އެއިވިގެން ދިޔައަޑަކީ ނައިލް ދުވަހަކުވެސް އަޑުއަހަން ބޭނުންނުވާ އަޑެކެވެ. އާރަވްގެ އަޑު ދެން ދުވަހަކުވެސް ނައިލްއަށް އިވޭނެކަމަކަށް ނައިލް ހީއެއް ނުކުރެއެވެ. ހީނުކޮއްހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ ނައިލްއަށް މާޒީގެ ސޮފްހާތަށް އީއްޔަވީކަމެއްހެން ލޮލުގެ ކުރިމަށްޗަށް ސިފަވަންފެށިއެވެ. ***************** ނައިލްއާއި ނާއިރާއަކީ އަބަދުވެސް ކިޔެވުމަށް ހާއްސަ ސަމާލު ކަމެއްދޭ ކޮލެޖުގައި މަޝްހޫރު ދެކުދިންނެވެ. އަނިލްއާއި ނިޝާވެސް ފަހުރު ވެރިވާ ތަރްބިއްޔަތެއް ދެވިފައިވާ މި ދެކުދިންނަކީ ވެސް އެމީހުންގެ ދެލޮލުގެ ނޫރެވެ. ލަންޑަނުގައި އުޅެޒުވާންވެފައި ވާ ނައިލްއާއި ނާއިރާއަށް […]
ނާއިރާ ނައިލް އާއި ދިމާއަށް ބަލައިލިއިރުގައި ޝާއިންގެ ނަޒަރު ހުއްޓިފައިވަނީ ނާއިރާއަށެވެ. ނާއިރާއަށް ހިންދިރުވާލެވުނީ ބޭއިހްތިޔާރުގައެވެ. ނާއިރާ ފަހަތުގައި ހުރި ނައިލްއަށް ބަލާލިއެވެ. ނައިލްވެސް ހުރީ ނާއިރާ ޝާއިންއަށް ދޭނެ ޖަވާބެއްގެ އިންތިޒާރުގެއެވެ. ”ތީ އީއްޔަގަ ނަގާފަ އިން ފޮޓޯއެއް….ރީތީ ދޯ؟….ދޮންބެ އެހެން ހުއްޓަސް ވެސް ވަރަށް މޮޅުވާނެ ފޮޓޯނަގަން….” ނާއިރާ ޝާއިން އެއްޗެކޭ އެހުމުގެ ކުރިން އަވަސް އަވަހާ ބުނެލީ ނައިލް ޝާއިންގެ ކުރިމަތީގައި ބޭޒާރު ވެދާނެތީއެވެ. ނައިލްއައިސް ނާއިރާއާއި އަރާ ހަމަކުރަމުން ނާއިރާއަށް ހީލީއެވެ. […]
ރަޝާ ޒީނާއަށް ކަޅި އަޅައިލައިގެން ހުރި އިރުގައި ލޮލުން ނުރުހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ރަޝާ ބޭނުންވީ ޒީނާ ޝާޔަންގެ ކުރިމަތީގައި ބޭޒާރު ކޮށްލާށެވެ. ނަމަވެސް މިވަގުތު ހިމޭންކަން ހިޔާރުކުރީ ފަހުން ރަގަނޅު ދަޑިވަޅެއްބަލައިފައި ޒީނާ ބޭޒާރު ކުރުމުގެ ބޭނުމުގައެވެ. ޒީނާ އެއީ ކިހާވަރެއްގެ މީހެއްކަން ޝާޔަންއަށް އަންގަން ރަޝާ ކިތަންމެހާވެސް ބޭނުމެވެ. ރަޝާ މަޑުހިނގުމެއްގައި އައިސް ޒީނާ ގާތުގައި މަޑުކޮއްލި އިރުގައިވެސް ޒީނާ އަނގަހުއްޓާނުލާ އަނގަ ތަޅަމުން ގެންދިޔައެވެ. ރަޝާއައި ކަމެއްވެސް ޒީނާއަށް ރޭކައެއްނުލިއެވެ. ”ހޭ […]
ހަމަ އެވަގުތު ޝާޔަން އަދި ނައިލްއަށް ނަޒަރު ހުއްޓައިލައިގެން މީހަކު ހުރިކަމެއް ޝާޔަން އަދި ނައިލްއަށް ވެސް ނޭންގެއެވެ. ޒީނާ ޝާޔަންއާއި ނައިލްއަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރުގައި މޫނުމަތިން ފެންނަން ހުރީ ނުރުހުމުގެ ކުލަވަރެވެ. ޒީނާގެ އަތްމުށް ކެވިފައި ވީ އިރުގައި ހިތާހިތުން ޝާޔަންއަށް އެއްޗެހި ކިޔާލެވުނު އަދަދެއްވެސް ނޭންގުނެވެ. ”އަދި ދެލޯ އަދިރި އިރުގަ ވެސް ތިމާ ވަރެއް ނެތިފަ އެބަ އިނެއްނު…..ހާދަ ފޫއްސެއް ވެޔޭ…” ޒީނާ ޝާޔަންއަށް ހިތްފުރޭ ވަރަށް އެއްޗެހި ކިޔައިލަމުން […]
ނަމަވެސް ތަގުދީރު ނިޔާކޮށްފައި ވާގޮތެއް ނައިލްއަށް އިނގޭނީ ފަހެ ކިހިނެއް ހެއްޔެވެ؟….ނައިލްގެ ހިތް ހީވީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ. ނައިލް ރިޔާޒްއަށް ބަލަމުންގެންދިޔަ އިރުގައި އެއީ ސަމާސާއަކަށް ވޭތޯ ދުއާކުރެވުނު އަދަދެއްވެސް ނޭންގެއެވެ. ނައިލް އެހެން ހުއްޓާ ރިޔާޒުގެ ފަހަތުން ވަދެގެން އައި ރަޝާ ޝާޔަންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ޝާޔަން އިނީ އިސްޖަހާލައިގެންނެވެ. ނައިލްއެކޭ އެއްފަދައިން ނާއިރާވެސް އިނީ ރިޔާޒު ބުނަންއުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ. އެތަނުގައި އެވަގުތުގައި ތިބި އެންމެންގެ މޫނުމަތިން ވެސް […]
ދޮރުންވަދެން އައި ޝާއިންއާއި ނައިލް ދިޔައީ ސިއްސައިގެންނެވެ. ޝާއިންގެ ފަހަތުން ވަތް ނައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޝާއިން އަށްވީގޮތްފެނިފައެވެ. ނާއިރާއަށް ނައިލްކަމަށް ހީކޮއް ފުއްބާލަދީއެއް މިޖެހުނީ ޝާއިންގަޔަށެވެ. ނައިލްއާއި ޝާއިންގެއަށް އައިތަން ނާއިރާއަށް ފެނުނު އިރުގައި ޝާއިންވެސް ނައިލްއާއި އެއްކޮއް ގެއަށް ވަދެދާނެ ކަމަކަށް ނާއިރާއެއް އެއްގޮތަކަށްވެސް ހީއެއްނުކުރެއެވެ. ނައިލްއަށް ދޭންއުޅުނު ލަނޑު މިދެވުނީ އެހެންމީހަކަށެވެ. ނާއިރާހުރީ ގަތްލަދުން އިސްއުފުލައި ބަލައިލަން ވެސް ނުކެރިފައެވެ. ”އަމް ސޯސޮރީ……ގަސްތުގަ ކުރިކަމެއް ނޫން……އަހަރެން ހީކުރީ ދޮންބެ ކަމަށް…….” ނާއިރާހަމަ […]
ޝާޔަންގެ ލޮލުން ކަރުނަ އަންނަންފެށީ އެއްވެސް އިހްތިޔާރަކާނުލައެވެ. ދާދި ދެންމެ ޝާޔަންގެ މަންމަ އާއި ބައްޕަ ދެއްކި ހުރިހާ ވާހަކަ އެއްވެސް ޝާޔަންއަށް އަޑުއިވުނެވެ. ޝާޔަން އެންމެބޮޑަށް ދެރަވަނީ މަންމަ އާއި ބައްޕަ ޝާޔަން އާއިމެދު ވިސްނާ ހާސްވާވަރު އިނގޭތީއެވެ. ޝާޔަން ކިތައްމެދެރަވިއަސް ވެސް މަންމަމެން ކުރިމަތީގައި ބޭރުފުށުން އެކަން ނުދައްކާވޭތޯ ބަލަނީ އިތުރަށް މަންމަމެން ދެރަކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ޝާޔަންއެކަނި ވާގަޑިތަކުގައި އަމިއްލަ ހާލަތާއި މަންމަމެންނާއި ދޭތެރޭގައި ވިސްނާލާ ކޮންމެފަހަރަކު ލޮލުންކަރުނަ ހިލެއެވެ. ޝާޔަންއަށް ނިދުނީ […]
އެޒުވާނާވެސް ތެދުވެ ގައިގައިހުރި ވެލިތަށް ފޮޅާލަމުން ބަލާލިއިރުގައި ދެބުމަވަނީ ގޮށްޖެހިފައެވެ. ނަމަވެސް އެއަންހެންކުއްޖާ ބަލަންހުރި ލޯބި ގޮތުން ޝާއިންގެ ރުޅިމުޅިންހެން ފިނިވެގެން ދިޔައީ ކިހިނެއްކަމެއްވެސް ނޭންގުނެވެ. ނާއިރާގެ ފަންއިސްތަށިގަނޑު ތެމިފައި ހުރުމުން އެއްބައި އިސްތަށިތަށް މޫނުގައި ތަތްލައިފައި ހުރުމުން ނިކަން ރީއްޗެވެ. ލައިގެންހުރި ހެދުންތެމިފައި ވުމުން ހަށިގަނޑުގައި ހިފައިލައިފައި ހުރިގޮތުން އެޒުވާން ހަށިގަނޑުގެ ރީތިބައްޓަން ހާމަ ވަމުންދިޔައެވެ. ޝިއާންއަށް ހުރެވުނީ އެއަންހެންކުއްޖާގެ ރީތިކަންފެނިފައި ހިންދިރުވާލަންވެސް ނޭންގިފައެވެ. ކުރިމަތީގައި ހުރިޒުވާނާ އެއްވެސް އެއްޗެކޭ ނުބުނެހުރުމުން ނާއިރާ ކުރިން ބުނި […]
އެއަންހެން ކުއްޖާ ދިޔަ އިރުގައިވެސް ނައިލްގުރީ އާނގަމަ ވެފައި ބަލާށެވެ. ފުރަތަމަނަޒަރުންވެސް ނައިލްގެ ހިތަށްގޮތް ތަކެއްވެގެންދިޔައެވެ. ނާއިރާއަށް ނައިލްއަށް ވީގޮތް ފެނުމުން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނާއިރާ ހީހީ ވަރުބަލި ވީ އިރުގައިވެސް ނައިލް އެހުރި ގޮތަށް އެއަންހެން ކުއްޖާދިޔަ ދިމާއަށް ބަލަންހުއްޓެވެ. ނާއިރާ ނައިލްގެ ގައި ނިކަން ބާރަށް ވިކާގަތެވެ. ނާއިރާގެ މި އަމަލުން ނައިލް ދިޔައީ ސިއްސައިގެންނެވެ. ނައިލް ނާއިރާ އާއި ދިމާއަށް ކަޅިއަޅާލަމުން ނާއިރާ ވިކާގަތް ތަނުގައި ފިރުމާލިއެވެ. ”ހެއްހެހެހެ….ސާބަސް އިނގޭ ދޮންބެއަށް……ތަނަކުން […]