Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން 2 ވަނަ ބައި

iff Level 210 Stories100 Comments
August 24, 2017 2 Mins Read
18 Comments

ެ. އެއްވެސް މޭކަޕެއްނެތި ހުރި އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލަށް ނަވާޒަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ.

ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ އަވްލީން “ސޮރީ” ބުނުމަށްފަހު ހިނގައިގަތީ ލަސްވެއްޖެނަމަ ވިޝިކާގެ ބަހުގެ ހަމަލާތައް އަންނާނެކަން އިނގޭތީއެވެ. ފިހާރައިން ދިޔަގޮތަށް އަވްލީން އަވަސްވެގަތީ ކުރަންފެށި މަސައްކަތް ނިންމާލުމަށެވެ. ރޭގަނޑުގެ އެކްސްޓްރާ ކުލާހަށް ދިއުމުގެ ކުރިން ކެވޭނެހެން މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު ފޮތްތައް ހިފައިގެން އަވަހަށް ނިކުންނަންދިޔަ އަވްލީން ސިއްސައިގެން ދިޔައީ މަހުދީ ކުރިމައްޗަށް އެރުމުންނެވެ. މަހުދީއަކީ އަވްލީންގެ ބޮޑުބޭބެގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. މަހުދީގެ އިތުރުން ތިބެނީ ދެ އަންހެން ކުދިންނެވެ. އެއީ ވިޝިކާ އަދި ވިޝާކާއެވެ.

“އަވީ ކުލާހަށްދަނީތަ؟ ރަނގަޅަށް މޮޅަށް ކިޔަވައްޗޭ. އަވީއަށް ނޭނގޭ އެއްޗެއް އޮތިއްޔާ ލަދުން ނުހުރެ އަހައްޗޭ އިނގޭ..” މަހުދީގެ މޫނަށް ކަޅި ހުއްޓާލައިގެން ހުރި އަވްލީންއަށް ހޭވެރިކަންވީ މަހުދީ ދިޔަތާ އިރުކޮޅެއްފަހުންނެވެ. ތެޅިގަނެފައި އަވަހަށް ކުލާހަށްދާން ހިނގައިގަތް އަވްލީންއަށް މަހުދީއާ ދޭތެރޭގަ ވިސްނާލެވުނެވެ. މަހުދީ ފެނުމުން އެގޮތަށް ބަލަން ހުރެވެނީ ކިހިނެއްވެގެންބާއޭ އަވްލީން ހިތަށްއަރައެވެ. މަހުދީ ވަރަށް ކުޑައިރު މާލެއަށް ކިޔަވަން ދިޔަގޮތަށް އޯލެވެލް ނިންމާފައި އައިތާ އަދި ވާނީ ދެތިން ހަފްތާއެވެ. ނަމަވެސް އަވްލީންއަށް މިވީ ކުޑަދުވަސްކޮޅު ތެރޭގައިވެސް މަހުދީގެ ފަރާތުން ރަނގަޅުކަމެއް ނޫނިއްޔާ ނުފެނެއެވެ. ވިޝިކާ އަދި ވިޝާކާ އާ ހިލާފަށް އަވްލީންއާ ހިތްހެޔޮކަމާއެކު ވާހަކަ ދައްކައެވެ. ބަރާބަރަށް ނަމާދަށްދެއެވެ. މައިންބަފައިންނަށް އިހުތިރާމްކުރެއެވެ. އެއްވެސް މީހަކާ ރުޅިވެރިކަމެއް ނުބާއްވައެވެ.

އަވްލީންއަށް ސްކޫލާ ހަމައަށް ދެވުނުއިރު ވިޝިކާ އާއި ވިޝާކާ ތިބީ ސްކޫލް ކައިރީ އިންނަ ކެފޭ ދޮރުމަތީގައި ދެތިން ކުއްޖަކާއެކު ވާހަކަ ދައްކާށެވެ. އޭރު ގަޑިން 8 ޖަހަން 3 މިނެޓަށްވެއްޖެއެވެ. އަވްލީން އަވަސް އަވަހަށް ސްކޫލް ދޮރާށިން ވަންއިރު ވިޝިކާ ހުރީ އަވްލީންއަށް ބަލާށެވެ. “މޯޑް މިރޭ ނެތްތަ ކަމެއް؟” “އަހަހަ.. ނޫނޭ. މިރޭ އޮންނާނެނު މައި ޕްރިންސެސްއަށް ލޯބިން ގިފްޓެއް ދިނުން.” ވިޝިކާ ސުވާލުކޮށްލުމާއެކު މޯޑް ސްކޫލާ ދިމާލަށް ބަލާލަމުން ޖަވާބު ދިނެވެ. އެންމެން ހެމުން ހެމުން އެކިއެކި ކަންކަން ރާވަމުން ގޮސް ކުލާސް ދޮރުމައްޗަށް އެރިއިރު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ކުލާހަށް ވަންނަން ޓީޗަރުގެ ހުއްދަ ލިބުމާއެކު މޯޑް ގޮސް އަވްލީން ކައިރީ އިން ގޮނޑީގައި އިށީންދެއްޖެއެވެ. އަދި ސިއްރުން ފައިގަ ކޮށްޓާލިއެވެ. “ހައި ސްވީޓީ.. މިސް މީ؟؟ މަ ނައިސްގެން ފޫހިވެފަދޯ ތި އިންނަނީ. ސަހާދެ މި ބުނީ ހާދަ ލޯތްބޭ… ބޭބީ ތި ފޮތުގަ ކޮންއެއްޗެއް އޮތީތަ ތިހާވަރަކަށް ތި ބަލަނީ؟ ނިކަން މަށާދިމާލަށް ބަލައިލަބަ. ތި މޫނު ރީތިކޮށް ދައްކާލަބަ. ހައި ހައި.. ތިހެން އިންނަންޏާ މަގޭ މި ހިތް ކޮންޓްރޯލުން ނައްޓަފާނެ…. ” މޯޑް ދެއްކި އެއްވެސް ވާހަކައަކަށް އިޖާބަ ނުދީ އަވްލީން ބެލީ ޓީޗަރު ކިޔައިދޭ އެއްޗަކަށް ސަމާލުކަން ދެވޭތޯއެވެ. ނަމަވެސް ސްކޫލްގައިވެސް އަވްލީންއަށް އުޅުންވަނީ ދަތިކަމަކަށްވެފައެވެ. ކިޔެވޭތޯ ކުރާ ފޮނި އުއްމީދު ހާސިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ވިޝިކާ އަދި ވިޝާކާ އާ އެއް ކުލާހަކަށްވުމަކީވެސް އަވްލީން ދެކޭގޮތުގައި އޭނާއަށް ލެއްވި ބަދުނަސީބެކެވެ. މޯޑް ކުރާ ޖެއްސުންތަކުގައި އެންމެ ބޮޑު އެއްބާރުލުމެއްދޭ ބަޔަކީ އެއީއެވެ. އިސްލާމް ގަޑި ނަގައިދީ ނިމިގެން ޓީޗަރ ދިއުމުން މޯޑް ޑެސްކުމަތީގައި އަރާ އިށީނެވެ. “ހޭއި ހޭއި.. ހުރިހާ ކުދިން އަދި ގެއަށް ނުގޮސް މަޑުކޮށްލައްޗޭ.. އަހަރެން މި އުޅެނީ މައި ޕްރިންސެސްއަށް ޕްރޮޕޯސްކުރަން” މޯޑްގެ އުނދަގުލާހެދި އޭނާ ބުނާ ގޮތަކާ އިނދިކޮޅަށް އެއްވެސް ކުއްޖަކަށް ކަމެއް ކުރަން ނުކެރުމުގެ ނަތީޖާއަކަށްވީ އެއްވެސް ކުއްޖެއް ކުލާހުން ނުނިކުމެ މަޑުކުރުމެވެ. “ވިޝީ ދީބަ އެއްކަލަ އެތި” މޯޑް އެ އިޝާރާތްކުރީ ކޮންއެއްޗަކަށްކަން އިނގޭތީ ވިޝިކާ އަވަހަށް އަތްދަބަހަށް އަތްލާފަ އެ ނެގި އެއްޗެއް ނަގާ މޯޑް އަތަށް ދިނެވެ. “ސަޕްރައިސް…….. ޓަން ޓަޑާ….. މައި މޮސްޓް އަގްލިއެސްޓް ކިއުޓީ ޕައި ކޭން ޔޫ ބްރަޝް ޔުއަރ ޓީތް… އާހާ ހާ….” މޯޑް އަތަށް ވިޝިކާ ދިން ދަތްއުނގުޅާ ބޭސްފުޅީގެ މަތި ނެގުމަށްފަހު އަވްލީންގެ މޫނުގައި އެ އުނގުޅަމުން މޯޑް ހެމުން ދިޔައެވެ. ގަދަ ހަދަމުންދިޔަ ނަމަވެސް މޯޑް ކައިރީ އޭނާއަކީ އެއްވެސް އާރެއް ބާރެއްނެތް މީހެއްކަން ހުދު އަވްލީންއަށްވެސް އިނގެއެވެ. އޭރު ކުލާހުގައި ދެންތިބި ކުދިންތައް ހެމުންދެއެވެ. ކުއްލިއަކަށް ކުލާސް ދޮރުމައްޗަށް އެރި ބީރައްޓެހި ޒުވާނާ ފެނިފައި ހުރިހާ ކުދިންގެ ހުނުން މައިތިރިވެގެންދިޔައިރު އަވްލީން ދުއްވައިގަތީ ކުލާހުން ނުކުތުމަށެވެ.

 

 

 

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

މަންމަގެ ހައްޤުގައި (1ވަނަ ބައި)

Next

އަދިވެސް ބޭނުން.. އެހެނަސް! (2)

Next
August 24, 2017

އަދިވެސް ބޭނުން.. އެހެނަސް! (2)

Previews
August 24, 2017

މަންމަގެ ހައްޤުގައި (1ވަނަ ބައި)

18 Comments!

  1. ?JuM? says:
    August 24, 2017 at 8:31 am

    Nyc varah btw adhixx kuruhen hyvany. Anyway kn dhuas thakaku up vany.

    1. iff says:
      August 24, 2017 at 10:03 am

      Thank you ?
      Mon, wedn n fridayga. ??

  2. xaan says:
    August 24, 2017 at 8:44 am

    Haadha kurey v reethivaanehen heevany

    1. iff says:
      August 24, 2017 at 10:06 am

      Thank yu xaan ?
      Kuriah huri part thah dhigukoh genesdhevaythw balaanan. ???

  3. Merr says:
    August 24, 2017 at 8:50 am

    Thankolheh dhigu koh up kolladheeba

    1. iff says:
      August 24, 2017 at 10:00 am

      Insha allah. Kuriah huri part thah ragalhuvaane..?

  4. Xxxx says:
    August 24, 2017 at 11:11 am

    Nice??

    1. iff says:
      August 24, 2017 at 11:14 pm

      Thank you xxxx ?

  5. kutti says:
    August 24, 2017 at 12:31 pm

    V v rythi.. ekm thankolhei kury…
    Plx knmex kujjei bunedhybala moalhi nuvanis emaaaa A vaahaka liyun mehei…plx plx….??

    1. iff says:
      August 24, 2017 at 11:15 pm

      Thank you kutti ?

  6. Amin says:
    August 24, 2017 at 6:16 pm

    Concept reethi.
    Good luck

    1. iff says:
      August 24, 2017 at 11:16 pm

      Thank you amin ?

  7. azeen says:
    August 24, 2017 at 8:30 pm

    haadha kurey waiting for next part:)))

    1. iff says:
      August 24, 2017 at 11:18 pm

      Kuriah huri part thah
      Ragalhuvaane. Insha allah ?

  8. neem says:
    August 25, 2017 at 7:40 am

    Vaaka reethi vaane hen heevanee

    1. iff says:
      August 27, 2017 at 1:14 am

      thank yu neem :-*

  9. Ainth says:
    August 26, 2017 at 1:53 pm

    Masha Allah mihira rythi kameh heskiyaafa hama obi. Next episode avahah up kohdhybala plx.. Kiyaa hiyvany

    1. iff says:
      August 27, 2017 at 1:15 am

      Thank yu Ainth :-*

Comments are closed.


All Right Reserved!