Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (5 ވަނަ ބައި)

iff Level 210 Stories100 Comments
September 4, 2017 4 Mins Read
14 Comments

“މަ މ މަހުދީ” އަޅަ އަޅައިގަންނަމުން އަވްލީން ގޮވާލިއެވެ. “އަވީ ތިހާ ހާލުގަވެސް ކުނިކަހަންޖެހޭތަ؟ ކުނި ނުކެހި އޮތީމަ މަންމަ އެއްޗެހި ކީ ދޯ؟” މަހުދީ އެހިއެވެ. “ނު ނޫން.. ކުނި ކަހާހިތުން” އަވްލީން އެހެން ބުންޏަސް މަހުދީއަށް ޔަގީނާ ގާތަށް އެއީ އޭނަގެ މަންމަ ކަމެއްކަން އިނގުނެވެ. “ކުނިކަހާ ހިތްވިޔަސް ހެޔޮ. ތި ބަހައްޓާ. އެމީހެއްގެ ހާލަތު ތަންދޭވަރަކުން ބޭނުންވާ ކަންކަންވެސް ކުރެވޭނީ. ގެނޭ ތި އިލޮށިފަތި.” މަހުދީ އެހެން ބުނަމުން އަވްލީންއަތުގައި އޮތް އިލޮށިފަތީގައި ހިފިއެވެ. ނަމަވެސް އަވްލީން ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. ކުނި ނުކަހައިފިއްޔާ ސްކޫލަކަށް ނުދެވޭނެއެވެ. އެކަމަކު މަހުދީ ކައިރީ އެހެން ބުނާކަށްވެސް ނުކެރޭނެއެވެ. އެ ވާހަކަ ބުނެފިނަމަ މަހުދީ އޭނަގެ މަންމަދެކެ ހިތްހަމަނުޖެހޭނެއެވެ.

“މަންމާ މަންމާ” މަހުދީ ވަރަށް ބާރަށް ސަބީނާއަށް ގޮވާލިއެވެ. ސަބީނާ ގޭތެރޭގައި ހުއްޓާ މަހުދީ ގޮވާ އަޑު އިވިގެން ނިކުތްއިރު ފެނުނު މަންޒަރުން ބުމަ ގޮއްޖެހިގެން ދިޔައެވެ. “މަހުދީ ތި ކޮންކަމެއް.” ސަބީނާގެ ރުޅިވެރި މޫނު ފެނުމުންވެސް މަހުދީ ފަހަތަށް ޖެހޭކަށް ހިޔާލެއް ނުކުރިއެވެ. “މަންމަ ބުނެބަލަ. މަންމަ އަށް ނޭނގޭތަ އަވްލީން ބަލިކަމެއް. އެ ފަކީރު އެ އުޅެނީ އުނަގަނޑަށް ތަދުވާވަރުން ގުދުވާންވެސް ނުކެރިގެން. އެވަރުންވެސް މަންމަ ޖެހޭތަ އޭނަ ލައްވާ މަސައްކަތް ކުރުވަން. ވިޝިކާ އާ ވިޝާކާ ލައްވާވެސް ތި މަސައްކަތް ކުރުވިދާނެ އެއްނު. ކީއްވެ އެމީހުން ލައްވާ މަސައްކަތް ނުކުރުވަނީ….” މަހުދީގެ ވާހަކަ ހުރިގޮތުން އަވްލީން ހުރީ ބިރުން ވިރިވިރިއެވެ. މިނޫނީ ދުވަހަކުވެސް މަހުދީ އެގޮތަށް އޭނާގެ މަންމައާ ވާހަކަ ދައްކަނިކޮށެއް އަވްލީން ނުދެކެއެވެ.ހަމަ އެގޮތަށް ސަބީނާއަށްވެސް ބަހެއް ކިޔަން ނޭގިފައި އިރުކޮޅަކު ހުރެވުނީ މަހުދީ ވާހަކަ ދެއްކި ރާގުންނެވެ. “އޭނަ ބަލީއެއްނޫން. އެ އުޅެނީ ގޮތް ދެއްކެން. ތިއްތިކަންމަތީ އޮންނަހިތުން. އަހަރުން ދިނީމަ ކައިގެން ބޮއިގެން އުޅޭއިރު އަހަރުންނަށްވެސް އޭނާގެ ފުށުން ކޮންމެވެސް ފަސޭހައެއްވާންޖެހޭނެއެއްނު.” ސަބީނާ ހުރީ މަހުދީއަށް ދޫކުރާގޮތަކަށް ނޫނެވެ. އޭރު އަވްލީންހުރީ ލޮލަށް ޖަމާވަމުންދާ ކަރުނަތައް ހިންދާލުމުގައި ކާމިޔާބުވޭތޯއެވެ. މަހުދީއަށް އެ މަންޒަރު ފެނުމުން އިތުރަށް އޭނަގެ މަންމައާ ބަހުސް ކުރަން ނުހަދާ ގޭތެރެއަށް ވަދެގެންދިޔައީއެވެ. އޭނަގެ މަންމައާ ބަހުސްކޮށްގެން އިތުރަށް އަވްލީންގެ ހިތުގަ ޖައްސާކަށް މަހުދީ ބޭނުމެއްނޫނެވެ.

އެ ދުވަހު ގުދުޖަހައިގެންއޮވެ ކުނިކެހީމަ އުނަގަނޑަށް ތަދުވާވަރުން އަވްލީންއަށް އެރޭގަ ނުވެސް ނިދެއެވެ. ފަހަރަކު ގޮތަކަށް އޮށޯވެގެންވެސް ނޯވެވުނީމަ އަވްލީން ތެދުވީ ބޭސް ފުޅި ހުސްވެފައި އޮތުމުން ގޭތެރެއިން ބޭސްފުޅިއެއް ފެނޭތޯ ބަލާށެވެ. އޭރު ގަޑިން 1ޖަހާ ބޮޑުވެއްޖެއެވެ. އަވްލީން ކޮޓަރިން ނިކުމެގެން ހިނގައިގަތްތަނުން ސޯފާ ގޯނޑީގައި އޮށޯވެލައިގެން އޮތް މަހުދީ ފެނުނެވެ. މަހުދީ އޮތީ ހަމައެކަނި ޖިންސެއް ލައިގެންކަމުން އެ ދިމާއަށް ދާކަށް އަވްލީންއަކަށް ނުކެރުނެވެ. އެހެންވެ އަވަހަށް މަހުދީއަށް ނުފެނި ކޮޓަރިއަށް ދާން އެނބުރުނުތަނުން ހުއްޓެވުނީ މަހުދީ ގޮވާލުމުންނެވެ. “އަވީ.. ކިހިނެއްވީ؟ އުނަގަނޑަށް މާބޮޑަށް ތަދުވަނީތަ؟” މަހުދީ ސުވާލުކޮށްލުމުން އަވްލީން އެނބުރި ބަލައިލިއިރު މަހުދީ ހުރީ ކޮޅަށް ތެދުވެ އަވްލީންއާ ދިމާލަށް ބަލާށެވެ. “އަމްމ ބޭސްފުޅި ހުސްވެފަ އޮތީމަ …..” އަވްލީންއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް މަޑުކޮށްލަން ބުނެފަ މަހުދީ ކޮޓަރިއަށްގޮއްސަ އެނބުރި އައީ ސެންސަރ ބޭސްފުޅިއެއް ހިފައިގެންނެވެ. “އަން މިއޮތީ…. އަވީއަށް އަމިއްލައަށް ނު އުނގުޅޭނެދޯ ބެކްބޯންގަވީމަ. އަހަރެން ދަންތަ އުނގުޅާލަދެން. ހެހެހެ” އަވްލީންއާއި ދިމާލަށް އެއްލޯ މަރާލަމުން އެހެން ބުނުމުން އަވްލީން ދެ ލޯ ބޮޑުކޮށްލާފަ ފަހަތަށް ދެ ފިޔަވަޅު އަޅާލިއެވެ. “ހޭ އަވީ ޑޯންޓް ބީ އަފްރެއިޑް. އައި އޭމް ޖަސްޓް ޖޯކިން. އަވީ އަހަރެންދެކެ މާ ބިރުން އުޅޭހެން ހީވާތީ މަޖަލަކަށް އަދި އެހެން މި ބުނީ. އެކަމް އިތުރަށް ދުރު ދޯ ވީ… ދެން ދޭ އަވަހަށް ބޭސް އުނގުޅައިގެން ނިދަން. މާދަން ސްކޫލަށްވެސް ދާންޖެހެއެއްނު.” އެހެން ބުނުމަށްފަހު މަހުދީ ކޮޓަރިއަށް ދާން ހިނގައިގަތުމުން އަވްލީންވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އާދައިގެމަތިން އަވްލީން ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ގޭގައި ކުރަންހުރި މަސައްކަތްތައްކޮށް ނިންމާލިއެވެ. ނަމަވެސް އެހެން ދުވަސްތަކާއި ހިލާފަށް އެ ދުވަހު ސްކޫލަށް ދެވުނީ ގަޑިޖެހިގެންނެވެ. އަވްލީންއަށް ކުލާސް ދޮރުމައްޗަށް އެރުވުނުއިރު ނަވާޒްވެސް ހުރީ ކުލާސްރޫމްގައެވެ. “އައްސަލާމުއަލައިކުމް” އަވްލީން އަކީ އެހެންނާ ދުވަހަކުވެސް ގަޑިޖެހުނު ކުއްޖަކަށް ނުވާތީ އާއި ކުލާސް ހުރިހާ ކުދިން އޭނައާ ދިމާލަށް ބަލަން ތިބުމުން އަވްލީން ހުރީ ވަރަށް ބޮޑަށް ހާސްވެ ލަދުވެސްގަނެފައެވެ. “ވައަލައިކުމުއްސަލާމް.. އަވްލީން އަވަހަށް ވަދެ އިށީނދޭ. އަވްލީން ނައިސްގެން މި ހުންނަނީ ކުލާސް ކުރިއަށް ނުގެންދެވިފަ” ދެ މާނަ އެކުލެވޭގޮތަށް ނަވާޒް ބުނި ޖުމްލަ ވިޝާކާއަށް އަޅައިގަތެވެ. ނަވާޒް ސްކޫލުން ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވިޝާކާގެ ހިތުގައި ނަވާޒްގެ ސޫރަ ކުރެހިއްޖެއެވެ. އިސްކޮޅުން ދިގުކޮށް ދޮންކޮށް ހުންނަ ނަވާޒްގެ ލޮލަށް ބަލައިލުމުން ވިޝާކާއަށް އެހެން ދިމާލަކަށް ބަލައިލަންވެސް ހަނދާނެއް ނުހުރެއެވެ. ވެމަޕަޔަރ ޑައިރީސްގަ އުޅޭ ސްޓެފަން އާއި ވައްތަރުގޮތެއް ހުންނަ މޫނަށް އިތުރު ފިރިހެންވަންތަ ކަމެއްގެނުވަނީ ކުޑަކޮށް ފަޅާފައިވާ ތުނބުޅިއެވެ.

އަވްލީން ވަދެ އިށީންއިރު ނާޝް ސްކޫލަށް އައިސް އިނުމުން ވަރަށް އުފާވިއެވެ. “ނާޝްގަނޑު ކީއްވެ ސްކޫލަށް ނައީ؟ ބަލިވީތަ؟ އަވީ ވަރަށް ދެރަވި ނާޝް ނާންނާތީ. ތިގެއަށް ދާންވެސް ހިތަށްއެރި. އެކަމް ނުކެރުނީ….” އަވްލީންއަށް ވާހަކަ ދައްކާނެ ފުރުސަތެއް ލިބޭއިރަށް ފައްޗަކަށް އަމުނާލިއެވެ. “ކާމް ޑައުން ކާމް ޑައުން އަވީ… ނާޝް ވަރަށް ބޮޑަށް ބަލިވެގެންނޭ ނައީ. އެކަމް ކިރިޔާ ރަނގަޅުވޭލައިރަށް މިއައީ އަވީ އަހަރެން މިސްވެގެން އުޅޭނެކަން އިނގޭތީ” ނާޝް ބުންޏެވެ. ކުލާސްތައް ނަގަމުން ދިޔައިރު ލިބޭ ކޮންމެ ހުސް ވަގުތެއްގައި ދެމީހުން ތިބީ މި ދިޔަ ދެތިން ދުވަހު ކަންތައްތައް ދިޔަގޮތް ދެމީހުން ދެމީހުނަށް ކިޔައިދޭށެވެ…   ކުއްލިއަކަށް ބޮނޑިކޮށްލާފަ އޮތް ކަރުދާސްގަނޑެއް އައިސް އަވްލީން ޑެސްކު މައްޗަށް ވެއްޓުމުން އަވްލީން އެއައި ދިމާލަށް ބަލައިލިއެވެ. އޭރު މޯޑްއާ އަޒްހީން ތިބީ ހިނިއައިސްގެން ބަލާށެވެ. ނާޝް ވަގުތުން އެ ކަރުދާސްގަނޑު ނަގާ އެއްލަން އުޅުމުން އަވްލީން ނާޝް އަތުގަ ހިފެހެއްޓިއެވެ. އެއީ އަބަދުގެވެސް އާދައެވެ. އަވްލީންގެ ދިފާއުގައި ނާޝް ކަމެއްކުރަން އުޅޭއިރަށް އަވްލީން އެކަމެއް ހުއްޓުވާނެއެވެ.

އަވްލީން ސްކޫލުން ނިމިގެން ގެއަށް އަންނައިރަށް ސަބީނާ އެންގީ މަހުދީގެ ކޮޓަރިއާއި ޖެހިގެން އިންނަ ކޮޓަރި ސާފުކުރުމަށެވެ. އެ ގެއަކީ ދެ ބުރިއަށް ނަގާފައި ކޮޓަރިތައް ގިނަ ގެއެކެވެ. މަތީބައިގައި 5 ކޮޓަރި އިންނައިރު ތިރީބައިގަ ދެ ކޮޓަރި އާއި ސިޓީންގްރޫމަކާއި ބަދިގެއެއް އިނދެއެވެ. އަދި ބަދިގެ ކައިރީގައި ތަންކޮޅެއް ކުޑަކޮށް ހަދާފައިވާ ކޮޓަރިއެއް އިނދެއެވެ. އެއީ އަވްލީންގެ ކޮޓަރިއެވެ. ވިޝިކާ، ވިޝާކާ އަދި މަހުދީ އުޅެނީ މަތީ ކޮޓަރިތަކުގައެވެ. ސަބީނާ އާއި އޭނަގެ ފިރިމީހާ މާލިކް އުޅެނީ ތިރީގައި ވަކިން ބޮޑުކޮށް ހަދާފައި އިންނަ ކޮޓަރީގައެވެ.

ގެ އަށް އަންނަން އުޅެނީ ކާކުކަމެއް ކީއްކުރާ މީހެއްކަމެއް ނޭނގުނަސް އެ ގެއަށް މީހެއް އަންނަން އުޅޭކަން އަވްލީންއަށް އިނގުނެވެ. އަވްލީން ކޮޓަރި ސާފުކުރަން އުޅެނިކޮށް އެ ކޮޓަރި އާއި ދިމާވާގޮތަށް ކުރިމަތީގައި އިން ކޮޓަރި ދޮރު ހުޅުވާލާފަ ވިޝިކާ ނިކުތެވެ. “މީހެއް އަންނަނީތަ ތި ކޮޓަރި ސާފުކުރަނީތި؟” ވިޝިކާ އަވްލީން ކައިރީ އެހިއެވެ. “ނޭނގެ.. ވިޝީ މަންމަ ބުނީ މި ރޫމް ސާފުކުރާށޭ.. ” އަވްލީން އެހެން ބުނުމުން ދެން ވިޝިކާ އުޅެގަތީ އޭނަގެ މަންމަ ކައިރިއަށް އަވަހަށް ދާށެވެ. ގެއަށް ބީރައްޓެހިން އައުމަކީ ވިޝިކާ ވަރަށް ފޫހިވާ ކަމެކެވެ. ވިޝިކާ އޭނަގެ މަންމަ ކޮޓަރިއަށް ވަންއިރު ސަބީނާ ހުރީ ފޯނެއްގައެވެ. “މަންމާ… ކާކުތަ ގެއަށް އަންނަނީ؟ ކިތައް ދުވަހަށްތަ؟” ވަރަށް ހެވިފައި ހުރެ ފޯނު ބޭއްވުމުން ވިޝިކާ ސަބީނާ ކައިރީގައި އެހިއެވެ. “އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. ޕޮލިހެއް. މި ރަށު ޕޮލިސް ސްޓޭޝަންގަ މީހުން މަދުކަމުން އޭނަ މިކޮޅަށް ބަދަލުކުރަނީ. ލަޔާންގެ ބައްޕަ ދަރިފުޅުގެ ބައްޕަ ކައިރީގަ ބުނީ މި ގޭގަ ބަހައްޓަދޭން.” ސަބީނާ ބުންޏެވެ. “ޕޮލިހެކޭ. އައި ހޭޓް ދެމް. ކިހާ ދުވަހަކަށް އަންނަނީ؟” އަނެއްކާވެސް ވިޝިކާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. “އަދި ނޭނގޭ. މިކޮޅަށް އައީމަޔޯ އިނގޭނީ…” ސަބީނާ ބުންޏެވެ. “ހޫމް ލަނޑުފަށެއް ދޭނަން. އޭރުން އަވަހަށް ދާނެއެއްނު..” ވިޝިކާ ވިސްނަމުން ދިޔައީ ލަޔާން އަންނައިރަށް ފުރަތަމަ ދޭނެ ލަނޑަކާ ދޭތެރޭގައެވެ.

އިރުއްސި އަނދިރިވީފަހުން ލަފައިގެން އައި ލަޔާންއަށް ކޮޓަރި ދައްކާފައި ސަބީނާ ދިޔައި އެއްޗެހި ބަހައްޓާފަ ސައިބޯން ތިރިއަށް ދިއުމަށް ބުނެފައެވެ. ލައިޓް ނުޖައްސާހުރުމުން ސްވިޗްބޯޑް އަތުޖެހޭތޯ ފާރިގައި އަތްކާއްތަމުންދިޔަ ލަޔާން ސިހުނީ މީހެއްގެއަތުގައި ހިފުމުންނެވެ. އަތުގައި ހިފުނުކަމެއް ނޭނގި ލަޔާން އެ އަތުން އަތް ދޫކޮށްލާފަ ފޯނުން އަލިކޮށްލިއެވެ. އޭރު ވިޝިކާ ހުރީ އިސްތަށިގަނޑު ހާވާލައިގެން ބިރުވެރި މޭކަޕެއް ކޮށްގެންނެވެ. ވިޝިކާ ހުރިގޮތް ފެންނައިރަށް ލަޔާން ހޭން ފެށިއެވެ. އަދި ފޯނު ދިއްކޮށްލާފަ ވިޝިކާގެ ފޮޓޯއެއްނެގިއެވެ. ” މި އަދި ބިރެއްވެސް ގަންނަ މީހެއް ނޫންތަ؟” ލަޔާން ހޭންފެށުމުން ވިޝިކާ ރަކިވި ނަމަވެސް މޫނު މައްޗަށް ނުރުހުމުގެ ކުލަވަރު ގެންނަމުން ބުނެލިއެވެ. އެ ވަގުތު ލަޔާން ފޯނުން އަލިކޮށްގެން ގޮސް ލައިޓް ޖައްސާފަ އައިސް ވިޝިކާގެ ފުރަގަހަށް ހުއްޓި އަތާއެކު ބަނޑުގައި ހިފަހައްޓާލިއެވެ. އެ ވަގުތު ވިޝިކާގެ ނޭވާވެސް ހީވީ އެތެރެހަށީގައި ތާށިވީހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ތި ލޯތްބަށްޓަކައި (4)

Next

ޒިޔާ…10

Next
September 4, 2017

ޒިޔާ…10

Previews
September 4, 2017

ތި ލޯތްބަށްޓަކައި (4)

14 Comments!

  1. Nadheema says:
    September 4, 2017 at 11:03 am

    I am the first one yayhoo! Am I? Vvv loving story????❤

    1. iff says:
      September 4, 2017 at 11:54 pm

      Yes dear.. u r the 1st ??
      N thank you nadheema ???

  2. Amin says:
    September 4, 2017 at 4:18 pm

    V reethi

    1. iff says:
      September 4, 2017 at 11:55 pm

      Thank you amin ???

  3. Aishath says:
    September 4, 2017 at 8:03 pm

    Story hama habeys….varah salhi..next part kon irakun..

    1. iff says:
      September 4, 2017 at 11:57 pm

      Aww ??
      Thank you aishath ???
      Tuesday or wednesdayga. Insha allah ??

  4. Shiyaa says:
    September 5, 2017 at 8:05 am

    Vvvvv reethi

    1. iff says:
      September 6, 2017 at 8:21 am

      Thank you shiya ???

  5. Tunnets says:
    September 5, 2017 at 9:46 am

    Haadha short ey… Than kolheh dhigu kohba .. nice story

    1. iff says:
      September 6, 2017 at 8:22 am

      Thank you tunnets ???

  6. Ain says:
    September 5, 2017 at 12:05 pm

    v v reethi.. avaha aneh part up kohlladhechey ingey dear..

    1. iff says:
      September 6, 2017 at 8:23 am

      Thank you Ain ???
      Insha allah. Miadhu up kohdheynan.. ??

  7. Aish says:
    September 5, 2017 at 9:56 pm

    Maa Shaa Allah! <3
    vvv reethi <3

    1. iff says:
      September 6, 2017 at 8:24 am

      Thank you Aish ???

Comments are closed.

Next Episodeއަވްލީން (6 ވަނަ ބައި)←


All Right Reserved!