ޔާނީއަށް ކޭކު ލަވަން އުޅުން މުލައިލް ގެ ގައިން ވަރުދޫވާހެން ހީވިއެވެ. ނަމަވެސް ކެތްކުރަމުން ގެންދިޔައީ އޭނާއަށް ގޮތެއްވެއްޖެނަމަ އެންމެން ހާސްވާނެ ކަން އިނގޭތީއެވެ. ނަމަވެސް މުލައިލްއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން އަތުގައި އޮތް ކޭކު ކޮޅާއެކު ހޭނެތިގެން ބިންމައްޗަށް ވެއްޓުނީއެވެ. އެންމެންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. “މުލައިލްލްލްލްލް…………” އިވިގެން ދިޔައީ ޔުސްރާގެ އަޑެވެ. ހޮސްޕިޓަލް ކުރިމައްޗަށް މަޑުކޮށްލި އެމްބިއުލާންސުން ބޭޅުމަށްފަހު މުލައިލް ވަގުތުން އަވަސް ފަރުވާ ދޭތަނަށް ވެއްދުނެވެ. ކޯޓެއް ލަމުން ޔުސްރާ އަދި ޝިފާންވެސް […]
އަވަންގެ ބެލްގެ އަޑު އިވުމާއެކު ދެމީހުންގޮސް އަނެއްކާވެސް ބަދިގެއަށް ވަނީ ކޭކު ފިހެވިފައި ވޭތޯ ބެލުމަށެވެ. އޭރު އެމީހުން އެޅި ލާވާ ކޭކު ވަނީ ފިހެވިފައެވެ. ޔާނީ ދެތައްޓަށް ކޭކު ލުމަށްފަހު ޓެރަހަށް ގެންދިޔައީ ފިނި މާހައުލެއްގައި ކެއުމަކީ އޭނާ އަބަދުވެސް ހިތްހަމަ ޖެހޭ ކަމަކަށް ވާތީއެވެ. ފަހަތުން މުލައިލްވެސް އެރީ ދެތަށި އައިސްކްރީމް ގެ އިތުރަށް ފައިލުތަށް ހިފައިގެންނެވެ. ކުޑައެއްޖަހާފައިވާ މޭޒެއްކައިރީ އިށީންނަމުން މުލައިލް ފައިލްތައް ހުޅުވާލިއެވެ. އޭރު ނޭންގޭ ބާރު މިނެއްގައި ދެހިތްވެސް ތެޅެމުން […]
“އިއްލު މިޔަދު ކާރަށް އެރީ!!! އެކަމް ދުވަހަކުވެސް ނާރަމެއްނު. އެޔަށް ފޯބިޔާ ހުރޭނު؟؟” އެބުނީ ވެސް ތެދެކެވެ. މުލައިލް އަކީ އެއްވެސް އިރެއްގައި ކާރަށް އަރާ ކުއްޖެއް ނޫނެވެ. މުލައިލް ކާރަށްއަރަން ބިރުގަނެއެވެ. މުލައިލްއަށް ވެސް އެކަމާ މެދުވިސްނާލެވުނެވެ. ނަމަވެސް ކާރަށް އަރަން ބިރު ގަންނަން ޖެހޭ ސަބަބެއް ދުވަހަކުވެސް ނުވިސްނެއެވެ. “އެވާނީ ޔާނީ އަށް އެހެންވީމަ އަހަރެން ހާސްވެފަ ހުރި ވަރުން ކަމަށް. ” އެއްމިޔަކަނުން ހީލަމުން މުލައިލް އެހެން ބުނެލުމާއެކު ޔާނީއަށް އުފަލުން ހަޅޭއްލަވައި […]
“އޭ!!!! ބުނާނެ މަށޭ ހުވަފެން ބަލަނީ. ތިއޮއް އަނގައިން ސޮނި ފައިބަނީ..ހޭލާ.!!!” ޔާނީގެ ނިއްކުރީގައި ޖަހާލަމުން މުލައިލް ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޔާނީވެސް އަމިއްލަ މޮޔަކަމާމެދު ހެމުން މުލައިލްގެ ފަހަތުން ދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި އަލާނިޔާގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ. ދިވެހި ރިޕޯޓު އެންމެ ފަހަށް ބޭއްވުމަށްފަހު މުލައިލް އެންމެ ފުރަތަމަ ވެސް އުޅެންފެށީ އެންމެ އަވަހަށް ހަވާލް ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގައެވެ. ޔާނީވެސް ޓެސްޓުތައް ފެށުމުގެ ކުރިން ފިލާވަޅުތައް ދަސްކުރަން […]
ކެންޓީނުގައި މިޔަދު އެމީހުންގެ މައުލުއަކަށްވީ އެވާހަކައެވެ. މުލައިލްއަދި ޔާނީ ދޮގު ހެދިކަން އިނގުމާއެކު ދެންތިބި މީހުންވެސް ވަރަށް އެއްޗެހި ކިޔާލިއެވެ. “އޭ ނިލްއަށްވެސް އިނގޭ.” ޔާނީ ނިލްވެސް ބައްދާލިއެވެ. އެޔާއެކު އެންމެންވެސް ހައިރާންވެފައިތިބެވެސް ނިލް އާދިމާއަށް ވެސް އެއްޗެހި ކީ އެމީހުންކައިރީ ނުބުނުމުންނެވެ. ނިލްވެސް ހީލަހީލާ އިނީއެވެ. “އޭ ތިއެއް ނޫނޭ. މަ މިއުޅެނީ ކަޑަކަމެއް ވެގެން. މަގޭ ދައްތަ ބޭރު ގަ ކިޔަވަން ހުއްޓާ އެކްސިޑެންޓެއް ވެގެން އެނަގެ މިހާރު ޕޯސްޓް ޓްރައުމަޓިކް ޑީސްއޯޑާ ހުންނާތީ […]
މުލައިލްގެ ދުވުމަކަށް ބަދަލެއް ނާދެއެވެ. މުލައިލްގެ ފަހަތުން ބޮޑު ކަތިވަޅިއެއް ހިފައިގެން އެމީހަކު ދުވަމުން ދިޔައީ މުލައިލްގެ ދުވަސްދުއްވާލުމަށްކަން ވަރަށް ރަނގަޅަށް އިނގެއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށް ދުވަމުން ދިޔަ މުލައިލް ވެއްޓުނެވެ. ދަންވަރު ގެ އަނދިރި ވަގުތު ކަމުންނާ ޖަންގައްޔެއްގެ މެދުގައި ކަމުން ތަނެއްދޮރެއް ވަކި ވަނީކީވެސް ނޫނެވެ. އިސްއުފުލާ މުލައިލް ކުރިއަށް ބަލާލިއެވެ. ދެންމެ ފެންނަން އޮތް މަގެއް މިހާރަކުނެތެވެ. އެނާ އެވަނީ ބައިވަރު ގަސްތަކެއްގެ މެދުގައެވެ. އެގަސްތައްވެސް ފެންނަމުން ދިޔައީ އަރާކާއެއްޗެހިތަކެއް ފަދައިންނެވެ. […]
އެއްމިޔަކަމުން ހީލަމުން ދަބަސްއަޅުވާލަމުން ބޭރަށް ނިކުތް މުލައިލްގެ ލޮލުގައި ރީތިވެލައިގެން ހުރި ޔާނީ އަޅައިގަތެވެ. ކަޅުކުލައިގެ ސްކަރޓާއެކު ފެހި ގަމީހުގެ އަޑިން މުލައިލްފަދައިން ކަޅުކޯޓެއް ލުމަށްފަހު ހަމަ އެފަދަ ޓައީއެއްވެސް އަޅާފައި އޮތެވެ. އެދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައިވީއިރު ޔާނީފެންނަނީ ވަރަށް ތާޒާކޮށެވެ. “ކޮން ވަހެއް އެދުވަނީ؟ ޗީ ޗީ…ޔާނީ..ކޮންކަހަލަސެންޓެއްތަ ސްކޫލަށް ދާއިރު ދެން ތި ޖެހީ..ބްލެހް” މުލައިލް ދިޔަ ގޮތަށްގޮސް ޔާނީއާ ބެހިލިއެވެ. ނަމަވެސް މުލައިލްގެ އަޑުވެސް އެހުމެއްނެތި ޔާނީ ނިކުތީ ބޭރަށެވެ. “ހޭއި. […]
ކޮޓަރީގެ ފާރުތަކުގައި ލެވިފައިވަނީ ކަޅުކުލައެވެ. ހުދުކުލައިން ކޮންމެސް ވަރަކަށް ކުރެހުންތަކެއް ކުރަހާފައި ހުއްޓަސް އެކޮޓަރީގައި ގިނައީ މުޅިންވެސް ކަޅުކުލައިގެ އެއްޗިއްސެވެ. ފަރުނީޗަރުން ފެށިގެން ސީލިންގަށް ދާންދެން ކަޅުކުލަހުރިނަމަވެސް ނަމަވެސް އެއިން ކޮންމެ އެއްޗެއްގައިވެސް ކޮންމެސް ވަރަކަށް ހުދުކުލަ ހުރެއެވެ. އެހެން ކޮޓަރިތަކުގައި ހުންނަ ފަދައިން ފަންކާއެއް ނުހުރެއެވެ. ނަމަވެސް ފިނިކުރުމަށް އޭސީއެއް ހުއްޓެވެ. ކޮޓަރީގެ ތަރުތީބު ކަމާ ފުރިހަމަކަމުން ޝާހީ ގޮތެއް ހުއްޓެވެ. ތުވާލިކޮޅެއް އަނދެލައިގެން ހުރެ ފާހަނައިން ނިކުތް ޒުވާނާގެ ހަށިގަނޑަށް އެތަކެއް ކުދިންގެ ހިތްތަށް […]
ލައިތް ކޮންމެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައީތީ އަލާނިޔާ ގުދުވެލިއެވެ. މަޑުމަޑުން ލައިތްގެ އަޑު ފޯރިއެވެ.”ތި މޭކަޕް ތަށް ހުރި ފާޑުން ހީވަނީ ފުރޭތައެއްހެން. ޑޮކް ވެސް ލާނީ މިތަނަށް ވެއްދީ ތިހުރި ސިފައިން ބިރުން ކަންނޭންގެ.” ހެއުމުގެ ތެރެއިން އަލާނިޔާ ލައިތްގެ ކޮނޑުގައި މަޑުމަޑޫން ޖަހާލިއެވެ. އަދި ލޯނިބް ފުރިގެންވީ ބެލުމަކުން ބަލާލިއެވެ. ކުއްލިއަކަށް ލައިތް ތެޅެން ފެށިއެވެ. އަދި ލައިތްގެ ލޯ މެރުނެވެ. މެށިނަތަކުން ވެސް ބާރު އަޑުތަކެއްގޮވަމުން ދިޔައެވެ. އަލާނިޔާއަށް […]