ގެއަށްވަދެ ހަމަނޭވާއެއްވެސް ނުލެވެނީސް ފަރްހީންއަށް ފޯނެއް އައެވެ. ވަރަށް މުހިއްމު ކަމަކު އޮފީހަށް ކޮންމެހެންވެސް އައުމަށް ބުނުމުން ފޮތް މޭޒުމަތީ ބޭއްވުމަށްފަހު އޮފީހަށްދާން މިސްރާބުޖެހިއެވެ. އޭރުވެސް އެފޮތްކިޔާހިތުން ފަރްހީންއަށް ހުރެވެނީކީ ނޫނެވެ. ހިތަށްއަރަމުން ދިޔައެވެ. ” އެއީ ކޮން ފޮތެއްބާވައެވެ..” އޮފީހަށް ދިޔުމުން އެންމެ ފުރަތަމަވެސް ފަރްހީންއަށް ކުރިމަތިލާން ޖެހުނީ ޝަމްހާންއާއެވެ. އެއްފަހަރާ އެތައްސުވާލެއް އޭނާ ކުރިނަމަވެސް ފަރްހީން ހިނިތުން ވުމަކުން ފުއްދާލީއެވެ. އަދި ކުރަންއައި މަސައްކަތް އަވަސްކަމާއެކު ކުރަމުން ދިޔައެވެ. އެފޮތް ކިޔުމަށް ކެތްމަދުވެފައިވާ ހާލުއެވެ. […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އުމުރުން ނަވާރަ އަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮށްފައިވާ ފަރްހީންގެ ދުނިޔެ އަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ވހުރިހާ ވިސްނުމާ ފިކުރުތަށް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީންގެ […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާކަމެކެވެ. އުމުރުން ނަވާރައަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮއްފައިވާ ފަރްހީންގެ ދުނިޔެއަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެ ވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ހުރިހާ ވިސްނުމާ ފިކުރުތައް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީން ގެ ސަމާލުކަން ހުއްޓުނީ […]
މުޅިތަން އަދިރި ވެފައިވީއިރު އަހަރެން އަދިވެސް އޮތީ ލޯމަރައިގެންނެވެ. ލަސްލަހުންލޯ ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ވިޒާންގެ ގައިމަތީގައެވެ. އަހަރެން ކުޅެން ގެންގުޅުނު އުއްބައްތި ވެއްޓިފައި އޮތްއިރު އޭގެން ވިޒާންގެ މޫނަށް އަލިއެޅިފައިވަނީ ނުހަނު ހިތްގައިމުކޮށެވެ. ގަނޑުތަށް އެކިތަންތަނަށް ވިއްސައިގެން ގޮސްފައިވީއިރު ވަރަށް ‘ރޮމައިންޓިކް’ އެވެ. ވިޒާންވެސް އަހަރެންގެ މޫނަށް ބަލަންއޮތްއިރު އަހަރެން އެ ލޮލުގެ ތެރެއަށް ގެނބެމުންދާ ކަމުގެ އިހުސާސް ކުރެވެސް ފެށިއެވެ. އެވަގުތު އަހަރެން އަހަރެންގެ ނަފްސު ކޮންޓްރޯލް ކުރީމެވެ. އަދި ފުންމައިގެން ތެދުވީމެވެ. […]
“އޯމައިގޯޑް ތިހާ ފޯމަލް ނުވެބަލަ. އަހަންނަކީ ދެން މާ އުމުރުންވެސް ބޮޑުމީހެއްނޫނޭ. އައިއެމް 23 . އެހެން ނޫނަސް އަހަރެން އާވެފަ ފްރެންޑެއް ނެތީމައޭ އަސްލު ޕީއޭއެއް ހަމަޖައްސާށޭ ބުނީވެސް.” ލިފްޓަށް އެރުމާއެކު ވިޒާން ބުނެލިއެވެ. އަހަރެން ކިޔައިފައި ވާހަކަދެއްކުމުން ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނު ނަމަވެސް ރައްދުގައި ހިތުންވެލީމެވެ. ދާދި ގާތުގައި ވިޒާން ހުރުމުން އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެހެންކަމުން އިސްޖަހާލައިގެން މަޑުކޮށްލައިގެން ހުރީ އެންމެން ތިބިހިސާބަށް ދެވެންދެނެވެ. ހަމައެވަގުތު ހިތަށްއެރިޔެވެ. މިހަފްތާ ދާނީ […]
“މަންމާ ކައިން ގެ ނަންބަރު ލިބިދާނެތަ؟” އަހަރެން ޖެހިލުންވިޔަސް ކުރަން މިއުޅޭ މަސައްކަތް ކުރުމަށް ކައިން ގެ ނަންބަރު ބޭނުންވާތީ ބުނެލީމެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެއްވެސް ސުވާލެއްކުރުމެއްނެތި މަންމަ ވަގުތުން ނަންބަރު ދިނެވެ.މިހިސާބުން މަސައްކަތް ފެށުނީއޭ ހިތަށް އެރުމާއެކު އަހަރެންގެ ގާތަށް ހިނިއައެވެ. އަހަރެންގެ ޕްލޭން ކާމިޔާބުކުރުމަށް ކުރަންޖެހޭހުރިހާކަމެއް ރާވާ އެރޭވުން ފޮތެއްގައި ‘މިޝަން’ މިހެން ޖަހާލުމަށްފަހު ކައިންގެ ނަންބަރު ފޯނަށް އެޑްކޮށްލީމެވެ. އަދި އަހަރެންގެ އަމިއްލަ ނަމާ، ފޮޓޯ ވައިބާއިން ފޮހެލީމެވެ. ނުދަންނަ […]
“އަހަރެންގެ މުޅިއުމުރުގައި ދުވަހަކުވެސް އަހަރެން ހިތް ކިޔާކަހަލަ ކުއްޖަކާ ދިމާ ވެފަކާނެތެވެ. އުމުރުން އަށާރައަހަރު ވޭތުވެގެން ދިޔައިރުވެސް އަހަރެންގެ ‘ޕްރިންސް ޗާރމިންގް’ އެއް ފެނިފައެއް ނުވެއެވެ. ހޯދުމުގެ ޝައުގެއްވެސް މާބޮޑަކަށް ނުހުރެއެވެ. ގިނަ މީހުން ގަބޫލް ކުރާގޮތުންނަމަ އަންހެން ކުދިން އަވަހަށް މީހުންނާ އިނދެ އަވަހަށް ދިރިއުޅުމެއް ފަށަން ވާނެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކަސް ފިރިހެނަކަސް އެމީހެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދާ އޭގައި ކުލަޖެއްސުމުގެ ފުރުސަތު އޮންނަން ވާނެއެވެ. މިސަބަބު ތަކަށްޓަކާ އަހަރެން މީހަކާލޯބީގެ […]
(މީ އަޅުގަނޑު މިފަދަސައިޓެއްގަ ލިޔާ ފުރަތަމަ ވާހަކަ..އުއްމީދުކުރަނީ ކަމުދާނެކަމަށް.ކުރައްވާ ހުރިހާ ފާޑުކިޔުމެއް ވެސް އުފަލާއިއެކު ހެޔޮހިތުން އަޅުގަނޑު ބަލައިގަންނާން :)) “އަހަރެންގެ މުޅިއުމުރުގައި ދުވަހަކުވެސް އަހަރެން ހިތް ކިޔާކަހަލަ ކުއްޖަކާ ދިމާ ވެފަކާނެތެވެ. އުމުރުން އަށާރައަހަރު ވޭތުވެގެން ދިޔައިރުވެސް އަހަރެންގެ ‘ޕްރިންސް ޗާރމިންގް’ އެއް ފެނިފައެއް ނުވެއެވެ. ހޯދުމުގެ ޝައުގެއްވެސް މާބޮޑަކަށް ނުހުރެއެވެ. ގިނަ މީހުން ގަބޫލް ކުރާގޮތުންނަމަ އަންހެން ކުދިން އަވަހަށް މީހުންނާ އިނދެ އަވަހަށް ދިރިއުޅުމެއް ފަށަން ވާނެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކަސް […]