ލޯބިވަން ޔާރާއޭ 07

- by - 49- October 22, 2019

ދާނިޝް ފެނުމާއެކު ހަނދާންކުރަން ބޭނުންނުވާ އެތައް ހަނދާންތަކުން ޔަނާލް ވަށާލިފަދައެވެ. ހިތަށްވެރިވި ސޫރައާއެކު ޔަނާލްއަށް ފަހަތަށް ދެފިޔަވަޅު އަޅާލަމުން ފަސްއެނބުރި އެތެރެއަށް ވަނުމަށް ހިނގައިގަނެވުނެވެ. އޭރު އެހިތުގައިވި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. މޫނު މަތީގައިވި ބުނެދެން ނޭނގޭ އަސަރުތަކާއެކު ޔަނާލްގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފާހަގަވިހެން ހީވިއެވެ.

ފަސްއެނބުރި ދާން ހިނގައިގަން އަންހެން ކުއްޖާގެ މޫނު ފެނި ދާނިޝްގެ ހަރަކާތްތަކަށްވެސް ހުއްޓުމެއްއައެވެ. ” ޔަނާލް… ” ގަބޫލުނުކުރެވިފައިވި ފަދައިން ދާނިޝްއަށް މަޑުމަޑުން ޔަނާލްގެ ނަން އޭނަގެ ދުލުން ކިޔާލެވުނެވެ. ” ކީކޭ… ދާން އެއްޗެކޭ ބުނިންތަ…” ދާނިޝް ބުނި އެއްޗެއް ސާފުނުވުމުން އިކާންއަށް އަހާލެވުނެވެ. ” ނޫނޭ… އެއްޗެކޭ ނުުބުނަން… ” ދާނިޝް އަވަސް އަވަހަށް އޭނަގެ ނަޒަރު ބަދަލުކޮށްލަމުން ވާހަކަ ދެއްކިއެވެ. އެހެނަސް އޭރުވެސް އޭނަގެ ހިތުގައި އެފެނުނު އަންހެން ކުއްޖަކީ ޔަނާލް ކަމުގައި ޝައްކު އުފެދުނެވެ. އެވަގުތަށް އެކަން ހިތުން ފުހެލުމަށްފަހު އޭނައަށް ހީވި ހީވުން ޔަގީނަށް ބަދަލުކުރުމަށް ދާނިޝް ހިތުގައި އަޒުމްކަނޑައެޅިއެވެ.

ޕާޓީއަށް ދައުވަތު ދެވުނު ފަރާތްތަކަށް މަރުހަބާ ކިޔުމުގައި އާކިފްގެ ދެމަފިރިން ތިއްބެވެ. އިކާންވެސް އެއިން ކޮންމެ ފަރާތަކާ ބައްދަލުކުރަމުން ދިޔައީ އުފާވެރި މޫނަކާއެކުގައެވެ. ދުވަސްތަކަކަށްފަހު އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނާ ބައްދަލުކުރެވުމުން އިިކާންގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިފާވެއެވެ. ”އިކް… ” ރަހުމަތްތެރިއަކާ ވާހަކަ ދައްކަން ހުރި އިކާންއަށް އޭނައަށް މީހަކު ގޮވާލި އަޑުއިވި ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު އާކިފްގެ ދެމަފިރިން ގާތު ހުއްޓިލައިގެން ތިބި މިހުރާން އާއި އާޒިފާ ފެނި އިކާންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ”ތިއްތާ… ބޭބެ… ކިހިނެއް… ” ފަހަރަކު މީހަކު ގައިގައި ބައްދާލަމުން އިކާާން އެހެން ބުނެލީ ހިނިތުންވުމަކާއެކުގައެވެ. ”ތިއްތަމެން ރަނގަޅު… ބަލާބަލަ ދައްތައާ ބޭބެ… އިކް އައިއްސަ ދެދުވަސް ވީއިރުވެސް އަހަރެމެން ގެއަށް އައިސްވެސްނުލާ… ” ސަމާސާކޮށްލުމުގެ ގޮތުން އިކާންގެ ކަންފަތުގައި މަޑުމަޑުން ހިފާލަމުން އާޒިފާ ބުނެލިއެވެ. ”ކޮބާ އިކާން… މަންމަ އޭރުވެސް ބުނީމެއްނު ދަރިފުޅު ނުދިޔައްޔާ ތިއްތަގެ ހަމަލާއަކާ ކުރިމަތިލާން ޖެހޭނޭ… ހެހެހެ… ” ހެމުން ހެމުން ހަފްޒާ އެހެން ބުނުމާއެކު އެހެން މީހުންވެސް އެހުނުމުގައި ބައިވެރިވިއެވެ. ” އައުޗް… އައުޗް… ތިއްތާ ތަދުވެޔޭ… ދާނަމޭ މާދަމާ… އައި ޕްރޮމިސް… ” އިކާންވެސް ތަދުވާކަމަށް ހެދެމުން ބުނެލިއެވެ. އެއާއެކު އެންމެންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. ” އިކް އަންނާނޭ… އަހަރެމެން ބުނީމަ ނައިހެއްނުހުންނާނެއެއްނު… ” އިކާންގެ ކޮނޑަށް އަތް ވައްޓާލަމުން ގާތްގޮތަކަށް މިހުރާން ބުނެލިއެވެ. ” ޔަގީނެއްނު… ” ޔަގީންކަން ދޭ ފަދައިން އިކާން ބުނެލިއެވެ. ” މޯމް… ޑޭޑް… އަދި ކިރިޔާތަ ތިއާދެވުނީ… ” އެވަގުތު އެތަނަށް އައިސް ހުއްޓިލި މިކާލް އާޒިފާ އާއި މިހުރާންއަށް ބަލައިލަމުން ބުނެލިއެވެ. އެހިނދު ދެމީހުންވެސް އައިސް އިރުކޮޅެއްވެއްޖެ ކަމުގާ ބުންޏެވެ. ރައްޓެހިންތަކެއް އިކާންއަށާއި މިކާލްއަށް ގޮވާލުމުން ދެމީހުން އެކުގައި އެދިމާލަށް ހިނގައިގަތެވެ. އެއާއެކު އެހެނިހެން ފަރާތްތަކާ ވާހަކަ ދައްކާލާ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އާކިފްމެންވެސް އުޅުނެވެ. އުފާވެރި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރަމުން ދިޔައިރު އެކަކު އަނެކަކާ އޮތް ގުޅުން އިތުރަށް ހަރުދަނާވަމުން ދިޔައެވެ. އެކަކު އަނެކަކާ ސަމާސާކޮށްލާ އެންމެން އެކުގައި ކައިހަދާލުމުން އެންމެންގެ މެދުގައިވި ދުރުކަން ނެތިގެން ގޮސް އެކަކު އަނެކަކާ އޮންނަ ގާތްކަން އިތުރުކޮށްދޭނެކަމާމެދު ޝައްކެއްނެތެވެ.

ޕާޓީ ފެށުނީއްސުރެ ޔަނާލް އުޅެމުން ދިޔައީ ނުހަނު ދުރުދުރުންނެވެ. ދާނިޝްގެ ލޮލުގައި އޭނަ އަޅާއިނުގަނޭތޯ ހިތާހިތުން ޔަނާލް ދުޢާކުރަމުން ދިޔައެވެ. ޕާޓީގެ ކަންކަން ފުރިހަމައަށް ކުރިއަށްދޭތޯ ބަލަމުން ދިޔައިރުވެސް ޔަނާލްގެ ހިތުގައި ބިރުވެރިކަން އުފެދިފާވެއެވެ. ދާނިޝްގެ ލޮލުގައި އޭނަ އަޅައިގަނެފިނަމަ ވާނެގޮތް ހިތަށްއެރުމާއެކުވެސް ޔަނާލް އިތުރަށް ނުތަނަވަސްވިއެވެ. އޭނަގެ މާޒީގެ ހިތި ހަޤީޤަތް އެއްވެސް މީހެއްގެ ކުރިމަތީގައި ހާމަވާކަށް އޭނާ ނޭދެއެވެ. އެދުވަސްތަކުގެ ހަނދާންތައް އާވެދާނެފަދަ އެއްވެސް ކަމެއް އަދި އެއްވެސް މީހެެއްގެ ހިޔަނި އޭނަގެ ހަޔާތަަށް އެޅޭކަށް ޔަނާލްގެ ހިތެއް ނޭދެއެވެ. މިއަދު މިހުރި ހިސާބަށް އޭނާ ވާސިލްވީ ނުހަނު ހިތްވަރާއެކުގައެވެ. ދިރިއުޅުން މަތިން ފޫހިވެފައިވަނިކޮށް ގާތް ފަރާތްތަކުގެ އެހީތެރިކަމާއި ލޯތްބާއެކު އޭނާ އައު ފެށުމަކުން ދިރިއުޅުން ފެށީ ނުހަނު އުއްމީދާއެކުގައެވެ. ދާނިޝް އޭނަގެ ހަޤީޤަތް އެންމެންގެ ތެރޭގައި ހާމަކޮށްފިނަމަ މިހުރިހާ ދުވަހު އޭނަ ކުރި އުއްމީދާއި ހިތްވަރު އޭނަގެ އަތުން ދޫވެގެންދާނެއެވެ. އެހެންވާކަށް ޔަނާލް ބޭނުމެއްނޫނެވެ. އެއަނދިރި ދުވަސްތަކަށް އެނބުރިދާކަށް އޭނަގެ ހިތެއް ނޭދެއެވެ.

ޕާޓީގެ ކަންކަން ނިމި ސާމާނުތައް ޕިކަޕުގައި ކޮމްޕެނީއަށް ގެންދެވުނުއިރު ދިހަގަޑި ބައިވަނީއެވެ. އެހެން މުވައްޒަފުން ދިޔުުމުންވެސް އިދާރީ ކުޑަ ކަމެއް ނިންމާލުމަށް ޔަނާލް އޮފީހުގައި މަޑުކޮށްލިއެވެ. ފޯނުގެ ޗާޖު ހުސްވެގެން ނިވިފައިވުމާއެކު ގަޑި ބަލާލަންވެސް މަސައްކަތުގައި އިން ޔަނާލް ހަނދާނެއްނެތެވެ. ކޮމްޕިއުޓަރުން ކުރަމުންދިޔަ މަސައްކަތް ނިންމާލިތަނާ އޭގެ ގަޑިން އެގާރަ ގަޑި ބައިވާން ކައިރިވެފައިވިތަން ފެނި ޔަނާލްގެ ދެލޯ ބޮޑުވިއެވެ. އެހުރިހާއިރު އޭނަައަށް މަސައްކަތުގައި އިނދެވުނީހެއްޔެވެ؟ ނިވިފައި އޮތް ފޯނު ފެނި ޔަނާލް އިތުރަށް ނުތަނަވަސްވިއެވެ. އެވަގުތު ސިކުނޑިއަށް ވެރިވި ޚިޔާލާއެކު އޮފީސް ފޯނުން އަވަސް އަވަހަށް ޔުސްރާއަށް ގުޅާލިއެވެ. ” ނާލް… ދަރިފުޅު ކޮންތާކުތަ… ހާދަ ލަސްވަނީ ގެއަށް ނައިސް… މަންމަ މިހާރު ބިރުން މިހުރީ… ދަރިފުޅު ޚަބަރެއްނުވެގެން ދިމްއަށް ގުޅަން މިއުޅެނީ… ނާލް ފޯނަށް ގުޅާގުޅާ ވަރުބަލިވެއްޖެ… ބުނަނީ ނިއްވާލާފައޭ… މަންމަ ބުނަމެއްނު ފޯނު ނިއްވާލާފަ ނުބާއްވާށޭ ނާލް… ” ޔަނާލްގެ އަޑު ކަންފަތުގައި ޖެހުމާއެކު ހަމަޖެހުމުގެ ނޭވައެއް ލަމުން ޔުސްރާ ކަންބޮޑުވުން ފާޅުކުރިއެވެ. އެހާ ގިނައިރުވީއިރުވެސް ޔަނާލްގެ ޚަބަރެއްނުވުމުން ޔުސްރާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ”މަންމާ… އަޅުގަނޑު ރަނގަޅޭ… އޮފީހުގަ މިއިނީ… ފޯނު ޗާޖު ހުސްވެގެން ނިވިފަ އޮތީ… ގަޑި ބަލާލަން ހަނދާންނުވީ މަސައްކަތުގަ އިނީމަ… މަންމަ ހާސްނުވޭ… އަޅުގަނޑު މިހާރު މިދަނީ ގެއަށް… ” ޔަނާލް އަވަސް އަވަހަށް ބުނެލިއެވެ. ”ދަރިފުޅު އެކަނިތަ… މިހާ ލަސްވީމަ ނުވާނެ އެކަނި އަންނާކަށް… މަންމަ ދާނަން ނާލް ބަލާ…” ޔުސްރާ ކަންބޮޑުވެފައިހުރެ ބުނެލިއެވެ. ” މަންމާ.. ޓެކްސީއެއްގަ ގޮސްފާނަމޭ… މަންމަ ދެން އަނެެއްކަ އަންނާނެކަމެއްނެތް… ކޮންމެވެސް ވަރަކަށް މީހުން އެބައުޅޭ މަގުމަތީގަ އަދިވެސް… އަޅުގަނޑު ބޭރު ބަލައިލައިފީމޭ… ދެން ބާއްވަނީ އިނގޭ… ގެއަށް ދާން މިނުކުންނަނީ… ” ޔުސްރާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއްދިނުމެއްނެތި ޔަނާލް ފޯނު ބޭއްވިއެވެ. އަދި އަވަސް އަވަހަށް ކޮމްޕިއުޓަރު ނިއްވާލުމަށްފަހު މޭޒުމަތީގައި އޮތް އަތްދަބަސް ހިފައިގެން ކެބިންއިން ނުކުތެވެ.

އޮފީހުން ނުކުން ޔަނާލް އެންމެ ފުރަތަމަވެސް މަގުގެ ދެކޮޅަށް ބަލައިލިއެވެ. އެއްވެސް މީހަކު އެވަގުތު މަގުމަތިން ފެންނާކަށްނެތެވެ. މީގެ ދެދުވަސް ކުރިން ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމެއްގައި މަގުތަކުގައި ހުރި ބައެއް ހުޅިބުރިތައްވެސް ނުދިއްލެއެވެ. އެހެންކަމަށްވުމުން މަގުތަކުގެ ބައެއް ހިސާބުތައް ފެންނަނީ ފުދޭވަރަކަށް އަނދިރިކޮށެެވެ. މިވަގުތު ޓެކްސީއެއް ހޯދުންވެސް އުނދަގޫކަމަކަށްވާނެތީ އިތުރަށް ލަސްކުރަން ނަހަދާ ޔަނާލް ގެއަށް ދިއުމަށް ހިނގައިގަތެވެ. ހިނގަމުންދިޔަ ޔަނާލް އިރުއިރުކޮޅުން ވަށާއިގެން ބަލައިލައެވެ. ދުއްވާއެއްޗެއްވެސް މިވަގުތު ފެންނަނީ ވަރަށް މަދުންނެވެ. މިހާ ލަސް ގަޑިއެއްގައި އެކަނި އަންނަންޖެހުމުން ޔަނާލްގެ ހިތްވަނީ ނުތަނަވަސްވެފައެވެ.

ހިނގަމުންދިޔަ ޔަނާލްއަށް ކުއްލިއަކަށް ހިނގުން ހުއްޓާލެވުނީ މީހަކު އޭނަގެ ފަހަތުން އަންނަ ކަމުގެ އިހުސާސްކުރެވުމުންނެވެ. އިރުކޮޅަކު ހުއްޓި ހުރުމަށްފަހު ފަސްއެނބުރި ބަލައިލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ޔަނާލްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހިތްނުތަނަވަސްވެފައި ހުރުމުން ހީވިގޮތެއް ކަމަށް ބަލާފާ ޔަނާލް އަނެއްކާވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. މިފަހަރުވެސް ތަންކޮޅަކަށް ހިނގާލިތަނާ މީހަކު އޭނަގެ ފަހަތުން އަންނަހެން ހީވިއެވެ. އަވަސް ހަރަކާތަކާއެކު ފަސްއެނބުރުނު ޔަނާލްއަށް ތަންކޮޅެއް ދުރުގައި އޭނައަށް ފުރަގަސްދީގެން މީހަކު ހުރިތަން ފެނުނެވެ. ދެބުމަ ގޮށްޖަހާލަމުން ޔަނާލް ތަންކޮޅެއް ރަނގަޅަށް އެމީހަކަށް ބަލައިލިއެވެ. ކަޅުކުލައިގެ ސްކިނީއަކާއެކު ހަމައެކުލައިގެ ހޫޑީއެއްގައި ހުރިއިރު އެމީހަކު ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. ހޫޑީ އަޅާފަހުރުމާއެކު ފަހަތަށް އެނބުރި ހުރުމުން އެމީހެެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ކަންފަތާ ފޯނު ދުރުކޮށްލުމަށްފަހު އެމީހަކު ފޯނާކުޅެން ފެށިއެވެ. ކުޑައިރުކޮޅަކު އެމީހަކަށް ބަލަން ހުރުމަށްފަހު ޖެހިލުންވެފައި ހުރި ނަމަވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ. ހިނގަމުންދިޔަ ޔަނާލްއަށް މިފަހަރުވެސް މީހަކު އަންނަ ކަމުގެ އިހުސާސްކިރެވުނެވެ. އެމީހަކު އެއަންނަނީ އޭނަގެ ފަހަތުންކަން ޔަނާލްގެ ހިތް ބުނިނަމަވެސް ދުއްވައިގަންނަން ނުކެރުނީ އޭނަ ދުއްވައިގެންފިނަމަ އެމީހަކުވެސް ދުއްވައިގަނެފާނެތީއެވެ. ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތިރުވަމުން ދިޔައެވެ. ޔަނާލް އޭނަގެ ހިނގުން ބާރުކޮށްލުމުން އެމީހަކުވެސް ހިނގުން ބާރުކޮށްލިއެވެ. ބިރުން ހަލާކުވާން ކައިރިވެފައިވި ޔަނާލް އޭނަގެ އަތްދަބަހުގެ ވާގަނޑުގައި ބާރަށް ހިފަހައްޓާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް އިތުރަށް މިބިރުވެރިކަމުގައި ހުންނަން ބޭނުންނުވުމާއެކު ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ދުއްވައިގަތުންކަމުގައި ޔަނާލްގެ ހިތް ބުނަން ފެށިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުންދިޔަ ޔަނާލް ކުއްލިއަކަށް ފަސްއެނބުރި ބަލައިލިއެވެ. އެހިނދު ހިނގަހިނގާހުރި ޒުވާނާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އޭނަގެ އެންމެ ކައިރިއަށް ހުރި ހޮޅިބުރި ހުރީ ނިވިފަކަމަށްވުމާއެކު އެމީހަކު ހުރީ ކުޑަކޮށް އިސްތިރިކޮށްގެންކަމަށްވުމުން އެމީހެެއްގެ މޫނެެއް އެވަގުތުވެސް ޔަނާލްއަށް ސާފުވާގޮތެއްނުވިއެވެ. އެމީހާގެ އަމަލުތައް ހުރިގޮތުން ޔަނާލްގެ ހިތުގެ ނުތަނަވަސްކަން އިތުރުވުމާއެކު ފަޔަށް ލެވުނު ބާރެއްލާފައި ޔަނާލް ދުއްވައިގަތެވެ. ޔަނާލްގެ އެއަމަލުން ހިނދުކޮޅަކަށް އޭނައަށް ފާރަލަމުންދިޔަ މީހާގެ ހަރަކާތްތައް ހުއްޓުމަކަަށްއައެވެ. ދެވަނަ ސިކުންތުގައި އެމީހަކުވެސް ބާރަށް އެދިމާލަށް ދުއްވައިގަތެވެ.

ޕާޓީ ނިންމާލުމަށްފަހު ކާރުގައި ދެތިން ރައްޓެހިންނާއެކު ދުއްވާލަންދިޔަ އިކާން އޭނަގެ އެކުވެރިން ގެއަށް ގެންގޮސްދިނުމަށްފަހު އޭނަގެ ގެއަށް ދިޔުމަށް ކާރުގައި މިސްރާބުޖެހިއެވެ. އާދައިގެ ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައިރު އިކާންގެ ވިސްނުން ގުޅިފައިވަނީ މީގެ އަހަރުތަކެއް ކުރީގެ ހަނދާނަކާއެވެ.

އާދައިގެ ދުވެއްޔެއްގައި ދުއްވަމުންދިޔަ ކާރުގެ ތެރެއިން މަޑު މިއުޒިކެއްގެ އަޑުއިވެމުން ދިޔައެވެ. ކާރުގެ ޑްރައިވިން ސީޓުގައި އިނދެ ކާރު ދުއްވަމުންދިޔަ އިކާންގެ ނަޒަރު އިރުއިރުކޮޅުން އޭނަގެ އަތުގައި ހިފަހައްޓާލައިގެން ބޯ އަޅައިގެން އޮތް އަންހެން ކުއްޖާގެ މޫނަށް ހުއްޓެމުން ދިޔައެވެ. ” އިކް… ކިހިނެއްވީތަ އިރުކޮޅުކޮޅުން ތިބަލަނީ… އަހަރެންގެ މޫނުގަ އެއްޗެއް ހުރީތަ…” އިކާންގެ އަތުގެ މުލައްދަނޑީގައި ބޯ އަޅާއިގެން އޮތް މަލްހާ ބޯ ހިއްލާލުމަށްފަހު އިކާންއަށް ބަލައިލަމުން ބުނެލިއެވެ. ” އަހަރެން މަލްއަށް ބަލަނީ މަލްގެ މޫނުގަ އެއްޗެއް ހުރީމައެއްނޫނެއްނު… ތިމޫނު ލޯބިކަމުންނެއްނު… ތިހާ ރީތި އަންހެން ކުއްޖަކު އެހާ ގާތުގައި ވަނިކޮށް އެހެން ކަމަކަށް ކިހިނެއް ސަމާލުކަންދޭނީ… ” ސީދާ މަލްހާގެ ލޮލާ ނަޒަރު ސީދާކޮށްލަމުން އިކާން އޭނަގެ ހިތުގެ އަޑު އިއްވާލިއެވެ. އިކާންގެ ދުލުން ބޭރުވި ބަސްތަކާއެކު މަލްހާގެ ދޮން ކޯތާފަތަށް ޖަންބުކުލަވެރިވެގެން ދިޔައެވެ. ” ޔުއަރ ބްލަޝިން… އެންމެ ކުރީދުވަހެކޭ އެއްފަދައިން މިއަދުވެސް އަހަރެންގެ ތައުރީފުތަކަށް މަލް ބްލަޝްވޭދޯ… ހެހެހެ… ” ލުއި ހުނުމަކާއެކު އިކާން އެހެން ބުނެލުމުން މަލްހާ އިތުރަށް ލަދުގަތެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އޭނާ އިސްޖަހާލިއެވެ. ކާރު ދުއްވަމުންދިޔަ އިކާން އަނެއް އަތުން މަލްހާގެ ކަނާއަތުގައި ހިފާލަމުން ބޮސްދިނެވެ. އެވަގުތު އިސްއުފުލާލަމުން އިކާންއަށް ބަލައިލި މަލްހާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެފައިވެއެވެ. ރައްދުގައި އިކާން މަލްހާއަށް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރުމަށްފަހު އޭނަގެ ފުރިހަމަ ސަމާލުކަން މަގުމައްޗަށްދިނެވެ. ހިމޭންކަން ވެރިވެގެންދިޔަ ވަގުތުކޮޅަކަށްފަހު އިކާންއަށް އޭނަގެ ކޯތާފަތުގައި މަލްހާގެ ތުންފަތުގެ ބީހުމުގެ އިހުސާސްކުރެވުމާއެކު މަޑުމަޑުން ދެލޯ މަރާލެވުނެވެ. އޭރު ހިތަށް ލިބުނު ހަމަޖެހުމާއެކު އިކާންގެ ތުންފަތުގައިވީ އެންމެ ފުރިހަމަ ހިނިތުންވުމެކެވެ.

ސިކުނޑިއަށް ވެރިވެގެން ޚިޔާލާއެކު އިކާންއަށް ވަގުތުން ކާރު ހުއްޓާލެވުނެވެ. މަލްހާ އާއި ގުޅުންހުރި ކިތަންމެ ކުޑަކުޑަ ކަމަކުންވެސް އޭނަގެ ހަރަކާތްތައް ބަދަލުކުރުވައެވެ. އެކުގައި ހޭދަކުރެވިފައިވި ވަގުުތުތަކުގެ ފޮނި ހަނދާންތަކުން އިކާންގެ ހިތުގައި ރިހުމެއް އުފެދިފާއެެވެ. ކިތަންމެ ހިތް އެދުނަސް އެދުވަސް އަނބުރާ ލިބެން ނެތްކަން ހިތަށް އެރުމުން އެރިހުން އިތުރުވެގެންދެއެވެ. ދުވަހަކުވެސް މަލްހާ އޭނަ ދޫކޮށް އެހެން މީހެއްގެ ގާތަށް ގޮސްފާނެކަމަކަށް އިކާން ގަބޫލެއްނުކުރެއެވެ. ގަބޫލުނުކޮށް ހުއްޓާ އެހަޤީޤަތާ އޭނައަށް ކުރިމަތިލާންޖެހުނީއެވެ. އެކަމުގެ ސަބަބުން ހިތަށް ލިބުނު ވޭނާއި ޒަޚަމްތައް އަދިވެސް ތާޒާކަމާއެކުވެއެވެ. މަލްހާގެ ލޯބިވެތި އެކި ހަނދާންތަކާއެކު އެޒަޚަމްތައް އިތުރަށް ފުންވެގެންދެއެވެ.

އަމިއްލަ ނަފްސުގެ ކޮންޓްރޯލް އޭނަގެ އަތުން ދޫވެދާ ކޮންމެ ފަހަރަކު އިކާންއަށް މިހާރު އިސްކުރެވެނީ ރުޅިއެވެ. މަލްހާގެ ހަނދާންތަކާ ހަނގުރާމަކޮށްކޮށް އޭނަގެ ހިތް ބަލިކަށިވެއްޖެއެވެ. އެހަނދާންތަކުން މިންޖުވުމަށް އެތައް މަސައްކަތެއް ކުރާއިރުވެސް އެކަނިވުމާއެކު އެޚިޔާލުތަކުން އިކާން ވަށާލައެވެ. ނަފްސަށް ވެރިވެފައިވި ނުތަނަވަސްކަމާއެކު އިކާން ބާރަށް ކާރުގެ ސަރަކައިގައި އަތުން ޖެހިއެވެ. އެވަރުންވެސް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ފުންކޮށް ނޭވައެއް ލުމަށްފަހު މީހާ ހަމަޖެހުމުގެ ގޮތުން އިކާން ކާރުގެ ސީޓަށް ލެނގިލާ ދެލޯ މަރާލިއެވެ. މަލްހާގެ ބޭވަފާތެރިކަން އޭނަގެ އަމިއްލަ ހިތަށް ވިސްނައިދިނުމުގައި ކުޑައިރުކޮޅަކު ދެލޯ މަރާލައިގެން އިކާން އިނެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުމާއެކު ދެލޯ ހުޅުވާލި އިކާންއަށް ކުރިމަތިން ބާރު ދުވުމެއްގައި އަންނަމުންދިޔަ އަންހެން ކުއްޖެެއް ފެނުނެވެ. ދެބުމަ މައްޗަށް ހިއްލާލަމުން ވާނުވާގާ ހުރި އިކާން ކާރުގެ ސީޓު ބެލްޓް ނައްޓުވާލުމަށްފަހު ކާރުން ފޭބިއެވެ. އެވަގުތު ފަހަތަށް ބަލަމުން ދުވެފައި އައި އަންހެން ކުއްޖާ އައިސް ޖެހުނީ އިކާންގެ ހަށިގަނޑުގައެވެ. އިކާންގެ ހަށިގަނޑުގައި ޖެހި މަތަވި އަންހެން ކުއްޖާ އިސްއުފުލާލަމުން ބަލައިލި ވަގުތު އިކާންއަށް އެއަންހެން ކުއްޖާގެ މޫނު ސާފުކޮށް ފެނުނެވެ.

މީހެއްގެ ގައިގައ ޖެހި މަތަވި ޔަނާލް ބިރާއި ސިހުން އެކުލެވިފައިވި ދެލޮލުން އިސްއުފުލާލަމުން ބަލައިލި ވަގުތު ކުރިމަތިން އިކާން ފެނުމާއެކު ކުޑަނަމަވެސް ރައްކާތެރިކަމެއް އިހުސާސްކުރެވުނެވެ. ފަހަތަށް ބަލައިލި ޔަނާލްއަށް އެންމެ ކައިރީގައި އޮތް ގޯޅިން އެމަގަށް އަޅާލި ޒުވާނާ ފެނި އިކާންގެ ހަށިގަނޑުގައި ބާރަށް ބައްދާލަމުން ދެލޯ މަރާ ބާރުކޮށްލެވުނެވެ. ” ޕްލީޒް ސޭވް މީ… ޕްލީޒް… ” ދުވެ ދުވެ ވަރުބަލިވެފައިވި ޔަނާލްއަށް އަވަސްވަމުންދިޔަ ނޭވާތަކާއެކު މަޑުމަޑުން ބުނެލެވުނެވެ. އޭރު ހިތުގެ ތެޅުން އިންތިހާއަށް ބާރުވެފައިވީއިރު އިކާންގެ ފަރާތުން ރައްކާތެރިކަމަށް ހިތާހިތުން އެދެވުނެވެ.

ޔަނާލް އައިސް އޭނަގެ ހަށިގަނޑުގައި ބައްދާލުމާއެކު އިކާންއަށް ސިހުން ލިބުނެވެ. މުޅިން ތަފާތު އިހުސާސެެއްކުރެވުނުއިރު އިކާންއަށް ހަދަންވީ ގޮތެއް ނޭނގިފައި އެއްވެސް ހަރަކާތެއްނެތި ހުރެވުނެވެ. އެވަގުތު ޔަނާލްގެ ދުލުން އިވުނު ބަސްތަކާއެކު އިކާންއަށް މަގަށް ނަޒަރު ހުއްޓާލެވުނެވެ. އެއާއެކު ޖެހިގެން އިން ގޯޅިގަނޑު ތެރެއަށް މީހަކު ދެމިގެންތަން އިކާންގެ ލޮލުގައި އަޅައިގަތެވެ. އޭރު ޔަނާލްގެ ހަށިގަނޑަށް މަޑު ތުރުތުރެއްވެރިވެފާއެވެ. އެއާއެކު އިކާންއަށް ޔަނާލްގެ ހިތުގައިވި ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވިކަން އިނގިގެން ދިޔައެވެ. ހަމައެހިނދު އޭނާ ލައިގެން ހުރި ކޯޓުގެ މަތިން ޔަނާލްގެ ހޫނު ކަރުނަތަކުގެ އިހުސާސްކުރެވުމާއެކު އިކާން އޭނަގެ ދެއަތުން ޔަނާލްގެ ތުނި ހަށިގަނޑުގައި ވަށާލިއެވެ. އެވަގުތު ޔަނާލްއަށް އިތުރަށް އިކާންގެ އަތުގެ ތެރޭގައި ބޮޑިވެލެވުނެވެ. އެހިތް ވަނީ އިންތިހާއަށް މީހެެއްގެ ދެއަތުގެ ރައްކާތެރިކަމަށް ބޭނުންވެފައެވެ.

ޔަނާލްއަށް ދެތިން ފަހަރަކު ގޮވާލުމުންވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ. އިކާން ޔަނާލް ހަމައަކަށް އެޅިލަންދެން އޭނަގެ ދެއަތުގެ ހިމާޔަތްދީގެން ހުއްޓެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޔަނާލްގެ ހަށިގަނޑުގައިވި ތުރުތުރު އެޅުން މެދުކެނޑުނެވެ. އެހެނަސް އޭރުވެސް ޔަނާލްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެެއްނާދެއެވެ. ” ޔަނާލް… ރިލޭކްސް… އެމީހަކު ގޮސްފިއޭ… ކިހިނެއްތަވީ… ވީގޮތެއް ބުނެބަލަ… ” އިކާން ޔަނާލްގެ ކޮނޑުގައި ހިފަހައްޓާލަމުން އޭނައާ ދުރަށް ޖައްސާލުމަށްފަހު އެމޫނަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. އެވަގުތު ޔަނާލް އޭނަގެ ދެލޯ ބޮޑުކޮށްލަމުން ބިރުވެރިކަމާއި ނުތަނަވަސްކަމާއެކު ވަށާއިގެން ނަޒަރު ހިންގާލިއެވެ. ” އެމީހާ… ކޮންމެވެސް މީހަކު… އަހަރެން ފަހަތުން… ފާރަލަމުން… އަހަރެން ފަހަތުން ދުވެފަ… ” ބިރުވެރިކަމުން ހިތް ފުރިފައިވި ޔަނާލް އެގޯޅިގަނޑަށް އިޝާރާތްކުރަމުން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެހެނަސް އޭނައަށް ވާހަކަ ފުރިހަމަ ކުރެވޭ ގޮތްނުވީ ހިތަށް ވެރިވެފައިވި ބިރުވެރިކަމެއްގެ ސަބަބުންނެވެ. ޔަނާލްގެ ހާލަތު ވަޒަންކުރެވުނު އިކާން ޔަނާލްގެ ކޮނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލަމުން ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ”ޔަނާލް… ރިލޭކްސް… ޓޭކް އަ ޑީޕް ބްރީތް… އެމީހަކު ގޮސްފިޔޭ… އައިމް ހިއަރ ވިތް ޔޫ… އެއްވެސް މީހަކަށް ޔަނާލްއަކަށް ކަމެއްނުކުރެވޭނެ… ޖަސްޓް ރިލޭކްސް… އޯކޭ… ” ޔަނާލްގެ ކަރުނުން ފުރި ބަރާވެފައިވި ބޮޑު ދެލޮލަށް އިކާންގެ ތޫނު ނަޒަރު ހުއްޓާލަމުން ވާހަކަ ދެއްކިއެވެ. އެދެލޮލުން އިކާންއަށް ސިފަވީ ބިރާއި ސިހުމެވެ. މީހެެއްގެ ރައްކާތެރިކަމަށް އެދިއެދި ހުރި މިންވަރެވެ. އިކާންގެ ތޫނު ދެލޮލާ އޭނަގެ ނަޒަރު ބައްދަލުވުމާއެކު އެދެލޮލުގެ ތެރެއަށް ޔަނާލް ގެއްލުނުފަދައެވެ. އެއާއެކު ލޮލަށް ޖަމާވެފައިވި ކަރުނަތަކަށް އިތުރަށް ކެތްނުވެގެން ދެލޮލުން ތިރިއަށް ފައިބައިގަތެވެ. އަދި އިކާން ބުނިހެން ހަމަޖެހެން މަސައްކަތްކުރަމުން ފުން ނޭވައެއް ލިއެވެ. ހިނދުކޮޅަކު ދެމީހުންގެ ނަޒަރު ބައްދަލުމަށްފަހު ހަމަހޭވެރިކަން ލިބުުނު ޔަނާލް އަވަސް އަވަހަށް އިކާންގެ އަތް އޭނަގެ މޫނުން ނައްޓާލަމުން ދުރުވެލިއެވެ. ޔަނާލްގެ އެހަރަކާތާއެކު އިކާންވެސް އޭނަގެ ނަޒަރު ބަދަލުކޮށްލަމުން ދެއަތް ފަޓުލޫނުގެ ޖީބަށް ލިއެވެ.

ކުރެވުނު ކަންތައް ރޭކާލުމާއެކު ޔަނާލް ލަދުން މަރުވާވަރުވިއެވެ. ހަނދާނެ ގޮތެއް ނޭނގިފައި އިސްޖަހާލިގޮތަށް އޭނައަށް ހުރެވުނީއެވެ. ” ޔޫ އޯކޭ… ” ކުޑަކޮށް ޔަނާލް އާއި ދިމާލަށް ބޯ އަރިކޮށްލަމުން އިކާން އަހާލިއެވެ. އިކާންގެ އަޑަށް އިސްއުފުލާލަމުން ޔަނާލް މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. އިކާާންގެ ގާތުން އޭނައަށް ކަންތައްކުރެވުނު ގޮތަށް މަޢާފަށް އެދެން ބޭނުންވި ނަމަވެސް ޔަނާލްގެ ދޫ ހަރަކާތެެއްނުކުރިއެވެ. ” އަހަރެން ޑްރޮޕްކޮށްލަދެންތަ… އިފް ޔޫ ޑޯންޓް މައިންޑް… މިހާާ ލަސްވެފަ ހުއްޓަ އަންހެން ކުއްޖަކު އެކަނި ދިއުން ސޭފްއެއްނޫން… ” ދެމީހުންގެ ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަން ފޫދުއްވާލީ އިކާންގެ އަޑުންނެވެ. ކަންތައް ހިނގާދިޔަ ގޮތުން ޔަނާލްވެސް އެކަނި ގެއަށް ދާން ޖެހިލުންވެފާ ހުރުމުން އިކާންއާއެކު ގެއަށް ދިޔުމަށް އެއްބަސްވަމުން މަޑުމަޑުން ބޯ ޖަހާލިއެވެ. ކާރަށް އެރުމަށް އިކާން ކާރުގެ ދޮރުފަތް ހުޅުވާލަދިނުމާއެކު ޔަނާލް ކާރަށް އެރިއެވެ. ޔަނާލް ކާރަށް އެރުމުން ކާރުގެ ދޮރުފަތް ލައްޕާލުމަށްފަހު ކާރުގެ ވަށާއިގެން ހިނގާލާފައި ގޮސް އިކާން ޑްރައިވިން ސީޓަށް އަރާ ކާރު ދުއްވާލިއެވެ. އިކާން ދާންވިތަން އެހުމާއެކު ޔަނާލްގެ ޖަވާބު ލިބުމުން ލައިލެކްވިއުއަށް ދިއުމަށް ކާރު ދުއްވާލިއެވެ. އަތްދަބަހުން ނެގި ޓިޝޫއަކުން މޫނުމަތި ރީތިކޮށްލުމަށްފަހު ޔަނާލް އިކާންއަށް ބަލައިލިއެވެ. ޝުކުރު އަދާކުރަން ބޭނުންވި ނަމަވެސް ޔަނާލްއަށް މިފަހަރުވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ. މަގު މައްޗަށް ނަޒަރު ހުއްޓާލައިގެން އިން އިކާންއަށް ޔަނާލް އެއްޗެކޭ ބުނަން ބޭނުންވެގެން އުޅޭހެން ހީވިއެވެ. އޭނައަށްވެސް ޔަނާލްއަށް އަވަސް ނަޒަރެއްދެވުނެވެ.

އިކާން އޭނައަށް ބަލައިލިކަން އިނގުމުން ޔަނާލްއަށް ވާހަކަ ދައްކަން އިތުރު ހިތްވަރެއް ލިބުނެވެ. ” އިކާން… އައިމް ސޮރީ… އަހަރެން… ހާލަތުގެ ގޮތުން އެހެން ބިހޭވްކުރެވުނީ… އައިމް ރިއަލީ ސޮރީ ފޯ ވަޓް އައި ޑިޑް… އެންޑް… ތޭންކްޔޫ ސޯ މަޗް… މިރޭ އަހަންނަށް ތިވެދިން އެހީތެރިކަމަށް… ” އަތުގެ އިނގިލިތަކާ ކުޅެމުން ޔަނާލް ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… އައި ކޭން އަންޑަސްޓޭންޑް… ” ލުއި ހިނިތުންވުމެއް ޔަނާލްއަށް ހަދިޔާކުރަމުން އިކާން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އެދެމެދަށް ހިމޭންކަންވެރިވިއެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ އިކާން ކާރު ދުއްވަމުން ދިޔައިރު ޔަނާލް އިނީ ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ދެމީހުންވެސް ދިޔައީ އެއްކަމަކާމެދު ވިސްނުން ހިންގަމުންނެވެ. ދެމީހުންގެ ވިސްނުމުގައިވެސްވީ މިރޭ ޔަނާލްގެ ފަހަތުން އައި ޒުވާނާއެވެ. އެއީ ކާކުކަމާމެދު ދެމީހުންގެ ހިތުގައިވެސްވީ ސުވާލު އުފެދިފައެވެ. ” ޔަނާލް އަކަށް ނޭނގޭތަ ހަމަ ކުޑަކޮށްވެސް އެއީ ކާކު ކަމެއް… ” ކާރު ދުއްވަމުންދިޔަ އިކާންއަށް އެންމެ ފަހުން އޭނަގެ ހިތުގައިވި ސުވާލު ބޭރުނުކޮށެއްްނުވިއެވެ. ” ނޭނގެ… ހޫޑީ އަޅާފަހުރީމަ މޫނުވެސް ނުފެނުނު… މަގުތައްވެސް ފުދޭވަރަކަށް އަނދިރިއެއްނު… ” ޔަނާލް ބުނެލިއެވެ. އިކާން މަޑުމަޑުން ބޯ ޖަހާލިއެވެ.

ގެއާއި ހަމައަށް ދެވެންދެންވެސް އެދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ލައިލެކްވިއުގެ ދޮރުމައްޗަށް ކާރު އައިސް ހުއްޓުމާއެކު އަދިވެސް އެއްފަހަރު އިކާންއަށް ޝުކުރުއަދާކުރުމަށްފަހު ޔަނާލް ގޮސް ގޭގެ ބޮޑު ދޮރާށި ހުޅުވާލާ އެތެރެއަށްވަނެވެ. ޔަނާލް އެތެރެއަށް ވަނުމުންވެސް އިރުކޮޅަކު އެދިމާލަށް ބަލަހައްޓާއިގެން އިކާންއަށް އިނދެވުނެވެ. އެވަގުތު ޖީބުގައި އޮތް ފޯނުގެ ރިންގުގެ އަޑަށް އިކާންއަށް ސިހުން ލިބުނެވެ. ފޯނުނަގައި ބަލައިލިއިރު މަންމަގެ ފޯނު ކޯލަކަށް ވުމުން އިކާން ފޯނަށް ޖަވާބުދިނެވެ. މަންމަ ގުޅީ ގެއަށް އައުން ލަސްވުމުން ކަމަށްވުމާއެކު އިކާން އަވަހަށް ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.

ޔަނާލް ގޭތެރެއަށް ވަންއިރު ސިޓިންރޫމުގައި ޔުސްރާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޔަލްވީވެސް ކަންބޮޑުވެފައި ސޯފާގައި އިންއިރު އިރުއިރުކޮޅުން ފާރުގައި ހަރުކުރެވިފައިވި ގަޑިއަށް ބަލައިލައެވެ. ” ނާލް… ” އެތެރެއަށް ވަން ޔަނާލް ފެނި ދެމީހުނަށް އެކުގައި ޔަނާލްގެ ނަން ދުލުން ކިޔާލަމުން އޭނަގެ ގާތަށް ދެވުނެވެ. ” ދަރިފުޅާ… ހާދަ ލަސްވީ މިއަންނަނީއޭ ބުނިފަހުންވެސް… ” ކަންބޮޑުވެފައިވި ޔުސްރާއަށް ޔަނާލްގެ މޫނުގައި ފިރުމާލަމުން ބުނެލެވުނެވެ. ”ތެދެއް ނާލް… ކީއްވެތަ އެހާ ލަސްވީ… ދޮންތަ ބުނަމެއްނު އެހާ ލަސްވަންދެން އޮފީހުގަ ނޫޅޭށޭ ނާލް ކައިރި… ” ޔަލްވީއަށްވެސް ޝަކުވާކޮށްލެވުނެވެ. ހުރި ހަމައެކަނި ކޮއްކޮދެކެ އޭނާ ނުހަނު ލޯބިވެއެވެ. ދުވަހެއްގެ ކޮޅުންވެސް ޔަނާލްއަށް ދެރައެއް ލިބޭކަށް ޔަލްވީއެއްނޭދެއެވެ. ”އޯ ހޯ ދޮންތާ… އެހާ ކަންބޮޑުނުވެބަލަ… އައިމް ޓޯޓަލީ ފައިން… މަންމާ އަޅުގަނޑު މިހުރީ ސަލާމަތުން ގެއަށ އައިއްސައެއްނު… އެމަސައްކަތް އެއްކޮށް ނިންމާލާފަ އަންނަންވެގެން މަޑުކޮށްލީ ކުޑައިރުކޮޅަކު… ވަރަށް ވަރުބަލިވެފަ މިހުރީ… ބޭނުންވަނީ އަވަހަށް ނިދާލަން… ޕްލީޒް… ” މަންމަ އާއި ދޮންތަގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުގެ އަސަރުތަކާއެކު އެދެމީހުންގެ ކުރިމަތީގައި ހަޤީޤަތް ހާމަކުރާނެ ހިތްވަރެއް ޔަނާލްއަކަށް ނުލިބުނެވެ. އިތުރަށް އެދެމީހުން އޭނައާމެދު ކަންބޮޑުވެ ހާސްވާކަން ޔަނާލް ބޭނުމެއްނުވިއެވެ. އެހެންވެ މޫނުމަތިން އެއްވެސް ކަމެއްނުވާކަން ދައްކަމުން ޔަނާލް ވާހަކަ ދެއްކިއެވެ. އެންމެ ރަނގަޅު ކަމުގައިބުނެ ޔުސްރާ ދެކުދިން ގާތު އަވަހަށް ނިދަން ދިއުމަށް އެދުނެވެ. ދެމީހުންވެސް ބޯ ޖަހާލުމަށްފަހު އެމީހެއްގެ ކޮޓަރިއަށް ގޮސް ވަނެެވެ. ޔުސްރާވެސް ދޮރުތައް ޖަހާ ތަޅުލުމަށްފަހު ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ.

ފެންވަރާލައިގެން ނުކުން ޔަނާލް އޭނަގެ ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަމުން އައިސް ފޮތިގަނޑު ކަހާލާފައިވި ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. ކުޑަދޮރު ހުޅުވާލަމުން ޔަނާލް ހާމައަށް އޮތް އުޑަށް ނަޒަރު ހުއްޓާލިއެވެ. ހާމައަށް އޮތް ސާފު އުޑު ވަނީ ޖަވާހިރުކޮޅުތަކެއް ފަދައިން ވިދާ ބަބުޅަމުންދާ ތަރިތަކުން ފުރިފައެވެ. ތަރިތަކުގެ އެމާލަމުގައި ރާނީއެއް ފަދައިން ހިނިތުންވެލައިގެން އިން ހަނދު އޭގެ ވާޖިބު އަދާކުރުމުއިގެން ކުރިއަށް ދިޔައެވެ. ޖެހިލާ ލުއި ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމު އިހުސާސެއްކުރުވައެވެ. އުޑުން ނަޒަރު ވަކިކޮށްލި ޔަނާލް އަނެއްކާވެސް ތުވާލިން އިސްތަށިގަނޑުން ފެން ހިއްކަން ފެށިއެވެ. އޭރު އޭނަގެ ނަޒަރު ގުޅިފައިވީ ގޭގެ ބަގީޗާއަށެވެ. މަޑު އޮރެންޖުު ކުލައިގެ ލެޑް ލައިޓްތަކުގެ ފަނޑު އަލީގައި ބަގީޗާތެރެ ފެންނަލެއް ނުހަނު ފުރިހަމައެވެ. އޭރުވެސް އެސަރަހައްދުގައި މާމެލީގެ މީރުވަސް ހިފާލާފައިވެއެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޔަނާލްގެ ސިކުނޑިއަށް މިރޭގެ ޚިޔާލުތައްވެރިވެގަތެވެ. އޭނަގެ ފަހަތުން އައި ޒުވާނާގެ ހަނދާނާއެކު ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެނަސް ކުޑައިރުކޮޅެއްގެ ތެރޭގައި އިކާންއާއެކު ހޭދަކުރެވުނު ވަގުތުތަކުގެ ހަނދާންތައް އެހަނދާނުގެ މައްޗަށް ގަދަވެގަތެވެ. އިކާންގެ ހިމާޔަތުގެ ދަށުގައިވި އެވަގުތުކޮޅު އޭނައަށް އެއިހުސާސްކުރެވުނު ރައްކާތެރިކަން މިއިން ދުވަހަކު އިހުސާސްނުކުރެވޭ ފަދައެވެ. އިކާން އޭނަގެ މޫނުގެ ދެފަރާތުން ހިފަހައްޓާލާ ލޮލާއިލޯ ސީދާކޮށްލި ވަގުތު އޭނަގެ ހިއްސުތަކަށް ގުޑުމެެއްއައިހެން ހީވިއެވެ. އެތޫނު ދެލޮލުން އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލުކޮށްލިފަދައެވެ. އެއާއެކު އިކާންއާއެކު ހޭދަވީ ހުރިހާ ވަގުތުކޮޅުތަކެއްގެ ހަނދާންތައް ޔަނާލްގެ ސިކުނޑިއަށް ޖަމާވިއެވެ. އެންމެ ފުރަތަމަ އަތިރިމަތިން އޭނައަށް އިކާން ފެނުނު ދުވަހެވެ. އެއަށްފަހު އިކާންގެ އޮފީހުން ބައްދަލުވިގޮތެވެ. އޭނާ ވެއްޓެންދިޔަ ވަގުތު އިކާން އޭނަގެ އުނަގަނޑުގައި ވަށާލިގޮތެވެ. އެތޫނު ދެލޮލުން އޭނަގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި ގޮތުން އޭނަގެ ހިތުގެ ވިންދު އަވަސްކުރުވި ގޮތެވެ. މީހެއްގެ އެހީތެރިކަން ބޭނުންވި އެތައް ވަގުތަކު އިކާންގެ ދެއަތުން އޭނައަށް ހިމާޔަތްދިނެވެ. ވެއްޓެންދިޔަ އެތައް ފަހަރަކު އެދެއަތުން އޭނަގެ ހަށިގަނޑު ވެއްޓުނަނުދީ ހިފެހެއްޓިއެވެ.

ސިކުނޑިއަށް ވެރިވެގެން ޚިޔާލުތަކުން ޔަނާލްގެ ހަރަކާތްތައްވެސްވީ ހުއްޓުމަކަށް އައިސްފައެވެ. އެފަދައިން އެއްވެސް މީހަކާމެދު ޚިޔާލުކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެފަދަ ވިސްނުންތަކެއް ގެއްގުޅުމުގެ ހައްޤު އޭނައަށް އޮތްކަމަކަށްވެސް ޔަނާލް ގަބޫލެއްނުކުރެއެވެ. އޭނަ އެފަދަ ކަމަކަށް އެކަށީގެންނުވާކަމަށް ބުނެ ސިކުނޑި ތަކުރާރުކޮށް ވިސްނައިދިނެވެ. ދެވަނަ ފަހަރަށް އޭނަގެ ދިރިއުޅުމުގައި ހެދުނު އެންމެ ބޮޑު ގޯސް ތަކުރާރުވާނެފަދަ އެއްވެސް ކަމެއްވިޔަދޭކަށް ޔަނާލްގެ ސިކުނޑި އެއްބަހެއްނުވިއެވެ. ހަށިގަނޑަށް ވެރިވެފައިިވި ވަރުބަލިކަމާއެކު ސިކުނޑިއަށް ކުރަމުންދާ ބާރު ބޮޑުވުމުން ޔަނާލް ބޭނުންވީ ވީއެންމެ އަވަހަކަށް އެޚިޔާލުތަކުން ދުރުވާށެވެ. ކުޑަދޮރު ލައްޕާލާ ފޮތިގަނޑު ދަމާލުމަށްފަހު ގޮސް ތުވާލި ހަރުގައި ތުވާލި އަޅުވާލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު ލަސްނުކޮށް ގޮސް ކޮޓަރީގެ ލައިޓް ބަަދަލުކޮށްލާާ އެނދުގައި ޔަނާލް އޮށޯވެލިއެވެ. މާލަސްތަކެއްނުވެ ވެފައިހުރެ ވަރުބަލިކަމާއެކު ޔަނާލްގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރިގެން ދިޔައެވެ.

ތަނަވަސް ބޮޑު ކޮޓަރީގެ ކިންގް ސައިޒް އެނދުގައި އޮށޯވެލައިގެން އޮތް އިކާންގެ ލޮލުގައި ނިދީގެ އެއްވެސް އަަސަރެއްނުވެއެވެ. ކަނާއަތް ބޯ ދަށަަށް ލައްވާލާ ނިއްމަތީގައި އަނެއް އަތް ބާއްވާލައިގެން އޮތްއިރު ހީވަނީ ވިސްނުމަކަށް ގެއްލިފައި އޮތްހެންނެވެ. އިކާންގެ މުޅި ވިސްނުން ހިޞާރުކޮށްފައިވަނީ މިރޭގެ ހާދިސާއެވެ. ޔަނާލްއާ މީހަކު އެފަދައިން ދިމާކުރުމުން އިކާންގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ކަރުނުން ބަރާވެފައިވި ބޮޑު ދެލޮލުގައިވި ބިރާއި ސިހުން މިހާރުވެސް އޭނައަށް ފެންނަ ފަދައެވެ. އެވަގުތު އޭނައަށް އެހިސާބަށް ދެވުނުކަމީ ނަސީބެކޭ އިކާން ހިތަށްއެރިއެވެ. އޭނަ ފެނުމުން ޔަނާލް އޭނަގެ ހަށިގަނޑުގައި ބައްދާލި މަންޒަރު ލޮލަށް ސިފަވުމުން މިފަހަރުވެސް ތަފާތު އިހުސާސެއްކުރުވިއެވެ. އެމަންޒަރު ތަކުރާރުކޮށް އޭނައަށް ސިފަވަމުން ދިޔުމާއެކު ޔަނާލްއާމެދު ވިސްނެން ފެށުމުން ހިތުގައި ސުވާލުވެސް އުފެދުނެވެ. ޔަނާލްއާ ބައްދަލުވާ ކޮންމެ ފަހަރަކު ހާލަތު އެދެމީހުން ގާތްކުރުވައެވެ. ޔަނާލްގެ ފަރާތުން ފެންނަ ކަންތައްތަކުން ޔަނާލްގެ ހަޔާތާމެދު އޭނަގެ ހިތުގައި ކޮންމެވެސް ވަރެެއްގެ ޝައުޤުވެރިކަމެއް އުފެދިފައިވާހެން އިކާންއަށް ހީވިއެވެ. އެހެންނޫންނަމަ އެކަންކަމާމެދު އޭނައަށް ވިސްނެންވީ ކީއްވެ ހެއްޔެވެ؟ ޔަނާލްއަކީ އޭނާ އާއި އެއްވެސް ގުޅުމެއް ހުރި ފަރާތެއްނޫނެވެ. އޭނަ މީގެ ދެތިން ދުވަސް ކުރިން ދުށް އަންހެން ކުއްޖެކެވެ. ޔަނާލްގެ އަމަލުތައް ހުންނަ ގޮތުން އޭނަގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިކާންއަށް ގަބޫލުކުރެވުނެވެ. މިފަދަ އެތައް ކަންތައްތަކެއް އިކާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނަގެ ލޮލަށް ނިދި ސަވާރުވީވެސް އެވިސްނުންތަކުގައި އޮތްވައެވެ.

 

 

 

49

ifoo

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salaam dear readers ❤️❤️❤️😊😊😊… I’m extremely sorry my dear readers for the late update 🙁🙁🙁… As I told before one of my family member was sick so couldn’t get enough time to write the story 🙁🙁🙁… Hama nimunaaeku mi up kohly… Check vx nukohlan… So mistakes huredhaane ingey… Next part In Sha Allah Friday night ga… Last part ge comment thakah reply kohlaanan In Sha Allah vaguthu veeevarakun 😊😊😊… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️😊😊😊… Hope all will like this part too n feel free to comment your views 😊😊😊… Love you all my readers ❤️❤️❤️😊😊😊😘😘😘…

    ⚠Report!
    1. Aisher ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️😊😊😊😘😘😘…

      ⚠Report!
    1. Maisha maii ❤️❤️❤️… Thankyou soooooo much dear ❤️❤️❤️😊😊😊😘😘😘… V v v ufaavehje mi part vx reethi v ma 😊😊😊… Keep waiting dear 😊😊😊…

      ⚠Report!
    1. Unknown ❤️❤️❤️… Thankyou sooooooooo much ❤️❤️❤️😊😊😊😘😘😘… It means a lot for me 😊😊😊…

      ⚠Report!
  2. Ahhhah😊😊😊. Finally I got a phone dear sosun flower❤️❤️❤️Ehenve hama emoji kolheiy nulai nuhurevunee❤️❤️😍😍 Mi episode ves vvv salhi inge ifoo❤️❤️😍😍 Hama bunaane echcheiy neyngifa mi innanee❤️❤️😍😍 Yanaal and ikaan ge bai Haadha Haadha Haadha reechchey❤️❤️😍😍 And e party beyvvi gothaa party beyvvi thanthan sifakodhdheefa hurileiy vv salhi❤️❤️😍😍 Hama heevanee film eiy balaaleveyhen❤️❤️😍😍 Ibaaraaiy kuru ves fashuvi vefa vv reethi❤️❤️😍😍 Jaaneman❤️❤️😍😍 Fortnite dhen mi dhanee❤️❤️😍😍 Annaanan adhi konmeves ehen irakun noonee konmeves ehen dhuvahakun❤️❤️😍😍 Wish you the very best of luck❤️❤️😍😍 Good bye jaaneman❤️❤️😍😍 Salaam❤️❤️😍😍

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊😘😘😘… Soooooo colourful Comment ❤️❤️❤️😊😊😊… Thankyou sooooooooo much dear Fortnite ❤️❤️❤️😘😘😘😊😊😊… It means a lot for me 😊😊😊… V v v ufaavehje mi part vx reethi v ma 😊😊😊… Much loves from me dear ❤️❤️❤️😘😘😘😊😊😊…

      ⚠Report!
    1. Kylie ❤️❤️❤️… Thankyou soooooo much dear 😊😊😊❤️❤️❤️😘😘😘… Keep waiting 😊😊😊…

      ⚠Report!
  3. Mi partvx v v v furihama 😊😊😊😊😊😊😊😊😊😊😍😍😍😍😍😍😍😍 I can image each n every scene in it ❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙

    ⚠Report!

Leave a Reply

Your email address will not be published.