Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (4ވަނަ ބައި)

iff Level 210 Stories100 Comments
August 29, 2017 4 Mins Read
17 Comments

އަވްލީން ވެއްޓި ޖެހުނުގޮތުން އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވާތީ އޭނާ ގެންދިޔައީ ހެލްތް ރޫމަށެވެ. އަދި އަވްލީންގެ ބޮޑުބެދައްތައަށް ގުޅާފަ އަވްލީން ބަލާ އައުމަށް އެދުނެވެ. ނަމަވެސް ސަބީނާ އަވްލީން ބަލާ ނުދާނެކަމީ، އެތާ އެންމެނަށްވެސް މީ ދުވާލުފަދައިން އިނގޭ ކަމެކެވެ. އަވްލީންގެ ގޮނޑި ދަމައިގަތް އަޒްހީނަށް އަދަބެއްގެ ގޮތުން އަވްލީން ކައިރިން މައާފަށް އެދުމަށްފަހު ހަފްތާއެއްވަންދެން ކޮންމެ ދުވަހަކު ލައިބްރަރީގެ ފޮތްތައް ތަރުތީބުކުރަން ޖެއްސިއެވެ. ނަވާޒް ބޭނުންވީ ސަސްބެންޑް ކުރަން ނަމަވެސް މީ އޯލެވެލް އަހަރުކަމަށްވާތީ އެގޮތަށް އެކަން ހަމަޖެއްސީއެވެ. އަވްލީން ހެލްތް ރޫމަށް ގެންގޮސް ބޭސް އުނގުޅާފަ އޮންނަތާ 2 ގަޑިއިރެއްހާއިރުފަހުން ސްކޫލް މަސައްކަތު މީހާއާއި އެއްކޮށް އަވްލީން ގެއަށް ފޮނުވާލިއެވެ.

ސޯފާގައި އޮށޯވެލައިގެން ފިލްމެއް ބަލަން އޮތް މަހުދީއަށް، ސްކޫލް މަސައްކަތު މީހާއާއި އެކު އަވްލީން ގެއަށް ވަންތަން ފެނިގެން ވީ ކީއްތޯ އަހާލިއެވެ. އެވަގުތު މަސައްކަތު މީހާ ކަންވީގޮތް ކިޔައިދީފައި އަދި މަހުދީ މަންމައަށް އަވްލީން ބަލާދާން ގުޅީމަ ނުދިޔަ ވާހަކަ ބުންޏެވެ. “އެހެންތަ؟ ތި ވާނީ މަންމަ ކޮންމެވެސް ކަމެއްކުރަންވެގެން ނުދެވުނީކަމަށް. ގެނޭ ފޮތްތައް. ވަރަށް ބޮޑަށް ޝުކުރިއްޔާ. . އަވީ ހިނގާ ރޫމަށް. މިއަދު ދެން އެއްވެސް މަސައްކަތެއް ކުރާނެ ކަމެއްނެތް. އަދިވެސް ވަރަށް ތަދުވޭތަ؟” މަހުދީއަށް އޭނާގެ މަންމަ ނުދާނީ ގަސްދުގައިކަން އިނގޭއިރުވެސް އެކަން އެހެން މީހުންނަށް އަންގާކަށް ބޭނުމެއްނުވިއެވެ. އަވްލީން ކޮޓަރިއަށް ގެންދިއުމަށްޓަކައި މަހުދީ އަވްލީންގެ ފުރަގަހުން އަތްގެންގޮސް ކޮނޑުގައި އަތް އަޅުވާލިއެވެ. އެވަގުތު އަވްލީންއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ދުވަހަކުވެސް ފިރިހެނަކާ ކައިރިނުވެ ހުރި އަންހެންކުއްޖާއަށް މިއަދު މި ކުރުވި ތަފާތު އިހުސާސް އެއީ އޭނާ ދެކޭގޮތުގައި އަދި އަލަށް މީހެއްގެ ހިމާޔަތްތެރިކަން ލިބުމުން ކުރެވުނު އިހުސާސެކެވެ.

“އަވީ ކީއްވެ އަހަންނަށް ނުގުޅީ. އެމީހުން ކައިރީ ބުނިނަމަ އަހަންނަށް ގުޅަން. އަވީ ކައިރީ އަބަދުވެސް ބުނަމެއްނު ކަމެއް ބޭނުންވެއްޖެއްޔާ ބުނައްޗޭ. އަވީއަށް އަހަރެން މީ ވަރަށް ދުރު މީހެއްދޯ؟” މަހުދީ އަވްލީން ގެންގޮސް އޭނަ އުޅޭ ކުޑަ ކޮޓަރިގަނޑުގެ ތަޅުންގަނޑުމަތީގައި އޮތް ކުނާ ގޮނދަޑިމަތީގައި ބޭއްވުމަށްފަހު ވާހަކަ ދެއްކިއެވެ. ނަމަވެސް މަހުދީގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ހޫރާލުން ފިޔަވާ އިތުރު ކަމެއް އަވްލީންއަކަށް ނުކުރެވުނެވެ. މަހުދީ ކިޔަވައިގެން އައުމަށްފަހު އޭނާގެ ގާތްކަން އަވްލީންއަށް ލިބެމުންދިޔަ ނަމަވެސް އެ ގާތްކަން ބަލައިގަންނާކަށް އަވްލީންއަކަށް ނުކެރެއެވެ. “އޯކޭ… އަވީ ކަމެއް ބޭނުންވެއްޖާ ބުނައްޗޭ އިނގޭ. އައި އޭމް އޯލްވޭސް ވިތް ޔޫ” އަވްލީންގެ ފަރާތުން ޖަވާބެއް ލިބޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު މަހުދީ ދިޔައީ އަވްލީންގެ ބޮލުގައި ފިރުމާލާފައެވެ. އެ ވަގުތު އަވްލީންއަށް ހީވީ މީހަކު އައިސް އޭނާގެ ހިތުގައި ފިރުމާލަދިންހެނެވެ.

އަވްލީން ބަލިވެ އުޅުނަސް ގޭގެ ހުރިހާކަމެއް ކުރަންޖެހުނީ އޭނާއަށެވެ. އެހެންކަމުން އަވްލީން ނެތް ހިތްވަރުކޮށްފައި ތެދުވެ އުޅުނީ އޭނާއަށް މި ނޫން ގޮތެއް ނެތީމައެވެ. ޖެހިގެން އައި ދުވަހަކީ ސްކޫލް ބަންދު ދުވަހެއްކަމުން އަވްލީން އުޅުނީ އެއްޗެހި ދޮންނާށެވެ. ވިޝާކާ ހުރީ ގޭ ދޮރޯށި ކައިރީ މޯޑް އާއި ވާހަކަ ދައްކާށެވެ. ” ވިޝާ ކޮބާތަ މިގޭގަ އެ އުޅޭ އަނެއް މަންޖެ؟” “އޭނަ ބިޓު ކައިރިއަށް ގޮސްކަންނޭނގެވީ. ގެއަކު ނެތް. މޯޑް ކީއްކުރަން މިގަޑީ އޭނަ ހޯދަނީ؟” ވިޝާކާ އެހެން ބުނުމުން މޯޑް ވަރަށް ހައިރާންވެފަ ބަލަހައްޓައިގެން ހުއްޓެވެ.” އޭތް.. ކޮން ދުނިޔެއަކަށް ތި ދަނީ.. ކޮންކަމަކާތަ މާ ޝޮކްވެފަ ތި ހުންނަނީ.. އަނެއްކާ މޯޑް އޭނާއަށް ހިތުލީތަ؟ ހެ ހެ ހެ” ވިޝާކާ މަޖާވެފަ ވާހަކަ ދެއްކިޔަސް މޯޑް ހުރީ ވަރަށް ސީރިއަސްވެފައެވެ. ” ކޮންއިރަކު އަވްލީން މީހަކާ ރައްޓެހިވީ؟ ކާކާ އޭނަ ރައްޓެހިވީ؟ ކީއްވެ މަގޭ ކައިރީ ނުބުނީ؟” މޯޑް ވާހަކަ ދެއްކިގޮތުން ހީވަނީ އަވްލީންގެ ބަލަދުވެރިއަކީ އޭނާ ހެންނެވެ. އަވްލީންގެ ކަމެއްނަމަ އޭނާއަށް އިނގިފައި އޮތުން އެއީ ލާޒިމުކަމެއް ހެންނެވެ. ” އޯހް ޔޫ އާސްކްޑް އަބައުޓް ހާރ ދޯ. އައި ތޯޓް ވިޝީގެ ވާހަކަ ކަމަށް އެހީ. އޭނަ މީހަކާ ރައްޓެއްސެއްނުވޭ އަދި. ފިރިހެން ކުއްޖަކާ ވާހަކަ ދައްކަނިކޮށްވެސް ނުފެނޭ…” މޯޑް އާއި ވިޝާކާ ވާހަކަ ދައްކަން ތިއްބާ ވިޝިކާ އައީ އޭނަގެ ބޯއިފުރެންޑް އަޒްހީންއާއެކުގައެވެ.

” ހޭ މޯޑް މިހާރު ހޯދަން ގެއަށްވެސް އަންނަންފެށީތަ؟ ބައްދަލުކޮށްފަތަ ނިކުމެ ތިހުރީ” އަޒްހީން އައި ގޮތަށް މޯޑް އާއި ދިމާކޮށްލުމުން މޯޑް އަނގައަށް ވައްތަރެއް ޖައްސާލިއެވެ. “މަ ކައިރީ ދެންމެ އެހި ކޮބާހޯ އެ މަންޖެ… މަ ހިތަށް އެރީ ވިޝީގެ ވާހަކަ ކަމަށް އެހީ. އެހެންވެ އަދި މަ މިބުނީ އަވަސް ކޮށްލާފަ ބިޓު ކައިރިއަށް ގޮސްކަންނޭގޭ. އެހެން ބުނާއިރަށް މީނަ އަރާ ނަރުގަނޑު ޖެހިއްޖެ… ހެހެހހެ” “އައްޗި މަ އެބައުޅެންތަ މީހެއް ނުވެގެން. އެހެން މީހެއް ނެތިއްޔާ ވިޝާވެސް ތިހުރީނު ދޯ..” މޯޑް އަނގައިން ކޮންމެ އެއްޗެއް ބުނިނަމަވެސް އަބަދުވެސް އަވްލީންގެ ރީތިކަމަށް ހިތާހިތުން ތައުރީފް ކުރެވެއެވެ. އަދި އެ މަލުން ފޮނިކޮޅު ބޯލުމުގެ ފޮނި ހުވަފެންތައްވެސް ދެކެއެވެ. “ނޯ ނޯ މަށާ ވައިވެސް ނޭޅޭތި… މަ މިއުޅެނީ ބިޓެއް ނަގަން… އެކަމް ސެޓްވީމަ ތި މީހުން ކައިރީ ބުނާނީ..” “އޯކޭ އޯކޭ… މަ މަޖަލަށް ބުނި އެއްޗެކޭ އެއީ. ދެން މިހެން މިތާ އަނގަތަޅަން ތިބެނީތަ؟ ނެތްތަ ކަމެއް.. ހާދަ ފޫއްސޭ” “ދޭ ބަލަ ފޮތަކުން އަކުރެއް ކިޔަން. އޭރުން ގައިމު ފޫހިވެގެން ކުރާނެ ކަމެއް ނެތިގެން އުޅޭކަށް ނުޖެހޭނެ އެއްނު..” ވިޝާކާގެ އުޅުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް އަބަދުވެސް ކިޔެވުމަށް ސަމާލުކަންދެއެވެ. “ހޫމް ހޫމް އެއްކަލަ ކިޔަވާ ކުއްޖާ… އަވަހަށްދޭ ފޮތްބޮޑި ނަގަން. މަށަކަށް ނުވާނެ ތިކަމެއް. މަ މިދަނީ އަންމަޑޭމެން ކައިރިއަށް..” ވިޝާކާގެ ބުރަކަށީގަ އަތްއަޅާ ގެއާ ދިމާލަށް ކޮއްޕާލާފަ މޯޑް ހިނގައިގަތެވެ.

ސްކޫލް ސްޓާފް ރޫމްގައި އިން ނަވާޒް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އިއްޔެ ހިނގި ހާދިސާއަށްފަހު އިނާންވަނީ އަވްލީންގެ ދިރިއުޅުން އޭނައަށް އިނގޭ ވަރަކުން ނަވާޒްއަށް ކިޔައިދީފައެވެ. އެ ވާހަކަތަކަށްފަހު އެ ލޯބި ލޯބި އަންހެންކުއްޖާއަށް އޭނާގެ ހިމާޔަތްތެރިކަން ދޭން ބޭނުންވީ އިންތިހާއަށެވެ. ހުރިހާ ހިތްދަތިކަމަކުން ސަލާމަތްކޮށްދޭން ބޭނުންވިއެވެ. އަވްލީން އާއެއެކު އުފާވެރި ހަޔާތެއް އުޅުން އެއީ މިހާރު އޭނާގެ އެންމެ ބޮޑު އެއް މަގުސަދަށްވެއްޖެއެވެ. ނަމަވެސް އޭނަ އަދި ކެތްކުރާނެއެވެ. ކިޔަވައި ނިމުނީމަ އަވްލީންގެ ކައިވެންޏަށް އެދޭނީއެވެ. 18 ނުފުރުނަސް ބެލެނިވެރިންގެ ހުއްދަ ލިބިއްޖެނަމަ ކައިވެނި ކުރެވޭނެ ނޫން ހެއްޔެވެ… ނަމަވެސް އެއީވެސް އެހާ ފަސޭހައިން ވާނެކަމެއް ނޫންކަން އިނގެއެވެ.

ހެނދުނު ގޯތި ކުނިނުކެހި އޮތީ އަވްލީންގެ އުނަގަނޑަށް ތަދުވާވަރުންނެވެ. ސަބީނާ ހުރީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެ ގެއަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެއް ނަމަވެސް ގޯތީގައި ހުސް ޖާގަ ބޮޑުވެފައި ގަސް ގިނައެވެ. އަދި ވަށާފާރު ރާނާފައިވަނީ 4 ފޫޓަށްކަމުން ބޭރުންދާ މީހުންނަށް ގޯތިތެރެ ވަރަށް ރީތިކޮށް ފެންނާނެއެވެ. އެ ސަބަބަށްޓަކައި ސަބީނާ އަންގާފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު އަދި ހަވީރު ގޯތިތެރެ ކުނިކަހަންޖެހޭނެކަމުގައެވެ. ސަބީނާގެ އަމުރާ ހިލާފުވުމުން އަދަބެއްގެ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ސްކޫލަށް ނުދެވޭނެ ވާހަކަ ބުންޏެވެ. “ދައްތާ .. އަޅުގަނޑަށް މާފުކުރޭ. އެއްޗެހި ދޮވެ ނިމުނުއިރު އުނަގަނޑަށް ތަދުވާވަރުން ގުދުވާންވެސް ނުކެރޭ. އެހެންވެ ކުނި ނުކެހުނީ. އަޅުގަނޑު ހުރީ ބޭސް އުނގުޅައިގެން ކުޑަކޮށް ތަދު ރަނގަޅުވެލީމަ ކުނިކަހަން ހިތުލައިގެން… އަޅުގަނޑު މިހާރު މިދަނީ ކުނިކަހަން. އެކަމް އަޅުގަނޑު ސްކޫލަށް ދިޔަދީ. . މީ އޯލެވެލްއަށް ޕްރެކްޓިސް ކުރަން ރިވިޝަން ހަދާ ދުވަސްކޮޅު. އިރާދަކުރެއްވިއްޔާ ދެން ދައްތަ ހިތްހަމަނުޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުވާނެ…” އަވްލީން ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް ދެންމެ ދެންމެ ފައިބައިގެންފާނެހެންނެވެ.

އަވްލީންގެ އުނަގަނޑު މައްޗަށް އެހާވަރަށް ތަދުވާއިރުވެސް މާތްﷲ އާއި ވަކީލު ކޮށްލާފައި ގޮސް އިލޮށިފަތި ނެގީ މަޖުބޫރުވެގެންނެވެ. އެއް އަތް އުނަގަނޑުގަ އަޅައިގެން އޮވެ މަޑު މަޑުން ގުދުވަމުން ދިޔަ އަވްލީން އަލުން ހިންދެމިލީ އޭނާގައިގަ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި އައިސް ފިރިހެނަކު މަޑުކޮށްލުމުންނެވެ. ކުރިމަތީ އައިސް ހުއްޓުނު މީހާގެ މޫނަށް ބަލައިލާފަ އަވްލީން ފަހަތަށް ޖެހިލިއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ޝުދޫ*******(19)

Next

ލޯބިން އަންނާށޭ ކަލާ (ސާދަ ވަނަ ބައި)

Next
August 29, 2017

ލޯބިން އަންނާށޭ ކަލާ (ސާދަ ވަނަ ބައި)

Previews
August 28, 2017

ޝުދޫ*******(19)

17 Comments!

  1. azeen says:
    August 29, 2017 at 9:40 am

    v reethi

    1. iff says:
      August 30, 2017 at 5:07 pm

      Thank you ?

  2. Ainth says:
    August 29, 2017 at 10:06 am

    Avahah anehbai up kohdhehchey.. V kiyaalaa hithun mihury

    1. aloo says:
      August 29, 2017 at 1:27 pm

      aan dhwww..vvv kiyaahiyh eba vey keimadhuvaniy…vvvv reethi.. 🙂 🙂

    2. iff says:
      August 30, 2017 at 5:09 pm

      I will try my best ??

  3. Aisha says:
    August 29, 2017 at 10:58 am

    Vvv reethi

    1. iff says:
      August 30, 2017 at 5:10 pm

      Thank you ??

  4. Nasheedha says:
    August 29, 2017 at 3:41 pm

    ???

    1. iff says:
      August 30, 2017 at 5:11 pm

      ???

  5. khajja says:
    August 29, 2017 at 5:29 pm

    Wow?? masha allah stry v habeys when nxt prt avaskolladhybala dear ????❤❤❤???????

    1. iff says:
      August 30, 2017 at 5:13 pm

      Awww thank yu ??
      Eidge fahun insha allah ???

  6. Ainth says:
    August 29, 2017 at 8:32 pm

    Masha Allah…v v rythi mi baives…next part ah v inthixaaru kurevey

    1. iff says:
      August 30, 2017 at 5:14 pm

      Thank yu ??

  7. Ain says:
    August 30, 2017 at 8:28 am

    salhi

    1. iff says:
      August 30, 2017 at 5:15 pm

      Thank yu ??

  8. Aki says:
    September 2, 2017 at 7:33 pm

    iff konirakun up kohla dhey nee

  9. Nadheema says:
    September 3, 2017 at 6:28 pm

    Kn dhuvasthakehgatha mi up vani?

Comments are closed.


All Right Reserved!