Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޒުމޫނު

އަގުހުރި ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
December 27, 2018 One Min Read
2 Comments

އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ

މިލޮބުވެތި ޤައުމު އޭގެ އެންމެ ބާރު ދުވެލީގައި ތަރައްޤީގެ ހަރުފަތްތައް ގިރާކުރމުން ދަނިކޮށް ދުވެލި މަޑު ޖައްސާލަން ޖެހުނު ބިރުވެރި ކާރިޘާ ކުރިމަތިވީ ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ސައްބީސް ވަނަ ދުވަހުއެވެ.

އެއީ ބިރުވެރި ދުވަހެކެވެ.މަތިވެރި ޢިބްރަތްތަކެއް ލިއްބައިދިން ދުވަހެކެވެ.އަޚްވަންތަކަން ފާޅުވި ދުވަހެކެވެ. އެއްބައިވަންތަކަން ހާމަވި ދުވަހެކެވެ.

އެދުވަހުގެ ބިރުވެރިކަމޭތޯއެވެ! މުޅިފަޒާ ގުގުމާފައި ވަނީ ރުއިމާއި،ގިސްލުމާއި،ތަކުބީރުގެ އަޑުންނެވެ.ހަށީގައި ހޭހުރިމީހަކުނެެތެވެ. ވާނުވާ އެނގުނުމީހަކު ނެތެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ މިސްކިތަށް ޙުރުމަތްތރިކޮށް ހިތާ އެތަނަށް ޤަދަރުކުރާ ބައެކެވެ. އެތަނަށް ގިނަގިނައިން ގޮސް ވަޤުތު ހޭދަކުރާ ބައެކެވެ. މިސްކިތަކީ މިބިންމަތީގައިވާ ﷲގެ ގެކޮޅުކަން ދިވެހިން ދަނެއެވެ.އެހީއާއި މަދަދަށް އެދި ދަންނަވަނީ ﷲގެ ޙަޝްރަތުގައެވެ. މިސްކިތުގައި ތިބެއެވެ. އެބިރުވެރި ސްނަމީ ކުރިމަތިވުމުންވެސް ހުރިހާ އެންމެން ސަލާމަތަށް އެދި ދުޢާކުރީ ﷲގެ މަތިވެރި ޙަޝްރަތުގައެވެ. ޙިމާޔަތް ހޯދަން ދިޔައީ މިސްކިތަށެވެ. ﷲގެ ކުޅަދުންވަންތަކަން ދެކޭށެވެ. މުޅިރަށް އެއްކޮށް ފެންބޮޑުވެގެން ދިޔައިރުވެސް މިސްކިތުގެ ތެރެއަށް އެންމެ ލޮނުފޮދެއްވެސް ނުވަދެއެވެ.

ސްނާމީގެ ބިރުވެރި ކާރިސާއިން ލިބުނު އަނެއް ފިލާވަޅަކީ ދުނިޔެއަކީ ވަޤުތީ ތަނެއްކަމުގެ ފިލާވަޅެވެ. އެއްކުރާ މުދާތަކަކުން ފައިދާއެއްނުކުރާނޭ ކަމެވެ. ވަޤުތު އައިސްޖެހުމުން ހުރިހާއެއްޗެއް ވީރާނާވެ ފަނާވެ  ދާނޭކަމެވެ.ބޮޑުފޮށްޓާލައި ބޮޑުތަޅު އަޅުވާފައި ވިޔަސްމެއެވެ. މުދަލުގައި އެހެން ބައެއްގެ ޙައްޤުތައް ވެއެވެ. އެޙައްޤުތައް އަދާކުރަން ޖެހޭނެއެވެ.

ސްނާމީގެ ބިރުވެރި ކާރިސާއިން ޤިޔާމަތް ވުމުގެ ބިރުވެރިކަމުގެ ކުޑަކުޑަ ތަޞައްވަރެއް ކުރެވުނެވެ. އެފަދަ ދަނޑިވަޅެއްގައިއެއްވެސް މީހަކަށް އަނެކާގެ ޙާލަށް އަޅާނުލެވޭނެއެވެ.ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅިރަށް އެއްކޮށް ދޮވެވިގެން ދިއައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތް ނުކުރެވިގެން އުޅެން ޖެހުނެވެ.

މިފަދަ ކާރިސާ ތަކުގެ ސަބަބުން ނަފްސު އިޞްލާޙް ކުރަން ވެއްޖެކަމުގެ އިޙްސާސް ހިތަށް ވަދެގެން ދެއެވެ.ތިމާގެ ނަފްސު އެކަންޏެއްނޫނެވެ. މުޅި މުޖްތަމަޢު ހަމަމަގަށް އެޅުވުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއްކަން ހަނދާން ކޮށްދީފިއެވެ.ތިމާ ހުރި ޙާލަތުން އެހެން ޙާލަތަކަށް ރުޖޫޢަ ވުމަށްވެސް މިކާރިސާ އެހީވެ ދީފިއެވެ.

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

މަންމައަށްޓަކައި…….

Next

ވަގުތު 3

Next
December 27, 2018

ވަގުތު 3

Previews
December 27, 2018

މަންމައަށްޓަކައި…….

2 Comments!

  1. Rose says:
    December 29, 2018 at 7:33 pm

    Great… I’m the first…

    1. ismail ali kaleyfaanu says:
      December 29, 2018 at 8:28 pm

      Thanks

Comments are closed.



All Right Reserved!