އެދުވަހު އޮފީހުގައި ހޭދަކުރި ބާކީބައިގައި އައުސް އިނީ ހިޔާލުން ފުރިފައެވެ. މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިރު އިރުކޮޅުން ކައިރީ އޮތް ފޮތައް ބަލައިލެވެއެވެ. އެފޮތް ހުޅުވައިގެން ކިޔާލަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ކިޔަން ބޭނުމީ އެކަނި އިނދެގެން ހަމަޖެހިލައިގެންނެވެ. އެރޭގެ ވަގުތެވެ. އޮފީހުން އައިޝާ އައިސް ގެޔަށް ވަދެގެން އައި އިރު ފަރީޝާ ސޯފާގައި ފުރަގަސް ދީގެން އިނެވެ. އައިޝާގެ ފިޔަވަޅުގެ އަޑު އިވުމުން ފަރީޝާ ދުވެލާފައި އައިޝާގެ ކުރިމައްޗައް ދިޔައެވެ. “އިޝީ ޕްލީޒް މަންމައަށް […]
އޭރު އައިޝާގެ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. މުޅި މޫނުމަތި ހުރީ ރަތްވެފައެވެ. އެނދުމަތީގައި ހުސްގަޔާ ރިޔާޒް ގައިގައި ބައްދާލައިގެން އޮތް ފަރީޝާ ސިއްސައިގެން ދިޔައީ އައިޝާގެ އަޑަށެވެ. ކުއްލިއަކަށް އައިޝާ ފެނުމުން ބަހެއްވެސް ބުނަން ނޭންގިފައި އެއިން ގޮތައް ފަރީޝާ އިނީއެވެ. އައިޝާ ފެނުމުން އަވަސް ކޮށްލާފައި އެއްޗެހި ލައިގެން ރިޔާޒް ނިކުންނަން ދިޔައެވެ. ރަތްވެފައިވާ ބޮޑު ދެލޮލުން އައިޝާ ރިޔާޒްގެ މޫނަށް ބަލައިލިއެވެ. އެބެލުމުގައި އިންތިހާ ދަރަޖައިގެ ނަފްރަތު ފެނިގެން ދިޔައެވެ. ބަހެއް ނުބުނެ […]
މަންޒަރު ފުސްކޮށް ފެންނަމުން ދިޔައެވެ. ލޯ ހުޅުވޭ ވަރަކަށް ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ބޮލަށް ވަމުންދިޔަ ތަދެއްގެ ސަބަބުން ދެއަތުން ބޮލުގައި އަތް އަޅައިލިއެވެ. އެކީ ލޯ ހުޅުވުމުން މުޅި މާހައުލަށް ބަލައިލެވުނެވެ. އެވަގުތު ފަރީޝާގެ ލޮލަށް ސިފަވެގެން ދިޔައީ އެންމެ ފަހުން ހިނގާދިޔަ ހާދިސާއެވެ. ރިޔާޒް ކަންތައް ކުރި ގޮތް ހަނދާންވެފައި ފަރީޝާ ލޯމަރައި ތަގުޑި ކޮށްލިއެވެ. އޭރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެނދުގައި އަތް ވިއްދައިގެން ތެދުވުމަށްފަހު އެނދަށް އަރާ ހަމަޖެހިލިއެވެ. […]
ހޮނިހިރު ދުވަހެވެ. އައުސް އުޅުނީ މިއަދު އައްޑުއަށް ފުރަން ދަތުރަށް ތައްޔާރުވާށެވެ. ޒީޝާ އައުސްގެ ދަބަހަށް އެއްޗެހި އަޅައިދޭން އުޅުނެވެ. “ދެން އަންނާކީ ކޮން ދުވަހަކުން؟” ދެރަވެލާފައި ޒީޝާ އަހައިލިއެވެ. އައުސް މާލެއިން ބޭރަށް ދިއުމަކީ ޒީޝާގެ ހިތަކަށް އެއްގޮތަކަށްވެސް ކެތްވާވަރު ކަމެއް ނޫނެވެ. “ދެން ނާންނާނަށް… އެކޮޅުން މީހަކާ އިނދެގެން އުޅޭނީ!” ޒީޝާގެ ނިތްކުރީގައި އަތުން ޖަހައިލަމުން އައުސް ބުނެލިއެވެ. “ހުއް… އަދި ފޮނިވެޔެއްނު އެބަ!!” ތުން ދަމައިލަމުން ޒީޝާ ބުނެލިއެވެ. ފާޑަަކަށް ބަލަހައްޓައިގެން އާލިމްވެސް […]
ފަރީޝާއަށް ރޮވެން ފެށުމުން އައިޝާގެ ރުޅިއެކީ ފިނިވެގެން ދިޔައެވެ. މަންމަގެ ލޮލުން ކަރުނަ ފައިބުމަކީ އައިޝާގެ ހިތައް ކެތްވާނެ ކަމެއް ނޫނެވެ. ދެރަވިވަރުން އައިޝާ އައިސް ފަރީޝާގެ ގައިގައި އޮޅުލައިގަތެވެ. ފަރީޝާ އަޑުން އަޑުނަގައި ރޮމުންދިޔައެވެ. އައިޝާއަށް ބުނެވުނީ ކިހާވެރެއްގެ އެއްޗެއްކަން ވިސްނުނީ ދެނެވެ. “އިޝީއަށް އިނގޭ މަންމަ އެކަހަލަ ކަމެއް ނުކުރާނެކަން… އެޔައްވުރެ މަންމަ ލައި ދެކެ ލޯބިވާނެ…. އެކަަމަކު ލައި މަރެއް ނުވެޔޭ މަންމާ…” ފަރީޝާގެ ބޮލުގައި ފިރުމައިލަމުން އައިޝާ ބުނެލިއެވެ. އެރޭގެ ވަގުތެވެ. […]
-މިއީ ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ ހިޔާލު އެކުލަވައިގެން ލިޔެފައިވާ ވާހަކައެކެވެ.- ނިވިފައިވި ބައްތިއެއް ދިއްލޭނެކަމުގެ ކުޑަ އުންމީދަކާއި އެކު އަހަރެން މިއަދު ދަތުރު މިފެށީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ހަޔާތައް އައި ހަރީފު މޫސުން ބަހާރު މޫސުމަށް ބަދަލުކުރެވޭތޯއެވެ. މީގެ ދެއަހަރު ކުރިން ރައިނާގެ ހަޔާތުގައި ހިނގި ހާދިސާއެއްގެ ސަބަބުން މިއަދު ރައިނާއަކީ މޯޅިވެފައިވާ މަލެކެވެ. އޮއްސިފައިވާ ތަރިއެކެވެ. ގަލަމު ތުނޑުން މީހުންގެ ހިތްތަކާއި ކުޅެމުންއައި ލިޔުންތެރިޔާ މިއަދު ގަލަމެއް ފެނުނަސް ފޫހިވެއެވެ. […]
“ލައި އާދެބަލަދެން…. ލައި ނެތީމަ އިޝީ ވަރަށް އެކަނިވެރިއޭ…. ލައި އާދެބަލަ…. ލައި އާދެބަަލަ….. ލައި…..” ސިއްސައިގެން ގޮސް ލައިޝާއަށް ހޭލެވުނީ ހުވަފެނެއް ފެނުމުންނެވެ. ކުއްލިއަކަށް ލައިޝާ ތެދުވުމުން ކައިރީ ހުރި މޭރީ ދިޔައީ ސިއްސައިގެންނެވެ. “ކިހިނެއްވީ؟” މޭރީ ހާސްވެފައި އަހައިލިއެވެ. “ހުވަފެނެއް ފެނުނީ……” މިހެން ބުނުމަށްފަހު އަނެއްކާވެސް ލައިޝާ އެނދުގައި އޮށޯވެލިއެވެ. ލައިޝާއަށް އަނެއްކާވެސް ނިދުމުން މޭރީ އެކޮޓަރިން ނިކުމެގެން ދިޔައެވެ. މިއަދު އައިޝާއަށް އޮފީހަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އޮފީސްތެރެޔަށް ވަދެގެން އައި ވަގުތު […]
އާދުވަހެކެވެ. ރޭގައި ނުނިދާ އެތައް ދަމެއް ހޭދަކުރުމުގެ ސަބަބުން އައުސްއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. މިއަދު ޒީޝާ ގޮވަން ނައުމުން އައުސްހުރީ ހައިރާންވެފައެވެ. އެނދުން ތެދުވުމަށްފަހު އައުސް ފުރަތަމަވެސް ގުޅައިލީ ޒީޝާއަށެވެ. ނަމަވެސް އެކޮޅުން ފޯނެއް ނުނަގައެވެ. ފެންވަރާލައިގެން ރީތިވެގެން އައުސް ފުރަތަމަ ދިޔައީ ޒީޝާ އުޅޭ ބަޔަށެވެ. އޭރު ޝިޔާނާއާއި ޒައިން ކާކޮޓަރީގައި ސައިބޯން ތިއްބެެވެ. “އައުސް ތީ އެބޮތް ބަލިވެފަ…” އައުސް ފެނުމާއި އެކު ޒައިން ބުނެލިއެވެ. ޒައިން މިހެން ބުނެލުމުން ޝިޔާނާވެސް ކުޑަކޮށް […]
މިއަދު އެހާ ބުރަކޮށް އުޅުމުން އައުސްހުރީ ވަރަށް ވަރުބަލިވެފައެވެ. ގެޔަށް އައިސް ފެންވަރާލައިގެން ނިކުމެ އައުސް އަވަސްވެގަތީ ޒީޝާއަށް މެސެޖެއް ކޮށްލާށެވެ. އޮފީހުގައި ހިނގި ބަޔެއް ކަންތައްތައް ކިޔާދިނުމަށްފަހު އައުސް އެނދުގައި ހަމަޖެހިލިއެވެ. އަދި ފޯނުނަގައި މީގެ ހައަހަރު ކުރިން ނަގާފައި ހުރި ފޮޓޯއަކަށް ބަލަމުންދިޔައެވެ. ފޮޓޯގައި ހުރީ އައުސްއާއި ހުދު ހެދުމެއް ލައިގެންހުރި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާގެ މޫނަށް ބަލަން އޮވެފައި އައުސް ފޯނު ތުންފަތުގައި ޖައްސައިލިއެވެ. “ހެޕީ ބާތްޑޭ ލައި!” ވައި އަޑުން […]