އަވަންގެ ބެލްގެ އަޑު އިވުމާއެކު ދެމީހުންގޮސް އަނެއްކާވެސް ބަދިގެއަށް ވަނީ ކޭކު ފިހެވިފައި ވޭތޯ ބެލުމަށެވެ. އޭރު އެމީހުން އެޅި ލާވާ ކޭކު ވަނީ ފިހެވިފައެވެ. ޔާނީ ދެތައްޓަށް ކޭކު ލުމަށްފަހު ޓެރަހަށް ގެންދިޔައީ ފިނި މާހައުލެއްގައި ކެއުމަކީ އޭނާ އަބަދުވެސް ހިތްހަމަ ޖެހޭ ކަމަކަށް ވާތީއެވެ. ފަހަތުން މުލައިލްވެސް އެރީ ދެތަށި އައިސްކްރީމް ގެ އިތުރަށް ފައިލުތަށް ހިފައިގެންނެވެ.
ކުޑައެއްޖަހާފައިވާ މޭޒެއްކައިރީ އިށީންނަމުން މުލައިލް ފައިލްތައް ހުޅުވާލިއެވެ. އޭރު ނޭންގޭ ބާރު މިނެއްގައި ދެހިތްވެސް ތެޅެމުން ދިޔައެވެ.
“ދެން!!!!. ނުބައި ފައިލެއް މީ. އެތަނުން މިހިރީ ފައިލުތައް އޮޅިފަ.. އެކަމް ބަލާބަ. މީ ކޮންމެސް މުލައިލް އެއްގެ ފައިލްއެއް. މީ އަހަރެމެން މި ހޯދާ މުލައިލް. މީގަ މިއޮތީ އޭނަ މަރުވި ގޮތް.” ދެމީހުން ވެސް ހައިރާންވެ އޭތި ކިޔަމުން ދިޔައީ ހަގީގަތުގައި ވެސް މީހަކު އެގޮތަށް މަރާލަފާނެ ކަމަށް ގަބޫލު ނުކުރެވޭ ހާލުއެވެ.
“ނޯވޭ!! އެންމެ ފުރަތަމަ ވަޅި ހަރާފަ އިނީ މެޔަށް، އެގޮތަށް ދިހަ ފަހަރު، ދެން އެއްކޮށް މީހާ ފަޅާލާފަ، ގައިތެރެޔަށް ބިއްލޫރި އަޅާފަ، ދެއަތް ބުރިކޮށްފަ! ހައު؟” ޔާނީގެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. މިކަން ކުރީ ހަމަ އިންސާނެއްހެޔެވެ؟ އެއީ އެމީހުން އެކިޔާ ރުއާ ބާއެވެ.؟ އަނެއްކާ އެމީހުންވެސް ކުރިމަތި ލާން ޖެހޭނީ އެ މީހާޔާހެއްޔެވެ.؟ އޭރު ދެމީހުންގެ ގައިންވެސް ހީބިހި ނަގައިފިއެވެ. “އިއްލު. މިފަހަރުވެސް އޭނަ ބޭނުންވަނީ އިއްލު ކަންނޭންގެ. ނޫން، އަސްލު އޭނަ ބޭނުންވީ އިއްލުގެ މަންމަ. އެހެންވެ އެ މުލައިލް މަރާލީ. އެކަމް ދެން ވީ ގޮތެއް ނޭންގެ ދޯ އަހަރުމެންނަކަށް. އަހަރުމެންވެސް ދޫކޮށްގެންނުވާނެ. ހޯދަން ޖެހޭނެ މިކަން. ލާނީ މަންމަގެ މަރުގެ ހަގީގަތް ވެސް.” މުލައިލް އަށް ކޮށްފައިވާ އަސަރުން ހަމައެކަނި ބޯޖަހާލެވުނީއެވެ.
ރޭގަނޑުގެ ވަތުވެވެ. ޔާނީ އިނީ އޭނާ ގެންގުޅޭ ނޯޓިސްބޯޑު އެނދަށް ލައިގެންނެވެ. “މީ ލާނީ މަމް. މެރީ ކޮށްގެން އުޅުނީ ލައިތް އާ. މުލައިލް މީ އެދެމީހުންގެ ފްރެންޑް. ދެން ރުއާ. އެކަމް އެ ރުއާ ކީއްވެބާ ލާނީ މަމް ކިބައިން ބަދަލު ހިފަން މުލައިލް މަރާލާ..އޯ މައިގޯޑް..އިނގިއްޖެ!!!” އޭތި އެއްލާލަމުން ޔާނީ ދުވެފައި ގޮސް މުލައިލްގެ ކޮތަރިއަށް ވަދެގަތެވެ. އޭރު ފެންވަރާ ނިންމާލައިން މުލައިލް ހުރީ ހަމައެކަނި ތުވާލިކޮޅެއް އަނދެގެނެވެ. މުލައިލްގެ އެ ކަސްރަތީ ހަށިގަނޑު އެހާ ހާމަ ކަން ބޮޑުކޮށް ފެނުމުން ޔާނީގެ ހިއްސުތައް ގަނޑުވި ފަދައެވެ. ގިނަ އަންހެން ކުދިންގެ ސަމާލުކަން އާއްމުކޮށް ދަމައިގަންނަ ‘ސިކްސް ޕެކް’ ފެނުމާއެކު ޔާނީއަށް ހުރެވުނީއެވެ. ހާދަހާވާ ފުރިހަމައެވެ. ނަމަވެސް ނަފްސު ހަމަޔަކަށް އަޅުވާލަމުން ޔާނީ ދެލޯ މަރާލަމުން އަނެއް ފަރާތަށް އެނބުރުނެވެ.
ފަސްވަރަކަށް މިނެޓުފަހުން މީހަކު ޔާނީގެ ކޮނޑުގައި ހިފާލުމާއެކު ޔާނީ ދެލޯ ހުޅުވާލިއެވެ. އޭރު ލާނަތް ފާޑަކަށް ހެވިފައި މުލައިލް ހުއްޓެވެ. “ސާބަހޭ. މިއޮއްފަދަ ގަޑި ކޮންކަމެއް ލައިގަތީ؟.. އެންޑް ކިރިޔާ ދޯ އަހަރެން ރޭޕް ކޮށްނުލެވުނީ. ހުރިގޮތް ފެނިފަ. ވަރަށް ވޭނު ކުދިން ރޭޕް ކުރާހިތް. ހަހަހަ” ހިނިގަނޑަކާއެކު ކުރީގެ ހަނދާނެއް މުލައިލް އާކޮށްލިއެވެ. ޔާނީގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “ދެރަކަމެއްނު. މިއައީ ވަރަށް މުހިއްމު ކަމެއް ފާހަގަވެގެން. އަސްލު ލާނީ މަންމަ ލޯބި ވީ މުލައިލް ދެކެ. އެ ރުއާ ބޭނުން ވީ ލާނީ މަމް ގެ ކިބައިން ބަދަލު ހިފަން. އެހެންވެ މުލައިލް ވެސް މަރާލީ. އެކަމު އަދިވެސް ދެން ވީ ގޮތެއް ނޭންގެޔޭ!!” ޔާނީ އޭނާއަށް ވިސްނުނުގޮތް ހިއްސާކޮށްލިއެވެ. މުލައިލްވެސް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އަދި އަނެއްކާވެސް އެފައިލްތައް ނަގާ އެނދުގައި ޖައްސާލިއެވެ. ފައިލްތައް ހާވަމުން ދިޔަ މުލައިލްގެ އަތުން ފައިލުގައި އޮތް ރަބަރު ޕެކެޓެއް ވެއްޓުނެވެ. “މީ ޗިޕެއް. ގެނެބަލަ އިއްލުގެ ލެޕް.”
އެ ޕެކެޓުނަގަމުން ޔާނީ ބުނެލިއެވެ. ދެމީހުންވެގެން އޭތި ރަނގަޅަށް ހާވާލީ ކޮންމެހެން މުހިންމު ފައިލެއް ފެނިދާނެ ކަމަކަށް ނޫނެވެ. ނަމަވެސް މުލައިލް މަރުވިއިރު ކޮށްފައިވާ ރިކޯޑިން ފެނުމާއެކު އޭތި އަޑުއަހާލިއެވެ. އަދި މުލައިލްގެ ލެޕްޓޮޕަށް ކޮޕީކޮށްލިއެވެ.”އެހެންވީމަ މީ ލޯބީގެ ކަމެއް ދޯ. އެކަމު އެމީހުންގެ މާޒީގަ ކީއްބާ ވީ؟؟ ރުއާ އެހާ ރުޅި އައިސްގެން އޭރު އުޅެން. ކޮންތާކަށްބާ އޭނަ ގެއްލުނީ. ގޯޑް!!!” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޔާނީ ބުނެލިއެވެ. ނަމަވެސް ދެން އިތުރަށް އެއްޗެއް ނުފެނުމާއެކު ދެމީހުންވެސް އެކަން ނިންމާލީ ދަންވެފައި ހުރުމުންނެވެ.
އަރައިގެން އައި އިރާއެކު މުލައިލްމެން ތައްޔާރު ވީ ސިނާއާ ބައްދަލުކުރުމަށެވެ. ޕޮލިސްޓޭޝަނަށް ދެވުމާއެކު އެންމެ ފުރަތަމަވެސް ދިމާވީ އޭނާއާއެވެ. “އަމް.. މީ 2016ވަނަ އަހަރުގެ ކޮންމެސް މުލައިލް އެއްގެ ކޭސްއެއް. އަޅުގަނޑުމެން އެހެންވެ މި ނުބަލަން. އޮޅިފަ ކަންނޭންގެ ދޯ. އެހެންވެ އަސްލު ފައިލް ބަލާ މިއައީ.” ނޭންގޭ ކަމަށް ހަދަމުން މުލައިލް ބުނެލިއެވެ. “އޯ. ސޮރީ އިނގޭ. އާދެ ދައްތަޔާ އެކު. މިފަހަރު ގެންދަން ވާނީ ރަނގަޅު ފައިލެއް.ހަހަ” ހީލަމުން ސިނާ މައާފަށް އެދުނެވެ. އަދި ރިކޯޑުތައް ހުންނަ ކޮޓަރިއަށް ދިޔައެވެ. ޔާނީވެސް އެމީހުންގެ ފަހަތުން ފައިލުތައް ބަލަމުން ދިޔައެވެ. ސިނާ ގޮސް އެފައިލު ބޭއްވީ ‘ސްޕެޝަލް ފޯސް 2016’ ލިޔެފައިވާ ކަބަޑެއްގެ ތެރޭގައެވެ. “އެންމެ ރަނގަޅު ދޯ މިތަނުގަ އަޅުގަނޑު މަޑުކޮށްލިޔަސް؟” ޔާނީ ސުވާލުކޮށްލިއެވެ. ނުހަނު ފަސޭހައިން އެކަމަށް ސިނާ އެއްބަސް ވިއެވެ.
ސިނާމެން އެތެރެއަށް ހިނގައިގަތުމާއެކު ޔާޏީ އެކަބަޑު އަލުން ހުޅުވުމަށްފަހު އޭގައިވާ ފައިލުތަށް ކިޔަންފެށިއެވެ. ހާޝިރްހެ މަރާ ނިހާގެ މަރެވެ. އަދި އެގޮތަށް މަރާލައިފައިވާ އެތައްބައެއް ފައިލެވެ. އަދި ހަމަ އެހެންމެ ރުއާ ޖަލަށް ލާފައިވާކަމުގެ ހެކިތަކެވެ. މުލައިލްމެން އައި އިރު ބޭރުގައި ހުރި ގޮނޑިއެއްގައި ޔާނީއިނެވެ. ދެމީހުން ޝުކުރު އަދާކޮށްފައި ގެޔަށް ދާން ހިނގައިގަތެވެ. “ޔާނީ ކޯޗެއް އެތަނުން ބެލީ؟” އެއްބުމަ ހިއްލައިލަމުން މުލައިލް އަހާލިއެވެ. “އިއްލު. އަހަރެމެން ކުރިމަތި މިލަނީ ވަރަށް ނުރައްކާތެރި ކަމަކާ. ރުއާ އަކީ ބައިވަރު މީހުން މަރާފައިވާމީހެއް. ހަމަ އެގޮތަށް. އޭނަ ޖަލަށްވެސް ލެވުނު. އެކަމު ތިހާމްޑޭޑް ބުނިގޮތުން ވެއްޖެޔާ އޭނަ އެތަނުން ވެސް ފިލީ. އޭގެ މާނަޔަކީ ދެހާސް ނަވާރަ ވަނަ އަހަރު އެހިނގި މަގުމަތީގެ ހާދިޡާއަކީވެސް ރުއާގެ ކަމެކޭ. ” ވަރަށް ވިސްނުމަށްފަހު ޔާނީ ބުނެލިއެވެ.
ދެމީހުންވެސް ހީކުރީ ގެއަށްގޮސް އެފައިލު ރަނގަޅަށް ކިޔާލެވޭނެކަމަށެވެ. ނަމަވެސް ގެޔަށް ވަނުމާއެކު ދެމީހުންވެސް ސިހިގެން ދިޔައީ ސަޕްރައިޒްއޭ ކިޔާ މީހުންތަކެއް ހަޅޭއްލަވައިގަތުމުންނެވެ. އޭރު ކޭކެއް ހިފައިގެން ޔުސްރާ އާދެއެވެ. ތެދެކެވެ. ދެމީހުން ދެއަހަރު ނަމަވެސް ދެމީހުންގެ އުފަންދުވަހަކީ އެއް ދުވަހެކެވެ. ނަމަވެސް ދިމާވަމުންދާ ކަންކަމާހުރެ ހަނދާނުން ކައްސާލީއެވެ. “ހެޕީ ބާރތް ޑޭ ދެކުދިން” ޔުސްރާ އަދި ޝިފާން އައިސް ދެކުދިންގެ ގައިގައި ބައްދާލިއެވެ. އެޔަށްފަހު ތިހާމްގެ އިތުރަށް ދެންތިބި މީހުންވެސް ތަހުނިޔާ ކިޔާލިއެވެ. އެންމެން އެއްވެގެން ކޭކު ފެޅުމަށްފަހު އުފާވެރި ކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. “އަމް.. މިރޭ އޮންނާނެ އޮފިޝަލް ޕާޓީއެއް އިނގޭ. ޝާމިލްމެން ހެލްޕް ވާނެ އިއްލު ރީތިވާން. ލީނާމެން ޔާނީ ރީތިކޮށްދޭނެ. ބައިވަރު މީހުން އާދޭ. ޓެރަސްގަ އޮންނާނީ އިނގޭ. ދެން ދޭ ނަމާދުކޮށްލައިގެން ރީތިވާން އުޅެން.” ޔުސްރާ ޔާނީމެން ފޮނުވާލިއެވެ.
ކޮޓަރިއަށް ވަތް މުލައިލްގެ ލޮލުގައި އަޅައިގަތީ އެނދުގައި އޮތް ޕާރިސަލްއެކެވެ. އަދި އޭގެ މަތީގައިވާ ވާ މާބޮނޑިއެވެ. “މީތި ލައިގެން ސެވެންއަށް ރެޑީވެ އިނގޭ” އޭގައިވާ ކާޑު ކިޔާލުމާއެކު މުލައިލްއަށް ހިނިތުންވެލެވުނެވެ. އަދި އޭތި ކަނޑާލިއެވެ. ކަޅާ އަޅިކުލައިގެ ކޯޓު ފަޓުލޫނު ވަރަށްވެސް ފުރިހަމައެވެ. އަޅު ކުލައިލގެ ގަމީހާއެކު ކަޅު ޓައީ އަކާ ކަޅު ކޯޓެކެވެ. ރަނގަޅަށް ބަލާލުމަށްފަހު މުލައިލް އަވަސްވެގަތީ ނަމާދު ކުރާށެވެ. ހަމައެވަގުތެވެ. އަޅިކުލައިގެ ފައިތިލައާ ހިސާބަށް އަރާހެދުން ގައިގައި ޖައްސާލައިގެން ހުރެ ކޮޓަރިތެރޭގައި ޔާނީ އެނބުރެމުން ދިޔައެވެ. މޭމަތީގައި އަޅާފައިވާ ލޭސްގަނޑުގައި ކަޅު އެސްތަކެއް ވީއިރު އެހެދުމުގައި ވި އެސްތައް ވިދަމުން ދިޔައެވެ. ނަމާދު ވަގުތު ކައިރިވަމުން ދިޔުމާއެކު ޔާނީވެސް އަވަސްވެގަތީ ނަމާދުކުރާށެވެ.
ގަޑިން އަށެއްޖެހިއިރު ޔާނީ އަދި މުލައިލް ތައްޔާރުވެ ނިމިއްޖެއެވެ. ކޮޓަރިން ނިކުތް ޔާނީއަށް މުލައިލް ފެނުމާއެކު ހުއްޓެވުނީ މުލައިލްގެ މުރިހަމަކަމުންނެވެ. އެ ކޯޓު ފަޓުލޫނުގައި މުލައިލް ފެންނަނީ ހިޔާލީ ‘ޕްރިންސްއެއް ފަދައިންނެވެ’. އިސްތަށިގަނޑު ޖެލް ލާ މައްޗަށް ހިއްލާލާފައިވާ ގޮތުން މިރޭ އެތަށް ހިތްތަކެއް ކަތިލެވިގެން ދާނެކަން ޔަގީނެވެ. އެންމެ ފާހަގަ ކޮށްލެވެނީ މުލައިލްގެ ތުންފަތް މަތީގައިވި ފުރިހަމަ ރީތި ހިނިތުންވުމެވެ. އެހިނިތުންވުމުގައި ޖާދުލެއް ވާފަދައެވެ.
މުލައިލް އަށްވެސް ވީ އެފަދަ ގޮތެކެވެ. ޔާނީގެ ފުރިހަމަކަމުން ބަސްހުއްޓިފައި ހުރެވުނީއެވެ. ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު ވިހުރެމުން ދިޔައިރު އެހެދުމުގެ ސަބަބުން ޔާނީގެ ބަށްޓަން ރީތި ހަށިގަނޑުގެ ފުރިހަމަކަން ފެންނަމުން ދިޔައެވެ. ކޮސްފައިވާ ލުއި މޭކަޕާއެކު މުލައިލްގެ ހަނދާނަށް އައީ ‘ޓޭންގަލްޑް’ ގައި އުޅޭ ރެޕަންޒިލްއެވެ. ޔާނީ އެހާވެސް ފުރިހަމައެވެ.
ދެމީހުންވެސް އަމިއްލަ ދުނިޔެއިން ނިކުމެ އެކަކު އަނެކަކުގެ އަތުގައި ހިފާލަމުން ޓެރަހަށް އެރިއެވެ. އޭރު އެތަނުގައި ފުދޭވަރަކަށް މީހުން ތިއްބެވެ. މުލައިލްމެން އައުމާއެކު އެންމެންގެ ނަޒަރުތައް އެދެމީހުންނަށް ހުއްޓުމާއެކު ޔާނީ ލަދުން އިސްޖަހާލިއެވެ. އަދި މުލައިލްގެ އަތުން ދޫކޮށްލަމުން ޔުސްރާގެ ގާތަށް ދިޔައެވެ. ޕާޓީ ފެށިގެން ދިޔައީ އިރުކޮޅެއްގެ ތެރޭގައެވެ. އެކިމީހުން އެކި ކަންކަމުގައި އުޅެންފެށި ދަނޑިވަޅުބަލާލުމަށްފަހު މުލައިލް ގޮސް ޔާނިލާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ނިލް..އަމްމްމްމް.. މިރޭ. ވަރަށް ރީތި. ނިލްގެ ހަދިޔާވެސް ލިބުނު. ތޭންކްސް އިނގޭ.” މުލައިލް އަޅައަޅައިގަންނަމުން ބުނެލިއެވެ. ޔާނިލާއަށް ލަދުން އެންމެ ބަހެއްވެސް ނުބުނެވުނެވެ. ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ތިބީ ފުންކަނޑެއްގެ ތެރެއަށް ޣަރަގުވަމުން ދިޔަ ބައެއްފަދައިންނެވެ.
އެވަގުތުކޮޅު ދެމިގެން ދިޔައީ ކުޑައިރުކޮޅަކަށެވެ. އައިނައި ތަނެއް ނޭންގި އަލާނިޔާއައިސް މުލައިލްގެ ގައިގައި ބައްދައިގަންނަމުން މުލައިލް އާ ވާހަކަދައްކަން ފެއްޓިއެވެ. އަދި މުލައިލްގެ ރީތިކަމަށް ތައުރީފު ކުރަމުން ދިޔައެވެ. މުލައިލްއަށް ކިތަންމެ އުނދަގޫ ވަމުން ދިޔަނަމަވެސް ކެތްކޮށްލައިގެން ހުރީއެވެ. އެމަންޒަރު ފެނުނީ މުލައިލް ހޯދަން އައި ޔާނީއަށެވެ. ވަގުތުން ޔާނީގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. “އިއްލު..ކޭކު ފަޅަން އަންނާށޯ. މިތާ އަނދިރީގަ ކީއްތަ ތިކުރަނީ. އާދެބަލަ. މަމް އިއްލު ހޯދާތާ ކޮން އިރެއް” މުލައިލްގެ އަތުގައި ހިފާ ގެންދަމުން ހިންހަމަ ނުޖެހިފައި ހުރެ ޔާނީ ފައްޗަކަށް އަމުނާލިއެވެ. އޭރު އަލާނިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
ކޭކު ހިފައިގެން ޔާނިލާ އަދި ހަމްނާ އައުމާއެކު ކޭކުގައި ވި ދެއުއްބައްތިއަށް މުލައިލް އަދި ޔާނީ ފުމެލިއެވެ. އެޔާއެކު އަތްތިލަބަޑީގެ އަޑު މުޅި މާހައުލުގައި ގުގުމާލިއެވެ. ކޭކު ފެޅުމަށްފަހު މުލައިލް އުޅުނީ ޔާނީއަށް ކޭކު ލަވާށެވެ. ނަމަވެސް އެކަން މަނާކުރުމަށްފަހު ޔާނީ އެކޭކުކޮޅު އަތުލަމުން މުލައިލްއަށް ލެވިއެވެ. އަނެއްކާވެސް މުޅި ތަނުގައި އަތްލިބަޑީގެ އަޑު ގުގުމާލިއެވެ. ޔާނީއަށް ކޭކު ލަވަން އުޅުން މުލައިލް ގެ ގައިން ވަރުދޫވާހެން ހީވިއެވެ. ނަމަވެސް ކެތްކުރަމުން ގެންދިޔައީ އޭނާއަށް ގޮތެއްވެއްޖެނަމަ އެންމެން ހާސްވާނެ ކަން އިނގޭތީއެވެ. ނަމަވެސް މުލައިލްއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން އަތުގައި އޮތް ކޭކު ކޮޅާއެކު ހޭނެތިގެން ބިންމައްޗަށް ވެއްޓުނީއެވެ. އެންމެންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. “މުލައިލްލްލްލްލް…………” އިވިގެން ދިޔައީ ޔުސްރާގެ އަޑެވެ.
ނުނިމޭ..
23 Comments!
Comments are closed.
here is the seventh part. aslu alhugandu beynun hurihaa kiyuntherin kibain maafah edhen cause vaahaka up nukohdhevunima. hithah araafaane excuse ey ekamaku aslu i had personnel reasons. ehen ve varah bodah sorry. in sha allah meege fahun mikahala kameh thakuraareh nukuraanan. i know hurihaa readers ves varah keitheri kamaaeku inthizaaru kuraakan. mi bai ves reethi vaane kamah ummedhu kuran. ingey thankolheh kurukan ves ekm ves liyevunima avahah mi upp kohlli. sorry again. next part tonight <3
I really appreciate ur writing skill… yuh r really talented. .. story is more than awsm… um speechless. … mi site in kiyaalan libey enme different story mee…. just luv it..
hey nikki. thanks a lot. in sha allah i’ll try to improve more and keep bringing new ideas so that u all will be pleased. i love u for this lovely comment dear <3 <3 <3
Hey seyma.
Dear mi part haadha kury and some typing mistake also..dear mi stry ge first part ilu maama vaahaka bunymennu.eii kaaku ge mom eh tha.waiting 4 next part….?????
hey.. m glad to see ur comments. thanks a lot love. ei shifaan ge. laith ge mom ves laani ge mom ves maruvefa ehnnu vi. in sha allah typing mistakes rangalhu kohllaafa dhigukohllaanan ingey. thanks for ur support <3 <3 <3
Vvv reethi
thank you <3
nice story
thanks dear <3 <3
Omggggg…mi prt ves v rythi..im looking forward to the nxt prt..and nxt part kuda kodhigu kohlahchey..i rlly like this stry..its v unique and ummeedhu kuran kuriyah onna baithah ves hama migothah rythi vaane kan..ly❤
haha.. thanks a lot mysh . in sha allah i will do my best to keep u all happy ingey. love you more <3
OMG..Dhn kihinh vaany??nxt prt whn??
uploaded. <3
Just love it and kuriyah dhaa varakah curious vani waiting for the nxt part ly?❤❤
awwnn… thanks a lot dear. lym <3
Is ur name Seyma?
Story is delicious!??
labba. its a nick name. hhaha..awwnn.. bon appetit. hhahaha
nice vvv
waiting for nxt prt
luv yuh❤❤
thanks a lot love. love you too <3
Kobaatha anehbai… next part tonight o jehyma eyrussure lolufiyaeh nujaha refresh kohla kohla mi innany… kobaatha???
omg.. u really did that? up kohffin ingey. since two parts ehdhuhun liyunima lasvi. takes a lot of time dear. hope u like this part and the next part. <3
Nice!!
thank you ?