ނޫރްއަށްވެސް މާހިލްފެނުމުން އެހެންދިމާއަކަށް ނަޒަރު ހުއްޓާލާކަށް ނޭންގުނެވެ. މާހިލް މިރޭހީވަނީ އަދި މާ ރީތިހެންނެވެ. ތައްޔާރުވެފައި ވާލެއް ވަރަށްވެސް ފުރިހަމައެވެ. ކަޅާއި ހުދުގެ ކޯޓުފަޓުލޫނާއިއެކު ބޯޓައިއެއް އަޅައިލައިފައިވާ އިރު ބޮލުގެ އިސްތަށިގަނޑަށް ވަނީ ނިކަން ހިތްގައިމު ގޮތެއް ހަދަައިލައިފައެވެ. ވަރަށް ޝާހީ ގޮތެއް ހުއްޓެވެ. ނޫރްއަށް ކަޅިޖަހާލަން ވެސް ނޭންގުނީ އެހެންވެއެވެ. “އުހުމް…..އުހުމް….އޭރުވެސް ކުޑަދޮން ވާނިންއެއް ދިނީމަވެސް ތިހިރީ ވީ ވަރު….މިރޭ އަދިފަހުން ނޭންގެ ވާނެގޮތެއްވެސް…..ދޮންބެ ފެއިންޓް ނުވަށްޗޭ އިނގޭ…..ހެހެހެ….” ނުއުމާން މާހިލްގެ ފޯނުނަގަމުން ދިމާކޮއްލިއެވެ. މާހިލް […]
މާހިލްގެ މޫނު ނޫރްގެ މޫނާކައިރިވަމުން ދިޔަވަރަކަށް ނޫރްގެ ހިތްތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ. މާހިލްއަށްވެސް ނޫރްގެ ހިތުގެތެޅުން އިވޭނެކަން ގައިމެވެ. ނޫރްއޮތީ ލަދުން އިސްއުފުލާލަންވެސް ނުކެރިފައެވެ. “އުހުމް…..އުހުމްމް….” މީހަކު ކަރުކެހިލި އަޑަށް މާހިލްއާއި ނޫރްއާ އެކުއެކީގައިހެން ބަލާލިއިރުގައި ނުއުމާން ދޮރުމަތީގައި ހުރީ ލޯމަތީގައި އަތްއަޅައިގެންނެވެ. ނޫރްތެޅިގަންނަމުން އަވަސް އަވަހާ މާހިލްގައިމަތިން ތެދުވިއިރުގައި މޫނުވަނީ ލަދުންގޮސް ރަތްވެފައެވެ. މާހިލްވެސް ތެދުވަމުން ނޫރްއަށް ބަލާލިއެވެ. ނޫރް ހީވަނީ ލަދުންއެތަނަށް ވިރިދާނެހެންނެވެ. އިސްއުފުލާ ބަލާވެސްނުލާ ހުއްޓެވެ. “ސޮރީ ނޮކް ނުކޮށް ނުބާ […]
މާހިލްގެ ފަހު ޖުމްލައާއި އެކު ނޫރްއަށް ދެލޯ ބޮޑުކޮއްލަމުން އިސްއުފުލައި ބަލައިލެވުނެވެ. މާހިލްއަކީ މިހާކެރޭ ޒުވާމެއްކަމެއް ނޫރްއަކަށް ކުރިއަކުން ނޭންގެއެވެ. ނޫރް އިރުކޮޅަކު ވިސްނަން އިނުމަށްފަހު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީ އިތުރުއެހެން ގޮތެއްނެތީމައެވެ. ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން ނުކެރިގެންނެވެ. “ސޯ އިޓްއިޒްއަ ޔެސް ރައިޓް…..ސޯ ސޮރީ މިކަހަލަގެ ގޮތަކަށް ޕޮރޮޕޯސް ކުރެވުނީމަ….ނޫރްވެސް ބޭނުންވާނެ ދޯ ރޮމޭންޓިކް ޕޮރޮޕޯސަލްއެއް…ހެހެ…” މާހިލް ކުޑަކޮށް ސަމާސާ ކޮއްލީ ނޫރްގެ މޫޑް ރަގަނޅު ކޮއްލުމުގެ ބޭނުމުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. […]
ނޫރްގެ ދެލޯބޮޑުވެގެން ދިޔައީ އެއީ ކާކުކަން އިނގުނީމައެވެ. އެއީ ދެވަނަ އެހެންމީހެއްނޫނެވެ. އެއީ ކުރީ ރޭގައި އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިންޒުވާނާއެވެ. ނޫރްއަށް އެއީ ކާކުކަން ޔަގީންވިއިރުގައި މާހިލްއިނީ ނޫރްކޮންމެވެސް ތަނަކުން ފެނުނުހެން ހީވެގެން އެކަމާއި ވިސްނާށެވެ. ނަމަވެސް މާހިލް ހަދާންވާ ގޮތެއްނުވިއެވެ. “ހިނގާ ސައިބޯން ދަމާ…..ސަޔަށް ފަހު ދެންއިތުރަށް ވާހަކަ ކުރިއަށް ގެންދާނީ ދޯ…..” ރިޔާޒް އަނިލްމެން ގޮވައިގެން މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ. ޝާމާ ނޫރްްއާއި އެކީގައި ދިޔައިރު ދަރިފުޅާއޭ ކިޔާ ވަރަށް ލޯބިން […]
“ނޫރް” މާހިލްއެނަށް ހިތާހިތުން އެނަން އެތައްފަހަރަކު ކިޔައިލިއެވެ. މާހިލް އުމުރުން ހަތާވީސް އަހަރު ވާންއުޅޭއިރުވެސް ޒަވާޖީ ހަޔާތެއް ނުފެށިފައި ހުރީ މާހިލް ބައްޕަގެ ވިޔަފާރިއާއި ހަވާލުވިފަހުން މާ ބުރަކޮށް އުޅެންޖެހުމުގެ ސަބަބުންނެވެ. އެހެންނޫނަސް މާހިލް ބޭނުންވަނީ ކުއްޖަކާ ރައްޓެހިވުމުގެ ބަދަލުގައި ސީދާ ކައިވެންޔަށްދާށެވެ. މާހިލްއަށް އެތައް އަންހެން ކުދިންނެއް ލޯބި ހުށައެޅިނަމަވެސް އެއްވެސް ކުއްޖަކާ އާބަސްނުބުނެއެވެ. ބައްޕަގެ އެދުމުގެ މަތިން މިކައިވެންޔަށް އާބަސް ބުނީ ބައްޕަގެ ނިންމުން ރަގަނޅުވާނެކަން އިނގޭތީއެވެ. ކުޑަ އިރުކޮޅެއްގެ ދަތުރަކަށްފަހު ކާރު ގޮސް […]
ނޫރް ނިކަންހާސްވެފައި މުނާޒްއާއި ދިމާއަށް ބަލާލިއިރުގައި އަނގަފެޅި ލެއި އަންނަމުންދިޔައެވެ. ނަމަވެސް މުނާޒް އެއްވެސް އެއްޗެކޭ ހިތަށްއެރި ހެނެއް ހީއެއްނުވެއެވެ. “ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ހުރެ އިނގޭ ލޯބީ….ތިހެން ގަދަހަދަން ޔާ…..” މުނާޒްބުނަން އުޅުނު ޖުމްލަފުރިހަމަ ނުވީ މޫނުމަށްޗަށް އަރައިގެން ދިޔަ ހަމަލާއެއްގެ ސަބަބުންނެވެ. މުނާޒް ނޫރްގެ ގައިން ދޫކޮށްލަމުން ބަލާލިއިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ. “ހަަބަރު ދާރު މަގެ ދަރިފުޅުގައި ދެން އިނގިލި ކުރި ޖައްސާލިއަސް ނިމުނީ…..” ރިޔާޒްއައިސް ނޫރްގައި ކުޑަކޮށް […]
ގޭތެރެެއިން ފެންނަމުން ދިއައީ މަރުފަދަ ހިމޭންކަމެކެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ނޫރް ސިއްރުސިއްރުން މަޑުފިޔަވަޅު ތަކެއްގައި ހިނގަމުން ދިޔައީ އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ. “ދަރިފުޅާ ނޫރް….މިހާ ދަން ގަޑިއެއްގައި ކޮންތާކަށް ތިދަނީ….” ގެއިން ނިކުންނަންދިޔަ ނޫރް ފަސްއެބުރި ބަލާލިއިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. “ސީރިއަސްލީ ޑޭޑް… އިޓްސް ޖަސްޓް ޓެން ތާރޓީ…އެދެން ލަސް ތަ؟..ޑޯންޓްބީ ސޯ އޯލްޑް ފެށަންޑް….މިދަނީ ލިއާ ބާއްވާ ވަރަށް މުހިއްމު ޕާރޓީއަކަށް ގޮސްލަންވެގެން….އަމް އޯލްރެޑި ގެޓިން ލޭޓް…” […]