Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (1ވަނަ ބައި)

Ifaau
January 1, 2017
6 Mins Read
61 Views
56 Comments

ވާހަކަ ފެށުމުގެ ކުރިން އާ އަހަރުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަން!!?

“ތިހާ ޅަ އުމުރުގަ މިހާ ބޮޑު ސަކްސެސްއެއް ލިބުމުގެ ފަހަތުގަ ވަނީ ކޮންކަމެއްތޯ؟” ނޫސްވެރިޔަކު ސުވާލުކޮށްލިއެވެ.

“މިއީ އަޅުގަނޑުގެ މިންނެތް މަސައްކަތާއި ގާބިލިއްޔަތުގެ ސަބަބުން އަޅުގަނޑަށް ލިބުން ސަކްސެސް އެއް.. އަމިއްލަޔަށް ލަނޑުދަނޑިތަކަކަށް ފޯކަސް ކޮށްގެން އެކަންތައްތައް ހާސިލްކުރަން ކުރި މަސައްކަތުން ލިބުން ސަކްސެސްއެއް…” ހިނިތުންވުމަކާއި އެކު އައިޝާ ޖަވާބުދިނެވެ.

“މިވިޔަފާރިވެރިން ހާދަ ފޮނިބޮޑުވެޔޭ ދޯ ދެން ނިއުސް ކޮންފަރެންސް ތަކަށް އަރާފަ!” ޓީވީ ނިއްވާލަމުން ޝިޔާނާ ބުނެލިއެވެ. އެވަގުތު ޝިޔާނާއާ އެއްބައިވެލުމުގެ ގޮތުން އޭނަގެ ފިރިމީހާ ނަޒީމްވެސް ބޯޖަހައިލިއެވެ.

“މަންމާ… މަގޭ އައުސް އުޅެނީ އެ އައިޝާގެ ކުންފުނިން ބޭއްވި ފޮޓޯގްރަފީ ޗެލެންޖަކުއޭ ބައިވެރިވެގެން…. އައުޓީ ހޮވިއްޖިއްޔާ އެކުންފުނިން ވަޒީފާއެއް ލިބޭނެ….” ފޮނި ގޮތަކަށް އޭނަގެ މަންމަ ދެންމެ ދެއްކި ވާހަކަ އަޑުއަހަން އިނދެފައި ޒީޝާ ބުނެލިއެވެ.

“ހުނ… ވަޒީފާ ލިބިދާނެ ހަމަ އެހެން ތާކުންވެސް… ތަންކޮޅެއް ހަރުދަނާ މަސައްކަތެއް ކުރާށޭ އައުސް ކައިރީ ބުނެބަލަ… އަބަދު އެ ދުވަނީ ކެމެރާއެއް ކޮނޑުއަޅައިގެން…” ހިތްހަމަނުޖެހޭ ފާޑަކަށް ޝިޔާނާ ބުނެލިއެވެ. ޝިޔާނާ އެހެން ބުނެލުމުން ޒީޝާ ފާޑަކަށް ތުންދަމައިގެން އެތަނުން ތެދުވެގެން ދިޔައެވެ.

ޒީޝާއާއި އައުސްއަކީ އެންމެ ކުޑައިރުން ފެށިގެން އެންމެ ގާތް ދެރަހްމަތްތެރިންނެވެ. އެކުގައި އުޅެ ބޮޑުވުމުން މިހާރު ދެމީހުން ނޭވާލަނީވެސް އެކީގައެވެ. ލާނެތްކަމުން ފުރިފައިވާ އައުސް ހަމައެކަނި ހަމަޔަކަށް އެޅުވެނީ ޒީޝާއަށެވެ. ގޯސްކަމެއް ކޮށްފިނަމަ މަންމަ ފަދައިން ހަޅޭތްލަވައި ނަސޭހަތްދޭނެއެވެ. ބަލިވެއްޖެނަމަ ޑޮކްޓަރެއް ފަދައިން ބަލަހައްޓާނެއެވެ. އަދި އެހާ ދެރަވެސްވާނެއެވެ. ދެމީހުން އުޅެނީ އެކަކު އަނެކަކުގެ ހިޔަނި ފަދައިންނެވެ. އައުސްގެ ތަބީޢަތަކީ އަބަދުވެސް ލާނެތް އަދި މަޖާ ތަބީޢަތެކެވެ. އާއިލާގެ ހުރިހާ އެންމެންވެސް ވަނީ އެކަމަށް ހޭނިފައެވެ. ޒީޝާގެ ކުޑަކުޑަ އާއިލާއާއި އައުސްގެ ކުޑަކުޑަ އާއިލާވަނީ ގުޅިލާމެހިފައެވެ. ދެއާއިލާވެސް އުޅެނީ އެއްއިމާރާތެއްގައެވެ. ނަމަވެސް ދިރިއުޅެނީ އިމާރާތުގެ ދެބައިގައެވެ.

ކޮޓަރިޔަށްވަދެ ޒީޝާ އެނދު މައްޗައް ވެއްޓިގަތެވެ. އަދި ފޯނުނަގާ ފޭސްބުކްއަށް ވަދެލިއެވެ. ފޯނަށް ބަލަން އޮވެފައި ކުއްލިއަކަށް ހަޅޭތްލަވާގަނެފައި ޒީޝާ އެނދު މައްޗައް ކޮޅަށް ތެދުވިއެވެ. އަދި ފޯނަށް ބަލަމުން ހީހީފައި ފުންމަމުން ދިޔައެވެ. ޒީޝާގެ މިއަމަލުން ހައިރާންވެފައި އޭނަގެ ކޮއްކޮ ޒައިން މަންޒަރު ބަލަން ހުއްޓެވެ.

“މަންމާ ތީ މޮޔަވަނީ!” ދޮރުކައިރިޔަށް ޖެހިލާފައި ޒައިން ގޮވައިލިއެވެ. އެޔާއިއެކު ޝިޔާނާ ދުވެފައި އެކޮޓަރިޔަށް އައެވެ. ޒީޝާ އުޅެމުންދިޔަ ގޮތް ފެނިފައި ޝިޔާނާވެސް ހުރީ ހައިރާންވެފައެވެ. ޝިޔާނާ ފެނުމުން ޒީޝާ އެނދުން ފައިބައިގެން އައިސް ޝިޔާނާގެ އަތުގައި ހިފައިގެން އެނބުރެން ފެށިއެވެ.

“ޒީ ކިހިނެއް ވެގެން ތިއުޅެނީ؟” ޝިޔާނާ އަހައިލިއެވެ. “ޔޭ” އޭ ކިޔާފައި ޒީޝާ ޝިޔާނާގެ އަތުގައި ހިފައިގެން އެނބުރެމުންދިޔައެވެ.

“ތީ ކޮން މޮޔައެއް ވެެގެން ތިއުޅެނީ؟” ޒައިން ބުނެލިއެވެ. އެވަގުތު ޒީޝާވެސް އެނބުރުން ހުއްޓާލައިފައި ޒައިންގެ ކުރިމައްޗައް އެރިއެވެ. އެނބުރުން އަރައިގެން ޝިޔާނާ އެނދުމަތީ އިށީންދެލިއެވެ.

“މޮޔައެއް ނުވޭ.. މޮޔަވާނީ މަގޭ އައުޓީ މީތި ފެނިފަ…” ޒައިންއަށް ފޯނު ދައްކައިލަމުން ޒީޝާ ބުނެލިއެވެ.

“ވިނާރ އޮފް އައިޝާސް ފޮޓޯގްރަފީ ޗެލެންޖް… މިސްޓާރ އައުސް އަހުމަދު” ޒައިން ކިޔައިލިއެވެ.

“އެވަރު ކަމަކާ ކުޑަކުއްޖެއްހެން ތި ތެޅިބާލަނީ..” ހިތްހަމަ ނުޖެހޭ ފާޑަކަށް ޝިޔާނާ ބުނެލިއެވެ.

“މީ އެވަރު ކަމެއް ނޫނޭ… ހަފްތާއެއް ވަންދެން ނުނިދާ އައުޓީ ކުރި މަސައްކަތް މީ.. ހީ ޑިޒާވް އިޓް… ތީ މިދަނީ އައުޓީއަށް ހެޕީ ނިއުސް ދޭން.. ޔަގީން ނިދާފަ އޮންނާނީ!” ޒީޝާ ބޭރަށްދާން ދުއްވައިގަތެވެ. ޝިޔާނާވެސް ފާޑަކަށް ބޯހޫރާލުމަށްފަހު ހިނިތުންވެލިއެވެ.

ޒީޝާ އެދިޔަބާރުމިނުގައި ސިޑިން އަރައިގެން އައުސް އުޅޭ ބަޔަށް ދިޔައެވެ.

“ކޮބާ އައުޓީ؟” ވަތްގޮތައް ޒީޝާ އަހައިލިއެވެ. އޭރު އައުސްގެ މަންމަ އަމީރާ އިނީ ތަރުކާރީ ކޮށާށެވެ. އައުސްގެ ބޭބެ އާލިމްވެސް ކައިރީގައި ޓީވީ ބަލަން އިނެވެ.

“އެބައޮތް ނިދާފަ… މާ އުފާވެފަ ތިހުރީ ކީއްވެގެން؟” އާލިމް އަހައިލިއެވެ. އެވަގުތު ހީލުމަށްފަހު ޒީޝާ ދުވެފައި އައުސްގެ ކޮޓަރިޔަށް ވަދެގެން ދިޔައެވެ. އައުސް އޮތީ ނިދާފައެވެ. ޒީޝާ އެދިޔަގޮތައް ގޮސް އެނދުމަތީ އިށީންދެލާފައި އައުސް އަށް ގޮވަން ފެށިއެވެ. ނަމަވެސް ހަމަ އަޅާވެސްނުލައި އައުސް އަނެއްފަރާތައް އެނބުރެލިއެވެ.

“އައުޓީ ހޭލަބަލަ ދެން… ވާހަކައެއް ބުނާށޭ…” އައުސްގެ ކަންފަތައް ފުމެލަމުން ޒީޝާ ބުނެލިއެވެ. އެވަގުތު އައުސް ކަންފަތުގައި އަތްއެޅިއެވެ.

“ފޮޓޯގްރަފީ ޗެލެންޖުން އައުސް އައުޓް..” ޒީޝާ މިހެން ބުނުމާއި އެކީ އައުސް ފުންމައިގެން ތެދުވިއެވެ.

“ވަޓް…” ދެލޯ ބޮޑުކޮށްލަމުން އައުސް ބުނެލިއެވެ. ޒީޝާ ފާޑަކަށް ހޭންފެށިއެވެ. އައި ރުޅިން މުޅި ގައިގައި ރަޖާގަނޑު އޮޅާލަމުން އަނެއްކާވެސް އައުސް އޮށޯވެލިއެވެ.

“ޔޫ ވޮން…” ޒީޝާ އައުސް ކަންފަތް ދޮށުގައި ބުނެލިއެވެ.

“އުނދަގޫ ނުކުރޭ…” ޒީޝާ ދުރަށް ކޮއްޕާލަމުން އައުސް ބުނެލިއެވެ.

“އޯކޭ… ނިދަން އޮވޭ.. ހޭލާފަ އެފްބީ ބަލާފަ ފޮނިވެގެން ޒީ ކައިރިޔަށް ނާންނާތި އައި ވޮން އޭ ކިޔާފަ… މީ މީހުން ނިދާގަޑިތަ؟” ރުޅި އައިސްގެން ޒީޝާ ދާން ހިނގައިގަތެވެ. ޒީޝާ ދިއުމުން އައުސް އެއް ލޯ ހުޅުވައިލިއެވެ. އަދި ފޯނުނަގައި ރަޖާގަނޑު ދަށުގައި އޮވެގެން އެފްބީ ބަލައިލިއެވެ. އެވަގުތު ފެނުން އެއްޗަކުން އައުސް އުފަލުން ފޮޅުނެވެ. ނަމަވެސް ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނަގެ ގައިމަތީ އޮތް ރަޖާގަނޑު ނެގީމައެވެ. ބަލައިލިއިރު ކުރިމަތީ ހެވިދިލިފައި ހުރީ ޒީޝާއެވެ. ޒީޝާ ފެނުމުން އެޔަށްވުރެ ބޮޑަށް ހީލުމަށްފަހު އައުސް ކޮޅަށް ތެދުވިއެވެ. އަދި ޒީޝާގެ ގައިގައި އޮޅުލައިގަތެވެ.

“އައި ވޮން… އޯ މައި ގޯޑް… ޒިޕީ އައި ވޮން…” އުފަލުން އައުސް ހަޅޭތްލަވައިގަތެވެ.

“ކޮން އީދެއް އައިސްގެން ތިއުޅެނީ؟” އާލިމް އައިސް ވާހަކަ ދެއްކުމުން އައުސް ޒީޝާއާއި ދުރުވެލިއެވެ. އައުސް އާއިލާގެ އެންމެންނާއި އެކީ އޭނަގެ އުފާ ހިއްސާކުރިއެވެ. އެންމެ ބޮޑަށް އުފާކުރީ ޒީޝާއެވެ. ހީވަނީ އެއީ ޒީޝާއަށް ލިބުން ކުރިއެރުމެއް ހެންނެވެ.

ހަވީރުގެ ވަގުތެވެ. އައުސްއާއި ޒީޝާ ތައްޔާރުވަމުން ދިޔައީ މިއަދު ހުޅުމާލޭގައި އޮތް ފޮޓޯ ޝޫޓަކަށެވެ. އައުސްގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ އެކަމުގައެވެ. ހުރިހާ އެންމެން އެކަމަށް ތަރުހީބުދޭއިރު އެކަމާ ނުރުހެނީ ޒީޝާގެ މަންމަ ޝިޔާނާއެވެ. ޝިޔާނާ ގަބޫލުކުރާގޮތުގައި ފޮޓޯގްރަފީއަކީ އެއްވެސް ކުރިއެރުމެއް އޮތް ކަމެއް ނޫނެވެ. ހަރުދަނާ މަސައްކަތެއް ނުކުރާނަމަ ޒިންމާދާރު މީހަކަށް ނުވާނެ ކަމައް އަބަދުވެސް ބުނެއެވެ. ޝިޔާނާ ބުނާފަދައިން “ޒިންމާ” އެ ލަފްޒަކީ އައުސް ދަންނަ އެއްޗެއް ނޫނެވެ. އައުސްގެ ހުރިހާ ޒިންމާއެއްވެސް ބަލަހައްޓަނީ ޒީޝާއެވެ. ޒީޝާ އައުސްއަށް ބާރުނާޅާނަމަ އައުސްއަކީ މިއަދު އެއްވެސް މީހެއްނޫނެވެ. އައުސްގެ ހުވަފެންތަކުގައި ކުލަޖެހެމުން މިދަނީވެސް ހަމަ ޒީޝާގެ އެއްބާރުލުމާއި ހިތްވަރުންނެވެ. އަމިއްލަ ވަޒީފާއަށް ސަލާމް ބުނެފައިވެސް އައުސްއަށް އެހީވުމުގައި ޒީޝާ ދެމިހުންނަނީ އައުސްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

“ތަންކޮޅެއް ބޮޑަށް ލޯ ހުޅުވަބަލަ…” ކެމެރާ ތިރިކޮށްލަމުން އައުސް ބުނެލިއެވެ.

“އައުޓީ… އޭނަގެ އޭނީ ބުޅާ ލޮލެއް ނޫނޭ ލޯ ބޮޑުކުރާކަށް..” ޒީޝާ ބުނެލިއެވެ. ޒީޝާ އެހެން ބުނުމުން ކެމެރާ ފުރަގަހުގައި ތިބި އަންހެން ކުދިންތައް ހޭންފެށިއެވެ.

“އެކަަމަކުވެސް ހީވަނީ ނިދާފަ ހުންނަހެން….” އައުސް ހަމައެކަނި ޒީޝާއަށް އިވޭވަރަށް ބުނެލިއެވެ. އައުސް އެހެން ބުނެލުމުން ޒީޝާ ފާޑަކަށް ހޭންފެށިއެވެ.

ފޮޓޯ ނަގައި ނިމުމުން އައުސް އެއްޗެހިތައް އަޅާ މާލެދާން ތައްޔާރުވަމުން ދިޔައެވެ. އެވަގުތު އައުސްއަށް ފޯނެއް އައެވެ. އަވަސް ކޮށްލާފައި ފޯނުނަގާ ބަލައިލިއިރު ގުޅަނީ ކޮންމެވެސް އޮފީހެއްގެ ނަމްބަރަކުންނެވެ. އައުސް ފޯނު ނަަގައި “ހަލޯ” އޭ ބުނެލިއެވެ.

“އައުސް؟” އެކޮޅުން އަންހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ. އެއަޑު ޖެހުމުން އައުސްގެ ކަންފަތައް ހީލިއަރައިގެން ދިޔަހެން ހީވިއެވެ.

“އައިޝާ! ޕާސަނަލީ މިގުޅާލީ މިކުންފުނިން ބޭއްވި ފޮޓޯގްރަފީ ޗެލެންޖުން ފޭސްބުކްގައި އެންމެ ގިނަ ލައިކްސް އެންޑް ޝެއާރ ހޯދައިގެން އެއްވަނަ ހޯދީމަ… ކޮންގްރެޓްސް…” އައިޝާގެ ރީތި އަޑުން ވާހަކަ ދައްކަމުންދިޔައެވެ. އައުސް ހީލުމަށްފަހު “ޝުކުރިއްޔާ” އޭ ބުނެލިއެވެ. އައިޝާ އެދުނީ މާދަމާ ހެނދުނު އޭނަގެ އޮފީހަށް އައުސް އައުމަށެވެ. އެކަމަށް އެއްބަސްވެފައި އައުސް ފޯނު ކަނޑައިލިއެވެ.

“ކާކު ގުޅީ؟ ދަތް ނޫންގުޅާތަ ތިހުރީ؟” ފާޑަކަށް ނިތް އަރުވާލަމުން ޒީޝާ ބުނެލިއެވެ.

“އުނގުޅިން އިނގޭ! ހަޑީތަ؟” ދަތްޕިލަ ދައްކާލަމުން އައުސް ބުނެލިއެވެ. ޒީޝާވެސް ބޯހޫރާލުމަށްފަހު ހީލިއެވެ.

“އައިޝާ ގުޅީ!” އައުސް އެހެން ބުނެލުމުން ޒީޝާ ދެލޯ ބޮޑުކޮށްލިއެވެ.

“އައިޝާ މަގޭ އައުޓީއަށް ގުޅީ؟ ކީކޯ ބުނީ؟” ހައިރާންވެފައި ޒީޝާ އަހައިލިއެވެ. އައުސް އައިޝާ ބުނި ވާހަކަ ޒީޝާ ކައިރީ ބުނެލިއެވެ.

“ވާއު… މަގޭ އައުޓީ ފޭމަސް ވާނެ ދުވަސްކޮޅަކުން… އައި މީން މިހާރުވެސް އެފްބީގަ ފޭމަސް އެކަމަކު ދެން މިޔަށްވުރެ ބޮޑަށް…” އައުސްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ޒީޝާ ބުނެލިއެވެ. އަދި އެއްޗެހިތައް ހިފައިގެން ދެމީހުން ފެރީ ޓާމިނަލްއަށް ދާން ހިނގައިގަތެވެ.

ރޭގަނޑުގެ ވަގުތެވެ. މުޅިގޭތެރޭގައިވަނީ އަނދިރިކަމެވެ. އަނދިރީގައި ފޯނުހިފައިގެން ސިޓިންރޫމުގައި އައިޝާއިނީ އައުސް ނަގާފައިހުރި ފޮޓޯތައް ބަލާށެވެ. މިހެން އިންދައި ކުއްލިއަކަށް މުޅިތަން ދިއްލިގެން ދިޔައެވެ.

“މަންމަ ބުނަމެއްނު އަނދިރީގަ ނީންނާށޭ..” އައިޝާގެ މަންމަ ފަރީޝާ ބުނެލިއެވެ. އަދި އައިސް އައިޝާ ކައިރީ ސޯފާގައި އިށީނެވެ.

“އަނދިރީގަ އިނީމަ މީހުންނަކަށް ފާހަގައެއް ނުވާނެ ކާކުކަމެއް… މީހުންގެ ސަމާލުކަމަކަށް ނާންނާނެ..” އެއިން ގޮތައް އިނދެ އައިޝާ ބުނެލިއެވެ.

“ދަރިފުޅާ… ދެން ތި ގޮތް ދޫކޮށްލަބަލަ… މީހުންގެ ތެރެޔަށް ނިކުމެ ދުނިޔެ ރަގަޅަށް ދަސްކޮށްބަލަ… އޮފީހެއްގެ ބޮސްއަކަށް ވެގެން އަބަދު އަމުރުވެރި މީހަކަށް ވެގެން އުޅޭކަށް ނުވާނެ… މީހާގެ އެތެރޭގެ ރީތިކަން ފެންނާނީ ހިތްހެޔޮކަންމަތީ މީހުންގެ ކުރިމައްޗައް ނިކުމެގެން… އަނދިރިކަމުގަ ކުލަޖެހޭނީ ރައްޓެހިން ހޯދައިގެން…..” ފަރީޝާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އައިޝާ އެއްވެސް ސަމާލުކަމެއްނުދީ ފޯނާ ކުޅެމުންދިޔައެވެ. ހީވާގޮތުން އެއީ އޭނަ އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.

“އިޝީ އިވޭތަ މަންމަ މިދައްކާ ވާހަކައެއް؟” އައިޝާ އަނގައިން ނުބުނުމުން ފަރީޝާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“މި ކުލަގަދަ ދުނިޔެއަކު މީހަކަށް ހެޔޮއެދޭ މީހަކު ނޫޅޭނެ… އެންމެންވެސް އުޅޭނީ އަމިއްލަ އެދުމާގެން… ކިތަންމެ ރީތި ސިފަޔެއްގެ ކިތަންމެ ހިތްހެޔޮ މީހަކަސް އެތެރެ އޮންނާނީ ހަމަ ދެލިގަނޑެއްހެން…. އަހަރެންގެ ހަޔާތުގަ ގެއިންބޭރުގަ އަހަރެންގެ އުފަލަކީ އަހަރެންގެ އަމިއްލަ އޮފީސް… އެތާންގަ އުޅޭ މީހުންނަކީ އަހަރެންނަށް ބިރުވެތިވާން ޖެހޭނެ ބަޔެއް…. މަންމަތީ އަހަރެންގެ ބަލި ފައި…. އެކަމަކު މަންމަވެސް ޖެހޭނީ އަހަރެން ބުނާ ގޮތައް ހަދައިގެން އުޅެން!” އަމުރުވެރި ރާގަކަށް މިހެން ބުނެލުމަށްފަހު އައިޝާ ތެދުވެގެން ކޮޓަރިޔަށް ދިޔައެވެ. ފަރީޝާ އެއިންގޮތައް އައިޝާ ތެދުވެގެން ދިޔަ ދިމާއަށް ބަލަން އިނީއެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. އިރުކޮޅަކު މިހެން އިނުމަށްފަހު ފަރީޝާ ދެން ދިޔައީ އައިޝާގެ ކޮޓަރިއަށެވެ. ފަރީޝާ ދޮރު ހުޅުވާލިއިރު އައިޝާ އޮތީ ލެޕްޓޮޕް ހިފައިގެން އެނދުމަތީގައެވެ.

“ނިދާލަބަލަ… ދުވާލު އެވަރަށް މަސައްކަތްކޮށްފަ ރޭގަނޑު ނުނިދާ އެހާ ލަސްވަންދެން ހުންނާކަށްނުވާނެ….” ކޮޓަރި ދޮރުމަތީ ހުރެގެން ފަރީޝާ ބުނެލިއެވެ.

“މަސައްކަތެއް ނުކޮށް އުޅެން ވެއްޖެނަމަ ސަލާން ޖަހަން ޖެހިދާނެ…. ނިދި އައީމަ ނިދާނަން!” އައިޝާ މަންމަގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އައިޝާގެ ޖަވާބު ލިބުމުން ފަރީޝާ އެކޮޓަރިން ނިކުމެގެން ދިޔައެވެ.

މަންމަ ދިއުމުން އައިޝާ ވަގުތުން ލެޕްޓޮޕް ލައްޕައިލިއެވެ. އަދި ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ތަޅުލިއެވެ. ދެން އައިސް އިށީނީ ކޮޓަރީގައި ހުރި ސޯފާގައެވެ. މިގޮތައް ލޮލަށް ނިދިނައިސްގެން އެތައް އިރަކު އޮތެވެ. މިއީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ މިހާ ޅަ އުމުރުގައި ފައިސާއާއި އިއްޒަތާއި ގަދަރު ލިބިފައިވާއިރު، ކޮންމެވެސް ކަމެއް އައިޝާގެ ހަޔާތުގައި މަދެވެ. މިހުރިހާ އެއްޗެއް ލިބިފައިވާއިރު އެމޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ހިތައް ހަމަޖެހުމެއް ނުލިބެއެވެ. އެކުވެރިންނެއް ނެތެވެ. މަންމަ ފިޔަވާ އާއިލާގެ މީހެއް ނެތެވެ. އަޮފީހުގައި ހުރިހާ މުވައްޒަފުން އައިޝާގެ ނަން އިވުނަސް ތިބެނީ ބިރުން ވިރިވިރިއެވެ. އެންމެ ކުޑަމިނުން އަމިއްލަ މަންމަވެސް މިއާދަޔާ ހިލާފު ދަރިފުޅުދެކެ ބިރުގަނެއެވެ. ފަރީޝާ އަބަދުވެސް ވިސްނަނީ ގެއްލިފައިވާ އައިޝާގެ ހަޔާތުގެ ހިއްސާ ހޯދައިދޭނެ ގޮތެކެވެ. ނަމަވެސް އައިޝާގެ ހުންނަ ސިފަޔަކުން ނަސޭހަތުގެ ގޮތުން ބަހެއްވެސް ބުނެވޭކަށްނެތެވެ.

އައިޝާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ މީގެ ފަސްއަހަރު ކުރިން އައިޝާގެ ކާފަ ނިޔާވުމުންނެވެ. ކާފައަކީ މުއްސަނދި ވިޔަފާރިވެރިއެކެވެ. މަރުވުމުގެ ކުރިން ކާފަ ދިޔައީ އައިޝާގެ ނަން މައްޗައް ހުރިހާ މުދަލެއް ބަދަލުކޮށްފައެވެ. ފަރީޝާއަކީ އައިޝާގެ ކާފަ ޖާބިރުގެ ހުރި ހަމައެކަނި ދަރިއެވެ. ނަމަވެސް ވަކި ހިސާބަކުން ފަރީޝާކުރި ކުށެއްގެ ސަބަބުން ޖާބިރުވަނީ ފަރީޝާއާއި ގުޅުން ކަނޑާލާފައެވެ. އައިޝާ އެއީ ކޮންކަމެއްތޯ ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަކުވެސް އެކަމަކާ ވާހަކައެއް ނުދައްކައެވެ. ފަރީޝާ ހީކުރި ގޮތާއި ހިލާފަށް ޖާބިރު ވެގެންދިޔައީ ވަރަށް ރަގަޅު ކާފައަކަށެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އައިޝާދެކެ ލޯބިވެއެވެ. އެހެންކަމުން އައިޝާ ފަށަން ބޭނުންވާ ކަހަލަ ވިޔަފާރިއެއް ހުޅުވައި ދިނުމަށްފަހު ކާފަ ވަނީ އައިޝާގެ ހިތް ރޮއްވާލަމުން ދުނިޔެ ދޫކޮށް ގޮސްފައެވެ. އޭގެ ފަހުން އައިޝާގެ އަމިއްލަ މަސައްކަތުން މުޅި ކުންފުނި ވަނީ ނަގާ ކޮޅަށް ޖަހާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައިޝާ ވެގެން ދިޔައީ ނުފޫޒު ވަރުގަދަ އަދި އަމުރުވެރި ކުއްޖަކަށެވެ. އަމިއްލަ ނަފްސު ދުނިޔޭގެ އުފަލުން މަހުރޫމުކޮށް މުޅި ދިރިއުޅުން އެކީ މަސައްކަތައް ދޫކޮށްލީއެވެ. މަންމައާއި އެކު ގޭގައި ހޭދަކުރާ މަދު ވަގުތު ފިޔަވާ ހުރިހާ ވަގުތެއް ހޭދަވަނީ އޮފީހުގައި ބުރަ މަސައްކަތުގައެވެ.

ދެން އޮތީ އައިޝާގެ ބައްޕަގެ ވާހަކައެވެ. އައިޝާ ހަނދާންވާން ފެށީއްސުރެ މަންމައާއި ބައްޕަވަނީ ވަކިވެފައެވެ. އައިޝާއަށް ފެނުން ބަޔެއް މަންޒަރުތަކުން އައިޝާގެ ކާފަ ޖާބިރު އޭނަގެ ބައްޕަ ރިޔާޒްދެކެ ވަރަށް ރުޅިއަންނަ ކަމަށްވެއެވެ. މިވާ އެއްވެސް ކަމެއް އައިޝާއަކަށް ނޭންގެއެވެ. ނަމަވެސް އުމުރުން 15އަހަރުގައި ބައްޕަގެ ފަރާތުން ފެނުން ކަމެއްގެ ސަބަބުން އައިޝާ ބައްޕަގެ ނަން އިވުނަސް ބިރުން ވިރިގެން ދެއެވެ. ފޫހިވެއެވެ. ރުޅިގަދަވެއެވެ. އެހާ ހިސާބުން ކާފަ ބައްޕަދެކެ އެހާ ރުޅިއަންނަ ސަބަބު ކޮންމެވެސް ވަރަށް އިނގިގެން ދިޔައެވެ. އަދި އޭގެ ފަހުން ބައްޕަ ޖަލަށް ދިޔައީ ކާފަގެ ސަބަބުންނެވެ. އެހުރިހާ ކަމެއްގައި އައިޝާގެ ހިއްސާވެއެވެ. ހުރިހާ ކަމަކާ ކޮންމެވެސް ގޮތަކައް އައިޝާ ގުޅިފައިވެއެވެ. ނަމަވެސް އެއީ މީހުންގެ ލޯތަކަށް ކަޝްފުވެފައިވާ ހަގީގަތްތަކެކެވެ. ބައްޕަ ޖަލަށް ދިޔަ ހިސާބުން އައިޝާގެ ހިތައް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އައިޝާގެ ހަޔާތުގެ ވަރަށް މުހިއްމު ހިއްސާއެއް ވަކިވެގެންދިޔައެވެ. އެކަމުގެ ހިތާމަ މިހާރުވެސް އައިޝާ ކުރެއެވެ. މިހާރު އައިޝާގެ ހަޔާތުގައި މަންމަ ފިޔަވާ އެކަކުވެސް ނެތެވެ. ޖާބިރު ދިރި ދުނިޔޭގައި ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ދެމައިންނަށް ލިބުނެވެ. ނަމަވެސް މިހާރު ހުރިހާކަމެއްވަނީ ބަދަލުވެފައެވެ. (ނުނިމޭ)

 

17
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އާ އަހަރެއް ފެށުމުން…

Next

އުފާވެރި އާއަހަރަކަށް މަޜުހަބާ…(2017)

Next
January 1, 2017

އުފާވެރި އާއަހަރަކަށް މަޜުހަބާ…(2017)

Previews
January 1, 2017

އާ އަހަރެއް ފެށުމުން…

56 Comments

  1. Ifaau says:
    January 1, 2017 at 10:57 am

    So this is a beginning of a new story from the beginning of new year. Happy new year guys. Enjoy!!❤❤

  2. Xum says:
    January 1, 2017 at 11:03 am

    Yay me first! Feshun v reeethi!! Happy new year ifaau

  3. Eem says:
    January 1, 2017 at 11:05 am

    Salhi feshun. Konme dhuuhakuves upload kohdhechey pls. Mivaahaka v reethi vaanehen feshumun heevey. All the best?

    1. Ifaau says:
      January 1, 2017 at 12:53 pm

      Thank you Eem

  4. Eem says:
    January 1, 2017 at 11:07 am

    Happy new year!

  5. Amy says:
    January 1, 2017 at 11:10 am

    Askuves mihaaru ulhenee amilla edhumaagen ulhey meehun. Aisha ebunee hama heyokoh. Feshun is superb

    1. Ifaau says:
      January 1, 2017 at 12:52 pm

      Thank you Amy

  6. Hassu says:
    January 1, 2017 at 11:13 am

    Feshun reethi//// Pls continue it without and stop

    1. Ifaau says:
      January 1, 2017 at 12:51 pm

      Thank you

  7. Milee? says:
    January 1, 2017 at 11:22 am

    Sony TV in genasdhey “beyhadh” ge copy eh dhw mi.. Copy akas Vaahaka kiyaahihvaagothah ibaaraithaka sifa kuruma ehchehi gendhevijeya rythi vaane.. best of luck..
    Thank you
    Milee ?

    1. Ifaau says:
      January 1, 2017 at 12:49 pm

      This ain’t a copy. Story mulhin thafaathu vaane gendhaa goiy. Kuriah huri baithah keema ingeyne dhn

  8. Hamdhun says:
    January 1, 2017 at 11:50 am

    Thui vumuge bai maa bodee. Autee, zippy, Ishy… Emmenah thui vanamun keema varah hadi.

    1. Ifaau says:
      January 1, 2017 at 12:51 pm

      Cause we are “Thui” in our own lives.

  9. Ana says:
    January 1, 2017 at 11:58 am

    Mi Vaahaka varah vahtharu channel Sony in anna beyhadh serial aa ?

    1. Ifaau says:
      January 1, 2017 at 12:50 pm

      Wahtharu gotheh eba huri ekam story thafaathu vaane?

  10. Malak says:
    January 1, 2017 at 1:24 pm

    Ifaa malak ah engey u…. Vvvv nice feshun ingey….. Keep it up….

    1. Ifaau says:
      January 1, 2017 at 4:06 pm

      Oh cool. Thank you

  11. Faathee says:
    January 1, 2017 at 1:52 pm

    Aslu ves heevanee Sony tv ge draama copy kohfa hen

    1. Lynn says:
      January 1, 2017 at 2:18 pm

      Ya dhw

  12. QueenBee says:
    January 1, 2017 at 2:21 pm

    Guys ifaauge kureege vaahaka vs kihaa reethi! She said this one will be different… Just read the upcoming parts and judge. I trust her. Copy eh hen heeviyas she said thafaathu vaaneyey so please keep reading and lets see what happens

    1. Ifaau says:
      January 1, 2017 at 4:08 pm

      Thank you QueenBee. Yeah let’s see dhoa

  13. arsy says:
    January 1, 2017 at 2:35 pm

    sony tv anna drama ge copy eh… name ves ekahcheh….

  14. Anonymous says:
    January 1, 2017 at 2:41 pm

    Gaboolehnukuraane miulhey baeh kiutherin kithanme v rakahbunyas

  15. Anonymous says:
    January 1, 2017 at 2:51 pm

    Ifaau copy ekey bunyas vaahaka huttaanulaa kuriyahgendhey saandy hen ninmaafa huttaalaanee vv reethi

    1. Ifaau says:
      January 1, 2017 at 4:09 pm

      Thank you. Yeah vaahaka ninmaanee copy eyh kiyaa kudhin sissuvaalaafa. Insha allah?

  16. maee says:
    January 1, 2017 at 4:20 pm

    masha allah varah reeth story eh mi 🙂

  17. 09 says:
    January 1, 2017 at 4:39 pm

    vahaka mee beyhadh copy koffa…. feshumuga varah kuda thafaatheh inee…. dhn gina meehun copy ey bunyma konme meehaku ves kada vaane dhw… ehenve dhw thibuny thafaathu vaaney…. aslu liyuntheriya heekuru kiyuntherinnaky gamaarunney… neyngeyney….. lol…… lets see dhw dhn vaa goithah….

    1. Amy says:
      January 1, 2017 at 9:05 pm

      Amillayah thi gamaaru vanee manjey!!Eyna nubuneyey kiyuntherinnakee gamaarekey!! Aharennah ingey Ifaau varah rangalhah. Ifaau ge ehn vaahaka thah KurinbeeLive in kiyan. Varah thafaathu konme vaahaka ehvs! Ehnveema I trust her….

    2. QueenBee says:
      January 1, 2017 at 9:07 pm

      Yeah ma ves kiyan. Amy thibunee hama ragalhah. Mi meehun miulhenee Ifaau adhi neyngigen. Ifaau akee v thafaathu vaahaka liyaa kujjeh. Mivaahaka kudakoh ehgoiy viyas eyna bunefi dhoa thafaathu vaaneyey! Miulhenee heybali vegen ulhey bayeh huvaa mibunee…..??

  18. 33333llll says:
    January 1, 2017 at 5:26 pm

    keehve esfiya holhuashi beynun nukurevenee
    can anyone plx tell

  19. 33333llll says:
    January 1, 2017 at 5:29 pm

    vaahaka varah salhi konme copy akah vias
    varah rythi
    looking forward for upcoming parts
    please avas kurahchey ingey
    cant wait to read

  20. I says:
    January 1, 2017 at 6:20 pm

    I ah mahsala eh neh copy eh viyas. Beyhadh ge concept ah vaahaka eh beynun. Reethi vanikoh i ah evy.

  21. Dhaleyka says:
    January 1, 2017 at 6:31 pm

    Story reethi. Ekm feshumuga success maa ginain use koffa hureema hadi. Kamiyaabee liyun nama maa reethivees

  22. LoL says:
    January 1, 2017 at 6:59 pm

    Aishaa: mayaa
    Zeesha: saanjh
    Aaus: arjun
    Naazim : prem mathur
    Shiyaana: sudha
    Riyaaz: mr.mehrothra
    Fareesha: jhanvi
    Aalim: ayaan
    Aauuttyyy: duffer
    Xippy: dusky
    Will u still say dis is not a copy of beyhadh bruh? This is one of the fav drama series i watch everyday.. so i knw every little thing about this drama… aftr reading this i must say this is a copy of beyhadh! Dude vaahaka liyumaky meeha ah libifaaa talent eh! Amilla khiyaali story eh liyun budhdhiveri! Copy kuryma kada.. now we all know kuriah dn vane goiyy!kada ehn veema! But let see dw dn.. good luck! Ekam hevey copy ehveema ngey kada nuvaathi!

    1. QueenBee says:
      January 1, 2017 at 8:46 pm

      Aalheiy koanchkey kiyaakah? Vaahaka kiyaakah noontha mi site ah vannanee eh? Bala maves thi drama eh balan. Moya vegnneh noolhemey. Vaahaka kiyaanee. Kihineh ingenee kuriyah kihineh kameh vaanee? She said dhw thafaathu vaaneyey. Meedhen kihaa dhera kameh

    2. Amy says:
      January 1, 2017 at 9:01 pm

      Heyonuvaane seee ves nukurey vaahaka kiyaane kameh neiy thihuree maa rangalhah ingifa ehnu dhoa. Let her write please!!

    3. Faranjee says:
      January 1, 2017 at 9:11 pm

      Kon dude eke kiyaakah? Amayey kiyaa… Thikahala meehun vaahaka nukiyaanee. Kaakutha e drama ge casts neyngigen miulhenee? Amilla molhukan ehen meehaka dhakkaa

    4. Faranjee says:
      January 1, 2017 at 9:12 pm

      Happy new yr Ifaau. V reethi. Konirakun anebai?

    5. Advisor says:
      January 2, 2017 at 11:11 am

      Kaley meehun gabul kuriyas nukuriyas feshun aee hama copy eh..hajam plx ulhey vahthareh dw mi meehuhan.. ulhey faadu.. ame men ifauu dhannathy kanneyge thihen thi bunany.. nuny hama 09 LoL ge comments thah hajam nuvegen thiulheny.. and faranjee mithanaha aannany vaahaka kiyantha? Nuny meehunge amayayh bafayah govanthah? Hama faranjeee ge vx amaa hunnane dw.. ehn meehaku faranjee mamma r keema rulhi vx annane kada vx vaaane..,bas bunumuge kurin visnalabala..,anyways we all came here to read story and comment kuraan .. ehn v ma emeehehge amilla khiyaalu faalhu kurumuge haggu libigem vey… meege maana akay meehun amaayaa kiyaashey nun bro! Ekaku anekaku comments ah respect kohbala..

  23. Xeesha says:
    January 1, 2017 at 8:12 pm

    Hey let her write this story.. Thi series nubalaa.meehunves ulheyne..emyhunnan kiyeynehnu..vaa goii ingenyaa nukiyaa thibeba…first part v salhi..pls Dnt stop writing the story..good luck

    1. Kalhu handhi says:
      January 11, 2017 at 4:16 pm

      Hmm e series eh adhi nubalan thi v gothun v balaahihvejje… Vaahaka ves v rythi. Ahannah maasala eh noon vaahaka copy vumakun.. Vaahaka rythiyya nimuny.

  24. Maukko says:
    January 1, 2017 at 8:56 pm

    Maaiykalaakoa!!!! Miulhenee alah series eh balaigentha mikudhin? Vaahaka v reethi. Meehun kiyaa ehchakah nubalaa liyey. “Thaasha” nimun fahun Ifaau mathin v miss vi. Inthixaarah nimun aibaarah mi meehunthah mi kiyaa ehchakun rulhi gadhavey eba!! Vaahaka kamunudhaa meehun an’ga nuthalhaa nukiyaa thibeynee. Emme kudaminun liyaa meehaa kuraa massakathah appraciate kuraan vs neyngey bayeh mee huvaa. Thivaru meehun vaahka nukiyaanee….. Kee going ifaau. Love you. J vaa meehun baithibbaa alhaalaa ehcheh noon. I’m with you❤❤

    1. Amy says:
      January 1, 2017 at 9:00 pm

      Well said!! Judge kuraairu mi meehun heevanee ehen fadha kameh hen

  25. Anonymous says:
    January 1, 2017 at 9:04 pm

    Aan dho hama alah duraama eh fenigen e ulhenee

    1. Amy says:
      January 1, 2017 at 9:14 pm

      Aaa ekey…. Mivaru meehun vaahaka nukiyanveenu dhw Anonymous

  26. Ifaau says:
    January 1, 2017 at 9:20 pm

    Wait and read guys. I have no hard feelings for anyone. I will complete the story! Readers who are with me can continue reading!! I love you all??

  27. Ssss says:
    January 1, 2017 at 9:27 pm

    V reethi. Please update daily?

  28. Saba says:
    January 2, 2017 at 12:54 am

    Hajam kuran dhathi vaa kudhinkolheh dhw miulheny… Ifaau is the best ?? keep going love.. ❤ haters will hate.. we all are with you. ❤

  29. girl :))) says:
    January 2, 2017 at 10:46 am

    good luck. waiting <3 . n happy new year to all <3

  30. Fan of ifaau says:
    January 2, 2017 at 11:16 am

    Sony tv in dhahkaaa beyhadh ge copy eh kamah belevey..????fukeh boduvaru vaahaka liyaa hih viyas

  31. buvahahahahahahahahaaa.... says:
    January 2, 2017 at 11:20 am

    pis….pis…. hama huvaa hini annany…. dhn copy kuriyas bodu varu…. lol… copy kuryma eygen dheyhavany amilla hiyaalah vahaka liyan neyngey kan…. meena ah vure molhu mi ste ah vahaka liyaa reen ves. e manje ah vahaka ibaarai kuran neyngunas concept reethithaa…… hahahahaha……….. hajam peeps…….

  32. A big fan of amy says:
    January 2, 2017 at 11:21 am

    Ifauuuuuu amy athah dheebala thi vaahaka liyan. Varah heevey eyna liyaa hithun hurikan.eyna eba balaaa reply dheythwvx??? ifaauu ah vure reechah liyaane kanneyge???

    1. beyhadh says:
      January 2, 2017 at 3:33 pm

      beyhadh is one of my fav series
      i know first part is a copy that nobody can change
      konme meehaku ves amee haku hih adhey meehaku copy kurias nuvatha ehen kameh kurias its nothing for those pple
      but as you know mee vahakha site eh so thousands of pple read story so comments ves kuranee on their views so nobody is dare to argue
      just bcx he or she told its a copy or something something
      copying is not good
      thaafaathu vaaney buni nama ves mi partakee hama full copy eh
      copy kurumakee mahsala eh
      if you are copy you want progress
      dont copy learn from others work
      its a request

  33. Meeheh says:
    January 2, 2017 at 11:27 am

    Bodugothah copy eh? mihaaru comment mi kurany beyhadh ge fan?

    1. Myn says:
      January 4, 2017 at 2:53 pm

      Beyhadh thibunee v ragalhu vaahaka eh. I agree. Vaahaka eh liyanya amilla ideas thah baynunkohlun v fenay. Ehcheh copy kolliyas thiothy eves oiy gothah vaki thafaathehvea neh. Ehen v ma bunevayne ehnu dhooooo. Dhen lets c up coming parts.

  34. Dhondhooni says:
    January 4, 2017 at 5:13 pm

    Sony tv in dhahkaa beyhadh ge copy eh mee hma yageen furathama part..

Comments are closed.

All Right Reserved!