ލޮލަށް ފެނިގެން ދިޔަ މެސެޖުތަކުން ޔޫހާންގެ ދެ ބުމަ ގޮށްޖެހިގެން ދިޔައިރު އަތް ވެސް ވަނީ މުއްކެވިފައެވެ. އައިލީން އެހެން ފިރިހެނަކާއެކު އެހާ ގާތުގައި ވުމުން ޔޫހާންގެ ހިތަށް ތަދުވިއެވެ. ފުރަތަމަ އެ ފޮޓޯތައް ފެނުމާއެކުވެސް އޭނައަށް އާދެވުނީ ރުޅިއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ލޯބިވާ ފަރާތް އެހެން މީހަކާއެކު އެފަދަ ގޮތެއްގައި ފެނުމުން ވާނީވެސް އެހެންތާއެވެ. އެކި ކަހަލަ ވަސްވާސްތަކުން ޔޫހާންގެ ސިކުނޑި ދިޔައީ ފުނިޖެހެމުންނެވެ. ތިން ހަތަރު ފަހަރު އޭނަ އެ ފޮޓޯތައް އެގޮތުގައި […]
” އައި ލަވް ޔޫ ޔައިޝް… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް… ” ދުވެފައި ގޮސް ފަހަތުން ޔައިޝްގެ ގައިގައި ބައްދާލާމުން ޝައުނާ ބުނެލިއެވެ. ޔައިޝްއަށް އިވުނު ބަސްތަކުގެ ސަބަބުންނާއި ކުރުވި އިހުސާސަކުން ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ. ދެވަނަ ސިކުންތުގައި ޝައުނާ އޭނަގެ ގައިގައި ހިފަހައްޓާފާވި އަތް ނައްޓާލުމަށްފަހު ޝައުނާއަށް ކުރިމަތިވާނޭހެން އޭނަގެ ކުރިމަތީގައި ޔައިޝް ހުއްޓިލިއެވެ. ”ޝައު… އަހަންނަށް މި އަޑު އިވުނީ ރަނގަޅަށްތަ؟ އަދި… އަދި އެއްފަހަރު […]
ޝައުނާ ޓައިޕްކުރުން ހުއްޓާލުމަށްފަހު މޭޒު މަތީގައި އޮތް ފޯނު ނަގައި އިފާންއަށް ގުޅާލިއެވެ. ” ހެލޯ… ފާން… ” އިފާން ފޯނު ނެގުމާއެކު ޝައުނާ ބުނެލިއެވެ. ” ހެލޯ… ޝައު… ކިހިނެއްވީ އަނެއްކާ… ރިފޫއަށް ކަމެއް ވީތަ… ” ހާސްވެފައި އިފާން ވާހަކަ ދެއްކިއެވެ. ކަމެއް ނުވާނަމަ ޝައުނާ ނުގުޅާނެކަން އޭނައަށް އެނގެއެވެ. ” ނޫން… ހެހެހެ… ރިފޫއަށް ކަމެއް ވީކީ ނޫނޭ… މީ… އެއްޗެއް އަހާލަންވެގެން… ” އިފާން ހާސްވެފައިވުމުން ޝައުނާގެ ގާތަށް ހިނިއައެވެ. ”އޯހް… […]
އައިލީން އޭނަގެ ދެ ލޯ ހުޅުވާލަމުން ޔޫހާން އޭނަގެ ބަނޑުގައި ބައްދާލާފައިވި އަތް ނައްޓުވާލަމުން ދުރުވެލިއެވެ. ” ދެން ހިނގާ ދާން ކޮންމެވެސް ތާކަށް… މިތާ މާ ގިނަ އިރު އެކަނި ތިބުން ރަނގަޅެއް ނޫން… ” ޔޫހާންއަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ދެ މީހުންވެސް އޮފީހުން ނިކުމެ ރަސްފަންނުގެ ހިތްގައިމު މާހައުލަށް ދިޔުމަށް ސައިކަލުގައި މިސްރާބުޖެހިއެވެ. […]
ކެބިންގެ ދޮރު ހުޅުވުނު އަޑަށް ޔޫހާން އާއި އޭނަގެ އަތުތެރޭގައި އޮތް ނައުރީންއަށް އެދިމާލަށް ބަލާލެވުނެވެ. ކެބިންގެ ދޮރު ހުޅުވައިގެން އެދެ މީހުނަށް ނަޒަރު ހުއްޓާލައިގެން ހުރި އައިލީން ފެނި ޔޫހާންގެ ދެ ލޯ ބޮޑުވިއެވެ. ނައުރީންގެ މޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އަވަސް އަވަހަށް ޔޫހާން ނައުރީން އާ ދުރުވެލިއެވެ. އައިލީން އެއްވެސް އެއްޗެއް ބުނުމެއްނެތި ކެބިންގެ ތެރެއަށް ވަނެވެ. އޭނަގެ މޫނު މަތީގައިވި އަސަރުތައް ދެނެގަންނާކަށް ޔޫހާންއަކަށް ނޭނގުނެވެ. ” އައިލީ… ލިސެން […]
ދެ މީހުންވެގެން އެނދުގައި ބެޑް ޝީޓް އަޅާ ބާލީސްތަކަށް އުރަ ލައްވާ ހެދިއެވެ. ރިޝްފާ ކޮޓަރިން ނިކުތުމާއެކު އާފިޔާ ދޮރު ޖެހުމަށްފަހު ތަޅުލިއެވެ. އޭނާ ބާރު ހިނގުމުގައި ގޮސް އަލަމާރި ހުޅުވާލުމަށްފަހު ފޮޓޯ ގަނޑު ނެގިއެވެ. މިއަދު އޭނަ ސަލަމާތް އެވީ ހަމަ ކިރިޔާއެވެ. ރިޝްފާއަށް އެ ފޮޓޯ ގަނޑު ފެނުނު ނަމަ އޭނައަށް ސުވާލުތައް އަމާޒުވީހެވެ. އަވަސް އަވަހަށް އެ ފޮޓޯ ގަނޑު ނަގައި އަލަމާރީގައި ފަށް ޖަހާފައިވި ބޯ ރަޖައެއްގެ ތެރެއަށް ލިޔެވެ. ހަމަޖެހުމުގެ […]
ޝައުނާ ޔައިޝްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. އޭނައަށް އެންމެެ ފުރަތަމަ ވަށާއިގެން ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ވަނީ އަޅި ކުލަ ލައިފައެވެ. ކޮޓަރިއަށް ވަންނަ ދޮރާއި ކައިރިން އެއްފަރާތުގައި އަޅި ކުލައިގެ ބޮޑު ސޯފާއެއް ހުރި އިރު ސޯފާގެ ކުރިމަތީގައި ހަތަރެސްކަން ބިއްލޫރި މޭޒެއް ހުއްޓެވެ. ޖެހިގެން ހުރި ބިތުގައި ފަސް ދޮރުފަތް ލީ އަޅި ކުލައިގެ އަލަމާރިއަކާއި ޑްރެސިން ޓޭބަލެއް ވެއެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ […]
” އަހަރެން މީގެ ފަސް އަހަރު ކުރިން ޔައިޝްއަށް ޖަވާބެއް ދިނީމެއްނު… ” ޔައިޝްގެ ލޮލުން ނަޒަރު ވަކިކޮށްލަމުން މަޑުމައިތިރިކަމާއެކު ޝައުނާ ޖަވާބު ދިނެވެ. ” ތީގެ މާނައަކީ އަދިވެސް ޝައު ލޯބި ވަނީ އެ ޔާފިއުދެކެ އޭ ތަ… އަހަންނަށްޓަކައި ތިހިތުގަ އެއްވެސް އިހުސާސެއް ނުވޭތަ… ” ޔައިޝް ވާހަކަ ދެއްކި ރާގުންވެސް އޭނަގެ ހިތަށް އަސަރުކޮށްފިކަން ހާމަވެގެންދެއެވެ. ޔައިޝްގެ އަޑުގައިވި ރިހުން ޝައުނާއަކަށް ސިއްރެއްނުވިއެވެ. އެކަން އިހުސާސް ވުމާއެކު އޭނައަށް ޔައިޝްއާ ހަތަރު ކަޅި […]
ސިހިފައި ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރި ޝައުނާ ފެނި އައިލީން މޭގައި އަތް އަޅާލަމުން ހަމަޖެހުމުގެ ނޭވައެއް ލިޔެވެ. ” ހޯނެއް ހެން މިތަނަށް ވަދެ ކީއްވެ ފިލާ ތިހިރީ… ހެހެހެ… ” ހެމުން ހެމުން ޝައުނާ ބުނެލިއެވެ. ޝައުނާ ބުނި އެއްޗަކަށް ފަރުވާލެއްނެތި އައިލީން އެކި ފަރާތް ފަރާތް ހޯދަންފެށިއެވެ. އައިލީންގެ ހަރަކާތްތައް ހުރި ގޮތުން ޝައުނާ ހުރީ ހައިރާންވެފައެވެ. ” އައިލީ… ކިހިނެއް ވީ؟ ކާކުތަ ތި ހޯދަނީ… ހާދަ ހާސްވެފަ ތިހިރީ… […]