އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މުލައިލްގޮސް ޔާނީގެ އަތުގައިހިފާ ކޮޅަށް ނެގިއެވެ. އަދި ބާރަށް އެހަށިގަނޑުގައި ބައްދާލިއެވެ. “ޔާނީ..ރޮއެ. އިޓްސް އޯކޭޓު ކްރައި. ޔާނީ…އަހަންނާއެކުގައި މިހިތާމަތައް ތަހައްމަލު ކުރޭ…ހެޔޮނުވާނެ…ކްރއި ވިތް މީ…” މުލައިލް ޔާނީއާ އެތއްވާހަކއެއް ދެއްކުމުން ހުރިހާއޮރު ޔާނީ ހިފަހައްޓައިގެން ހުރި އިހުސާސްތައް ބޭރު ކޮށްލިއެވެ. އެޔާއެކު މުލައިލް ޔާނީގެ އަތުގައި ހިފައިގެން އެތަނުން ނެރުނެވެ. “ޔާނީ…ރުއިމަކީ މައްސަލައެއް ނޫން..އެކަމް ބުނެއެއްނު، މަރުވެފަ އޮންނަ މީހާއަށް އަޑު އިވޭނެޔޭ..މަންމަ ކިހާ ދެރަވާނީ ޔާނީ ތިހެން ރުއިމަ. […]
ގެއަށް ވަނުމާއެކު ޔާނިލާއަށް ހުއްޓުން އެރީ ކުރިމަތިން ޔުސްރާ ފެނުމުންނެވެ. ޔުސްރާއަށް އޭނާ އެހާ ހާމަކަން ބޮޑުގޮތެއްގައި ފެނުނު މިއީ ފުރަތަމަ ފަހަރުކަމުން ޔުސްރާއަށް ހުރެވުނީއެވެ. ޔުސްރާގެ ދޫ މަޑުމަޑުން، ލަސްލަހުން ހަރަކާތް ކޮށްލިއެވެ. އެހެނަސް އަޑެއް ނާދެއެވެ. އަނެއްކާވެސް ޔުސްރާ އަނގަ ތަޅުވާލިއެވެ. “ރުއާ…!!!!!!” އެވަގުތު ޔާނިލާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “ހަނދާން އެބަހުރި ދޯ؟!!!” ޔުސްރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޔާނިލާ މާހުށިޔާރެވެ. ދިޔަގޮތަށްގޮސް ޔުސްރާގައިމައްޗަށް ޖެހިގަތެވެ. ލިބުނު ސިހުމާއެކު ޔުސްރާ ބިންމައްޗަށް ވެއްޓުނެވެ. […]
މުލައިލް ގޮސް ބެލްކަނި ކައިރީ މަޑުކޮށްލިއެވެ. އެސިކުނޑިވަނީ ހިޔާލުތަކުން ފުރިފައެވެ. ޔާނީލާގެ ހިޔާލު ތަކާ ޔާނީގެ ހިޔާލުތަކެވެ. އެ ގޮތް ނޭންގޭ އަދި އެމީހުންގެ މަރަށްދަހިވެތި ވެފައިވާ މީހާގެ ހިޔާލުތަކެވެ. އަލާނިޔާ އަދި ލައިތްގެ ހިޔާލުތަކެވެ. އޭގެތެރެއިން ވެސް އެންމެ އުނދަގޫ ވަމުން ދިޔައީ ޔާނިލާ އަދި ޔާނީގެ ގާތުގައި ހުންނަ އިރު އެވާ ތަފާތު އިހުސާސްތަކުގެ ސަބަބުންނެވެ. އެންމެ ފަހުން މުލައިލް ނިންމީ އެ ދެއިހުސާސަކީ ލޯބި ކަމަށެވެ. “ނިލް ދެކެއަހަރެން ވަނީ ލޯބި.. ޔާނީ […]
ލަވަނިމުމާއެކު ހުރިހާއެންމެންތަކުގެ އަތްތިލަ ބަޑީގެ އަޑު އިވެން ފެށިއެވެ. އަނެއްކާވެސް އެދެމީހުން ފެށީ އާލަވައެކެވެ. ކެތް ނުގެން އެންމެ ފަހުން ޔާނީ ދުވެފައި ހޯލުން ނިކުތީއެވެ. ހަމަ އެވަގުތެވެ. ޔާނީގެ ފޯނަށް މެސެޖެއް އައެވެ. މަޑުމަޑުން އޭނާ އެ މެސެޖު ކިޔާލިއެވެ. “އެދެމީހުންގެ ޑީ އެން އޭ ދިމަލެއް ނުވޭ.” މި ވީ ކިހިނެއް ހެއްޔެވެ؟..ޔާނީގެ ބޯ ހާސްވެގެން ދިޔައެވެ. “ޔާނީ..މެސެޖު ލިބިއްޖެތަ؟..ކޮން ދެމީހުންނެއްތަ އެއީ.ހަމަ ދެމީހަކުގެ އިސްތައްޓެއް ދިނަކަސް އަހަންނަކަށް ނޭންގޭނެ ދޯ ވެގެން އުޅޭގޮތެއް؟ […]
މިވީ ކިހިނެއް ހެއްޔެވެ؟ މުލައިލް އާ ދެމީހުންގެ އުފަންދުވަސް އެއްދުވަހަކަށް ވުމަކީ އިއްތިފާގަކަށް ވެދާނެހެއްޔެވެ؟ ނުވަތަ މިކަމުގައި ވެސް ވަނީ އަޑި ނޭންގޭ ހަގީގަތެއް ބާއެވެ؟ ޔާނީގެ ބޮލުގައި ރިއްސާލިއެވެ. ފުން ވިސްނުމެއްގައި ހުރެ ކޮޓަރިއަށް ވަތް ޔާނީގެ ލޮލުގައި އެންމެ ފުރަތަމަވސް އަޅައިގަތީ ކަޅުކުލައިން ޕާރިސަލް ކޮށްފައިވާ ކުޑަ ކުޑަ ހަދިޔާއެކެވެ. ފެންވަރާ ރީތިވެލައިގެން އައިސް އެނދުގައި ހަމަޖެހިލުމަށްފަހު ޔާނީ އެ ކަނޑާލިއެވެ. “އެދެމޭ ކަލާޔާ ގާތުގާވުމަށް..” އެއީ ވާހަކައެކެވެ. ލިޔެފައިވަނީ ކާކު ކަމެއް ނޭންގުނަސް […]
މުލައިލް އާއި ޔާނީ އަކީ ގާތް ދެ އެކުވެރިންނެވެ. އަލާނިޔާ މަރުވުމާއެކު ޔުސްރާ މުލައިލް ބަލަމުން އައީ އަމިއްލަ ދަރި ޔާނީއާ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. އަހަރުތަކަކަށްފަހު މުލައިލް އޭ ލެވެލްގެ ފަހު އަހަރު ކިޔެވުމަށް ރާއްޖެ އައީ ފޮނި އުންމީދު ތަކަކާއެކުއެވެ. އަހަރުތަކަކަށް ފަހުވެސް މުލައިލް ފެނުމާއެކު ޔާނީގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އެއީ ޔާނީގެ އެންމެ ބޮޑު ސިއްރެވެ. ސްކޫލު ހުޅުވުމާއެކު މުލައިލްގެ ރީތި ކަމުގެވާހަކަ މުޅި ސްކޫލުގައި މަޝްހޫރުވެގެން ދިޔައެވެ. […]
އެންމެހާ ކިޔުންތެރިންނަށް ވަރަށް ސަލާމް. އަޅުގަނޑުގެ ވާހަކަ ފާއިތުވެދިޔަ އަހަރު ލިޔަން ފެށުމަށްފަހު ވަކި ހިސާބަކުން ހުއްޓާލައިފައިވާތީ ގިނަ ކިޔުން ތެރިން މިހާރު ވާނީ ހަނދާންނެތިފައެވެ. އަދި އެއްބައި ކިޔުންތެރިން މި ވާހަކަ ނުވަތަ އަޅުގަނޑު މަތިން ފޫހި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވުމާއެކު ވާހަކަ މިހާތަނަށް ވެފައިވާ ގޮތުގެ ހުލާސާއަކާއެކު ކުރިޔަށް ގެންދަން ވީތޯ؟ ނުވަތަ އާ ވާހަކައެއް ފަށަން ވީތޯ؟
ހުރިހާ ކިޔުންތެރިންގެ ސަމާލްކަމަށް. ކުއްލިގޮތަކަށް އަޅުގަނޑު ރަށުން ބޭރަށް ފުރަން ޖެހުމާއެކު ވާހަކަ ނުލިޔެވުމާއެކު އެއްވެސް ކޮމެންޓަކަށް ރިޕްލައި ނުކުރެވުމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ. ހުރިހާ މަސައްކަތެެއް އެކޮޅުގައި ވުމާއެކު އަނބުރާ އާދެވޭނެ ދުވަހެއް ނޭންގޭތީ މިވާހަކަ މެދުކަނޑާލަން އަޅުގަނޑު ނިންމައިފީމެވެ. މާލެ އާދެވުނުހާ އަވަހަކަށް އަލުން ވާޙަކަ ގެނަސްދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ. އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންގެ އަރިހުން މައާފަށްއެދެމެވެ.
“މިވަރުން އަހަރެން މޮޔަވާނެ. އެކަމަކު ކާކުތަ އެއީ؟؟ އަހަރެންގެ މިހީވުމަކީ ތެދެއްތަ؟ މި ސުވާލުތަކުގެ ޖަވާބު އަހަންނަށް ވަގުތު ފާއިތު ވުމުގެ ކުރިން ލިބޭނެތަ؟” މުލައިލްގެ ލޮލުން ކަރުނަ ހިލުނެވެ. **************************************************************** “މަންމާ. މިހާރު އަހަރެންގެ ކުޅިބައިވެސް އަތުރައިފިން. މިފަހަރު އެއިން އެކަކުވެސް ސަލާމަތް ވިޔަކަ ނުދޭނަން. މަންމަގެ ހައްގުގައިވެސް އަހަރެން އެ އެންމެނަށް ކުޅި ދައްކާލާނަން. ޔާނީ އެންޑް މުލައިލް.. ތި މީހުން ހީވެސް ނުކުރާނެ އަހަރެން މީ ކާކު ކަމެއް..ހަހަހަހަހަ” *************************************************************** ލަވައެއް ކިޔަމުން […]