ޑޮކްޓަރ ޒަކްޔަންގެ ގައިގައި ބައްދާލުމަށްފަހު އެތަނުން ދިޔައެވެ. ޒަކްޔަންއަށް ހުރެވުނީ އަޑުއިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. މިވީ ކިހިނެއްބާއެވެ. މި ލިބުނީ ކޮންކަހަލަ މައުލޫމާތެއްބާއެވެ. މި ހުރިހާ ކަމެއް މިކުރަނީ ކާކު ބާއެވެ. އެ ދަރިފުޅުގެ ބައްޕަބާއެވެ. ޒަކްޔަން ވެއްޓުނީ ސުވާލުގެ ވަޅުގަނޑަކަށެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އެހީވެވޭނީ ސަންޔާއަށެވެ. އަދި އިރިންއަށެވެ. އެތަނުން އެކަކުވެސް ތެދުބުނާނެބާއެވެ. ޒަކްޔަން ވިސްނާލިއެވެ. ޒަކްޔަން އޮފީހަށް ދިޔަތާ މާ ގިނައިރެއް ނުވެ ލިޝާންވެސް އައެވެ.”ސާރ. ޖައިރާ ވަޒް ޕްރެގްނެންޓް. […]
ލިޝާން ޒަކްޔަންއަށް ލިޔުނު މެސެޖު ފޮނުވާލަމުން ސައިކަލު ދުއްވާލީ ގްލޯރިއާ ޖީންސްއާ ދިމާއަށެވެ. ނިދާފައި އޮތް ޒަކްޔަން ލޯހުޅުވާލަމުން ކަންނެތްކަމާއެކު ލިބުނު މެސެޖު ކިޔާލިއެވެ. “ހައިރާ މަރުވިރޭ ޔައިޝްގެ އެގޭގަ ހުރި. އޭނަގެ ފޯނުގެ ލޮކޭޝަން އަންގަނީ އެހެން. ޒަރީން އަދި ހުސެންވެސް އެރޭ ތިބީ މާލޭގަ. އޯލްސޯ އަހަރެން އިރިން ފްރެންޑަކަށް ހަދައިފިން. މިރޭ ޔައިޝް އާ ސުވާލުކުރަން ފެނޭ” ޒަކްޔަންގެ ނިދި ފިލައިގެން ދިޔައެވެ. “އެހެންވީމަ މިހާރު ގަބޫލުކޮށްފިން އަހަރެންގެ ސޮރީ ގަބޫލުކުރިކަމަށް. ހެހެ..ރިން..އޯކޭ […]
ޔައިޝް އެތަނުން ތެދުވެގެން ދިޔައީ ރުޅިއައިސްގެނެވެ. ޒަކްޔަން އެއްވެސް ކުރިއެރުމެއް ނުލިބޭތީ އިނީ ބޯ ހާސްވެފައެވެ. ދެން ޒަކްޔަން އަނެއްކާވެސް ގެނައީ ނީރާއެވެ. “އަހަރެނަށްވެސް ނީރާއަށްވެސް އެބަ އިނގޭ ހައިރާ އެއީ ހަޝީމް އާ ޒަރީންގެ ދަރިއެއްކަން..ދެން އޮޅުވާލަން ނުހަދާ ތެދަށް ކިޔައިދީ.” ޒަކްޔަން ގެ ވާހަކައިން ނީރާއަށް ތެދުވެވުނެވެ. “ޒަރީންއަކީ ހަޝީމްގެ ލޯބިވެރިޔާ..އަހަންނާ ހަޝީމް އިނީ މަޖުބޫރުވެގެން.” ނީރާ އުކާލީ މާޒީގެ ގަނޑުތަކެވެ. “އަހަންނަށް އެންމެ ފުރަތަމަ ހަޝީމް ފެނުނީ އުމުރުން ސަތާރަ އަހަރުގަ. […]
އެވަގުތު ލިޝާން ވެސް ބޭރަށް އައެވެ. “އޭނަ ހާދަ ބަދަލުވެފައޭ ދޯ..ބުރުގާވެސް އަޅާފަ. އަހަންނަކަށް ނުވެސް އިނގުން. އެކަމު އެބައޮތް ކަމެއް. އެދުވަހު ނަރުހުންގެ ޑިއުޓީއަށް އެއްވެސް ބަދަލެއް ނާދޭ…އޭނަވެސް ދޮގު ހެދީ” ޒަކްޔަން ގާތަށް ރުޅިއައެވެ. “އެންމެން މަށަށް ދޮގު ހަދަނީ ކީއްވެތަ؟؟!!!” “ހޭއި..ހިނގާ މިސްކިތަށްދާން. ބުނީމެއްނު މިރޭ ލިބޭ ވާހަކަ. ފޯން ރިކޯޑްސް.” ލިޝާންވެސް މާޔޫސްވެފައި ހުރުމާއެކު ޒަކްޔަން އެދުނެވެ.ދެޒުވާނުން އެކުގައި ދިޔައިރު އެތައް ބައެއްގެ ލޯ އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. […]
“ހައިރާގެ ގެއަށް ރޭގަ ދިޔައީ ކޮންކަމަކު؟”ޒަކްޔަންގެ ސުވާލުތައް ހުސްނުވެއެވެ. “ދޮންތަ ގުޅީމަ.” ހައިލިޔާގެ ޖަވާބު ކުރެވެ. “ދޮންތަ ގުޅީ ކޮންކަމަކު؟” ޒަކްޔަން ލޯ ހަނިކޮށްލިއެވެ. “އަހަރެމެން ދެމީހުންގެ ދޭތެރޭގަ ކުރިން އޮތް މައްސަލައެއް. އެކަމާ މައާފަށް އެދެންވެގެން. ދެން ބުނީ މިއަދު ދެމީހުން އޮފީހަށް ދާނީ އެއްކޮށް ދޯ އޭ.” ޒަކްޔަން ހީލިއެވެ. “ދެން އޮފީހަށް ދިޔަ ގަޑީގަ އެހެންވެ ދޯ ސިޑިން ދިޔައީ..ހައިރާއަށް ގޮވަން..ދޮރު ނުހުޅުވި ދޯ؟ ހުޅުވާކަށް ނޫޅެން ތަ؟ ނޫނީ ފޯނުގަ ހުރީމަ […]
“ހޭއި ލަވް. ދެންބުނެބަލަ އޭރު ބުނަން އުޅުނުވާހަކަ. ތިހާ ހިތްތަޅުވަން ނޫޅެބަ. ހެއިލްގެ ކަންކަމުގަ އަހަރެން ވަރަށް ކެތްމަދުވާނެ އިނގޭ.” ޒަކްޔަންގެ ބަރު، ފިރިހެންވަންތަ އަޑުން ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައެވެ. “ޔަން، މަންމަ މެންނަށް ޔަން އިންޓްރޮ…” ހައިލިޔާ ގެ ވާހަކަ މެދުކަނޑާލަން ޒަކްޔަންއަށް މަޖުބޫރުވިއެވެ. “ހެއިލް. ލަވް، ވަރަށް އާރޖެންޓްކޮށް ދާންޖެހިއްޖެ. ބާއި ލަވް” ޒަކްޔަން ފޯނު ކަނޑާލިއިރު ހައިލިޔާއަށް އޭނާގެ މަންމަގެ ދިހަ މިސްޑް ކޯލާއި ބައްޕަގެ އަށް މިސްޑްކޯލު އަދި […]
ހައިރާގެ މަރުން އެންމެންނަށް ސިހުން ގެނުވިއެވެ.ރާއްޖޭގެ އެންމެ ބޮޑު ފެޝަން ކުންފުނި، ‘ފެއީރިޔާ’ ގެ ސީއީއޯ ހައިރާ އަމިއްލަޔަށް މަރުވީބާއެވެ؟ނޫނީ އެއީ އެހެން މީހެއްގެ ލާއިންސާނީ އަމަލެއްބާއެވެ؟ ޒަކްޔަންއަށް ހައިރާގެ މަރުގެ ހަގީގަތް ހޯދުމަށް ތަފާތު ގޮންޖެހުން ތަކެއް ކުރިމަތިވެއެވެ. އެއްކޮޅުން ހައިލިޔާއެވެ. އަނެއްކޮޅުން ހަގީގަތެވެ. މި ތަހުގީގުގައި ޒަކްޔަންއަށް ހާމަވެގެން ދަނީ އާދަޔާޚިލާފު ތަފާތު ހަގީގަތްތަކެކެވެ. ޒަކްޔަންއަށް ހައިލިޔާއާ ދިމާއަށް އިނގިލި ދިއްކުރެވިދާނެ ހެއްޔެވެ ؟ އިންތިޒާރު ކޮށްލައްވާ!!
ބިރުވެރި ދުވަސްތަކަކަށްފަހު ހަތަރުމީހުން އަނެއްކާވެސް އުފާވެރިކަން ހޯދިއެވެ. ނަމަވެސް ދެން އައީ ޝިފާންވެސް އަދި ޔުސްރާވެސް އެންމެ ދެރަވީ ދުވަހެވެ. ދެމީހުން ދަރިއެއް ފަދައިން ބަލަމުން އައި އަލާނިޔާ ހިތާމަވެރިގޮތަކަށް ދުނިޔެ ދޫކޮށްދިޔައީއެވެ. އެދުވަހުގެ ފަހުން ދެމީހުންގެ ހަޔާތުންވެސް ބައެއް މަދުވިފަދައެވެ. ދެމީހުން ދެމީހުންގެ ހިތްވަރަށް ވެގެން ކެތްކުރީއެވެ. ނަމަވެސް މިއަދު ޝިފާން އެވަނީއެކަނިވެފައެވެ. އޭނާއާ އެކު މިއަދު ވަނީ ހަމައެކަނި ޔުސްރާގެ ހަނދާންތަކެވެ. ****************** ހިޔާލީ ދުނިޔެއިން ނިކުމެވުނުއިރު ޝިފާންއަށް ރޮވިއްޖެއެވެ. އަހަރުތަކެއްގެ ދަތުރު ތެރެއަށް […]
“ކަލޭ ދޯ…މާ ރަނގަޅު މީހަކަށްވެގެން ކޮންމެހެން އެމީހުންނަށް ކަންކަން ކިޔައިދޭން ނޫޅިބަލަ. މިހާރު އެވީގޮތް ކިހާދެރަ. އެމީހުންނަށް ދެން ކަލޭ ނުވެސް ފެންނާނެ. އެންމެން ވެސް އުޅޭނީ ކަލޭ ހޯދަން..އަހަރެން ހުންނާނަން ކަލޭ ފަހަތުގަ. ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ…މޮޔަ ކުއްޖާ…މުލައިލްދެކެ ހަމަ އެހާ ލޯބިވޭތަ؟ އޭނަޔަށް ގެއްލުމެއް ވާން ނޭދި..އަދި ބަލާބަލަ ކިޔަނީވެސް އަލާނިޔާ އޭ…މާ ބޮޑަށްވެސް ޔަގީން ކުރެވޭނެ ތީ ކަން ރުއާގެ ދަރިޔަކީ..ތޭންކްސް އަގެއިން..” އަލާނިޔާ ވަނީ ގޮނޑިއެއްގައި އައްސާފައެވެ. އޭރު ޔާނިލާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ […]