Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (25ވަނަ ބައި)

Ifaau
December 14, 2016
6 Mins Read
48 Views
21 Comments

އެވަގުތު އެމީހާގެ މޫނު ފެނިފައި އަހަރެންނަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ. އަހަރެން ފެނުމުން އެމީހާވެސް ކުޑަކޮށް ސިހިފައި އަހަރެންނަށް ބަލަން ހުއްޓެވެ.

“ތާޝާގެ ބައްޕަ؟” އަހަރެންނަށް ބުނެވުނެވެ. ކުޑައިރުކޮޅަކު ބަލަން ހުރެފައި އަހަރެން ދާން ހިނގައިގަތީމެވެ.

“މާޒް” އަހަރެން ހުއްޓުނީ ތާޝާގެ ބައްޕަ އަހަރެންނަށް ގޮވައިލުމުންނެވެ. މިއީ ތާޝާގެ ބައްޕަ އަހަރެންނަށް ނަމުން ގޮވައިލި ފުރަތަމަ ފަހަރެވެ. އަހަރެން އެނބުރެލުމުން ތާޝާގެ ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން އެއްފަރާތްވެލިއެވެ. އަހަރެން ހުރީ ތާޝާގެ ބައްޕަ ކުރަންއުޅޭ ކަމެއް ނޭންގިފައެވެ. ހައިރާންކަން ބޮޑުވެފައި ހުރިވަރުން އަހަރެންނަށް އަނގައިންވެސް ނުބުނެވުނެވެ.

“މާޒްތީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅަށް ހެޔޮއެދޭ މީހަކީ! ތާޝާ ދެކެ އެންމެ ލޯބިވާނީ އަހަރެންގެ މަންމަ… އަހަރެން ގަބޫލުކުރަން އަހަރެންނަށް ތާޝާއާއި ދޭތެރޭ އަދި އަހަރެންގެ މަންމައާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް… އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަހަރެން ބޭނުންކުރީ އަހަރެންގެ އަމިއްލަ ހިތްހަމަޖެހުމަށް… މީހުން ބުނެ އުޅެޔެއްނު ވިސްނޭނީ ބޮޑު ކަމެއް ޖެހުނީމައޭ!” އެހާ ހިސާބަށް ކިޔާފައި ތާޝާގެ ބައްޕަ ކުޑަކޮށް މަޑުޖެހެލިއެވެ. އަނެއްކާ ތާޝާގެ ބައްޕައަށް ބޮޑު ކަމެއް ދިމާވީ ހެއްޔެވެ؟ ވާހަކަވެސް މިދައްކަނީ ވަރަށް އަސަރާއި އެކުއެވެ. އަހަރެން ވިސްނަން ހުއްޓައި އަނެއްކާވެސް ތާޝާގެ ބައްޕަ ވާހަކަ ދައްކަންފެށިއެވެ.

“އަހަރެން އެންމެ ފަހުން މާލެއައީ މީގެ އަހަރެއް ކުރިން ތާޝާ ބަލައި… ތާޝާ އިލްޔާސް ކައިރީ ހުރިއިރު އަހަރެންނަށް ވަރަށް ފައިސާ ލިބޭ… އެކަމަކު އޭނަ ޖަލަށް ދިއުމުން ދެން ލިބެންފެށީ މަންމައަށް ސަރުކާރުންދޭ ފައިސާ އެކަނި… އެހެންވެ އަހަރެން އައީ ތާޝާ ބަލާ މާލެ.. އޭރަށް އަހަރެންނަށް ގިނަ ފައިސާ ލިބޭނީ… އެކަމަކު މާލެއައި ފަހުން އަހަރެންނަށް އިނގުނީ ތާޝާ ބަނޑުބޮޑުކަން… އަހަރެން ހަދާނެ ގޮތެއް ނޭންގިފައި ހުއްޓައި އަހަރެންނާ ދިމާވީ ރިޒާނާއާ މަގުމަތިން…. އެއީ ތާޝާގެ މަންމަ… އިލްޔާސްގެ އެންމެ ފުރަތަމަ އަނބިމީހާ.. އިލްޔާސްގެ ނަހަލާލު ދަރިޔެކޭ ބުނުމުން ރިޒާނާވެސް ބޭނުންވީ ތާޝާގެ ބަނޑުގައިވި ދަރި ވައްޓާލަން…. ރިޒާނާގެ ޚަރަދުގަ އަހަރެން ދިޔައީ ތާޝާ ގޮވައިގެން ލަންކާއަށް… ގޮސް އަހަރެން ތާޝާގެ ދަރި ވައްޓާލީ.. ދެން އަހަރެން ބޭނުންވީ ތާޝާ ރިޒާނާގެ ބޮލުގަ އަޅުވަން… ހިތަށްއެރީ ރިޒާނާ ކައިރީ ހުރެއްޖެނަމަ އަހަރެންނަށް ތާޝާގެ ފަރާތުން ފައިސާ ލިބޭނެޔޭ! އެހެންވެ އެއާޕޯޓުން އަހަރެން ފިލީ! ފަހުން އައިސް ތާޝާ ހައްލާލައިގެން ފައިސާ ހޯދަން… އެކަމަކު ރަށަށް ދިއުމުން ތާޝާގެ އިންތިޒާރުގަ ތިބި މީހުން އަހަރެން އެއްކޮށް އޮރިޔާން ކޮށްލީ… މިބުނީ އެމީހުންގެ މަޅިީގަ ޖެހުނީ…. އަނެއްކޮޅުން ރަށަށް ދިޔައިރު މަންމަވެސް ބަލިވެ އުޅުނީ… އަހަރެންނަށް އެމީހުން ވަރަށް އަނިޔާކޮށްލި.. މައްސަލަޔަކަށްވީ އަހަރެން އައީ އެމީހުން އަތުން ބައިވަރު ފައިސާ އަތުލައިގެން ތާޝާ އައީމަ ބަދަލު ލިބޭނެޔޭ ކިޔާފަ…. އަހަރެން މިކޮޅަށް އައީ ތާޝާ އަންނާނެ ކަމުގެ ހުވަފެން އެމީހުންނަށް ދައްކާފަ… ބަދަލުގައި އަހަރެންނަށް ޖެހުނީ މަންމައަށް ސަރުކާރުންދޭ ފައިސާކޮޅު އެކީ އެމީހުންނަށް ދޭން.. އެކަމަކު އަހަރެން ދަރަންޏަށް ނެގީ އަހަރު ދުވަހު ދެއްކޭ ވަރަށްވުރެ ގިނައިން.. މަސްދުވަސް ފަހުން މަންމަ ނިޔާވެއްޖެ… ހުރިހާ ދޮރެއް ބަންދުވީމަ އަހަރެން ޖެހުނީ އެމީހުންގެ އަތްދަށުގަ އުޅެން.. ކިރިޔާމި ސަލާމަތްވީ… ހިތައް އެރި މީ ވޭންހުރި ކަމެކޭ… މަގޭ ދަރި އުޅޭނީ މިޔަށްވުރެ ވޭނުގައޭ…” މިހާ ހިސާބަށް ކިޔުމަށްފަހު ތާޝާގެ ބައްޕަ ހިންދިރުވާލިއެވެ.

“އަވަހަށް އަހަރެން އެމީހުންގެ އަތްދަށުން ފިލައިގެން މިއައީ ތާޝާގެ ކިބައިން މާފަށް އެދޭން.. ދިޔައިރު އެގޭގަ އުޅުން ބޭރު މީހެއްބުނީ މިހާރު ތާޝާ މިގެޔަކު ނޫޅެޔޭ! އެހެންވެ އަހަރެން ދެން މިއައީ ރިޒާނާގެ އޮފީހަށް ތާޝާ ވީތަނެއް ހޯދަން…” “ތާޝާ ވީތަނެއް އިނގޭނީ މާޒްއަށް” އަހަރެންގެ އިތުރުން ތާޝާގެ ބައްޕަ ސިއްސައިގެން ދިޔައީ ފަހަތުން އިވުން ރިޒާނާގެ އަޑުންނެވެ.

“އަލީ ކަލޭ ފިލައިގެން ދިޔަފަހުން ކިހާ ބައިވަރު ފައިސާއެއް ތާޝާގެ އަތުން ލިބުން؟” މަލާމާތުގެ ރާގަކަށް ރިޒާނާ އަހައިލިއެވެ. އަހަރެންހުރީ މަންޒަރު ބަލާށެވެ. މިއީ އަހަރެންގެ ތާޝާއާއި ގުޅުންހުރި ކަމެކެެވެ. އެހެން ނޫންނަމަ އަހަރެން މިހާރު މިތާކު ނުހުންނާނެއެވެ.

“ގަބޫލުކުރަން އަހަރެން މީ ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން އުޅުން މީހެއްކަން.. އެކަމުގެ އަވާގަ ޖެހިގެން އަހަރެން މީހުންނަށް ވިއްކީ އަމިއްލަ ދަރިކަން… އަހަރެން އެކަމަށް ތަޢުބާވެފިން.. ތާޝާގެ ކިބައިން މާފަށް އެދެން ދެން ބޭނުމީ!” ތާޝާގެ ބައްޕަ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ހަމަ ހަގީގަތުގައިވެސް ތާޝާގެ ބައްޕަ އިސްލާހުވީ ހެއްޔެވެ؟ ނޫނީ އެއީ އަހަރެންގެ އަތުން ތާޝާ ގެންދަން ކުޅޭ ޑްރާމާއެއް ހެއްޔެވެ؟ އަހަރެން އެއްވެސް ކަމެއް ކުރަން ވެއްޖެނަމަ ކުރަންޖެހޭނީ ވަރަށް ވިސްނާފައެވެ.

“ހަހަ ކަލޭގެ ދަރި އަހަރެން ގެންގުޅުނީ އަޅެއްގެ ގޮތުގަ… މަޖާ އިނގޭ އޭރު! ރޯލަ ރޯލަ އަބަދު ހުންނަނީ ހަހަހަ…” ހެމުން ހެމުން ރިޒާނާ ބުނެލިއެވެ. މިއީ ހިތެއްވެސް ނެތް އަންހެކެވެ.

“މިހާރު ރޯކަށް ނުޖެހޭނެ! ތާޝާ މިހާރު އުޅެނީ ވަރަށް އުފަލުގަ…” ވަރަށް ހަޖެހިލާފައި ރިޒާނާ ރުޅިއަރުވާލަން އަހަރެން ބުނެލީމެވެ.

“މާޒް އަށް އިނގޭތަ މަގޭ ތާޝާ ވީތަނެއް؟” ތާޝާގެ ބައްޕަ އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަހަރެން މަޑުމަޑުން ތާޝާގެ ބައްޕަގެ އަތް ފޮޅުވައިލީމެވެ.

“ހޫނ އޭނައެއްނު މަގޭއަތުން ތާޝާ ގެންދިޔައީ… އިންނަންށޯ އުޅެނީ…” ހަށަން ބަނދެލަމުން ރިޒާނާ ބުނެލިއެވެ. ރިޒާނާ އެހެން ބުނެލުމާއި އެކު އޮފީސްތެރެއިން ފިރިހެނަކު އައިސް ރިޒާނާއަށް ގޮވައިލިއެވެ. ދެން ރިޒާނާ ޖެހުނީ އެތެރެޔަށް ވަންނާށެވެ. އަނެއްކާވެސް އަހަރެންނާއި ތާޝާގެ ބައްޕަ އެކަނިވިއެވެ.

“ރިޒާނާއާ ތަ ބޭބެ ކައިވެނި ކުރީ؟” އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކަށް ޖަވާބެއް ހޯދުމުގެ ގޮތުން  އަހައިލީމެވެ.

“އާނ.. އެކަމަކު އެއީ އިލްޔާސް ކައިރިން ތިންފަށް ވުމުން ފަށް ކަނޑަންވެގެން… ތިންވަނަ ފަހަރަށް ވަރިވީ ރިޒާނާ އިލްޔާސްއާ އިނދެހުރެ އެހެން މީހަކާ ގުޅުން ހިންގައިގެން ބަނޑުބޮޑުވީމަ… ވިހައިގެން ދަރި އެކުއްޖާގެ ބައްޕަ ބޮލަށްޖަހާފަ އައިސް، އަނެއްކާ އިލްޔާސްއާ އިންނަން ބޭނުންވެގެން އަހަރެން ކައިރިޔަށް އައިސް ބުނީ އިންނާށޭ! ދުވަސްކޮޅެއް ވީމަ ވަރިވާނީއޭ! އެކަމަކު ރިޒާނާ ތާޝާއަށް ބަނޑުބޮޑުވީ.. ވައްޓާލަންވެސް އުޅުން އެކަމަކު އަހަރެންގެ މަންމަ އެކަން ކުރިޔަ ނުދީ ވިހަންދެން ރިޒާނާ ބޭންދީ ކޮޓަރިޔަކު ބަންދުކޮށްފަ… ތާޝާ ވިހާފަ ރިޒާނާ ފިލައިގެން ދިޔައީ! އޭރު އިލްޔާސް އުޅުނީ ޅަކުއްޖަކާ އިނދެގެން.. އެކުއްޖާއަށް އަނިޔާ ކޮށްގެން އެކުއްޖާ ދަންޖެހިގެން މަރުވީމަ އެކަމުގެ ޝޮކްގަ އިލްޔާސް ރިޒާނާއާ ނުއިނީ… ހާލުގަ ޖެހުނީމަ އަހަރެން ކައިރިޔަށްވެސް އައި.. އެކަމަކު އަހަރެންގެ މަންމަ އެކަން މަނާ ކުރީ… އޭގެ ފަހުން އޭނަގެ ފުރަތަމަ ދަރިފުޅުގެ ބައްޕަ ކައިރިޔަށް އައިސް އެމީހަޔާ އިނީ… ކިޔާ އަޑުއިވޭ އެއީ ވަރަށް މުއްސަނދި މީހެކޭ! އެހެންވެތާ މިޔޮއް ބޮޑު އޮފީހުގެ ވެރިޔަކަށް އޭނަ އިންނާނީ ދޯ!” ތާޝާގެ ބައްޕަ ކަންހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. މިހާރު އަހަރެންގެ ހުރިހާ ސުވާލެއްވެސް ރޯފިލައިފިއެވެ. ތާޝާގެ ހަޔާތަށް މިއައި ކޮންމެ މީހަކީވެސް ހާދަ ނުބައި ބަޔެކެވެ.

“މާޒް އަހަރެން ބޭނުން ތާޝާގެ ކިބައިން މާފަށް އެދެން…” އަހަރެން އަނގައިން ނުބުނެ ހުރުމުން ތާޝާގެ ބައްޕަ ބުނެލިއެވެ. ހުރިހާ ކަމެއް އިނގުމުންވެސް އަހަރެންނަކަށް ތާޝާގެ ބައްޕައަކަށް އިތުބާރެއް ނުކުރެވުނެވެ.

“އަހަރެންނަށް ކިހިނެއް އިނގެނީ ތީ އަނެއްކާ ތާޝާ ގެންދަން ޖަހާ މަޅިއެއް ނޫން ކަމެއް؟” އަހަރެން ލޯ ހަނިކޮށްކަމުން ބުނެލީމެވެ.

“ހަމަ ހައްގު ތެދު މިހަދަނީ! މާޒް ގަބޫލުކުރޭ….” ތާޝާގެ ބައްޕަ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަދި އެކި ވާހަކަ ދައްކައިގެން އަހަރެން ރުއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ތާޝާއާއި ބައްދަލު ކުރެވޭނީ އަހަރެން ތާޝާއާއި އިންނަން ވަލީ ދިނީމަ!” އަހަރެން ޝަރުތު ކުރީމެވެ.

“މައްސަލައެއް ނެތް!” ތާޝާގެ ބައްޕަ ބުނެލިއެވެ. އަހަރެން ދިޔައީ ތާޝާގެ ބައްޕަގެ ނަމްބަރު ހިފައިގެންނެވެ. ކައިވެނި ކުރަންވީމަ ގުޅާނެ ކަމަަށް ބުނެފައެވެ. ވަރަށް ފަސޭހައިން ތާޝާގެ ބައްޕަ އެކަމާ އެއްބަސްވިއެވެ.

ގެއަށްދިޔަ މަގުމަތީގައި ދެންމެ ތާޝާގެ ބައްޕަ ދެއްކި ވާހަކަތަކާއި ދޭތެރޭ އަހަރެން ވަރަށް ވިސްނީމެވެ. ރިޒާނާއަކީ މިދުނިޔެމަތީ ހުރި އެންމެ ނުބައި މަންމައެވެ. ތާޝާއަށް މިލިބުނީ އެއްވަރެއްގެ ނުބައި މައިންބަފައިންނެވެ. ތާޝާގެ ބައްޕަ ހަގީގަތުގައިވެސް ރަގަޅުވެއްޖެނަމަ އެކަމާ އެންމެ އުފާ ކުރާނީ ތާޝާއެވެ. މަހުރޫމްވެފައިވާ ބައްޕަގެ ލޯބި ތާޝާއަށް ލިބޭނެއެވެ. އެއީ ތާޝާ މިދުނިޔެމަތީ އެންމެ ބޮޑަށް ބޭނުންވާ ލޯތްބެވެ.

ގެޔަށް އައިސް އަހަރެން ސޯފާ މައްޗައް ވެއްޓިގަތީމެވެ. އަހަރެން އައިސް ވަންތަން ފެނުމުން ތާޝާ އައިސް އަހަރެން ކައިރީ އިށީންދެލިއެވެ.

“ކިހިނެއްވަނީ އިންޓަވިއު؟” ތާޝާ އަހަރެންގެ އަތުގައި އޮތް ފައިލު އަތުލަމުން އަހައިލިއެވެ.

“ކޮން އިންޓަވިއު އެއް؟ ގޮސް ވަދެވުނީ ރިޒާނާގެ އޮފީހަށް…” އެއޮތް ގޮތަށް އޮވެ އަހަރެން ބުނެލީމެވެ. އަހަރެން މިހެން ބުނުމުން ތާޝާ ނިތްކުރިޔަށް ރޫއަރުވާލިއެވެ.

“ދެން ކިހިނެއްވީ؟” ތާޝާ އޮޅުންފިލުވަން އުޅުމުން އަހަރެން ވީގޮތް ކިޔައިދިނީމެވެ. ނަމަވެސް ތާޝާގެ ބައްޕައާއި ދިމާވި ވާހަކައެއް އަހަރެން ނުކިޔައިދެމެވެ.

“ދެން ކިހިނެއް ހަދަނީ؟” ދެރަވެލާފައި ތާޝާ އަހައިލިއެވެ.

“މިހާރަކަށް އައިސް ހާދަ ސުވާލު ގިނައޭ ދޯ!” އަހަރެން ތާޝާގެ ދަތްދޮޅީގައި ހިފައިލަމުން ބުނެލީމެވެ. ތާޝާ ވަގުތުން ހިނިތުންވެލިއެވެ. އެވަގުތު އިޝާންވެސް ހޭލައިގެން އައިސް އަހަރެމެން ކައިރީ އިށީންދެލިއެވެ.

“ކޮބާ އިންޓަވިއު ކިިހިނެއްވަނީ؟” އިޝާންވެސް ފުރަތަމަ ކޮށްލީ އެސުވާލެވެ. އަނެއްކާވެސް އަހަރެން ރިޒާނާގެ ވާހަކަ ކިޔައިދިނީމެވެ.

“މަ ބުނަންތަ ރަގަޅު ވާހަކައެއް؟” އަޑުއަހަން އިނދެފައި އިޝާން ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ.

“ތާޝާއާ އިންނަރޭ ވީއެއްނު ރިޒާނާއާ ދެއަންބަށް އިންނަން؟” އިޝާން ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން ބުނެލި ޖުމްލަ ނިމުނީ ހިނިގަނޑަކުންނެވެ. އަހަރެން ކައިރިޔަށް ރުޅިއައިސްގެން ކައިރީގައި އޮތް ކުޝަން އިޝާންއާއި ދިމާއަށް ހޫރާލީމެވެ. އޭގެއިން ރެކެން ވެގެން އިޝާން ތެދުވެގެން ކާކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.

“އާދޭ ސައިބޯން!” މިހެން ބުނުމަށްފަހު ތާޝާވެސް ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަހަރެންވެސް ކޮޓަރިޔަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން ދިޔައީ ސައިބޯށެވެ.

ހަވީރުގެ ވަގުތެވެ. ތާޝާ މިއަދުވީ މާޔާއާއި އޭނަގެ ދަރިފުޅު އަރީންއާއި އެކީ ހުޅުމާލެއަށް ގޮހެވެ. މިހާރު ތާޝާ މިގޭގައި އުޅޭކަން އިނާޝާގެ އިތުރުން މާޔާއަށްވެސް ވަނީ އެނގިފައެވެ. އަރީން މިގެޔަށް ފުރަތަމަ ގެނަ ދުވަހުވެސް ތާޝާ ހީވީ އަމިއްލަ ދަރިޔެއް ގޮވައިގެން އުޅުންހެންނެވެ. އެދުވަހަށްފަހު މާޔާއާއި ތާޝާއާއި ދެމެދު ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. ތާޝާ ހުޅުމާލެއަށް ދިއުމުން އަހަރެން ކުރާނެ ކަމެއް ނެތިފައި ކޮޓަރީގައި އޮތީމެވެ. އިޝާންވެސް މެންދުރު ބޭރަށް ދިޔަގޮތައް އަދި ގެޔަކަށް ނޭދެއެވެ. އަހަރެން ވިސްނަމުންދިޔައީ ތާޝާއާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. އަހަރެން ބޭނުންވަނީ ކައިވެނީގެ ހަފްލާ ވަަރަށް ކުލަގަދަކޮށް ފާހަގަކުރާށެވެ. ނަމަވެސް ވަޒީފާއެއްނެތި މިހާ ގިނަދުވަސް ވެއްޖެނަމަ އެހާ ބޮޑު ހަފްލާއެއް ނުބޭއްވޭނެއެވެ. އެންމެފަހުން އަހަރެން ވިސްނީ ހަމައެކަނި އާއިލާގެ މީހުންނަށް ދައުވަތުދީގެން ކުޑަކުޑަ ޕާޓީއެއް ގޭގައި ބޭއްވުމަށެވެ.

މަޣްރިބް ނަމާދަށް ގޮވިވަގުތު އިޝާންވެސް ގެޔަށް އައިސް ވަނެވެ. އިޝާން އައުމުން އަހަރެން އިޝާންއާއި އެކީ ދިޔައީ ނަމާދަށެވެ. ނަމާދު ކޮށްލައިގެން އަހަރެމެން ވަނީ މިސްކިތް ކައިރީ ހުރި ކެފޭއަކަށް ކޮފީއެއް ބޯލުމަށެވެ. އެވަގުތު އަހަރެން މިއަދު ތާޝާ ބައްޕަ ދެއްކި ވާހަކަތައް އިޝާންއާއި ހިއްސާކުރީމެވެ. އިޝާންވެސް ބުނީ ތާޝާގެ ބައްޕައަށް އެހާ އަވަހަށް އިތުބާރު ނުކުރުމަށެވެ. ތާޝާގެ ބައްޕަ ވަލީ ދީފިނަމަ އޭނަގެ ވާހަކަތަކަށް އިތުބާރުކުރުން އެންމެ ރަގަޅުކަމަށް ބުންޏެވެ. އަދި އަވަސްވީގޮތަކުން ކައިވެނީގެ ކަންތައް ނިންމާލުމަށްވެސް އިޝާން ނަސޭހަތްތެރިވިއެވެ. އެގޮތައް އަންހެން ކުއްޖަކު ގޭގައި ބަހައްޓައިގެން އުޅޭ ކަމަށްވަނީނަމަ މީހުން ފާޑުފާޑުގެ ވާހަކަވެސް ހަދަހަދައިގެން ދައްކާނެކަމަށް އިޝާން ބުންޏެވެ. އަހަރެންވެސް އިޝާން ދެއްކި ވާހަކަތައް ގަބޫލުކުރީމެވެ.

އެރޭ އަހަރެން ތާޝާ ކައިރީ ކައިވެނީގެ ވާހަކަ ދެއްކީމެވެ. އެހާ ހިސާބުން ތާޝާވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި މޫނުމަތީގެ ކުލަވަރުން ވަރަށް އުފާވެފައި ހުރިކަންވެސް ދޭހަކޮށްދިނެވެ. އަހަރެން ތާޝާގެ ކުރިމަތީގައި ތާޝާގެ ބައްޕައަށް ގުޅައިލީމެވެ. އަދި ކައިވެނީގެ ވާހަކަ ދެއްކުމުން ވަރަށް ފަސޭހައިން ވަލީ ދޭނެކަމަށް ބުނުމުން ތާޝާ އިނީ ހައިރާންވެފައެވެ. އަދި އަހަރެންނާއި އެތައް ސުވާލެއް ކުރިއެވެ. އަހަރެން ބުނިހާވެސް އެއްޗަކީ ވަގުތު ޖެހުމުން ވީގޮތް އިނގޭނެކަމެވެ.

އަނެއްދުވަހު އަހަރެން މަންމަމެން ކައިރީވެސް ކައިވެނީގެ ވާހަކަ ދެއްކީމެވެ. މަންމައަށްވެސް ތާޝާ ވަރަށް ކަމުދެއެވެ. ނަމަވެސް ބައްޕަހުރީ ފާޑަކަށެވެ. އަހަރެން އެކަމާ ބައްޕައާ ސުވާލުކުރީމެވެ.

“އެއީ އިލްޔާސްއާއި އެކީ އުޅުން ކުއްޖެއްނު! ބައްޕައަކަށް ހިޔެއްނުވޭ އެއީ އެހާ ރަގަޅު ކުއްޖެއް ހެންނެއް!” ބައްޕަ ބުނެލިއެވެ. ނަމަވެސް އަހަރެން ތާޝާގެ މަޖުބޫރީ ހާލަތު ކުޑަގޮތަކަށް ބައްޕައަށް ކިޔައިދިނީމެެވެ. އަހަރެން ބުނީ ތާޝާގެ ބައްޕަ ތާޝާ މާލޭއަށް ކިޔަވަން ފޮނުވުމުން އިލްޔާސް އޭގެ ނާޖައިޒް ފައިދާ ނެގީކަމުގައެވެ. އަހަރެންގެ ވާހަކަތައް ބައްޕަ ވަރަށް ފަސޭހައިން ގަބޫލުކޮށް ކައިވެންޏާއި އެކީ ރުހުނެވެ.

ކައިވެނިކޮށްގެން އަހަރެން އުޅެން ބޭނުންވީ ތާޝާއާއި އެކީ ވަކިންނެވެ. އެހެންކަމުން އަހަރެމެން މިހާރު މިއުޅޭގޭގައި ކުލަލާ ފަރުނީޗަރު ބަދަލުކޮށް ޒީނަތްތެރިކުރަން ފެށީމެވެ. މިކަމުގައި އަހަރެންނަށް އެންމެ ބޮޑަށް އެހީތެރިވެދިނީ އިޔާޒްއާއި އިޝާންއެވެ. ތާޝާވެސް އަހަރެމެންނާއި ބައިވެރިވެ ކުލަލުމުގައި އުޅުނެވެ. ގެ ޒީނަތްތެރިކުރުމުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ އަހަރެންގެ ބައްޕައެވެ. އެއީ ބައްޕަ އަމިއްލަޔަށް ފެނިގެން އަހަރެންނަށް ކޮށްދިންކަމެކެވެ. އަދި އަހަރެންގެ އެކައުންޓަށް ބައިވަރު ފައިސާވެސް ޖަމާކޮށްދިނެވެ. އަހަރެން ޝަކުވާކުރުމުން އެއީ ކައިވެނީގެ ހަދިޔާކަމުގައި ބައްޕަ ބުންޏެވެ. އަތްމަތި ދަތިވެފައި ހުއްޓައި ބައްޕަ ހަދިޔާއެއްގެ ގޮތުން ފައިސާގެ އެހީއެއް ވުމުން އަހަރެން ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. ނަމަވެސް އެފައިސާގައި ބޭނުންކުރަން ޖެހުމުން އަހަރެން ހުރީ ވަރަށް ހިތް ނުތަނަވަސްވެފައެވެ. މިވަގުތު މިނޫންގޮތެއް ނެތެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ގަޑި އެލާމްކޮށްގެން އަހަރެން ހުރީ މިއަދަކީ ބޮޑު ދުވަހަކަށް ވާތީއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ހާސިލްކުރަން ބޭނުންވި އެންމެ އަގުބޮޑު ޖަވާހިރު އަހަރެންގެ މިލްކަކަށްވާ ދުވަހެވެ. ހޭލެވުމާއިއެކު އަހަރެން ފުންމައިގެން އެނދުން ތެދުވީމެވެ. އަދި އަވަހަށް ފެންވަރައިގެން ބޭރަށް ނިކުތްއިރު އިޝާން ކާކޮޓަރީގައި ސައިބޯން އިނެވެ. އަހަރެންވެސް އިޝާންއާއި ބައިވެރިވެ ސައިބޯން ފެށީމެވެ.

“ކޮބާ ތާޝާ؟” ތާޝާ ފެންނަން ނެތުމުން އަހަރެން އަހައިލީމެވެ.

“ނޭންގެ އަހަރެން ތެދުވިއިރު ނެތް!” އިޝާން ފޯނާ ކުޅެލަމުން ބުނެލިއެވެ. އިޝާންގެ ޖަވާބުން އަހަރެންގެ މޭގައި ރިއްސައިލިއެވެ.

“ވަޓް!” އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ކާންއިން ޕާންފޮތިވެސް އެއްލައިލެވުނެވެ. އިޝާން ސިއްސައިގެން ދިޔަވަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިޔާއެވެ.

“ކިހިނެއްވީ ބުރޯ!” އަހަރެންގެ އެ ކުއްލި ހަރަކާތުން އިޝާންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އަހަރެން އަވަސް ކޮށްލާފައި މުޅިގެ ބެލީމެވެ. ނަމަވެސް ތާޝާއެއް ނުފެނުނެވެ. ބޭރަށް ނިކުމެވެސް ބެލީމެވެ. ނަމަވެސް ތާޝާގެ ހިލަމެއްވެސް ނުވިއެވެ. އިޝާންވެސް އަހަރެންގެ ފަހަތުން ހިނގާލަ ހިނގާލަ ހުއްޓެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަހަރެން މަޑުޖެހެލީމެވެ.

“ކާކު ސައި ހެދީ؟” އަހަރެން އިޝާން ކައިރީ އަހައިލީމެވެ.

“ނޭންގެ އަހަރެން ހޭލައިގެން އައި އިރު ހުރީ ސައި ހަދާފަ!” ކޮނޑު އަރުވާލަމުން އިޝާން ބުނެލިއެވެ. އަހަރެން ގަޑި ބަލައިލިއިރު އަދިކިރިޔާ ގަޑިން ހެނދުނު 7 ޖެހީއެވެ. އެހާ ފުރިހަމަަޔަށް މިހާ ހެނދުނާ ސައި ހަދާފައި ތާޝާ މިދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަނެއްކާ ކުރީފަހަރު ވީހެން މީހަކު ތާޝާ ގެންދިޔައީ ހެއްޔެވެ؟ އެކަމަކު ކާކު ހެއްޔެވެ؟ އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ހާސްވެ މުޅި މީހާ ގައިން ދާހިއްލަން ފެށިއެވެ. (ނުނިމޭ)

 

 

 

 

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ހިތް އެކީ ދެވިއްޖޭ..11

Next

ހިތް އެކީ ދެވިއްޖޭ….12

Next
December 14, 2016

ހިތް އެކީ ދެވިއްޖޭ….12

Previews
December 14, 2016

ހިތް އެކީ ދެވިއްޖޭ..11

21 Comments

  1. Fink says:
    December 14, 2016 at 12:05 pm

    Yaaay me first…. Vvvvv reethi❤❤

  2. Avy says:
    December 14, 2016 at 12:06 pm

    Alhey anehkkaa thaasha gellubeetha?

  3. Maaz says:
    December 14, 2016 at 12:08 pm

    Me first… thaasha gelluneetha anekkaaaa? Nooooooo

  4. Ssss says:
    December 14, 2016 at 12:11 pm

    Haadhahaavaa reechey. Omg waiting kaakubaa thaasha mi foruvee? Ishaan menge plan aka ves vedhaane dhoooo

  5. ? says:
    December 14, 2016 at 12:14 pm

    Hama asluves thaasha ge mamma and dad haadha goohey dhoa. Emeehunna jeheyne filaavalheh dhakkan. waahaka v reethi. thaashage bappa islaahu vihyyaa kithanmehaa ves ragalhu. Dhen anehkkaa thaasha gendhiya meeheh hoadhan eba jeheynu. next part mirey genesdheebala please.

  6. Maai says:
    December 14, 2016 at 12:16 pm

    I think that is a plane of Ishaan and iyaaz.??

  7. Pooh Bear says:
    December 14, 2016 at 12:16 pm

    thaasha gehlunytha??
    ehen nuhadhahchey.
    varah reethi vaahaka eh.ekam mahsala aky maa lahun upload vaathy.

  8. Fahana thashi says:
    December 14, 2016 at 12:26 pm

    Dhen hama abadhu thasha gelleny.. Bodu kamehnu..

  9. OOO says:
    December 14, 2016 at 12:44 pm

    Gelley thaasha??

  10. Roxy says:
    December 14, 2016 at 12:47 pm

    Asluves mivaahaka ah kiyanvee “Gehlley thaasha”. salhi ingey mibai vs hama superd

  11. Hello says:
    December 14, 2016 at 12:54 pm

    Evaanee maaya men eyna maaz uh foruveekamah
    Marry kuraairu kudakoh thalhuvaalan ;p

  12. pinker says:
    December 14, 2016 at 1:37 pm

    Thaashaa gelluneetha???
    Not again…..
    Dhen ehen nuhadhabala abadhu…..

  13. Anonymous says:
    December 14, 2016 at 1:44 pm

    Anehkkaa gellunee pis pis pis boahalaaku vvv reethi

  14. Nish says:
    December 14, 2016 at 1:59 pm

    Gelley Thaasha lol

  15. Almaa says:
    December 14, 2016 at 3:54 pm

    Oh kihine anehkàa vaan miulheny varah reethi mi part vx

  16. pink fairy says:
    December 14, 2016 at 5:54 pm

    kon iraku next part
    ifaau kih thi kuri

  17. Maukko says:
    December 14, 2016 at 6:09 pm

    Wooooooow

  18. sam says:
    December 14, 2016 at 6:49 pm

    Woow v nice

  19. yax says:
    December 14, 2016 at 6:57 pm

    Thasha anehkaahen gehluni tha???
    Thaasha thihen hadhan yaa Ham ah jehi dhaane maaz aa inan!!!
    Ifaa ehen viya nudhy thi ingey!!!
    Love your story Ifoooo????

  20. Hemdhey says:
    December 14, 2016 at 7:00 pm

    sorry w
    wrong name eh jehuniy??

  21. Ifaau says:
    December 14, 2016 at 11:46 pm

    Haha! Thank you all❤❤

Comments are closed.

All Right Reserved!