Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

ރޯދަ ހާއްސަ “އެވާރެއާއި” ބާބު 5 (މެންދަމު އައި ނުދަންނަށް ނަންބަރުގެ ފޯނު ކޯލު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 1, 2026 5 Mins Read
2 Comments

ރަނގަޅަށް ކައި ނިމުނު އިރު ދިހައެއް ޖަހަނީއެވެ. ލެކުޗަރާ ލަސްނުވެ ގެއަށް ދިއުމަށް ބުނެފިއެވެ. ހޯލުން ބޭރަށް ނިކުމެ ގުޅަން ފެށީމެވެ. އެހާ ލަސްވުމުން ގެއަށް ގުޅޭ ގޮތެއް ވެސް ނުވިއެވެ. އެހެން ހުއްޓައި ޒާނާ ގޮވާލިއެވެ. ” ގެއަށް ނުދެވިފަތަ ހިނގާ އަހަންނާއެކު ދާން ކާރުގައި ދެވޭނެ ” ނިދަން ބޭނުންވެފައި ހުރިވަރުން އަވަހަށް އާއެކޭ ބުނީމެވެ.

 

ގޭޓު ކުރިމަތީ އައިސް ހުއްޓާލި ކާރުފެނި ސުވާލު އުފެދުނެވެ. އެއީ އާރިގެ ކާރެވެ. ކާރުގެ ބިއްލޫރި ގަނޑު ކާހާލުމުން ޔަޤީންވިއެވެ. އެތެރޭގައި ދުއްވަން އޭނީ އާރިޒެވެ. ލައިގެން ހުރީ ޕޮލިސް ޔުނީފޯމެވެ. ވަގުތުން ހިތަށް އެރިއެވެ. މިއީ ޒާނާގެ ލޯބިވެރިޔާ ހެއްޔެވެ؟ އަނެއްކާ އާރި އާއި ޒާނާ އާ އޮތީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ؟ ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ނޫރިޔާގެ ބޯ ހާސްވަމުން ދިޔައެވެ.

****************************************************************

ކާރުގެ ފަހަތު ސީޓު ދޮރު ޒާނާ ހުޅުވައިދެމުން އަރަން އެންގިއެވެ. ދެ ފިކުރެއްގައި ހުރެ ނޫރީ ކާރަށްއެރިއެވެ. މިހާ ހީވަނީ ތުރުތުރު އަޅާހެންނެވެ. ދެރަވެގެން ގޮސް އޮތްދާ ހިތްލަންފެށިއެވެ. ޚަޔާތުގައި މިފަދަ ގޮތްތަކެއް ވީ މީފުރަތަމަ ފަހަރެވެ.

 

ތަފާތު ނައްސި ޚިޔާލުތަކުން މިހާ އާވާރާވަމުންދަނިކޮން ރޭޑިއޯގެ އަޑު ބާރުވިއެވެ. މުހައްމަދު ޒާހިދުގެ ރަން އަޑު ކާރުގެ ހަމަ ހިމޭންކަން ފޫއަޅުވާލިއެވެ.

” އެރޭގެ ފަހުން އެނގޭހޭ ލޯބިދިންތީ

އޭޒަޚަމް މިޒަޚަމް ކުރީއެ ޒަޚަމް.

މުހައްބަތު ދޭ އަސަރުގައި، ހާދަ ބާރެއްވޭ

އުފާދޭ ރާހަތުންވާ ލޭގެ އާރެއްވޭ

ލަނދުރަކިވެފައި ތިހުންނާތީ

ތިޔަހީލުމުން ހިތް ކަތިލާތީ

މަށަށް ތިޚިޔާލުކުރެވުނު ހިނދުވެސް

ފޮތިފޮތި ކުރިއެ މިތުނިހިތް އޭރު

ލަނދުރަކިވެފައި ތިހުންނާތީ

ތިޔަހީލުމުން ހިތް ކަތިލާތީ

މަށަށް ތިޚިޔާލުކުރެވުނު ހިނދުވެސް

ފޮތިފޮތި ކުރިއެ މިތުނިހިތް އޭރު

ނުދެއްޔަ މަޢާޛު

ކަލާ އަސްތާ މިއަދު އަންނަށް މަށައް ނުގޮވާ

މަށައް ތި މަޢާފު ނުދެންޔާ

އޭ ހިތަށް ދެން ލުޔެއް ދެއްވާ

ނުދީފައިވީ މައްލަވަ ކޮށްލާ ދުރަށްލީމާ

އެރޭގެ ފަހުން އެނގޭހޭ ލޯބިދިންތިީ

އޭޒަޚަމް މިޒަޚަމް ކުރީއެ ޒަޚަމް

މުހައްބަތު ދޭ އަސަރުގައި، މާތް އަރާމަތްވޭ

އެރޭގައި ހާދަ ގާތުން ހިތް ފުރާފައި ވޭ

ނުދިންތި ނަސީބު މިހިތަށް ދެން

ދެވެންޔަ ބުނާށެ ވަގުތުން ދުލުން

ބަލާލަބަލާށެ ނުރުހޭތޯ

އަދު ތިޔަ ނަސީބު މިހިތަށް ދެއްވާ

ކެހިދީފައި މަފިލާނޭހޭ، ދުރުވެފައި ހިތް ރޮއްވާނޭހޭ

އުރާލިޔަސް ނުރުހޭނަށްހޭ ތެދުވެރި ލޯބި ނުދޭނަށްހޭ”

 

އުފާދޭ ރާހަތުންވާ ލޭގެ އާރެއްވޭ

އެގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ޒާނާ އަހަރެންގެ ނަމުން ގޮވާލިއެވެ.” ނޫރީޔާ ނިދެނީދޯ” ދުއްވަން އިން އާރިޒު އެއަޑަށް ފަހަތަށް ބަލާލިއެވެ.

” އޭ ކުޑަބޭ ނޫރީއަށް ގޮތެއް ނަހަދާ ގެެއަށް ލައިދޭތި އެއީ އަހަރެންގެ ވަރަށް ގާތްކުއްޖެއް ”

ނިކުންނަމުން އާރިޒަށް ދެލޯ އަޅާލަމުން ޒާނާ ބުންޏެވެ. މިއޮތް ހުރިހާ އިރު ކުރެވުނީ ކޮންހީއެއްކަން އިނގުމުން ނޫރިޔާ ލަދުގަންނަގޮތްވިއެވެ. އިސްޖަހާލެވުނީ ގަތްލަދުންނެވެ. އާރިޒަށް އެންމެ ކަމުދާ އެއް ސިފައަކީ ލަދުވެތިކަމެވެ. އަންހެން ކުދިން ހިލޭ ފިރިހެނުންގެ ކުރިމަތީ ލަދުވެތިވާން ޖެހޭނެއެވެ. ނޫރިޔާގެ ކިބައިން މިވީ މަދު ވަގުތުކޮޅުވެސް އެކަން ފެނިއްޖެއެވެ.

 

ހަމަހިމޭން ކަމާއެކު ގެއާ ހަމާލަށް ދެވުނެވެ. ދެ މީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެކަން އެހެންވާ ދޫކޮށް ނުލީ އާރިޒެވެ. އިސްނެގިއެވެ. ”

އަނެއްކާވެސް ދިމާވީ ދޯ މި” ވީގޮތެއް ވެސް ބުނެއެއް ނުދެވޭނެއެވެ. ދިލުގައި ތަޅެއްލެވުނު ކަހަލައެވެ. އެހާ ގާތުގައި ވުމުން އަތްފައި ފިނިވާން ފެށިއެވެ. އެހެން އިނދެފައި ފަހަތަށް އެނބުރިލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކާއި އިޚްސާސްވާހާއި ކައިރިވިއެވެ. ނޭވާ ތާށިވިކަހަލައެވެ. ” ހަމަ އެއްޗެއް ނުބުނާނަށް މަންމަނުވެފަތަ މިރޭ” އެއަޑު އެހާ ކައިރިން އިވުމުން ހިތުގެ ތެޅުން އަވަސްވަމުންދިޔައެވެ. “ހާދަ ރީއްޗޭ”

ހިއްސުތައް ސިހުން ކަހަލައެވެ. މީރުވަސް މޫނުގައި ބީހެމުން ދިޔައެވެ.

 

އެވަރަށް އާރިޒު ވާހަކަ ދައްކަމުން ތަޢުރީފުތައް އިވިއިރުވެސް އެންމެ ބަހެއްވެސް ނޫރިޔާ ނުބުނެއެވެ. އެހެން ތިއްބާ ކާރުގެ ދޮރުގައި މީހަކު ޖަހާލިއެވެ. ލިބުނު ސިހިމުގައި އާރިޒުގެ ތުންފެން ޖެހުނީ ނޫރީގެ ކޯތާފަތުގައެވެ. ޚަޔާތުގައި ދެމީހުންނަށްވެސް ކުރެވުނު އެއީ ފުރަތަމަ ތަޖުރިބާއެވެ. ރަކި ހިންޔަކާއެކު ކާރުން ނޫރިޔާ ނިކުތެވެ. އާރިޒުގައިގައި ބައްދާލަން ބޭނުންވެ ހުރެއެވެ.

 

ނޫރިޔާއަށް ސީދާ ނިކުމެވުނީ މަންމަ އާއި ބައްޕަގެ ކުރި މައްޗަށެވެ. މިނެއްޓެއް ވެސް ނުވެ އާރިޒުވެސް ނިކުމެއްޖެއެވެ. ކާރު ތެރޭގައި އޮތް ނޫރީގެ ފޯނު އަތަށް ލައިގެންނެވެ. ސީޓުމަތީ އޮތް ދަބަސް ނުނެރުނީ އާރިޒު ހަމަ ގަސްތުގައެވެ.

 

” އާރިޒުތަ” ނޫރިޔާގެ ބައްޕައެހިއެވެ. ” ޕޮލިސް އާރިޒު” ޖަވާބު ދިނީ މިފަހަރު އަހަންނެވެ. ރަނގަޅަށް މަންމަމެން ބަލައިލީ ދެނެވެ. ” އެބުނާހެން ޕޮލިހެކޭ ދޯ” މަންމަ އާއި ބައްޕައަށް އެއްފަހަރާ ބުނެވުނެވެ.

 

މަންމަމެންގެ އެދުމުގެ މަތިން އާރިޒަށް ޝުކުރުއަދާކުރީމެވެ. ” ޝުކުރިއްޔާ” އޭރު ވެސް ހިތް ނެގި ނެގިފައި ތެޅެމުންދިޔައެވެ. ބޭނުންވީ އާރިޒު ކުރިމަތިން ވީ އެންމެ އަވަހަކަށް ދާށެވެ. އެންމެ ހިނދުކޮޅެއް އިތުރުވިޔަސް ބޭޒާރުވެދާނޭ ހީވާކަހަލައެވެ.

 

ގެއަށް ވަދެވުމާއެކު ދުވެފައި ކޮޓަރިއަށް ވަދެވިއްޖެއެވެ. ޓީވީ ދަށުގައިން އިން އެކަކުވެސް ފެނުން ހެންނެއް ހިޔެއްނުވެއެވެ. ހިތް އުފަލުން ނަށާއިރު ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ. ވަށައިގެން ކޮކާތައް އުދުހި ނަގަނީއެވެ.

 

ވެފައި ހުރި ވަރުބަލިކަންވެސް ފިލާ ގޮއްސިއެވެ. މީގެ ކުޑައިރު ކޮޅެއް ކުރިން ނިދި އައިސްގެން އުޅުނު މީހާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އައިސްފައި ހުރި ނިދި ދިޔަ ދިމާލެއްވެސް ހަމަ ނޭނގެއެވެ.

 

ފެންވަރައިގެން ނިކުމެ ކިޔަވާ މޭޒުދަށުގައި އިދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. މީހާ ސިހިގެން ފޯނު ރިންގުވި އަޑަށެވެ. ގުޅަމުން ދިޔައީ ނުދަންނަށް ނަންބަރަކުންނެެވެ. އޭރު މެންދަމުން އަލިވެ އެކެއްޖަހައި ބޮޑުވެއްޖެއެވެ. ގައްނާކުރެއްވި ބިރުން ހަދާނެ ގޮތެއްނޭގިފައި ހުއްޓާ ފޯނު ކެޑިއްޖެއެވެ.

 

އަނެއްކާ ގިނައިރެއްނުވެ ގުޅައިފިއެވެ. ވަރަށް ގަޓުގައި ފޯނު ނެގީމެވެ. އެކޮޅުން ވާހަކަ ދައްކަންފެށީ ފިރިހެނެކެވެ. ދަންނަށް އަޑެއްހެންވެސް ހީވިއެވެ. ރުކުންކުރުކޮން ބާރު ބާރަށް އަހަރެން ބުނީމެވެ. “ތީކާކު” އާރިޒުގެ ކަންފަތުގެ ތޫރިވެސް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ” އެހާ އަވަހަށް ހަނދާން ނައްތާލީ ދޯ އަހަރެން މަތިން” ނުހަނު އަވަހަށް އެކޮޅުން ޖަވާބު އަތުވެއްޖެވެ.

 

އެއީ އާރިޒެވެ. އެކަމަކު އަހަރެންގެ ނަންބަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ ހަމަގައިމުވެސް އަހަންނެއް ނުދެމެވެ. ފަހަރުގައި މަންމަ ނޫނީ ބައްޕަ ދިނީކަމަށް ވެދާނެއެވެ. ” ބައްޕަ ދޯ ނަންބަރު ދިނީ އެންމެފަހުން” ޔަޤީންކޮށްލަން އަހާލީމެވެ. ޖަވާބު އައީ ވަރަށް ކުރުކޮންނެވެ. “ނޫން” ކޮންމެހެން އެގެން ބޭނުންވާތީ އަހަންނަށް އެހުނެވެ. ” ދެން ކިހިނެއް ކާކު އަތުން” ދެން އިވުނީ މީގެ އެއްދުވަސް ކުރިން އަހަރެން ލިޔުނު ލޯބީގެ ސިޓީގެ ބައެކެވެ.

 

“އަހަރެންގެ ހިތް ބުނެއެވެ. ތިލޯބި ލިބޭނެ ނަމައެވެ. އެހެންނަމަ އަހަރެމެންގެ ލޯބި ދުވަހަކުވެސް ނިމުމަކަށް ނާންނާނެއެވެ.

އާރިޒް! އަހަރެންގެ ލޯބި ކަލާއަށް އަރުވަމެވެ. އަހަރެމެންގެ ލޯބި ދާއިމަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ކަލާގެ ލޯބި އަހަރެންނަށް

ލިބޭނެކަމުގެ އުއްމީދުގައި މި ސިޓީ ނިންމާލަމެވެ.”

ލިބުނު ސިހުމުގައި މޭޒުގެ އެކި ކޮޅު ކޮޅު ބެލިއްޖެއެވެ. ޑައިރީއެއް ނުފެނުވެ.

 

ކުލާހަށް މިރޭ ގެންދިޔަ ދަބަހުގެ ހަދާން ވީ ހަމަ ކުއްލިއަކަށެވެ. އެދަބަސް ވީ އާރިޒުގެ ގޭގައެވެ. އެ ފޮތް އެ އޮތީ އާރިޒުގެ އަތުގައެވެ. “ދެން ނޫން” ހަމަ ރަނގަޅަށްވެސް އަހަރެން ބޭޒާރުވެއްޖެއެވެ. އަނެއްކާވެސް އެ ސިޓީގެ ބައެއް އާރިޒު ކިޔާލިއެވެ. އެއީ ތައުރީފުކޮށް ލިޔެވުނު ޕެރެގުރާފެވެ. އޭނާގެ މަންމަ އާއި އުފެދުނު ގުޅުމުގެ ވާހަކަވެސް ފާހަގަކޮށް ލެވުނު ބައެވެ. “އާރިޒް! އެ ވަގުތުން ފެށިގެން، އަހަރެންގެ ހިތުގައި ކަލާގެ މަޑުމައިތިރި ސިފަ ކަނޑައެޅިގެން ދިޔައެވެ. ކަލާގެ ހިނިތުންވުމުގެ ފޮނިކަމާއި، ވާހަކަދެއްކުމުގެ “މިއުޒިކަލް” އަޑު އަހަރެންގެ ކަންފަތުގައި ޖެހެމުން ދިޔައެވެ. ކަލާގެ މަންމައާއި ގުޅުން ބަދަހިވިއެވެ. ” މިހެން ވެދާނެ ކަމަކަށް ހިއެއްނުކުރަމެވެ.

 

އެ ފޮތަކީ އަހަރެން ވަރަށް ފޮރުވައިގެން ގެންގުޅޭ ފޮތެކެވެ. ޚަޔާތުގައި ދިމާވާ އެކި ކަންކަން އެފޮތުގައި ލިޔެފައި ހުންނާނެވެ. އެ ހުރިހާ އެއްޗެއް ހަމަ އާރިޒަށް ފެނުނީއެވެ. ދެން ހަދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ކުށްވެރިއެއް ފަދައިން އަހަރެން އެދުނީމެވެ. ” ފޮތް ހަވާލުކޮށްދެއްޗޭ” ދެން އިވުނީ ހިނިގަނޑެއް ޖަހާލިއަޑެވެ. ” ޝަރުތެއްގެ މަތިން ދެވޭނީ”

 

އަހަރެެންގެ ޑައިރީ ހަވާލުކުރެވޭނީ ޝަރުތެއްގެ މަތިން ކަމަށް އޭނާ އެންގުމާއެކު ބުނެފީއެވެ. އަވަހަށް ޝަރުތު އިއްވާށެވެ. ބުނި ކޮންމެ ކަމެއް ކޮށްދޭނަމެވެ. އެހާވެސް އެފޮތް ބޭނުންވެއެވެ. ” ޝަރުތަކީީ ދޯ” ލަސްލަހުން އާރިޒް ބުނެލިއެވެ. އެވަރުން އަހަންނަކަށް ނުފުދުނެވެ. ބުނެވިއްޖެއެވެ. އަވަސްކޮށްދޭށެވެ. ގަޑިން މެންދަމުން އަލިވެ ދެ ގަޑި ބައިވެއްޖެއެވެ. “ބުނަށްވީދޯ ހަމަ ކޮށްދޭނަށްތަ!” ޔަޤީން ނުވާފަދަ ގޮތަކަށް އޭނާ އަހާލިއެވެ. ވަގުތުން ނޫރިޔާ އާބަސް ދީފިއެވެ.

 

” ވަރަށް ބޮޑު ޝަރުތެއްމީ ކަނުލައި އަޑު އަހައްޗޭ ފޮތް ބޭނުމިއްޔާ” ކަނުލާ އަޑު އެހުމަށް އެދެމުން އަނެއްކާވެސް ފެށިއެވެ. ” އަހަރެންގެ އުމުރުން ފަންސަވީސް އަހަރުވަނީ މަންމަ މާ ގިނައިން މިހާރު މީހަކައި ނީދެގެން އެވާހަކަ ދައްކާތީ އެކަން ކުރަން ގަސްތުކޮށްފިން” އޭނަގެ ދިރިއުޅުމުގެ ވާހަކަތަކާއި ނިންމުންތައް އަހަރެން ކައިރީ ދެއްކުމުގެ ބޭނުމަކީ ކޮބައިހެވެ. އަހަރެން މީ އޭނަގެ ކާކު ހެއްޔެވެ؟

 

” މިރޭ ވީ ކަމަށް ޒިންމާ ނަގަން ތައްޔާރު އަހަރެން ހިތް ރުހޭ މީހަކާ ގަޔާވާ މީހަކާ ބައްދަލުވެފައެއް އަދިނެއް އެކަމް އަހަރެން ދެކެ ލޯބިވާ މީހަކު ދުނިޔޭގައި ހުރިކަން އިގިއްޖެއް އެކަމާ އުފާކުރަން އަހަންނަށް ޔަގީން ކުރެވޭ ތީ އަހަރެން ހުރިހާވެސް އުންމީދު އަހަންނަށް ތިޔައްވުރެ ދެވަނަ ރަނގަޅު މީހަކު ނުލިބޭނެ ނޫރީ! އަހަންނާއި އިންނަށް އެއްބަސްވޭ ވަރަށް އުފަލުގައި އިންތިހާ އަރާމާއި އުފާދީގެން ގެންގުޅޭނަށް” އާދޭހުގެ ރާގުގައި އަހަރެންގެ ކިބައިން އާރިޒު ކައިވެންޏަށް އެދެމުން ދިޔައެވެ. ވެފައިވާ އުފަލުން ހުއްޓުމެއް ނެތި ނޫރިޔާއަށް ރޮވެމުން ދިޔައެވެ. މަދު ދުވަސްކޮޅެއް ބަދަލުވި ފަހުން އެޒުވާނާއާއި ނުވެއެވެ. ހަމަ ގައިމުވެސް ހަފްތާއެއް ނުވެއެވެ. ފަސްޖެހެވުނަސް އާއެކޭ ބުނީމެވެ. އެއީ މިހިތް ބުނަމުން ދިޔަ ގޮތެވެ.

 

އުފާވެރި މެންދަމެންގައި އާރިޒުގެ އަނބަކަށް އެއްބަސް މިވީ އެފޮތުގެ ބޭނުމުގައެއް ނޫނެވެ. ފުރަތަމަ ނަޒަރުން ވެވުނު ލޯބީގެ ހައްޤުގައެވެ.

 

“އޯ…. މަ ހާދަ ލޯބި ވެޔޭ ލޯބިވާ

ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ

ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ

މަ ހާދަ ލޯބި ވެޔޭ ލޯބިވާ

ކަލާގެ ހައްގުގައި މަ މަރުވެދާން ހުރީމޭ”

 

އާއެކެވެ. އާރިޒުގެ ހައްގުގައި ޖާނުން ފިދާވެސް ވާނަމެވެ. އެހާވެސް ލޯބިއެވެ. ދެ މީހުން ފޯނު ކުރުކޮށް މާދަން ބައްދަލުކުރަން ވަޢުދު ވަމުންނެވެ. އަހަރެން ދެން އެންމެ އަހާ ހިތްވާ ނީ އެދުލުން ލޯބިވާ ވާހަކަ ހާމަކުރުމުންނެވެ. އެ ދުލުން ނޫރިޔާ އެދޭ ގޮތަށް ބުނާނެބާއެވެ. މާދަމައިން ފެށިގެން އާ ބާބެއް ޚަޔާތުން ލިޔެވިގެން ދާނެއެވެ. ކުރިއަށް ދެން ފަހުން ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއް ހެއްޔެވެ؟

 

ނުނިމޭ

 

މި ވާހަކައަކީ އިސްނާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ގެނެސްދޭނީ ރޯދަމަހު  ހަފްތާގެ ހުކުރުދުވަހުއެވެ. ހޮނިހިރު ވިލޭރޭއެވެ. އަޅުގަނޑުގެ މި ވާހަކަވެސް ކިޔުންތެރިންނަށް ރީތިވާނެ ކަމަށް ހީކުރަމެވެ.

❤️🥰🫶🥀☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މެހެކް – ފުރަތަމަ ބައި

Next

ތިޔަ ނަން މި ހިތުގާ 4

Next
April 1, 2026

ތިޔަ ނަން މި ހިތުގާ 4

Previews
April 1, 2026

މެހެކް – ފުރަތަމަ ބައި

2 Comments!

  1. Shaba_73 says:
    April 1, 2026 at 9:30 pm

    Mi part ves vrh Reethi MA! 😘
    Awwn Nooriya and Aariz so cute 💗
    Curiously waiting for the next part When’s next?

    1. Isnaa says:
      April 1, 2026 at 9:56 pm

      Hii dear
      Dho loabi kan
      Next part liyamun midhanee ingey mihaaru 500 word varu liye vihjjeh
      Mi dhuvas varu vote kairi vaathy Kuda kon busy kon mi ulheynee
      Ekam ves las nuveh genesdhevey thw balaanan hama liye nimey irah
      🥰🫶🥀☺️❤️

Comments are closed.

Next Episodeރޯދަ ހާއްސަ “އެވާރެއާއި” ފަހުބާބާ (އެވާރެއިން ފަރިވި ލޯބީގެ ބިންގާ)←


All Right Reserved!