Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ދިހަވަނަބައި)

InaaSh Level 210 Stories100 Comments
October 13, 2018 5 Mins Read
48 Comments

މުނާޒްހުރީ ނޫރްގެ ގައިޖެހޭ ނުޖެހޭ ހިސާބުގައި ނުލަފާގޮތަކަށް ހެވިފައެވެ.
“މުނާޒް…..”
“ހައި ލޯބީ…ޑިޑް ޔޫ މިސްމީ…..”
ނޫރްބޮޑަށް ބިރުގަތީ މުނާޒްގާތުގައި ތިބި ފަސްވަރަކަށް ފިރިހެނުން ފެނިފައެވެ. ބަލާމެލުމަށް ޖަހަނީ ނުލަފާ ފާޑެކެވެ. އެހެންނާ ނުފެންނަ ބައްކަމުގައި ވިއަސްވެސް މުނާޒްއާއި އެކީގައި ރަގަނޅު ބަޔަކު ނޫޅޭނެއޭ ނޫރްގެ ހިތަށްއެރިއެވެ. އެހެންވެ އަދި ބޮޑަށް ބިރުގަންނަ ގޮތްވިއެވެ.
“މީހާރު ލަނީ ޖުއްބާތަ؟….ހެހެ….އަނެއްކާ ޝެއިޙްއަކާ ތަ އިނީ؟…އޭނަ ޖުއްބާއަށް ވެސް އެރުވީތަ؟…އެކަމް މިހާރުވެސް ތިރީތިކަމަށް ކުޑަކޮށްވެސް ފަޑުކަމެއް ނާދޭއިނގޭ…..ނައު ޔޫ ލުކް އިވެން މޯ ބިއުޓިފުލް….”
މުނާޒް ނޫރްގެ ކޮލުގައި ފިރުމާލުމުން ނޫރް ފަހަތަށް ޖެހިލިއިރުގައި ހީވަނީ ދިރޭ އެއްޗެއް ކަށިޖެހި ހެންނެވެ.
“އޫޕްސް…..”
މުނާޒް ކައިރީގައި ތިބި މީހުން ނުލަފާ ގޮތަކަށް ހީލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ.
“ލެޓްސް ޓޯކް ލޯބީ….މަގުމަތީގަ ސީންއެއް ކްރިއޭޓް ނުކޮށް ހިނގާ…..އަހަރެން ބޭނުމެއްނޫން އަނެއްކާވެސް ޖަލަށްދާކަށް….ދެންމެ ވީއްޔަ އެތަނުން މި މިކުމެވުނީ….ހެހެ….”
މުނާޒް އަޑުގައިވީ ނުރައްކާތެރިކަމާއި ޖެހިލުންކުޑަކަން އިނގި ނޫރްއަދި މާ ބިރުގަންނަންފެށިއެވެ.
“އަންނާށޭ ބުނީމަ އަންނަންވީ އިނގޭ…..ގަދަކަމުން ގެންދަންވީތަ އެހެންނޫނީ؟….ލޯބި ބޭނުންގޮތެއް….”
މުނާޒް ނޫރްގެ އަތުގައި ހިފައިގެން ހިނގާގަތް އިރުގައި ދެންތިބި މީހުންވެސް ފަހަތުން އަންނަންފެށިއެވެ. ނޫރް ގަދަ ހެދިއަސް ވެސް މުނާޒްއަށް ވުރެން ގަދައެއްނުވެވުނެވެ. އެވަގުތު ގެއަށްދިޔަ މާހިލްއަށް ނޫރްއަތުގައި ފިރިހެނެއް ހިފައިގެންދާތަން ވަރަށް ރީއްޗަށް ފެނުނެވެ. މާހިލްގެ މޫޑް ވަގުތުން ސަކަރަަތްވީ ނޫރް މިފަދަގޮތަކަށް ފެނުނީމައެވެ. ނުބާ ހިޔާލުތަކުން ސިކުނޑި ފުރެމުން ދިޔައަސް ވެސް ހިތްބުނަނީ ނޫރް އެފަދަ ގޯސްކަމެއް ނުކުރާނޭކަމެވެ. މާހިލް ނޫރްދިޔަ ދިމާއަށް ދާން ކާރު ދުއްވާލިއިރު މިހާރު ނޫރް ފެންނާކަށްނެތެވެ. މާހިލް ގެއަށް ދިއުމަށް މިސްރާބުޖެހި އިރުގައި އެކިހިޔާލުތަކުން ސިކުނޑި ފުރެމުންދިޔައެވެ. މުނާޒް ނޫރް ގޮވައިގެން ގޮސްވަނީ ރާނަންފަށާފައި ހުރިގެއެއްގެ ތެރެއަށެވެ. އެގޭތެރާގައި އިން ކުޑަހޮޅިބުރިއަކުން ފަޑު އަލިކަމެއް ފެތުރިފައިވިއެވެ. ނޫރް ހުރީ ބިރުންގޮސް ހަދާން ގޮތެއް ނޭންގިފައެވެ. ހަމައެވަގުތުގައި ނޫރްގެ ފޯނު ރިންގުވަންފެށިއެވެ. ނޫރް ބަލާލިއިރު ގުޅަނީ މާހިލްއެވެ. ނޫރް އަވަސް އަވަހާ ފޯނުނަގަން އުޅެނިކޮށް މުނާޒް ނޫރްއަތުން ފޯނު އަތުލިއެވެ.
“އޫޕްސް…..ހަޒްބެންޑް ގުޅަނީ މިއޮށް…..”
“ގެނޭ ފޯނު….”
ނޫރް ވަރަށް ހިތްވަރުކޮށްލައިފައި ބުނެލިއެވެ.
“ނުދޭނަން….ފޯނު ބާއްވާފަ އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބާ ލޯބީ….”
މުނާޒް ނޫރްގެ ފޯނުޖީބަށްލަމުން ވާހަކަ ކުރިއަށްގެންދިޔައެވެ.
“ސޯ ލެޓްސް ސީ އިފް އައިގެޓް ދިސް ކަރެކްޓް…ނޫރްގެ ފިރިމީހާގެ ނަމަކީ މާހިލް….މަހެއްވަރުމިވީ މެރީ ކުރިތާ…އެހެންނު؟….އައި ޑޯންޓް ލައިކް ދިސް….ނޫރް ތީ ހަމައެކަނި އަހަރެންގެ މީހެއް….އޭނަ ގާތުން ވަރިވޭ….ބުނޭ ނޫރް ވަރިކުރަަށޭ…..ނޫނީ ދެންވާގޮތް މާ ރީއްޗެއްނުވާނެ…”
މުނާޒުގެ ވާހަކަ ފުރިހަމަ ނުވީ ނޫރް މުނާޒުގެ މޫނުމަތީގައި ޖެހުމުންނެވެ.
“އޭއި….ކަލޭ އޭނަ ގައި އަތްނުލާ ހުރޭ….ޔޫ ލިޓްލް……”
ާއެތަނުންމީހަކު ނިކަންހަޑި އެއްޗެކޭ ނޫރްއާއި ދިމާއަށް ބުނަމުން ނޫރް ކޮއްޕާ ވައްޓާލިއެވެ. މުނާޒު ކައިރިއަށްއައި ރުޅީގައި ނޫރްވައްޓާލި މީހާގެ މޫނުމަތީގައި ގޮށްމުށް ކަވާފައި ޖެހިއެވެ.
“އައްމަޑޭ….ހައު ޑެއާ ޔޫ؟..ތީ ނޫރްގައި އަތްލެވެވޭނެ އެންމެ ފުރަތަމަ އަދި އެންމެ ފަހުފަހަރު….އިނގިއްޖެތަ؟…ހަމަ މިހާރު ނުކުމޭ މިތަނުން….އޯ އޭލްސް ޔޫ ނޯ ވަޓްއައިލް ޑޫ….”
މުނާޒް ހީވަނީ ހަމައިންނެއްޓިފައި ހުރިމީހެއް ހެންނެވެ. މުނާޒް އެހެންބުނުމުން އެތާގައި ތިބި އެންމެން ކަހަލަގެ ގޮތަކަށް އެތަނުން ނިކުމެގެން ދިޔައީއެވެ.
“ތަނަކަށް ތަތުވިތަ ލޯބީ؟….”
މުނާޒުގޮސް ނޫރް ނަގަންއުޅުމުން ނޫރް މުނާޒުގެ އަތްފޮޅުވާލިއެވެ. މުނާޒު ނޫރް ގަދަހަދަހަދާ ހުއްޓައި އަތުމުލަށްދަޑީގައި ހިފާ ކޮޅަށްނެގިއެވެ.
“އައްދޯއި…ތަދުވެއޭ…”
“ސޮރީ ލޯބީ….ރީއްޗަށްކަންކަން ކުރެވެން ހުއްޓަ ލޯބި އަހަރެން ކާރިއަށް ރުޅިއަރުވަންޔާ ވާނީ ތިހެންނު….އެނީވޭ ވަރަށް އަވަހާ ތިގެއަށް ޑިވޯސް ޕޭޕަރ ފޮނުވާނަން….އޭގަ ނޫރް ސޮއިކުރޭ….މާހިލްގެވެސް ސޮއި ހޯދާ….އޭނަ ކައިރިން ވަރިވޭ އައިޑޯންޓް ކެއާރ ހައު….ކުރިއަށް އޮތް ހަތްދިހަ ދެގަނޑިއިރުގައި ތެރޭގައި އޭނަ ގާތުން ވަރިވާން ވާނޭ….”
“އެހެންނޫނީ މުނާޒް ކީއްކުރާނީ…..އަހަރެން މަރާލާނީތަ؟….”
ނޫރް ހިތްވަރުކޮށްލައިފައި އަހައިލިއެވެ.
“އަހަރެން ކީއްކުރަން ލޯބި މަރާލަންވީ….އިންސްޓެޑް އަލް ކިލްހިމް …..ހީނުކުރަށްޗޭ އަހަންނަށް ނުކެރޭނޭ….ނޫނީ ނުވާނެއޭ…..އަލްބީ ވޮޗިން ޔުއާރ އެވްރީމޫވް…..އޭނަގާތުގަ އަހަރެންގެ އެންމެ ވާހަކައެއް ދެއްކިއަސް ނިމުނީ…..އަހަރެން ބައްދާލާފަ ޖަލަށް ލިއަސްވެސް އެމާހިލްގެ ދުވަސް ދުއްވާލާނަން…..އިނގިއްޖެތަ؟…އަހަންނަށްވެސް ކަންކަން ކޮށްދޭން މީހުންވާނެ އިނގޭ…..”
ނޫރްގެ ލޮލުން ކަރުނަ އަންނަންފެށީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް ނޫރް ކެއްކުރަން ބޭނުމެވެ. މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރަށްވާނެކަން ނޫރްއަށް އިނގެއެވެ.
“ނުރޮއިބަލަ ލޯބީ…..”
މުނާޒު ނޫރްގެ ކަރުނަތަށް ފުހެލަދޭން އުޅުމުން ނޫރް ފަހަތަށް ޖެހިލިއެވެ.
“ބޯއީސް ބޯއީސް….ކަމް އިން….އަން މިއިން ނަގާބާ އަހަރުން ދެމީހުންގެ ފޮޓޯއެއް….”
މުނާޒުގެ އަޑަށް އެއެންމެން އައިސް އަނެއްކާވެސް އެތަނަށްވަނެވެ. އެހެންކަމުން މުނާޒުގެ ފޯނު އެތަނުން މީހެއްއަތަށް ދެމުން މުނާޒުބުންޔެވެ. ކުއްލިއަކަށް މުނާޒް ނޫރްގެ ގައިގައި ބައްދާލިއެވެ. އަދި އެހާމެ އަވަހާ ދޫވެސް ކޮށްލިއެވެ. ނޫރްއަށް އިތުރަށް ރޮއުންނޫން ކަމެއް ނުކުރެވުނެވެ.
“ހޫމް ތީތި ސަޅިއޭ….ތި ވަރަށް މުހިއްމު ފޮޓޯއެއް…..”
މުނާޒު އެފޮޓޯބަލާލައިފައި ނުލަފާގޮތަކަށް ހިނިތުންވެލިއެވެ.
“ނުރޯށޭ ބުނީމަ ހުއްޓާލަންވީ އިނގޭ….”
މުނާޒު ހަޅޭލަވައިގަތެވެ. ނޫރް ބިރުން ލާން އުޅުނުނޭވާވެސް ކަރުތެރެ ތާށިނުވީ ކިރިޔާއެވެ.
“އެހެންވީމަ އަހަރެން މިބުނި އެއްޗެއްސާ ދޭތެރޭގަ ވިސްނާލަށްޗޭ…..ނޫރް ބޭނުމިއްޔާ މާހިލްއަށް ހުރިހާ އެއްޗެއް ކިޔާދީގެން އަހަރެން ޖަލަށް ފޮނުވާ ލަންވީ….ބަޓް ސައިޑް އެފެކްޓްގަ ހީވިލް ލޫޒް ހިސް ލައިފް….ސެކަންޑް ޗޮއިސް އިޒް އީޒީ މާހިލްއަށް ޑިވޯސްދީ….އެނީވޭ ވީއާ ގެޓިންލޭޓް ސޯ ބޯއީސް ހިނގާ ދަމާ ދޯދެން އަލްސީ ޔޫ ސޫން އިނގޭ ލޯބީ…..”
މުނާޒު ނުލަފާގޮތަކަށް ހީލަމުން ނޫރްއަތަށް ފޯނެދެމުން ފްލައިން ކިސްއެއް ފޮނުވާލިއެވެ. އެތާގައި ތިބި އެންމެން ނިކުމެގެން ދިއުމުން ނޫރްއަށް ހުރިތަނަށް ތިރިވެވުނީ ދެރަވީވަރުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ނޫރްއަކަށް ހަދާނެ ގޮތެއް ނޭންގުނެވެ. ނޫރް މާހިލްއާއި ދުރުވާކަށް ބޭނުމެއްނޫނެވެ. މާހިލްއަށް އަނިޔާއެއް ވާކަށްވެސް ނޫރް ބޭނުމެއްނޫނެވެ. ނޫރްއަށް ހަދާނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެތަށްއިރަކު އެތާގައި އިނުމަށްފަހު ނޫރް ގެއަށްދާން ހިނގާގަތީ ވަރަށް ގިނައިރުވީ ފަހުން ގަޑިވެސް ބަލާލުމެއްނެތިއެވެ. ނޫރްގެއަށް ވަދެގެން ދިޔައިރު މީހަކު ބަލަންހުރިކަމެއް ނޫރްއަކަށް ނޭންގުނެވެ. އެއަށްވުރެން ހިތުގެ ހާލަތު މާބޮޑެވެ. އާމިނަތުހުރީ ނޫރްއެހާލަސް ވީފަހުން ގެއަށް އައިތަންފެނި ހައިރާންވެފައެވެ. ކޮންމެވެސް ނުބައެއް އެބައުޅެޔޭ ހިތަށްއެރި އާމިނަތު ބޭނުންވީ ނޫރްއުޅޭ ނޫޅޭ ގޮތްބަލާށެވެ.
“މިއޮށް ދަންވަރު ނޭންގެ ކޮންތާކަށް ވަދެފަކަމެއްވެސް އެއަންނަނީ….ޔަގީނޭ ރަގަނޅު ގަޑެއް ނުގަންނާނެކަން….ވަރަށް ފޫހިވޭ….”
އާމިނަތު ނޫރްއަށް ހިތާހިތުން އެއްޗެހި ކިޔާލަމުން ގޮސް ކޮޓަރިއަށްވަނެވެ.
ނޫރް ކޮޓަރިއަށްވަތް އިރު ކޮޓަރީގައި އެއްވެސް އަލިކަމެއްނެތެވެ. ހޮޅިބުރި ދިއްލާލިއިރު މާހިލް ސޯފާގައި އިންތަންފެނި އަތްފައި ފިނިވާގޮތްވިއެވެ.
“ނޫ ކޮންތާކުން؟…އިނގޭތަ ގަޑިންވީ އިރެއް….މިހާރުއެއޮށް އެކެއްޖެހީ…..ނޫރްގެ ފޯނަށް އަހަރެން ކިތަށްފަހަރު ގުޅާފަ އޮތްތޯ ބަލާބާ…ވީ ތަނެއް ބުނެލައިގެން އުޅުނުނަމަ އަހަރެން މިހާ ހާސްވާކަށް ނުޖެހުނީހެއްނު…ވައި އާޔޫ ޑުއިންދިސް ޓުމީ…..”
“މިއައީ ޝެޒާކައިރިން….”
ނޫރްކުޑަ އިރުލޮޅަކު ޖަވާބުނުދީ ހުރުމަށްފަހު ބުނެލިއެވެ.
“ތިބުނީ މިހުރިހާ އިރުއިނީ އެގޭގައޭތަ؟…”
“އާން….”
ނޫރް މާހިލްއަށް އިތުރުއެއްވެސް އެއްޗެކޭ ބުނާނެ ފުރުސަތެއްނުދީ ފާހަނައަށް ވަދެ ދޮރުޖެހިއެވެ. ނޫރް އަނގަމަތީގައި އަތްއަޅަމުން އިށީނީ ކެއްނުވެގެންނެވެ. ނޫރްއަށް ގިސްލެވެމުން ދިޔައިރުވެސް ހަދާނެގޮތެއް ނުވިސްނުނެވެ. މާހިލްއަށް ދެރަގޮތެއްވާކަށް ނޫނީ ދެރަގޮތެއް ހަދާކަށްވެސް ނޫރްބޭނުމެއްނޫނެވެ. މުނާޒުގެގޮތް ނޫރްއަށް ވަރަށް ރަގަނޅަށް އިނގެއެވެ. މުނާޒު ބުނެފިކަމެއް ކުރާނެކަންގައިމެވެ. ސޯފާގައި އިން މާހިލް ބޮލުގެ އިސްތަށިގަނޑަށް އަތްމަހައިލަމުން ސޯފާގައި ލެގިލިއިރުގައި އަނގައިން މަޑުއާޙެއް ބޭރުވެގެންދިޔައެވެ. ނޫރް އެހެދީ ދޮގުކަން މާހިލްއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ޝެޒާއަށް ގުޅިއިރުގައި އެގޭގައި ނޫރްނެތް ވާހަކަ ބުނުމުން މާހިލް ނޫރް ވާނެހެން ހީވާ ހުރިހާތަނެއް ބެލިއެވެ. ނަމަވެސް ނޫރްދިޔަ ތަނެއްނޭންގުނެވެ. އެކި ކަހަލަގެ ނުބައި ހިޔާލުތަކުން މާހިލްގެ ހިތާއި ސިކުނޑިފުރެމުންދިޔައެވެ. މާހިލް ފާހަނައާއި ދިމާއަށް ބަލާލަމުން ގޮސް އެދުގައި އޮށޯތެވެ. އެތަށްއިރެއްވީ އިރުވެސް ނޫރްގެ އެއްވެސް ހަބަރެއްނުވެއެވެ. ފާހާނައިގައި ހުރި ނޫރް ފާހާނައިން ނިކުތީ މާހިލް ނިދާނެހާއިރު ކޮށްފައެވެ. ނޫރްއައިސް އޮށޯތީ މާހިލްއޮތް ފަރާތްނޫން އަނެއް ފަރާތަށް އެބުރިލަމުންނެވެ. ނޫރްއައިސް އޮށޯތްއިރުވެސް މާހިލްއޮތީ ނުނިދިފައެވެ. ނަމަވެސް ކުއްލިއަކަށް އެދޭތެރެއަށް ހީވަނީ ދުރުކަމެއް އައިސްފައި ވާހެންނެވެ. އެކަކުވެސް އެއްވެސް ވާހަކަ އެއް ނުދައްކައެވެ. އަނެއްދުވަހު ހެދުނުހެދުނާ މާހިލް އޮފީހަށްދިޔައީ ނޫރްއާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. މާހިލްހުރީ ހިތްހަމަ ނުޖެހިފައިކަން ނޫރްއަށް އިނގެއެވެ. ނަމަވެސް އެކަމާ ކުރާނެކަމެއް ނޫރްއަކަށް ނޭންގުނެވެ. މުނާޒު ނޫރްގެ ފޯނަށް ހެދުނުހެދުނާ ގުޅަންފެށިއެވެ. މުނާޒު ދިހަވަރަކަށް ފަހަރު ގުޅުމުންވެސް ނޫރް ފޯނުނަގާ ހިޔާލެއްނުކުރިއެވެ. އޭގެ ފަހުން ދެގަޑިއިރެއްވީ ތަނާހެން އާމިނަތު އައިސް ނޫރްހޯދަން މީހަކު އައިސް ހުރިވާހަކަ ބުނީ ހިތްހަމަނުޖެހި ހުރެއެވެ. އެހެންކަމުން ނޫރްދިޔައީ އެއީ ކާކުތޯ ބަލާލުމަށެވެ. ނޫރް ހީކުރީ ޝެޒާކަމަށެވެ. ނޫރް ގެއިން ނިކުމެެ ބަލާލިއިރުގައި އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެން ބޮލުގައި ތޮތްޕެއް އަޅައިލައިގެން އިސްޖަހައިގެންހުރި ފިރިހެނެއް ހުއްޓެވެ. އެމީހާގެ އަތުގައި ފައިލެއްއޮތެވެ.
“ހައި ލޯބީ….ފޯނު ނުނެގީމަ ހޯދަން އަންނަން މިޖެހުނީ…..އީޒީ ގޮތްގޮތް ހުއްޓަވެސް ކޮންމެ ފަހަރަކު ނޫރްކީއްވެތަ އުނދަގޫ ގޮތް ގޮތް ތިހިޔާރުކުރަނީ…”
ްެއެއިވުނީ ދެވަނަ އެހެންމީހެއްގެ އަޑެއްނޫނެވެ. މުނާޒު އިސްއުފުލާ ބަލާލިއިރުގައި ހުރީ ހިތްހަމަނުޖެހިފައިކަންބމޫނުމަތިން ހާމަވަމުންދިޔައެވެ.
“ހަމަ މިހާރު މީގަ ސޮއިކުރޭ…..”
މުނާޒު ދިއްކޮށްލީ ވަރީގެފޯމެކެވެ. ނޫރްއަށް އެއީ ކޮންއެއްޗެއް ކަންއިނގުމުން ދެލޯ ބޮޑުވެގެންދިޔައެވެ. ކުޑަ ހިދުކޮޅެއްގެ ތެރޭގައި ނޫރްގެ ދެލޯ ފެންކަޅިވެގެންދިޔައެވެ.
“ކޮން ރުއިމެއްރޯކަށް….ގެނޭ ހަމަ މިހާރު ސޮއިކޮށްފަ….ނޫނީ އަށްމަޑޭމެން ފޮނުވަންވީތަ މާހިލް ހޯދަން…..”
މިހެންބުނެ މުނާޒުފޯނުނަގާ ކަންފަތުގައި ޖަހައިލިއެވެ. ނޫރްއަށް ހީވީ ލާންއުޅުނުނޭވާވެސް ކަރުތެރޭގައި ތާށިވިހެންނެވެ.
“ނޫން…..ނޫ…ނޫން….މި ކުރަނީ…..”
ނޫރް އެގަނޑުގައި ސޮއިކުރަމުންދިޔަ އިރުގައި އަތް ތުރުތުރު އަޅަމުންދިޔައެވެ. ލޮލުން ކަރުނަތަށް އޮބިނޯވެގެން ފައިބަމުންދިޔައެވެ. ކުއްލިއަކަށް ނޫރްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން އެދިޔައީ ހީވެސް ނުކޮށް ހުއްޓައެވެ. ނޫރްގެ އުފާވެރި ދިރިއުޅުން ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ނޫރް ސޮއި ކޮށްލާއިރަށް މުނާޒު އެފޯމު ވަގުތުންއަތުލި އިރުގައި މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.
“ޕާފެކްޓް…..”
“އޯކޭ ސީޔޫ އެގެއިން ސޫންލަވް….”
މުނާޒު ނިކަންހަމަ ޖެހިލަމުންބުނެލިއެވެ. މުނާޒު ދިއުމާއި އެކުހެން ނޫރް ކޮޓަރިއަށް ދިޔައީ ދުވެފައެވެ. ދޮރުއެފަރާތުގައި ހުރީ އާމިނަތުއަށް ނޫރް ފިރިހެނަކާއި އެކީގައި ފެނުމުން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އާމިނަތުގެ ނިތްކުރިއަށް ރޫއަރުވަލަމުން އާމިނަތު ނިންމީ މާހިލްއަށް އެވާހަކަ ކިޔާދޭށެވެ. އާމިނަތު ނޫރްއަށް ކުދިކިޔަމުން ގޮސް ކޮޓަރިއަށްވަނީ ހިތްހަމަނުޖެހިފައިހުރެއެވެ. ނޫރް ކޮޓަރިއަށްގޮސް ދެރަކުއަތުގެ ނަމާދެއް ކޮށްލިއެވެ. އަދި ދުޢާ ކުރެވުނީ ރަގަނޅުގޮތެއް މެދުވެރިކުރަށްވާތޯއެވެ. އޮފީހުގައި އިން މާހިލްއަށް ވިސްނެމުން ދިޔައީ ނޫރްއާއި ދޭތެރޭގައެވެ. ްއެވަގުތު މާހިލްގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަންފެށުމުން މާހިލް ފަރުވާކުޑަ ގޮތަކަށް ފޯނު ނަގާ ކަންފަތުގައި ޖަހައިލިއެވެ.
“ހެލޯ….މާހިލް ދޯ؟…”
“އާން ތީ ކާކު؟…”
“މީ ނޫރްގެ ސޫންޓުބީ ހަޒްބެންޑް…ހެހެ…މާހިލް ނޫރް ވަރިކުރީމަ އިނގޭ އެކަމް….”
“ވަޓް؟…ބޭކާރު ވާހަކަ އަޑުއަހާކަށް އަހަރެން އަތަކު ބޭކާރު ވަގުތެއްނެތް….ހާއްސަކޮށް ނޫރްއޭ ކިޔާފަ….”
މާހިލްގެ ބުމަ ގޮށްޖެހިގެންދިޔައެވެ. ނޫރް އޭކިޔާފަ މީހަކު މިފަދަ ވާހަކައެއް ދެއްކުމަކީ މާހިލްއަށް ކެއްވާނޭކަމެއްނޫނެވެ.
“އަހަރެންވެސް ނޫޅެމޭ ބޭކާރު ވާހަކަ ތަކެއް ދައްކާކަށް….އެހެންވީމަ ރަގަނޅަށް އަޑުއަހާ….ނޫރް ލޯބިވަނީ އަހަރެންދެކެ….ނޫރްގެ ބައްޕަ މަޖުބޫރުކޮށްގެން މާހިލްއާ އިނީ…..މި ހުރިހާ ދުވަހު ނޫރް މަޑުކޮށްގެން ހުރީ ރަގަނޅު ވަގުތަކަށް….މިހާރުދެން ނޫރްގެ މަންމަމެން ފުރީމަ ވިސްނަންޖެހޭ އެއްވެސް ކަމެއްނެތް….ޝީއިޒް ރެޑީ ޓޫ ލީވް ޔޫ…ދެން ނޫރް ބޭނުމެއްނޫން އެންމެ ދުވަހަކުވެސް މާހިލްއާއެކީގަ އުޅޭކަށް…އެންޑް ލާސްޓް ނައިޓް ޝީ ވޯޒްވިތު މީ……”
“ނޫން….ނުކުރާނަން ގަބޫލެއް….”
މާހިލްގެ ހިތުގެތެޅުން ބާރުވަމުން ދިޔައެވެ. ދުޢާ ކުރެވެމުން ދިޔައީ އެއީ ދޮގަކަށް ވޭތޯއެވެ. ނޫރްއެއީ އެހާ ހިތްހަރު ގޯސް ކުއްޖެކޭ މާހިލްގެ ހިތެއްނުބުނެއެވެ.
“ހެހެ….އިޓްސް ދަ ޓުރޫތް….މާހިލް ގަބޫލުކުރިއަސް ނުކުރިއަސް އަހަންނަން ވަރިހަމަ….ޕްރޫފަކަށް ފުދޭނެ ދެންމެ މާހިލްއަށް ގޮއްސަ އިންފޮޓޯ….އެން އަނަދާ ޕްރޫފް ލިބޭނެ މާހިލްއަތަށް އިރުކޮޅަކުން…..އޯކޭ ބާއީ…..ސީޔޫ ސަމްޑޭ….”
މުނާޒު ފޯނުކަޑާލުމުން މާހިލްހާސްވެފައި ފޯނުބަލާލިއެވެ. ލޯޑުވި ފޮޓޯވެނިފައި މާހިލްއަތުން ފޯނު ދޫވެގެން ތިރިއަށް ވެއްޓުނެވެ. މުށްކެވިގެންދިޔަ އަތުން މޭޒުމަތީގައި ބާރަށް ޖެހުނީކެއްނުވީމައެވެ. ތިމާގެ ހަލާލު އަބިމީހާ ހިލޭ ފިރިހެނެއްގެ އަތުތެރޭގައި އެހާ ގައިގޯޅިކޮށް ހުއްޓާފެންނަށް އެދޭނީ ފަހެ ކާކު ހެއްޔެވެ؟
“ސާރ….ދެންމެ މީހަކު ސާރ އަތަށް ދޭންދިން އެއްޗެއް މިއޮތީ….”
މާހިލްގެ ޕާސަނަލް ސެކެރެޓަރީ ދޮރުގައި ޓަކި ޖަހައިލަމުން އައިސް މޭޒުމަތީގައި ފައިލެއް ބާއްވައިފައިދިޔައެވެ. މާހިލް އެހުޅުވާ އޭގައި އޮތީ ކޮންއެއްޗެއް ތޯ ބަލާލިއެވެ. އެއީ ކޮންއެއްޗެއްކަން އިނގުނު މާހިލްގެ ލޮލުން ކަރުނަތިއްކެއް ކޯތާފަތްމަތިން ފިރުކިފައިގޮސް އެގަނޑު މަށްޗަށް ވެއްޓުނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ދުޢާ 28

Next

އެންމެ ހިނިތުންވުމަކަށް

Next
October 14, 2018

އެންމެ ހިނިތުންވުމަކަށް

Previews
October 13, 2018

ދުޢާ 28

48 Comments!

  1. Aki says:
    October 13, 2018 at 11:28 pm

    varah inthizaaru kohfin mi vaahaka ah … thanks

    1. InaaSh says:
      October 14, 2018 at 6:20 am

      ?

  2. Azuna says:
    October 14, 2018 at 12:00 am

    Varah reethi??? mi vaahaka n mihaar adhimaa reethi❤❤❤pls maahil ah dhuru nukurahchey..eyrun dhen hadi vaane

    1. InaaSh says:
      October 14, 2018 at 6:20 am

      Jazakillah khairan ?

  3. Emra says:
    October 14, 2018 at 12:25 am

    Alhey… Maahil ah ingeyne nama… So sad?
    When is the next part

  4. mar-hath says:
    October 14, 2018 at 12:44 am

    vaahaka v reethi..alhey maahil aa noor dhuru nukurahchey plz..

    1. InaaSh says:
      October 14, 2018 at 6:21 am

      Jazakillah khairan ?

  5. Noor says:
    October 14, 2018 at 1:03 am

    Maahi soe nukuraathi find out why & try to solve

    1. Munaz says:
      October 14, 2018 at 6:23 am

      Ey dhogeh…. soi kohlaathi… nuny geah gohsa reethi gothuga noor warikohlaa.. i am waiting… ?

  6. Livee says:
    October 14, 2018 at 4:38 am

    No no no pls dont do that munaaz I’ll kill u hou dare u do that to maahil I will not spare you
    U will see what I do
    Varah reethi ingey noor pls avahah up kohdhyba hama keh nulurevey

    1. InaaSh says:
      October 14, 2018 at 6:21 am

      Jazakillah khairan ?

  7. Livee says:
    October 14, 2018 at 5:41 am

    I think dhen sheza a noor a dhahka vaahqka maahil ah adu iveyny dhen ingeyny

  8. Reader? says:
    October 14, 2018 at 6:25 am

    Finally kiyaalan libihje…. wahaka hama v reethi igay… ekm mahil dhera nukohbala dhan… ?

    1. InaaSh says:
      October 14, 2018 at 6:28 am

      Jazakillah khairan ?

  9. Amin says:
    October 14, 2018 at 6:26 am

    Mi part wes v salhi… waiting
    When next part????

    1. InaaSh says:
      October 14, 2018 at 6:29 am

      Jazakillah khairan… ? insha allah next part tuesdayga

  10. Nunnu says:
    October 14, 2018 at 7:40 am

    Mihaaru easfiya site ga liyaa gina vahaka thakuga va goi meega vess mivanee.. konmevss nulafa gang star eh bayeh ge life controll kura vahaka … Hurihaa vahaka ehga eh gothakah vaathy foohi.. mi vahaka reethi.. but ma bodu thafatheh nei ehen vahak thakai.. write something different

    1. InaaSh says:
      October 14, 2018 at 8:29 am

      Jazakillah khairan for your feedback…insha allah dhan liya wahaka eh balaanan ehen gothakah liyeweytho… thafaathu gothakah…mee furathama wahaka veema mistakes wes huhnaane ehmenah kamuwes nugosfaane…huriha faadu kiyun thakaky alhugadah libey kuri erumeh kamah dheken.. insha allah i’ll try my best to do better.. ?

  11. Maree says:
    October 14, 2018 at 8:01 am

    Vv reethi vaahaka eh

    1. InaaSh says:
      October 14, 2018 at 8:30 am

      Jazakillah khairan ?

  12. kookie says:
    October 14, 2018 at 9:21 am

    wow wow.. masha Allah.. Story hama supper. varah varah reethi.. alhe noor and maahil dhurunukurahchey.. alhey khneii tha mi v..munaaz haadha nulufaey.. nd pls maahil nd noor dhurunukuraathi.. erun kookie varah dheravaane.. next part kn irakun up kurany..?? kiyaahithun uvx hurevey.. avahah up kohdhehchey plssss

    1. InaaSh says:
      October 14, 2018 at 11:32 am

      Hehe jazakillah khairan kookie…. ?insha allah next part tuesdayga

  13. No one says:
    October 14, 2018 at 11:58 am

    Alhey.. thihen nuhadhaba maahil ah..

    1. InaaSh says:
      October 14, 2018 at 12:32 pm

      Hehe ?

  14. Hudher says:
    October 14, 2018 at 12:01 pm

    Please don’t. Emyhun vari nuvaane ey buney dhen varikuran hedhyma varah foohi…

  15. Ilu khabibi says:
    October 14, 2018 at 12:04 pm

    Please don’t. Emyhun vari nuvaane ey buney dhen varikuran hedhyma varah foohi. Mi fahakah ais esfiya site ge gina stories ga misunderstanding eh therein varivany… Let them manage it together. Vari nukoh.. Make it unique

  16. Unni says:
    October 14, 2018 at 12:10 pm

    ? Beautiful
    ?? maahil

    1. InaaSh says:
      October 14, 2018 at 12:31 pm

      Jazakillah khairan ?

  17. zeesh says:
    October 14, 2018 at 2:04 pm

    maashaa allah.ekam noor aai maahil ah deragotteh nuhadachey noor aai devose nuvaniis e nulafaa munaaz ge goi maahil ah ingeynama.ehaa lobin ulhey couple akah deregotheh dimaa vanyaa varah deravey.plx slove that misundersandings.

    1. InaaSh says:
      October 15, 2018 at 10:58 am

      Jazakillah khairan ?

  18. Maii? says:
    October 14, 2018 at 4:32 pm

    Eyy..maahil eh nuun ..munaaz maran vii.. eyoh salhi couple thereyah vadhe ganehjey adhi??? … aslu stry hama vth vrh salhi

    1. InaaSh says:
      October 14, 2018 at 5:57 pm

      Hehe jazakillah khairan ?

  19. kudoo says:
    October 14, 2018 at 8:53 pm

    Can’t wait, avahah up kohdhybala please…

    1. InaaSh says:
      October 15, 2018 at 10:59 am

      Insha allah tm up kohladheynan ?

  20. Superstar says:
    October 15, 2018 at 5:57 am

    V salhi thi vaahaka ………can’t wait

    1. InaaSh says:
      October 15, 2018 at 10:59 am

      Jazakillah khairan ?

  21. Xaaan says:
    October 15, 2018 at 8:35 am

    Masha Allah mi story v reethi waiting next part

    1. InaaSh says:
      October 15, 2018 at 10:59 am

      Jazakillah khairan… ?

  22. Abdulla says:
    October 15, 2018 at 8:54 am

    Dheeny kujjeh viyya ehn meehakah dipendeh nuvaane… eyanyah Allah fudheyne… ekm mivaahakain mi dhakka dheny ehn ehcheh… mihr noor ehury dheen engi dhenah loabi jehifa… adhi noor ah engey vakeel kuranvy faraathaky kobaikanves…

    1. InaaSh says:
      October 15, 2018 at 11:02 am

      I am sorry abdhullah aee dhan first wahaka veema mistakes hedhifa.. insha allah balaanan thi kahalage mistakes nehedheytho dhan… gasdhuga eh nun aee eh..?

  23. Jenna says:
    October 15, 2018 at 1:39 pm

    ?❤?

    1. InaaSh says:
      October 16, 2018 at 6:17 am

      ??

  24. Anonymous says:
    October 15, 2018 at 1:47 pm

    Alhey hadha dhera gothekey dhen mivey
    Maahil aa noor dhen vaki vany tha ?

  25. Noor says:
    October 15, 2018 at 2:02 pm

    Maahee ❤ M so sorry my love, I does’nt want to hurt you ?

    1. Munaz says:
      October 15, 2018 at 2:08 pm

      Noor kon maahi ekey kiyaakah tha? Eynage dhuwas dhuhwaalafaanan thihen ulhenyaa mun ?

  26. zeesh says:
    October 15, 2018 at 9:37 pm

    maashaa allah.maahil and noor durunukuachey and can’t wait 4 nxt prt nd hw mny prts r remaining

    1. InaaSh says:
      October 16, 2018 at 6:18 am

      Jazakillah khairan… few parts are remaining ?

  27. Your fan says:
    October 18, 2018 at 3:51 pm

    When is next part….?…story is very gorgeous…Marsha Allaah….keep it up…eagerly waiting for next part?

Comments are closed.

Next Episodeނޭދެން ވަކިވާކަށް (އެގާރަވަނަބައި)←


All Right Reserved!