Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (ފަހުބައި)

Ifaau
December 14, 2016
5 Mins Read
64 Views
40 Comments

އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ހާސްވެ މުޅި މީހާ ގައިން ދާހިއްލަން ފެށިއެވެ. އަހަރެން ހާސްވެފައި ހުރުމުން އިޝާންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެވަގުތު އިޝާންއަށް ފޯނެއްއައެވެ. ފޯނުގައި ހުރެގެން އަހަރެންނަށް ބަލާލާފައި އިޝާން ފާޑަކަށް ހީލިމަންޒަރު އަހަރެންނަށް ފެނުނެވެ. ނަމަވެސް އެކަމާ އަޅާނުލައި އަހަރެން ސޯފާ މައްޗައް ތިރިވީމެވެ.

“ތާޝާ” އަހަރެންނަށް ތާޝާގެ ނަން ކިޔާލެވުނެވެ. މިރެޔަކީ އަހަރެންގެ އިންތިޒާރުގެ ނިމުން އަންނަ ރެޔެވެ. ނަމަވެސް ތާޝާ ކުއްލިއަކަށް ގެއްލުމުން އަހަރެންގެ އުންމީދު ފަނޑުވަން ފަށައިފިއެވެ.

“މާޒޫ.. އިޔާޒް ބުނީ އެގެޔަށް އަންނާށޯ!” އިޝާން އެހެން ބުނެލުމުން ހިތާއި ދެކޮޅަށް ނަމަވެސް އަހަރެންނަށް ޖެހުނީ އެގެޔަށް ދާށެވެ. ޕާޓީ ބާއްވަން ހަމަޖެހިފައިވަނީ އެގޭގައެވެ. އަހަރެން އެގެޔަށް ދިޔައިރު ގޭތެރޭގައި ވަނީ ހަލަބޮލި ކަމެވެ. އިޝާންވެސް ގެޔަށް ވަދެވުމާއި އެކީ ގޭތެރެ ޒީނަތްތެރި ކުރުމުގައި މަސްއޫލުވިއެވެ. އަހަރެންވެސް ކޮޅުކޮޅު ބަލަމުން ދިޔައީމެވެ.

“އޭތް! ކިހިނެއްވެފަ ތިހުންނަނީ!” ސިޑި ކައިރީ ހުއްޓިލައިގެން ހުއްޓައި އިނާޝާ އައިސް ބުނެލިއެވެ. ނަމަވެސް ކަމެއް ނުވެޔޭ ބުނެ އަހަރެން ސިޑިން މައްޗައް އަރަން ފެށީމެވެ. މައްޗައް އެރުމާއި އެކީ ކުޑަ ކުއްޖެއްގެ ހުނުމުގެ އަޑު އަހަރެންނަށް އިވުނެވެ. އެއީ ރީމްގެ އަޑެވެ. ދެން އިވެމުންދިޔައީ އަރީން ކުކުރާއަޑެވެ. އަޑު އަންނަނީ މާޔާގެ ކޮޓަރިން ކަމުން އަހަރެން އެދިމަޔަށް ހިނގައިގަތީމެވެ. އަހަރެން އެކޮޓަރި ތަޅުގައި ހިފައިލިވަގުތު އިޔާޒް ކޮޓަރިން ނިކުންނަނީއެވެ.

“މާޒް ހިނގާބަލަ ތިރިޔަށް…” އިޔާޒް އަހަރެންގެ އަތުގައި ހިފައިގެން ތިރިޔަށް ފައިބަންފެށިއެވެ.

“މަޑުކޮށްބަލަ….” އަހަރެން އިޔާޒްގެ އަތް ފޮޅުވައިލީމެވެ. އިޔާޒް ހައިރާންވެފައި އަހަރެންނަށް ބަލައިލިއެވެ.

“ކިހިނެއްވެފަ ތިހުންނަނީ؟ ކަމެއް ގޯސްވީތަ؟” އިޔާޒް އަހައިލިއެވެ. އެވަގުތު ލޮލީޕޮޕެއް އަނގަޔަށް ޖަހައިގެން އިޝާންވެސް އަހަރެމެން ކައިރީ އައިސް މަޑުކޮށްލިއެވެ.

“ތާޝާއެއް ނެތޭ ގެޔަކު އަހަރެން ހޭލި އިރަކު… އަހަރެން ބޭރުވެސް ބެލީމޭ! އެކަމަކު އޭނައެއް ނުފެނުން….” ހާސްވެފައި ހުރެ އަހަރެން ބުނެލީމެވެ.

“ދެން އެ އަންނަނީ ކާކު؟” ސިޑިއާއި ދިމާއަށް އިޝާރާތް ކުރަމުން އިޝާން ބުނެލިއެވެ. އޭރު ރީމް އަތުގައި ހިފައިގެން އަދި އަރީން އުރަށް ޖަހައިގެން ތާޝާ ތިރިޔަށް ފައިބަމުން ދިޔައެވެ. ތާޝާ މިގެއިން ފެނުމުން އަހަރެން ހިތްހަމަޖެހުނެވެ. އަދި ހައިރާންވެސްވިއެވެ.

“އަހަރެން ގެނައީ އޭނަ ހެނދުނު….” އެވަގުތު އަހަރެންގެ ފުރަގަހުން މާޔާއައިސް ބުނެލިއެވެ. އެހާ ހިސާބުން އަހަރެންގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު އެކީ ނިވިގެން ދިޔައެވެ. ތާޝާއޭރު ކުޑަކުދިންތަކާއި އެކީ ސަކަރާތް ޖަހަމުން ދިޔައެވެ.

“މާޒޫ…” އަހަރެން ތާޝާއަށް ބަލަން ހުއްޓައި އިޝާން ގޮވައިލިއެވެ.

“ވީއެއްނު ތާޝާ ގޮވައިގެން ރިޒާނާއަށް ޕާސަނަލް އިންވިޓޭޝަންއެއް ދޭން ދޯ! މަޖާވާނެ އޭރަށް..” އިޝާން މަޖާ ރާގަކަށް ބުނެލިއެވެ.

“އުހުނ… ތިއުޅެނީ އަހަރެންގެ ވެޑިން ހަރާބުކޮށްލަން..” އަހަރެން ޗޮކެއް ކަނޑާލަމުން ބުނެލީމެވެ.

“އަސްލުކޮށޭ… ރިޒާނާ ކަޑަވާނެ އެއްނު އޭރަށް..” އިޔާޒްވެސް އިޝާންއާއި ބައިވެރިވެލަމުން ބުނެލިއެވެ. އެންމެފަހުން އަހަރެން ރިޒާނާ ކައިރިޔަށްދާން ނިންމީމެވެ.

ގަޑިން 10 ޖެހިއިރު އަހަރެން ހުރީ ތާޝާއާއި އެކު ރިޒާނާގެ އޮފީސް ކުރިމަތީއެވެ. ތާޝާހުރީ ފުދޭވަރަކަށް ހާސްވެފައެވެ. އަހަރެންވެސް ހުރީ ކުޑަކޮށް ހިތްނުތަނަވަސް ވެފައެެވެ. ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން އަހަރެން ރިޒާނާގެ އޮފީސް ހުންނަ އިމާރާތް ތެރެޔަށް ވަނީމެވެ. ފަރިތަކަމާއިއެކު އަހަރެން ރިޒާނާގެ ކެބިންކައިރީ މަޑުކޮށްލީމެވެ.

“އެހެންނެއް ނުހެދޭނެ.. އަހަރެންނަށް އޮޅުވާލައިގެން ތި ހުރިހާކަމެއްކުރީ… ރާއިފް މަމީ ކަލޭގެ މަންމައޭ….” އެތެރެއިން ރިޒާނާގެ އަޑު އިވުމުން އަހަރެން ކުޑަކޮށް މަޑުޖެހެލީމެވެ. ރިޒާނާ މިދައްކާ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ.

“މިއީ އަހަރެންގެ ބައްޕަގެ ޕްރޮޕަޓީއެއް… ކަލެއަކަށް މީއްޗިއްސެއް ހައްގެއް ނުވޭ… އަހަރެން ވިހާފަ ފިލި މީހަކަަށް ކޮން މަންމައެއް ކިޔާކަށްތަ… ކަލޭ އަހަރެން ބައްޕައާ އިނދެގެން އުޅެނީ ހަމަ މި ލާރިގަނޑު ބޭނުންވެގެން… އެކަމަކު ބައްޕައަށްވެސް ހަދަނީ ހަދާނެ ގޮތެއް…. އެހެންވީމަ ކޯންޗެކޭ ކިޔާކަށް އޭނ….” އެތެރެއިން ފިރިހިނެއްގެ އަޑު އިވުނެވެ. ހީވާގޮތުން އެއީ ރިޒާނާގެ ބޮޑު ދަރިފުޅު ރާއިފްއެވެ.

“އަހަރެން އޭނަޔާ އިނދެގެން ހުރިހާ ހިނދަކު ހައްގުވާނެ… އަހަރެން ޝަރިޔަތައްވެސް ދާނަން…” ރިޒާނާ ބުނެލި އަޑު އިވުނެވެ.

“މިއޮތީ އަމިއްލަ އަތުން މީގަ ސޮއިކޮށްފަ މިހުރިހާ އެއްޗެއް އަމިއްލަ އަތުން މަގޭ ނަން މައްޗައް ބަދަލުކޮށްފަ… ދެން ކޮން ޝަރީއަތެކޭ ކިޔާކަށް؟ ކަލެޔަކަށް ހައްގެއް ނުވާނެ… ހާލުގަ ޖެހުނީމަ މަގޭ ބައްޕަ ކައިރިޔަށް އައިސް ސަލާން ޖެހީމަ އިނީ ބައްޕަގެ ރަގަޅުކަމުން… އެކަމަކު މުއްސަނދިކަން ލިބުނީމަ ޖަނަވާރުކަން ދެއްކީ… ދެވަނަ ދަރިވެސް ވިހާފަ ފިލީ.. އެކަމަކު އެކުއްޖާވެސް ގެނެސްގެން އަނިޔާ ކުރީ… އެންމެފަހުން ހިތާވަންވެސް އިނގުނީ އޭނަގެ ލޯބިވެރިޔާއާ…” ރާއިފް އަޑަށް ބާރުލާފައި ވާހަކަ ދައްކަމުން ދިޔައެވެ. ތާޝާހުރީ އެވާހަކަތައް އަޑުއަހާފައި ބިރުންނެވެ. އެކަން އިނގުނީ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލީމައެވެ.

“މަށަށް އިނގެޔޭ ކަލޭ ދަންވަރަށް އޭނަ ކައިރިޔަށް ވަންނަކަން… މަ އަޅާނުލާ ހުރިކަން ނަސީބެއްނު…” ރާއިފްގެ ވާހަކައާއި ވިދިގެން ރިޒާނާވެސް ބުނެލިއެވެ.

“އެކަމަކު މައިމީހާއަކަށް އަސަރެއް ނުކުރިއެއްނު… ނިކުމޭ މިތަނުން… ގެޔަށް ގޮސް އެއްޗެހިތައް ހިފައިގެން ގެއިންވެސް ނިކުމޭ! މިހާރު މިހުރިހާ އެއްޗެއްގެ ވެރިޔަކީ އަހަރެން…” ރާއިފް ހަޅޭތްލަވާގަތެވެ.

އެވަގުތު އަހަރެން ދޮރުހުޅުވައިލީމެވެ. ރިޒާނާގެ އިތުރުން ރާއިފްވެސް ސިއްސައިގެން ދިޔައެވެ. ތާޝާ ފެނުމުން ރާއިފް ހައިރާންވިއެވެ. އެންމެ ބޮޑަށް ހައިރާންވީ އަހަރެންނާއިއެކު ތާޝާ ހުރީމަކަން ޔަގީނެވެ.

“ތާޝާ” ރާއިފް އައިސް ތާޝާއަށް ގޮވައިލިއެވެ.

“މާޒް” ރިޒާނާ އަހަރެންގެ ނަން ކިޔާލިއެވެ.

“މީތަ މާޒް އަކީ؟ ހަހަހަ މީ ދޯ ތާޝާގެ ލޯބިވެރިޔަކީ؟” ފާޑަކަށް ހީގަންނަމުން ރާއިފް ބުނެލިއެވެ. އަހަރެން ބަހެއް ނުބުނެ ދެމީހުންގެ މޫނަށް ބަލައިލީމެވެ.

“އަދި އަހަރެން މަންމަގެ ލޯބިވެރިޔާ!” ނިތް އަރުވާލަމުން ރާއިފް އިތުރުކޮށްލިއެވެ. އަދި ފާޑަކަށް ހޭންފެށިއެވެ.

“ކީއްކުރަން މިތަނަށް ތި އައީ؟” އަހަރެންނަށް ބަލައިލަމުން ރިޒާނާ ބުނެލިއެވެ.

“މިރޭ އަހަރެމެން މިއުޅެނީ ކައިވެނި ކުރަން… އެހެންވެ ތާޝާގެ މަންމައަށް ދަޢުވަތުދޭން މިއައީ!” ވަރަށް ހަމަޖެހިލާފައި އަހަރެން ބުނީމެވެ. އެވަގުތު ރިޒާނާއަށް ނުބައި ގޮތެއް ވިކަން ޔަގީނެވެ. އަހަރެން އެހެން ބުނުމާއި އެކު ރާއިފް ފާޑަކަށް ހޭންފެށިއެވެ. ހޭންފެށިގޮތައް ހުއްޓާނުލުމުން އަހަރެން ދާން ހިނގައިގަތީމެވެ. ނަމަވެސް ކުއްލިއަކަށް ރާއިފް ތާޝާގެ އަތުގައި ހިފެހެއްޓުމުން އަހަރެންވެސް ޖެހުނީ މަޑުކުރާށެވެ.

“ހަހަހަހަ ކަލޭ އިންނަން ތިއުޅެނީ އަމިއްލަ އަމާ ހިތާވެެގެން އުޅޭ މީހާޔާތަ؟ މަންމައަށް ދޫކޮށްލަންވީނު؟” ހުނުމުގެ ތެރެއިން ރާއިފް ބުނެލިއެވެ. އައި ރުޅިން އަހަރެން ރާއިފްގެ އަތް ތާޝާގެ އަތުން ނައްޓުވައިލީމެވެ.

“ވިސްނައިގެން ވާހަކަ ދައްކައްޗޭ އިނގޭ! އަހަރެން މިތަނަށް މިއައީ ޒުވާބު ކުރާކަށް ނޫން…” މިހެން ބުނުމަށްފަހު އަހަރެން ތާޝާ ގޮވައިގެން އެތަނުން ނިކުތީމެވެ.

“ތާޝާ، މާޒް” ލިފްޓާއި ހިސާބުން ރިޒާނާ ގޮވައިލުމުން އަހަރެމެން މަޑުކޮށްލީމެވެ. ރިޒާނާ ދައްކަން އުޅޭ ވާހަކައެއް އަޑުއަހާލާށެވެ. ދެންމެ ރިޒާނާގެ ދަރިފުޅާއި އެކީ ދެކެވުނު ވާހަކައިގެ ސަބަބުން ރިޒާނާގެ މިހާރުގެ ހާލަތު ވަރަށް ރަގަޅަށް އެނގިގެން ހިނގައްޖެއެވެ.

“ތާޝާ… މަންމަ ވަންނާނެ ތަނެއް ނެތް… މަންމަ ގެންދޭ ތާޝާއާއި އެކީ….” ވަރަށް ދެރަވެލާފައި ރިޒާނާ ބުނެލިއެވެ. އެވަގުތު ހެމުން ހެމުން ރާއިފްވެސް އައިސް އަހަރެމެން ކައިރީ މަޑުކޮށްލިއެވެ.

“ހަހަހަހަ އެންމެފަހުން ނިކަމެތިކޮށްލި ދަރި ކައިރިޔަށްތަ ތިއައީ ސަލާން ޖަހަން؟” ފާޑަކަށް އަތް ޖަހައިލަމުން ރާއިފް ބުނެލިއެވެ. އެވަގުތު އަހަރެންނަށްވެސް ކުޑަކޮށް ހެވުނެވެ. އަބަދު ވިދާ ބަބުޅަމުންދާ ރިޒާނާގެ ޝާހީ މޫނު މިވަގުތު ހުރީ މިލާފައެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ހާސްކަމާއި ގޮތްހުސްވެފައިވާ ކުލަވަރު މޫނުމަތިން ވިދަމުންދިޔައެވެ.

“އަހަރެން ބުނީމެއްނު އަދި ތާޝާގެ ފައިބުޑަށް އައިސް ވެއްޓޭނެޔޭ!” އަހަރެން ބުނެލީމެވެ. ރިޒާނާ ދެލޯ ބޮޑުކޮށްގެން އަހަރެންނަށް ބަލަން ބަހެއްވެސް ނުބުނެ ހުރީއެވެ.

“ތެދެއް ތާޝާ…. ތާޝާގެ މަންމަ ގެންދާނަންތަ؟ ތާޝާ ބުނަމެއްނު މަންމަ ތިމަންނަ ދެކެ ލޯބިވާނެ ނަމަޔޭ!” ރާއިފް ތާޝާއާއި ވާހަކަ ދެއްކިއެވެ. އެންމެންވެސް ތިބީ ތާޝާގެ ޖަވާބަކަށް އިންތިޒާރު ކުރާށެވެ.

“ތިކަހަލަ މަންމައެއްގެ ލޯތްބެއް އަހަރެން ބޭނުމެއްނޫން… އަހަރެން ބޭނުމީ މާޒް އެކަނި!” ތާޝާ ވަރަށް މަޑުން ބުނެލިއެވެ. އަދި އެހެން ބުނުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ލިފްޓަށް އެރިއެވެ. ލިފްޓުގެ ދޮރު ލެއްޕެންދެން ރިޒާނާ ހުރީ އަހަރެމެންނާއި ދިމާއަށް ބަލާށެވެ.

ގެޔަށް އައި އިރު އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރިޒާނާގެ ބޮޑާކަމާއި ނުބައިކަމުން އޭނަ މަގުމަތިވީއެވެ. މިހާރު ތާޝާއަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. އަދި ފަސޭހައިން އަހަރެންނަށް ވަޒީފާއެއްވެސް ދެން ލިބިދާނެއެވެ.

އިރުއޮއްސުމާއި އެކީ އަނެއްކާވެސް ތާޝާ އަހަރެންގެ ލޯމަތިން ގެއްލިއްޖެއެވެ. މިރެޔަކީ ތާޝާގެ ރެއެވެ. މިރެޔަށް ހާއްސަ ހެދުމުގައި ޒީނަތްތެރިވެގެން ތާޝާ ހުންނައިރު ކިހާ ފުރިހަމަވާނެ ހެއްޔެވެ؟

“ތާޝާ ގެއްލުނީތަ އަނެއްކާ؟” ކޮޓަރިތެރޭ ތާޝާގެ ފޮޓޯއަކަށް ބަލަަން އިންދައި އިޝާން އައިސް ބުނެލިއެވެ.

“އުހުނ… މާޔާމެން ވީ ގޮވައިގެން ގޮސް ރީތިވާށޯ ކިޔާފަ!” އަހަރެން ބުނެލީމެެވެ. އަހަރެންވެސް ދެން ދިޔައީ ފެންވަރާށެވެ. ކައިވެނީގެ ކަންތައް 8 ޖަހާއިރު ފެށޭނެއެވެ. އަހަރެން ރީތިވެގެން ނިކުންނައިރު ތާޝާވެސް ހުންނާނީ ނިމިފައިކަން ޔަގީނެވެ. ފެންވަރާލައިގެން ނިކުމެ އަހަރެން މިރެޔަށް ހާއްސަ ކުރެވިފައިވާ ގަމީހާއި ޖީންސް ލައިގެން ރީތިވެލީމެވެ.

“ބެގީ ކުރީމަ ސަޅިވާނެ..” ލޯގަނޑު ދޮށުގައި ބޯ ރީތިކޮށްލަން ހުއްޓައި އިޔާޒް އައިސް ބުނެލިއެވެ. ނަމަވެސް އާއިލީ ހަފްލާއެއްކަމުން މިރޭ އަހަރެން މިހުރީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެންނެވެ. އެހެންކަމުން ހީލުމަށްފަހު އަހަރެން އަވަހަށް ދިޔައީ ތާޝާ ކޮބައިތޯ ބަލާލާށެވެ. އަހަރެން ކޮޓަރިން ނިކުތްއިރު ތާޝާގެ ބައްޕަ ހުރީ ގޭގައެވެ. އެހެންކަމުން އަހަރެން ތާޝާގެ ބައްޕަ ގޮވައިގެން އިނާޝާގެ ކޮޓަރިޔަށް ދިޔައީމެވެ. އޭރު ތާޝާ ކައިރީ އިނާޝާގެ އިތުރުން މާޔާވެސް ހުއްޓިލައިގެން ހުއްޓެވެ. އަހަރެން ތާޝާއަށް ބަލައިލީމެވެ. ރަތްކުލައިގެ މެކްސީ ހެދުމުގައި ތާޝާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އަދި އިސްތަށިގަނޑު ހަދާލާފައިވާގޮތް ނުހަނު ފުރިހަމައެވެ. ތާޝާގެ ލޯ ހުރީ އަހަރެންގެ ފުރަގަހަށެވެ. އެހެންކަމުން އެވަގުތު އަހަރެންގެ ހިތުގައި އުފެދުނު އިހުސާސްތައް މަޑުޖައްސައިލީމެވެ. އިނާޝާއާއި މާޔާވެސް ހުރީ ތާޝާގެ ބައްޕަ ފެނުމުން ހައިރާންވެފައެވެ.

“ދަރިފުޅާ ތާޝާ… ބައްޕައަށް މައާފްކުރޭ! ބައްޕައަށް ދަރިފުޅުގެ ބޭނުން ކުރެވުނީ ވަރަށް ނުބައިކޮށް… ދަރިފުޅާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް…. ބައްޕަ އަކީ ވަރަށް ނުބައި މީހެއް… ބައްޕައަށް މައާފް ކުރޭ….” ތާޝާ ސިހުނީ ރޮއެގަނެފައި ބައްޕަ ތާޝާގެ ފައިބުޑަށް ވެއްޓުމުންނެވެ. ކުއްލިއަކަށް މިފަދަގޮތަކަށް ތާޝާގެ ބައްޕަ ފެނުމުން ތާޝާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

“އޭ ގާޒީ އަތުވެއްޖެ ހިނގާދާން….” އިޔާޒް އައިސް ގޮވައިލުމުން އެވަގުތު އެންމެން ޖެހުނީ ތިރިޔަށް ފައިބާށެވެ. ކައިވެނި ކުރިވަގުތު ތާޝާގެ ބައްޕަވެސް މޭޒުކައިރީ އިނެވެ. ތާޝާ އިރުއިރުކޮޅާ ބާއްޕައަށް ނުތަނަވަސް ގޮތަކަށް ބަލައިލައެވެ. އެހެންކަމުން އަހަރެން އިނީ މޭޒު ދަށުން ތާޝާގެ އަތުގައި ހިފަހައްޓައިގެންނެވެ.

“އަނބި ގަބޫލުކޮށްފިން!” އަަހަރެން މިހެން ބުނުމުން ތާޝާ ވަރަށް ފުންކޮށް ހިނިތުންވެލިއެވެ. އަދި އާއިލާގެ ހުރިހާ މެމްބަރުންވެސް ތިބީ ވަރަށް އުފަލުންނެވެ. އިސާހިތަކު އަހަރެންގެ ހިތުގެ މަލަކާ އަހަރެންގެ މިލްކަކަށް ވެއްޖެއެވެ.

ކައިވެނިކޮށް ނިމުމުން އާއިލާ އެންމެން އެކީ ކެއުމަށް އިންސާފުކުރިއެވެ. ތާޝާގެ ބައްޕަވެސް އަހަރެމެންނާއި ބައިވެރިވިއެވެ. އަހަރެންނަށް ތާޝާއާއި ކައިވެނި ކުރެވުމުން މިހާރު ތާޝާގެ ބައްޕައަށް ކުރަމުންދިޔަ ޝައްކުވެސް ފިލަފިއެވެ. އެހެންކަމުން ކައި ނިމިގެން އަހަރެން ތާޝާއާއި އެކީ އެކަނިވެލީމެވެ. އަދި ކަންހިނގާ ދިޔަ ގޮތް ކިޔައިދިނީމެވެ. އަދި ބައްޕައަށް މައާފްކޮށް އަލުން އެންމެން އެކީ އާ ފެށުމަކުން ފަށަން އަހަރެން އެދުނީމެވެ.

ތާޝާ އަހަރެންގެ ވާހަކަ އަޑުއަހައި، ބައްޕައަށް މައާފް ކުރިއެވެ. ނަމަވެސް ހިނގައިދިޔަ އެއްވެސް ކަމެއް ހިތުން ފިލައި ނުދާނެކަމަށް ބުންޏެވެ. ތާޝާ އެބުނީވެސް ދޮގެއް ނޫނެވެ. ހަޔާތުގައި އައި އެންމެ އަނދިރި ދުވަސްތައް މަތިން ހަނދާން ނައްތައިލާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނާއި ތާޝާ ދިމާވީ އެކަނި މާ އެކަނި އޮއެވަރާއެކީ ބީހެމުންދަނިކޮށެވެ. އަހަރެން ތާޝާގެ އަތުގައި ހިފާ ސަލާމަތް ނުކުރިނަމަ މިއަދުވެސް އެވޭންދެނިވި އަނިޔާތައް ތާޝާއަށް އަންނާނީ ލިބެމުންނެވެ. ތަގްދީރުގެ ނިމުން ދެކިބަލާށެވެ. މިއަދު އަހަރެން އެޅި އެންމެ ފިޔަވަޅެއްގެ ސަބަބުން އަނިޔާލިބެމުންދިޔަ އަންހެން ކުއްޖަކަށް އުފާ ފާގަތި ދުވަސްތަކެއް ލިބިއްޖެއެވެ. މަގުފުރެދިފައިވާ ބައްޕައަށް ހެޔޮ ވިސްނުން ލިބިއްޖެއެވެ. ބޮޑާވެ އަނިޔާވެރިވަމުން އައި މަޔެއް މަގުމަތިވެއްޖެއެވެ. އަނިޔާވެރިކަމުގެ ނިމުން އަންނާނީ އެފަދަ ގޮތަކަށެވެ. ތާޝާފަދަ އެތައް ކުދިންނެއް އަހަރެމެންގެ މުޖުތަމައުގައި ވާނެއެވެ. އެކުދިންގެ މަޖުބޫރީ ހާލަތުގެ ސަބަބުން އެކަން ސިއްރުކޮށްގެން އުޅެފާނެއެވެ. ނަމަވެސް އެކަހަލަ ނުބައި ޝައްކެއް ހިތުގައި އުފެދޭނަމަ އެކަމެއް އަވަސްވީ ގޮތަކުން ބަލާ އެކުއްޖާ އެކަމަކުން ސަލާމަތް ކުރާށެވެ.

އަހަރެންގެ މީހަކަށް ތާޝާ ހަދަން ބޭނުންވެފައި ހުރީ ބުޅާ މަސްގަނޑަކަށް ބަލާފަދަ ގޮތަކަށެވެ. ލޯތްބަކީ ދަހިވެތި އިހުސާސެކެވެ. ތާޝާފަދަ ނިކަމެތި ކުއްޖެއްދެކެ ލޯބިވެވުމުން އަހަރެން އިންތިހާޔަށް އުފާކުރަމެވެ. އަދި އަނދިރިވެފައިވާ ތާޝާގެ ހަޔާތައް އުފާވެރިކަން ގެނެސްދެވުމުން އަހަރެންނަށް ބުނެދޭން ނޭންގޭދަފަ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އިރާދަ ކުރެއްވިއްޔާ އަހަރެން އަބަދުވެސް ތާޝާ އުފަލުގައި ބަހައްޓާނަމެވެ. އަދި ދުވަހަކުވެސް ތާޝާގެ އަތުން ދޫނުކޮށްލާނަމެވެ. (ނިމުނީ)

 

 

 

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އިންތިހާއަށް އާދޭސް 19…

Next

ކަތިފިޔަވަޅު… ފަހުބައި

Next
December 14, 2016

ކަތިފިޔަވަޅު… ފަހުބައި

Previews
December 14, 2016

އިންތިހާއަށް އާދޭސް 19…

40 Comments

  1. Ifaau says:
    December 14, 2016 at 11:28 pm

    Finally done with my first story! Bayeh kanthah thah kiyuntheringe hiyaalaai thafaathukoh vaahakaiga huredhaane. Adhi furathama vaahaka kamun bayeh kahala mistakes fenidhaane. Eiiy adhi fashaigatheema kamah alhugan’du gaboolukuran! Vaahaka kiyaafai hiyaalu faalhukoh vaahaka aai dheytherey kiyuntheri dhekeygoiy hihssaakollhun eiy alhugan’dah libeyne varah bodu ufaleh?
    Binaakuranivi hiyaalah maruhabaa. Thank you all❤

  2. Maukko says:
    December 14, 2016 at 11:34 pm

    Omg vvv furihama mivaahaka. Masha allah

    1. Ifaau says:
      December 14, 2016 at 11:47 pm

      Thank you Maukko?

  3. Akoo says:
    December 14, 2016 at 11:35 pm

    Mivaahaka nimendhen akoo keen. Haadha salhiyey.

    1. Ifaau says:
      December 14, 2016 at 11:50 pm

      Thank you akoo?

  4. GORGEOUS says:
    December 14, 2016 at 11:38 pm

    Vvvv salhi.. Thz was a great story Ifa.. Ending vx v furihama.. Ifa aky v trust kurevey writer eh.. Masha allah you are a great writer 🙂

    1. Ifaau says:
      December 14, 2016 at 11:51 pm

      Thank you so much GORGEOUS??

  5. Shee says:
    December 14, 2016 at 11:56 pm

    Great story?? Nimun varah furihama. Everthing is so perfect!!

    1. Ifaau says:
      December 15, 2016 at 12:21 am

      Thank you Shee??

  6. OOO says:
    December 14, 2016 at 11:57 pm

    Omg omg omg!! V reethi??
    Vaahaka nimuneema v dhera vejje ekam. Dhen kon irakun new story eh kiyaalan libenee?

    1. Ifaau says:
      December 15, 2016 at 12:24 am

      Varah avahah libeyne insha allah. Thank you?

  7. QueenBee says:
    December 15, 2016 at 12:08 am

    Alheyy vara furihama. Just wow wow.. Ifaau you are the best.. speechless.

    1. Ifaau says:
      December 15, 2016 at 12:26 am

      Thank you QueenBee??

  8. Avy says:
    December 15, 2016 at 12:33 am

    Vaahaka v reethi. Feshigen nimendhen avy keen. Ifaau dhen liyaa vaahakaeh miyahvure furihama vaane kamah ummeedhu kuran. Kudhi kudhi mistakes huri but overall varah salhi perfect story. And concept and plot is habeys. All the best.

    1. Ifaau says:
      December 15, 2016 at 12:40 am

      Insha allah?
      Thank you Avy??

  9. Maai says:
    December 15, 2016 at 12:35 am

    Finally dhw ifaau. Salhi ingey.

    1. Ifaau says:
      December 15, 2016 at 12:43 am

      Yeah finally Maai.? Thank you!

  10. Fink says:
    December 15, 2016 at 12:38 am

    Thaasha aa maaz finally together and forevr??

    1. Ifaau says:
      December 15, 2016 at 12:47 am

      Yeah dhoa Fink??

  11. Jum says:
    December 15, 2016 at 12:42 am

    Nimunee dhoa. Ekam Jum ah heevanee maa avahah hen thi ninmaalee. Kaiveneege fahun romantic scene thakeh gendhiya nama v furihama vees kanneynge dhoa. Ekam vs nice story…

    1. Ifaau says:
      December 15, 2016 at 12:49 am

      Point noted Jum. And thank you?

  12. Shai says:
    December 15, 2016 at 6:25 am

    Ifaau..hou old r u

    1. Ifaau says:
      December 15, 2016 at 11:31 am

      I’m 18 shaai?

  13. Rayyu says:
    December 15, 2016 at 11:25 am

    V furihama vaahakaeh minimunee. Ifaau I fan you

    1. Ifaau says:
      December 15, 2016 at 11:32 am

      Thank you Rayyu?

  14. Kummii says:
    December 15, 2016 at 11:28 am

    Salhi ingey… This is one of the best story I’ve ever read!!

    1. Ifaau says:
      December 15, 2016 at 11:33 am

      Awn Thank you Kummii??

  15. Yaa says:
    December 15, 2016 at 11:30 am

    ❤❤

    1. Ifaau says:
      December 15, 2016 at 11:34 am

      ❤

  16. illy says:
    December 15, 2016 at 12:59 pm

    Mi vaahak feshigen nimendhen kiyunu, this is one of the best story i have read

    1. Ifaau says:
      December 15, 2016 at 5:39 pm

      Thank you illy?

  17. Shaa says:
    December 15, 2016 at 6:10 pm

    wow ifaau.. as always this part also was awesome.. ?
    love this story .. feshigen nimendhn varah kiyaa hithun nimmaali story eh meii .. ?
    baeh faharu up kuraaleh las viyas baeh writers henn disappear nuvyma varah happy ?
    waiting for your new story.. you have talent.. all the best ??

    1. Ifaau says:
      December 15, 2016 at 9:13 pm

      Thank you so much Shaa??

  18. Xum says:
    December 15, 2016 at 7:20 pm

    Ifaau waiting for a new story better than this. This story is awesome. Loved it. Thaasha and Maaz v gulhey. “Thaasha” is a rare and a beautiful name and i’m getting a baby soon. If it’s a girl I’ll probably give her this name cause it’s a beautiful name. I have read so many stories so far but I haven’t seen this name in any of them. Masha allah it’s just great. Thank you for the lovely story and willing to read a beautiful story from you. I follow you from fb too. You are genius and clever. Good luck and Love you a lot❤❤

    1. Ifaau says:
      December 15, 2016 at 9:15 pm

      Awn so sweet of you Xum. Btw Thaasha is the name of my niece. Thank you so much and this is the best comment so far.❤❤ Insha allah soon another story will be uploaded.??

  19. Aisha says:
    December 15, 2016 at 8:26 pm

    Woww vr salhi.ekam nimuneema vr ekani veri vejje.ekaniverikan vanee hithah libifaa?

    1. Ifaau says:
      December 15, 2016 at 9:17 pm

      Hehe. Aish ekani vaakah nujeheyne anehkkaa new story eh varah avahah annaane insha allah?

  20. new says:
    December 16, 2016 at 8:53 pm

    Wow maazy hadhaan vaathy mivaahaka Kyma vv rovey.

  21. Mik says:
    December 17, 2016 at 7:27 pm

    why abadhu anhen kuhjjaa ah dhera vaa kanthah vany… enmmen ge vaahaka abadhu eh goiy…. abadhuvx ulheynee muhsandhi boy akaa fageeru girl akaa…. warah vai abdhu eh gotheh hurihaa vaahaka ehgga vaathy…. write sumthn different…

  22. V says:
    September 12, 2017 at 5:01 pm

    Mee hageegee waahakaehtha? I

Comments are closed.

All Right Reserved!