މިއޮއްވީހާއިރު އަލާނިޔާ ރުއިމުގެ ސަބަބުން ލައިތްއިނީ ހިތްކުދިކުދިވެފައެވެ. އެކަކު ގާތު ނުބުންޏަސް އެ ނާޒުކު އަންހެން ކުއްޖާއެއީ އޭނާގެ ހިތުގެ މަލަކާއެވެ. ނަމަވެސް އެންމެ ކުރިންވެސް މުލައިލް އާހެދި އަލާނިޔާއަށް ވާވަރު ފެނުމުން ލައިތްއަށް ފަސްޖެހެވެނީއެވެ. އެހެންނޫނަސް އޭނާއެއީ އަބަދުވެސް މަޑުން ހުންނަ ކުއްޖެއްކަމުން ބުނަން ނުކެރެނީއެވެ. މިހާރުވެސް އަލާނިޔާ މުލައިލް އާހެދި މޮޔަވެފަ ހުންނަވަރުން ނުބުނެވެނީއެވެ. އެހެންކަމުން އަލާނިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކީވެސް ލައިތްއަށް ނުހަނު ވޭންދެނިވި ކަމެކެވެ. އަލާނިޔާ ކިތަންމެ ހަމަޖެހޭ ގޮތް […]
“ސަލާމް..އަހަރެން ހޯދަން ތިހުރިހާ ދަލެއް އޮހޮރުވުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުނަން. ތިހެން އެޗެހިތަށް ޑީއެކްޓިވޭޓް ކޮށް ފޯނާ ނަންބަރު ވެސް ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މިހާރު މިހުރީ ތި މީހުންގެ ހަޔާތުގަ. ދެން އަހަރެން ބޭރަށް ލުމުގެ އެއްވެސް ބާރެއް ތިއިން އެކަކަށްވެސް ނޯންނާނެ. އެންޑް ހާޝިރް އާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތަ؟ ނެތް ދޯ.. ދެން ކާކުގެ ލޭކޯރެއްބާ ހެދޭނީ.. އިންތިޒާރުގަ. ތިމީހުންގެ މަރު” ހަތަރުމީހުންގެ ގައިންވެސް ހީބިހި ނަގާލައިގެން ދިޔައެވެ. “މީ […]
އަޅުގަނޑު ލިޔަމުން ދިޔަ ވާހަކަ އެދެމޭ ކަލާޔާ ގާތުގާވުމަށް އަޕްނުވެ ލަސްވާތީ މައާފަށް އެދެމެއެވެ. ސަބަބަކީ އަޅުގަނޑަށް އޮންލައިން ނުވެވުމެވެ. ނަމަވެސް މިހާރު ދިމާވި މައްސަލަވަނީ އެޑްމިންއާ ގުޅުމަށްމަށްފަހު ރަނގަޅުކުރެވިފައެވެ. އަދި ލޮގްއިން ވެވުމުން ހުރިހާ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން އަވަސްވެލީމެވެ. އިންޝާ ﷲ އަޅުގަނޑުގެ ވާހަކަ މާދަމާގެ ވަގުތެއްގައި ކިޔާލަން ލިބިގެން ދާނެ ވާަހަކަދެންނެވީމެވެ.
އާދުވަހަކަށް އިރު އަރައިގެން އައި އިރު ރާއްޖޭގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން ވިއެވެ. ޔުސްރާއާއި އަލާނިޔާވެސް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ އަހަން ޖެހުނު ހަބަރަކީ އިތުރު މީހެއް މަރާލައިފާވާކަމަށް ބުނާ ހަބަރެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ބިރުވެރި ކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އެންމެފުރަތަމަވެސް އަލާނިޔާ ގުޅާލީ މުލައިލްއަށެވެ. ދެ ރިންގާއެކު މުލައިލްވެސް ފޯނުނެގިއެވެ. އަދި އަލާނިޔާ އެއްޗެކޭ ބުނުމުގެ ކުރިން ޔުސްރާ އާ ދެމީހުން ރަނގަޅުތޯއެއްސެވެ. އަލާނިޔާއަށް މުލައިލް ސަލާމަތުން ހުރިކަން އިނގުމުން ފޯނު ބޭއްވުމަށްފަހު […]
“މިދިޔަ އަހަރު މެލޭގަ އުޅުނީ..އަމް.. ސައިކޯޕާތް ބިހޭވިއާ އެގްޒަމިނާއަކަށް. މިހާރު ނުކުރަން ކަމެއް. މާލޭގަ އެކަހލަ މީހުން އުޅޭކަމެއް ނޭންގެ..ހެހެހެ” އެވަގުތު އެތާތިބި އެންމެންގެ މޫނުންވެސް ފެނުނީ ތަފާތު ކުލަވަރެކެވެ.”ކިހިނެއްވީ.. އަނެއްކާ އެކަހަލަ މީހަކު ދަންނަނީތަ” ހާޝިރް ސުވާލު ކޮށްލުމުން ކޮންމެ މީހަކުވެސް ވަރަށް ނުވާ ކަމަށް ހަދައިފައި ހޭންފެށިއެވެ. ހާޝިރްވެސް އެހުނުމުގައި ބައިވެރިވިއެވެ. އަލާނިޔާ އެ ގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެކިތަންތަން ބަލަމުން ދިޔައީ ޖާސޫސެއް ހެނެވެ. ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައިރު ކޮންމެ […]
ލިބުނު ސިހުމުގައި މުލައިލްއަށްވެސް ފަހަތަށް ޖެހިލެވުނެވެ. ޔުސްރާއަށް އެއީ އަލާނިޔާ ކުޑައިރުކަން ނަގައިގަނެވުނު އިރު އެންމެންވެސް ތިބީ ހާސްކަމާ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުލައިލް ވެސް މެއެވެ. ބޮކި ދިއްލުނީ މުލައިލްމެންގެ ޓީމުގެ ބަޔަކު ކުރި ނުހަނު ބުރަ މަސައްކތުންނެވެ. އޭރު އެތާ އިތުރު މީހެއް ނެތަސް ކުރިންއެ ނުބައި މީހާގެ އަތުގައި އޮތް ބުދުގައި ވަނީ ވަޅީ އަޅާ އެމުޅިއެތި ހަލާކުކޮށްލާފައެވެ. އެ އެންމެންތައް އެތަނުން ނިކުތީ މާޔޫސްވެ ހުރެއެވެ. “މިއަދުވެސް އެހެރީ އެކުޑަ ކުއްޖާގޮތަށް. […]
ޔުސްރާ ނިދަން ދިޔައިރުވެސް ވިސްނެނީ ދެން ކަންތައް ވާނެ ގޮތަކާ މެދުއެވެ. މުލައިލްމެންގެ ޓީމާ ގުޅުމަކީ މީހުން މަރަމުން އެގެންދާ މީހާ ހޯދުމަށްފަހު އެއީ ކާސިމް ތޯ ނޫނީ ޔުސްރާ ގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލު ކުރެވިދާނެ ކަމެއްކަމުގައި ޔުސްރާ ދެކުނެވެ. ފަތިހުގެ ފްލައިޓުން ފުރަން ޖެހޭތީ ދަބަސް ތައްޔާރު ކޮށްލުމަށްފަހު ޔުސްރާ ލޯމަރާލިއެވެ. ****** ފަތިހު ފަތިހާ ހޭލެވުނީ ކީއްވެކަމެއް ހުދު އަލާނިޔާއަކަށްވެސް ނޭންގެއެވެ. މިހާރަކަށް އައިސް ހުވަފެނުގައި އަބަދުވެސް ރޫ އޭ […]
“އާލް..ދެން ކިހިނެއް އަހަރެމެން ހަދާނީ..މުލް މެން ކާރިއަކުވެސް ނުބުނެވޭނެ. އަހަރެމެންވެސް އެގޮތަށްތަ މަރުވެގެން ދާނީ..ނޫން އާލް…ނޫން…އެއީ އަޅެ ކޮންކަހަލަ މީހެއް. އިންސާނުންތަކެއް ނޮޅާލައިގެން އެކި ގުނަވަންތަކޭ އެކަނީ..އާލްގެ މަންމަ އާ ބައްޕަވެސް.. ދެން އަހަރެމެން…ނޫން އާލް.. އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫން އާލްއާ ވަކި ވާކަށް އަހަރެންގެ މަންމަ….ވެސް..ނޫން……!!!!!” ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުވެސް އަހަރެމެންގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެންމެން އެންމެ ހިތްހަމަ ޖައްސާލައިގެން ނިދާވަގުތު އަހަރެމެން ދެމީހުންގެ […]
އަހަރެމެން ދެމީހުން ރޫމެން ކާރިޔައަށް ދިޔައިރު މަންމި ވެސް ހުއްޓެވެ. އަދި ލަސްނުކޮށް ގެޔައަށް ދާށޭ ބުނެ ކޮޓަރިއަށް ވަނެވެ. މުލައިލްވެސް މިރޭ އަށަކަށް ތިގޭދޮށަށް ދާނަމޭ ބުނެއެއްލޯ މަރާލަމުން ލައިތް ގޮވައިން ގެޔަށް ދިޔައެވެ. އަހަރެންވެސް ހީލަމުން ރޫގެ އަތުގައި ހިފާލައިން ގެއިން ނިކުތީ ހިތާމަތަށްހިންދާލަމުންނެވެ. އަހަރެން ހިތުން މިރޭ ވެގެން ދާނީ އުފާވެރި ރެއަކަށެވެ. އެއީ ރޫއާދެމީހުން އެއްކޮށް މަޖާކޮށްލުމަށްފަހު އެއްކޮށް ނިދާލެވޭނެތީއެވެ. ނަމަވެސް އަހަންނަށް ނޭންގުނީ އަހަންނަށް ދެވުނު ދައުވަތުގެ ސަބަބުން ކުރިމަތިވެދާނެ […]