ރޯދަ ހާއްސަ “އެވާރެއާއި …” ބާބު 4 ( އެއީ ފުލުހުންގެ އިސް އިމާމެކޭ)
ބައްޕަ ޚަބަރު ބަލަން އިނދެފައި އަހަރެން ގޮވައިގެން ކޮލެޖަށް ދާން ނިކުތެވެ. އަށެއް ޖެހިއިރު ހުންނާނީ ބޮޑު ހޯލުގައެވެ. އެންމެ ފުރަތަމަ އައި އެކަކަށް ހަމަ ގައިމުވެސް ނޫރިޔާވާނެއެވެ. އަށްގަޑި ފަނަރަ ވިއިރު ކުދިން ހަމަވުމުން ލެކުޗަރާއި އިއުލާން ކޮށްލިއެވެ. “އައްސަލާމް އަލައިކުމް ވަރަޚު މަތުއް ﷲ ވަބަރަކާތު. ހުރިހާ ކުދިން ކޮޅަށް ތެދުވެލައި ދެން އެވަންނަނީ ފުލުސް” ކޮޅަށް ތެދުވެ މައި ދޮރާ ދިމާލަށް ލަސް ލަހުން ބަލައިލީމެވެ. ހިތުގެ ހިނގުން ދިޔައީ ބާރުވަމުންނެވެ. ވާން އުޅޭ ގޮތެއް ރޭކާވެސް ނުލައެވެ. ފުލުހުންގެ ޔުނީފޯމްގައި އައިސް ހުއްޓާލި ޒުވާނާ ފެނި ވީގޮތް ބުނެދޭންވެސް ނޭނގޭނެވެ. ކުރިމަތީ އައިސް އެ ހުއްޓިލީ ކާކުބާއެވެ؟ ކުރާނީ ކޮންކަމެއްބާއެވެ؟
**********************************
އާރިޒު ފުލުހުންގެ ޔުނީފޯމުގައި އައިސް ހުއްޓާލީ ސީދާ ސުޓޭޖުގެ މެދުގައެވެ. އަހަންނަށް އެހެރަ ވީ ގޮތް ބުނެދޭން ވެސް ދައްޗެވެ. ދެ ލޯ މުދުނަށް އަރައިގެން ދިޔައެވެ. އެ ނޫން ދިމާލަކަށް ނުބެލެއެވެ. އެހެން އުޅެނިކޮން ދެ މީހުންގެ ހަތަރު ކަޅި ހަމަވެއްޖެއެވެ. ލަދުން އިސްޖަހާލީ ނޫރިޔާއެވެ. ފުރަގަހަ އެނބުރިލީ އާރިޒެވެ.
” އަހަރުމެންގެ ލަދު މާ” ޒާނާ ބުނެލިއެވެ.
“ކީކޭ” ނޫރިއަށް ބުނި އެއްޗެއް ފަހުމް ނުވެގެން އަހާލިއެވެ.
” ސާބަހޭ އެއްޗެކޭ ނޫން” ހެވިފައި އިނދެ ޒާނާ ބުންޏެވެ.
ވިހި މިނެޓުގެ ހަމަހިމޭން ކަމަށް ފަހު ލެކުޗަރާ ފުލުހަށް ފުރުސަތު ދެމުން ދުރަށް ހިނގައިގަތެވެ. ހުރިހާ ކުދިންވެސް ތިބީ ވަރަށް މަޑުމައިތިރިކޮށެވެ. އެކަމަކު އަންހެންކުދިންތައް ހީވަނީ ދުވަހަކު ފިރިހެނަކު ނުފެންނާތީ ތުއިވާން އުޅޭ ހެންނެވެ. އަޅައިގެން ތިބޭ ބުރުގާވެސް އޮންނަނީ އަބަދު ރަނގަޅުކުރަންވެފައެވެ. އެ މަންޒަރުތަކުން މޭ ކެކި އުތުރި އަރަމުން ދިޔައެވެ. އޭނާ ހިތަށް އަޑުލައި ބާރާށް ބުނެލިއެވެ. އެއީ ހަަމައެކަނި މަގޭ ހައްޤެކެވެ.
“السلام عليكم ورحمة الله وبركاته” ފުރިހަމަ ސަލާމުން އާރިޒު ސަލާމް ގޮވާލިއެވެ. ވާހަކަ ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންގެ ހާލު އަހާލިއެވެ. މިފަދަ ފުރުސަތެއް ދިނީތީ ލެކުޗަރާއަށް ޝުކުރުއަދާކުރިއެވެ.
” بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم”
މަޑުމައިތިރި އަޑެކެވެ. އެހާ އަހާލަން ހިތްފަސޭހަ އަޑެކެވެ. މީހާގެ ރީތިކަމާއި އެއް ވަރަށް އަޑުވެސް އެހާ ފުރިހަަމަ ޒުވާނެކެވެ.
ވާހަަކަ ދައްކަން ފެށީ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށެވެ. ނަސޭހަތްދޭ ރާގުގައެވެ. އެ އަޑުގެ ޖާދޫގައި ޖެހިފައި އިނދެ ވަގު ވަގަށް އާރިޒުގެ ވީޑިއޯ ކޮޅެއް ވެސް ނަގާލީމެވެ.
ލޮބުވެތި އަޅުގަނޑެކޭ ވެސް އެއްފަދަ ޒުވާނުނެވެ. މިއަދުގެ މި މަޖިލީހުގައި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރު ކޮން ފޮނިކޮން ވާހަކަތައް ކުރިއަށް ގެންދެވޭތޯ ބަލާނަމެވެ.
އާދެ! ދިވެހި ޒުވާނުންގެ ޤާބިލުކަން ޤާބިލިއްޔަތުކަން އެބަހުއްޓެވެ. ހިތްވަރު ވެސް އެބަހުއްޓެވެ. މައްސަލައަކީ ވަގުތީ އުފަލަކަށް ޓަކައި ވަކި ބަޔަކު ޒުވާނުންނަށް ދަތިކުރާތީއެވެ. ކުރިމަގަށް ހުރަސްއަޅާތީއެވެ. އަޅުވައި ވައްޓާލާތީއެވެ. ސިޔާސީ ކަންކަމުގައި އުޅެއޭ ކިޔާފަވެސް ޒުވާނުން ބޭކާރުކޮށްލާތީއެވެ. އަގެއް ނެތްކަންް ދައްކާތީއެވެ.
ކުދިންނޭވެ! އެންމެންނަކަށް ތިބާގެ ދިރިއުޅުމުގެ ދަތިތައް ފަހުމެއް ނުވާނެއެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. އެ ކަން ވަނީ ތިބާއާއި ތިބާގެ ވެރި ރައްބާ ދެމެދުއެވެ.
ތިބާއާ ވާދަކުރަން ތިބި މީހުންގެ ފައިގައި ދަތިއަޅުވައި ވައްޓައިލުމަށްފަހު ތިބާއަށް ކުރިއެރިދާނެއެވެ. ނަމަވެސް، އެހެން އެކަން ކޮށްފިނަމަ ކުރެވިއްޖެނަމަ ވިސްނާށެވެ. ތިބާގެ ވެއްޓުން ވެސް ވާނީ މާ ދުރަކު ނޫނެވެ.
ކިޔަވަމުންދައި ވިލާ ކޮލެޖުގެ ދަރިވަރުންނެވެ. އަބަދުވެސް އެކަކު އަނެކަކަށް (އަނެކުންނަށް) ހެޔޮކޮށް ހިތާށެވެ. އެއީ ތިބާ ވާދަކުރަމުންދާ ވާދަވެރިޔަކަށް ވިޔަސްމެއެވެ.
ތިޔަ ކުދިންނަކީ މި މުޖުތަމަޢުގެ ހިތެވެ. ދިވެހި ޤައުމުގެ ފަޚުރެވެ. މި ޤައުމު ބިނާކުރުމަށް، ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާނެ ބަޔަކަށް ވާން ތިބީ ތިޔަ ކުދިންނެވެ.
ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކުޑަ ކުޑަ ކަންކަމުން ބޮޑެތި ކަންކަމާ ހަމައަށް ތިޔަ ކުދިންގެ ކޮނޑުތަކުގައި އެޅިފައިވާނެ ޒިންމާތައް ވަރަށް ބޮޑުވާނެއެވެ.
ތިޔަ ކުދިންނާ ވާހަކަ ދައްކާލަން މި ބޭނުންވަނީ، ދިރިއުޅުން މަގު ފަހިކުރުމަށްޓަކައި، އިސްލާމީ ރިވެތި އަޚްލާޤާއި ރަނގަޅު އަދަބުތައް ދެނެގަތުމުގެ މުހިންމުކަމާ ބެހޭ ގޮތުންނެވެ. އިސްލާމް ދީނަކީ ހަމައެކަނި ނަމާދުކުރުމާއި ރޯދަ ހިފުން އެކަނި އެއް ނޫނެވެ. އެއީ މުޅި ދިރިއުޅުން ރަނގަޅު މަގުން ބައްޓަންކޮށްދޭ ދީންނެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ސުންނަތުންނާއި ކީރިތި ޤުރުއާނުން އަހަރުމެންނަށް ލިބޭ ހިދާޔަތަކީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިދޭނެ އަލިމަގެވެ.
އެހެންވީމާ، ތިޔަ ކުދިންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި، ފުރަތަމަ ކަމަކަށް ނަމާދުކުރާށެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ތިޔަ ކުދިންގެ ދުވަހުގެ ފަސް ވަގުތު، ﷲ އަށް އަޅުކަންކުރުމަށް ވަގުތު ދޭން ނުހަނު މުހިންމެވެ. ނަމާދުން ތިމާގެ ހިތަށް ހަމަޖެހުމާއި، ހިތްވަރު ލިބޭނެއެވެ. އެއީ ޔަޤީންކަމެކެވެ. ދުނިޔޭގެ އެކި ކަންކަމުން ކުރިމަތިވާ ހާސްކަމާއި ފިކުރުތަކުން އެކުލެވޭ ހަމަޖެހުން ލިބޭނެއެވެ. ވީމާ، ނަމާދަށް ސަމާލުކަން ދޭން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ތިކުދިންގެ ކުރިއެރުމަކީ ނަމާދެވެ. ދަންނަންވީ ހަޤީޤަތަކީ ނަމާދުނުކޮށް ވާނެ މޮޅެއް ނޯންނާނެއެވެ.
ދެވަނައަށް ކީރިތި ޤުރުއާންއެވެ. ޤުރުއާނަކީ އަހަރުމެންނަށް ﷲ ބާވައިލެއްވި ފޮތެވެ. އެއީ ހިދާޔަތުގެ އަލިކަންދޭ ނޫރެވެ. ޤުރުއާން ކިޔަވައި، އެ ފޮތުގެ މާނަ ދެނެގަތުމަކީ ކޮންމެ މުސްލިމަކަށްވެސް ލާޒިމް ކަމެކެވެ. ޤުރުއާނުގައިވާ އާޔަތްތަކުން ލިބޭ އިބުރަތްތަކާއި، ނަސޭހަތްތަކަކީ ތިޔަ ކުދިންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކަށް އަލިކަން ގެނެސްދޭނެ ކަމެކެވެ. ވީމާ، ޤުރުއާނާ ގާތް ގުޅުމެއް ބަހައްޓަން މަސައްކަތް ކުރާންވާނެއެވެ. ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތެއް ނަމަވެސް ޤުރުއާން ކިޔެވުމަށްޓަކައި ހުސްކޮށްލަން މަސައްކަތްކުރަން ޖެހޭނެއެވެ.
” ޝޯ ތިޔަ ކުދިންނަށް އިބުރަތް ލިބޭ ފަދަ ވާހަކައެއް ކިޔައިދޭނަށް ދެން ކަނުލައި އަޑުއަހާތި ތި ކުދިން”
” އެއް ރަށެއްގައި ވަރަށް ބުރަ މަސައްކަތްކޮށްގެން ދިރިއުޅުން ވޭތުކުރާ ޒުވާނެއް އުޅެއެވެ. އޭނާގެ އާއިލާއަކީ އެހާ މުއްސަނދި ބައެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތުގައި ވަރަށް ބޮޑު އުންމީދެއް އޮވެއެވެ. އެއީ އޭނާގެ އާއިލާއަށް ދިރިއުޅުން ރަނގަޅުކޮށްދީ، މުޖުތަމަޢަށް ހެޔޮ ދައުރެއް އަދާކުރުމެވެ. އޭނާ ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ތެދުވެ މަސައްކަތަށް ދެއެވެ. މަސައްކަތުގެ ބުރަކަމުން ވަރަށް ވަރުބަލިވެއެވެ. އެކަމަކު އޭނާ ދުވަހަކުވެސް ނަމާދު ދޫނުކުރެއެވެ. ކޮންމެ ނަމާދު ވަގުތަކުވެސް މަސައްކަތް ހުއްޓާލައި ނަމާދުކުރެއެވެ. އަދި ނަމާދަށްފަހު ﷲ އަށް ދުޢާކުރެއެވެ. އޭނާގެ ހިތްވަރާ، ހެޔޮގޮތުގައި ދެމިހުރުމުގެ ސަބަބުން، މަސައްކަތުގައި ކުރިއެރުން ލިބި، އޭނާގެ އާއިލާގެ ދިރިއުޅުން ރަނގަޅުވެއެވެ. އަދި މުޖުތަމަޢަށްވެސް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރެއެވެ. މި ވާހަކައިން އަހަރެމެންނަށް ދަސްވާ އެއްޗަކީ، ތެދުވެރިކަމާއި، ހިތްވަރާއި، ދީނީ ކަންކަމަށް ފަރުވާތެރިވުމުން ކޮންމެ ކަމެއްވެސް ފަހިވާނެކަމެވެ. އެހެންނޫން ތޯއެވެ.”
ތިޔަ ކުދިންގެ ބައްޕަ މަންމަ، ގާތް މީހުންނާއި ދުރު މީހުންނަށް އިހުތިރާމްކުރަން ދަސްކުރައްޗެވެ. އިސްލާމީ އަދަބުތަކުގެ ތެރޭގައިވާ އެންމެ މުހިންމު އެއް ކަމަކީ، އެންމެންގެ މެދުގައި އިހުތިރާމް ކުރުމެވެ. ބޮޑެތި މީހުންނަށް ބޯލަނބައި، އެކުވެރިންނާ ރަނގަޅަށް މުޢާމަލާތް ކުރުމެވެ. ގަމައެޔާއެކު ތިމާގެ އަވައްޓެރިންނަށް ހެޔޮކޮށް ހިތަންވާނެއެވެ. މިއީ އިސްލާމް ދީން އަންގަވާ ކަންކަމެވެ. މިފަދަ ރިވެތި އާދަތައް ދިރިއުޅުމުގެ ބަޔަކަށް ހަދަމާހެވެ.
މުޖުތަމަޢަށް ރަނގަޅު މެސެޖެއް ދިނުމަކީ ތިޔަ ކުދިންގެ ބޮޑު ޒިންމާއެއެކެވެ. މަސްތުވާތަކެއްޗާއި، ޖިނާއީ ކުށްތަކާއި، އަޚްލާޤީ ފޭލިކަންތަކުން ދުރުހެލިވާށެވެ. އެއީ ތިޔަ ކުދިންގެ ދިރިއުޅުމަށް ހީނަރުކަން ގެނެސްދޭނެ ކަންކަމެވެ. ދެމެދުގައި އެއްބައިވަންތަކަން އުފައްދާށެވެ. ޤައުމީ ރޫޙު އާލާކޮށް، ޤައުމަށްޓަކައި ހިދުމަތްތެރި ދަރިއަކަށް ވާށެވެ. ބޭނުންތެރި ޤާބިލު ޒުވާނަކަށް ވާށެވެ. ތިޔަ ކުދިންގެ ތެރޭގައި ތަޢުލީމީ ގޮތުން ކުރިއަރައިގެން ދާނެ ކުދިން ގިނަވާން ޖެހެއެވެ. އަތްތެރި މަސައްކަތް ދަސްކޮށް، މުޖުތަމަޢަށް ފައިދާކުރުވަނިވި ކަންކަން ކުރަން ޖެހެއެވެ. ދިވެހިރާއްޖޭގެ ދެ ޖިންސުގެ ޒުވާނުންނަކީ ގަދަފަދަ ބާރެކެވެ. މި ބާރު ރަނގަޅު މަގުގައި ބޭނުންކުރާށިއެވެ.
ފުލުހުގެ ދުޢާއަކީ ތިޔަ ކުދިންނަކީ ﷲ އަށް ބިރުވެތިވާ، ދީނަށް ލޯބިކުރާ، ޤައުމަށް އިޚްލާސްތެރި، އާއިލާއަށް ހެޔޮ ދަރިންތަކަކަށް ވުމެވެ. ﷲ ތިޔަ ހުރިހާ ޒުވާނުންގެ ކަންކަން ފަހިކޮށްދެއްވާށިއެވެ.
އާމީން.
ނުހަނު އިބުރަތުން ފުރިގެންވި ނަސޭހަތްތަކެއް އާރިޒުގެ ދުލުން އިވުމުން ބަޔާން ކުރަން ދަތިހާ އުފާލިބިގެން ދިޔައެވެ. އެ ނަސޭހަތުގައި ހިފައި ކުރިމަގު އުޖާލާކުރުމަށް ނޫރިޔާ އަޒުމު ކަނޑައެޅިއެވެ. މާބޮޑާށް އެ ހިތުގައި އާރިޒަށް ވިންދުޖަހާލިއެވެ.
އިމާމުވެ ފުލުހުގައި ނަމާދުކޮށް ޚުތުބާ ކިޔާ އުޅޭތައި އަހަރުތަކެއް ފާއިތުވެގެން ހިގަންޖެއެވެ. އެހާ ފަރިތަކޮން އާރިޒަށް ވާހަކަ ދެއްކުނު މައިގަނޑު އެއް ސަބަބަކީ އެއީއެވެ.
ހަފްލާ ނިމުނު އިރު ފުލުހުގެ ޝަރަފުގައި ފަރިއްކޮޅެއް އޮތީ ތައްޔާރުކޮށްފައެވެ. ބިރިޔާނިއެވެ. ރިހާކުރު ދިޔައެވެ. ބަނބުކެޔޮ ބަތެވެ. ފަލަ ބަތެވެ. ބާސްމަތީއެވެ. ގަރުދިޔައެވެ. ތެލުލިމަހެވެ. ފިހުނު ކުކުޅެވެ. ކޮޅި ފޮޅިއެވެ. ފޮނި ފޮޅިއެވެ. ސަރުބަތުގެ ކޫލަރުތަކެވެ. ހަނޑުލު ބޮނޑިބަތެވެ. ސާގު ބޮޑިބަތެވެ. ކަސްޓަޑުއެވެ. ނަން ހުސްކޮން އެއްޗެހި އެބަހުއްޓެވެ.
މީރު ނުވާނެ ހަމަ އެކައްޗެއްވެސް ނެތެވެ. ކޮންމެ ކާއެއްޗަކުންވެސް އާވި އަރަ އަރައި ހުއްޓެވެ. ކެއުމަށް އަހަރެން އެޅީ ބަނބުކެޔޮ ބަތެވެ. ރިހާކުރުދިޔައެވެ. ތެލުލިފަތާއި ފިޔާ މިރުހެވެ. ބޮޑިބަތެވެ. ދެ ވައްތަރުގެ ކުޅި ފޮނި ފޮޅިއެވެ.
އެކުވެރިޔާ ނެނގީ ބިރިޔާނިއެވެ. ހަލުވިދާއެވެ. ބުއިމަށް އޮރެންޖު ފަންޔެވެ. ދެ މީހުންވެސް ވަރަށް މީރުކޮން ކެއީމެވެ. އާރިޒު ކާން އެޅީވެސް ހަމަ ދިވެހި ކެއުމުގެ ބާވަތްތަކެވެ. ރަނގަޅަށް ކައި ނިމުނު އިރު ދިހައެއް ޖަހަނީއެވެ.
ލެކުޗަރާ ލަސްނުވެ ގެއަށް ދިއުމަށް ބުނެފިއެވެ. ހޯލުން ބޭރަށް ނިކުމެ ގުޅަން ފެށީމެވެ. އެހާ ލަސްވުމުން ގެއަށް ގުޅޭ ގޮތެއް ވެސް ނުވިއެވެ. އެހެން ހުއްޓައި ޒާނާ ގޮވާލިއެވެ.
” ގެއަށް ނުދެވިފަތަ ހިނގާ އަހަންނާއެކު ދާން ކާރުގައި ދެވޭނެ ” ނިދަން ބޭނުންވެފައި ހުރިވަރުން އަވަހަށް އާއެކޭ ބުނީމެވެ.
ގޭޓު ކުރިމަތީ އައިސް ހުއްޓާލި ކާރުފެނި ސުވާލު އުފެދުނެވެ. އެއީ އާރިގެ ކާރެވެ. ކާރުގެ ބިއްލޫރި ގަނޑު ކާހާލުމުން ޔަޤީންވިއެވެ. އެތެރޭގައި ދުއްވަން އޭނީ އާރިޒެވެ. ލައިގެން ހުރީ ފުލުހުންގެ ޔުނީފޯމެވެ. ވަގުތުން ހިތަށް އެރިއެވެ. މިއީ ޒާނާގެ ލޯބިވެރިޔާ ހެއްޔެވެ؟ އަނެއްކާ އާރި އާއި ޒާނާ އާ އޮތީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ؟ ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ނޫރިޔާގެ ބޯ ހާސްވަމުން ދިޔައެވެ.
ނުނިމޭ
ކިޔުންތެރިންގެ ސަމާލުކަމަށް
މި ވާހަކައަކީ އިސްނާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ގެނެސްދޭނީ ރޯދަމަހު ހަފްތާގެ ހުކުރުދުވަހުއެވެ. ހޮނިހިރު ވިލޭރޭއެވެ. އަޅުގަނޑުގެ މި ވާހަކަވެސް ކިޔުންތެރިންނަށް ރީތިވާނެ ކަމަށް ހީކުރަމެވެ.
“އުފާވެރި ހުކުރުދުވަހަކަށް އެދެން!”
🥰❤️🫶🥀😊
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Can’t wait for the next part
Thankolheh avahah up kodheeba pls!
Next part dhw roadha mas ves mi nimunee thaa first kohlhevey thw ulheynan
❤️🫶🥰🥀☺️