“އެއީ އަހަރެންގެ…. މަންމަ” ތާޝާ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަންމައަކު ދަރިޔަކާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ދަރިޔެކޭ ކިޔައިގެން މީހުން ކައިރީ އެހާ ވިޔާނުދާ ވާހަކަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟ ތާޝާގެ ހަޔާތުގައި ބައްޕަ އެހާ ނުބައިކޮށް ކަންތައްކުރި އިރު މަންމަވެސް މިވީ އޭނަޔަށް ބޮޑު ވޭނަކަށެވެ. ފުރަތަމަ ބައްޕަގެ ފަރާތުން އެވަރަށް އަނިޔާ ލިބުމަށްފަހު، ހިލޭ ފިރިހިނެއްގެ ގައިދުގައި އެތައް ވޭނެއް ތަހައްމަލު ކުރުމަށްފަހު މަންމައާ އެތައް […]
“ފޮގިވްމީ ތާޝާ” އަހަރެންނަށް ބުނެލެވުނެވެ. އެރޭ ނުނިދާ އެތައް ދަމެއް ވަންދެން އަހަރެން ހޭލާ ހުރީމެވެ. ތާޝާއާއި ދޭތެރޭ އެކި ގޮތްގޮތައް ވިސްނީމެވެ. ބަޔެއް ފަހަރު ލޮލުން ކަރުނަވެސް އާދެއެވެ. މިހެން އޮއްވައި ނިދުންއިރެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެރެޔަށްފަހު އަހަރެންނަށް ރިޒާނާގެ ފަރާތުން ވަރަށް ގިނައިން ދައުވަތު ލިބެއެވެ. ކޮންމެ ފަހަރަކުވެސް އިންކާރު ކުރުމެއްނެތި އަހަރެން އެގެޔަށް ދަމެވެ. އެގޭ ކުދިން ޑޮކްޓަރަށް ދައްކަން ދިޔަގޮތައް މެލޭޝިޔާއަށް ދިރިއުޅުން ބަދަކުރުމުން މިހާރު އެގޭގައި އުޅެނީ ރިޒާނާއާއި އޭނަގެ […]
އެންމެފަހުން ތާޝާ އިލްޔާސްގެ ދަރިޔަކަށް ބަލިވެއިނީއެވެ. ތާޝާގެ ނިކަމެތިކަމާއި މެދު އަހަރެން ހަމްދަރުދީވެ ދެރަވެސްވިއެވެ. އަހަރެންގެ ލޯބި އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ތާޝާ އަހަރެންނަށް ކިތަންމެ ވަރަކަށް ފިލަން އުޅުންކަމުގައިވިޔަސް އަހަރެން ތާޝާ ހޯދާނަމެވެ. މުޅި މާލެ ވަށާ އަވީގައި ސައިކަލު ދުއްވިއްޖެއެވެ. ނަމަވެސް ހިތުގައި އަނދަމުން މިދާ އަލިފާންގަނޑު ނިވޭ ގޮތެއްނުވިއެވެ. މަގު މެދުގައި ސައިކަލު މަޑުކޮށްލީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އިނާޝާއެވެ. ނަމަވެސް އަހަރެން ފޯނު ކަނޑާލުމަށްފަހު އޮފީހަށް މިސްރާބުޖެހީމެވެ. މިހުރިހާ ކަމެއްގައި […]
“މާޒް އަކީ ރީތި މީހެއް.. ސްމާޓް.. ވެލް އެޑިއުކޭޓޭޑް.. ނައިސް ސްްޓޭޓަސް އެއް.. ސަކްސެސްފުލް ޒުވާން މީހެއް!” ރިޒާނާ އަހަރެންގެ ކުރިމައްޗައް ހުއްޓުނެވެ. މިއަންހެންމީހާ މިކިޔަނީ ކީކޭ ހެއްޔެވެ؟ އަހަރެން ހުރީ ވާނުވާގައެވެ. “ކީކޭ ތިކިޔަނީ؟” އަހަރެން އަހައިލީމެވެ. ރިޒާނާ ނުބައި ގޮތަކަށް ހީލިއެވެ. “ތާޝާ!” ރިޒާނާ ބުނެލިއެވެ. “ތާޝާ” އަހަރެންނަށް އެނަން ކިޔާލެވުނީ ހައިރާންކަން އިތުރުގެން ދިޔަލެއް ބޮޑުކަމުންނެވެ. ރިޒާނާއަށް އަހަރެންނާއި ތާޝާއާއި އޮތް ގުޅުމެއް އިނގުނީ ކިހިނެއް ހެއްޔެވެ؟ “އިއްޔަ ތި ދެމީހުން ދެއްކި […]
“އެކްސްކިއުސް މީ! އެއްވެސް އެއްޗެއް ބޭނުންތަ؟” އެއިވުން އަޑުން އަހަރެންގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން އިސްއުފުލާ ބަލައިލީމެވެ. ކުރިމަތިން ފެނުން މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. މިއީ އަނެއްކާ ހަގީގަތެއްބާއެވެ؟ އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތިފައި ބަލަން އިނދެވުނީއެވެ. “ތާ…ތާޝާ” އަހަރެންނަށް ނަން ކިޔާލެވުނީ ވަރަށްވެސް އުނދަގުލުންނެވެ. އަހަރެން ފެނުމުން ތާޝާއަށް ވެސް ވީ ހަމަ މިފަދަ ގޮތެކެވެ. އަހަރެން ފެނުމުން ހައިރާން ކަމާއި އެކު ދެލޯ ބޮޑުކޮށްލައިގެން އަހަރެންނަށް ބަލަން ހުރުމަށްފަހު […]
އިނާޝާ ގޮނޑު ދޮށަށް ދާން ހިނގައިގަތީ އަހަރެންނަށް ގުޅައިގެން ހުރެގެންނެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ތާޝާ ފެނެއްޖެނަމަ އަހަރެން މިހުރީ މިހާރުވެސް ފުރައިގެން އެރަށަށް ދާން ތައްޔާރަށެވެ. “މާޒް!” އިރުކޮޅަކުން އިނާޝާ ގޮވައިލި އަޑު އިވުނެވެ. “އެ.. އެތާ އެބައިންތަ؟” އަހަރެން ހުރީ ވަރަށް ހިތް އަވަސްވެފައެވެ. “މާޒް ތާޝާއެއް ނެތް މިތާކު!” އިނާޝާ ވަރަށް ދެރަވެލާފައި ބުނެލިއެވެ. އިނާޝާގެ ޖަވާބު ލިބުމުން އަހަރެން ވަރަށް ދެރަވިއެވެ. “އެތާ ނެތިއްޔާ ދޭބަލަ އެގެޔަށް!” އަހަރެން އަނެއްކާވެސް […]
“ހެވޭ ކޮންމެ މީހެއްގެ ގެޔަކަސް!” މިހެން ބުނުމަށްފަހު ތާޝާ އެތެރެޔަށް ވަދެގެން ދިޔައެވެ. އަހަރެންވެސް އަވަހަށް ގެޔަށްވަދުމަށްފަހު އަވަސްވެގަތީ ފެންވަރާށެވެ. ފެންވަރާލައިގެން އަހަރެން ނިކުތްއިރު މަންމަ ހުރީ އަހަރެންނަށް ކާން ހަދައިގެންނެވެ. ނަމަވެސް އަޅަނުލައި އަހަރެން ބޭރަށްދާން ފެށުމުން މަންމަ އަހަރެންނަށް ގޮވިއެވެ. “މާޒް ކޮންތާކަށް؟ ކައިގެންދޭ!” މަންމަ މިހެން ބުނުމުން އަހަރެން ނުކާނެ ކަމަށް ބުނެ އަވަސްވެގަތީ ތާޝާގެ ކައިރިޔަށް ދާށެވެ. އަހަރެން ދިޔައިރު ކާން ހަދައިގެން އަހަރެންގެ އިންތިޒާރުގައި ތާޝާ އިނެވެ. އަހަރެންނަށް ސިފަވަމުންދިޔައީ […]
ވީހާވެސް އަވަހަކަށް އިލްޔާސްގެ ގައިދުން ތާޝާ ސަލާމަތް ކުރަންވީއެވެ. އަހަރެން ކޮންމެ ގޮތެއް ހަދައިފައިވެސް އެކަން ކުރާނަމެވެ. ތާޝާގެ ވިއްސިވިހާލިވެފައިވާ ހުރިހާ ހުވަފެނަކު އަހަރެން ކުލަ ޖައްސައިދޭނަމެވެ. ތާޝާގެ ނޯޓު ފޮތް ކިޔާ ނިމުންއިރު އަހަރެންގެ ނިދިވެސް ފިލައިފިއެވެ. ބަނޑުހައި ހޫނުކަން އިހުސާސް ވަމުން ދިޔައެވެ. އެހެންކަމުން އަހަރެން ބަދިގެޔަށް ދިޔުމަށްފަހު ކޮފީއެއް ހަދައިލައިގެން ބެލްކަންޏަށް ނިކުމެލީ ފިނިކޮށްލާށެވެ. އަހަރެން ތިރި ބަލައިލިއިރު ގޭދޮށުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ފުލުހެކެވެ. އަހަރެން […]
އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތާޝާ ދެންމެ ލިޔަންއިން ފޮތެވެ. އަހަރެން އެފޮތް ނަގާ ބަލައިލީމެވެ. އަހަރެން އަތުގައި އެފޮތް އޮތްތަން ފެނުމުން ތާޝާ އަހަރެންގެ އަތުން އަތުލެވޭތޯ އުޅުނެވެ. ތާޝާ އަތުލަން އުޅުމުން އަހަރެން ގަސްތުގައި އޭނަ ރުޅިއަރުވާލަން ދިޔައީ އެފޮތް ހިފައިގެންނެވެ. އެރޭ އިޝާ ނަމާދުން ފައިބައިގެން އައިސް އަހަރެން އަވަސްވެގަތީ ތާޝާގެ ނޯޓު ފޮތް ކިޔާލާށެވެ. މިރޭ ކާހިތެއްވެސް ނެތެވެ. މޭޒުމަތީ އޮތް ފޮތް ހިފައިގެން އަހަރެން އެނދަށް […]