”ދަތުރު ކިހިނެއް؟…” އެއާޕޯޓުން ނިކުމެގެން އައި ސާލިމް އާއި ނިޝާއާއި ދިމާއަށް ދިޔަ ރިޔާޒު ހުރީ ނިކަން ހެވިފައެވެ. ބާރަ އަހަރަށް ފަހު އެންމެ ގާތް ރަހްމަތްތެރިޔާ ފެނުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ؟ ”ދަތުރު ހަމަ ބަރާބަރު…އަލްހަމްދް ﷲ..ރިޔާ ކިހިނެއްތަ؟..ކޮބާ އަންހެނުންނާއި ކުދިންކޮޅު ރަގަނޅުތަ؟….ހާދަ ދުވަހެއްފަހުންނޭ ދިމާމިވީ…..ވަރަށް އުފާ ވެއްޖެ…” ރިޔާޒު ކައިރިއަށް އައިސް ބައްދާލަމުން ސާލިމް ބުނެލިއިރު އުފާވެފައި ވާވަރު އަޑުންވެސް ހާމަވެގެން ދާނެކަން ގައިމެވެ. ”އިންޝާ ﷲ އަހަރެން ހަމަ ބަރާބަރު….އަލްހަމްދްލިﷲ އަންހެނުންނާއި […]
ނޫރް ވަގުތުން މާތްﷲ އަށް ޙަމްދްކުރީ ވީއުފަލުންނެވެ. ނޫރްއަވަހަށް ދުވެފައި ގޮސްއައީ ޝާމާގޮވައިގެންނެވެ. “މަންމާ މާހީ ހަރަކާތްކުރިއޭ ދެންމެ……އަހަންނަން ހަމަ ޔަގީން……” ނަމަވެސް ޝާމާއައިސް މާހިލްއަށް ގޮވާގޮވާ އެއްވެސް ހަބަރެއް ނުވިއެވެ. ކުޑަ މިނުން އަތްވެސް ހަލުވައެއް ނުލައެވެ. ލޯވެސް އޮތީ މަރައިގެންނެވެ. މާހިލް ހޭއެރިކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ޝާމާގެ މޫނުމަތީގައިވީ ހިނިތުންވުން ވަގުތުން ފަޑުވެގެން ދިޔައީ ދިއްލުނު ހުޅުކޮޅު އެހާމެ އަވަހަށް ނިވިގެން ދިޔައީމެވެ. “ތި ވާނީ ދަރިފުޅަށް ހީވި ގޮތެއް ކަމަށް…….އަދި އިންޝާ […]
ޝާމާވެސް ވަގުތުން ހޭނެތުނު އިރުގައި ނުއުމާންއަށް ޝާމާ ތިރިއަށް ވެއްޓުނަނުދީ ހިފަހައްޓައިލެވުނީ ހަމަކިރިޔާއެވެ. ޝާމާއަށް ފަރުވާދޭން ފެށިތާ ާގިނައިރު ނުވަނީސް ޝާމާހެއިއެރި އެއްކަމަކު މާހިލްއޭ ކިޔާ ރޮމުންދިޔައެވެ. ޝާމާ ހަމައަކަށް އެޅުނީ އަނިލްއެތަށް ނަސޭހަތެއް ދީ ވިސްނައިދިން ފަހުންފަހުނެވެ. ނޫރްއަށް ލޭ ދީފައި އައި ނަވީލްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތްތައް ކަތިލާފަދަ ހިތްދަތިކަމެވެ. އަނިލް ރިޔާޒްއަށް ގުޅާ މިހަބަރު ދިނުމުން ރިޔާޒްއަށް ވެސް ލިބުނީ ޝޮކެކެވެ. ރިޔާޒް ބޭނުންވީ އެންމެ އަވަހަށް އޮތް ފްލައިޓަކުން ރާއްޖެ އަންނާށެވެ. […]
ނޫރް ބިރުން ބަނޑުގައި އަތްއަޅައިލަމުން ފަހަތަށް ޖެހިލިއެވެ. ނޫރްގެ ހާސްވެ ހިތްތެޅެމުންދިޔައީ އޮބި ނޯންނަވަރަށެވެ. “މީ މިހާރު ހުރިހާވެސް ނުބަޔަކީ…..” މުނާޒް އިނގިލި ދިއްކޮށްލަމުން އިޝާރާތް ކުރީ ނޫރްގެ ބަނޑާއި ދިމާއަށެވެ. އެހެންކަމުން ނޫރްގަތީ އަމަށަކު ބިރެއްނޫނެވެ. ނޫރްއަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ގޭގައި މިވަގުތު އެކަކުވެސް ނެތް ތާންގައި މުނާޒް ފޯނުވެސް ހަލާކު ކޮށްލައިފިއެވެ. “މުނާޒް ކުރާ ކަމެއް މަށަށް ކުރޭ…..މި ދަރިފުޅުގެ ކޮން ކުށެއްއޮތީ؟…” ނޫރްއަށް ރޮވެންފެށިއެވެ. “ބޭކާރު ވާހަކަ ނުދަށްކާ ހުރޭ…..ބަނޑުގައި […]
ނޫރްގެ ބަނޑުގައިއެއީ މާހިލްއާއި ނޫރްގެ ލޯބީގެ ނިޝާނެވެ. އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. މާތް ﷲ ގެ އިރާދަފުޅުން މިލިބެން އުޅޭ ދަރިފުޅަށްޓަކައި ވެސް ނޫރްދެން ކެއްކުރާނެއެވެ. މުނާޒުވެސް ދެން ނޫރް ބަނޑުބޮޑުކަން އިނގުނީމަ އުދަނގުލެއް ނުކުރާނެއޭ ނޫރްގެ ހިތަށްއެރިއެވެ. މާހިލްއަށް ވެސް ނޫރް ބަނޑުބޮޑުކަން އިނގުނީމަ ހާދައުފާވާނެއެވެ. ނަމަވެސް އިސްވެ މާހިލްއަށް ގުޅާކަށް ނޫރްއަކަށް ނުކެރުނެވެ. އިތުރު އެއްވެސް ކަމެއްނެތުމުން ޑޮކްޓަރު ނޫރްގެއަށް ދޫކޮށްލިއެވެ. ޝެޒާ ނޫރްއާއި އެކުގައި ގެއަށްދިޔަ މަގުމަތީގައި ނޫރްއަށް މޭވާކޮޅެއްވެސް ގަނެލަދިނެވެ. ނޫރްގެ […]
އެއީ ކޮންއެއްޗެއްކަން އިނގުނު މާހިލްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތްމަތިން ފިރުކިފައި ގޮސްއެގަނޑު މަށްޗަށްވެއްޓުނެވެ. މާހިލް އެގަނޑު ބޮޑިކޮށްލަމުން ފައިލުވެސް އެތަނަށް އެއްލާލީ ވީ ދެރައިންނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ މާހިލްއިނީ އަދިވެސް ގަބޫލު ނުކުރެވިފައެވެ. “ނޫރް….ކީއްވެ؟…ވައި އާރ ޔޫ ޑުއިންދިސް ޓު މީ؟….” މާހިލްއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހަޔާތުގާ ވެވުނު ފުރަތަމަ ލޯބި މިވީ ނާކާމިޔާބެވެ. ނޫރް މިހެން ހަދާފާނެ ކަމަކަށް މާހިލް ފަހަރެއްގައިވެސް ހީއެއްނުކުރެއެވެެ. މާހިލް ނޫރްދެކެ ރުޅިއައިސް ފޫހިވާން ބޭނުންވިއަސްވެސް އެކަމެއްވެސް […]
މުނާޒްހުރީ ނޫރްގެ ގައިޖެހޭ ނުޖެހޭ ހިސާބުގައި ނުލަފާގޮތަކަށް ހެވިފައެވެ. “މުނާޒް…..” “ހައި ލޯބީ…ޑިޑް ޔޫ މިސްމީ…..” ނޫރްބޮޑަށް ބިރުގަތީ މުނާޒްގާތުގައި ތިބި ފަސްވަރަކަށް ފިރިހެނުން ފެނިފައެވެ. ބަލާމެލުމަށް ޖަހަނީ ނުލަފާ ފާޑެކެވެ. އެހެންނާ ނުފެންނަ ބައްކަމުގައި ވިއަސްވެސް މުނާޒްއާއި އެކީގައި ރަގަނޅު ބަޔަކު ނޫޅޭނެއޭ ނޫރްގެ ހިތަށްއެރިއެވެ. އެހެންވެ އަދި ބޮޑަށް ބިރުގަންނަ ގޮތްވިއެވެ. “މީހާރު ލަނީ ޖުއްބާތަ؟….ހެހެ….އަނެއްކާ ޝެއިޙްއަކާ ތަ އިނީ؟…އޭނަ ޖުއްބާއަށް ވެސް އެރުވީތަ؟…އެކަމް މިހާރުވެސް ތިރީތިކަމަށް ކުޑަކޮށްވެސް ފަޑުކަމެއް ނާދޭއިނގޭ…..ނައު ޔޫ ލުކް […]
ނޫރްއަށް ބާރަށް އަހައިލެވުނު އިރުގައި ދެލޯ ބޮޑުކޮށްލެވުނެވެ. “ލެޓްމީ ހެލްޕްއޭ….” މާހިލް ތަކުރާރު ކޮށްލިއެވެ. ނޫރް ކުޑަކޮށް ވިސްނާލުމަށްފަހު އާއެކޭ ބުނެލީ އިތުރުއެހެން ގޮތެއް ނުވިސްނުނީމައެވެ. ނޫރް ފާހަނައިން ނިކުތީ ނިދަންލާ ހެދުންހިފައިގެނެވެ. ނޫރް އިސްޖަހައިލައިގެން އައިއިރުގައި ހުރީ ލަދުގަނެފައިކަން ނަގައިގަންނާކަށް މާހިލްއަށް އުނދަގުލެއް ނުވިއެވެ. ނޫރް އައިސް ހުއްޓުމުން ވެސް މާހިލްއަށް ހުރެވުނީ ބަލާށެވެ. “ސޯ….ލޯމަރައިލައިގެންތަ ޗޭންޖް ކޮށްދެންވީ؟….އެކަމް ޓަޗް ނުކޮށް ނުވާނެ އިނގޭ…..” މާހިލްގެ ޖުމްލައިން ނޫރްއިތުރަށް ލަދުގަތުން ނޫންކަމެއްނުވިއެވެ. ނޫރް ހަމައެކަނި މަޑުމަޑުން […]
އަވަސް އަވަހާ ސިޑިމަތީ ފައި އަޅާލެވުނު ގޮތަކުން ވެއްޓެންދިޔަ ނޫރްއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. “ނޫރް….” މާހިލްއަށް ސިޑިއާއި ހަމައަށް ދުވެފައި ދެވުނު އިރުވެސް މާލަސް ވެއްޖެއެވެ. ނޫރް ސިޑީގެ ހަރުފަތްތަށް މަތިން ފުރޮޅެމުން ގޮަސް ތިރީގައިޖެހުނީ ވަރަށް ބާރަށެވެ. މާހިލް ދުވެފައި ސިޑިންފައިބައިގެން ގޮސް ނޫރް ނަގާއުނގުގައި ބޭއްވިއިރުގައި ނޫރްގެ ހެއެއް ނެތެވެ. އަދި ނޫރްގެ ނިތްކުރި ފެޅި ލެއިއަންނަމުންދިޔައެވެ. “މަންމާ…..ބައްޕާ…..” މާހިލް ގޮވާއަޑަށް ގޭގެ އެންމެންކަހަލަގެ ގޮތަކަށް އެތަނަށް އައިސް ހުއްޓުނެވެ. އެންމެންގެ މޫނުމަތިންވެސް […]