Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 14

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 5, 2018 7 Mins Read
26 Comments

ރެސްޓޯރެންޓަށް ވަދެގެން ދިޔަ ހަ ޒުވާނުންނަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެމީހުން ގޮސް ހުސް މޭޒެއްގައި އިށީނެވެ. އިށީނުމާއެކު ވެއިޓަރެއް އޯޑާ ނަގަން އައެވެ. ތިން ފިރިހެން ބައިވެރިން ކަޅު ކޮފީއަކަށް އޯޑާކުރިއެވެ. އައިލީން އާއި ޝައުނާ ފްރެޝް ފެޝަން ފުރުޓް ޖޫހަކަށް އޯޑާކުރި އިރު ރިފްޝާ އޯޑާކުރީ ފްރެޝް ލެމަން ޖޫހަކަށެވެ. ” ސޯ… މާލޭގަ މިހާރު އެއްކޮށް ތި އުޅެނީ… ” ވެއިޓަރު އޯޑާ ނަގައިގެން ދިޔުމުން ޔޫހާން އަހައިލިއެވެ. ” ނޫން… އެއްކޮށް މާލެ ޗޭންޖް ވީއެއްނޫން… ކިޔަވަން މިކޮޅަށް އައީ… ދެން ކިޔަވާ ނިމުންއިރު ރަށުގަ ހުސް ޖޮބެއް ނެތް… ސޯ މިކޮޅުން ޖޮބް ހޯދީ… ރަށުން ޖޮބް ލިބެންދެން މިކޮޅުގަ އުޅޭނީ… ” އައިލީން އޮޅުން ފިލުވައިދިނެވެ. އެއާއެކު ވެއިޓަރު އޯޑާކުރި އެއްޗެހި ހިފައިގެން އައެވެ. ” މިފަހަރު ޖެހޭނެ ނަމްބަރު ދޭން އިނގޭ… ކުރީ ފަހަރުވެސް ނަމްބަރެއް ނުހޯދުން ދޯ… އޭރުންތާ މިގޮތަށް ދުއްވާލަންވެސް ދެވޭނީ ދޯ… ކުރިން ލިއްޓު ގާތުވެސް ބުނިން ދޯ ރިފޫމެންގެ ނަމްބަރ ދޭށޭ… ބަޓް އަންފޯޗުނޭޓްލީ އޭނަ އަތުގަވެސް ނެތޯ ބުނީ… އެން އޭރު ލިއްޓު ހުރީވެސް އެހެން ރަށެއްގަ ދޯ… ދެން ފަހުން އެކަމާ ނޫޅެވުނީ ދޯ… އެންމެންވެސް ކިޔެވުމުގަ ބިޒީވީ… ” އިފާން ބުނެލިއެވެ. އެއާއެކު އެންމެންވެސް އެކަކަކު އަނެކަކަށް ހިނިތުންވެލަމުން ނަމްބަރު ދިނެވެ. އެކި ވާހަކަތަކުގައި ތިބުމަށްފަހު ގެނައި ޑްރިންކް ހުސްކޮށްލުމަށްފަހު އެމީހުން ގެއަށް ދާން ނިކުން އިރު އިރުއޮއްސެން ވަނީ ވަރަށް ގާތްވެފައެވެ. ރެސްޓޯރެންޓުން ނިކުމެ ޔޫހާން މެނާއެކު އައިލީންމެން ގެއަށް ދިޔައެވެ. އައިލީންމެން ގެއަށް ވަނުމަށް ދަޢުވަތު ދިނުމުން މިހާރު މާ ލަސްވެއްޖެކަމަށްބުނެ އެހެން ފަހަރަކުން އަންނާނަން ކަމުގައި ބުނުމަށްފަހު އެމީހުން ދިޔައީއެވެ.                                               ގެއަށް ވަން ތިން ކުދިންގެ ތުންފަތުގައިވެސް ވަނީ ރީތި ހިނިތުންވުމެކެވެ. ތިން ކުދިންވެސް ސިޓިން ރޫމު ސޯފާގައި ޖައްސާލިއެވެ. އައިލީން އާއި ޝައުނާ ވާހަކައިގައި އިންއިރު ރިފްޝާ އިނީ ފޯނަށް ގެއްލިފައެވެ. އައިލީންވެސް ފޯނު ނަގައި ވައިފައި ޖައްސާލިއެވެ. އެއާއެކު ވައިބާއިން ފުލުފުލުގައި މެސެޖްތައް އަންނަންފެށިއެވެ. މެސެޖްތައް އަންނަނީވެސް މުޅިން އާ ގުރޫޕަކުންނެވެ. އޭނާ ރަނގަޅަށް ބަލައިލިއިރު އެއީ އިފާން ހަދައިފައިވާ ގުރޫޕެކެވެ. ގުރޫޕުގައި ތިބީ ޔޫހާން އާއި އިފާން އާއި ޔައިޝްގެ އިތުރުން އައިލީން އާއި ރިފްޝާ އަދި ޝައުނާއެވެ. ރިފްޝާ ފޮޓޯ މެސެޖެއް ފޮނުވައިފައި އޮތުމުން އައިލީން ފުރަތަމަވެސް އެ ފޮޓޯ ބަލާލިއެވެ. އެއާއެކު އޭނާ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އެއީ މިއަދު ފެން އަރުވާ ވަޑާން ކައިރިން އައިލީން ވެއްޓެން ދިޔަ ވަގުތު ޔޫހާން ހިފަހައްޓާފައިވި ފޮޓޯއެކެވެ. އައިސްފައިވި މެސެޖްތައް ކިޔާލި އިރު އައިލީންގެ ދޮން ކޯތާފަތަށް ވަނީ ޖަންބުކުލަ ވެރިވެފައެވެ. ޔައިޝް އާއި އިފާންގެ އިތުރުން ރިފްޝާ ދިޔައީ އޭނަ އާއި ޔޫހާން އާ ދިމާކުރަމުންނެވެ. އެވަގުތު އަނެއްްކާވެސް އާ މެސެޖެއް އައުމުން އައިލީން އެ މެސެޖް ބަލައިލިއެވެ. ” ވާއު… ނައިސް… ތޭންކްސް ރިފޫ ފޮޓޯ ފޮނުވާލަ ދިނީމަ… ހެހެހެ..” ޔޫހާން ފޮނުވި މެސެޖް ކިޔާލުމުން އައިލީންއަށް ލިބުނީ ހައިރާންކަމެކެވެ. ޔޫހާންވެސް ހުރީ ރިފްޝާ މެނާއި އެއްކޮޅުގައެވެ. ” ރިފޫ… ކީއްވެ ގުރޫޕަށް ފޮޓޯ ލީ ” އައިލީން ބަލާކަށް ނުހުރެ ސޯފާގަ އޮތް ކުޝަން އެއް ނަގައި ރިފްޝާގެ ގައިގައި ޖަހަމުން ބުންޏެވެ. އެއާއެކު ކުޅިވަރު ފެށިގެން އެ ދިޔައީއެވެ. އެކަކު އަނެކަކު ގަޔަށް ކުޝަން އުކަމުން ދިޔައިރު ޝައުނާ އިނީ ވާނުވާގައެވެ. އައިލީން ރިފްޝާގެ ފަހަތުން ދުވަމުން ޝައުނާ ގާތު ވައިފައި އޮން ކުުރުމަށް ބުންޏެވެ. އައިލީން އެހެން ބުނުމުން ޝައުނާ ވައިފައި އޮންކޮށްލިއެވެ. ފުލުފުލުގައި އައި މެސެޖްތައް ބަލާލުމުން ވެގެން އުޅޭ ގޮތް ޝައުނާއަށް އިނގިގެން ދިޔައެވެ. އޭނާ އައިލީން އާއި ރިފްޝާ އުޅޭގޮތް ފެނުމުން އިނީ ހީހީ ވަރުބަލިވެފައެވެ. އިރުކޮޅަކުން އާޝިޔާވެސް ސިޓިންރޫމުގައި މާ އަޑު ގަދަވާހެން ހީވާތީ ކޮޓަރިން ނިކުތެވެ. އޭރުވެސް އައިލީން އާއި ރިފްޝާ ދިޔައީ އެކަކު އަނެކަކާ ދިމައަށް ކުޝަން އުކަމުންނެވެ. އާޝިޔާ ކޮޓަރިން ނިކުމެ ސޯފާގައި ހޭން އިން ޝައުނާ ގާތު އަތުގެ އިޝާރާތުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޝައުނާ ހެމުން ހެމުން ވީގޮތް ކިޔާދިނުމުން އާޝިޔާއަށްވެސް ނުހީ ނުހުރެވުނެވެ. އޭނަވެސް އައިލީން އާއި ދިމާކުރަން ފެށިއެވެ. އާޝިޔާ ދިމާކުރަން ފެށުމުން އައިލީން އޭނަ އާދިމައަަށްވެސް ކުޝަންއެއް އެއްލިިއެވެ. އެއާއެކު އާޝިޔާ ހެމުން ހެމުން އަވަހަށް ކޮޓަރިއަށް ވަނެވެ. ސަކަރާތް ޖަހައި ޖަހައި ވަރުބަލިވުމުން ތިން ކުދިންވެސް އަނެއްކާވެސް ސޯފާގައި ޖައްސާލިއެވެ. އެހެން އިރުކޮޅަކު ތިބުމަށްފަހު ތިން ކުދިންވެސް އަވަސްވެގަތީ މަޣްރިބު ނަމާދުކުރުމަށެވެ. އެރޭ އެމީހުން ނިދީވެސް ފުދޭވަރަކަށް ލަހުންނެވެ. ނިދަން އޮށޯވެފަވެސް އެކަކު އަނެކަކާ ޗެޓް ކުރުމުގައި އެތައް އިރަކު ތިއްބެވެ.                                         ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ފާއިތުވެ ހިނގައްޖެއެވެ. އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުން ވަނީ މިހާރު ކުރިއަށްވުރެވެސް ވަރުގަދަ ވެފައެވެ. ރެސްޓޯރެންޓަށާއި ދުއްވާލަން ދިއުމަކީ މިހާރު އެކުދިންގެ އާދައެކެވެ. އައިލީން އިންތިޒާރު ކުރަމުން ދަނީ ޔޫހާން ލޯބި ހުށައަޅާނެ ވަގުތަކަށެވެ. ޔޫހާންގެ އަމަލުތަކުން އޭނަ އައިލީންދެކެ ލޯބިވާކަން އިނގިގެން ދެއެވެ. ނޭނގި ނަމަވެސް މިހާރު ޝައުނާގެ ހިތުން ޔައިޝްއަށް ވެސް ވަނީ ޖާގައެއް ދެވިފައެވެ. ޔައިޝްްގެ އެ ސަކަ މިޒާޖާ ޝައުނާ އާމެދު އެ ބަހައްޓާ ގާތްކަމުން އޭނަގެ ހިތުން ޔައިޝްއަށް ޖާގައެއް ދެވުނީއެވެ. އެހެނަސް އެކަން އެއްވެސް މީހަކަށް ނުދައްކާވޭތޯ އޭނާ ދަނީ މަސައްކަތްކުރަމުންނެވެ. ރިފްޝާގެ ހިތުގައިވެސް އިފާންއަށްޓަކައި ދިޔައީ ލޯބި ކުރިލާ ހެދެމުންނެވެ. އިފާން ލޯބިވާކަން ހާމަނުކުރާތީ އޭނަވެސް އެ އިހުސާސްތައް ހިތުގައި ފޮރުވާލައިގެން ހުންނަނީއެވެ. ބައެއް ފަހަރު ދެންމެ ދެންމެވެސް ލޯބިވާކަން ހާމަކޮށްފާނެހެން ހީވާފަހަރު އާދެއެވެ. އެހެނަސް ބައެއް ފަހަރު އިފާންގެ އަމަލުތައް ހުންނަގޮތުން އޭނަގެ ހިތުގައި ވަނީ އެހެން ކުއްޖެއްގެ ނަމޭވެސް ރިފްޝާގެ ހިތަށް އަރަނީ މަދުފަހަރަކު ނޫނެވެ.                                       ލޯގަނޑު ކުރިމަތީގައި ހުރެ ރިފްޝާ ދިޔައީ ތައްޔާރުވަމުންނެވެ. އިފާން ގުޅާފައި ބޭރަށް ގޮސް ލަން ހިނގާށޭ ބުނުމުން އިފާން އައުމުގެ ކުރިން ތައްޔާރުވެވޭތޯ އޭނާ ދިޔައީ ހަރަކާތްތައް އަވަސްކުރަމުންނެވެ. ” ރިފޫ… ސާބަސް… ދުވަހަކު އަވަހަށް ތައްޔާރުވާކަށް ނޫޅޭނެ… ” އަލަމާރީގައި އެއްޗެހިތައް ތަރުތީބު ކުރަން ހުރި އައިލީންއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ރިފްޝާ އަވަސް އަވަހަށް ފުނާ އަޅާލުމަށްފަހު އެ ބޮޑު ދެ ލޯ އައިލައިނާއިން ފަވާލިއެވެ. އެއަށްފަހު މަޑު ފިޔާތޮށި ކުލައިގެ ލިޕްގްލޮސް ތުންފަތުގައި ހާކާލިއެވެ. ގަޔަށް ސެންޓު ޖަހާލުމަށްފަހު އޭނަގެ ކަޅު ކުލައިގެ އަތް ދަބަސް ހިފައިގެން ދަނީ ކަމުގައި ބުނެ ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުމެ ފައިވާން ހަރުގަނޑުން ކަޅު ކުލައިގެ ހީލްއެއް ނަގައި އެއަށް އަރަމުން ސޯފާގައި އިން އާޝިޔާގެ ގާތުން ހުއްދައަަށް އެދުނެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް އަންނަން ބުނުމުން ރިފްޝާ ހިނިތުންވެލަމުން ނިކުތެވެ. އޭނާ ގޮސް ލިފްޓަށް އަރާ އެންމެ ތިރިއަށް ދިޔުމަށް ފިތާލިއެވެ.                               ތިރިއަށް ފޭބިއިރު އިފާން އޭނަގެ އިންތިޒާރުގައި ސައިކަލުގައި އިނެވެ. ރިފްޝާ ފެނުމުން ކަޅި ޖަހާ ނުލާ އޭނައަށް ބަލަން އިނދެވުނެވެ. ޕީޗް ކުލައިގެ އަތް ދިގު ޓޮޕަކާއެކު ކަޅު ކުލައިގެ ސްކިނީގައި ރިފްޝާ ފެންނަލެއް ވަރަށް ވެސް ރީއްޗެވެ. ރިފްޝާއަށް ވެސް ވީ އިފާންއަށް ވީވަރެވެ. ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީގައި އިފާން ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ފަން އިސްތަށިކޮޅު ވަނީ ރީތި ގޮތަކަށް ސްޕައިކް ކޮށްލާފައެވެ. ” ސޮރީ… ވަރަށް ލަސްވެއްޖެ ދޯ..” ރިފްޝާ އިފާންގެ ގާތަށް ގޮސް ހުއްޓެމުން ބުނެލިއެވެ. ” ނޫނޭ… އެހާ ލަހެއް ނުވޭ… ބައިދަވޭ… ޔޫ ލުކް ބިއުޓިފުލް… ” ހިނިތުންވެލަމުން އިފާން ބުނެލި ބަސްތަކުން ރިފްޝާގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ. ” ތޭންްކްްސް… ޔޫ ލުކް ހޭންޑްސަމް ޓޫ… ” ރިފްޝާ ޝުކުރު އަދާކުރަމުން އިފާންއަށް ތަޢުރީފުކޮށްލަމުން ސައިކަލު ފަހަތަށް އެރިއެވެ. ރިފްޝާ އެރުމާއެކު ހިނިތުންވެލަމުން އިފާން ސައިކަލު ދުއްވާލިއެވެ. އޭރު އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި އަންހެން ކުއްޖަކު ހުއްޓެވެ. އެ ކުއްޖާގެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.                                                 މާލޭގެ އެކި މަގުތަކުގައި ދުއްވުމަށްފަހު އިފާން ސައިކަލު މަޑުކޮށްލީ އާޓިފިޝަލް ބީޗަށެވެ. އެތަނުގައި އިރުކޮޅަކު ވާހަކަދައްކަން ހުއްޓާ ފަހަތުން އިފާންއަށް ކުއްޖަކު ގޮވާލި އަޑުއިވުނެވެ. ފަސްއެނބުރި ބަލައިލި ރިފްޝާގެ މޫނުމައްޗައް ފޫހިކަން ވެރިވެގަތެވެ. ހުދު ކުލައިގެ ގަޔަށް ބާރު ޓީޝާޓަކާއި އައިސް ބުލޫ ޖިންސެއްގައި އެ ހުރީ މާޝާ ނޫން ދެވަނަ މީހެއްނޫނެވެ. ކޮނޑާ ހަމައަށް އަރާ އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލައިފައި ވީއިރު ކޮށްފައިވަނީ ގަދަ މޭކަޕެކެވެ. އިފާން އުފާވެރި މޫނަކާއެކު އެމީހުނާއި ބައިވެރިވުމަށް އައުމަށް އެދުނެވެ. ތުއިވެލަމުން މާޝާ އިފާންމެންގެ ގާތަށް ހިނގައިގަތެވެ. ރިފްޝާ ފޫހިވެފައި ހުރި ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލިއެވެ. އެތަނުގައި ތިން މީހުން ތިބި ނަމަވެސް ރިފްޝާ އަކީ ނެތް މީހެކޭ އެއްފަދައެވެ. މަދު ފަހަރަކު އެމީހުންގެ ވާހަކައަށް އާނ ހޫނ ބުނުން ފިޔަވައި އިތުރު އެއްޗެކޭ ރިފްޝާ ނުބުނެއެވެ. ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އިފާން އާއި މާޝާ ދިޔައީ އެމީހުންގެ ކުރީގެ ހަނދާންތައް އާކުރަމުންނެވެ. ސުކޫލު ދައުރުގައި ހިނގާފައިވި މަޖާ ކަންތައްތަކުގެ ވާހަކަ ހީހީފައި ދައްކަމުން ދިޔައެވެ. މިއީ މިހާރަކަށް އައިސް އާދައެކެވެ. ދެ މީހުން އެކަނި ތިބޭ ގިނަ ފަހަރު ފަހަރު މާޝާ އާދެއެވެ. މާޝާ އައުމަށްފަހު ރިފްޝާއަށް ބާކީވާކަމުގެ އިހުސާސް ކުރެވިގެން ދެއެވެ. އިފާންގެ ސަމާލުކަންވެސް އޭނައަށް ލިބިގެނެއް ނުދެއެވެ. ހިޔާލުތަކަށް ގެއްލިފައިހުރި ރިފްޝާ ސިހުނީ އިފާން ގޮވާލުމުންނެވެ. މާޝާގެ އެދުމުގެ ތިން މީހުންވެސް ދިޔައީ އައިސް ކޯނު ބޯށެވެ. އައިސްކޯނު ބޮމުން ދިޔައިރު މާޝާގެ ތުންފަތް ކައިރީގައި ކްރީމް ހޭކިފައި ހުރިތަން ފެނި އިފާން އޭނަގެ އަތުން ފޮހެލައިދިނެވެ. އެވަގުތު ރިފްޝާގެ މޫނު މައްޗައް އެރި ކުލަވަރު ފެނި އިފާންގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ޖެހެމުން ދިޔަ ވައިރޯޅިއާއެކު މާޝާގެ މޫނުމައްޗައް ވެއްޓުނު ފަން އިސްތަށިކޮޅުވެސް އިފާން އޭނަގެ އަތުން އެއްފަރާތް ކޮށްލަދިނެވެ. ފެންނަމުން ދިޔަ މަންޒަތުތަކުން ރިފްޝާގެ ހިތަށް ދިޔައީ ތަދުވަމުންނެވެ. އެފަދަ އެތައް މަންޒަރެއް މި ވޭތުވެދިޔަ ހަފްތާއެއް ތެރޭގައި ރިފްޝާއަށް ވަނީ ފެނިފައެވެ. މާޝާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އިފާންގެ އެ ގާތްކަން ރިފްޝާ ހުއްޓާ ލިބެމުން ދިޔުމުން އޭނަ ހުރީ ވަރަށް އުފާވެފައެވެ. އިފާންގެ އެ ގާތް ކަމުން އޭނައަށް މާނަ ނެގުނީ އިފާންވެސް އޭނައާއި ގަޔާވާކަމަށެވެ. އެކަހަލަ ގޮތަކަށް ވަގުތުތައް ހޭދަވަމުން ގޮސް އިރުއޮއްސެން ކައިރިވުމުން އިފާން އާއެކު ރިފްޝާ ގެއަށް ދިޔައެވެ.                                                ގެއަށް ވަދެގެން ދިޔަ ރިފްޝާގެ މޫނުމަތީގެ ކުލަވަރު ވަނީ އޮއްސިފައެވެ. ޓީވީ ބަލަން ސިޓިން ރޫމު ސޯފާގައި ތިބި އައިލީން އާއި ޝައުނާ ރިފްޝާ ކޮޓަރިއަށް ވަދުމުން އޭނަގެ ފަހަތުން ވަނެެވެ. އަތް ދަބަސް އެނދު މައްޗަށް އެއްލާލުމަށްފަހު އެނދުގައި އިށީނެވެ. ”މިއަދުވެސް އެއްކަލަ މީޝާ މެޑަމް ދުރުވީތަ މޫނުކޮޅު މާ ވައްރަރަކަށް ހަދައިގެން ތި އިނީ… ” ރިފްޝާގެ އެއްފަރާތުގައި އިށީން ޝައުނާ ބުނެލިއެވެ. އެއާއެކު މިއަދު ކަންތައްވީ ގޮތް އައިލީން އަށާއި ޝައުނާއަށް ކިޔައިދިނެވެ. އެ ދެމީހުންވެސް ތިބީ އިފާންގެ އަމަލުތަކުން ވިސްނަންވީ ކޯންޗެއްކަން ނޭނގިފައެވެ. ތިން ކުދިން ކޮޓަރީގައި ތިއްބާ ސިހުނީ ޝިޔާ ކޮޓަރިއަށް ވަދުމުންނެވެ. ” ތުއްތީ. ޝައު ދައްތި… ރިފޫ ދައްތި.. މަންމި ބުނީ ސައި ބޯން އާދޭ… މަންމި ހުރީ ސޭންޑްވިޝް ހަދާފަ..” ތިން މީހުނަށްވެސް ޝިޔާ ސޭންޑްވިޗް ކިޔާލިގޮތުން ހެވުނެވެ. އައިލީން އައިސް ޝިޔާ އުރާލަމުން ކޮޓަރިން ނިކުތެވެ. ރިފްޝާ އާއި ޝައުނާވެސް އައިލީންގެ ފަހަތުން ގޮސް ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔައެވެ.                                       ޔޫހާން އޭނަގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ލެޕްޓޮޕް ހިފައިގެން އައިސް ކޮޓަރީގެ އެއްފަރާތުގައި ހުރި މަޑު ނޫކުލައިގެ ސޯފާގައި އިށީނެވެ. އޮފީސް މަސައްކަތްތައް ކުރަން އޭނާ ބޭނުން ކުރަނީ ވަކި ލެޕްޓޮޕެކެވެ. ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި ވަށް މޭޒުގައި ލެޕްޓޮޕް ބޭންދުމަށްފަހު ޕާސްވޯޑް ޖަހައިލިއެވެ. އެއާއެކު ލެޕްޓޮޕް ހުޅުވިގެން ދިޔައެވެ. ފެނިގެން ދިޔަ ވޯލްޕޭޕާ އަށް ޔޫހާންއަށް ނަޒަރު ހުއްޓާލެވުނެވެ. ވޯލްޕޭޕާ އިން ފެންނަމުން ދިޔައީ ޔޫހާން އާއި އައިލީންގެ ފޮޓޮއެކެވެ. އެއީ އަޔާޒުގެ ކައިވެނި ޕާޓީ ގައި ކަޕްލް ޑާންސް ކުރި އިރު ލިޝާން ނަގައިދީފައިވާ ފޮޓޮއެކެވެ. އައިލީންގެ އެއް އަތް ޔޫހާންގެ ކޮނޑުމަތީގައި ބާއްވައިލެވިފައިވީއިރު ޔޫހާން ވަނީ އޭނަގެ އެއް އަތުން އައިލީންގެ އުނަގަނޑުގައި ވަށާލައިފައެވެ. ދެ މީހުންގެ އަނެއް އަތް ޖޯޑުކޮށްލެވިފައިވީއިރު އެކަކު އަނެކަކު ލޮލަށް ބަލަހައްޓައިގެން ހުރުމުން އެ ފޮޓޯ ނުހަނު ފުރިހަމައެވެ. ފޮޓޮއަށް ގެއްލިފައި އިން ޔޫހާން ސިހުނީ ފަހަތުން ކުއްޖަކު ހީލި އަޑު އިވުމުންނެވެ. ސިހިފައި ފަހަތަށް ބަލައިލިއިރު ހުރީ ޔުމާހުއެވެ. ޔޫހާން ބަލާލުމާއެކު ދުވެފައި ކޮޓަރިން ނިކުތެވެ. ޔޫހާން ވެސް ދުވެފައި ކޮޓަރިން ނިކުތެވެ. ”މާހު… މާހު މަޑުކޮށްބަލަ… ދޮންބެ ވާހަކައެއް ބުނަންދެން މަޑުކޮށްބަލަ… އެއްވެސް މީހަކު ނުބުނައްޗޭ… މާހު… ” ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބަމުން ޔޫހާން ކިޔަމުން ދިޔައެވެ. އޭރު އެނަޔަށް ސިޓިން ރޫމުގައި އެހެން ބަޔަކު ތިބި ކަމެއް ނޭނގެއެވެ. ” ކިހިނެއްވީތަ ދެ މީހުން މާ ވަރަަކަށް ތި ދުވަނީ… މާހު ކައިރި ޑެޑީ ބުނަމެއްނު ސިޑިން ދުވެފަ ނުފައިބާށޭ… މަޑުމަޑުން ފައިބާށޭ… ދެން ޔޫން… ކޯންޗެއް ނުބުނާށޭތަ ތި ކިޔަނީ… ” ސިޓިން ރޫމު ސޯފައިގާ އަފީފާ އާ މީޝާ އާ ވާހަކަދައްކަން އިން ޔުމާން ބުންޏެވެ. ސިޓިން ރޫމުގައި ތިބި މީހުންތައް ފެނި މީ ދެން ކަންތަކާ ޖެހުނީއޭ ހިތާ ޔޫހާންއަށް އޭނަގެ އަތް ހިންގާލެވުނެވެ. ” ޑެޑީއަށް އިނގޭތަ… ދޮންބެގެ ލެޕްޓޮޕްގެ ވޯލްޕޭޕާގަ އިނީ ދޮންބެއާއި އައިލީ ދައްތިގެ ފޮޓޮއެއް… ޑާންސް ކުރާ ގޮތަށް ތިބީ ވެސް… ” ޔޫހާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ޔުމާހު ހުރިހާ އެއްޗެއް ކިޔާލިއެވެ. ”އެހެންތަ… ޑެޑީ މެނަށް ނޭނގޭ ކަމެކޭ ތިއީ އަދި…. ހެހެހެ.. ” ޔުމާން ހެމުން އެހެން ބުނެލިއެވެ. ” އޯ ހޯ.. ކޮބާ ހީވޭ… އޭރުވެސް ތިކަހަލަ ކަމެކޭ ހީވިޔޭ… ބަލާބަލަ ނުވެސް ބުނެޔެއްނު އަދި… ކުރިންވެސް ދޮގު ހެދީ ދޯ… ” މީޝާ އައިސް ޔޫހާންގެ އަތުގައި ކުޑަކޮށް ޖަހާލަމުން ހެވިފައި ބުނެލިއެވެ. ” ދަރިފުޅާ… ކޮން ދުވަހަކުންތަ މިގެއަށް ގެނެވޭ ވަރު ވާނީ…” ހިނިތުންވެލަމުން ޔޫހާންގެ ބޮލުގައި ފިރުމާލަމުން އަފީފާ ބުންޏެވެ. އޭނާ ހުރީ ނުހަނު އުފާވެފައެވެ. ޔޫހާން ޒަވާޖީ ހަޔާތެއް ފަށާތަން ދެކެން އޭނަ ހާދަ ބޭނުމެވެ. އަބަދުވެސް ބޭނުންވަނީ އޭނަގެ ދަރިން އުފަލުގައި ހުރުމެވެ. ” މަންމާ… އަދި ނުވެސް ބުނަމޭ… ނޭނގެއެއްނު އަދި ލިބޭނީ ކޮންކަހަލަ ޖަވާބެއް ކަމެއްވެސް… މަންމަ މާ އަވަހަށް ތިއުޅެނީ މިގެއަށް ގެންނަން… ” ޔޫހާން ބުނެލިއެވެ. އަފީފާ ދެން ލަސްނުކޮށް އަވަހަށް ބުނާށޭ ބުންޏެވެ. އެހެންނޫނީ ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ ކަމަށްވެސް ބުންޏެވެ. ދޮންބެ އާއި ދޮންބެދައްތަގެ އިތުރުން މަންމަގެ ދިމާކުރުންތައް އޭނައަށް އަމާޒުވާން ފެށުމުން ޔޫހާން އަވަހަށް ކޮޓަރިއަށް ދިޔައެވެ.                                           ކޮޓަރިއަށް ވަދެ ޔޫހާން ރަނގަޅަށް ދޮރު ޖަހައި ތަޅުލިއެވެ. ދެންމެ ޔުމާހު ވެސް އެވަދުނީ ދޮރު ރަނގަޅަށް ނުޖަހާ ހުރުމުންނެވެ. އޭނާ ގޮސް އަލަމާރި ހުޅުވާލިއެވެ. އެއަށްފަހު އަލަމާރީގައި އިން ކުޑަ ވަތްގަނޑެއް ހުޅުވާލުމަށްފަހު އޭގެތެރޭގައި އިން މަޑު ފިޔާތޮށި ކުލައިގެ ކުޑަ ފޮއްޓެއް ނެގިއެެވެ. އޭނާ މަޑުމަޑުން އެ ފޮށި ހުޅުވާލިއެވެ. އެއާއެކު ޔޫހާންގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. މިހާރު ދެން ވާހާ ދުވަހު ލޯބި ހިތުގައި ފޮރުވައިގެންވެސް ހުރެވިއްޖެ ނޫން ހެއްޔެވެ. ދެން އައިލީން ގާތު ލޯބި ވާކަން ހާމަކުރަން ވީއެވެ. މި ހިތުގެ ހާލު ބަޔާންކޮށް ދޭންވީއެވެ. ޔޫހާން އެ ފޮށި އެ ވަތްގަނޑަށް ލުމަށްފަހު އަލަމާރި ތަޅުލިއެވެ. އަދި އެނދުމަތީގައި އޮތް ފޯނު ނަގައި ނަމްބަރަކަށް ގުޅާލިއެވެ. ދެ މިނިޓު ވަރު ވާހަކަ ދައްކާލުމަށްފަހު އޭނާ ކާރުގެ ތަޅުދަނޑި ނަގައިގެން ކޮޓަރިން ނިކުމެ އަވަސްކަމާއެކު ސިޑިން ފޭބިއެވެ. އަފީފާ ގޮވަގޮވާ ހުއްޓާ ވަރަށް  އަވަހަށް ތަނަކަށް ގޮސްލައިފައި އެބަ އަންނަންކަމަށް ބުނެ ގެއިން ނިކުތެވެ. އަދި ކާރަށް އަރާ އޭނަގެ މަންޒިލަށް ދިޔުމަށް ދަތުރު ފެށިއެވެ.

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އަނބުގަހަށް އެރުމުން ލިބުން ލަނޑު

Next

ލޯބިކަން..

Next
June 5, 2018

ލޯބިކަން..

Previews
June 5, 2018

އަނބުގަހަށް އެރުމުން ލިބުން ލަނޑު

26 Comments!

  1. unique says:
    June 5, 2018 at 11:24 am

    waaat…. seriously yayy… kiyaalaafa comment eh kollaanan

    1. Ifoo ifoo says:
      June 5, 2018 at 12:12 pm

      Heheh ???… Thankyou unique dear ❤️❤️❤️????????????…

  2. unique says:
    June 5, 2018 at 11:40 am

    varah varah reethi ekm emme kiyaa hih vi hisaabun miothy nimifa sad but vv reethi…. eagerly waiting for next part….

    1. Ifoo ifoo says:
      June 5, 2018 at 12:13 pm

      Thankyou unique dear ❤️❤️❤️????????????… V v v ufaavehje story kamudhiyaima ❤️❤️❤️… N v v v ufaavey knme parteh gavx unique ge comment fennaathy ❤️❤️❤️?????????… It means a lot for me ❤️❤️❤️❤️…

  3. Shiman says:
    June 5, 2018 at 11:43 am

    Masha Allah vvvvvvv reethi

    1. Ifoo ifoo says:
      June 5, 2018 at 12:14 pm

      Thankyou Shiman ❤️❤️❤️????????????… V v v ufaavehje story kamudhiyaima ❤️❤️❤️…

  4. Aesh says:
    June 5, 2018 at 11:45 am

    Maa sha Allah.. Vrh Vrh Vrh reethi mi part ves… Vrh furihama.. ☺️????? Hama speechless..

    1. Ifoo ifoo says:
      June 5, 2018 at 12:15 pm

      Thankyou so much Aesh ❤️❤️❤️????????????… V v v ufaavehje story kamudhiyaima ❤️❤️❤️… It means a lot for me ???…

  5. Ifoo ifoo says:
    June 5, 2018 at 12:10 pm

    Salaam all ❤️❤️❤️????????????… Here is the 14th part ???… Hope all will like this part too ???… Waiting for comments ???… Thankyou so much all ifoo ah thidhey support ah ❤️❤️❤️?????????…

  6. Naju says:
    June 5, 2018 at 12:36 pm

    Ifoo v v v v v nice mi partvx n waiting 4 next soon..?????

    1. Ifoo ifoo says:
      June 7, 2018 at 7:48 pm

      Thankyou so much Naju ❤️❤️❤️????????????… V v v ufaavehje ???… Ifoo next part submit kohlaifinn ???…

  7. nunnu says:
    June 5, 2018 at 12:37 pm

    ifoo varah reethi mi part ves
    waiting for nxt part

    1. Ifoo ifoo says:
      June 7, 2018 at 7:49 pm

      Thankyou so much nunnu ❤️❤️❤️????????????… V v v ufaavehje ???… Ifoo next part submit kohlaifinn ???…

  8. Medow says:
    June 5, 2018 at 1:00 pm

    Wow. V reethi mi part vx. Waiting for next part. ♥️♥️

    1. Ifoo ifoo says:
      June 7, 2018 at 7:50 pm

      Thankyou so much Medow ❤️❤️❤️????????????… V v v ufaavehje ???… Ifoo next part submit kohlaifinn ???…

  9. Mate says:
    June 5, 2018 at 2:09 pm

    Vrh reethi…..waiting for next part.???????keep it up??????

    1. Ifoo ifoo says:
      June 7, 2018 at 7:51 pm

      Thankyou so much Mate ❤️❤️❤️????????????… V v v ufaavehje knme partehvx kiyaalaafa comment kohlaathy ???… Ifoo next part submit kohlaifinn ???…

  10. Sasha says:
    June 5, 2018 at 2:18 pm

    Maasha aa Ifaan aa dhuru kohlaba

    1. Ifoo ifoo says:
      June 7, 2018 at 7:53 pm

      Heheh… Let’s see ???… Thank you ❤️❤️❤️…

  11. Maya says:
    June 5, 2018 at 5:11 pm

    Varah reethi . Keep it up . When is the next part???????

    1. Ifoo ifoo says:
      June 7, 2018 at 7:52 pm

      Thankyou so much Maya ❤️❤️❤️????????????… V v v ufaavehje knme partehvx kiyaalaafa comment kohlaathy ???… Ifoo next part submit kohlaifinn ???…

  12. Inan says:
    June 5, 2018 at 5:15 pm

    Nice keep it up ??

    1. Ifoo ifoo says:
      June 7, 2018 at 7:54 pm

      Thankyou so much Inan ❤️❤️❤️????????????…

  13. Mal says:
    June 5, 2018 at 8:24 pm

    Ifoo dhoonii varah reethi ngy vaahaka❤. Masha Allah..❤ Waiting for next part?❤?

    1. Ifoo ifoo says:
      June 7, 2018 at 7:56 pm

      Awwwn ❤️❤️❤️… Thankyou so much Mal dhooni ❤️❤️❤️????????????… I’m soooooo happy to see ur comment in every part ???… Now next part submit kohlaifinn…

  14. Livy says:
    June 7, 2018 at 1:53 pm

    Hii ifoo.. Story amazing ❤❤?????? mihaaru emme wait kureveny yoon ailee ah and faan rifoo ah propose kuraane irakah.. ?????? and shau ves yaish aa gulheyyne irakah.. ?? ekam dhen yoon aa ailee aa ehaa ladhu gannavaalaakah nuvaane ehnuu ???? varah varah varah reethi.. Waiting for next part ???????? Lots of love ?????????

Comments are closed.


All Right Reserved!