ކޮޓަރިއަށް ވަދެވުމާއެކު ލަޔާން ކޮޓަރި ތަޅުލުމަށްފަހު ތަޅުދަނޑި ޖީބަށްލިއެވެ. އަދި ވިޝިކާ އާއި ދިމާލަށް އެނބުރިލިއެވެ. “ކީއްކުރަން މިއަދު ތިއުޅެނީ..މިދެން ކިހާ ބޮޑުކަމެއް.. އަންހެނުންނަށް ތިހާ ބޭނުންވަންޏާ މި ގޭގަ އެ އުޅޭ ރުނޑިގަނޑުކައިރިއަށްދޭބަލަ..” ވިޝިކާގެ ވާހަކަ ހުރިގޮތުން ލަޔާންގެ ބުމަ ގޮއްޖެހިގެންދިޔައެވެ. އަވްލީންއަށް އެގޮތަށް މުހާތަބުކުރުމުން ލަޔާން ވަރަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް މޫނުމަތި ރީތިކޮށްލަމުން ވިޝިކާއާ ކައިރިއަށް ފިޔަވަޅު އަޅަންފެށިއެވެ. “އަހަރެން ބޭނުންވަނީ ތި އަންހެނާ..ހާދަ ލޯތްބޭ ތިހެން ކަޅިއަޅާލައިގެން ހުންނައިރު. ހަމަ ހިތަށްއަރަނީ ބައްދާލަން..” […]
“މަހުދީ ތި ކޮންކަމެއް” އެވަގުތު ކައިގެން ނިކުތް ސަބީނާއަށް މަހުދީ ފެނުމުން އަހާލިއެވެ. “މިއުޅެނީ ކޮޓަރީގަ އިން ބިއްލޫރި އެއްޗެއް ވެއްޓި ތެޅިގެން. އެތަން ސާފުކޮށްލަން ބުނަންވެގެން އަވީއަށް މި ގޮވަނީ… އަވީ ގޭގަ ނޫޅެނީތަ މަންމާ.؟” މަހުދީ ވަގުތުން ވާހަކައެއް ހަދާލިއެވެ. “އަވްލީން ތި އެއްޗެހި ބަހައްޓާފަ އެހަށް ދޭބަލަ އެ ބިއްލޫރިތައް ނަގަން..” ސަބީނާ އެނބުރި ކާގެއަށް ބޯދިއްކޮށްލާފަ އެތާނގަ ތަށިތައް ދޮންނަން ހުރި އަވްލީން ކައިރީގަ ބުންޏެވެ. މަހުދީ ކޮޓަރިއަށް ގޮސް ބެލީ […]
މޯޑް އައި ގޮތަށް އަވްލީން ލައިގެން ހުރި ކުރުތާގެ ކަރުވަޅުގައި ކަތުރު ޖައްސާފައި އިރާލިއެވެ. އަވްލީން ރޮމުން ގަދަހެދޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ” މިއީ މަ ހާދަ ކުރިއްސުރެ ހިތުލައިގެން އުޅޭކަމެކޭ.. ތި މަލުގެ ފޮނިކޮޅު ބޯލަން ހިތުލައިގެން ހުންނަތާ މިހާރު ކިހާ ދުވަހެއް. އެންމެ ފުރަތަމަ ތި މަލުގެ ރަހަ ބަލާމީހަކަށް ވާންޖެހޭނީ މަ. އެ އިނގޭތަ ކީއްވެކަން. މަށަށް މުޅި މިރަށުންވެސް އެންމެ ރީތި ކުއްޖަކަށް ފެނުނީ ކަލޭ.. އެކަމަކު މަށަށް އިނގޭ ކަލޭ […]
ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އައިސް އެގޮތަށް ބައްދާލުމުން ވިޝިކާ ތެޅިގަނެފައި ލަޔާންގެ އަތުތެރެއިން ނިކުތެވެ. “މޮޔަވީތަ؟ މަންމަ ކައިރީގަ ބުނާނަން…” ދެ ބުމަ ކައިރިކޮށްލަމުން ވިޝިކާ އެހެން ބުނީ ވަރަށް ހިތްހަމަނުޖެހި ހުރެއެވެ. “ދޭ އަވަހަށްގޮސް ބުނޭ… ބައިދަވޭ ކީކޭ ބުނާނީ… އަހަރެން ތި ކުއްޖާ ގައިގަ ހަގް ކޮށްލި ވާހަކަތަ؟” ލަޔާން އެހިއެވެ. ” އާން ހަމަ އެހެން ބުނާނީ.. އެން ޔޫ މާ ފޮނި ނުވައްޗޭ. އަހަރެން މަންމަ ކައިރީ ކަލޭގެ ވާހަކަ […]
“މަ މ މަހުދީ” އަޅަ އަޅައިގަންނަމުން އަވްލީން ގޮވާލިއެވެ. “އަވީ ތިހާ ހާލުގަވެސް ކުނިކަހަންޖެހޭތަ؟ ކުނި ނުކެހި އޮތީމަ މަންމަ އެއްޗެހި ކީ ދޯ؟” މަހުދީ އެހިއެވެ. “ނު ނޫން.. ކުނި ކަހާހިތުން” އަވްލީން އެހެން ބުންޏަސް މަހުދީއަށް ޔަގީނާ ގާތަށް އެއީ އޭނަގެ މަންމަ ކަމެއްކަން އިނގުނެވެ. “ކުނިކަހާ ހިތްވިޔަސް ހެޔޮ. ތި ބަހައްޓާ. އެމީހެއްގެ ހާލަތު ތަންދޭވަރަކުން ބޭނުންވާ ކަންކަންވެސް ކުރެވޭނީ. ގެނޭ ތި އިލޮށިފަތި.” މަހުދީ އެހެން ބުނަމުން އަވްލީންއަތުގައި އޮތް އިލޮށިފަތީގައި […]
އަވްލީން ވެއްޓި ޖެހުނުގޮތުން އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވާތީ އޭނާ ގެންދިޔައީ ހެލްތް ރޫމަށެވެ. އަދި އަވްލީންގެ ބޮޑުބެދައްތައަށް ގުޅާފަ އަވްލީން ބަލާ އައުމަށް އެދުނެވެ. ނަމަވެސް ސަބީނާ އަވްލީން ބަލާ ނުދާނެކަމީ، އެތާ އެންމެނަށްވެސް މީ ދުވާލުފަދައިން އިނގޭ ކަމެކެވެ. އަވްލީންގެ ގޮނޑި ދަމައިގަތް އަޒްހީނަށް އަދަބެއްގެ ގޮތުން އަވްލީން ކައިރިން މައާފަށް އެދުމަށްފަހު ހަފްތާއެއްވަންދެން ކޮންމެ ދުވަހަކު ލައިބްރަރީގެ ފޮތްތައް ތަރުތީބުކުރަން ޖެއްސިއެވެ. ނަވާޒް ބޭނުންވީ ސަސްބެންޑް ކުރަން ނަމަވެސް މީ އޯލެވެލް އަހަރުކަމަށްވާތީ […]
ދުވެފައިދިޔަ އަވްލީން ފެނި ނަވާޒް އެއްކައިރިއަށް ޖެހިލިއެވެ. އޭރު އަވްލީންއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. މީހުން ކުރިމަތީގައި ނުރޯން ކެތްކުރިއަސް އިންސާނުންނަށް ކެތްވާނީ ވަކި ވަރަކަށްނޫން ހެއްޔެވެ. “ހައި ހުރިހާ ކުދިން ކިހިނެއް؟” ނަވާޒް ހުރިހާ ކުދިންނަށް ހައި އަޅާލިއެވެ. “ނަވާޒް މި ކުލާހުގައި ކީއްކުރަނީ. 10 އޭ އަކީ މި ކުލާހާ ޖެހިގެން އޭނދަ ކުލާސް. މީ 10ބީ. ނަވާޒްއަށް އޮޅުނީދޯ” ދޮރުމައްޗަށްއެރި ދިވެހި ޓީޗަރ އިނާން ނަވާޒް ކައިރީ އެހެންބުނުމުން ނަވާޒް ނިކުމެގެންދިޔައީ ޖެހިގެން […]
ެ. އެއްވެސް މޭކަޕެއްނެތި ހުރި އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލަށް ނަވާޒަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ އަވްލީން “ސޮރީ” ބުނުމަށްފަހު ހިނގައިގަތީ ލަސްވެއްޖެނަމަ ވިޝިކާގެ ބަހުގެ ހަމަލާތައް އަންނާނެކަން އިނގޭތީއެވެ. ފިހާރައިން ދިޔަގޮތަށް އަވްލީން އަވަސްވެގަތީ ކުރަންފެށި މަސައްކަތް ނިންމާލުމަށެވެ. ރޭގަނޑުގެ އެކްސްޓްރާ ކުލާހަށް ދިއުމުގެ ކުރިން ކެވޭނެހެން މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު ފޮތްތައް ހިފައިގެން އަވަހަށް ނިކުންނަންދިޔަ އަވްލީން ސިއްސައިގެން ދިޔައީ މަހުދީ ކުރިމައްޗަށް އެރުމުންނެވެ. މަހުދީއަކީ އަވްލީންގެ ބޮޑުބޭބެގެ […]
“އަވްލީން….. އަވްލީން……” ގިފިލިތެރޭގައި އެއްޗެހި ދޮންނަން އޮތް އަވްލީންއަށް ވިޝިކާ ގޮވާ އަޑު އިވުމާއެކު އަވަހަށް ތެދުވެގެން ގިފިލިން ނިކުންނަން ދުއްވައިގަތެވެ. އަވްލީންއަށް ދޮރު ހުޅުވާލެވުނުއިރު ވިޝިކާ ދޮރާ އަރާ ހަމަވީއެވެ. “ދޭބަަލަ މިއަށް މެގްނަމެއް ގަނެގެން އަންނަން.” އަވްލީން އަތަށް 50ރުފިޔާ ދިއްކޮށްލަމުން ވިޝިކާ ބުންޏެވެ. މެންދުރުގެ ރަތްދައްކާ ގަދަ އަވީތެރޭގައި އެއްޗެހި ދޮންނަން އޮވެފައި ހަމަ އެ ހޫނުގައި މަގުމައްޗަށް ނިކުމެ ފިހާރައަށްދާން ހިނގައިގަތްއިރު އަވްލީންގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ނަމަވެސް އެ ޝަކުވާތައް […]