މެންދުރު ކައި ނިމުމުން ތިން ކުދިންވެސް ކޮޓަރިއަށް ވަނެވެ. ވެފާހުރި ވަރުބަލިން ތިން ކުދިންވެސް ކުޑަކޮށް އަރާމުކޮށްލަން ޖައްސާލިއެވެ. އިރުކޮޅެއް ވީތަނާ ބަންގި ގޮވާ އަޑުއިވުމުން ކަންނެއްކަމާއެކުވެސް ތެދުވިއެވެ. ތިން ކުދިންވެސް އުޅެމުން ދިޔައީ އެއް ކޮޓަރީގައި ކަމުން ފަހަަރަކު ކުއްޖަކު ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނިކުތެވެ. އަދި އަޞްރު ނަމާދުކޮށްލިއެވެ. ނަމާދު ކޮށްގެން ތިން ކުދިންވެސް ލެޕްޓޮޕުން ކޮރެއަން ސީރީޒްއެއް ބަލަން އެނދުގައި ޖައްސާލިއެވެ. މާދަމާ އަކީ ހުކުރު ދުވަހަށް ވެފައި މިއަދު […]
ހަތަރު އަހަރު ފަސް……. ސާފު ނޫ އުޑުގައި ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވެއެވެ. ގަދައަށް އަވި ދެމުން ދިޔަ ނަމަވެސް ޖެހިލާ ވައިރޯޅިތަކުން އަރާމުކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވެއެވެ. މާލޭގެ މަގުތައް ވަނީ އާދައިގެ މަތިން ހަލަބޮލިވެފައެވެ. ކޮޅު ކޮޅަށް ދުއްވާ ވެހިކަލްތަކާއި ހިނގާާ ބިނގާާވެ އުޅޭ މީހުން އެހާާވެސް […]
ފެންވަރާ ތައްޔާރުވެގެން ތިރިއަށް ފޭބި ޝައުނާއަށް ނުކުމެވުނީ އާމިރާގެ ކުރިމައްޗަށެވެ. ކުރިން ފެންނަ ނުރުހުންތެރިކަމެއް އާމިރާގެ މޫނަކުން އޭނައަކަށް ނުފެނުނެވެ. ” މަންމާ… އައިލީ މެނާއެކު ހިނގާލަން ދާން މިދަނީ… ” މަޑުމައިތިރިކަމާއެކު ޝައުނާ ބުންޏެވެ. މަޑުމަޑުން ހޫމް ލައްވާލުމަށްފަހު އާމިރާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ޝައުނާ އަށް ބޭއިހްތިޔާރުގައި ހިނިތުންވެެލެވުނެވެ. އެހެންޏާ ފެންނަ ނުރުހުންތެރިކަން މިފަހަރު އޭނައަށް އާމިރާގެ ކިބައިން ނުފެނުމުން އެހިތަށް ހަމަޖެހުން ގެނުވިއެވެ. އައިލީންގެ ގެއަށް ދިޔުމަށް ޝައުނާ އޭނަގެ ގެއިން ނިކުތެވެ. […]
ހެނދުނުގެ ނާސްތާއަށްފަހު އައިލީން ގޭތެރޭގެ ބައެއް ކަންތައްތައް ކޮށްލުމުގައި ހަރަކާތްތެރިވިއެވެ. އައިލީން އަކީ އަބަދުވެސް ވީވަރަކުން އެފަަދަ މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވާ މުރާލި ކުއްޖެކެވެ. ބައެއް ކަންތައްތައް ކޮށްލުމަށްފަހު އޭނާ ކޮޓަރިއަށްވަދެ ކުޑަކޮށް ތައްޔާރުވެލިއެވެ. ލައިފައިވި މަޑު ފެހިކުލައިގެ މަތީކޮޅާއި ސްކާޓް އާއި ގުޅޭނޭހެން މަޑު ފެހިކުލައިގެ ސްކާފެއް ކަރުގައި އަޅާލިއެވެ. ތައްޔާރުވެގެން އޭނާ ތިރިއަށް ފޭބިއެވެ. އޭރު ބަދިގޭ ތެރެއިން ޒާހިޔާ ވާހަކަ ދައްކާ އަޑުއިވެއެވެ. މަސް ކޮށަން އިން ޒާހިޔާ ދިޔައީ މުރަނގަތޮޅިތައް މަށަން އިން […]
ޔައިޝް އެންމެ ފަހުން ބުނެލި ޖުމްލަތަކުން ޝައުނާ ހުރީ ހައިރާންވެފައެވެ. އޭނަގެ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުނެވެ. ގިސްލެވުންވެސް ވަނީ މިހާރު ހުއްޓިފައެވެ. ލިބުނު ހައިރާންކަމުގައި އޭނާއަށް ހުރެވުނީއެވެ. ޔައިޝްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައީ ޝައުނާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ޝައުނާ އޭނަގެ ލޯބި ގަބޫލު ކުރާނެބާއެވެ؟ އޭނަގެ ލޯބި ގަބޫލުކޮށްފިނަމަ ހާދަހާ އުފާވާނެއެވެ. އޭނަ އަބަދުވެސް ޝައުނާ އުފަލުގައި ބެހެއްޓޭތޯ ވީވަރަކުން މަސައްކަތްކުރާނެއެވެ. ޝައުނާއަށް އަށް އިންތިހާ ލޯބި ދޭނެއެވެ. އެހެނަސް ޝައުނާ […]
އެތަނުގައި ތިބި ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ދިޔައީ އެމީހުންނަށް ލިބެމުންނެވެ. ލަވަ ނިމުމުން ގިނަ ބަޔަކު ޕާޓީ އިން ނިކުތެވެ. އޭރު ވަނީ ޕާޓީ ނިމުމާ ވަރަށް ގާތްވެފައެވެ. ލަވަ ނިމުމުން އައިލީން އާއި ރިފްޝާ ޝައުނާ ގޮވައިގެން އެހެން މީހުނާ ތަންކޮޅެއް ދުރުގައި އެއްފަރާތްވެލިއެވެ. ޝައުނާގެ މޫނު ކުލަވަރު ވަނީ މުޅިން ގެއްލިފައެވެ. ” ޝައު ޕްލީޒް… ޑޯންޓް ކްރައި… ބީ ސްޓްރޯންްގް… ޝައު ޖެހޭނެ ކޮންމެވެސް އެއްގޮތެއް ނިންމަން… އަހަރުމެނަކަށް ފަސޭހައެއް ނޫނޭ […]
ލިޝާން އާއި އިފާން އެމީހުން ގެނައި ކާއެއްޗެހިތައް މޭޒު މަތީގައި ބެހެއްޓިއެވެ. އަދި ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. ” ހާދަ ލަހަކުންނޭ ތި އާދެވުނީ ” ޔޫހާން އަހާލިއެވެ. ” ލަސްވާނެ އެއްނު މި ފާން ރިފޫ ފެނުނީމަ ހުއްޓުން އަރަންޔާ… ދެންމެވެސް ކޯކު ތަށީގަވެސް ރިފޫގެ އަތުގަ އާ އެއްކޮށް ހިފީ… އަހަރުން ގޮސް ބޮނޑިއެއް އެޅީމަ އިނގުނީ ކޯކު ތަށިން އަތް ނައްޓުވާލަން… ” ޔައިޝް އެހުރިހާ އެއްޗެއް ކީިއިރު އިފާންް އޭނައަށް ބަލަހައްޓައިގެން […]
މުޅިން އާ ދުވަހަކަށް އިރު އަރާ އޭގެ ވާޖިބު އަދާކުރަމުންދެއެވެ. އިއްޔެ ހަވީރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިއަދު ވިއްސާރައިގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވާ ސާފު ރީތި ނޫ އުޑެވެ. ގަދައަށް އަވި ދެމުން ދިޔަނަމަވެސް ޖެހިލައި މަޑުމަޑު ވައިރޯޅިން ކޮންމެވެސް ވަރަކަށް ފިނިކަން އިހުސާސްކުރެއެވެ. […]
ދަތުރު ވަރުބަލިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކުވެސް އިޝާާ ނަމާދު ކޮށްގެން އަވަސްވެގަތީ ނިދާށެވެ. ނިދަން އޮށޯވެ އޮތް އިރުވެސް ކޮންމެ މީހެއްގެ ހިޔާލުގައިވެސް ވަނީ ދަތުރުގެ އެކިއެކި ހަނދާންތަކެވެ. އައިލީން އާއި ޔޫހާން އެކަކު އަނެކަކުގެ ހިޔާލުގައި އޮތް އިރު ރިފްޝާ އާއިި އިފާންވެސް ދިޔައީ އެދެމީހުންގެ ހިޔާލުތަކުން ހިތަށް ހަމަޖެހުން ހޯދަމުންނެވެ. ޔައިޝްއަށް ޝައުނާ އާއި އޭނަގެ އެކިއެކި ކޯޅުންގަނޑުތައް ހަނދާންވެ ހެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ޔާފިއުގެ އަމަލުތައް ހުންނަގޮތް ސިފަވުމާއެކު އޭނަގެ […]