ބައިސާ ކަނޑަން ޖޯސުގައި އެތުރިގެން ފައިސާ ގަނޑުވަރު ރަނުން ފެތުރިގެން ފައިސާގެ ދުނިޔެއްގައި ނަމަ ފޮރުވިގެން މާމުއި މުތެކޭ ލޯވަޅުގައި ހިތަކީ އޭގެ ގޯޅި ގޯޅިތަކުގެ މާ ފޮނިކަމުން އޭގެ ކާރު ކާރުގެ ހަނި ކަމުން އޭގެ މޯޅި މޯޅިވުން ލަސް ކަމުން އޭގެ ތުއިކަންމެ ތަރިކޮން ފިލިދާނެ ހިތަކީ […]
ނިދަން އޮށޯވެވުނު އިރު ލިނީމެންނަށް ދޭއްޖަހަނީއެވެ. އެނދުގައި އޮށޯވެ ހަމަނުޖެހެވެނީސް މާއިޒްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގަމުން ކަންފަތުގައި އޭނާ ޖެއްސިއެވެ. ” މާއިޒް: ސަލާމް” އެއްކޮޅުން ސާއިލް ސަލާމަށް ޖަވާބުދެމުން ބުނެލިއެވެ. “ސާއިލް: ލިނީ ނިދީތަ. ބުނެބަލަ ފޯނު ބަލާށޭ އަވަހަށް” އިއްލެގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ. ބޮޑު ކަމެއް ނުވެ ދަންވަރު މީހަކު ނުގުޅާނެއެވެ. ކަމެއް ވެއްޖެއެވެ. މާއިޒް ގަބޫލުކުރިއެވެ. ވީކާމެއް ނޭނގޭތީ އޭނާގެ ނިތަށް ރޫތަކެއް އަރައިގެން ދިޔައެވެ. “ލީނިޔާ: […]
ދުނިޔެއަށް ފުރަތަމަ ނޭވާ ލާއިރުވެސް ބައެއް އަންހެނުންނަށް އެފަދަ ޖީންސްތައް ލިބިފައި ހުރެއެވެ. ކައިވެނި ނުކުރިޔަސް އެކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ. ފުރަން ކާރަށް އެރިއިރުވެސް ފާރީސްގެ ހަބަރެއް ނުވިއެވެ. ގުޅާވެސް ލީކީ ނޫނެވެ. އާނޫ މުޅިން ނާއުންމީދު ވެއްޖެއެވެ. ފާރީސްއަށް އޭނާ ދޭން ނިންމި މީ ފަހު ފުރުސަތެވެ. ކުޑަ މިނުން އޭނާ ލޯބިވާނަމަ ދެކިލަން އައިހެވެ. ހާލު ބެލީހެވެ. ފުރުމުގެ ކުރިން ފާރީސް އަތުވެދާނެބާއެވެ؟ އިތުރު ފުރުސަތެއް އާނޫ ފާރިސްއަށް ދީފާނެ ބާއެވެ؟ […]
މީހުން އަހަރެންދެކެ ލޯބިވަނީ ފައިސާގެ ދަހިވެތިކަމުގައެވެ. އެކަން މިއަދު ރަނގަޅަށްވެސް ޔަޤީންވެއްޖެއެވެ. މި ދުނިޔެއިން އެންމެ ލޯބިވި އަންހެން ކުއްޖާގެ މަކަރުވެރިކަމަށް ފަހުގައެވެ. ނޫނޭވާ އެއީ އަންހެނެކެވެ. ކުޅަދާނަ ” އެކްޓަރެ”ކެވެ. ލޯބީގެ ދަޅަ ދައްކަން އަރާ ހުރި މޭސްތިރިއެކެވެ. އަޒީނާއަކީ ރީތީގެ މިސާލެކެވެ. ގުދުރަތުން ލިބިފައިވާ ރާޅުބާނީ އިސްތަށިގަނޑު ހީވަނީ ކަޅުކަން ގަދަ ރޭގަނޑެއް ހެންނެވެ. ހަނދެއް ފަދަ ބޮޑު ދެލޮލެވެ. އަންނާރު އޮތް ތަކެއް ފަދަ ހުދު ދަތް ޕިލައެވެ. ފިރިހެނުންގެ ހިތައި ކުޅެލާ […]
މިއީ އާއެކޭ ލޯބިވޭގެ ޚާއްސަ ބައެކެވެ. މިބައި ގެނެސްދޭނީ ލިނީ މާއިޒު ދެކެވާ ލޯބި އަންގައިދެމުން ލިޔެފައި ޅެމެކެވެ. މި ޅެން ލީނިޔާ ލިޔެފައި ވަނީ ކައިވެނި ކުރެވުނު ފަހުންނެވެ. ދިވެހި ލަވަ ސާހިބާގެ ރާގަށް ލިޔެ ތައްޔާރުކޮށްފައިވާ މި ރީތި ލަވަ ކިޔުންތެރިންނަށް ހަދިޔާއެކެވެ. އަޅުގަނޑުގެ މި އުފެއްދުންވެސް ތިޔަ އެންމެ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ވީޑިއޯ ލަވައެއްގެ ސިފައިގައިި މިލަވަ ގެނެސްދޭން އަޅުގަނޑު އެބަ ގަސްތުކުރަމެވެ. މިލަވަ ކިޔާލުމުގެ ޝައުގުވެރިކަން ހުރި ކުދިން […]
ޚައިރާންކުރުވަމުން މަންޒަރު ބަދަލުވެއްޖެއެވެ. ތުފާނެއް އަތުވެއްޖެއެވެ. ވައިރޯޅިވަސް ކުރުވައިފިއެވެ. ގުގުރާ ވިދަން ފަށަފިއެވެ. ފިނީގައި ޖަޒުބާތުތައް ހިތާ ކުޅެން ފެށިއެވެ. ވާރޭ ބޯކޮށްލިއެވެ. މޫސުން ބަދަލުވިއެވެ. މިހިތުގައި ރަނިކަން ކުރަމުން ދަނީ ރުކުޝާނާއެވެ. އެއްވެސް ބާރެއް ހިތަށް ފޯރުވޭކަށްނެތެވެ. ލިބެމުން ދިޔައީ ކެތްނުވާ އަނިޔާއެވެ. ހިތް މާޔޫސްވަމުންދިޔައެވެ. ކެތްކުރަން ދަތިވެއްޖެވެ. އެކަނިވާ ކޮންމެ ފަހަރަކު ހަދާންވަނީއެވެ. ރުކްޝާނާއެވެ. ކީއްވެހެއްޔެވެ؟ ތިޔަ އިންތިޒާރުގައި ނުނިދިފައި ތިޔަޚިޔާލުގައި ކުރުމުގައި ތާއަބަދު އޮންނަން ވީހެވެ. ދެން ހަމަ މިނޫން ގޮތެއް ނެތީހެވެ. […]
ކައި ހަދައިގެން އަތްދޮންނަން ސިންކުދަށުގައި ހުރިއިރުވެސް ވިސްނެނީއެވެ. އާނޫ ކާން ނެތުމުގެ ފަޅުކަން ބަރުދާސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކެވުނީ ކޮން ބާވަތެއްގެ މަހެއްކަންވެސް މިރޭ އެނގުނީއެއް ނޫނެވެ. ތުންފުހެ ހަދާލައިގެ ރުހައިސް އާނޫ ދެކިލަން ދިޔައެވެ. އެކޮޓަރިއާއި އަރާ ހަމަވެފައި ތިންފަހަރު ޓަކި ޖަހާލިއެވެ. އެކޮޅުން އަޑެއް ބަޑެއް ނީވެއެވެ. ލިބުނު ސިހުމާއެކު ރުހައިސް ދޮރުން ވަދެގަތެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން ރަތް ކުލަ ދަޅައަޅަމުން ދިޔަހެން އޭނާއަށް ހީވިއެވެ. […]
ފޫދެމުންދާ މުއިތް ހެކިކޮށް ލޯބިވާކަން އަންގަމޭ ހައިބަހުރި ގަސްހަކާއި ބޮޑު ގެއަކަށް މަ ހެކިކޮށް ލިޔެލާނަމޭ ކަނޑުގެ ބިޔަރާޅާއި ވައިގައި ހިތުގެ ފަރުވާ އަންގަމުން މަޑުމަޑުން ހުރިހާ ސަމާސާ ވިހަވިކަން އާކޮށްދެމުން ކުރެހެމުންދާ ކަރުނަތަކުގައި ތިޔަ ނިޝާން ފާހަގަވަމުން ކުރެހި މިދަނީ ސަބުނަގުމުގެ ހިތިހިކަން އަންގައިދެމޭ ލައިލު ނާހާރު ނިމިއެދާއިރު ލޯ ހުރީ ހަމަ ގިސްޖަހަން ތެޅިލި މި ހިތުން މަޢުޝޫޤު ފެނުމަށް، އިންތިޒާރުގައި ހުންނަމޭ ކޯޅި ކޯޅިން މާ މަބިންނަށް އެކުގައި ދާހިތްވިއެ ނިކަން […]
މިސްކާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި ހާސްކަމެވެ. އަތިރިމަތީގެ ގޮނޑުދޮށުގެ ރާޅުޖަހާ ފަށުގައި ކުޑަ ގަލެއްގައި އިށީނދެލައިގެން އޭނާ އިނެވެ. ނުހަނު މާޔޫސްވެ ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. މައިންބަފައިން މިސްކާގެ އުމުރުން ފަސްއަހަރުވިއިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފިއެވެ. އެވަކިވުމަށްފަހު މިއަދާއި ހަމަޔަށް އޭނާ ބެލީ ބައްޕަ ފަރާތު ބޮޑުދައިތައެވެ. އެކަމަކު ދުވަހު އުފަލެއް އެފަކީރަށް ނުލީބޭ ފަދައެވެ. ބޮޑުދައިތަ އޭނާ ބަލަނީ އެއްވެސް ރަހުމަތް، ކުލުނެއްނެތި އެވެ. މިއަދު މިސްކާގެ ލޮލުން ފައިބަމުން އެދާ ކަރުނަޔަކީ އޭގެ […]