I am veryy sorry to say that due to personal reasons i wont be able to upload my story. Varah bodah sorry. Ingey bunaa bahuga ithubaarehnei kan ves. Ekm ves accept my apology. In sha allah story ge emme fahu bai upp vaani Saturday ga Sorry again ?????
އެމީހުން އެންމެން އެއްކޮށް ފުރަތަމް ރެންސްޓޯރެންތަކަށް ދިޔައީ ސައި ބޯލާށެވެ. އެޔަށް ފަހު ހަތަރު ކުދިން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ރުއާ ދާންޖެހިގެން ދިޔައީއެވެ. އެވާނީ ޖޮނަތަންގެ ކަމެއްކަމަށް އަލާނިޔާމެން ނިންމިއެވެ. އެއީ މާކުރިން ވެސް އެމީހުން ރާޥާފައި ވާގޮތަށް ވާތީއެވެ. ލައިތް މަޑުން އިނދޭ ޔުސްރާއަށް މެސެޖެއް ކޮށްލިއެވެ. އެޔާ އެކު ޔުސްރާ ހަޅޭއްލަވައި ގަނެފައި ނުވާނެއޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަލާނިޔާ ސިއްސައިގެން ގޮސް ގޮނޑީންވެސް ނުވެއްޓުނީ ކިރިޔާއެވެ. “ތި ކޮން ހަޅޭކެއްތަ […]
ހަޅޭއް ލަވައިގަތުމަށް ފަހު ރުއާ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. އޭރު އަލާނިޔާ އިނީ ދެންމެ ރުއާގެ ފޯނުން ފެނުނު ނަންބަރާ މެދު ވިސްނާށެވެ. އެގޮތަށް ރުއާ ފުންމާލުމުން ލައިތްމެންނަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާން ކަމެކެވެ. އެމީހުން ތިރިއަށްވެސް ފޭބިއެވެ. ނަމަވެސް އެކަކުގެ ހިލަމެއްވެސް ނުވިއެވެ. މާވަރަކުން ދެން ހޯދަން ނޫޅުނީ އެމީހުންގެ ހަގީގީ މަގްސަދު ހާސަލި ކުރަން ހަމަޖެހިފައިވަނީ ދެން އަންނަ ހުކުރު ދުވަހުގެ ރޭކަމަށް ވާތީއެވެ. ތިން މީހުން މައްޗަށް އެރިވަގުތު ނޯޓެއް ފެނުނެވެ. […]
“އަހަރެން ހުންނާނީ އެތަނުގެ ސީސީޓީވީ ނަގާފަ. އެކަމު އޭނަ އަޑުއަހާ ޑިވައިސްއެއް ނުފެނޭ އަދި. އެހެންވީމަ އަނގައިން އެންމެ ބަހެއް ބޭރު ކުރިޔަސް ބަސްޓް ވީ…ގުޑް ލަކް.” ލައިތް އަލާނިޔާއަށް ހަދަންވީ ގޮތް ބެނެދިނުމާއެކު ހިތް އަވަސްވެފައި ހުރެވެސް އަލާނިޔާ ހީލިއެވެ. އަދި ހެދުން މަތިން ޖިލްބާބްލުމަށްފަހު މޫނުފޮތިކޮޅުއަޅާލަމުން މުލައިލްމެންގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ފަހަތުން އަންނަ މީހާގެ ހިލަމެއްވެސް ނުވާ ހާލުއެވެ. ގޭގައި މަޑުކޮށްގެން ހުރި ޔުސްރާއަށް މަޑަކުން ނުހުރެވެއެވެ. ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލާ […]
ކުރިޔަށް ފިޔަވަޅެއް އަޅަން ފައި ނެގި އަލާނިޔާއަށް ހުއްޓެވުނީ އަޅުވައިގެން ހުރި ދަބަސްތެރެއިން އެއްޗެއް ވައިބްރޭޓް ވުމުންނެވެ. އެޔާއެކު ބެލެންސް ކަޓައިގެން އަލާނިޔާ އިތިފުށަށް ޓެރަސް މައްޗަށް ވެއްޓުނެވެ. އަލާނިޔާ ވީ ތަކަށް ނުބަލާ އޭނާގެ ދަބަހުގައި ހުރި ހުރިހާ އެއްޗެއް އެއްކޮށް ވަރާލިއެވެ. އެޔާއެކު އޭނާޣެ ފޯނު ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ނަމަވެސް އެޔަށް ވުރެ އަލާނިޔާ ހއިރާން ވީ ދަބަސް ތެރޭ އޮތް ކުޑަކުޑަ ފޮތް ފެނުނީމައެވެ. އޭނާއަކީ އެއް އިރެއްގައިވެސް އެކަހަލަ […]
“ލައިތް. އަމް. އެގޭގަ އޮތް ހޭންޑް ބޭންގެ ބަލާ…”އަލާނިޔާ ފަކީރުގެ އަޑު ނުވެސް ނިކުމެއެވެ. އެކަނިވާ ހުރިހާ ވަގުތެއްގައި ރޮއެރޮއެ އެފަކީރު ވަނީ ބަލިވެފައެވެ. ލައިތް އަލާޏިޔާ ދިޔުން މަނާކުރިއެވެ. އަދި ސިނާއަށް ގުޅާލުމަށްފަހު އެ ގެނަސްދިނުމަށް އެދުނެވެ. ދެން ހަގީގަތް ފަޅާއަރާކަށް ގިނައިރެއް ނޯންނާނެތާއެވެ. ނަމަވެސް އޭގެ ކުރިން އެ އެންމެ ސަލާމަތުން ތިބެންވެސް އެބަޖެހޭ ނޫންހެއްޔެވެ؟ ފަނަރަ ވަރަކަށް މިނެޓު ފަހުން ސިނާ އަލާނިޔާގެ ދަބަސް ހިފައިގެން އައެވެ. އަލާނިޔާ އޭތި އަޅުވާލަމުން ފޯނު […]
ޔުސްރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެ މީހާ ހޯދަންދިޔަ ދުވަހެވެ. އެދުވަހު އެ މީހާވެސް ބުނީ އެއީ އާލް ކަމުގައެވެ. އެހެންވިރު އެއީ އަލާނިޔާއަށް ވެދާނެކަމަށް ޔުސްރާގެ ހިތްބުނެލިއެވެ. އެއީ ކުރީގައި އަލާނިޔާ އަމިއްލަޔަށް ކިޔާ އުޅުނީ އާލްކަމަށް ވުމުންނެވެ. “ލާނީ… އެކަހަލަ މީހުންގެ ގައިތެރޭގައި އެކި އެކި މީހުން އުޅޭނެހެން ހީވާނެ. އެކަމަކު ހަގީގަތަކީ އެމީހާގެ ސިކުނޑީގަ އަސްލު އެމީހުންގެ ކަންކަން ނަގައިގަނެފަ ހުންނަކަން.އަހަންނަށް ހީވަނީ ލާނީގެ ރޫ މަރެއް ނުވޭހެން. ލާނީ…އެއީ ރޫ..ރޫއަށް […]
“މަރީ…ކިހިނެއް…ކީއް..ކުރަނީ…” ޖޮނަތަން ބިރުންހުރެ އަހާލިއެވެ. އެވަގުތު މަރީ އޭނާއަށް ދިމާއަށް ދަހިވެތި ނަޒަރަކުން ކަޅި އަޅައިލަމުން ފުނަމައިގެން ތެދުވިއެވެ. ސިއްސައިގެން ދިޔަވަރުން ޖޮނަތަން ފާޑަކަށް ވެއްޓުނެވެ. “މް..މް..މަރީ…” މަޑުމަޑުން އޭރު މަރީ އޭނާޔާ ދިމާއަށް އާދެއެވެ. “ކޮން މަރީއެއް. އަހަރެން މީ ކާސިމު” ************************************************************ ޖޮނަތަން އޭނާގެ ހިޔާލި ދުނިޔެއިން ނިކުމެ ހަމަޖެހިލިއެވެ. އެރޭ މަރުނުވެ އޭނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނަމަވެސް ޖޮނަތަންގެ ހިތްވަރުން އޭނާގެ ދަރިފުޅަށް ޖެހިފައިވާ ބަލި ދެނެގަތެވެ. އެއީ އާދައިގެ ބައްޔެއް […]
ވަރަށް ބުރަ މަސައްކަތަށްފަހު އެންމެ ފަހުން ޝިފާން ފެނުނީ ބާރަޖަހަން ގާތްވެފައި ވަނިކޮށެވެ. އޭރުވެސް އޭނާއިނީ އެބުނާ ރައްޓިއްސެއްގެ ގޭގައެވެ. ޝިފާން ފެނުމާއެކު ލައިތް ދިޔަގޮތަށްގޮސް ޝިފާންގެ ގިރުވާނުގައި ހިފާ ބާރު ކޮށްލިއެވެ. “ކަލޭ…ލާނީ ކޮބާ!!” ލައިތް ހީވީ ޝިފާން ކާލަން އުޅުން ހެނެވެ. އެންމެ ފަހުން އެދޭތެރެއަށް ވަންނަން ޖެހުނީ ލައިތް އާއެކު އައި އެރަށޔގައި ޕެޓްރޯލުކުރަން އުޅުން ފުލުހުންނަށެވެ. ޝިފާންގެ ގައިން ދޫކޮށްލުމަށްފަހުވެސް ލައިތް ހަމަޔަކަށް ނޭޅެއެވެ. މުލައިލްވެސް ހުރީ ނުހަނު ރުޅިގަދަވެފައެވެ. ނަމަވެސް […]