ޔަނާލްގެ އަމަލުތައް ހުންނަ ގޮތުން އޭނަގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިކާންއަށް ގަބޫލުކުރެވުނެވެ. މިފަދަ އެތައް ކަންތައްތަކެއް އިކާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނަގެ ލޮލަށް ނިދި ސަވާރުވީވެސް އެވިސްނުންތަކުގައި އޮތްވައެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ހަތެއް ޖަހާއިރަށް ފޯނު އެލާމްކުރުމަށްފަހު ޔަނާލް ފަތިސް ނަމާދުކޮށްލައިގެން ކުޑަ ވަގުތުކޮޅަކު ނިދާލުމަށް އޮށޯވެލިއެވެ. ގަޑިން ހަތެއް ޖެހުމާއެކު އިވިގެންދިޔަ އެލާމްގެ އަޑާއެކު ޔަނާލްއަށް ނިދިން ހޭލެވުނެވެ. ކަންނެތްކަމާއި ވަރުބަލިކަން އިހުސާސްވި ނަމަވެސް މިއަދުވެސް ބުރަ ދުވަހަކަށް […]
ދާނިޝް ފެނުމާއެކު ހަނދާންކުރަން ބޭނުންނުވާ އެތައް ހަނދާންތަކުން ޔަނާލް ވަށާލިފަދައެވެ. ހިތަށްވެރިވި ސޫރައާއެކު ޔަނާލްއަށް ފަހަތަށް ދެފިޔަވަޅު އަޅާލަމުން ފަސްއެނބުރި އެތެރެއަށް ވަނުމަށް ހިނގައިގަނެވުނެވެ. އޭރު އެހިތުގައިވި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. މޫނު މަތީގައިވި ބުނެދެން ނޭނގޭ އަސަރުތަކާއެކު ޔަނާލްގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފާހަގަވިހެން ހީވިއެވެ. ފަސްއެނބުރި ދާން ހިނގައިގަން އަންހެން ކުއްޖާގެ މޫނު ފެނި ދާނިޝްގެ ހަރަކާތްތަކަށްވެސް ހުއްޓުމެއްއައެވެ. ” ޔަނާލް… ” ގަބޫލުނުކުރެވިފައިވި ފަދައިން ދާނިޝްއަށް މަޑުމަޑުން ޔަނާލްގެ ނަން އޭނަގެ […]
” އިކާން… ” ގޭގެ އެކި ތަންތަނަށް ނަޒަރު ހުއްޓަމުންދިޔަ ޔަނާލްއަށް އާކިފްގެ ދުލުން އިކާންގެ ނަން އިވުނު ވަގުތު އެއްވެސް އިޚްތިޔާރަކާނުލައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް ދޮރާއި ދިމާލުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އޭނައަށް ދެން ބަލައިލެވުނީ ތަންކޮޅެއް ފަހަތުން އެއްފަރާތެއްގައި ހުރި އާކިފްއަށެވެ. އޭރު އާކިފް ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ފޯނު ކަންފަތުގައި ޖަހަލަނީއެވެ. އާކިފްގެ އެއަމަލުން އޭނައަށް އިކާންގެ ކޯލެއް އައީކަން ޔަނާލްއަށް ނަގައިގަނެވުނެވެ. ފުން ނޭވައެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް […]
ފޯނު ސްކްރޯލް ކުރަމުންދިޔަ އިކާންގެ ހަރަކާތްތައް ފެނުނު ފޮޓޯއަކުން ކުއްލިއަކަށް ހުއްޓުނެވެ. ފުރަތަމަ ސިކުންތުގައި ދެލޯ ބޮޑުވެގެން ދިޔައިރު އިކާންގެ މޫނު މަތީގައިވީ ގަބޫލުކުރަންދަތިވެފައިވި އަސަރުތަކެކެވެ. އެދެލޮލުގައި އެތައް ޝަކުވާއެއްވީއިރު މަޑުމަޑުން ދެބުމަ ގޮށްޖެހެމުން ގޮސް އެދެލޮލުގައިވި އަސަރު ރުޅިއަށް ބަދަލުވަމުން ދިޔައެވެ. އޭރު އަތުގައިވި ފޯނަށް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ފޯނުގައިވި ތަސްވީރަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އިކާން އޭނަގެ ފޯނުގެ ކޮންޓެކްޓްސް ހުޅުވާލާ ދިގު ނަންބަރަކަށް ޑައިލްކޮށްލިއެވެ. އޭރު އެމޫނު މަތީގައިވީ އިންތިހާ […]
އޮފީހަށް ދިޔަ މަގުމަތީގައި ގޮސް ކާލާނެ ލުއި އެއްޗެއް ގަނެލުމަށް ދިމްނާ ކައިރީގައި ހުރި ފިހާރައަކަށް ވަނެވެ. ތަފާތު އެކި ލުއި ކާނާތައް ބެހެއްޓިފައިވި ހަރުތައް ބަލަމުންދިޔަ ދިމްނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނަގެ އަތުގައި ހިފާ އެމީހަކާ ދިމާލަށް އަނބުރާލުމުންނެވެ. އެވަގުތު ނުހަނު ގާތުން ފެނުނު ސޫރައިން ދިމްނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ. ” ފަވާޒް… ” ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލައިގެން ހުރި ދިމްނާގެ ދުލުން މަޑުމަޑުން އެޒުވާނާގެ ނަން އިވިލިއެވެ. […]
މީޓިން ރޫމުން ނުކުމެ ކުރިއަށް ހިނގައިގަން ވަގުތުވީ ބޭރުން އައި އިކާންވެސް މީޓިން ރޫމަށް ވަން ވަގުތަށެވެ. އެވަގުތު އިކާންގެ ހަށިގަނޑުގައި ޖެހި ބެލެންސް ނުކުރެވުމުގެ ސަބަބުން ޔަނާލް ފަހަތަށް ވެއްޓެން ދިޔައެވެ. ލިބުނު ސިހުމުގައި ޔަނާލްއަށް ދެލޯ ބޮށުކޮށްލެވުނެވެ. އިކާންވެސް ހިތް އަވަސްވެފައިހުރެ އަވަސް ހަރަކާތަކާއެކު ޔަނާލްގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. ސަލާމަތްވާން ބޭނުންވެފައިވި ޔަނާލްއަށްވެސް އިކާންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. އެއާއެކު ދެމީހުންގެ ލޯ ސީދާވެގެން ދިޔައެވެ. ހީވީ ހިނދުކޮޅަކަށް ނަމަވެސް ވަށާއިގެންވި މާހައުލުގެ ހިނގުން […]
އަލަށް ދިމާވި މިއަންހެން ކުއްޖާގެ ދެލޮލުން ފެނިލި ވޭނާއި ރިހުމުން އެއަންހެން ކުއްޖާ ތަހައްމަލުކުރަމުންދާ ފުންމިން ނޭނގޭ ހިތާމަ ދެނެގަތުމަށް އެއަންހެން ކުއްޖާ އާއިމެދު އިކާންގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުރިމަތީގައި ހުރި ނުދަންނަ ޒުވާނާގެ ނަޒަރުން ޔަނާލްގެ ހިތް ނުތަނަވަސްވެގެން ދިޔައިރު އުނދަގޫކަމެއް އޭނަށް އިހުސާސްކުރެވެމުން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލައި ޔަނާލް ހަރު ފިޔަވަޅުތަކެއްގައި ދިޔުމަށް ހިނގައިގަތެވެ. އިކާންއަށް ހޭވެރިކަންވީ އޭނަގެ ކުރިމަތިން އެއަންހެން ކުއްޖާ ހިނގައިގަތުމުންނެވެ. ކުރެވުނު […]
އެއަރޕޯޓުގެ އެރައިވަލްސް ގޭޓުން ނުކުން ޒުވާނާއަށް ގިނަ އަންހެން ކުދިންގެ ލޯތައް އަމާޒުވެފާވެއެވެ. އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރިއިރު ރީތި ވަރަކަށް ކޮށާލާފައިވި ބޮލުގެ އިސްތަށިކޮޅު ވަނީ ސްޕައިކް ޖައްސާފައެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެޒުވާނާގެ ފިރިހެންވަންތަކަން އިތުރުކޮށްދޭއިރު ދެލޯ ވަނީ ކަޅު ކުލައިގެ ރޭބަން އަވި އައިނަކުން ފޮރުވާލާފައެވެ. ކޮނޑުގައި ބެކްޕެކެއް އަޅުވާލައިގެން ހުރެ އަނެއް އަތުން ފޮށި ދަމަމުން އައި ޒުވާނާގެ ތުންފަތަށް ހިނިތުންވުމެއް […]
ނާއިލް ފެނުމާއެކު އެވަގުތުކޮޅުވެސް އަޝްރާ ފިނިވެގެން ދިޔައެވެ. ޒަހާ އޭނަގެ ކޮނޑުގައި ކޮށްޓާލަމުން ދާށޭ ބުނުމާއެކު އަޝްރާ މަޑު ފިޔަވަޅުތަކެއްގައި ނާއިލްގެ ގާތަށް ދިޔުމަށް ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނާއިލްގެ ކުރިމަތީގައި އައިސް ހުއްޓުނު އަޝްރާ އެފިރިހެންވަންތަ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެމޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވާއިރު މޫނު މަތީގައި ވަނީ ތާޒާކަމެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީއެއްގައި ހުރިއިރު […]