“އިނާ އަހަރެންނަށް ހެލްޕްވާނަން ދޯ؟” އަހަރެން އިނާޝާގެ އެހީ ކިތަންމެހާވެސް ބޭނުމެވެ. “ހުމްމް..” މިހެން ބުނުމަށްފަހު އިނާޝާ ތެދުވެގެން ދިޔައެވެ. އަހަރެންގެ ބޮލުން އެތައްކަމެއް ލުއިވެގެން ދިޔަހެން ހީވިއެވެ. ހިތަށް ހަމަޖެހުން ލިބި، މޫނުމަތި އުޖާލާވިއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ތާޝާގެ ހިތާ ހިސާބަށް އަހަރެން ވާސިލްވާނަމެވެ. ތާޝާގެ ކޮންމެ ރިހުމަކަށް ފަރުވާ ކޮށްދޭނަމެވެ.” ހަމަ އެރޭގެ ވަގުތެވެ. އަހަރެން ހިނގަމުން ދިޔައީ ރަށުގެ އަތިރިޔާއި ދިމައިންނެވެ. އަހަރެންގެ މިސްރާބު ހުރީ ރަށުގެ އުތުރު ފަރާތު […]
“ތާޝާ މަޑުކޮށްބަލަ” އަހަރެން ތާޝާގެ އަތުގައި ހިފާ ހުއްޓުވީމެވެ. ތާޝާ އަހަންނާ ދިމާލަށް ބަލާލީ ދޫކޮށްލާށޭ ބުނާކަހަލަ ގޮތަކަށެވެ. ކުރެވުނު ކަންތަކުން އަހަރެން ލަދު ގަންނަ ގޮތް ވިޔެވެ. އަވަހަށް އެއަތުން ދޫކޮށްލީމެވެ. އަނެއްކާވެސް ތާޝާ ރަށުތެރެޔަށް ވާގޮތަށް ހިނގައިގަތެވެ. އަހަރެންވެސް ބަހެއް ނުބުނެ ފަހަތުން ދިޔައީ ދަނީ ކޮން ގެޔަކަށްތޯ ބަލާލާށެވެ. ތާޝާ ހިނގަމުން ދިޔައީ ރަށުގެ މީހުން ނޫޅޭ ދިމާލަށެވެ. އެހިސާބުގައި އެއްވެސް މީހެއް ނޫޅެޔޭ ބުނާއަޑު އަހަމެވެ. ތާޝާގެ ގެ ހުންނަނީ އެދިމާލުގައިބާއޭ […]
(މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. މިވާހަކަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ފާޑުކިޔުންތަކަށް ހިތުގެ އަޑިން މަރުހަބާ ކިޔަމެވެ.) ކޮންމެ ދުވަހަކުވެސް އިރުއޮއްސެނީ އަހަރެން ގޮނޑު ދޮށުގައި ހުއްޓައެވެ. ކޮންމެ ދުވަހަކުވެސް ގެޔަށް ދަނީ ހިތް ނުތަނަވަސްކަން މަތީ ހުރެގެންނެވެ. އިރުއޮއްސޭ ރީތި މަންޒަރު ފަނޑުވެގެން ދަނީ ގޮނޑުދޮށުން ކޮންމެ ދުވަހަކު ފެންނަ ގޮތް ނޭންގޭ އަންހެންކުއްޖާ ފެނުމުންނެވެ. އެމޫނުން ފެންނަ ނުތަނަވަސްކަމާއި ހާސްކަން އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ކޮންމެ ދުވަހަކު ވެލިގަނޑުމަތީ އިށީންދެ އިނދެގެން […]