Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 15

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 8, 2018 6 Mins Read
31 Comments

ޔޫހާން ކާރުގައި މިސްރާބު ޖެހީ ޔައިޝްގެ ގެއަށް ދިއުމަށެވެ. އޭނަގެ މަންޒިލަށް ވާސިލް ވުމުން ކާރު ޕާކުކޮށްލުމަށްފަހު ގޮސް ގޭގެ ބެލް އަޅާލިއެވެ. އިރުކޮޅެއް ތެރޭގައި ޔައިޝްގެ މަންމަ އައިސް ދޮރު ހުޅުވިއެވެ. ” އަހާ… ޔޫހާންތަ… އަވަހަށް ވަދޭ އެތެރެއަށް… ކިހިނެއްތަ؟… މިހާރު ހާދަ ނާދެޔޭ ދައްތަމެން ގެއަށް… ” ހިނިތުންވެލަމުން ހަފީޒާ ވާހަކަ ދެއްކިއެވެ. ” ރަނގަޅު… ދައްތަ ކިހިނެއްތަ؟ ބިޒީކަމުން ނާދެވެނީ ހަމަ… ” ގެއަށް ވަންނަމުން ހިނިތުންވުމަކާއެކު ޔޫހާން ބުނެލިއެވެ. ޖަވާބުގައި ހަފީޒާވެސް ރަނގަޅުކަމުގައި ބުންޏެވެ. ”ކޮބާ ޔައި؟ ” ޔޫހާން އަހާލިއެވެ. އެއާއެކު ޔައިޝް ވީ ކޮޓަރީގަ ކަމުގައި ހަފީޒާ ބުނެލިއެވެ. ޔޫހާން ޔައިޝްގެ ކޮޓަރިއަށް ދަމުން ސިޓިންރޫމު ސޯފާގައި އިން ހަބީބްއަށް ބަލާއިލައި ހިނިތިންވެލިއެވެ. ބަދަލުގައި ހަބީބްވެސް ހިނިތުންވެލިއެވެ. ޔައިޝްއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަށް ވުމުން ޔޫހާން އާއި އިފާންވެސް ދެކެވެނީ ހަމަ އަމިއްލަ ދަރިން ފަދައިންނެވެ.                                               ސިޑިން މައްޗައް އަރައިގެން ގޮސް ޔޫހާން ޔައިޝްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ޓަކި ޖަހާލުމާއެކު ޔައިޝް ދޮރު ހުޅުވިއެވެ. ” ބްރޯ… ކޮން ވާހަކައެއް ދައްކަންތަ؟ ބުނެބަލަ… މިހާރު ތި ވާހަކައެއް އަޑުއަހާ ހިތުން ހުރެވެނީ އެއް ނޫން..” ޔޫހާން ކޮޓަރިއަށް ވަނުމާއެކު ޔައިޝް ބުނެލިއެވެ. ” އެއްކަލަ ޔައި… ކެރްތެރިވެބަލަ… އަދި ފާން ވެސް ނާދެއެއްނު… ފާން އައިމަ ބުނާނީ… ” ކޮޓަރީގެ އެއްފަރާތުގައި ހުރި އަޅި ކުލައިގެ ސޯފާގައި އިށީނދެ ހަމަޖެހިލަމުން ޔޫހާން ބުންޏެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ޔައިޝްވެސް އައިސް ސޯފާގައި އިށީނެެވެ. އެއާއެކު އަނެއްކާވެސް ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ޔައިޝް ސޯފާގައި އިނދެފައި ވަންނާށޭ ބުނުމުން އިފާން ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަނެވެ. އިފާން ދެމީހުނަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އައިސް އެނދުގައި އިށީނެވެ. ” ހޫނ… މަނިކުފާނު ދެން ބުނަންވީނު ތި ބުނަން އުޅޭ ވާހަކައެއް… ” އިފާން އައިސް އިށީނުމާއެކު ޔައިޝް އަނެއްކާވެސް ބުނެލިއެވެ. އެއާއެކު ޔޫހާން އާއި އިފާންގެ ގާތަށް ހިނިއައެވެ. ” ހޫމް… އަހަރެން ބުނަން އުޅުނީ… ” ޔޫހާންގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ އަނެއްކާވެސް ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އިވުމުންނެވެ. ޔައިޝް މޫނަށް ވައްތަރެއް ޖައްސާލަމުން ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ” ކޯންޗެއް ގެނެސްދެންވީ ތިން ކުދިންނަށް… ކޮފީ… ޖޫސް..” ހިނިތުންވުމަކާއެކު ތިން ކުދިންނަށް ބަލައިލަމުން ހަފީޒާ ބުނެލިއެވެ. ތިން ކުދިންވެސް ކޮފީ ކަމުގައި ބުނުމުން ހަފީޒާ ބަދިގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ” ދެން ބުނޭ… ދެން އަނެއްކަ މަންމަ އަންނާނީ… ” މިފަހަރުވެސް ހަފީޒާާ ހަމަ ދިއުމާއެކު ޔައިޝް ބުންޏެވެ. ” ކީކޭ… ކޮންއިރަކުން… ” ޔޫހާން އޭނަ ބުނަން ބޭނުންވި ވާހަކައިގެ އެއްބައި ބުނިތަނާ ޔައިޝް އާއި އިފާން އިންތަނުން ތެދުވަމުން އެއްފަހަރާ ބުނެލިއެވެ. އެދެ މީހުންގެ ހަރަކާތްތައް ފެނި ޔޫހާންއަށް ނުހީ ނުހުރެވުނެވެ. ” ހެހެހެ… ހާދަ ވަރެއް ތިވީ… ސާބަސް… މަށަށް ގޯސް އެއްޗެއްތަ މި ބުނެވުނީ..” ހެމުން ހެމުން ޔޫހާން ބުނެލުއެވެ. ”ނޫނޭ… ތި ބުނީ ހަމަ ބަރާބަރު ވާހަަކައެއް… މިހާރު އަސްލު ތިކަން ކުރަން ލަސްވެސް ވެއްޖެ..” ޔައިޝް ބުންޏެވެ. ” އާނ… ޔޫން ތިކަން ކުރީމަ މަށާ ޔައިވެސް ތިކަން ކުރަންވީ.. ހެހެހެ… ފަސްޓް ޔޫން ދޯ… ” އިފާންވެސް ވާހަކައިގައި ބައިވެރިވެލަމުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ވާހަކަ ހުއްޓާލަން ޖެހުނީ ހަފީޒާ އައުމުންނެވެ. އޭނާ އައިސް ކޮންމެ ކުއްޖަކަށްވެސް ކޮފީ މަގެއް ދިއްކޮށްލިއެވެ. ތިން ކުދިންވެސް ހިނިތުންވެލަމުން ކޮފީ މަގުގައި ހިފާ ޝުކުރު އަދާކުރިއެވެ. ހަފީޒާ ހިނިތުންވެލުމަށްފަހު ކޮޓަރިން ނިކުތެވެ. ޔޫހާން އޭނަ ރާވާއިފައިވާ ގޮތް ކިޔަމުން ދިޔައިރު އިފާނއ އާއި ޔައިޝް އިނީ ހިނިތުންވެލައިގެން އޭނައަށް ބަލާށެވެ. ” ސަޅި އައިޑިއާއެއް ޔޫން… ތިކަމަށް ހަމަ ސާބަސް ދެން… އެކަމަކު ކޮންތާކު… މިބުނީ ތަނެއްވެސް ބޭނުންވާނެ އެއްނު… ހަމަގައިމުސް ޔޫންގެ ގެއަކު ނުވާނެ ތިކަމެއް… ” ޔޫހާންގެ ވާހަކަ ނިމުމުން އިފާން ބުނެލިއެވެ. އެއާއެކު ޔޫހާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ” ތަނެއް މިއޮތީ ލިބިފައެއްނު.. މާދަމާ މަންމަ އާ ބައްޕަ އާ ދާނެ އަނެއްކާވެސް ދުވަސްކޮޅަކަށް އިންޑިއާ އަށް… ބޮޑުދައިތަ މިހާރު އަނެއްކާވެސް މާ ބަލިކޮށް އުޅޭތީ ގޮސްލަނީ… މަންމަ ޑޮކްޓަރަށް ދައްކާލާށާ އެއްކޮށް… ސޯ މިގެ ހަމަ ފްރީވާނެ އެއްނު… ޕްރައިވަސީ އޮންނާނެ… ސޯ ޓުމޯރޯ ނައިޓް ރަނގަޅު ވާނެ އެއްނު… ” ކޮފީ ފޮދެއް ބޯލަމުން ޔައިޝް ބުނެލިއެވެ. އެއާއެކު ޔޫހާން އާއި އިފާންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ”ތޭންކްސް ބްރޯ… ” ޔައިޝްގެ ކޮނޑުގައި އަތް ބާއްވާލަމުން ޔޫހާން ޝުކުރު އަދާކުރިއެވެ. ”ކަމް އޯން ޔޫން… ވީއާ ފްރެންޑްސް… ބްރަދާސް… ސޯ އެނީތިން ފޯ ޔޫ… ” ޔައިޝްވެސް ހިނިތުންވެލަމުން ބުނެލިއެވެ. އިފާންވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެކަމަކާ މެދު މަޝްވަރާކުރަން ވަރަށް ގިނަ އިރު ތިން މީހުން ތިއްބެވެ. ” ޔޫން… ތި ކީ ގޮތަށް ކަންތައް ކުރަންޏާ ރިފޫ އެން ޝައުގެ ހެލްޕް ބޭނުންވާނެ..” ޔޫހާންވެސް ވިސްނާލަމުން އެކަމާއި އެއްބަސް ވިއެވެ. އެކަމާ މެދު ވާހަކަ ދައްކާލުމަށްފަހު ތިން މީހުންވެސް ނިންމީ ރިފްޝާ އަދި ޝައުނާއަށް ގުޅުމަށެވެ.                                               އައިލީން ރިފްޝާ އަދި ޝައުނާ ތިބީ ކޮޓަރީގައެވެ. އެނދުގައި ވާހަކަ ފޮތެއް ކިޔަން ގެއްލިފައި އައލީން އޮތް އިރު ސޯފާގައި ލެޕްޓޮޕުން ފިލްމެއް ބަލަން ރިފްޝާ އޮތެވެ. އެނދުގެ އަނެއް ފަރާތުގައި ފޯނަށް ނަޒަރު ހުއްޓާލައިގެން ޝައުނާ އިނެވެ. ކިޔަން އޮތް ވާހަކަ ފޮތް އެނދު މަތީގައި ބޭއްވުމަށްފަހު އައިލީން ގޮސް ފާޚާނާއަށް ވަނެވެ. ލެޕްޓޮޕަަށް ނަޒަރު ހުއްޓާލައިގެން އޮތް ރިފްޝާ ސިހުނީ އޭނަގެ ފޯނު ރިންގުގެ އަޑަށެވެ. ބަލައިލިއިރު ގުޅަނީ އިފާންއެވެ. ” ހެލޯ… ” ރިފްޝާ ފޯނު ނަގައި ކަންފަތުގައި ޖަހާލުމަށްފަހު ބުންޏެވެ. ” ހެލޯ ރިފޫ… އައިލީ އެބަހުރިތަ އަޑު އިވޭ ހިސާބެއްގަ؟ ” އިފާން އަހާލިއެވެ. ރިފްޝާ މިވަގުތު އައިލީން އަޑު އިވޭ ހިސާބެއްގަައި ނެތްކަމުގައި ބުންޏެވެ. ” އޯކޭ… ލިސެން… ފޯނު ސްޕީކާއަށް ލައިބަލަ…. ޝައު އާ ދެ މީހުން ތިބެންވާނީ އިނގޭ… އައިލީއަށް ދައްކާ އެއްވެސް ވާހަކައެއް އަޑު އިވިގެން ނުވާނެ… އޯކޭ… ” އިފާން ދައްކަމުން ދިޔަ ވާހަކައިން ރިފްޝާ ހުރީ ހައިރާންވެފައެވެ. ” ރިފޫ… ކިހިނެއްވީ؟ ” ރިފްޝާގެ މޫނު މައްޗައް އަރަމުން ދިޔަ ކުލަވަރު ފެނިފައި ޝައުނާ އަހާލިއެވެ. ރިފްޝާ ސޯފާއިން ތެދުވަމުން ޝައުނާއަށް އައުމަށް އަތުން އިޝާރާތް ކުރިއެވެ. އެއާއެކު ޝައުނާ ވާނުވާގައި ހުރެ ރިފްޝާގެ ފަހަތުން ކޮޓަރިން ނިކުތެވެ. ފާޚާނާއިން ނިކުން އައިލީން އެކަކުވެސް ކޮޓަރީގައި ނެތުމުން ހުރީ ހައިރާންވެފައެވެ. ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު އޭނަގެ ފޯނު ރިންގުވުމުން ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ އޭނަގެ މަންމަކަމުން އައިލީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އައިލީން ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން އެނދުގައި އިށީނދެ އޭނަގެ މަންމަ އާ ވާހަކަ ދައްކަން ފެށިއެވެ.                             ކޮޓަރިން ނިކުތް ރިފްޝާ ޝައުނާގެ އަތުގައި ހިފައިގެން މަޑުމަޑުން ގޮސް ބެލްކަންޏަށް ނިކުތެވެ. ” ހަލޯ… ފާން… ޝައު ވެސް އެބަހުރި މިހާރު..” ސްޕީކަރަށް ލުމަށްފަހު ރިފްޝާ ބުންޏެވެ. ”ހަލޯ… ޝައު… ރިފޫ… ޔަގީންދޯ އައިލީ ނެތްކަން… ” ޔޫހާން ބުނެލިއެވެ. ” އާނ.. ނެތޭ.. ހަމައެކަނި ޝައު އާ ރިފޫ އާ މިތިބީ… ފާން އާ ދެ މީހުންތަ ތިއުޅެނީ ” . ޔޫހާންގެ އަޑުއިވުމުން ރިފްޝާ ބުންޏެވެ. އެއާއެކު ޔައިޝްވެސް މަ އެބައުޅެމޭ ބުނެ ވާހަކަ ދެއްކިއެވެ. ދެން ޔޫހާން ބުނެލި ވާހަކަ އަކުން ރިފްޝާ އާއި ޝައުނާއަށް ކުޑަކޮށް ފުއްމާލަމުން އަޑެއްވެސް ލައްވާލެވުނެވެ. ”އަސްލުވެސްތަ ޔޫން… ” އުފާވެފައިހުރެ ޝައުނާ ބުންޏެވެ. ޔޫހާން ހޫމް ލައްވާލިއެވެ. ” މިކަމުގަ ރިފޫ އަދި ޝައުގެ ހެލްޕް ބޭނުންވޭ ވަރަށް ބޮޑަށް… ” ޔޫހާން ބުންޏެވެ. ” އަހަރުމެން ދެ މީހުންގެ ހެލްޕް ލިބޭނެ… އެކަމާ ހާސްނުވޭ… ” ރިފްޝާ ފޯރިއާއެކު އެހެން ބުނެލަމުން ފަަހަތަށް އެނބުރުނު ވަގުތު ފެނުނު މީހެއްގެ ސަބަބުން ރިފްޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ޝައުނާއަށް ވެސް ވީއެވަރެވެ. ވާހަކަ ދައްކާ ދައްކާ ރިފްޝާ އަދި ޝައުނާގެ ޚަބަރެއް ނުވުމުން ޔޫހާންމެން ތިބީ ކަންބޮޑުވެފައެވެ. ”އާޝި ދައްތާ” ޝައުނާ އަދި ރިފްޝާއަށް އެއްފަހަރާ ބުނެލެވުނެވެ. އޭރު އާޝިޔާ އެދެމީހުންނާ ދިމައަށް ބަލަހައްޓައިގެން އުނަގަނޑުގައި އަތް އަޅުވައިލައިގެން ހުއްޓެވެ. އޭނަގެ ދެ ބުމަ ގޮށްޖަހާ ލެވިފައިވީއިރު މޫނުމަތިން ނުރުހުންތެރިކަން ފާޅުވެގެންދެއެވެ. ޔޫހާންމެނަށް ރިފްޝާ އަދި ޝައުނާ ބުނި އެއްޗެއް ސާފުުކޮށް އިވުނެވެ. އެ ތިން މީހުންވެސް ތިބީ ނޭވާ ހިފަހައްޓައިލައިގެންނެވެ. އާޝިޔާ އެކަމަށް ދެކޮޅު ހަދާާފާނެތީ ޔޫހާން ހުރީ ވަރަށް ވެސް ޖެހިލުންވެފައެވެ. ” އައި އޭމް އިން… ހެހެހެ… ” ކުއްލިއަކަށް ހީގަންނަމުން އާޝިޔާ ބުންޏެވެ. އެއާއެކު އެހެން އެންމެނަށްވެސް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޔޫހާންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ” ހެހެހެ… ބިރުގަނެއްޖެ ދޯ ވަރަށް… ” އާޝިޔާ ހެމުން ހެމުން ބުނެލިއެވެ. ރިފްޝާ އާއި ޝައުނާާ އުފަލުން ގޮސް އާޝިޔާގެ ގައިގައި ބައްދާލިއެވެ. އާޝިޔާވެސް އުފަލުން އެދެކުދިންގެ ގައިގައި ބައްދާާލިއެވެ. އޭނަ ހުރީ ރުޅި އައިއްސައެއް ނޫނެވެ. އާޝިޔާ އެހެން ކަންތައް ކުރީ އެކުދިން ބިރުގަންނަވާލާށެވެ. އޭނާ ބެލަކަންޏަށް އައީ ރިފްޝާ މާ ސިއްރު ސިއްރުން ޝައުނާގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނިކުން ތަން އޭނަ ކޮޓަރިން ނިކުންނަނިކޮށް ފެނުމުންނެވެ. ”ތޭންކްސް އައިލީގެ ދޮންތައަށް ވަރަށް ބޮޑަށް…” ޔޫހާން ބުނެލިއެވެ. ” ހެހެހެ… މިހާރުދެން ހަމަ އެކަނި އައިލީގެ ދޮންތައެއް ނޫނެއްނު… ޔޫހާންގެވެސް ހަމަ ދޮންތަ އޭ… ” އާޝިޔާ އެހެން ބުނުމުން ޔޫހާންވެސް ތޭންކްސް ދޮންތާއޭ ބުނެލިއެވެ. އަދި ދެންމެ ދެކެވުނު އެއްވެސް ވާހަކައެއް އައިލީން ގާތު ނުބުނުމަށް އެދުނެވެ. އާޝިޔާ އެމީހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބުންޏެވެ. ގާތްގަނޑަކަށް ތިރީސް ވަރަަކަށް މިނިޓު ވާހަކަދެއްކުމަށްފަހު އެމީހުން އެ ފޯނު ކޯލު ކުރުކޮށްލިއެވެ. ދެން މަސައްކަތްފެށީ ޔޫހާން ހަވާލުކުރި އެންމެ ފުރަތަމަ މަސައްކަތް ކުރާށެވެ.                           ޝައުނާ އާއި ރިފްޝާ ދޮރު ހުޅުވާލިއިރު އައިލީން ފޯނު ބާއްވަނީއެވެ. ” މަންމަ ސަލާމް ބުނި… ރިފޫ އަށާއި ޝައު އަށް… ” އައިލީން ހިނިތުންވެލަމުން ބުނެލިއެވެ. ރިފްޝާ އާއި ޝައުނާ ވެސް ހިނިތުންވެލިއެވެ. ” އާދެބަލަ ދޮންތައަށް ކާން ހަދައިދެން އައިލީ … ޝިޔާާ ރޯތީ ދޮންތަ މިދަނީ ކޮޓަރިއަށް… ” އާޝިޔާ އައިސް އެހެން ބުނުމުން އައިލީން ބޯ ޖަހާލިއެވެ. ރިފްޝާވެސް އެހީތެރިވެދޭނެކަމަށް ބުނެ އައިލީންގެ ފަހަތުން ހިނގައިގަތެވެ. ޝައުނާ ފާޚާނާއަށް ވަދެލައިފައި އެބަދަންކަމަށް ބުންޏެވެ. އައިލީން އާއި ރިފްޝާ ނިކުތުމާއެކު ޝައުނާ އޭނަގެ މަސައްކަތް ފެށިއެވެ. ކުރަން އައި ކަންތައް ކުރެވުމުން އޭނަގެ ފޯނު ނަގައި ޔޫހާންއަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު އައިލީން އާއި ރިފްޝާ އާ ބައިވެރިވުމަށް ކޮޓަރިން ނިކުމެ އެމީހުންގެ ގާތަށް މިސްރާބުޖެހިއެވެ.                               ޔައިޝް އާއި އިފާން އާ ވާހަަކަ ދައްކަން އިނދެފައި ޔޫހާާން ގެއަށް ދިޔުމަށް ނުކުތެވެ. ކާރަށް އެރިތަނާ ޔޫހާންގެ ފޯނަށް މެސެޖެއް އައެވެ. އޭނާ މެސެޖު ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އެއަށްފަހު ނަމްބަރަކަށް ގުޅާލިއެވެ. ހެޑް ސެޓް ޖަހައިގެން އިނދެ އޭނާ ވާހަކަ ދައްކަމުން ގެންދިޔައީ ކޮންމެވެސް އަންހެން ކުއްޖަކާއެވެ. އަމިއްލަ ގެއަށް ދިޔުމުގެ ބަދަލުގައި އޭނާ އެ އަންހެން ކުއްޖާ ގާތު މިހާރު އަޔަސް އެންމެ ރަނގަޅުތޯ އެހެމުން އެކުއްޖާ އައުމަށް ބުނުމުން އޭނާ ކާރުގައި މިސްރާބު ޖެހީ އެ އަންހެން ކުއްޖާގެ ގެއަށް ދިޔުމަށެވެ. ޔޫހާން ކާރުގައި ގޮސް މަޑުކޮށްލީ ދިހަ ބުރީގެ އިމާރާތަކަށެވެ. އޭނާ ކާރު ޕާކުކޮށްލުމަށްފަހު ގޮސް ލިފްޓަށް އަރާ ހަވަނަ ފްލޯއަށް ދިޔައެވެ. ދޮރުގައި ބެލް އަޅާލުމާއެކު މާ ގިނަ އިރުތަކެއް ނުވެ ދޮރު ހުޅުވިއެވެ. ޔޫހާންގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ އޭނައަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އެތެރެއަށް ވަނުމަށް ބުންޏެވެ. ޔޫހާންވެސް ހިނިތުންވެލަމުން އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެ ޔޫހާން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ” ގޭގަ ނޫޅެނީތަ އެކަކުވެސް؟ ” އެކަކުވެސް ފެންނަން ނެތުމުން ޔޫހާން އަހާލިއެވެ. އެ އަންހެން ކުއްޖާ އެންމެންވެސް ކޮޓަރީގައި ކަމުގައި ބުންޏެވެ. އެ އަންހެން ކުއްޖާާ އަންނާށޭ ބުނުމުން ޔޫހާން އެކުއްޖާގެ ފަހަތުން ގޮސް ކޮޓަރިއަކަށް ވަނެވެ. އެގޭގައި ގާތްގަނޑަކަށް ތިރީހަކަށް މިނިޓު ހޭދަކުރުމަށްފަހު ޔޫހާން އެނބުރި އޭނަގެ ގެއަށް ދިޔައެވެ. ގެއަށް ވަން އިރުވެސް އޭނަގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. އަވަހަށް ކޮޓަރިއަށް ވަދެ ތާޒާ ވެލައިގެން އޭނާ މިސްކިތައް ގޮސް ނަމާދުކުރިއެވެ. މިސްކިތުން އައިސް އާއިލާ އެންމެން އެކުގައި ކެއުމަށް އިންސާފުކުރަމުން ގެންދިޔައެވެ. ކައި ނިމިގެން ޔޫހާން އޭނަގެ ކޮޓަރިއަށް ގޮސް އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އޭނަގެ ލެޕްޓޮޕް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. އޭނާ ދިޔައީ ލެޕްޓޮޕުން މަސައްކަތެއް ކުރަމުންނެވެ. އެ މަސައްކަތް ނިންމާލުމަށްފަހު ވެފައި ހުރި ވަރުބަލިން ތާޒާ ވެލުމަށްފަހު އައިސް އެނދުގައި އޮށޯތެވެ. މާ ގިނަ އިރުތަކެއް ނުވަނީސް އޭނަގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ސީރީޒް އެލާޓް

Next

ކިޔުންތެރިންނަށް

Next
June 8, 2018

ކިޔުންތެރިންނަށް

Previews
June 8, 2018

ސީރީޒް އެލާޓް

31 Comments!

  1. Ary says:
    June 8, 2018 at 1:22 am

    Me. 1 dw????

    1. Ifoo ifoo says:
      June 10, 2018 at 3:53 pm

      Yesss ???… Congrats dear ❤️❤️❤️???????????????…

  2. Ary says:
    June 8, 2018 at 1:32 am

    Alhe haadha kurey… ekm v reethi… kuru hen heevey maa kiyaa hithun kiyaalyma thwchw dw… anyway v salhi mi bai vs… curiously waiting for next part…ly?????????

    1. Ifoo ifoo says:
      June 10, 2018 at 3:57 pm

      Thankyou so much Ary ❤️❤️❤️???????????????… V v ufaavehje story kamudhiyaima ???… Mi part hama kuru vx vaane… Now next part submit kohlaifinn ???… Keep waiting dear ???❤️❤️❤️… Love u too dear ❤️❤️❤️?????????…

  3. Ifoo ifoo says:
    June 8, 2018 at 4:17 am

    Salaam dear readers ???❤️❤️❤️???… Here is the 15th part ???… Hope all will like this part too ???. Mi part kury part ah vure kuru vaane ???… Sry for that ???… Miadhu ifoo ah mivarah typ kurevuny ???… In Sha Allah next part miahvure dhigukoh genesdheynan ???… If there is any mistakes please point out for me so that I can improve ❤️❤️❤️???… Love you all my dear readers ❤️❤️❤️??????????????????…

  4. unique says:
    June 8, 2018 at 4:39 am

    wow thanks ifooo mi part upkohdhineethy

    1. Ifoo ifoo says:
      June 10, 2018 at 4:14 pm

      Most welcome unique dear ???❤️❤️❤️??????????????????…

  5. unique says:
    June 8, 2018 at 4:50 am

    kuru viyas vvvvvv loabi mihaar vaahaka gossa oih hisaab vaahaka hama vvv reethi just luv it…….. cant wait for the next part…. heheh

    1. Ifoo ifoo says:
      June 10, 2018 at 4:16 pm

      Thankyou so much unique dear ???❤️❤️❤️??????????????????… I’m soooooo happy to see ur comment in every part ???… It means a lot ❤️❤️❤️??????… Next part submit kohlaifinn… Keep waiting dear ???❤️❤️❤️???…

  6. Nunnu says:
    June 8, 2018 at 11:03 am

    Vv reethi mi part ves
    Thankolheh kuree
    Next part Thankolheh dhigu koh up kolladheythi ingey

    1. Ifoo ifoo says:
      June 10, 2018 at 4:20 pm

      Thankyou so much Nunnu ❤️❤️❤️???????????????… V v ufaavey mihaaru knme part akun vx comment fennaathy ❤️❤️❤️??????… It means a lot for me ???… Next part submit kohlaifinn… Keep waiting dear ❤️❤️❤️??????… It will be longer than this part ???…

  7. Naju says:
    June 8, 2018 at 12:11 pm

    V v v v v rythi mi story mihaaru n can’t wait 4 next..

    1. Ifoo ifoo says:
      June 10, 2018 at 4:24 pm

      Thankyou so much Naju ❤️❤️❤️???????????????… From the beginning onwards Naju ge support ifoo ah libey… V v v ufaavey aslu ❤️❤️❤️???????????????… Ummeedhukuran abadhuvx Naju ge support migothah ifoo ah libeyne kamah ???❤️❤️❤️… I’m soooooo happy that u like my story ???… Next part submit kohlaifinn… Keep waiting dear ❤️❤️❤️??????…

  8. Mal says:
    June 8, 2018 at 4:07 pm

    Ifooo… Ehaakiyaa hithun huhta e nimuni… Vaahaka varah varah reethi❤❤❤❤❤.. Masha Allah???… Next part dhigukoh up kohdhehchey❤… Love’s??

    1. Ifoo ifoo says:
      June 10, 2018 at 4:28 pm

      Mal❤️❤️❤️❤️❤️… Thankyou so much dear ifoo ah thidhey support ah ???❤️❤️❤️??????????????????… V v v ufaavehje story reethi v ma ???… Knme part akun vx comment fennaathy ifoo v v ufaavey n ithuru hihvareh libigendhey ❤️❤️❤️?????????… Ummeedhukuran abadhuvx Mal ge support ifoo ah migothah libeyne kamah ???… Next part submit kohlaifinn… Keep waiting dear… It will be longer than this part ???… Much loves from me ❤️❤️❤️???????????????…

  9. Yooha says:
    June 8, 2018 at 4:37 pm

    Yoohan edhiaee kon anhen kujje kairiah..? mi story varah reethi. It is amazing

    1. Ifoo ifoo says:
      June 10, 2018 at 5:43 pm

      E kuhjaa dhw… Let’s see kaaku thr… ???… Thankyou so much Yooha ❤️❤️❤️???????????????… V v ufaavehje story reethi v ma ???…

  10. shamko says:
    June 8, 2018 at 6:58 pm

    alhey ifoo haadha reehchey mi story …. comment nukuriyas story baraabarah kiyan…..avahah upkohbaa dhen oiy bai and dhigukohlahchey…..ly and take care ifoo dhoony

    1. Ifoo ifoo says:
      June 10, 2018 at 5:47 pm

      Shamko ❤️❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje vaahaka kiyaakan ingunyma n e ah vure vx ufaavehje comment kohleema ???❤️❤️❤️???… Next part submit kohlaifinn… Keep waiting dear ???❤️❤️❤️???… It will be longer than this part ???… Love u too n take care Shamko ❤️❤️❤️???????????????…

  11. Anonymous says:
    June 8, 2018 at 10:40 pm

    v hadi.vaa nuvaa neygey.hus haasaru

    1. shut up says:
      June 9, 2018 at 12:12 am

      heyyyy…u just shut up

    2. Ifoo ifoo says:
      June 10, 2018 at 5:52 pm

      I don’t think it is hus haasaru… Hurihaa kudhinnah ifoo ge story reethi nuvedhaane ???… Ekan gaboolu kuran ???… Vaanuvaa engigen dhaane kuriah dhaa varakun ???… Thankyou Anonymous ???…

    3. Ifoo ifoo says:
      June 10, 2018 at 5:55 pm

      Thankyou shut up ???…

  12. aisha says:
    June 8, 2018 at 10:41 pm

    v hadi.vaa nuvaa neygey.hus haasaru

    1. shut up says:
      June 9, 2018 at 12:14 am

      huh…shut up

    2. shut up says:
      June 9, 2018 at 12:19 am

      yageen vaahaka kiaairu innany ehn dhari akaa medhu hiyaalu kuran ehnve ehnu vaanuvaa neyngeny…..hahaha…..alice in wonderland…..mashah heevany thi manje ah aisha kiyumah vure rangalhu vaany alice keemahen…dhw alice…hahaha

    3. Ifoo ifoo says:
      June 10, 2018 at 5:54 pm

      I don’t think it is hus haasaru… Hurihaa kudhinnah ifoo ge story reethi nuvedhaane ???… Ekan gaboolu kuran ???… Vaanuvaa engigen dhaane kuriah dhaa varakun ???… Thankyou aisha ???…

    4. Ifoo ifoo says:
      June 10, 2018 at 5:56 pm

      Thankyou shut up ???…

  13. Livy says:
    June 10, 2018 at 9:48 pm

    Woww ifoo.. Varah reethi ingey.. Livy thankolheh busy koh ulheythy comment koh nulevigen miulheny.. ?? But ifoo thi kuraa hiy varah hama saabas. ❤❤❤??????ekam yoon kon girl eh kairiyah tha e dhiyaee.. So curious..? And finally yoon propose kuran ulheythee so happy and so excited ???????? lots of love from me ????

  14. Fayaa says:
    September 24, 2018 at 9:11 pm

    Hiii bbbys

  15. Laiii says:
    January 21, 2019 at 6:17 pm

    I love your stories… U are really great author… I want you to write more stories and be here always with us…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 16←


All Right Reserved!