އިފާން ރިފްޝާގެ އަތުގައި ހިފާ އޭނަ އާވީ ދިމާލަށް ދަމާލުމަށްފަހު ރިފްޝާގެ ގައިގައި ބާރަކަށް ބައްދާލިއެވެ. ދެ ލޯ ބޮޑު ވެފައި ރިފްޝާއަށް ހުރި ގޮތަށް ހުރެވުނީއެވެ. ރިފްޝާއަށް ލިބުނު ކުއްލި ސިހުމުގައި އެއްވެސް ހަރަކާތެއްނެތި ހުރިގޮތަށް ހުރެވުނީއެވެ. ހީވީ އޭނަގެ ނޭވާ ވެސް ތާށިވީ ހެންނެވެ. ” ރިފޫ އަކީ އަހަންނަށް ވަރަށް ހާއްސަ ކުއްޖެއް… މިރޭ އަށް ގަޑި ފަނަރައަށް ރަސްފަންނަށް އައިސްލަދީ… އޭރުން ރިފޫ އަށް އިނގޭނެ ރިފޫ އަކީ އަހަންނަށް ކިހާ […]
” ނައު ” ހައިރާންްްވެފައި ހުރެ ޔޫހާންއަށް ބުނެލެވުނެވެ. ” ހޫމް… ނައު… ކިހިނެއްވީ؟ ސަޕްރައިޒް ކަމަކު ނުދޭތަ؟ ހެހެހެ… ” ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރެ ނައުރީން ބުނެލިއެވެ. ” ނޫނޭ… ސަޕްރައިޒް ހަމަ ވަރަށް ސަޅި… ހެހެހެ… އެކަނިތަ އައީ؟ ” ސިޑިން ފައިބައިގެން ދަމުން ޔޫހާން އަހާލިއެވެ. ” ނޫނޭ.. ބައްޕަ އާއެކު… ” ޖަވާބުގައި ނައުރީން ބުނެލިއެވެ. އެމީހުން ތިރިއަށް ފޭބިއިރު ނަސީރު ޔާސިރު އާއެކު ސިޓިންރޫމުގައި ވާހަކަ […]
ސިހިފައި ދެ މީހުން ފަހަތަށް ބަލައިލިއިރު ތިބީ ދެމީހުންގެވެސް އެންމެ ގާތް އެކުވެރިންނެވެ. ޔޫހާން އާއި އައިލީންއަށް ހިނިތުންވެލެވުނެވެ. ”ކޮންގްރެޓްސް އައިލީ… ” ރިފްޝާ އާއި ޝައުނާ އައިސް އައިލީންގެ ގައިގައި ބައްދާލަމުން ބުންޏެވެ. ” ތޭންކްސް ” އައިލީންވެސް އެދެ މީހުންގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކުރިއެވެ. ޔައިޝް އާއި އިފާންވެސް ޔޫހާންގެ ގައިގައި ބައްދާލަމުން އެ މީހުންގެ އެ ގުޅުމަށް މަރުހަބާ ކިޔެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” […]
ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް އިފޫ ފުރަތަމަ މަޢާފަށް އެދެން ވާހަކަ ގެނެސްދިނުން ލަސްވީތީ… އިފޫ މިއުޅެނީ ވަރަށް ބަލިކޮށް… އެހެންވެ ވާހަކަ ގެނެސްދިނުން ލަސްވަނީ… އެކަމަކުވެސް ވާހަކަ ލިޔެވޭވަރު ވިހާ އަވަހަށް އިންޝާ ﷲ އިފޫ ވާހަކައިގެ ދެން އޮތް ބައި ގެނެސްދޭނަން… އުއްމީދުކުރަން ހުރިހާ ކިޔުންތެރިންވެސް އިފޫއަށް ހެޔޮހިތުން މަޢާފު ކޮށްދޭނެކަމަށް… އައި އޭމް ރިއަލީ ސޮރީ މައި ޑިއާ ރީޑާސް… އުއްމީދުކުރަން އިފޫގެ ވާހަކައަށް އިންތިޒާރުކުރާނެކަމަށް… ލަވް ޔޫ އޯލް މައި ރީޑާސް…
ފޯނުގެ ސްކްރީނަށް ބަލައިލި އައިލީންއަށް ލިބުނީ ހައިރާންކަމެވެ. ގުޅަމުން އެ ދަނީ ޔޫހާންއެވެ. ރޭގަ ވެސް އަދި މިއަދުވެސް އެއްވެސް ޚަބަރެއް ނުވެ ހުރެ ކުއްލިއަކަށް ގުޅުމުން ހައިރާންވާނެ ނޫން ހެއްޔެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ” ހަލޯ އައިލީ… ކޭން ޔޫ ޑޫ މީ އަ ފޭވާ ޕްލީޒް… ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ ” އައިލީން ފޯނު ނެގުމާއެކު ޔޫހާން ބުންޏެވެ. އައިލީން ހުރީ ބުނާނެ އެއްޗެއްވެސް […]
އައިލީންއަށް ހޭލެވުނީ އޭނަގެ ފޯނުން ބަންގީގެ އަޑު އިވުމުންނެވެ. ކަންނެއްކަނާއެކު ދެ ލޯ ހުޅުވާލަމުން އޭނާ އެ އޮފް ކޮށްލިއެވެ. އޭނާ ބަލައިލިއިރު ުފްޝާ އޭރުވެސް އޮތީ ގަދަ ނިދީގައެވެ. ޝައުނާ އޭރު ފާޚާނާއަށް ގޮސް ވަންނަނީއެވެ. އައިލީން ވައިފައި އޮން ކޮށްލީ ޔޫހާންގެ މެސެޖެއް އައިސްފައި އިންތޯ ބަލާށެވެ. އޭނާ ބަލައިލިއިރު ޔޫހާންފެ އެއްވެސް މެސެޖެއް އައިސްފައެއް ނެތެވެ. ރޭގަވެސް ޔޫހާންގެ މެސެޖެއް ނުލިބުނެވެ. މީގެކުރިން ކޮންމެ ރެއަކުވެސް ޔޫހާން މެސެޖުކުރެއެވެ. ރޭގަ މެސެޖެއް ނުލިބުމުން އޭނަގެ […]
ޔޫހާން ކާރުގައި މިސްރާބު ޖެހީ ޔައިޝްގެ ގެއަށް ދިއުމަށެވެ. އޭނަގެ މަންޒިލަށް ވާސިލް ވުމުން ކާރު ޕާކުކޮށްލުމަށްފަހު ގޮސް ގޭގެ ބެލް އަޅާލިއެވެ. އިރުކޮޅެއް ތެރޭގައި ޔައިޝްގެ މަންމަ އައިސް ދޮރު ހުޅުވިއެވެ. ” އަހާ… ޔޫހާންތަ… އަވަހަށް ވަދޭ އެތެރެއަށް… ކިހިނެއްތަ؟… މިހާރު ހާދަ ނާދެޔޭ ދައްތަމެން ގެއަށް… ” ހިނިތުންވެލަމުން ހަފީޒާ ވާހަކަ ދެއްކިއެވެ. ” ރަނގަޅު… ދައްތަ ކިހިނެއްތަ؟ ބިޒީކަމުން ނާދެވެނީ ހަމަ… ” ގެއަށް ވަންނަމުން ހިނިތުންވުމަކާއެކު ޔޫހާން ބުނެލިއެވެ. ޖަވާބުގައި […]
ރެސްޓޯރެންޓަށް ވަދެގެން ދިޔަ ހަ ޒުވާނުންނަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެމީހުން ގޮސް ހުސް މޭޒެއްގައި އިށީނެވެ. އިށީނުމާއެކު ވެއިޓަރެއް އޯޑާ ނަގަން އައެވެ. ތިން ފިރިހެން ބައިވެރިން ކަޅު ކޮފީއަކަށް އޯޑާކުރިއެވެ. އައިލީން އާއި ޝައުނާ ފްރެޝް ފެޝަން ފުރުޓް ޖޫހަކަށް އޯޑާކުރި އިރު ރިފްޝާ އޯޑާކުރީ ފްރެޝް ލެމަން ޖޫހަކަށެވެ. ” ސޯ… މާލޭގަ މިހާރު އެއްކޮށް ތި އުޅެނީ… ” ވެއިޓަރު އޯޑާ ނަގައިގެން ދިޔުމުން ޔޫހާން އަހައިލިއެވެ. ” […]
ތިން ކުދިންވެސް ގެއިން ނިކުމެ މިސްރާބު ޖެހީ މިހާރު މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލް ކަމުގައިވާ ރަސްރަނި ބަގީޗާއަށް ދިއުމަށެވެ. އެތަނަށް ގޮން ވަތް އިރު ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވަމުންދެއެވެ. ބަންދު ދުވަހަކަށް ވެފައި ހަވީރުގެ ހިތްގައިމު ވަގުތުކަމުން މީހުންވެސް ގިނަވާނެ ނޫންހެއްޔެވެ. އެކިއެކި އުމުރު ފުރާއިގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ތިން ކުދިންވެސް ގޮސް އެކި ތަންތަން ބަލައިލާ އެކި ގޮތްގޮތަށް ސެލްފީ ނަގާާ […]