އިއާން އެމަލުގައި އޭނަގެ ތުންފަތުގައި ޖައްސާ ބޮސްދިނުމަށްފަހު މިންހާގެ ތުނި ތުންފަތުގައި އެމަލުން ފިރުމާލިއެވެ. ލަދުން މިންހާގެ މޫނަށް ޖަންބުކުލަ ވެރިވިއިރު އިއާން ދިއްކޮށްލި މަލުގައި ހިފަމުން އަވަހަށް ދުރުވެލިއެވެ. އެވަގުތު އިއާން މިންހާގެ އަތުގައި ހިފަހައްޓާ އެއަތަށް ބޮސްދިން ގޮތުން މިންހާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ލޯބީގެ ދުނިޔޭގައި ވަގުތު ހޭދަކުރަމުންދިޔަ ދެމީހުނަށް ސިޓިންރޫމުން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވުނު އަޑުއިވި ސިހިފައި ދުރުވެލެވުނެވެ. އޭރު ފޯނެއްގައި ހުރެ މާހިލް ބޭރަށް ނުކުންނަނީއެވެ. […]
ދެލޯ މަރާ ތަގުޅިކޮށްގެން ހުރި އަޝްރާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ލުއްކެއްޖަހާ ނާއިލް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލުމުންނެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަޝްރާއަށް ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ދެލޮލުގައިވި އަސަރަކުން އަޝްރާއަށް ހިންދިރުވާލެވުނުއިރު ހިތަށް ބުނެދެން ނޭނގޭ ގޮތެއްވެގެން ދިޔައެވެ. ހިތުގެ ހިނގުން ބާރުވެ ނޭވާ ލާންވެސް ނޭނގިފައި އަޝްރާއަށް އެތޫނު ދެލޮލަށް ބަލަން ހުރެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅުން ދެމީހުންނަށްވެސް ހަމަހޭވެރިކަންވީ ހިމަފޮދު ވާރޭ ތިކިތަކުގެ އިހުސާސްކުރެވުމުންނެވެ . ތެޅިގަނެފައި އަޝްރާ ދާން […]
އިއާން މިންހާގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެން އިނެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުން މިންހާ ފެނި އިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކަޅު ކުލައިގެ އަބާޔާއަކާއެކު މަޑު ޕީޗް ކުލައިގެ ޝޯލްގައި މިންހާ ފެންނަލެެއް ނުހަނު ހިތްގައިމެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ތުނި ތުންފަތުގައި ރީތި ހިިނިތުންވުމެއްވީއިރު އެހިނިތުންވުމުން އިއާންގެ ހިތާއި ކުޅެލައެވެ. ކަޅު ކުލައިގެ ވާގަނޑު ދިގު ދަބަސް ވައަތުގެ […]
ހަރަކާތެއް ގެންނަން ނޭނގިފައި ނާއިލްއަށް ބަލަހައްޓާއިގެން ހުރި އަޝްރާއަށް ސިހުންގެނުވީ އޭނަގެ ހަށިގަނޑުގައި ނާއިލް ނުހަނު ބާރަށް ބައްދާލުމުންނެވެ. އެވަގުތު އަޝްރާއަށް ހީވީ އޭނަގެ ނޭވާވެސް އެތެރޭގައި ތާށިވީހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައިރު ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ވާނުވާ ނޭނގި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އަޝްރާއަށް ދެ މިނިޓު ވީއިރުވެސް އެހެން ހުރެވުނެވެ. ” ނާއިލް… ކީއް… ކީއްތަތިކުރަނީ…” ވާނުވާ ރޭކާލި އަޝްރާ އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނާއިލްގެ މޭގައި […]
” ދާތަނެއް އިނގޭނެ އަދި… ކަމް އެންޑް ސިޓް… ” ކާރުގެ ދޮރުފަތް ހުޅުވާލާ އެރުމަށް އިޝާރާތްކުރަމުން އިއާން މިހެން ބުނުމާއެކު މިންހާ ކާރަށް އެރިއެވެ. އިއާންވެސް ޑްރައިވަރު ސީޓަށް އަރައި މިންހާއަށް ބަލައިލާ ހިނިތުންވެލުމަށްފަހު ކާރު ދުއްވާލިއެވެ. މިންހާގެ ހިތް އަވަސްވެފައިވީ އިއާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. އޭނަގެ ހިތް ބުނަމުން ދަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަމަށެވެ. ކާރު އާދައިގެ މަޑު ދުވެެއްޔެއްގައި ދަތުރުކުރަމުން ދިޔައިރު މަދުމަދުން ނަމަވެސް އެދެމެދުގައި […]
” ނުދާނަން… އަހަރެން އެކަނިވެސް ގޮސްފާނަށް ގެއަށް… ” އަޝްރާ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ނާއިލްއަށް ފަސްދީ ގެއަށް ދިއުމަށް ހިނގައިންތަނާ ނާއިލް އައިސް ކޮށްލި ކަމަކުން ލިބުނު ސިހުމުގައި އަޝްރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނާއިލް ލުއި ފަތެއްހެން އަޝްރާ އޭނަގެ އަތްދަނޑި މައްޗަށް އުފުލާލީއެވެ. ”ނާއިލް… ހަމަ މިހާރު އަހަރެން ބަހައްޓާ… މިބުނީނު ބަހައްޓާށޭ… މީހަކުވެސް އެބަހުއްޓޭ ބަލައިގެން… ނާއިލް ހަމަ މިހާރު އަހަރެން ތިރީގަ ބަހައްޓާށޭ… ” ރުޅިވެރިކަމާއި ހާސްކަން އެކުލެވިފައިވި އަޑަކުން އަޝްރާ […]
” ކީއްވެ… އަހަރެންނަށް ވީކިހިނެއްތޯ ނާއިލް އެހާ ބަލަން ބޭނުންވީ ކީއްވެ… ކީއްވެ އެހާ ހިތްނުތަނަވަސްވީ… ކީއްވެ އެހާވަރަށް އަހަރެންނަށް ކެއަރ ކުރަނީ… ބުނެބަލަ… އަހަރެން ސަބަބު އެނގެން ބޭނުން… ” ކަރުނައިން ފުރިފައިވި ދެލޮލުން ނާއިލްއަށް ބަލަހައްޓާއިގެން ހުރެ އަޝްރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އަޝްރާގެ އެސުވާލުތަކުން ނާއިލްގެ މޫނުމަތިން ނުރުހުންވުމުގެ އަސަރުތައް ފިލާ ބުނެދެން ނޭނގޭ އަސަރުތަކެއް ވެރިވިއެވެ. ނާއިލްގެ ދެލޮލުގައިވީ ބުނެދޭން ނޭނގޭފަދަ ފުން އަސަރުތަކެކެވެ. އަޝްރާގެ ތުންފަތަށް ލުއި ހިނިތުންވުމެެއް ވެރިވީ މިފަހަރު […]
އަޝްރާ ހުރީ ހިތްހަމަނުޖެހިފައޭ ހިތާ ނާއިލް އެހުރިހާ ވާހަކައެއް ދެއްކީ ހިތާ ދެކޮޅަށެވެ. ހަގީގަތަކީ އެވަގުތުކޮޅު ވެެގެން ދިޔައީ އޭނައަށްވެސް ވަރަށް ޚާއްސަ ވަގުތުކޮޅަކަށެވެ. އެގާތް ކަމަށް މިހާރުވެސް އޭނަގެ ހިތް އެދެއެވެ. އެހެނަސް އަޝްރާގެ ހިތުގެ ހާލު ހުރި ގޮތެއް ނޭނގޭހާ ހިނދަކު އޭނަގެ ހިތުގެ ހާލު އަޝްރާގެ ކުރިމަތީގައި ހާމަކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ހިތް އެދި ގޮވަނީ އޭނަގެ އިހުސާސްތައް އަޝްރާ އާއި ހިއްސާކުރުމަށެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. އިތުރަށް ވާހަކަ […]
” ދެން އަހަރުމެން ދެމީހުން… އަހަރެމެން ދެމީހުނަށްވެސް ވަރަށް ގިނައިން ޓައިމް ސްޕެންޑް ކުރެވޭ… އަހަރެމެން ދެމީހުންގެ ދެމެދު ސްޕެޝަލް ގުޅުމެެއްތަ އޮންނަނީ… މޯރް ދޭން ފްރެންޑްޝިޕް…” އިއާން ސުވާލުކުރާ ފަދައިން އަހާލިއެވެ. އިއާންގެ އެސުވާލުތަކުން މިންހާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔުމާއެކު އިއާންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު އިއާންގެ ދެލޮލުން ޖަވާބަކަށް އެދި އިންތިޒާރުކުރާވަރު ހާމަވެގެންދެއެވެ. މިންހާ ކިތަންމެ ޖަވާބެއް ދޭން ބޭނުންވި ނަމަވެސް އޭނަގެ ދޫ ހަރަކާތެެއް ނުކުރިއެވެ. ހިތް ވަނީ އަވަސްވެފައެވެ. […]