“އާހ ވަރަށް ބަނޑުހައި ވެއްޖެ!” ގެޔަށް ހަމަ ވަދެވުމާއި އެކީ އައުސް ބުނެލިއެވެ. “ބަނޑުހައިވީ ގެޔަށް އައީމަތަ؟ ބޭރުގަ އުޅުންއިރު ބުނިނަމަތާ ތަނަކަށް ކާންވެސް ދެވުނީހީ…” ސިޑިން އަރަމުން ޒީޝާ ބުނެލިއެވެ. “އޭރަކު ބަނޑުހަޔެއް ނުވެޔޭ! ދެންމެ ބަނޑުހައިވީ…” އައުސް ބަނޑުގައި އަތްހާކައިލަމުން ބުނެލިއެވެ. އެވަގުތު އެމީހުންނަށް ތިބެވުނީ ޒީޝާ އުޅޭ ބައިގައެވެ. ޒީޝާ ގެޔަށް ވަންނަން އުޅުމުން އައުސް ޒީޝާގެ އަތުގައި ހިފައިލިއެވެ. “މީއްޗިހި މައްޗައް ގެންދާނީ މަގޭ މަންމަތަ؟” ދެލޯ ހަނިކޮށްލަމުން އައުސް ބުނެލިއެވެ. […]
ލޯ ކުރިމަތިން ފެންނަން މިހުރީ ހަގީގަތެއްބާއޭ ފަރީޝާގެ ހިތައް އެރިއެވެ. ކުއްލިއަކަށް މިހާ ދުވަސްކޮށްފައި ރިޔާޒް ފެނުމުން ބުނެދެން ނޭންގޭ އެތައް ޝުއޫރެއް ފަރީޝާގެ ހިތުގައި އުތުރި އަރަމުންދިޔައެވެ. “ކީއްވެ ފާޑަކަށް ތި ބަލަނީ؟” ނުބައި ގޮތަކަށް ހީލަމުން ރިޔާޒް ބުނެލިއެވެ. “ރި…ރިޔާ…ޒް” “އާނ ރިޔާޒް” ފަރީޝާ ބުނަން އުޅުން ޖުމްލަ ރިޔާޒްގެ ބަރު އަޑުން މެދުކަނޑާލިއެވެ. “ކޮބާ ބައްޕަގެ ލޯބި ލޯބި އިޝީ ދަރިފުޅު؟ ކޮބާ ލައި؟ ލައިއަށް ފެނިލަން ޖެހޭނެ އެއްނު” ފަރީޝާ އެއްފަރާތް […]
އާދުވަހަކަށް އިރުއަރައިފިއެވެ. ހެނދުނު ތެދުވެގެން ޒީޝާ އަވަސްވެގަތީ އައުސްއަށް ގޮވަންދާށެވެ. “އައުޓީ ތެދުވޭ… މިއަދު އައިޝާއާއި އެކީ ޑޭޓްއެއް އެބައިނެއްނު!” ޒީޝާ އައިސް އައުސް ތެދުވަންދެން ގޮވިއެވެ. އައުސް ތެދުވުމުން ދެން ޒީޝާދިޔައީ އޭނަވެސް އޮފީހަށްދާން ތައްޔާރުވާށެވެ. ޒީޝާއަކީ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. “ނިކުމޭ.. ލަސްވޭ އެބަ!” ތިރިޔަށް ފައިބުމަށްފަހު އައުސް ބާރަށް ގޮވައިލިއެވެ. އޭރު އައުސް ހުއްޓިލައިގެންހުރީ ޒީޝާ އުޅޭ ބައިގެ ދޮރުމަތީގައެވެ. “އައުސް އާދޭ ސައިބޯން ޒީ ނިކުންނަންވާއިރަށް..” އައުސް ފެނުމުން ޝިޔާނާ […]
ވާހަކަ ފެށުމުގެ ކުރިން އާ އަހަރުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަން!!? “ތިހާ ޅަ އުމުރުގަ މިހާ ބޮޑު ސަކްސެސްއެއް ލިބުމުގެ ފަހަތުގަ ވަނީ ކޮންކަމެއްތޯ؟” ނޫސްވެރިޔަކު ސުވާލުކޮށްލިއެވެ. “މިއީ އަޅުގަނޑުގެ މިންނެތް މަސައްކަތާއި ގާބިލިއްޔަތުގެ ސަބަބުން އަޅުގަނޑަށް ލިބުން ސަކްސެސް އެއް.. އަމިއްލަޔަށް ލަނޑުދަނޑިތަކަކަށް ފޯކަސް ކޮށްގެން އެކަންތައްތައް ހާސިލްކުރަން ކުރި މަސައްކަތުން ލިބުން ސަކްސެސްއެއް…” ހިނިތުންވުމަކާއި އެކު އައިޝާ ޖަވާބުދިނެވެ. “މިވިޔަފާރިވެރިން ހާދަ ފޮނިބޮޑުވެޔޭ ދޯ ދެން ނިއުސް ކޮންފަރެންސް ތަކަށް […]
އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ހާސްވެ މުޅި މީހާ ގައިން ދާހިއްލަން ފެށިއެވެ. އަހަރެން ހާސްވެފައި ހުރުމުން އިޝާންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެވަގުތު އިޝާންއަށް ފޯނެއްއައެވެ. ފޯނުގައި ހުރެގެން އަހަރެންނަށް ބަލާލާފައި އިޝާން ފާޑަކަށް ހީލިމަންޒަރު އަހަރެންނަށް ފެނުނެވެ. ނަމަވެސް އެކަމާ އަޅާނުލައި އަހަރެން ސޯފާ މައްޗައް ތިރިވީމެވެ. “ތާޝާ” އަހަރެންނަށް ތާޝާގެ ނަން ކިޔާލެވުނެވެ. މިރެޔަކީ އަހަރެންގެ އިންތިޒާރުގެ ނިމުން އަންނަ ރެޔެވެ. ނަމަވެސް ތާޝާ ކުއްލިއަކަށް ގެއްލުމުން އަހަރެންގެ އުންމީދު ފަނޑުވަން […]
އެވަގުތު އެމީހާގެ މޫނު ފެނިފައި އަހަރެންނަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ. އަހަރެން ފެނުމުން އެމީހާވެސް ކުޑަކޮށް ސިހިފައި އަހަރެންނަށް ބަލަން ހުއްޓެވެ. “ތާޝާގެ ބައްޕަ؟” އަހަރެންނަށް ބުނެވުނެވެ. ކުޑައިރުކޮޅަކު ބަލަން ހުރެފައި އަހަރެން ދާން ހިނގައިގަތީމެވެ. “މާޒް” އަހަރެން ހުއްޓުނީ ތާޝާގެ ބައްޕަ އަހަރެންނަށް ގޮވައިލުމުންނެވެ. މިއީ ތާޝާގެ ބައްޕަ އަހަރެންނަށް ނަމުން ގޮވައިލި ފުރަތަމަ ފަހަރެވެ. އަހަރެން އެނބުރެލުމުން ތާޝާގެ ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން އެއްފަރާތްވެލިއެވެ. އަހަރެން ހުރީ ތާޝާގެ ބައްޕަ ކުރަންއުޅޭ […]
“އަހަރެން ރިޒާނާ މަރާލާނަން!” އައިސްފައި ހުރި ރުޅިން އަހަރެންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އަހަރެންނަށް ވެފައިހުރި ގޮތުން އެންމެންވެސް ތިބީ ވާނުވާ ނޭންގި ހައިރާންވެފައެވެ. “ކިހިނެއްވީ؟” އިޔާޒް އަހަރެން ކައިރިޔަށް ޖެހިލާފައި އަހައިލިއެވެ. އަހަރެން ވީގޮތް ކިޔާދިނުމުން އެންމެންވެސް ތިބީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. “އެހެންވެތަ ތާޝާ ވަޅިއެއް ހިފައިގެން ތިހުރީ؟ މަންމަ މަރާލަން؟” އިޝާން މިހެން ބުނެލުމުން އަހަރެން ތާޝާއަށް ބަލައިލީމެވެ. ތާޝާ ހުރީ ވަޅިއެއް ހިފައިގެންނެވެ. އިޝާން މިހެން ބުނުމުން އެންމެންނަށް އެކީ […]
ކެތްތެރިކަން ކޮޅުންލައިގެން ގޮސް އެންމެފަހުން އަހަރެން ތާޝާގެ މަޑު ތުންފަތުގައި ބޮސްދިނީމެވެ. ތާޝާވެސް އަހަރެންގެ ހަރަކާތުގައި ބައިވެރިވެލިއެވެ. ކުޑައިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު އަހަރެން ތާޝާއާއި ދުރުވެލީމެވެ. އަހަރެންގެ އަމަލުތައް މިޔަށްވުރެ މައްޗައް ހިނގައްޖެނަމަ ތާޝާ އަހަރެން ދެކެ ބިރުގަނެފާނެއެވެ. އަދި އަހަރެންނަށް ކުރާ އިތުބާރު ގެއްލިދާނެއެވެ. އަހަރެންގެ ނަފްސު ހަމަޔަކަށް އަޅުވައިލީމެވެ. އަހަރެން ބަލައިލިއިރު ތާޝާ އިނީ އިސްޖަހައިގެންނެވެ. “ބަނޑުހައިތަ؟” ތަނަށް ވެރިވެފައިވި ފަޅުކަން ފިލުވައިލަން އަހަރެން ބުނެލީމެވެ. އެވަގުތު އަހަރެންނަށް ބަނޑުހައި ހޫނުކަން އިހުސާސް ކުރެވުނެވެ. […]
“މާޒްއަށް ތި އިވުނީ ހަމަ ރަގަޅަށް… އަހަރެން މާޒް ދެކެ ވަރަށް ލޯބިވޭ!” ރިޒާނާގެ އެޖުމްލައިން އަހަރެންގެ މޭ ނުބައި ކުރަން ފެށިއެވެ. މިއީ މޮޔަ އަންހެނެއް ހެއްޔެވެ؟ “ކަލޭ މޮޔަވީތަ؟” އަހަރެންނަށް ނުބައި ގޮތެއް ވަމުންދިޔައެވެ. “މާޒް އަކަށް ނޭންގޭނެ އަހަރެން މާޒް ދެކެ ލޯބިވާ ވަރެއް!” ރިޒާނާ އައިސް އަހަރެންގެ ގައިގައި އޮޅުލައިގެތެވެ. ލިބުނު ސިހުމުމާއި އެކު އަހަރެންނަށް ފަހަތައް ޖެހިލެވުނެވެ. ނަމަވެސް ރިޒާނާ އަހަރެންގެ ގައިގައި ހިފަހައްޓާފައި ހުރީ ވަރަށް ބާރަށެވެ. ހައިރާންކަންމަތީ […]