.

 

އެދެހިތުގެ މުރާދުވެސް މިއަދު ހާސިލްވީއެވެ. ވުމާއެކުވެސްމެއެވެ. އީނާލްގެ ދިރިއުޅުމަކީ ނަބީލްގެ ހިތެވެ. ވިންދެވެ. ފުރާނައެވެ. އާއެކެވެ. އެއީ ދިގު އިންތިޒާރެއްގެ ފޮނި ނިމުމެވެ.

 

ލައިލާއާ މަޖުނޫނުގެ ލޯބީގެ ފެށުމެއްވެސް ނޫނެވެ. ނިމުމެއްވެސް ނޫނެވެ. ނަބީލް އާއި އީނާލްގެ ޒަވާޖެވެ. ޚަޔާތުގެ ކުރީ ކޮޅު ލެވުނު ވޭނީ ނޭވާތަކަށް ފަހު އުފަލުގެ އައްސޭރިއަކަށް  އެދަނީ މިސްރާބުޖަހަމުންނެވެ.

 

ލޯބީގައި ނަމުނާ މި ދެ ލޯބިވެެރިން މުޅި މުޖުތަމައަށް ދައްކުވައިދެމުންނެވެ. އަދި ހަަމައެޔާއެކު ނަމުނާ ދެމީހުންނަށްވެސް ވަމުންނެވެ. ލޯބި ލޯތްބަށްވާނީ ކީހާ ދުވަހު ކެތްތެރިވެގެންކަން އަންގައިދިން މި ދެ ލޯބިވެރިންނަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި ދެނަމެވެ. އާދެ! ދޮންޚިޔަލައާއި އަލިފުޅުގެ ލޯބި ވައްޓާލުމަށްފަހު އީނާލް އާއި ނަބީލްގެ ލޯބި މުޅި ރާއްޖޭގައި ފަވާލަމުންނެވެ. ހުޅުދާން އަލިން މުޅި ރާއްޖެއަށް އާދިރުމަކާއި ތަޒާކަން ގެނެސްދެމުންނެވެ.

 

ނިމުނީ 🥰❤️🥀😊🫶

Comments (4)

  1. Shaba_73

    Wauu vrh Reethi story eh MA!!! 😍
    Nabeel and Eenaal Haadha lwbi couple ekeyy!! 💗
    Vrh Reethi sifa kohdheefa huri goiy MA!!! 🤗
    Waiting to read more stories from ya!!!!!! 😊
    ✨ I really appreciate your hard work keep it up ✨
    Lyy and Tc 🥀🖤

    1. Isnaa
      Shaba_73

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
      މިފަދަ އިތުރު ވާހަކަތައް ކިޔާލަން ކުރިއަށް އޮތްތައި ލިބޭނެ އިންޝާ ﷲ

      އަބަދުވެސް ބަލައިގެން އުޅޭތި ހެޔޮ ދުއާ ސަލާމް ވަރަށް ލޯބިވޭ

      تقبل الله منا ومنكم
      عيد مبارك🩷✨️

      😊🫶♥️🥀🥰

  2. @BlackHeart_23

    Ooowwh ☝🏻🖤MA…Ur so increaditable !♠️♠️
    This story feels the best hama!! Actually I thought wall seen kiyaalaany eyy..So,I read
    It was all true!!🖤🖤
    This story gives an advance to one’s who doesn’t understand it!!☝🏻🖤
    Keep it up 🥀🖤
    May Allah bless you on your Hardwork ! With more sucess ahead !IA☝🏻♠️
    Tc & Lysm,Sis

    1. Isnaa
      @BlackHeart_23

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
      މިފަދަ އިތުރު ވާހަކަތައް ކިޔާލަން ކުރިއަށް އޮތްތައި ލިބޭނެ އިންޝާ ﷲ
      ވަރަށް ލޯބިވޭ ހަމަ ބަލައިގެން އުޅެއްޗޭ

      تقبل الله منا ومنكم
      عيد مبارك🩷✨️
      😊🫶♥️🥀🥰

Comments are closed.