ލަޔާން ވިޝިކާ ފާރާއިލާ ފިއްތާލާފައި ހުރިއިރު މަޑުމަޑުން ކައިރިވަމުން ދިޔައެވެ. ގަދަ ހަދަމުންދިޔަ ވިޝިކާއަށް ލަޔާންގެ ލޮލަށް ބަލައިލެވުނުގޮތަށް ދުރު ބަލައިލަން ނޭނގުނީ އެ ލޮލުގައިވާ ބާރަކުންނެވެ. ލަޔާންގެ ނޭވާ ވިޝިކާގެ މޫނަށް އެޅޭހާ ކައިރިވުމުން ވިޝިކާއަށް ކުރެވުނުހާވެސް ކަމަކީ ލޯ މަރާލުމެވެ. އެވަގުތު ވިޝިކާގެ ހިތުގައި ލަޔާންއަށްވާ ނަފްރަތުގެ މަތިންވެސް ވިޝިކާ ހަނދާންނެތުނެވެ. ވިޝިކާ ލޯ މަރާލުމުން ލަޔާންއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ވިޝިކާގެ ތުންފަތުގައި ލޯބި ކޮށްލީ އެއްވެސް ޖެހިލުންވުމެއްނެތިއެވެ. ސިކުންތުކޮޅަކަށް ދިގުދެމިގެންދިޔަ […]
“ތީ އަވީއެއް ނޫން.. ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަނާން.. އަނާން މިހާރު މި ދުނިޔެއަކު ނެތް.. އަހަންނަށްވެސް ފުރަތަމަ އަވީ ފެންނައިރަށްވެސް ހުއްޓުން އެރީ އަހަރެން ކޮއްކޮއާ އަވީ ވައްތަރުކަމުން.. ކާގެއިން އަވީ ފެންނައިރަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެ. އަވީ ކޮއްކޮއާ އެހާ ވައްތަރުވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު. އެހެންވެ އަހަރެން އެރޭގަ އެހީ މަހުދީ ކައިރީ އެއީ ކޮއްކޮއެއްތޯ؟ ދެން މަހުދީ އަވީގެ މަންމަ އާއި ބައްޕަ މަރުވި ވާހަކަ ބުނީމަ އަހަރެން […]
“މަހުދީ ހޯދަން ތިގެއަށް ދިޔައީމަ ކުޑައްތަ ބުނީ އަވްލީން ހޮސްޕިޓަލްގަ ބާއްވާފަ އޮތީމަ އަވްލީން ކައިރިއަށް އައިސްއޭވީ.. އެހެންވެ ޒީތުވެސް މިއައީ މަހުދީއާއެކު މިތާނގަ އިންނަން.. ގޭގަ އަބަދު އިންނަންވީމަ ވަރަށް ފޫހި..” ޒީނަތު އެހެންބުނުމަށްފަހު މަހުދީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “މަޑުކޮށްބަލަ މަޑުކޮށްބަލަ.. ޒީތު ޓެސްޓަށް ދަސްކުރާކަށް ނުޖެހޭތަ.. ޒީތު މިތާނގަ އިނަސް ފޫއްސެއް ނުފިލާނެއެއްނު.. ޒީތުދޭ ގެއަށް. ގޮސް ދެން އޮންނަ ޓެސްޓަކަށް ރެޑީވޭ..” މަހުދީ ޒީނަތުގެ އަތް އޭނަގެ އަތުން ނައްޓާލަމުން ވާހަކަދެއްކިއެވެ. […]
އެދުމަތީ އެކެއް އަނެކެއްގެ އަތުގެ ހިމާޔަތް ލިބިގެން ނިދާލާފައި ތިބި މަހުދީ އާއި އަވްލީން ފެނުމުން ލަޔާންއަށް މޮޅު ހިޔާލެއްއައިސްގެން ފޯނު ނަގާ ކެމެރާއަށްލުމަށްފަހު ދެމީހުންގައިން ދެތިން ފޮޓޯ ނަގައިގެން އެނބުރި ދިޔައީ އެ ދެމީހުންގެ އަރާމު ނިދި ހަލާކުކޮށްނުލުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފަތިހު ފަތިސް ނަމާދަށް ތެދުވަން އާދަކޮށްފައިވާ އަވްލީންއަށް ހޭލެވުނީ ލަޔާން ނިކުމެގެންދިޔަތާ އިރުކޮޅެއްފަހުންނެވެ. ހޭލެވުމާއެކު އަވްލީންއަށް އޮވެވުނުގޮތާމެދު ވިސްނާލެވުނެވެ. އަދި މި އޮވެވުނީ ހުވަފެނެއްގައި ނޫންކަން އިނގުމުން ކުއްލިއަކަށް އިސްއުފުލާ މަހުދީގެ […]
“އަވީ ކިހިނެއްވެފަ ތީނީ؟ ތަނަކަށް ތަދުވަނީތަ؟ މީހަކު އެއްޗެއްކީތަ؟” ލަޔާންއަށް އަވްލީން ކައިރިއަށް ދެވުނުގޮތްވެސް ނޭނގެއެވެ. ލަޔާން އެހާ ހާސްވެފައި ސުވާލުތައް ކުރުމުން އަވްލީން ލަޔާންއަށް ބަލާލާފައި ހީލީ އޭނާއަށް އެއްވެސްކަމެއް ނުވާކަން ދެއްކުމަށެވެ. ނަމަވެސް އެ ހީލުމުގައި ފޮރުވިފައިވާ އެތައް ސިއްރެއްވާކަން ލަޔާން ދެނެގަތެވެ. “އަހަންނަކަށް ކަމެއްނުވޭ.. ރޫމް ސާފުކުރަން އައިއްސަ ވަރުބަލިކަމުން ކުޑަކޮށް ޖައްސާލީ..” އަވްލީން އުޅުނީ ލަޔާންއަށް އޮޅުވާލާށެވެ. ދެން ކީއްވެ ތިތާ ތިހެން ތީނީ.. އަވީ ދޮގުނަހަދާ ބުނެބަލަ.. އަހަންނަށް އިނގޭ […]
އެންމެ ފަހު ގަޑި ކިޔަވާ ނިމޭއިރަށް އަވްލީން ފޮތްތައް ނަގައިގެން ހިނގައިގަތީ އަވަހަށް ގެއަށްދާށެވެ. ނަމަވެސް ދޮރާ ހަމައިން މަޑުކޮށްލެވުނީ ދޮރުމަތީގައި މަޑުކޮށްގެން ހުރި މޯޑް ފެނިފައެވެ. ” ހައި ސްވީޓީ.. ހާދަ އަވަހަކަށް ދާން ތިއުޅެނީ.. މަ ސްކޫލަށް ނާންނާތީ ވަރަށް ދެރަވެފަ ދޯ ތިހުންނަނީ.. އަސްލު ސްކޫލަށް އަންނަ ހިތެއް ނުވޭ.. އެކަމަކު މަގޭ ހިތުގެ ރާނީ ފެނޭތޯ މިއައީ…”މޯޑް ވާހަކަ ދައްކަމުން ކުރިއަށް ޖެހޭވަރަކަށް އަވްލީން ފަހަތަށް ޖެހެމުންދިޔައެވެ. ” ހޭ މޯޑް.. […]
އަވްލީން ރަކިވިވަރުން ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ. މަހުދީ ހީގަތީ އަވްލީންއަށް ވީގޮތްފެނިފައެވެ. އަދި އެ ދުވަހު ވީ ކަންތަކާ އަވްލީން ރުޅިނާންނަކަން އިނގުމުން މަހުދީ އިނީ ހިތްހަމަޖެހިފައެވެ. އެރެއަށްފަހު ނަވާޒަށް ނާދެވޭ ކޮންމެ ރެއަކު ވިޝާކާ މަހުދީ ގެންދެއެވެ. އަދި އެގޮތަށް އެއްކޮށް އުޅެވެން ފެށުމުން މަހުދީ އާއި އަވްލީންގެ ދެމެދުގައި އޮންނަ ބީރައްޓެހިކަންފިލާ އެއްކޮށް ހީ ސަމާސާކޮށް އުޅެންފެށުނެވެ. ކުރިއަށް އޮތް ހަފްތާތެރޭގައި އިމްތިހާން ފެށޭތީ އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމުގައި އަވްލީން އަދި ވިޝާކާ […]
ކުރިމަތީގައި ހުރި މަހުދީ ފަހަތަށް އެނބުރިބަލާލިއިރު އެތާނގައި ހުރި ލަޔާން އަވްލީންއަށްވެސް ފެނުނެވެ. ދެމީހުން ބަލާލުމާއެކު ލަޔާން ހިނިއައިސްފަހުރެ މަހުދީއަށް ބުމަ އަރުވާލިއެވެ. އެވަގުތު ކާގެއަށް އައިސް ވަން ވިޝާކާ ފެނުމުން ތިން މީހުންވެސް ތިބީ ހުއްޓުން އަރާފައެވެ. “އަވްލީން ހިނގާ ދާން.. ސަރ އެބައިން އައިސް..” ވިޝާކާ ތިން މީހުންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު އަވްލީން ކައިރީ ބުންޏެވެ. “ދޮންބެ އެން ލަޔާން ކާން އައިސްތަ ތިތިބީ” ވިޝާކާ ދާން އުޅެފައިވެސް އަލުން މަހުދީ […]
ގިފިލިން ނިކުމެގެން ދުވެފައި ދިޔަ އަވްލީން ތެމިގެން ހުރިގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ. އޭރު އަވްލީންގެ ނޭވާވަނީ އަވަސްވެފައެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ގޮސް ފާހާނާއަށްވަނީ ފެންވަރާ ތެތް އެއްޗެހި ބަދަލުކުރާށެވެ. “ކިހިނެއްބާ ވާން އެ އުޅުނީ.. މި ކުރެވޭން އުޅުނީ ރަނގަޅުކަމެއްބާ… މަހުދީއަށް ކިހިނެއްވެފަތަ އެހުރީ… ދެން އަހަންނަށް ނުވެސް ކެރޭނެ މަހުދީ ފެންނަ ހިސާބަށް ދާންވެސް…” އަވްލީން ފެންވަރަން ހުރި އިރުވެސް ވިސްނެނީ ގިފިލި ތެރޭގައި ވީ ކަންތަކާއެވެ. ފެންވަރައިގެން ނިކުމެ އަވްލީން ދެކޮޅު ބަލާލީ […]