އަހަރެން ޕޮލިހަށް ގެންގޮސްފިނަމަ އަހަރެންގެ ބައްޕަ އަހަރެންގެ ދުވަސް ދުއްވައިލާނެއެވެ. ނަމަވެސް މިއީ އިންސާފެއް ނޫނެވެ. މިވަގުތު އެންމެ ރަނގަޅުވާނީ މިތަނުން ދިޔުން ކަމުގައި ވާތީ އަހަރެން ބާރުބާރަށް އެބައިން ނިކުމެގެން ގެޔަށްވަދެ ސޯފާއަށް ވެއްޓިގަތީމެވެ. ހަތަރު އުފަރެސް ފެނުޖެހިއްޖެ ކަމުގައި އަހަރެންނަށް ހީވިއެވެ. ނޫނެކެވެ. އަހަރެން ކޮންމެވެސް ގޮތަކުން ތާޝާ ސަލާމަތް ކުރާނަމެވެ. އެކަމަކު ތާޝާއަށް ލިބޭނެ އަނިޔާއަކީ އަހަރެންނަށް ކެތްވާނެ ކަމެއް ނޫނެވެ. އަހަރެން އައި ރުޅީގައި ގެއިން ނިކުމެގެން ސައިކަލަށްއަރައި ބާރުބާރަށް މަގުތަށްމަތީ […]
“މަންމާ އަހަރެން ތާޝާ މިގޭގައި ބެހެއްޓިޔަސް އޯކޭ ދޯ؟” އަހަރެން މިހެން ބުނުމުން މަންމަ ވަގުތުން ބޯ ޖަހައިލިއެވެ. “އެކަމަކު މިކޮޓަރިޔަކު ނުހުރެވޭނެ!” މަންމަ މިހެން ބުނުމުން އަނެއްކާވެސް އަަހަރެންނަށް ހެވުނެވެ. “މަންމަ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައޭ… ސާބަސް މަންމައަށް!” އަހަރެން ހެމުން ހެމުން އިއްވާލީމެވެ. “އޯކޭ އެބަ އަންނަން ކުޑަކޮށް ސާފު ކޮށްލާފަ..” މިހެން ބުނުމަށްފަހު މަންމަ އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެން ތާޝާގެ މޫނަށް ބަލައިލުމަށްފަހު ހީލީމެވެ. “މާޒް އަހަރެން ދެން […]
އަބަދުވެސް އޮފީހުގައި މީހުން ބުނަނީ މާޒް އަކީ ވަރަށް “ސްމާޓް އެންޑް އިންޓެލިޖެންޓް” މީހެކެވެ. ނަމަވެސް ތާޝާ އަހަރެންނަށް ކުރި ފުރަތަމަ ތައުރީފަކީ އެއީއެވެ. ތާޝާ ބުނެފިނަމަ ގަމާރަކަށް ވެގެންވެސް އަހަރެން އުޅެފާނަމެވެ. އަނެއްދުވަހު އަހަރެންނަށް ހޭލެވުނީ 11ވެސް ޖެހިފަހުންނެވެ. ޗުއްޓީ ނެގި ފަހުން އަހަރެންނަށް ހޭލެވެނީ ވަރަށްވެސް ލަހުންނެވެ. އަނެއްކާ މާދަން އޮފީހަށްވެސް ނިކުންނަންޖެހޭނެއެވެ. މިއަދުވެސް މިހޭލެވުނީ ދެތިންފަހަރު މަންމަ ގޮވުމުންނެވެ. ތެދުވެގެން އަހަރެން ފެންވަރާލައިގެން ކޮޓަރިން ނިކުތްއިރު މަންމަހުރީ އަހަރެންނަށް ސައި ހަދާފައެވެ. ސައިބޮއެގެން […]
އަހަރެންނަކަށް ތާޝާގެ ގައިގައި އަތްލާކަށްވެސް ނުކެރޭނެއެވެ. ކުރީފަހަރުވެސް އަތުގައި ހިފާލުމުން އަހަރެންނާއި ދިމާލަށް ބަލައިލީ ފިސާރި ރުޅިންނެވެ. “ތާޝާ ޕްލީސް ހުއްޓާލާފަ ވީގޮތެއް ބުނެބަލަ!” އަހަރެން މިހެން ބުނުމުން ތާޝާ ވަރަށް ފަސޭހައިން ހުއްޓައިލިއެވެ. ނަމަވެސް މަޑު ގިސްލުމެއްގެ އަޑު އޭރުވެސް އިވެމުންދިޔައެވެ. އަމިއްލަ އަތުން ކަރުނަތަށް ފުލެލަމުން ނޭފަތްވެސް ދެތިންފަހަރު އެތެރެޔަށް ދަމައިލިއެވެ. އެކަރުނަތަށް އަހަރެންގެ އަތުން ފުހެލަދޭން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެކަމާ ތާޝާ ރުހޭނެހެއްޔެވެ. “މާޒް ހުކުރަކަށް ނުދަންތަ؟” ހަމަޖެހިލަމުން ތާޝާ […]
ތާޝާވަނީ އަހަރެންގެ ހިތާއިވެސް ކުޅެފައެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނީ ތާޝާގެ ހިތް އަހަރެންގެ މިލްކަކަށް ވީ ދުވަހަކުންނެވެ. އެދުވަހަކުން އަހަރެންނަށް ތާޝާގެ ހިނިތުންވުން ފެންނާނެކަން ޔަގީނެވެ. އެދުވަހަކީ އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހެވެ. މިކަހަލަ ހިޔާލުތަކެއްގައި ހުއްޓައި އިޔާޒް އައިސް އަހަރެންނަށް ގޮވިއެވެ. އަނެއްކާވެސް އަހަރެން މަސައްކަތާއިގެން ކުރިޔަށް ދިޔައީމެވެ. ދެދުވަސް ވަންދެން އިޔާޒްގެ ކައިވެނީގެ ކަންކަމުގައި ބުރަކޮށް އުޅުމަށްފަހު އަހަރެން ހަމަޖެހިލައިގެން ނިދަން މިއޮތީ އިޔާޒްގެ ކައިވެންޏަށްފަހުގައެވެ. މިރޭގެ ފަހުން އިޔާޒްވެސް ދެން […]
“އޯކޭ.. ދަނީ އިނގޭ އިލްޔާސްބޭ.. ދެން އަނެއްކާވެސް އެހެން ފަހަރަކުން އަންނާނަން…” މިހެން ބުނެފައި ސޯފާއިން ތެދުވެގެން ދާން އުނބުރެލި ވަގުތު ކޮޓަރީގެ ތަޅުގައި ހިފާ ދޮރު ހުޅުވޭ އަޑަށް އަހަރެން ފަހަތަށް އެނބުރެލީމެވެ. އެކޮޓަރި ދޮރުމަތީ ހުރި ތާޝާ ފެނުމުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. މިއީ ހުވަފެނެއް ހެއްޔެވެ. އަހަރެން ދެލޯ ހޯދަމުން ދިޔަ ކުއްޖާ އަހަރެންނާއި އެއްފުރާޅެއްގެ ދަށުގައި އުޅޭކަން އަހަރެންނަށް ނުވެސް އިނގެއެވެ. ތާޝާގެ ދެލޯވެސް ހުރީ އަހަރެންނަށް އަމާޒުވެފައެވެ. އަހަރެންނާ […]
ދެވަނަ ބުރިއާއިހަމައިން ތާޝާގެ ބައްޕަ ވަނީ އަހަރެންގެ އެޕާޓްމަންޓް ކުރިމައްޗަށް ހުންނަ ބަޔަށެވެ. “މިރޭ ދަންވަރު މިގެޔަށް ވަންނަ ހިޔާލުތަ މިހާރު ތި ކުރަނީ؟” އަހަރެން ތާޝާގެ ބައްޕަ ލެއްޕި ދޮރާ ދިމަޔަށް ބަލަން ހުރުމުން އިޔާޒް ބުނެލިއެވެ. “މިގޭގަ އެކަމަކު އުޅެނީ އެއްކަލަ އިލްޔާސް އެއްނު…” އަހަރެންގެ ހިތް އަނެއްކާވެސް ނުތަނަވަސްވާން ފެށިއެވެ. “ކިހިނެއްވެފަ ތި ހުންނަނީ؟” އަހަރެން އެބައިގެ ދޮރާ ދިމާލަށް ބަލަން ހުރުމުން އިޔާޒް އަނެއްކާވެސް އަހައިލިއެވެ. އަހަރެން ބަހެއް ނުބުނެ ވަނީ […]
“އާހް.. ހަޔާތުގަ ފެނުން އެންމެ ލޯބި ކުއްޖާ.. ތާޝާ ކޮންތާކު ތިއުޅެނީ؟؟” ތާޝާގެ ހިޔާލުތަކުގައި އޮއްވައި އަހަރެންނަށް ނިދުން އިރެއްވެސް ނޭންގުނެވެ. ދެން އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. “މާޒް ތެދުވޭ 9 ޖަހަނީ.. 11 ޖަހާއިރު ފުރަންޖެހޭ!” ވަގުތު ހިނގާލެއް ހާދަ އަވަހެވެ. އަހަރެން ތެދުވެގެން ފެންވަރައިގެން ދިޔައީ ސައިބޯށެވެ. ސައިބޮއިގެން ދެން އަހަރެން ދިޔައީ އިނާޝާމެން ގެޔަށެވެ. އަހަރެން ދިޔައިރު އިނާޝާ އުޅުނީ އެގޭތެރޭގައި ހައްދާފައި ހުރި ގަސްތަކަށް ފެންދޭށެވެ. އަހަރެން ދޮރުމަތީ […]
“ދައްތާ.. އަހަރެމެން މިއައީ ތާޝާ ނުފެންނާތީ އެހެންވެގެން ވީ ގޮތެއް ބަލާލަން.. ކޮބާ ތާޝާ؟” އިނާޝާ އެނދުގައި އޮތް އަންހެންމީހާ ކައިރިޔަށް ޖެހިލަމުން އަހާލިއެވެ. އަހަރެންވެސް ހުރީ އެ އަންހެންމީހާ ކިޔާ އެއްޗަކުން ހިތް ބިރުގަނެފައެވެ. އަނެއްކާ ތާޝާ އަސްލަށް ވެސް ރަށުގައި ނެތީ ހެއްޔެވެ. އަހަރެންނަށް ހުވަފެނުން ފެނުންހެން ބަޔަކު އޭނާ ގެންދިޔައީ ހެއްޔެވެ. “ތީ ކޮންބަޔެއް؟” އަނެއްކާވެސް އެ އަންހެންމީހާ އަހާލިއެވެ. “ތީ ތާޝާގެ ރައްޓެހިންތަ؟” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އެ […]