Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ކޮށްލި ސަމާސާ

ismail ali kaleyfaanu Level 310 Stories100 Login100 Comments
December 11, 2018 2 Mins Read
2 Comments

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

އެރޭ އަހަރެންގެ ގާތަކަށް ނިންޖެއް ނައެވެ.ވާހަކަފޮތެއް ނަގައިގެން ކިޔަން ފަށައިފީމެވެ. އެޔަކާވެސް މަ ގަޔާވާ ގޮތެއް ނުވިއެވެ. ނިދިނައުމުން ވަރަށް ބޮޑަށް ފޫހިވާ ގޮތް ވެއްޖެއެވެ.ދެތެދުވެ ކުޑަދޮރުން ބޭރުބަލާލައިފީމެވެ.އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ފާޚާނާ އަށް ވަދެ ވަރަށް ރީތިކޮށް އޯކިޑް ސައިބޯނި ލައިގެން މޫނު ދޮވެލާފީމެވެ. އަދި މޫނު ފޮހެލުމަށްފަހު މޫނުގައި ކްރީމެއް އުނގޅާލައިފީމެވެ.

ދެން ދެލޯ މަރާލައިގެން ނިދޭތޯ މަސއްކަތް ކޮށްފީމެވެ.ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. މިއަދު ހަވީރު މިގޭދޮށުން ފެނުނު އެރީތި ޒުވާނާގެ މަތީން ހަމަ ހަނދާންވަނިއެވެ. އެއީ ހާދަ ރީތި ޒުވާނެކެވެ.

އަހަރެންނަށް ކުއްލި ސިހުމެއް ލިބުނީ ކޮޓަރި ދޮރުގައި ޓަކިދޭ އަޑަށެވެ. ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ އަހަރެމެން ގޭގައި ގެންގުޅޭ ކުއްޖެއް ކަމަށްވާ ސްނީތާއެވެ.މަޑު ނޫކުލާގައިވާ ވަރަށް ރީތި ސިޓި އުރައެއް ދިއްކޮށްލުމަށްފަހު ހެމުން ހެމުން ހިގައްޖެއެވެ.

އަހަރެންނަށް މިރޭ ނުނިދިގެން މިއުޅޭ ސަބަބާއި މިސިޓީއާއި ގުޅުމެއް އޮވެދާނެތީ ހަމަޖެހިލައިގެން އިނދެ ސިޓީ ކިޔާލުމުގެ ބޭނުމުގައި ކޮޓަރިވެސް ތަޅުލަފީމެވެ. މޭޒުކައިރީ ހުރި ސޯފާގައި ޖައްސާ ލުމަށް ފަހު ސިޓީއުރަ ކަނޑާލައިފީމެވެ. އެތެރޭގައި އޮތީވެސް މަޑު ނޫކުލާގެ ވަރަށް ރީތި ގަޑެއްގައި ވަރަށް ރީތިކޮށް ލިޔެފަވާ ނުހަނު ދިގު ސިޓީއެކެވެ.ސިޓިގައި އެޑްރެހެއް ނެތެވެ.ސިޓީގެ ޢިބާރަތްތައް ވަރަށް ފޮންޏެވެ. އަހަރެންނަށް ވަރަށް ތަޢުރީފް ކޮށްފައިވެއެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކު އަހަރެންނަށް ތަޢުރީފް ނުކުރާހާ ފުރިހަމައަށެވެ.

އަހަރެންގެ ރީތިކަން ވިސްނޭން ފެށުނީ ދެނެވެ.މިސިޓީގައި ބުނެފައިވަނީ ޙަޤީޤަތެއްތޯ ބެލުމުގެ ގޮތުން އަހަރެންގެ ކޮޓަރިގައި ހުންނަ އިސްކޮޅާއި އެއްވަރުގެ ބޮޑު މޫނުބަލާ ލޯގަޑުން އަހަރެންގެ އަމިއްލަ ސޫރަ ބަލާލައިފީމެވެ.މިގޮތަށް ނުހަނު ގިނައިރު ޙައިރާން ވެފާހުރީމެވެ. އެސިޓީގައި ވަނީ އަހަރެންގެ ސިފަތަކާއި ތަފާތު ނުވާ ސިފަތަކެކެވެ. އަހަރެންގެ ބުމައާއި ބެހޭގޮތުން ވަރަށް ދިގު ތަޢުރީފެއް ދީފައިވެއެވެ.ދެބުމަދޭތެރޭ އަނދުން ކޫރެއްހެން ފަޅާފައިވާ ހިމަހިމަ ލޯލިތައް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

އަހަރެންގެ ލޯތްބަށްއެދި ހުށަހަޅާފައިވާ މިޒުވާނާގެ ތަޢާރަފެއްވެސް ލިޔެފައިވެއެވެ. އެޒުވާނާ އެދުވަހުގެ ހަވީރު އަހަރެމެންގެ ހޮޅިދަނޑި ކައިރީ މަޑުކޮށްގެން ހުރިކަމަށްވެސް ލިޔެފައިވެއެވެ. އެއީ ހަމަތެދެކެވެ. އަހަރެން ހަވީރު ދޮންތަމެން ގެއިން އައި އިރު އެނާ ދުށީމެވެ.އެއީ ނަޒަރު ވަކިކޮށްލުން ދަތި ޒުވާނެކެވެ.އަހަރެން ފެނުމުން ތުމުން ފުމުނެވެ.އެހެންނަމަވެސް އަހަރެން އެކަމާ އަޅާ ނުލާ ދިޔައީއެވެ. ހިތާއި ދެކޮޅަށެވެ.

އެތަކެއްފަހަރު އަހަރެން އެސިޓީ ކިޔާފީމެވެ.އެރީތި ލިޔުން އަހަރެން އަތުން ދޫކޮށްލާހިތެއް ނުވިއެވެ. އެތަކެއްފަހަރު އެކަރުދާސްގަނޑުގައި ބޮސްދިނީމެވެ.ސިޓީގެ އެންމެ ތިރީގައި ސަލީމް މިހެން ލިޔެލާފައި އޮތެވެ.

މިހާރު މުޅިގެ ވަނީ ހަމަހިމޭން ވެފައެވެ.ސްނީތާ ވެސް މިހާރު ނިދީކަންނޭގެއެވެ.އެކަމަކު އަހަންނަކަށް ދެން ނުނިދޭނެއެވެ. އަހަރެން ބޭރުބަލާލުމަށް ފަހު ބޭރަށް ނުކުމެއްޖައީމެވެ.ގޯތިތެރޭގައިވާ ގަހެއްގައި އެލުވާފައިވާ ހެއްލާ ޖޯއްޔެއްގައި އޮށޯވެއްޖައީމެވެ.

ސިޓީއާއި މެދު ޚިޔާލު ކުރުމުގައެވެ.އޭރުވެސް ސިޓީވަނީ އަހަރެންގެ މޭމަތީގައި ބާއްވާ ލެއްވިފައެވެ.އަހަރެން ނިންމީ ހަމަ މިރޭ އޭނާއަށް ފޯނުކޮށްލުމަށްފަހު އޭނާގެ އާދޭސް ހިތުން ރުހުމުން ޤަބޫލުކުރި ވާހަކަބުނުމަށެވެ.އަދި އަވަސް ފުރުސަތެއްގައި ބައްދަލު ކުރަން ބޭނުންވާހަކަ ބުނުމަށެވެ. މިޚިޔާލު އައުމާއިއެކު އަހަރެން އޭނާއަށް ފޯނުކޮށްލައިފީމެވެ. އެއީސިޓީގައި ދީފައިވާ ނަންބަރަށެވެ.

ވަރަށް އަވަހަށް ޖަވާބު ލިބިއްޖެއެވެ.ނަމަވެސް އެއީ ތޫލި އަޑެއްކަމުން ފިރިހެނެއްގެ އަޑު ނޫންކަން އަހަރެންނަށް ޔަޤީން ވެއްޖެއެވެ.ދެންމަޑުމަޑުން ސަލީމް އުޅުއްވާތޯ އަހާލައިފީމެވެ.ޖަވާބު ލިބުނީ ސަލީމް ނޫޅުއްވާކަމުގައެވެ. އަދި އޭނާ ދުރުވާނީ މެންދަމުންއަލިވެ ތިނެއް ހަތަރެއްޖަހާ ފަހުން ކަމަށް ބުންޏެވެ.

ވާހަކަ ދައްކަނީ ސަލީމުގެ އަންހެނުން ކަމަށާއި ހޭލާ އިނީ ސަލީމުގެ އިންތިޒާރުގަ ކަމުގައި ބުންޏެވެ. އަދި ސަލީމުއާއި ބައްދަލު ކޮށްލަން ބޭނުންވަނީ ކޮންކަމަކުތޯ އަހައިފިއެވެ.އަހަރެން ބުނާނެ ހަމައެކައްޗެއްވެސް ނުވިސްނުމުން ފޯނުބާއްވާފީމެވެ.

ލިބުނު ޚަބަރުން އަހަރެންގެ ހުރިހާ އުއްމީދުތަކެއް ފެނަށް ހަދާލައިފިއެވެ. އަދި ސިޓީގައިވަނީ ވާވެއްދުމުގެ ބަސްތަކެއްކަން އެނގި ސަލީމުއާ މެދު އަހަރެންގެ ހިތުގައި ވަރަށް ނަފްރަތު އުފެދުނެވެ. އެގޮތަކީ އެސިޓީގައި ސަލީމު ދުވަހަކުވެސް މީހަކާއި ރަށްޓެހި ނުވާ ކަމާއި، އަހަރެންނަށް ފާރަލަމުން  ގެންދާތާ އެތައް ދުވަހެއް ވެއްޖެކަމަށް އެސިޓީގައި ލިޔެފައިވާތީއެވެ.

މިފަދަ އާވާރާއަކާއި، ނުގުޅެވުނުކަން މައްޗަށް އުފާކުރަމުން އެދޮގުސިޓީ އަންދާލީމެވެ.އަދި އަޅިކޮޅު ކުޑަދޮރުން ބޭރުކޮށްލުމަށްޓަކައި ކުޑަދޮރު ހުޅުވާލި އިރު ސަލީމު އެތާ ހުއްޓާ ފެނުމުން ވަރަށް ބޮޑު ޙައިރާން ކަމެއް ލިބުނެވެ.

އަދި ތަންކޮޅެއް ދުރުގައި ސްނީތާވެސް ހުއްޓެވެ.އެދެމީހުން އެކުގައިހެން ކުޑަދޮރު ކައިރި އަށް އައިސް ހުރިހާ ވާހަކައެއް އަހަރެންނަށް     ކިޔައިދިނެވެ.އެއީ އެމީހުން ކޮށްލި ސަމަސާ އެއް ކަމުގައި ބުންޏެވެ.

އަހަރެން ބޭރަށް ނުކުމެ ސަލީމާއި އެކުވާހަކަ ދައްކާލަން މަޑުކޮށްލީމެވެ. ސްނީތާ އަހަރެމެން ދޫކޮށްލާފައި ނިދަން ހިގައްޖެއެވެ.އޭނާގެ މިޝަން ކާމިޔާބުވީތީ އުފާ ކުރަމުންނެވެ.

އެވަގުތުކޮޅު އެއީ އަހަރެންގެ ޙަޔާތުގައި އައި ވަރަށް މުހިއްމު ވަގުތު ކޮޅެކެވެ.މެންދަމުގެ ހަމަހިމޭން ވަގުތު ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއި އެކު ސަލީމްގައިން ދުވާ މީރުވަސް އަހަރެންނަށް އުފާވެރިކަމެއް ގެނެސް ދެއެވެ.އަހަރެމެން ދުވަހަކުވެސް ވަކިނުވުމަށް އަތާއަތް ޖެހި ވަގުތު ޖައްވު ގުގުމާއިގެން ދިޔައީ ފަތިސް ނަމާދުގެ ބަންގީގެ އަޑުންނެވެ.އެއީ ހާދަ މޫރިތި ކަލިމަފުޅު ތަކެކެވެ.އަހަރެމެން ދެމީހުން ވަކިވެ ދިޔައީ ފަތިސް ނަމާދު ކުރުމަށްޓަކައެވެ. މިލިބުނު ބޮޑު ނިޢުމަތަށްޓަކައި ފަތިސްނަމަދުގެ ފަހުގައި ﷲ އަށް ޝުކުރުކޮށް އަހަރެމެން ދެމީހުން ދުއާ ކުރާނަމެވެ.

( ނިމުނީ)

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި…..7ވަނަބައި

Next

ވުުމުން ހިތެއްގެ މިލްކުގައި 8

Next
December 11, 2018

ވުުމުން ހިތެއްގެ މިލްކުގައި 8

Previews
December 11, 2018

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި…..7ވަނަބައި

2 Comments!

  1. Isha says:
    December 12, 2018 at 7:14 pm

    Wow..I like the story…but it is too short and loving..

    1. ismail ali kaleyfaanu says:
      December 14, 2018 at 9:28 am

      thanx

Comments are closed.


All Right Reserved!